Skip to content
އެސްފިޔަ

ހަތަރު އުދަރެސް (16)

“ސޮރީ އަރީ… އަރީ އެއްވެސް ކަމެއް ނުކުރޭ.. އެންޑް އައި އޭމް ނޮޓް އެވޮއިޑިންގ ޔޫ.. ޕްރޮމިސް” ލުޔާ ވާހަކަ ދެއްކިއިރު އެއަޑުގައިވަނީ ކުރަކިކަމެކެވެ.

“ޔަގީންތަ؟ އަރީ ހީކުރީ އެއްކަލަ ދުވަހު ލުޔާ ކުރި ސުވާލަށް ޖަވަބު ނުދިނީމަ-“

“ޔަގީން… އައި އޭމް ނޮޓްއެންގްރީ.. އެހެން ނޫނަސް އަރީ ލައްވާ ޝެއާރ ކުރަކަށް މަޖުބޫރެއް ނުކުރާނަން..” ލުޔާ ވާހަކަ ދެއްކީ އަރީފުގެ ވާހަކަ މެދު ކަނޑާލުމަށްފަހުއެވެ.

“އަރީ މީ ހިޕޮކްރިޓެއް ދޯ.. ލުޔާ ގާތުގައި ޝެއާރ ކުރީމަ ފަސޭހަ ވާނެއޭ ބުނެފަ އަމިއްލަ އަށް ހުރިހާކަމެއް ހިންދައިގެން މި ހުންނަނީ..” އަރީފަށް ހެވުނު ނަމަވެސް އެ އަޑުގައި ވަނީ ހިތްދަތިކަމެކެވެ. އޭނާ ލުޔާއަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިނެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާގެ ދިރިއުޅުމާ މެދު ޝަކުވާއެއް ނުކުރެއެވެ. ލިއުޒާ ގާތުގައިވެސްމެއެވެ. އެހެނަސް މިއަދު ލުޔާގެ ކުރިމަތީގައި އޭނާގެ ހިތް ބަންޑުން ކޮއްލިއެވެ. ތުއްތު އިރުއްސުރެ ހަސްނާ އޭނާއަށް ކޮއްފައިވާ އެކި އެކި އަނިޔާގެ ވާހަކަތައް ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ލުޔާގެ ކޯތާފަތް ވަނީ މުޅިން ތެމިފައެވެ.

“ދެން ކީއްވެ އަދިވެސް ތިގޭގަ ބަހައްޓަނީ…މިހާރު އަރީގެ ގެ އެއްނު ތީ.. ދައްތަގެ އެއްވެސް ބާރެއް ތިގެއަކު ނޯންނާނެ އެއްނު…” ލުޔާ ވާހަކަ ދެއްކީ ހަމައެކަނި އަރީފުއާއި މެދު ވިސްނާފައެވެ.

“ދައްތަ އަހަންނަށް ކިތަންމެ އަނިޔާއެއް ކުރިޔަސް އަސްލު އެއީ ވަރަށް ރަނގަޅު މީހެއް… އެހެން ނޫންނަމަ އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑެއް ނުކުރީހެއްނު.. އެދުވަހު އަހަރެން މި ގެއިން ނެރެލުމުގެ ބާރު ދައްތައަށް އޮތް.. އަހަރެން މި ގޭގަ ބަހައްޓައިދިން ކަމަށްޓަކައިވެސް ދައްތައެއް ނުނެރެލެވޭނެ އެއްނު.. އެހެން ނޫނަސް ދައްތަ އާއި މާހިން އަކީ މައި އޮންލީ ފެމިލީ..” އަރީފު ބުނީ ހަގީގަތެކެވެ. ހަސްނާ ކިތަންމެ އަނިޔާ ކުރިއެއްކަމަކު އޭނާއަކީ ނުބައި ނުލަފާ މީހެއް ނޫނެވެ. ޅަ އުމުރުގައި ބޮޑެތި ޒިންމާތަކެއް އުފުލަން ޖެހުމުން އޭނާގެ ދިރިއުޅުން ބަދަލުވީއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑުކުރަން ޖެހުމުން އޭނާ ދިރިއުޅުމާ މެދު ކުރި އުންމީދުތައް ފަސްދާނު ލެވުނީއެވެ. މި ހުރިހާ ކަމެއް އަރީފު ދަނެއެވެ. މިއަދު ހަސްނާގެ ދެމައިންގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އަރީފެވެ. އޭނާގެ ހިތުގައި ހަސްނާއާއި މެދު އެއްވެސް ބުރަކަމެއް ނެތެވެ.

