Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަަށް މިހިތް އަދި ނުލާކަން ޔަގީން…11

leyfa Level 110 Stories
October 18, 2014 3 Mins Read
14 Comments

ނަޝާޔާ ގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައީ ކުޑަ ކުޑަ އާޒް ރޯން ފެށި އަޑަށެވެ. ދުވެފައިކަހަލަ ގޮތަކަށް ކޮޓަރިޔަށް ވަދެ ދަރިފުޅު އުރާލި އެވެ. ނަޝާޔާ އުރާލުމާއެކު އަނެއްކާ ވެސް އަޔާން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ނަޝާޔާ ވަށައިގެން ހޯދާލިއެވެ. ޒާހިރެއް ނެތެވެ. މާޒީގެ ސަފްހާ ތަކުގެ ތެރޭގައި ގެނބިގެން ގޮސްފައި އިނދެވުނު ލެއް ބޮޑުކަމުން ޒާހިރު ދިޔަކަން ވެސް ނޭގުނީތާއެވެ.

ނަޝާޔާ ބަނޑުގައި ފިރުމާލިއެވެ. ޑޮކްޓަރު މިއަދު އެދިން ޚަބަރަކީ އޭނާ އުންމީދު ކޮށްގެން ހުރި ކަމަކަށް ނުވިޔަސް ފަރުވާލެއް ނެތެވެ. އެއީ އޭނާގެ ލެޔެވެ. ދަރިޔަކު އުފެދެމުން ދިޔަކަން ނުވެސް އެނގި ހަތަރުމަސް ފާއިތު ވެގެން ދިޔުމުން ނަޝާޔާ ހައިރާން ވިއެވެ. ބަލިވެ އިނުމުގެ އެއްވެސް އުނދަގުލެއް ކުރިމަތި ނުވެ އެހާ ގިނަ ދުވަސްވީތީ އުފާވެސް ވިއެވެ. މޯޅިއަކަށް ދެމިލާފައި ދަރިފުޅު ކައިރީގައި އޮށޯތީ އެ އުފާވެރި ޚަބަރު ގޭ އެންމެންނަށް ހެނދުނުގެ ނާސްތާ އާއި އެކީ ދިނުމަށް ނިންމައިގެންނެވެ.

ސައިމޭޒުދޮށުގައި ނަޝާޔާ ހަމަޖެހިލައިގެން އިށީނެވެ. އިރުއިރުކޮޅުން ބޭރު ދޮރާދިމާއަށް ބަލައި ލެވެއެވެ. ޒާހިރު އާދޭ ތޯއެވެ. ކޮންމެ ކަހަލަ ފިރިޔަކަށް ވިޔަސް އެއީ އެޙަބަރު އެންމެ ފުރަތަމައަށް ލިބެންވާ ފަރާތްކަމުގައި ވާތީއެވެ. ނަޝާޔާ ސިއްސައިގެން ގޮސް ފަސްއެނބުރި ބަލައިލީ ޒާހިރުގެ ސައިކަލުގެ އަޑަށެވެ. އަވަސް އަރުވާލައިފައި ޒާހިރު އެތެރެއަށް ވަނެވެ. މޫނުމަތިން ހާސްކަމުގެ އަސަރުފާޅުވާން ހުއްޓެވެ. ގޭގެ އެންމެން ކާމޭޒު ދޮށުގައި ތިބިތަން ފެނުމުން މޫނުމަތީގެ ކުލަވަރު ރީތި ކޮއްލަމުން އެތެރެއަށް ހިނގައިގަތެވެ.

