“ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ ގޮށްޖެހުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ޝިފާޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަހަންނަކަށް ނޭނގޭ ނަވާޒް ކީއްވެކަމެއް ކޮންމެ ފަހަރަކު އަހަރީ ދުވަހަށް މިކޮޅަށް ދުރުވަނީ. އަހަންނަށް ހަމަ ޔަޤީން މާލޭގެ އޮފީހުގަ ބާއްވާ ޕާޓީ މާ ބޮޑުވާނެކަން.” ޝިފާޒް ބުނެލިއެވެ.
“އޭނަ އެހީތަ ޕާޓީއަށް އައިހޭ އެންމެން؟” ޔޫނުސް ހިސާބެއްގެ ރުޅިވެރިކަމަކާއެކީ އަހާލިއެވެ.
“އާނ…..ހަމަ ކޮންމެ ފަހަރަކު ގޮތަށް. އެނގެއެއްނު ނަވާޒް ކިހާ ޤަވާޢިދު ބޮޑުކަން؟ އެންމެން ހަމަނުވަންޏާ މަނިކުފާނު ނުރުހުންވެވަޑައިގަންނަވާނެ. ޔޫނުސް ޕްލީޒް އައިސްދީބަލަ. ކުޑަ އިރުކޮޅަކަށް ވިޔަސް ހެޔޮ. ނަވާޒްއަށް ފެނިފަ ދާނީ. ޔޫނުސް ގެންނަން އަހަންނާ ހަވާލުކުރެވިފަ އޮތްވާ ޔޫނުސް ނައިއްސިއްޔާ ނޭނގޭ އަހަރެން ކުރިމަތިލާންޖެހޭނީ ކޮންފަދަ ކަމަކާ ކަމެއްވެސް. ޕްލީޒް ޔޫނުސް….” ޝިފާޒްގެ ވާހަކައަށް އާދޭހުގެ ރާގެއް އެޅުނެވެ. ޔޫނުސް އާނއެކޭ ބުނަން އުޅުނު ވަގުތު ކަމެއް ހަނދާންވީ ފަދައަކުން އޭނަ އަނގަ ލައްޕައިފިއެވެ. އަދި ފަހަތަށް ފިޔަވަޅުތަކެއް އަޅާލަމުން އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރު ފެނިފައި އޭނަ މިހާރު މިއުޅެނީ އެކަންޏެއް ނޫންކަން ޔޫނުސްގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. ބޭނުންހާ އިރަކު ބޭނުންހާ ތަނަކަށް ގޮސް ހެދުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ނަމަވެސް ޝިފާޒް ބުނިހެން ކުޑައިރުކޮޅަކަށް ގޮސްފައި އާދެވިދާނެއެއްނޫންހޭ ޔޫނުސްގެ ހިތް ބުންޏެވެ. ޔޫނުސް އޭނަގެ ސަބަބުން ޝިފާޒްއަށް ގެއްލުމެއް ލިބޭކަށް ބޭނުމެއްނުވިއެވެ. ޝިފާޒްއަކީ ވަކި އޭނަގެ ގާތް އެކުވެރިއަކަށް ނުވިޔަސްމެއެވެ ޔޫނުސް ކުރިމައްޗަށް ނަޒަރު ހިނގާލަމުން ވާހަކަ ދެއްކިއެވެ.
“ޝިފާޒް…..އަހަރެން އެބަ އަންނަން އިރުކޮޅަކުން.” ޔޫނުސް ބުނެލިއެވެ.
“އޮހް ތޭންކް ގޯޑް! އަވަހަށް އާދޭ އިނގޭ؟” ޝިފާޒްއަށް ހިތްހަމަޖެހުމެއް ލިބުނުކަން ޔޫނުސްއަށް އެނގުނެވެ. އޭނަ ހޫންލައްވާލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮޓަރިއަށް ދާން އުޅުނެވެ. އެއްލި ކަޅިއަކުން ފާރު ކައިރީގައި ހުރި ނަޞްރާގެ ފޮށި ފެނިފައި އެއާއި ހަމައަށް ގޮސް އޭތި އުފުއްލާލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ.
ކޮޓަރީގެ އެނދުގައި އިށީނދެގެން އިން ނަޞްރާއަށް ދޮރުމައްޗަށް އެރި ޔޫނުސް ފެނުމާއެކު ވަގުތުން ކޮޅަށް ތެދުވެވުނެވެ. ކޮޓަރިތެރޭ ދޮރު ކައިރީގައި ފޮށި ބަހައްޓާލި ޔޫނުސް އިސްއުފުލާލިތަނާ ނަޞްރާ ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ނަޞްރާ ބޮޑު ދެލޮލުން އޭނައަށް ބަލަން ހުރެފައި އިސްޖަހާލި ގޮތުން ޔޫނުސް ހިނދުކޮޅަކަށް ހުރިހާ ކަމެއް ހަނދާން ނެތުނެވެ. ދެންމެ ޝިފާޒްއާއި އޭނައާ ދެމެދު ދެކެވުނު ވާހަކަ ހަނދާނަށް އައުމުން ވެސް އެއީ ނުވާކަމަކަށް ހަދައި ކޮޓަރިއަށް ވަންނަން ޔޫނުސްގެ ހިތް އެންގިއެވެ. ނަމަވެސް އޭނައަށް ޝިފާޒަށް ވަޢުދެއްވެވިއްޖެއެވެ.
“އަމް…..ނަޞްރާ، އަހަރެން މިދަނީ ކުޑަ ކަމަކު އޮފީހަށް. ވަރަށް އަވަހަށް އައިސްދާނަން.” ޔޫނުސް ޖެހިލުންވެހުރެ ނަޞްރާއަށް ބަލަމުން ނުބަލަމުން ބުނެލިއެވެ. އޭނައަށް ބަލަހައްޓައިގެން ހުރި ނަޞްރާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިތަން ޔޫނުސްއަށް މިފަހަރު ވަރަށް ސާފުކޮށް ފެނުނެވެ. ޔޫނުސް ދެރަވި ވަގުތު އޭނަގެ ދެފައި ހުރިތަނުގައި ތަތްލީހެން އޭނައަށް ހީވިއެވެ. އޭނަ އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް……
“ހެދުން އަލަމާރީގެ މި ފަރާތުގައި ހުރި ބަޔަކީ ނަޞްރާގެ ބައި. ނަޞްރާގެ ހެދުންތައް އެބައިގައި އެޅުވިޔަސް މައްސަލައެއްނެތް.” ޔޫނުސް ދެންވެސް ދޮރުމަތީގައި ހުރެ ބުނެލިއެވެ. ނަޞްރާ އަލަމާރިއަށް ބަލަހައްޓައިގެން ހުރެފައި ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް ނަޞްރާ ބޯވެސް ޖަހާނުލިއެވެ. ނަޞްރާ ހަމަ އެހާވެސް ދެރަވީބާއޭ ޔޫނުސްގެ ހިތަށްއެރި ވަގުތު އޭނައަށް އަމިއްލަ ނަފްސު ކުށްވުރި ކުރެވުނެވެ.
“އަހަރެން…..” ޔޫނުސް ހަމައެކަނި އެހާވަރަށް ބުނެލަމުން ބޭރަށް ޢިޝާރާތް ކުރީ އޭނަ ދެން އިތުރަށް ހުރެއްޖެއްޔާ އޭނަގެ ޚިޔާލު ބަދަލުވުމުގެ ބިރުހީވީތީވެއެވެ. ނަޞްރާ ޔޫނުސްގެ އެވާހަކައަށް އެއްފަހަރު ބޯޖަހާލަމުން އިސްޖަހައި އޭނަގެ ފޮށްޓާއި ދިމާލަށް ދާން ހިނގައިގަތެވެ. އެވަގުތު ޔޫނުސް ގަދަކަމުން ކޮޓަރިން ދުރަށް ދާން ހިނގައިގަތެވެ. ޔޫނުސް އޭނަގެ ލޯމައްޗަށް ގެއްލުނު ވަގުތު ގެނބެމުން ދިޔަ ހިތަކާއެކީ ނަޞްރާއަށް ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރަށް ބަލާލެވުނެވެ. ޔޫނުސް ފެންނަން ނެތުމުން ނަޞްރާއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. ރޭގަނޑެއްގެ މިވަގުތު އޮފީހުގައި އޮންނާނީ ކޮން މަސައްކަތެއްބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ޔޫނުސް އޭނައަށް ދޮގު ހަދަނީ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ނަޞްރާއަށް ބޯހޫރުވާލެވުނެވެ. ޔޫނުސްއަކީ ނޫސްވެރިއެކެވެ. ކޮންމެވެސް ތަނެއްގައި ކަމެއް ދިމާވުމުން ކުއްލިއަކަށް ވެސް ދާންޖެހިދާނެ ކަމަށް ނަޞްރާ އޭނަގެ ހިތަށް ވިސްނައިދިނެވެ. ނަޞްރާ އޭނަގެ ކުރިމަތީގައި ހުރި ފޮށީގެ ޒިބު ކަހާލަން އުޅުނު ވަގުތު ޔޫނުސް އަނެއްކާވެސް ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ.