“މީ ވެސް އަރީގެ އާއިލާއެއްނު.. ފެމިލީ އިޒް ނޮޓް އޮންލީ ބްލަޑް..” އަރީފުގެ ވާހަކައަށް ލުޔާ ޖަވާބު ދިނީ ސަމާސާ ރާގެއްގައެވެ. އޭނާ ބޭނުންވީ އަރީފު ފިކުރުތަކާއި ދުރުކުރުމެވެ.

“އެހެންތަ؟” ހިނިގަނޑަކަށް ފަހު އަރީފު އަހާލިއެވެ.

“ހްމމމ. ދެން ކިޔާނަން އަރީފްބެ… އުހުނ.. ދޮންތަބެ!” އެންމެ ފަހު ލަފްޒު ބުނި އިރު ލުޔާގެ އަޑުގައި ރިހުމެއް ވެއެވެ. އޭނާ ބޭނުން ވީ ސަމާސާ ކޮއްލާށެވެ. އެހެނަސް އޭނާގެ ދުލުން ނިކުންނަ ކޮންމެ ލަފުޒެއް ހީވަނީ ހިތަށް ހެރޭ ތީރެއް ހެންނެވެ. ލުޔާގެ ބަސްތައް އިވިފައި އަރީފުގެ ހިތަށްވެސް ކުރީ ހަމަ އެފަދަ އަސަރެކެވެ.

“އުހުން! ކޮންމެހެން ދެން މާ ތުއްތު ވާން އުޅޭނެ ކަމެއް ނެތް! ޔާއްކޮ!” އަރީފު ވާހަކަ ދެއްކީ ގަދަކަމުން ހީލަމުންނެވެ.

“އޯކޭ ފައިން! ފައިން!” ލުޔާ މިހެން ބުނެލި އިރު އޭނާގެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ. އަރީފުގެ ފަރާތުން އެ ޖަވާބު އައުމުން ކޮންމެވެސް ވަރެއްގެ ހިތް ހަމަ ޖެހުމެއް ލިބުނެވެ.

މިރޭ އަރީފަށް ނިދުނީ އެކެއް ޖަހައި ބޮޑުވި ފަހުންނެވެ. ފޯނު ބޭއްވުމަށް ފަހުވެސް އެތައް އިރެއްވަންދެން ލުޔާގެ ޚިޔާލުގައި އޮވެވުނެވެ.

****

“ހާދަ ތަދޭ ދޯ މިހާރު…” އަހުނަފް އައިސް މޭޒު ދޮށުގައި އިށީނުމުން އަރީފު ވާހަކަ ދެއްކިއެވެ.

“އާނ.. ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ވީމަ..” އަހުނަފް ވާހަކަ ދެއްކީ ލަވާޒާ ބްލެކް އަކަށް އޯޑަރު ދިނުމަށް ފަހުއެވެ.

“ތި އެންމެން ވެސް މިހާރު ބިޒީ.. ލިއު އާއި ޕިޔާރާވެސް! މަ އެކަނި ފްރީ އީ!” ޔިވާމް ކުރު ކަނޑާލިއެވެ.

“ލޯބިވާ ޕިޔާރާ ފްރީ ނުވާތީތަ މާ ރުޅިގަދަވެގެން ތި އުޅެނީ؟” އަހުނަފް ސުވާލު ކޮއްލަމުން ބަލާލީ އަރީފުގެ މޫނަށެވެ. އޭނާ ބޭނުންވަނީ އެ ހިތުގައި އުފެދިފައިވާ ޝައްކަކީ ހަގީގަތެއް ތޯ ބެލުމެވެ. އަހުނަފް ގެ ދުލުން ސުވާލު ބޭރު ވުމާއެކު އަރީފުގެ މޫނަށް އަރައި ފޭބި ކުލަތައް އަހުނަފްއަށް ފެނުނެވެ.

“ހޫނ.. ލޯބިވާ ޕިޔާރާއެއް ނޫނޭ… ޖަސްޓް ޕިޔާރާ..” ޔިވާމް ވާހަކަ ދެއްކީ ހެމުންނެވެ.