” ޒާރު އާދޭ ސައިބޯން ….” ނަޝާޔާ ނިކަން ލޯބިން ބުނެލިއެވެ. އިތުރު ބަހަނާއަކާ ނުލައި ޒާހިރުވެސް މޭޒުތޮށުގައި އިށީނެވެ. މޭޒު ދޮށުގައި އިންއިރުވެސް ޒާހިރު އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

“ކީއްވެ ރޭގަ ކުއްލިއަކަށް ގުޅާފަ ހެނދުނު ސަޔަށް އަންނަން ބުނީ..އަނެއްކާ، ދައްތަ މާޙާއްސަ މަޢުޞޫއަކަށް ބަހުސެއް ކުރަން އޮތީތަ…” ހެމުން ހެމުން އައިސް މޭޒުދޮށުގައި އިޝީންނަމުން ނިޝްވާ ބުނެލިއެވެ.

” އާ އެބައޮތް ވަރަށް ގުޑް ނިއުސްއެއް…”ރަކި ގޮތަކަށް ނަޝާޔާ ބުނެލިއެވެ.

” އަނެއްކާ ކޮން ނިއުސްއެއް…އަޅޭ ޒާރުބޭ ބުނެބަލަ ދައްތައަކަށް ނުބުނެވުނެއްނު.. ” ނަބާ ވެސް އިތުރު ކޮށްލިއެވެ.

“އަހަރެން ބުނެފާނަން……..” ބީރައްޓެހި އަޑެއް އެންމެންގެ ސަމާލުކަން ހޯދިއެވެ. ދުވަހަކު ވެސް ފެނިފައި ނުވާ މޫނެކެވެ. ޒާހިރަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެވުނެވެ. މުޅި މީހާ ދާހިއްލަން ފެށިއެވެ.

” ތީ ކާކު؟ …. ނޭނގުނު..” މަރީނާ ހައިރާން ކަމާއެކު ސުވާލު ކުރިއެވެ.

” ކަލޭމެންނަށް ނޭނގުނަސް ތިހިރަ މީހާއަށް އަހަރެން އެނގެން ވާނެ……. ބުނަންވީނު… ނުބުނެވެންޏާ މަ ބުނެދީފާނަން…” އެ ބީރައްޓެހި އަންހެން’ ކުއްޖާ ހީވަނީ ރުޅި އައިސްފައިވާ ސިންގާއެއް ހެންނެވެ.

” މަށަށް އެނގެންވީ ވަކި ކީއްވެ؟ ބަޔަކު ހަމަޖެހިލައިގެން އުޅެންޏާ މިކަހަލަ މީހުން ވަންނާނެ.. ނަޝާ އެއީ ހުސް އަނގަ ތަޅާ މީހެއް… އޭނަގެ ވާހަކަ އަޑުއަހާނެ ކަމެއް ނެތް.” އަޅައިގަންނަމުން ޒާހިރު ނަޝާޔާއާއި މުޚާތަބު ކުރިއެވެ.

” އަހަންނަށް ތެޅޭނީ ހުސްއަނގަ … ތީ ވަރަށް މާތް މީހެއްނު…. ދުނިޔެ މަތީގައި ތިބި ހުރިހާ އަންހެނުން ލިބުނަސް ތިހިތެއް ނުފުރޭ ވިއްޔާ…މަށާއިނދެފަ ދަރިޔަކު ހުއްޓާ އެހެން އަންހެނަކާ ހިތާވެގެން ފިލައިގެން ދިޔަ އިރު ހުސްއަނގަ މަށަށް ނުތެޅުނީ މައެއްނު މިހާރު އެ ކަންތަށް ވެސް ދޫކޮށްއައިސް މިތަނަށްތި ބިސްއަޅަނީ.. މަ ވަރިކުރިއްޔެއްނޫން….”

” ކިހިނެއް މިވަނީ ދަރިފުޅާ ޒާހިރު މިމަންޖެ ކީކޭ މިކިޔަނީ…” ލުތުފީ ގެނުވި ސިހިމުގެ ސަބަބުން ހާސްވެފައި އަހައިލިއެވެ.