“ނަޞްރާ، އަހަރެން މި ދަނީ ގޭގެ ދޮރު އެތެރެއިން ތަޅުލާފަ އިނގޭ. އެއްވެސް ނުދަންނަ މީހަކު އަޔަސް ދޮރު ނުހުޅުވާތި.” ޔޫނުސް ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ. ޔޫނުސް އެ ބުނި އެއްޗެއް ނަގައިގަނެވުނު ނަޞްރާއަށް ހިނިތުންވެވެން އުޅުނެވެ. ނަމަވެސް އޭނަ ހިނިތުންނުވާން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ. ޔޫނުސް ދެންވެސް ނަޞްރާއަށް ބަލަން ހުރެފައި އަނެއްކާވެސް ދާން ހިނގައިގަތެވެ. މިފަހަރު ޔޫނުސް ލޯމައްޗަށް ގެއްލުމުން ނަޞްރާގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ޔޫނުސް އޭނައާމެދު އަޅާލާކަން އިޙްޞާޞް ކުރެވުމުން ޔޫނުސް އޭނައަށް ދޮގެއް ނަހަދާނެއެއްނޫންހޭ ނަޞްރާގެ ހިތް ބުންޏެވެ.
ޔޫނުސްގެ ސައިކަލު ގޮސް މަޑުކޮށްލީ ދެ ބުރީގެ ޢިމާރާތެއްގެ ކުރިމައްޗަށެވެ. އެ ޢިމާރާތުގެ އެންމެ މަތީގައި ބޮޑު އިނގިރޭސި އަކުރުން ލިޔެވިފައިވީ “އެޗް.އެން ނިއުސް”އެވެ. އެކި ކުލަކުލައިގެ ކުލަބޮކިތަކުން އެ ޢިމާރާތް ޒީނަތްތެރިކުރެވިފައިވީއިރު އިވެމުން ދިޔަ ބާރު މިއުޒިކްގެ އަޑާއި އެއްވަރަށް އެ ބޮކިތަކުގެ ކުލަ ބަދަލުވަމުން ދިޔަހެން ހީވިއެވެ. ޔޫނުސް އޭނަގެ ސައިކަލުން ފައިބައިގެން ގޮސް އެ ޢިމާރާތުގެ ހުޅުވާލެވިފައިވާ ގޭޓުން ވަދެގެން ދިޔައިރު އޭނަގެ ބުމަ ގޮށްޖެހިފައިވިއެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އޮފީސްތެރެއަށް ވަންއިރު އެތަން ވަނީ ހުރިހާ މޭޒެއް އެއްފަރާތްކޮށް “ޑާންސް ފްލޯ” އަކަށް ބަދަލުކުރެވިފައެވެ. ބައެއް މީހުން އެތާ މެދުގައި ތިބެ ނަށަމުން ދިޔައިރު އަނެއްބައި މީހުން ބުއިންތައް ހިފައިގެން އެކިއެކި ވާހަކައިގައި މަންޒަރު ބަލަން ތިއްބެވެ. ޔޫނުސް މަންޒަރު ނުބަލަންވެގެން ދުރު ހޯދަންފެށީ ޝިފާޒް ފެނޭތޯއެވެ. މުޅި ތަނުގެ އަލި އެކި ކުލައަށް ބަދަލުވަމުން ދިޔަ ގޮތުން ޔޫނުސްގެ ލޮލަށް އުދަގޫވާވަރު ވިއެވެ. އޭނަ އައިތާ މާ ގިނައިރެއްނުވެ ކުއްލިއަކަށް މިއުޒިކު ހުއްޓި މުޅިތަން އަނދިރިވެގެން ދިޔައެވެ. މީހުންގެ ޙަރަކާތްތައް މަޑުވެ އެމީހުން ޙައިރާންވެގެން އުޅޭފަދަ ވާހަކަތައް އިވެން ފަށައިފިއެވެ. ޔޫނުސް ވެސް ވީނުވީއެއް ނޭނގިފައި ހުރިތާ ހުރެ ވަށައި ބަލަމުން ދަނިކޮށް އަލި ބޮކިތަކުން މުޅިތަން ދިއްލާލެވުނެވެ.
“ޔޫނުސް!” ކަނާތް ފަރާތުން މީހަކު އެންމެނަށް އިވޭވަރަށް ގޮވާލި އަޑަށް ޔޫނުސް އެ ދިމާލަށް ބަލާލިއެވެ. އެވަގުތު ދުރުގައި އޭނައާއި ދިމާލަށް ދެއަތް ދިއްކޮށްގެން ހުރީ ނަވާޒްއެވެ. ނަވާޒްއަކީ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނައަކީ ދެބައި އުމުރަށް ގޮސްފައިވާ މީހެއްކަން އޭނަގެ ކަޅުކުލައިގެ ތުނި އިސްތަށިގަނޑުގައި ފަޅަން ފަށާފައިވާ ނުރަތަކަކުން އެނގެއެވެ. އެހެން އެންމެންނާ ޚިލާފަށް ނަވާޒް ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރުމުން އޭނަގެ ހައިބަތު ހުރިކަން އެނގެއެވެ.
ނަވާޒް އުފަލުން ފުރިގެންވި ހިނިތުންވުމެއްގައި ޔޫނުސްއަށް ބަލަހައްޓައިގެން ހުރި ވަގުތު ޔޫނުސްގެ މޫނުވަނީ ބަނަވެފައެވެ. ޔޫނުސް އެއްވެސް ޙަރަކާތެއް ނުކުރުމުން ނަވާޒް ހަމަ އޭނަގެ ދެއަތް ދިއްކޮށްގެން ހުރެ ޔޫނުސްއާ ދިމާލަށް އަންނަން ފެށިއެވެ. އަދި ޔޫނުސްއާ ހަމައަށް ގޮސް ޔޫނުސްގެ ގައިގައި ބައްދާލިއެވެ. ނަވާޒް ބައްދާލި ވަގުތުވެސް ޔޫނުސްގެ ދެއަތްވަނީ ވައްޓާލެވިފައެވެ. އޭނަގެ މޫނުމަތީގައި ރުޅިވެރިކަން ވީހިނދު ވަށައިގެންވި އެންމެންގެ މޫނުމަތިން އެމީހުންގެ ހިތްތަކުގައި ވި ޙަސަދަވެރިކަން ފެންނަމުން ދިޔައެވެ. އެމީހުންނަށް ނޭނގޭ ސަބަބަކާހުރެ ޔޫނުސްއަކީ، އެމީހުން މި މަސައްކަތް ކުރާ ނޫހުގެ ވެރިފަރާތް ކަމަށްވާ ނަވާޒްއަށް ވަރަށް ޚާއްސަ މީހެކެވެ. ނަވާޒް އޮންނަނީ އޮފީހުގެ ހުރިހާ މުވައްޒަފުން ގާތުވެސް އޭނައާ މާތް ބަހުން މުޚާތަބު ކުރުމަށް އަންގާފައެވެ. މުވައްޒަފަކު އެ ނޫންގޮތަކަށް އޭނައާ މުޚާތަބުކޮށްފިނަމަ އެ މުވައްޒަފަކު ވަޒީފާއިން ވެސް ވަކި ކުރެވެއެވެ. ނަމަވެސް ޔޫނުސް ޚުދު ނަވާޒްގެ ކުރިމަތީގައި ވެސް އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން އެއީ މައްސަލައަކަށް ނުވެއެވެ. ނަވާޒް މި ކަހަލަ ޕާޓީއަކަށް އައިސްފައިވެސް ޔޫނުސް ނެތިއްޔާ އޭނައަށް ވަގުތުން ފާހަގަ ކުރެވޭނެއެވެ. އޮފީސް ހުރިހާ މުވައްޒަފުންނާއެކު ފޮޓޯއެއް ނަގަން ވެއްޖެއްޔާ ނަވާޒް ކައިރީގައި ޔޫނުސް ހުރުމަކީ ލާޒިމް ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި މި ހުރިހާ ކަމެއްގެ ސިއްރަކީ ޔޫނުސް މުޅި ޤައުމުން ވެސް ހޮވާލެވޭފަދަ ނޫސްވެރިއަކަށް ވުމެވެ. ޔޫނުސް ނުރުހޭނެ ގޮތަކަށް ކަންތައް ކޮށްގެން ނަވާޒް ޔޫނުސް ގެއްލެން ބޭނުން ނުވަނީކަމަށް މީހުން ބުނެ އުޅެއެވެ. އެއީ އެގޮތަށް ކަންތައް ކޮށްފިނަމަ ޔޫނުސް އެހެން ނޫހަކަށްޓަކައި މަސައްކަތް ކުރަން ފަށައި ނަވާޒްއާބެހޭ ނުބައި ވާހަކަތައް ލިޔަން ފަށާފާނެތީވެއެވެ. އަދި މީހުން އެއަށް އިތުބާރުކުރަން ފަށާފާނެތީވެއެވެ. ނަވާޒް ޔޫނުސްއަށް މިހާ “ލޯބި” ދޭއިރުވެސް އެކަކަށްވެސް ނޭނގޭ ކަމަކީ ޔޫނުސް ނަވާޒްއަށް ރުޅި އަންނަންވީ ސަބަބެވެ. ނަވާޒް ޔޫނުސްއާ ވާހަކަ ދައްކާއިރު އަބަދުވެސް ހިނިތުންވުމެއްގައި ހުންނައިރު ޔޫނުސް އަބަދުވެސް ހުންނަނީ ނުރުހުންވެފައެވެ. ޔޫނުސް ނަވާޒްއާއި ރީތި ބަހުން ވާހަކަ ދައްކާނަމަ ޔޫނުސް މިއަދު ވީހީ ނަވާޒްގެ ޕާޓީގެ ނައިބު ރައީސަކަށޭވެސް މީހުން ބުނެއުޅެވެ. ނަވާޒް ޔޫނުސް ގެންގުޅެނީ އެހާވެސް ކައިރިންނެވެ.