ކޮފީގައި އެކި އެކި ވާހަކަ ދައްކަމުން ދިޔައިރު އެންމެ ގިނައިން ދެކެވުނީ ލުޔާގެ ވާހަކައެވެ. އަހުނަފް ގަސްތުގައި އެވާހަކަ ދައްކަނީ އަރީފުގެ ހަރަކާތްތައް ބަލާށެވެ. ކޮފީ ނިމުނު އިރު އަހުނަފްގެ ޝައްކު މުޅިން ހެން ޔަގީން ވެއްޖެއެވެ. އެހެނަސް އޭނާ ނިންމީ އެވާހަކަ އިތުރު މީހެއްގެ ގާތުގައި ނުދެއްކުމަށެވެ. އެއީ އެކަމުގެ ސަބަބުން ލިއުޒާއަށް ދެރައެއް ލިބިދާނެތީއެވެ.

ކޮފީގައި އިނދެފައި އޮފީހުގެ ފޯނެއް އައުމުން އަހުނަފް ދިޔައީ ބޭރަށެވެ އެވަގުތު އަރީފު ޔިވާމް އާއި ވާހަކަ ދެއްކިއެވެ. ތިން މީހުން އެކުގައި އުޅުނު ނަމަވެސް އަރީފުއާއި އެންމެ ގާތީ ޔިވާމްއެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނަން މި އުޅެނީ.. އެކަމަކު ޔިވާމް ޕްރޮމިސް ކުރޭ އިތުރު އެއްވެސް މީހެއް ގާތުގައި ނުބުނާނެ ކަމަށް…” އަރީފު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“މިހާރު ތިހެން ކިޔާތާ ކިހާ އިރެއް… ޕްރޮމިސްއޭ.. ނުބުނާނަމޭ.. ކިހިނެތް ވީތަ؟ ލިއު ގެ ކަމެއްތަ؟ އަނެއްކާވެސް ކަންތައްތައް މާ ގޯސް ވީތަ؟” ޔިވާމް ވާހަކަ ދެއްކީ ވަރަށް ޝައުގުވެރިވެގެން ހުރެއެވެ.

އަހުނަފް އެނބުރި އައުމުން އަނެއްކާވެސް އެމީހުން އެ ވާހަކަ މެދު ކަނޑާލިއެވެ. އެންމެ ފަހުން އެ ވާހަކަ ކުރިއަށް ގެންދިޔައީ ދެމީހުން ގެއަށް ދާން ނިކުމެފައެވެ. ލުޔާއާއި މެދު އަރީފުގެ ހިތުގައި ވާ ހުރިހާ އިހުސާސްތަކެއް އޭނާ ޔިވާމް އަށް ކިޔައިދިނެވެ. އެކަމުގައި ކުރެވޭނެ އިތުރުކަމެއް ނެތް ނަމަވެސް އެހެން މީހަކާ ހިއްސާ ކުރެވުމުން އޭނާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ.

“އަހަރެން ވަކި ބުނާނީ ކީކޭ… ޑޯންޓް ޑޫ ސަމްތިންގ ދެޓް ޔޫ ވިލް ރިގްރެޓް…” އަރީފުގެ ކޮނޑުގައި ޖަހާލުމަށްފަހު ޔިވާމް ބުންޏެވެ.

ޖަވާބުގައި އަރީފު ބޯ ހޫރާލިއެވެ. އޭނާ މިހާރު ހުންނަނީ އަތުންފައިން ގޯހެއް ހެދި ދާނެތީ ބިރުންނެވެ. ކުރެވޭ ކަމަކުން އެހެން މީހަކަށް ދެރައެއް ލިބޭކަށް އޭނާ ނޭދެއެވެ. ވަކީން ހާއްސަކޮށް ލިއުޒާގެ ހިތުގައި ޖައްސާކަށް އަރީފު ބޭނުމެއް ނުވެއެވެ. އެ ދެމެދުގައި އިޝްގީ ލޯތްބެއް ނެތް ނަމަވެސް އަރީފުގެ ހިތުގައި ލިއުޒާއާއި މެދު ކުލުނު ވެއެވެ.

“ތޭންކް ގޯޑް އައި އޭމް ނޮޓް ޔޫ މޭން.. ” އަރީފު މެން ގޭގެ ދޮރުމަތީގައި ސައިކަލު މަޑުކޮއްލަމުން ޔިވާމް ބުންޏެވެ.