“ބައްޕާ އެއީ ދޮގޭ މަ ކީއްކުރަން ނަޝާ ހުއްޓާ އެހެން ކައިވެންޏެއް ކުރަންވީ ….އެހެން ނޫނަސް އާޒް ނޫން ދަރިއެއް މަގޭ ނުހުންނާނެ…”

“ކީކޭ ކައިވެންޏެއް ނުކުރަމޭ …ބަލަ ކައިވެނި ކުރީ ކޮންޒަމާނެއްގަ މިހާރު މިއުޅެނީ ވަރި ނުކޮއްގެންނޭ….ކިތައްފަހަރު މަގުޅީ..ކިތަށްފަހަރު މަރީއްޗަށް ބުނިން ވަރިކުރާށޭ..ނުކުރީމައޭ މަމިއައީ..އެހެން ނޫނަސް ބުނަން ރަނގަޅު ވާހަކައެއް ، އައިދިން އަކީ ތިމާގެ ދަރިއެއްކަމަށް ގަބޫލުނުކުރިޔަސް މަށަށް ވަރިހަމައިގޭ..އެދަރިފުޅަށް ތިންއަހަރު ވީއިރުވެސް ދެކިލަން ކީއްކުރަން ދުވަހަކު ވެސް ޚަރަދެއް ކުރިމީހެއްނޫން ތީކީ…އަމުދުން ކަލޭ ތިމަންނަގެ ދަރިޔެކޭ ބުނި ނަމަވެސް މައެކަމަށް ދެކޮޅުހެދީމުސް…”

“ކިހާ ދެރަކަމެއްމިއީ….މަގޭ އަތުންފައިން ގޯހެއް ނެހެދެނީސް ދާންއުޅެންވީ…ކަލޭ ދައްކާ ބޭކާރު ވާހަކަ އަޑުއަހާނެ މީހަކު މިތާކުނެތޭ…މިތާ ތިބި އެންމެންވެސް މަށަށް އިތުބާރުކުރޭ..”
އެކަކުވެސް އަނގައިން ނުބުނެ ތިބުމުން ޒާހިރަށް އޭނާގެ ކޮޅު ކުރިއަށް ޖެހެނީ ހެން ހީވާން ފެށިއެވެ. އެހެންކަމުން އެވަގުތުގެ ބޭނުން ހިފަމުން ޒާހިރު ބުނެލިއެވެ.

ކަނޑާ ވައްޓާލި ރުކެއް ހެން ނަޝާޔާ ބިންމައްޗަށް ގުޅާޔަކަށް ޖެހުނެވެ. ލިބުނު ސިހުމާއެކު ލުތުފީ އާއި މަރީނާ ނަޝާޔާ ގާތަށް ޖެހުނެވެ. ޒާހިރުވެސް ނަޝާޔާއަށް ގާތަށްދިޔައެވެ. ނަޝާޔާ ހޭނެތުނީ އެވެ. ވާނީވެސް އެހެންތާއެވެ. ސަޕްރައިޒް ދޭން އުޅުނު މީހާއަށް ސަޕްރައިޒް ލިބުނީއެވެ. ނަޝާޔާއަށް ވީގޮތް ފެނިފައި އެ ބީރައްޓެހި މަންޖެ ވެސް ނިކުމެގެން ދިޔައީ އެވެ.

ގޭގައި ދޭން ޖެހޭ ވަގުތީ ފަރުވާތަކާ އެކު ހޮސްޕިޓަލަށް ގެންދެވި އެނދުމަތި ކޮށް ފަރުވާ ދޭން ފެށިއެވެ. މަރީނާއާއި ލުތުފީ ފަރުވާދޭ ކޮޓަރީގެ ބޭރުގައި ހަށަމް ބަނދެގެން ތިބީ ވާނުވާ ނޭގިފައެވެ. އެދެމަފިރިން ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. ނަބާ އާއި ނިޝްވާ ގޮނޑިބަރީގައި ތިބީ ހިތާމާއިގެ ސާލެއްލެވިފައެވެ.އެންމެން ވެސް ޑޮކްޓަރުގެ ޖަވާބަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައެވެ. އޭރުވެސް ޒާހިރުގެ ހިލަމެއް ނުވެއެވެ. ނަޝާޔާގެ ހާލު ބަލާލާނެ ހަނދާނެއް ވެސް ނެތީބާވައެވެ.

މާގިނައިރުތަކެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ފަރުވާ ދޭ ކޮޓާރީގެ ދޮރު ހުޅުވިއްޖެއެވެ. އެންމެންނަށް އެއްފަހަރާ އެދިމާލަށް ދުއްވައިގަނެވުނެވެ. ލުތުފީ ތެޅިތެޅި އޮތް ހިތަކާއެކު ޑޮކްޓަރާ ސުވާލު ކުރަމުން ދިޔައެވެ.

” ހާސްވާނެ ފަދަ ކަމެއް ނެތް! ނަޝާޔާ ގެ ހާލު ރަނގަޅު….. ވަރަށް ބޮޑު ޝޮކެއް ލިބިފައި ކަމަށް ބެލެވެނީ…. މިހާރު އޮތީ ނިދިފައި….” ޑޮކްޓަރު އެއް ނޭވާއިން ހުރިހާ ސުވާލުތަކެއް ގެ ޖަވާބު ދިނެވެ.

“ޝުކުރިއްޔާ!…” މަރީނާއަށް އުފަލުން ބުނެވުނެވެ.

“އަދި އެހެން ވާހަކައެއް ވެސް އެބައޮތް… ނަޝާޔާ ބަނޑު ބޮޑު…” ޑޮކްޓަރު ހީލާފައި އެ އުފާވެރި ޚަބަރު ހިއްސާކޮށްލިއެވެ.

ލުތުފީއާއި މަރީނާ ގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އުފަލުންނެވެ. ދެވަނަ ފަހަރަށް މުސްކުޅިވަނީ އޭބުނެ ލުތުފީ މަރީނާއާއި ދިމާ ކޮށްލިއެވެ. އެދަރިފުޅުގެ ބައްޕަ އެވަގުތު އެތާނގައި ނެތްކަން މަރީނާއަށް ފާހަގަވިއެވެ. ނަޝާޔާއަށް އެހާވަރުވީއިރު އެތަނުގައި ނެތުމުން ޒާހިރާމެދު ނަފްރަތް އުފެދުނެވެ. ކޮންކަހަލަ ފިރިއެއް ހެއްޔެވެ؟ ލޯބިނުވާތާގައި އިންސާނިއްޔަތުކަމެއް ވެސް ނެތީ ބާވައެވެ.

 

ނަޝާޔާ ދެކިލުމަށް އެންމެން ވެސް ކޮޓަރި ތެރެއަށް ވަނެވެ. މަޑުމަޑުންނެވެ. ނަޝާޔާ އޮތީ ގަދަ ނިދީގައެވެ. ޑޮކްޓަރީ ބޭސްވެރިކަމުގެ އެހީގައި ނިންދަވާލާފައެވެ. ނިޝްވާ ފަރުވާތެރިކަމާއެކު ދައްތައަށް ބަލަމުން ދިޔައެވެ. އޭނާއަށް ލިބުނީ އެންމެ ދައްތައެކެވެ. އެދައްތަ އެހާ ބަދުނަސީބު ވީ ދައްތައަށް ކޮން ކުށެއް ކުރެވިގެން ބާވައެވެ. ޒާހިރުގެ ވަކިތަކުން ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގެން ހުއްޓާ މި ދިމާވީ ކިހިނެތް ހެއްޔެވެ؟ ޒާހިރުގެ ރޭވުމެއް ނަމެއް ނުވަތަ ނަސީބުގައި ހުރިގޮތް ކަމެއް އެކަކަށް ވެސް ނޭގެއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ ދައްތައަށް އިންސާފު ހޯދައިދޭނެއެވެ. ހެނދުނު ޑައިނަމޯ ބޮޑުލޮރީއެއް ހެން އައިސް ބަރުގޮނު އަޅާލާފައި އެދިޔަ ބީރައްޓެހި މީހާގެ ފަތިފުށް ވެސް ހޯދުމަށް ނިޝްވާ އަޒުމް ކަނޑައެޅިއެވެ. އެއީ