“ޔޫނުސް، ކިހިނެއް؟ ކީއްވެ މާ ލަހުން ޕާޓީއަށް އާދެވުނީ؟” ނަވާޒް ޔޫނުސްއާ ދުރުވެ ޔޫނުސްގެ ދެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އޭރުވެސް އޭނަ ހުރީ ހެވިފައެވެ.
“އަހަރެން ރަނގަޅު. މިކަހަލަ ޕާޓީތަކަށް އަންނަން ބޭނުންނުވާތީ ނާންނަނީ. ޝިފާޒް ގުޅާފަ ބުނީ ނަވާޒް ބުންޏޭ އަހަރެން އަންނާށޭ. އެހެންވެ މިއައީ.” ޔޫނުސް ސީރިއަސް ކަމާއެކީ ބުނެލިއެވެ. އަދި ދުރުގައި ހުރި ޝިފާޒްއަށް ބަލާލިއެވެ. ޝިފާޒް ލުއިގޮތަކަށް ހިނިތުންވެލިއެވެ.
“ހްމް….ޔޫނުސްއަށް މި ގޮވީ ކުޑަ މީޓިންގްއެއް ބާއްވަންވެގެންނޭ. އެންމެން ހިނގާ މަތީ ބަޔަށް.” ނަވާޒް ޔޫނުސްއާ ވާހަކަ ދައްކަމުން ގޮސް އެންމެނަށްވާ ގޮތަށް ބުނެލިއެވެ. އެއާއެކު އެތާ ތިބި ގިނަ ބަޔަކު ފޫހިވެފައި ކަހަލަ ގޮތަކަށް ސިޑިބަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ނަވާޒްވެސް އެތަނަށް ދިޔުމަށް ޔޫނުސްއަށް ޢިޝާރާތް ކުރުމުން ޔޫނުސް ދެންވެސް ރުޅި މޫނެއްގައި ހުރެ ހިނގައިގަތެވެ. ނަވާޒް ޔޫނުސްގެ ފަހަތުން ދިޔައެވެ.
ނަޞްރާ އޭނަގެ ހެދުންފޮށި ބިންމަތީގައި ބާއްވަމުން ޒިބު ކަހައި ހުޅުވާލިއެވެ. އެވަގުތު އޭނައަށް އަންނައުނުތަކުގެ މެދުގައި އޮތް ކުޑަކުޑަ ޕާރުސަލެއް ފެނުނެވެ. އެއާއެކު ދޮންބެ ބުނި ހަދިޔާގެ ވާހަކަ ނަޞްރާގެ ހަނދާނަށް އައެވެ. ނަޞްރާ ކެތްމަދުވެފައިހުރެ އެ ޕާރުސަލް ނަގައި އޭގެ ބޭރުގައި ހުރި ނޫކުލައިގެ ގަނޑު ނިއުޅާލިއެވެ. އެ ގަނޑު އެއްކޮއް ނުނެގެނީސް މިއީ އެންމެ ފަހުގެ މޯބައިލް ފޯނެއްކަން ނަޞްރާއަށް ފޮށީގެ ބޭރު ބަލާފައި އެނގުނެވެ. މިއީ ނަޞްރާ ހީކޮށްގެން ހުރި ކަހަލަ ހަދިޔާއަކަށް ނުވިޔަސް ނަޞްރާ އުފާކުރިއެވެ. އޭނަގެ އަތުގައި މިހާރު އޮތް ފޯނުގައި ދަނީ ކުދިކުދި މައްސަލަތައް ޖެހެމުން ކަމަށްވާތީވެއެވެ. ފޯނު އޮތް ފޮށީގައި ފެހި ކުލައިގެ ނޯޓެއް ހަރުކޮށްފައި ހުއްޓެވެ. އޭގައި އޮތީ އުފާވެރި ޒަވާޖީ ޙަޔާތަކަށްޓަކައި ވީހާވެސް ގިނައިން ޔޫނުސްއަށް ގުޅުމަށެވެ. ނަޞްރާއަށް އެއަށް ބަލަހައްޓައިގެން ހުރެ ހީލެވުނެވެ. އޭނަ އެ ނޯޓުކޮޅު ނަގާލަމުން ފޮށި ހުޅުވައި ފޯނު ނެގިއެވެ. އަދި އޭނަގެ އަތްދަބަހުގައި މިހާރު އޮތް ފޯނު ނަގައި އޭގައި އޮތް ސިމް އާ ފޯނަށް ބަދަލުކުރިއެވެ.
އެނދުގެ ހެޑްބޯޑް މަތީގައި ފޯނު ބާއްވަމުން ނަޞްރާ އޭނަގެ އަންނައުނު ހަމައަކަށް އެޅޭތޯ ބެލިއެވެ. އަލަމާރީގައި ހެދުން އަޅުވާލުމަށްޓަކައި ނަޞްރާއަށް އެންމެ ފުރަތަމަ އޮޅުމަކުން ހުޅުވާލެވުނީ ޔޫނުސްގެ ހެދުންތައް އަޅުވާފައި ހުންނަ ބައެވެ. ޔޫނުސްގެ ގަމީސްތައް ފެނިފައި ނަޞްރާ ހުއްޓުން އެރިއެވެ. އޭނައަށް ބޭ އިޚްތިޔާރުގައި އެކިއެކި ގަމީސްތަކަށް ވަކިން ބެލެން ފެށިއެވެ. އެންމެ ކޮޅުގައި އޮތް ހުދުކުލައިގެ ގަމީސް ފެނިފައި މިއީ އެންމެ ފުރަތަމަ އޭނައަށް ޔޫނުސް ފެނުނު ދުވަހު ލައިގެން ހުރި ގަމީހޭ ހިތަށްއެރިއެވެ. އެއާއި ޖެހިގެން އޮތް ގަމީސް ފެނިފައި ވެސް ނަޞްރާގެ ހަނދާނަށް އައީ ޔޫނުސް ފެނުނު އެހެން ދުވަހެކެވެ. ބައެއް ގަމީސްތައް ނަގައި އެއަށް ރަނގަޅަށް ބަލަން ބޭނުންވިއެއްކަމަކު އެއިން އެއްވެސް އެއްޗެއްގައި އަތްލާކަށް ވެސް ނަޞްރާއަކަށް ނުކެރުނެވެ. ނަޞްރާ ލަދުރަކި ހިނިތުންވުމަކާއެކީ ތަންކޮޅެއް ދުރަށް ޖެހިލަމުން އަލަމާރީގެ ދޮރު ލައްޕާލަން އުޅެފަވެސް އަދިވެސް އެއްފަހަރު އޭގެ އެތެރެ ބަލާލިއެވެ. އަލަމާރީގެ އެބައިގައި ގަމީސްތަކާއި ޓީޝާޓުތައް ވަކިން އެޅުވިފައި ވިގޮތުން ޔޫނުސްއަކީ ހާދަ ތަރުތީބު މީހެކޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަޞްރާއަށް ނޭނގޭ ކަމަކީ ޔޫނުސް ކައިވެނީގެ ތިން ދުވަސް ކުރިން ކޮޓަރީގެ އެތަން މިތަނުން ޓީޝާޓާއި ޖިންސްތައް ހޮވައި އެ ހުރިހާ އެއްޗެއް ދޮވެ އިސްތިރިކޮށް އަލަމާރިއަށް ލިކަމެވެ.
ނަޞްރާ އޭނަގެ ހެދުންތައް އަލަމާރިއަށް ލައި ނިންމާލަމުން ފުން ނޭވައެއް ދޫކޮށް އެނދުގައި އިށީނެވެ. އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން ދަންވަރު 12:15 ވީއެވެ. ނަޞްރާ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލީ ނިދިބަރުވެފައިވާ ދެލޮލުންނެވެ. އޭނަ ބޭނުންވީ މޫނުދޮވެ ވުޟޫކޮށްލައިގެން ނިދަން އޮށޯންނާށެވެ. ނަމަވެސް ޔޫނުސް އަންނައިރު އޭނަ ނިދަން އޮތިއްޔާ ކަމަކު ނުދާނެއޭ ހިތް ބުންޏެވެ. އެހެންކަމުން ނަޞްރާ ނިދި ފިލުވާލުމަށްޓަކައި ތެދުވެ ގޮސް އޭނަގެ އާ ފޯނު ނަގައި ފޯނުން ގޭމެއް ކުޅެން ފެށިއެވެ.