****

“އައްސަލާމު އަލައިކުމް…”

“ވާލައިކުމުއްސަލާމް..” ލުޔާ ކޮޓަރިން ނިކުންނަމުން ސަލާން ބަލައިގަތެވެ.

“ދޮންތާ! މަގު އޮޅިގެން މީހަކު އައިސި!” ދޮރާށްޓާއި ދިމާލަށް ހިނގައިގަންނަމުން ލުޔާ ގޮވީ ލިއުޒާއަށެވެ.

“އަހަރެން މިގެއަށް އައީމަ އެވީ މަގު އޮޅުނީ ކަމަށް.. އޯކޭ! ދަނީ!” ތުން ދަމާލުމަށް ފަހު ދޮރާށިން ނިކުންނަން ހިނގައިގަންނަމުން ޔިވާމް ބުނެލިއެވެ. ހަމައެއާއެކު ލުޔާ ޔިވާމްގެ އުޅަނބޮށީގައި ހިފާލިއެވެ.

“ހޫނ.. ތުއްތު ބަބާއެއް ހެން ހިވަނީ ބޮޑާހާކާއިރު!” ލުޔާ ވާހަކަ ދެއްކީ ތުން އަނބުރާލުމަށްފަހުއެވެ.

“އަރީވެސް އެބަ އާދޭ އިނގޭ… ހިނގާ ނޫޑްލްސް ކައްކަން.. ދޭބަލަ ލިއުޒާއަށް ގޮވަން.. ބޮޑު ކަންނެތް ފޮޑަރެއް!” ސޯފާގައި އިށީންނަމުން ޔިވާމް މިހެން ބުނި ވަގުތު ވީ ލިއުޒާ ކޮޓަރިން ނިކުތް ވަގުތަށެވެ.

“އަހަރެން ކާހިތެއް ނުވޭ… ވަރަށް ބޮލުގަ ރިއްސާ…” ޔިވާމް ގާތުގައި އިށީންނަމުން ލިއުޒާ ބުންޏެވެ.

“ތީދެން ކިހާ ބޮޑުވެއްޖެ ކަމެއް! ތި ބޮލެއްގަ ނުރިއްސާ ދުވަހެއް ނުދޭ! ޔޫ ކާންޓް ޑިޗް ޓުނައިޓް!” ޔިވާމް ވާހަކަ ދެއްކީ އަމުރު ކުރާ ރާގަށެވެ. ޖަވާބުގައި ލިއުޒާ ދެ ބުމަ ގޮށް ޖަހާލިއެވެ.

އަރީފު އައީ ކައްކަން ބޭނުން ވާ ހުރިހާ ސާމާނެއް ގަނެގެންނެވެ. އެންމެން އެކުގައި ކައްކަން އުޅުނު އިރު ވަރަތް ސަކަރާތް ގަތެވެ. އެހެނަސް ލުޔާ އަށް އިނދެވެނީ އަރީފާއި ލިއުޒާގެ ހަރަކާތްތައް ފެނިފައި ހިތް ނުތަނަވަސް ވެފައެވެ. މޫނުމަތިން އެކަހަލަ އެއްވެސް އިހުސާސެއް ނުދެއްކި ނަމަވެސް އޭނާގެ ހިތުގެ ހާލު ދެނެ ވޮޑިގެން ވާނީ މާތްﷲ އެވެ.

ކައްކައިގެން އެންމެން ކާން ތައްޔާރު ކުރި އިރު ފިރިހެން ވެރިން އުޅުނީ ޖޫސް ގިރުމުގައެވެ. ތައްޓަށް ނޫޑްލްސް އެޅުމަށްފަހު ލުޔާ އިށީނީ ޔިވާމް ގެ ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައެވެ. އަރީފު އިށީނީ ޔިވާމްގެ ކުރިމަތީގައެވެ. ކާން ފެށުމުގެ ކުރިން ލުޔާ އެންމެ ފުރަތަމަވެސް ބޯލީ ޖޫސް ފޮދެކެވެ. އެއާއެކު އޭނާކޮށިއަރައިގެންގޮސް ބޮވުނު ޖޫސްފޮދު ބޭރުކޮއްލެވުނެވެ. ލޮނުރަހަ ނޫން ރަހައެއް އެ ޖޫސްތަށީގައި ނުލައެވެ. ލުޔާގެ މިހަރަކާތާއެކު އަރީފުއާއި ޔިވާމްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ލިއުޒާ އިނީ ވާނުވާ ނޭނގިފައެވެ.