ފުން ޚިޔާލެއް ގައި ހުރި ނިޝްވާ ސިއްސައިގެން މީހެއްގެ ހަޅޭކުގެ އަޑު އިވިގެންނެވެ. ފަހަތަށް އެނބުރިލުމާއެކު އޭނާ ވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ޒާހިރު ހުރީ ކަންކަށިމަތީގައި އަތް އަޅައިގެންނެވެ. ނަޝާޔާ އަތުގައި ހުރި ބާރެއްލާފައި ދެވަނަ ފަހަރަށް ވެސް ޖެހިއެވެ. ނިޝްވާއަށް އެސްފިޔަ ޖަހާލެވުނީ ޔަގީން ނުވެގެންނެވެ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ވަަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 4ވަނަ ބައި)

Next

ފެންހަފު

Next
October 18, 2014

ފެންހަފު

Previews
October 18, 2014

ވަަކިވެ ދިޔަޔަސް އަދު މިދުނިޔެއިން ( 4ވަނަ ބައި)

14 Comments!

  1. leyfa says:
    October 18, 2014 at 9:22 pm

    ދިމާވި ސަބަބަކާ ހުރެ ވާހަކަ ގެނެސް ދެވުނު ލެއް ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެން! ހީކުރަން މިބައި ކަމުދާނެކަމަށް!

  2. inuuuu says:
    October 18, 2014 at 9:33 pm

    V v v hadhi

  3. inuuuu says:
    October 18, 2014 at 9:34 pm

    V v v had I mi vahaka

  4. sun says:
    October 18, 2014 at 9:45 pm

    Its intresting keep up the gud work …waiting for next epi…

  5. mary says:
    October 18, 2014 at 10:08 pm

    nice stry …waitin 4 the next part soon

  6. fathun says:
    October 18, 2014 at 10:25 pm

    vara salhi ingey..new twist e..keep it up leyfa 🙂

  7. kamana says:
    October 18, 2014 at 10:27 pm

    kamana balabalaa hutta up e kuree..vaahaka kuria dhaa goi va reethi.. nasha gadha kolly dho

  8. addu koyya says:
    October 18, 2014 at 10:29 pm

    ava ehei vaahaka niken..ekamaki mi hama habeys vaahaka..miaa kuria eyle vara salhi..kuria kuria leyfa :p

  9. Khushy says:
    October 18, 2014 at 10:55 pm

    haha ma ves sissaigen dhiya ee fahu thankolhuga :p n hendhunu dinemore ey ineema ma heekuree dhaththa ufaa kohdhen dinemore in loree eh genaee kmh 😀

  10. Khushy says:
    October 18, 2014 at 10:56 pm

    v v v hadi inuu ge comment vess :p

  11. heena says:
    October 19, 2014 at 2:22 pm

    stroy v salhi.., lahun up veema varah dhera vi…, waiting 4 next epi….. 🙂

  12. Aanth says:
    October 19, 2014 at 3:38 pm

    haadha baaraka zaaruge kanfa mathy ladalee .. masha ves thadhu ihusaas eba vea 😛 .. btw vara habeys mi part ves .. vara inthixaru kofin .. leyfa ah mifaharu maaf kofin ekm dhn faharaku maaf nukurevenea 😛 ..

  13. Shuhu says:
    October 19, 2014 at 7:22 pm

    v reethi..

  14. someone says:
    October 23, 2014 at 4:40 pm

    Thankolheh avahah up kuraanekamah unmeedhu kuran.

Comments are closed.


All Right Reserved!