**
“މި އަންނަ އަހަރުގެ ފަހުކޮޅު އިންތިޚާބު ފެށޭނެ. އިންތިޚާބުގެ ކުރިން އަހަރުމެން މިތިބީ ބައިވަރު ޙަރަކާތްތައް ކުރިއަށް ގެންދަން ރާވައިގެން. އެންމެ ގިނަ ޙަރަކާތްތައް ކުރިއަށް ގެންދެވޭނީ މާލޭގަ. އެހެންވީމަ މި ކޮޅުން ބައެއް ނޫސްވެރިން މާލެއަށް ގެންނަން އަހަރުމެންނަށް ފެންނާތީ އެ ޚިޔާލު ފާޅުކުރަން މި މީޓިންގް މި ބޭއްވީ. މި ކޮޅުން އެކޮޅަށްދާން ހޮވޭ ނޫސްވެރިންގެ ދަތުރާއި އުޅެންވީ ތަނާއި ހުރިހާ ކަމެއް ހަމަޖައްސައިދެވޭނެ ކުންފުނީގެ ފަރާތުން. އެއީ އެ ނޫސްވެރިއަކު ޢާއިލާއާއެކީ ދާން ބޭނުންވިޔަސް ހަމަ އެމީހުންނަށްޓަކައި ވެސް ޚަރަދުކުރެވޭނެ.” ނަވާޒް ދިގު މޭޒެއްގެ ކޮޅުގައި އިށީނދެ އިނދެ ބުނެލިއެވެ. އެ ވާހަކަ އަޑު އަހާފައި މޭޒުގެ ވަށައިގެން ތިބި އެންމެންގެ މޫނުތައް އުޖާލާވެގެން ދިޔައެވެ. ޔޫނުސް ފިޔަވައެވެ. އޭނަ އިސްޖެހިފައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނީއެވެ. އެކި މީހުންނަށް ވަކި ވަކިން ބަލަމުން ދިޔަ ނަވާޒްއަށް އެތަން ފެނިފައި އޭނަ ޔޫނުސްއަށް ގޮވާލިއެވެ. ޔޫނުސް ނަވާޒްއަށް ބަލާލިއެވެ.
“ރަނގަޅު ޚިޔާލެއްދޯ ޔޫނުސް؟ ޔޫނުސް ދާކަށް ބޭނުމެއްނޫންތަ މާލެއަށް؟” ނަވާޒް އަހާލިއެވެ.
“ހިއެއްނުވޭ މިއީ ރަނގަޅު ޚިޔާލެއްހެން. ކީއްކުރަންތަ މި ކޮޅުން ވަކި ނޫސްވެރިން ގެންދަންވީ؟ އެކޮޅުގަ މުވައްޒަފުން މަދީތަ؟ އަދި މަދުވިޔަސް އެކޮޅުން ހަމަ ކުދިން އިންޓަވިއުކޮށްފަ ނެގިދާނެއެއްނޫންތަ؟” ޔޫނުސް ބުނެލިއެވެ. އެއާއެކު އެހެން އެންމެންގެ ރުޅިވެރި ނަޒަރުތައް ޔޫނުސްއަށް އަމާޒުވިއެވެ. މީޓިންގްއެއްގައި ނަވާޒްގެ ކުރިމަތީގައި ޚިޔާލު ފާޅުކުރަން ކެރޭ ހަމައެކަނި މީހަކީ ޔޫނުސްއެވެ. ކަން މިހެން އޮތްވާވެސް ޔޫނުސް ދޭނީ މިކަހަލަ ޚިޔާލުތަކެވެ. ނަވާޒް އިރުކޮޅަކު ހުރެފައި ވާހަކަ ދެއްކިއެވެ.
“އާނ އެކަމަކު ޔޫނުސް ކަހަލަ ނޫސްވެރިން ލިބުމަކީ އެހާ ފަސޭހަކަމެއްނޫނެއްނުދޯ؟” ނަވާޒް ބުނެލިއެވެ. ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“އަހަރެން ނެތިން ދާކަށް.” ޔޫނުސް ބުނެލީ ހަމައެކަނި އެހާވަރަށެވެ.
އެނދުމަތީގައި އިނދެ ނަޞްރާ ގޭމު ކުޅެމުން ދިޔައިރު ވެސް އޭނަގެ ލޯ މެރެމުން ދިޔައެވެ. ނަޞްރާގެ ދެލޯ މެރިގެން ގޮސް ބޯޖެހުނު ވަގުތު އޭނަ ސިހިފައި ދެލޯ ހުޅުވާލަމުން ދެފަރާތަށް ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އަނެއްކާވެސް ކުރިމަތީގައި ހުރި ގަޑިއަށް ބަލާލިއިރު 12:45 ވެއްޖެއެވެ. ނަޞްރާއަށް އަނެއްކާވެސް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް އަދިވެސް ނާންނަނީ ހެއްޔެވެ؟ އޭނައަށް ގޮތެއްވީބާވައެވެ؟ ނަޞްރާގެ ހިތަށް އެ ސުވާލު ވެރިވި ވަގުތު އޭނަގެ ލޮލުން ކޮންމެވެސް ވަރަކަށް ނިދި ފިލައި ދިޔައެވެ. އޭނަ އަތުގައި އޮތް ފޯނަށް ބަލާލަމުން ޔޫނުސްއަށް ގުޅަން ހިތަށްއެރިއެވެ. ނަމަވެސް އޭނައަށް ޔޫނުސްގެ ނަންބަރު ނޭނގޭކަން ހަނދާންވި ވަގުތު އޭނައަށް ޗޮއްކަނޑާލެވުނެވެ. ދޮންބެއަށް ގުޅަން ހިތް ބުންޏެއްކަމަކު މި ވަގުތު ދޮންބެއަށް އުދަގޫކުރާކަށް ބޭނުމެއްނުވިއެވެ.
ނަވާޒްގެ މީޓިންގް ނިމުނުއިރު 1:00 ޖަހައިފިއެވެ. ޔޫނުސް ނާންނަ ވާހަކައަށްފަހު އޭނަ މި ކޮޅުން ނޫސްވެރިން މާލެ ނުގެންދާ ގޮތަށް ހަމަޖައްސައިފިއެވެ. އެ ނިންމުމާހެދި އޮފީހުގެ އެހެން މުވައްޒަފުންގެ ހިތުގައި ޔޫނުސްއަށްޓަކައި ވި ނަފްރަތު އިތުރުވިއެވެ. ނަމަވެސް އެމީހުންނަށް ޔޫނުސްއާ ދިމާލަށް އެއްޗެކޭ ނުބުނެވުނީ ޔޫނުސްގެ “ހަށިފާރަވެރިއަކަށް” ނަވާޒް ހުރީތީވެއެވެ. މީޓިންގް އިން ނިކުމެ ނަވާޒްއާއެކީ ހުރިހާ މުވައްޒަފުން އެކީގައި ފޮޓޯއެއް ނެގިއެވެ. އާދައިގެ މަތިން ނަވާޒްގެ ކައިރީގައި ހުރީ ޔޫނުސްއެވެ. ނަވާޒްގެ އެދުމަށް އެންމެން ޕާޓީ ނިންމާލާފައި ނިކުންނަން ދިޔަ ވަގުތު އެ މަގުން ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގިއެވެ. އެއަޑަށް އެންމެން ސިހިފައި އެދިމާލަށް ބަލާލަމުން އެ ތަނަށް ދިޔައެވެ. ޔޫނުސް އާއި އެހެނިހެން މުވައްޒަފުން އެކްސިޑެންޓްވީ ސަރަޙައްދަށް ގޮސް އަނިޔާ ލިބުނު މީހުންނަށް އެހީވާން އަވަސްވެގަތްއިރު އަނެއްބައި މުވައްޒަފުން ކެމެރާ ނަގަން ތެޅިގެންފިއެވެ. ނަވާޒް ވެސް އޮފީހުގެ ގޭޓުގެ ކައިރީގައި އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު އެ ތަންގަނޑުގެ ގޭގޭތައް ދިއްލި މީހުން ނިކުންނަން ފަށައިފިއެވެ. އިރުކޮޅެއްފަހުން އެމްބިއުލާންސް އައިސް ބޮޑަށް އަނިޔާވި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ނަޞްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ އޭނައަށް ދެލޯ މަރާލެވުނެވެ. ނިދި ގަދަވެފައި ހުރިވަރުން އޭނަ ދެލޯ ހުޅުވާކަށް ބޭނުމެއްނުވިއެވެ. ޔޫނުސް ދެން ހަމަ އައިސްދާނެއެއްނޫންހޭ އޭނަގެ ސިކުނޑި ބުންޏެވެ. އެ ވާނީ މިރޭ މުޒާހަރާއެއް އޮތީ ކަމަށެވެ. މީގެ ދެ ދުވަހެއް ކުރިން ކޮންމެވެސް އެއްޕާޓީއަކުން މުޒާހަރާ ކުރާނެ ވާހަކަވެސް ނަޞްރާގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އެއާއެކު ނަޞްރާ ރަނގަޅަށް ނިދާލަން ބޭނުންވިއެވެ. އޭނަ ދެލޯ ހުޅުވައި ފުރަގަހަށް ބަލާލިއިރު ހެޑްބޯޑް ކައިރީގައި ހުރި ބާލީސްތައް ފެނިފައި ނަޞްރާއަށް އުފަލެއް ލިބުނެވެ. އޭނަ އެނދުގެ ވަށަލައިގެން ގޮސް އެނދުގެ ކަނާތް ފަރާތުގައި އިށީނދެ އެ ކޮޅުގައި އޮތް ބާލީހުގައި އޮށޯންނަން އުޅުނެވެ. ހެދުން ބަދަލުކުރަން ހިތަށްއެރިއެއްކަމަކު އެ ވަރެއް ނަޞްރާގެ ގައަކު ނެތެވެ. އަދި ޔޫނުސް އަންނަންދެން އަދިވެސް މަޑުކުރާނީއޭ ހިތަށްއަރާފަވެސް ޔޫނުސް އަންނައިރަށް އޭނަ މިހާރު ކުޑަކޮށް ނިދާފައި ހޭލާނީއޭ ހިތައި ނަޞްރާ ބާލީސް މަތީގައި އޮށޯވެ ދެލޯ މަރާލިއެވެ. ނަޞްރާއަށް ނިދުނުއިރުވެސް އޭނަގެ ދެފައި އެނދަށް ނާރުވައި އޮތް ގޮތުން އޭނަ އޭރުވެސް އޮތީ ދެ ޚިޔާލެއްގެ މަތީގައިކަން އެނގެއެވެ.