“ހަނދާންވޭތަ އަހަންނަށް ލޮނު ބޯން ދިންދުވަސް؟ ރިވެންޖް އިޒް އަ ޑިޝް ބެސްޓް ސާރވްޑް ކޯލްޑް..” ހިނިގަނޑު މައިތިރި ކުރަމުން އަރީފު ވާހަކަ ދެއްކިއެވެ. ލުޔާއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހަނދާނަށް އައީ މީގެ އެތައް ދުވަހެއް ކުރިން އެ މީހުން ކުރި ސަމާސާއެވެ. މިހާރު އެ ހަނދާން ތައް ހީވަނީ މީގެ އަހަރުތަކެއް ކުރީގެ ހަނދާން ތަކެއް ހެންނެވެ.

އެންމެން ހަމަޖެހިގެން ކާން ފެއްޓުމާއެކު ލިއުޒާ އޭނާގެ ގޮނޑިން ތެދުވީ ފުންމައިގެންނެވެ. ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނުމުން އަރީފު ފަހަތުން ހިނގައިގަތީ ވީ ކީއްތޯ ބެލުމަށެވެ. ލިއުޒާގެ ކޮޓަރީގެ މައްޗަށް އަރައި އޭނާ ދޮރުގައި ހިފާލިއެވެ. ނަމަވެސް އެތެރެއިން ވަނީ ތަޅު ލާފައެވެ.

“ލިއު! ކިހިނެތް ވީ؟ އޯކޭ ތަ؟” އަރީފު ލިއުޒާ އާއި ވާހަކަ ދެއްކީ ދޮރުގެ ފަހަތުގައި ހުރެގެންނެވެ.

“އެލާޖިކް ރިއެކްޝަންއެއް ކަންނޭނގެ… މޭނުބައި ކުރީ..” ލިއުޒާ ވާހަކަ ދެއްކި އިރުވެސް ދޮރެއް ނުހުޅުވައެވެ.

“ދެން ދޮރު ހުޅުވަބާ…” މިފަހަރު އަރީފު ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

“ދޭ ކާން.. ލިއު ނިދަން މި އޮށޯންނަނީ… ގުޑް ނައިޓް.. ލަވް ޔޫ..” ކުޑަކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު ލިއުޒާ ބުންޏެވެ.

“އޯކޭ.. ލަވް ޔޫ..” އަރީފު މިހެން ބުނުމަށްފަހު އެނބުރި ކާގެއާ ދިމާލަށް ހިނގައިގަތެވެ.

އަރީފު ދިއުމާއެކު ލިއުޒާ ދޮރު ލައްޕާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ޓެސްޓު ކިޓުގައި ވާ ނަތީޖާއަށް ބަލާލިއެވެ. ރަތް ކުލައިގެ ދެ ރޮނގު ފެންނަން ހުރިއިރު ލިއުޒާގެ މޭގައި ރިއްސާލިއެވެ. އޭނާއަށް ހިކުރެވުނީ ރަނގަޅަށެވެ. މިހާރު ލިއުޒާ އެއިނީ އަހުނަފްގެ ދަރިއަކަށް ބަލިވެއެވެ. މި ޚިޔާލު އައުމާއެކު އޭނާއަށް ބާރަށް ރޮއެ ގަނެވުނެވެ. ހަދާނެ ނުހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ހަތަރު އުދަރެސް ފެނުޖެހުނުހެން ހީވިއެވެ. އެ ދަރިފުޅަކީ އޭނާގެ ލެއެވެ. އެ ފުރާނައަށް ގެއްލުމެއް ދޭކަށް އޭނާއަށް ލާހިކު ކުޅަދާނައެއް ނޫނެވެ. އެހެނަސް އޭނާ އެ ދަރިފުޅު ބާއްވާނީ ކިހިނަކުން ހެއްޔެވެ؟ މަންމަމެންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އަރީފު ގާތުގައި ބުނާނީ ކީކޭ ހެއްޔެވެ؟

“ހަލޯ…” އެތައް ދުވަހަކަށް ފަހު ލިއުޒާ އަހުނަފްއަށް ގުޅީ ގޮތް ހުސްވުމުންނެވެ.