ޔޫނުސް އޭނަގެ ސައިކަލު ދުއްވާފައި ގޮސް ގޭގެ ފެންޑާއަށް ވެއްދިއިރު މުޅި ރަށަށް ވެރިވެފައިވި އަނދިރިކަމުގެ ތެރެއިން ވެސް އޭނަގެ ގެ ދިއްލާލެވިފައިވިއެވެ. ޔޫނުސް ސައިކަލުމަތީގައި ހުރެ އެއްފަހަރު ސިޓިންގް ރޫމުގެ ކުޑަދޮރާއި ދިމާލަށް ބަލާފައި އޭނަގެ ކޮޓަރީގެ ކުޑަދޮރާއި ދިމާލަށް ބަލާލިއެވެ. ސިޓިންގް ރޫމުގެ ކުޑަދޮރު ފަދައިން އެ ކުޑަދޮރުވެސް ފަރުދާ އެޅިފައިވީއިރު ކޮޓަރީގައި އަލިބޮތްކެއް ދިއްލާލެވިފައިވިކަން އެނގެއެވެ. ނަޞްރާ އަދިވެސް ހުރީ އޭނަގެ އިންތިޒާރުގަހޭ ހިތަށްއެރި ވަގުތު ޔޫނުސް ފުން ނޭވައެއް ދޫކޮއްލަމުން ސައިކަލުން ފޭބިއެވެ. އަދި ޖީބުގައި އޮތް ތަޅުދަނޑި ނަގައި ސިޓިންގް ރޫމުގެ ދޮރު ހުޅުވާލަމުން އެތާނގެ އަލި ބޮކި ނިއްވާލިއެވެ. މިހާރު އޭނައަށް ހަމައެކަނި ފެންނަމުން ދިޔައީ ހުޅުވާލެވިފައިވާ ކޮޓަރީގެ އައްޔެވެ. ޔޫނުސް އާދައިގެ ހިނގުމެއްގައި ގޮސް އެ ދޮރާއި ހަމަކޮށްފިއެވެ. ދޮރުމައްޗަށް އަރައި ނަޞްރާއަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު އެނދުގައި އޮށޯވެ އޮތް ނަޞްރާ ފެނިފައި ޔޫނުސްއަށް އަނގަ ލައްޕާލެވުނެވެ. ނަޞްރާ އޮތީ ނިދިފަކަން ނަގައިގަނެވުނު ވަގުތު ޔޫނުސްއަށް ފާރުގައި ހުރި ގަޑިއަށް ބަލާލެވުނެވެ. އޭރު ގަޑިންވަނީ 2:05 ވެފައެވެ. ޔޫނުސްއަށް އަދިވެސް އެއްފަހަރު ފުން ނޭވައެއް ދޫކޮށްލެވުނެވެ. ކޮޓަރީގެ ބޮކި ދިއްލާލެވިފައިވުމުންނާއި ނަޞްރާ މިރޭ ލައިގެން ހުރި ހެދުމުގައި ނިދަން އޮތުމުން ނަޞްރާ ނިދުނީ އޭނަގެ އިންތިޒާރުގައި އޮވެކަން ޔޫނުސްއަށް ޔަޤީންކުރެވުނެވެ. ޔޫނުސްއަށް ތުންފިއްތާލަމުން ގޮށްމުއްކަވައި ދޮރުކަނީގައި މަޑުމަޑުން ޖަހާލެވުނެވެ. އޭނަ މިރޭ އޮފީހަށް ދިޔައީ ވެސް ވަކި އެހާ ބޭނުންތެރި ކަމެއްގައެއްނޫނެވެ. ނަވާޒް ދޭން އައި “ބޮޑު ޚިޔާލު” އޭނަ އަމިއްލައަށް ބަދަލުކޮށްލައިފިއެވެ. އެއަށްފަހު އޭނަ ދެއްކީ އޭނަ އިންތިޚާބަށްޓަކައި ރާވާފައިވާ ޙަރަކާތްތަކުގެ ވާހަކަތަކެވެ. އެއީވެސް ވަކި ނޫސްވެރިން އަޑުއަހަންޖެހޭ ވާހަކަތަކެއްނޫނެވެ. އެއީ ދަންވަރު 12 ޖަހާއިރު އެންމެން އެއްކޮށްފައި ދައްކަންޖެހޭ ކަހަލަ ވާހަކަތަކެއްވެސް ނޫނެވެ. ނަވާޒް އުޅެނީ މޮޔަވެގެންނޭ ޔޫނުސްގެ ހިތަށްއެރިއެވެ. އޭނައާހެދި ނޫންނަމަ މިރޭ ޔޫނުސްއަށް ނަޞްރާގެ ކައިރީގައި ހުރެވުނީހެވެ. ނަޞްރާ އޭނައާމެދު މިހާރު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ރަނގަޅު ފިރިއަކަށް ނުވާނެކަމަށް ނަޞްރާ ނިންމާނެކަން ގައިމެވެ. އެއީ ޙަޤީޤަތެވެ. ފުރަތަމަ ރޭ ވެސް އެކަނި ދޫކޮށްފައި ދާނީ ރަނގަޅު ފިރިއެކޭ ބުނާނީ ކާކު ހެއްޔެވެ؟ ޔޫނުސް އެނދުގައި އޮތް ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ކޮޓަރި ތެރެއަށް ލަސް ފިޔަވަޅުތަކެއްގައި ދާން ފެށިއެވެ. އަދި ނަޞްރާއާއި ހަމަވުމުން ޖިންސްގެ ޖީބަށް އަތްޖަހައިގެން ހުރެ ނިދަން އޮތް ނަޞްރާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އެނދުން ވައްޓާލެވިފައިވި ނަޞްރާގެ ދެފައި ފެނިފައި އެ ދެފައިގައި ދެއަތުން ހިފައި އެނދަށް އެރުވިއެވެ. އަދި ހިންދެމިލަމުން އަދިވެސް އެއްފަހަރު ނަޞްރާގެ މޫނަށް ބަލާލިއެވެ. އޭނަ ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން ކުރުފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު ނަޞްރާގެ ކޯތާފަތުގައި އަތުގެ ނުފުށުން ބީހިލާފައި ނަޞްރާއާއި ކައިރިވެލަމުން އޭނަގެ ނިތުގައި ބޮސްދިނެވެ. ޔޫނުސް ލަސްލަހުން ނަޞްރާއާއި ދުރުވެލަމުން ނަޞްރާއަށް ބަލާލިއިރުވެސް ނަޞްރާ އޮތީ ދެލޯ މެރިފައެވެ. ޔޫނުސް ލަދުން ކަހަލަ ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. އަދި ކޮޅަށް ތެދުވެ އަލަމާރި ކައިރިއަށް ގޮސް ޓީޝާޓެއް ނަގައިގެން ގޮސް ފާޚާނާއަށްވަނެވެ. ފާޚާނާގެ ދޮރު ލެއްޕުނު ވަގުތު އެނދުގައި އޮތް ނަޞްރާގެ ދެލޯ ހުޅުވުނެވެ. އޭނަގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވި ވަގުތު މުޅި މޫނު އެއްކޮއް ރަތްވިއެވެ.
އެރޭ ވަރަށް ދަންވެފައިވީތީ ޔޫނުސް ނުނިދަން ނިންމިއެވެ. ފަތިސް ނަމާދަށް ހޭނުލެވިދާނެތީވެއެވެ. އޭނަ އެކަމަށްޓަކައި ނަޞްރާއަށް ބަރޯސާވާކަށް ބޭނުމެއްނުވިއެވެ. ފާޚާނާއިން ނިކުމެ ޔޫނުސް ނަޞްރާގެ ގައިގައި ރަޖާ އަޅާލަދިނެވެ. އަދި ކޮޓަރީގެ ހުރިހާ ބޮތްކެއް ނިއްވާލަމުން އޭނަގެ ކިޔަވާ މޭޒުދޮށަށް ގޮސް ލެޕްޓޮޕް ހުޅުވާލިއެވެ. ލެޕްޓޮޕުން ކުރާނެ ވަކި ކަމެއް ނުވިސްނުމުން ޔޫނުސް ފޭސްބުކަށް ވަދެލައިފިއެވެ. އޭނަގެ ނިއުސް ފީޑުން ގިނައިން ފެންނަމުން ދިޔައީ އެކިއެކި ނޫސްތަކުގެ ޚަބަރުތަކެވެ. ޔޫނުސް ހުންނަނީ އެ އެއްޗެހި ފެނިފެނި ފޫހިވެފައެވެ. އޭނަ ސިކުނޑި ހަމަޖެއްސުމަށްޓަކައި ޖެހޭނީ އެހުރިހާ އެއްޗަކުން ދުރަށްދާށެވެ. ޔޫނުސް ފޭސްބުކް ކްލޯސްކޮށްލަން އުޅުނު ވަގުތު އިސްލާމިކް ޕޭޖެއްގެ ޕޯސްޓެއް އޭނަގެ ލޮލުގައި އެޅިއެވެ. އޭގައި އިނގިރޭސިން އޮތީ އަނބިމީހާއާއި އެކީ އުޅެންވީ ގޮތްތަކުގެ ސުންނަތްތަކެވެ. ޔޫނުސް ވަގުތުން އިތުރަށް ތިރިއަށް ސްކްރޯލް ކޮށްލިއެވެ. އަދި އޭގައި ލިޔެފައިވި ލިސްޓެއް ކިޔަންފެށިއެވެ. އެ އެއްޗެހި ކިޔަމުން ދިޔައިރު ޔޫނުސްއަށް ހުރެވުނީ ހިނިތުންވުމެއްގައެވެ. ކުރާ ކޮންމެ ކަމެއްވެސް ސުންނަތާއި އެއްގޮތަށް ކުރުމަކީ ޔޫނުސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެއީ ސުންނަތްތަކަކީ އެންމެ ރީތި ގޮތްތަކެއްކަން އޭނައަށް ޤަބޫލުކުރެވޭތީވެއެވެ. މިހާރު ވެސް އޭނައަށް މި ފެނުނު ސުންނަތްތަކަކީ އޭނައަށް ދުވަހަކުވެސް އަމިއްލައަށް ވިސްނައި ނުގަނެވޭނެފަދަ ގޮތްތަކެވެ. އެ ލިސްޓް ކަމުދިޔަ ވަރުން ޔޫނުސްއަށް އޭތި ލައިކްކޮށް ޝެއާރކޮށްލެވުނެވެ.
ފަތިސް ނަމާދަށް ބަންގި ގޮވީ ޔޫނުސް ހަމަ މޭޒުދޮށުގައި އިންދައެވެ. އޭނަ އިނީ އިތުރު ސުންނަތްތައް ގޫގްލްއިން ސާޗްކުރާށެވެ. ބަންގި ގޮވުމުން އޭނަ އަނެއްކާވެސް ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. ނަޞްރާއަށް ބަލާލިއިރު އޭނަ އަދިވެސް އޮތީ ނިދިފައެވެ. ޔޫނުސް މިފަހަރުވެސް ފާޚާނާއަށްވަދެ ދޮރު ލައްޕާލި ވަގުތު ނަޞްރާގެ ލޯ ހުޅުވުނެވެ. ނަޞްރާ ފާޚާނާގެ ދޮރާއި ދިމާލަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. މިރޭގެ ކުރީކޮޅު އޭނަ އުޅުނީ ގަދައަށް ނިދިއައިސްގެން ކަމަށްވިޔަސް ޔޫނުސް ގެއަށް އައިސް ކުރިކަމަކުން ނިދި އޭނަގެ ލޮލަށް ރުޅިވެއްޖެއެވެ. ފަހުން އަދި ޔޫނުސް ކިޔަވާ މޭޒުދޮށުގައި އިންތަން ފެނިފައި ޔޫނުސްއޭ ކިޔައި ގޮވާލަން ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނަޞްރާއަކަށް ނޭނގެއެވެ. ނަމަވެސް އޭނައަށް ގޮވާލާކަށް ނުކެރުނެވެ.
ނަޞްރާ އެނދުން ތެދުވެލީ ވަގުތު ޔޫނުސް ފާޚާނާއިން ނިކުތެވެ. ދެމީހުންގެ ލޯ ބައްދަލުވީ ވަގުތު ނަޞްރާގެ ހިތް ބާރަށް ތެޅިގެންފިއެވެ. ޔޫނުސް އެއްޗެކޭ ބުނާނެ އިރަކަށް ނަޞްރާއަށް އިންތިޒާރު ކުރެވުނެވެ. ޔޫނުސް ހުއްޓުން އަރާފައި ނަޞްރާއަށް ބަލަހައްޓައިގެން ހުރީ އެއްޗެކޭ ނުބުނަން އަމިއްލަ ނަފްސާ ވަޢުދުވެގެންނެވެ. ރޭ ނަޞްރާ އެންމެ ފުރަތަމަ މި ގެއަށް ގެނެސް އޭނައަށް ވާހަކަ ދެއްކުނު ގޮތުން އޭނަގެ ހުރިހާ ހިތްވަރެއް އެލިއްޖެއެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން ނަޞްރާގެ ނަޒަރު އޭނައާއެކީ ދަތުރުކުރިއެވެ. ނަޞްރާގެ ހިތް ގެނބެން ފެށިއެވެ. ކައިވެންޏަށް އަދި އެއްދުވަސް ވެސް ފުރިހަމަ ނުވަނީސް ޔޫނުސް އޭނަ މަތިން ފޫހިވީބާއޭ ހިތަށްއެރިއެވެ. އޭނަގެ ދިރިއުޅުން ބަރުބާދުވެއްޖެއޭ ހިތަށްއެރި ވަގުތު ޔޫނުސް ކޮޓަރީގެ ދޮރުކައިރީގައި މަޑުކޮށްލައިފިއެވެ.
“ނަމާދަށް…” ނަޞްރާއާއި ދިމާލަށް ފަސްއެނބުރި ކޮޓަރިން ބޭރަށް ޢިޝާރާތް ކޮށްލަމުން ޔޫނުސްއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. ޔޫނުސް ހިތްވަރުކޮށްފައި އެއްޗެކޭ ބުނެލީ ނަޞްރާ ހިތަށްއަރާނީ ކީކޭބާއޭ ހިތް ބުނީތީވެއެވެ. ނަޞްރާ ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލުމުން ޔޫނުސްއަށް ހިތްވަރެއް ލިބުނެވެ. އޭނައަށް ދެންމެ ބުނެވުނީ ވަކި ހަމަނުޖެހޭ ވާހަކައެއްނޫންތާއެވެ. ޔޫނުސްއަށް ވެސް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
ނަޞްރާ ފަތިސް ނަމާދުކޮށްލައިގެން އިރުކޮޅަކަށް ޤުރުއާން ކިޔަވަން އިނެވެ. އެއަށްފަހު އޭނަ ބައެއްފަހަރު ގޭގައި ލައިއުޅޭ ކަހަލަ ކަކުލާއި ހަމައަށް ހުންނަ އަތްދިގު ހަރުވާޅު ހެދުމެއް ލިއެވެ. މޫނުބަލާ ލޯގަނޑުން އޭނަ ހުރިގޮތް ފެނުނު ވަގުތު ޔޫނުސް ހަނދާންވުމުން ނަޞްރާ ލަދުގަތެވެ. ޔޫނުސް އަންނައިރު އޭނައަށް މިހެންނެއް ނުހުރެވޭނެއެވެ. ނަޞްރާ އަނެއްކާވެސް އޭނަ އާއްމު ގޮތެއްގައި ލައިއުޅޭ ކަހަލަ ކަޅު ހެދުމެއްލިއެވެ. އަދި މޫނު އެޅުމެއް ނެތި އޭނަ ރޭ ސައިޑް ޓޭބްލް މަތީގައި ބޭއްވި އޭނަގެ ލެޕްޓޮޕް ނަގައި އެނދުމަތީގައި އިނދެ ސްކޫލްގެ މަސައްކަތެއް ފެށިއެވެ. މަސައްކަތުގެ ތެރެއިން އޭނައަށް ގަޑި ބަލާލެވުނެވެ. އެވަގުތު ހެނދުނު 6:05 ހިނގީއެވެ. ޔޫނުސް ވެސް މިސްކިތުގައި ހުރެ ޤުރުއާން ކިޔަވަނީތާއޭ ހިތަށްއެރި ވަގުތު ޔޫނުސްއަށްޓަކައި ނަޞްރާގެ ހިތުގައި ލޯތްބެއް އުފެދުނެވެ.
އަފްރީން ހޭލެވުނީ އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ފޯނު ނެގުމުގެ ކުރިން ކުރިމަތީގައި ހުރި ފާރުގައި ހުރި ގަޑި އަފްރީންއަށް ފެނުނެވެ. ގަޑިން 6:15 ވެފައިވިތަން ފެނިފައި އަފްރީންއަށް ކުއްލިއަކަށް އޭނަގެ ވާތްފަރާތުގައިވި ކުޑަދޮރު ބަރިއާއި ދިމާލަށް ބަލާލެވުނެވެ. ފަރުދާ ދަމާލެވިފައިވިޔަސް އަލިވެއްޖެކަން ފެންލައިޓުން އަފްރީންއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ފަތިސް ނަމާދަށް ނޭރޭކަން ހަނދާންވުމުން އަފްރީން ފޫހިވިއެވެ. ދެންޖެހޭނީ އޭނަގެ މެންދުރުގެ ވަގުތުން ފަތިސް ނަމާދަށް ވަގުތުކޮޅެއް ޚާއްޞާކުރާށޭ އަފްރީންގެ ހިތަށްއެރިއެވެ. ވީ ފޫއްސާއެކީ އަފްރީން ދެން ބެލީ އޭނައަށް އުދަގޫކުރަމުން ދިޔަ ފޯނާއި ދިމާލަށެވެ. ފޯނަށް ސިނާންގެ ނަން އަރާފައި އޮތްތަން ފެނިފައި އަފްރީންގެ ލޮލުން ނިދިފިލައިފިއެވެ. އޭނަ އޭނަގެ ހުރިހާ ދަތްތައް ފެންނާނެ ވަރަށް ހިނިތުންވެލައިގެން ހުރެ އެނދުން ތެދުވެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު އޭނަ ފަތިސް ނަމާދު މަތިން ހަނދާން ނެތިއްޖެއެވެ.