“ސޮރީ..” އަހުނަފް އެއްވެސް ޖަވާބެއް ނުދިނުމުން ލިއުޒާއަށް ރޮވުނެވެ. ކިތަންމެ ރުޅިއައިއްސަ ހުއްޓެއް ކަމަކު ލިއުޒާ ރޯއަޑު އަހާކަށް އަހުނަފްއަކަށް ކެތެއް ނުކުރެވުނެވެ.

“ލިއު؟ ނުރޮއޭ… ކިހިނެތް ވީ؟… ލިއު؟” އަހުނަފް ކުރާ އެއްވެސް ސުވާލަކަށް ލިއުޒާ ޖަވާބެއް ނުދެއެވެ. އޭނާއަށް ކުރެވޭހާވެސް ކަމަކީ ރުއިމެވެ.

“އައި…. އައި…” ލިއުޒާއަކަށް ވާހަކައެއް ނުދެއްކެއެވެ.

“ލިއު! ކިހިނެތް ވީތަ؟ ވަރަށް ހާސްވެޔޭ އެބަ… މީހަކު ކަމެއް ކުރީތަ؟ އަރީފު އެއްޗެކޭ ބުނީތަ؟!” އަހުނަފް ގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ.

“ނޫން… އައި…” ލިއުޒާއަކަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ.

“ޕްލިޒް ލިއު…” އަހުނަފްގެ އަޑުގައިވެސް މިހާރު ވަނީ ވޭނީ ކެކުޅުމެކެވެ. ލޯބިވާ މީހެއްގެ ރުއިމުގެ އަޑުއަހަން ކެތް ކުރެވޭނީ ކާކަށް ހެއްޔެވެ؟

“އައި.. އޭމް ޕްރެގްނެންޓް..” ލިއުޒާއަށް މިހެން ބުނެވުނީ ގިސްލް ގިސްލާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. man

    V nice…. Fst ma dhw????

  2. Pearl

    V v reethi …kiyaa hithun indha eanimuny

  3. Crazi

    Vrh shalhi but kuru…digu koh dhybah

  4. malak

    Wow vvv reethi……

  5. nukko

    Vvvvv rythi

  6. naj

    Salhi..

  7. Sana

    V v v v v reethi mi baivx… Waiting 4 next part…☺??

  8. nihaa

    Habeysss hama can’t wait…when will be the next part…

  9. Shabee

    V salhi but maa kuru…dhen anna bai dhigu khllahchey … eyrun ehvana hama…n nimen dhw eulhenee.. 🙁 habeys hama good luck

  10. Shabee

    And maasham attention plx!!! Hatharu udhares ge 14th vana prt ga shabee namuga faadakah dhen hadikoh vaahaka comment kohffa eothy mi shabee ehnkkn ingey…. mihaaru mi site ga 2 shabee ulheyhen heevanee…. dhen 15th prt ga kobaa vaahaka ehen kanneynge.jahaaga inee…eyeevex mi shabee eh noon… ok jst letting u oll knw 🙂

    1. Ken
      Shabee

      Hehe shabee haadha faseyha ey dho boa dhamaigannan.

  11. Anonymous

    faranjee bas beynun nokohbala

  12. Shabee

    Ken keehev thihen thibunee? 🙁 hama c koshey shabee eh nuliyan hadi ehchehseh…. ebaukhey ehen shabee ehvrx

  13. shaz

    Kiyaa myhun ah kithammeh varakah liyunass kuru vaane. V v reethi mi part vx…

    1. Shabee
      shaz

      Shaz thibunee hama ranagalhah…thiyey aslu vaa goeh

    2. Ken
      shaz

      Shabee ther emme gadhayah hard vaa meeehaa ekam

  14. Shabee

    Hey maasham koba tha aneh partu? Avahah upload kohbeya dho.

  15. au

    it’s really really nice me mivahkage huriha parteh miky 1 hr in waitin 4 the next part avahah upkhdhehchey

  16. au

    plx plx avahah upkohdhehchey nuves nidheyne dhen mivaahaka nukiya

  17. maasham

    In sha Allah tonight part 17.. Thank you all for your support! Really appreciate it. :))
    Cheers!

  18. Barbie

    Alhe koba 🙁

Comments are closed.