ނުނިމޭ
3855 Comments
Comments are closed.
Shaan
August 4, 2015 at 3:03 pmNice
jana
August 4, 2015 at 8:20 pmAlhamdhulillah! 🙂
Shaan
August 4, 2015 at 3:21 pmMa dho frst… Varah foni vejje ingey jana ge story akah furathama comment kuran libunyma.?????
jana
August 4, 2015 at 8:22 pmhaha….mee vaki maa bodu accomplishmenteh tha thihaa varah fonivaan? ehen noonas foni vaakah nuvaane evves kamakaa medhu 🙂
Mira
August 4, 2015 at 3:22 pmMe2nd. Shaan thy buna ehchegga hifahatta meeheh noon.
jana
August 4, 2015 at 8:31 pmMira, haadha avahashey dho aharumennah judgements thah pass kureveny? jana ves furathama hithah ery ehen. ekamaku ehen meehunna medhu nubaikoh assume kurumaky ehaa rangalhu kameh noon. : | ey kithamme obvious haalathegga viyas…
Shaan
August 4, 2015 at 3:23 pmWhat?
Mira
August 4, 2015 at 3:24 pmNumber sale eh naalhuvaanamey bunefa then fenuny etha num jahaafa ovva
Shaan
August 4, 2015 at 3:28 pmSorry mira. But masheh number eh nujahan. Adhi e page akah adhi eyge fahun nuvannan. Vedhaane ehen kujjaku shaan ge name ga comment kury kamah. Its up 4 u to believe.???. Allah knows the bst. Dho jana?
jana
August 4, 2015 at 8:29 pmYes Allah Knows best. Jana akah Mira akah ves adhi ehen kiyunetheriakah ves neyngey haqeeqatheh. ekam Allah molhah dhenevodigenvaane. ekan rangalhah egenya Shaan eggothakahves haas vaakah nujeheyne.
emiliya
August 4, 2015 at 3:37 pmMia u shouldn’t be so rude…… but yoonus how can he leave his wife.?…….. felling sad for nasraa but the story is superb ★♡★♡★♡★
jana
August 4, 2015 at 8:33 pmadhi divorce eh nuve eh noontha emiliya? 😛 Yunus dhiyai meehegge vazeefa salaamaiy kohdheykasheh nu. eyna aky nulaahiku meehunna help vaa meeheh viyya. hehe…Alhamdhulillah 🙂
emiliya
August 4, 2015 at 3:38 pmI mean mira
smile
August 4, 2015 at 4:30 pmLove it…. Waiting for next part
jana
August 4, 2015 at 8:34 pmAlhamdhulillah! Next part thursday ga In Sha Allah 🙂
Keitlin
August 4, 2015 at 5:03 pmkein ah hama superb mi vaahaka.. jana v molhu dw story liyan…. mee hedhi nameh noon igea.. keitlin… real name… Keitlin Anaak… hadi dw nan
jana
August 4, 2015 at 8:36 pmhehe….varah thafaathu nameh. jana akah nuves engey bunaakah hadi kameh noony reethi kameh. mee vaki hadi vegen buni ehcheh nooney ingey 😛 hehehe…..Alhamdhulillah! 🙂
Rikaan
August 4, 2015 at 5:16 pmey keitlin loabi nameh dw.. story v salhi
jana
August 4, 2015 at 8:37 pmhehe….Alhamdhulillah! 😀
Keitlin
August 4, 2015 at 5:17 pmhehehehe… thank u rikaan.. thi nan ves hadi vefa eh nethehnu
mary
August 4, 2015 at 5:23 pmkonirakuntha dhen upvane varah reethi jana
jana
August 4, 2015 at 8:37 pmAlhamdhulillah! Next part thursday ga In Sha Allah 🙂
nukko
August 4, 2015 at 5:24 pmV reethi story eh
jana
August 4, 2015 at 8:38 pmAlhamdhulillah! 🙂
elsa
August 4, 2015 at 5:43 pmjaan , haadha ryhchey
jana
August 4, 2015 at 8:38 pmAlhamdhulillah! 😀
elsa
August 4, 2015 at 8:29 pmmi buny story haadha ryhchey , jaxaakallah khairan
jana
August 4, 2015 at 8:41 pmhehe….elsa jana ah engey jana reethi vaahaka eh noonkan 😛 elsa ah jana fenifa huri nama ehnu ehen buneveynyves dho? hehe..Jazakallah Khairan 😀
Shabee
August 4, 2015 at 8:36 pmWow jana i love it…ummmwah… 😛 i got.lot of information this.time toooooo…:-D love u sooooooo much sis…ummmwah…. alhe maadhama up khdjehchry nxt prt… 🙂
jana
August 4, 2015 at 8:42 pmAlhamdhulillah! 🙂 Shabee kithamme ginain bunyas jana nubunaanan maadhamaa up kuraanamey In Sha Allah! 😛 Sorry ekamattakai. Love you too sis. Ummwah!
Shabee
August 4, 2015 at 8:51 pmDhen jana aa rulhi!! Ekam ebaoeh suvaaleh… mi story ge emme fahun genai prt ga inehnun meeheh bunefa hiley boys n grls akah tok eh nukureveyney…e keehvr?? Hama frnds thibeyne dhw… but boys aa hama talk eh nukureveyne tha?? 🙁
jana
August 4, 2015 at 9:48 pmShabee ge thi suvaalaky ves jana ah hama mihen hurefa javaabu dheveyne kahala suvaaleh noon. ey eahvure bodu discussion eh beynun vaane thi suvaalah javaabu dheyn. jana ah life ga mihaa hisaabah engifaivaa gothuga ey ehaa rangalhu kameh noon. varah professional, decent relationship eh onnanvany hiley firihenunna anhenunna dhemedhu. ey keevvekan jana rangalhah bunedheyn vejje nama ethah gadi ireh nagaane. mi vaahakaige therein eyge explanation varah saafukoh fenigen dhaane In Sha Allah. 🙂
Shabee
August 4, 2015 at 9:58 pmFennaane ey?? C koh tha?? Alhey jana ur sooo sweet…but v dhera vejje.. 🙁 shabre ge ginain thibeynee boy rahtegin… emeehun goahehvrx noon… but dhen alhe keehvebas?? I cnt evr forget about them…. they r so gud to me… grls ah vure maa rangalhu…grls abadhu j vanee…boys nuvaane j eh… but dhen biys aa oeh friendship relationship vex jeheynee kandaalan dhw jana? 🙁 🙁 🙁
Anonymous
August 5, 2015 at 5:45 pmYou are varah bad girlyyeh…bad words use kuraaa..eeeee islam dhynugai ana gotheh nooney
jana
August 5, 2015 at 7:47 pmekamaku ehen meehun dhera vaagothahves vaahaka dhakkaakah nuvaane kanneynge….
jana
August 5, 2015 at 7:29 pmi can understand you Shabee ekamaku…..ey ehaa rangalhu kameh noon. Shabee ah ves adhi Shabee ge e ekuverinnahves. engey ethah dhuvahegge gulhumeh kulliakah kandaa nuleveyne kanves. engey varah rangalhu sababuthakeh huregen kan ekan kuran faseyha vaany ves. Jana ah Shabee aa vakin vaahaka dhekkeynenama jana dhekkys e vaahaka thah 🙁
Anonymous
August 4, 2015 at 11:29 pmjazakallah khairan jana.. vaahaka v reethi.. reethi dhivehi bas beynun kureven edhen.. Dhen jana thibuny aslu v ragalhu vaahaka eh.. firihen kudhinnna ahen kudhinna onnanvaany aslu v professional gulhumeh.. annenhen aadhaige rahtehseh gothah dhekumaky mahsala eh noon kanneyege.. ekamaku maa gaaikoh vaahaka dhakkanyaa ey mahsala eh.. misaalakah ehcheh neygihjeyya firihen kuhjeh gaathu ahaalumaky mahsala eh noon.. viyafaari kuraa iru vaahaka dhehkeyne… adhu ennoonves zaroory vaahaka tthah.. kamaa kan fasha firihen kudhonna sakaraai jehumaky anhenvanthakamuge sifa eh ves noon.. poor shabee ? ekamaku islam dheenuga onna gothah dhoa kanakan kuran jeheyny.. eyge maana eh noon firihen kudhinna ehgothakah ves vaahaka nudhahkaashey anehkaa.. ekamaku bf gf in gengulhumaky halal kameh noon.. dhoa janaa ??
jana
August 5, 2015 at 7:41 pmJazakallah Khairan, Alhamdhulillah! hmm jana ah ves faahanga eba kurevey jana ah maa ginain ingireysi bas beynun eba kureveykan. ey avas kuranvegen kanthah vygoiy.
hiley anhenunna firihenunna dhemedhu gulhun onnanvy goiy jana ah heevany kuriah oiy thanuga mi vaahakain varah saafukoh fenigen dhaanehen In Sha Allah. thi buni hen hama muhimmu vaahaka thah dhekeven vany. ekamaku muhimmu vaahaka thah ves dhekkidhaane varah kamu nudha goiythah hurey. kamunudha niyaiy thah hurey. aslu eyga jana dhekey gothuga emme muhimmu kamaky abadhuves Allah vodigenvaakan handhaan kurun. Allah vodigenvaakan handhaan kurevey nama baeh kanthah kuran hama jehilunvaane.
Anonymous thi dhekky rangalhu vaahaka thah. ekamaku varah dheravejje Shabee aa medhu thihen bunythy. kihineh aharumenna engeny Shabee Shabeege ekuverinna eky ulheny kihinekkan? hama aharumenna mi heekurevey varah vure rangalhuves vedhaane ehnu dho? Adhi ehen noonas Shabee mihaaru edhany badhaluvaan masakkaiy kuramun Ma Sha Allah. Shabee ge ‘amaluthah komme gothakah huttas vedhaane Shabee ge hithuge imantherikan aharumennah vure maa varugadha kamahves. Adhi rangalhah thaubaa vumah fahu Shabee aharumenna vure gina heyo ‘amaluthah nukuraane kameh ves aharumennakah neyngey. ehenvyma varah visnaigen vaahaka dhakkan vaany….
Anonymous
August 4, 2015 at 11:32 pmjanaa adhi eba othey suvaaleh.. lava adu ehumaky kon kahala kameh?
jana
August 5, 2015 at 7:45 pmJana kureegaves bunefa onnany jana ah fiqh suvaaluthakah ehaa faseyhain javaabu nudhevey vaahaka. Jana mulhi dhiriulhumuga adu ehy thi kamaa medhu eki ilmverin eki goiy gothah vidhaalhuvaa adu. jana ah rangalhu gothaky kobaikan neyngigen ulhenikoh ehdhuvahu jana ah realize vy ey rangalhu kameh noonkan. jana ah dhiriulhumuga faahanga vy thankolheh bunelaanan. lava adu ehi dhuvasvaru jana Quran aa miadhu kairivarakah kairi eh noon. ey visnaalan jehey thankolheh
Somebody
August 5, 2015 at 2:53 pmJana. Story varah reethi maashaa allah. Jana mi anna subday ge kurin bandhi eh hadhaafa up koh dhevidhaanetha? If u can ingey. Maldivian flag aa beheygothun ingey
jana
August 5, 2015 at 7:46 pmAlhamdhulillah! alhe varah bodah sorry. jana akah neynge bandhi hadhaakah : |
Somebody
August 5, 2015 at 2:53 pmSunday*
someone
August 5, 2015 at 8:43 pmMa sha allah reethi story…but marriage ge furathama rey kuraa namaadhu and drink kuraa milk thasheege vaahaka netheh nun? Ei varah sunnai kan gadha 2 kameh nun? Or miskithuga namaadhu ves koggen tha e aee??
jana
August 5, 2015 at 9:37 pmAlhamdhulillah!
Someone, e vaany adhi Yunus ah thi kanthah neyngeny kamah. eyna adhives dhany hoadhamunneh nu dho? dhen Nasra ah engunas eyna ah nukereyne ehnu thi vaahaka thah bunaakah. adhi Yunus furathama reyga thanakahves gossieh nu dho? ehenvyma ^_^
dhen aslu jana ahves liyunu iru thi kanthakaa medhu visnaanulevuny…
Shabee
August 5, 2015 at 9:07 pmAnonymous shabee v dheravejje…. shabee bad words beynunkhffa kobaa?? Shabee keeheve bad v?? 🙁 shabee dhuvahakuvrx boy akaa dheythere goas gothakah nudheken adhi emeehunnehvrx nudhekey…. hama ekani frndx… shabee Adhivexx single…Adhivexx boyfriend eh nunagan… propose kurey v ginain but abadhuvexx bunanee NO ey..aslu anonymous thihen buneema v v dheravejje….shabee kurinnaa mihaaru aa kithamme thaneh thafaaghuvaane….i mean ulhun but kurin vex dhuvahakuvex goas gothakah noolhen…but obviously dhen 12 o 13 yrs ga thibeyne crushes…but emeehun propose kuriyas bunanee no ey…but miadhu thikahala githakah anonymous visneethee v dheravejjje… shabee thihaa dhashah vahttaa laa.ekamakah hiyeh nukurun m really v sad… 🙁 🙁 🙁 ( AND JANA ESFIYA ADMIN AH ENGEYNETHA JANA GE NUMBER??? EYRUN MITHAA INNA NUMBER AH MSG EH FONUVAALEEMA LIBIDHAANEHNUN!! 🙂
jana
August 5, 2015 at 9:47 pmMa Sha Allah!!! Shabee, jana hiehves nukuran thee 12-13 years ge kujjehkamah. jana heekury thee jana ah vure bodu kujje kamah. Subhanallah! thi umuruga rangalhu vaan beynun vaany madhu kujjaku. Shabee thee varah special kujje ingey? Ma Sha Allah! thi buny hama thedheh. thi age ga kujjakah crush eh othumaky hama normal kameh. ekamaku nubai kamakun dhuruvegannany varah buhdhiveri kudhin! Alhamdhulillah! jana hama asluves mihiry qabool nukurevifa. Allah Shabee ge dhiriulhumugai dhimaavaane hurihaa imthihaaneh Shabee ahtakai faseyha kohdhehvaashi! Shabee kuraa hurihaa masakkathehgai barakaaiy lavvaashi! Shabee ah hidhaayai ithuru kohdhevvaashi! AMEEN!
Shabee fb ga noolhentha? fb in Hijra page like koffa e page ah msg eh fonuvaalanvy ehnu In Sha Allah!
Shabee
August 5, 2015 at 9:27 pmAND ATTENTION TO ALL READERS N ESPECIALLY FOR MY ONE N ONLY SIS JANA 🙂 ,,, MIHAARU MI SHABEE NOONAS MI SITE GA SHABEE GE NAMUGA EHN KUJJAKU OR MEEHAKU EBA COMMENT KUREY INGEY…GINA FAHARAH LIYEFA HUNNANEE DHEYTHERE JEHEY KAHALA EHCHEHSSAA V HADI KH LIYEFA HUNNA EHCHIHI… EHENVE KURIN MIBUNELRE MI SHABEE EH EHVES KAHALA HADI EHCHH COMMENT BAEHGA NULIYAANAN…HADI EHCHH SHABEE GE NAMUN OVEJJEYYA THEN THT’S NOT ME… PLX KEEP THIN IN UR MIND… HOPE U GUYS KNEW IT… 😀
jana
August 5, 2015 at 9:50 pmhmm..ekahala commenteh approve vumuge kurin fenijjeyya jana approve nukuraanan In Sha Allah 🙂
Shabee
August 5, 2015 at 9:51 pmJana pis pis…shabee mee 12 or 13 yrs ge kujjeh nooney…m 19… shabee bunee shabee kuda iru ehaa varu e age ga crushes thibeneyey… omg jana ah thioh v gotheh dhw…hahaha 😛
jana
August 5, 2015 at 10:01 pmlol Shabee……i freaked out. 😛 ekamaku 19 viyas haqeeqathuga varah madhu kujjaku beynunvaany rangalhuvaan. engeytha? kahf baaigaige meehunge thereyga ves vy teenage boys men. emeehun jehuny king ge amurah idols thakah sajida kuran. ekamaku emeehun ekamah inkaaru kury ehen emmen ekan kuri iruves. Allah emeehun cave egge thereyga ethah ahareh vandhen nidhaafa thibeyne goiy iraadha kurevvy. Allah emeehunnah eheeve dhevvy. evaahakain engeny komme zamaanegga ves, vakin haassakoh fitnaige dhuvasvaruves Allah mathin handhuma nahthaa nulaa, kithamme pressure eh ayas dheenah ulhey zuvaan kudhinnah Allahge khaassa ehy annaanekan. ey varah epic story eh ingey? jana adhi evaahaka aa medhu ithurah vaahaka dhakkaanan fb through koh In Sha Allah.
Shabee
August 5, 2015 at 9:54 pmjana shabee fb akah nuvannan 🙁 but aslu v v dheravefa ingey mihiree anonymous ehen buneema…jana keehve jana ah shabee special vanee??
jana
August 5, 2015 at 10:04 pmspecial vaa sababu matheega oiy comment kiyaaleema engeyne In Sha Allah 🙂 jana varah ufaavey komme meehaku viyas dheenai dhimaalah misraabu jahaa meeheh fenuniyya. emeehun dheke jana varah loabivey. e meehunnaky inspiration eh kamuga jana dhekeny. ey keevvekan vaahakain engeyne In Sha Allah 🙂
fb ah nuvananya kihinehbaa hadhaany? 🙁
Shabee
August 5, 2015 at 10:08 pmAlhe ehnthr… 😛 but shabee buneemehnun admin ah ingeyne hey jana ge number??? 🙂
kuda
April 10, 2018 at 5:07 pmVWTS
Mi group kudhin varah vaahaka kiyaane. Maruhabaa fathun fahari