Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަދިޔާ (2 ވަނަ ބައި)

ކުޑާ Level 110 Stories
August 4, 2015 3 Mins Read
15 Comments

މާޔާ އެތައް އިރެއް ވަންދެން ހިފަހައްޓާލައިގެން ހުރި ކަރުނަތިކިތައް އޭގެ މަގާމު ދޫކޮށްލާފައި ފައިބައިގަތީ އެވަގުތުއެވެ. ކޯތާފަތުން ތިރިއަށް ދެމިގަތް ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެލީ އެހެން މީހަކަށް ފެނިދާނެތީއެވެ. ކައިވެނިކޮންދޭ މީހުން އެމީހުންނަން ތައްޔާރުކުރެވިފައިވާ ކެއުމަށް އިިންސާފު ކުރަމުން ދިޔައިރު ކައިވެނިކުރެވުނު ދެމީހުން އައިސް މާޔާ ކައިރީގައި ހުއްޓިލިއެވެ. މާޔާ ހިތްވަރުކޮށްލާފައި އަޔާންއާއި ހަމްނާއާ ދެމީހުންނަން ހިނިތުންވެލިއެވެ. އަޔާން މާޔާ އާއި ހަމްނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލީ އެދެމީހުންނާ ވާހަކަ ދައްކާލަން ވެގެންނެވެ.

“މާޔާ، ހަމްނާ ތި ދެމީހުންނަކީވެސް މިހާރު އަހަރެންގެ އަނބިން.. ތިދެމީހުންއެކަކު އަނެކަކަށް އިހްތިރާމް ކުރަންވާނެ.. އަހަރެން ބޭނުންވަނީ އަހަރެމެން ތިން މީހުން އުފާވެރި ދިރިއުޅުމެއް އުޅެން އެއީ ނުވާނޭ ކަމެއް ނޫން އެކަމަކު އެއީ އެންމެން އެގޮތަށް ކަންތައް ކޮންގެން.. ހަމްނާ މާޔާއަށްވުރެ ބޮޑުވިޔަސް އަދި މާޔާއަކީ އަހަރެންގެ ފުރަތަމަ އަނބިމީހާއަށް ވިޔަސް ތިދެމީހުން އަހަންނަންް ހަމަހަމަވާނެ…”އަޔާން ވާހަކަ ދެއްކިއިރު ހަމްނާއާއި މާޔާއާ ދެމީހުންވެސްތިބީ އިސްޖަހާލައިގެންނެވެ. “އިރާދަކުރެއްވިއްޔާ ކަންތައް ވާނީ އަޔާން ބޭނުންވާ ގޮތަށް..” މާޔާ ވާހަކަ ދެއްކީ ހަމްނާގެ އަތުގައި ހިފާލައިގެން ހުރެއެވެ. އަމިއްލަ ފިރިމީހާ އެހެން މީހަކާ ހިއްސާ ކުރަން ޖެހުނު ނަމަވެސް މާޔާ ހުރީ ހިނިތުންވެލައިގެންނެވެ.

އަޔާންއާއި ހަމްނާ އެމީހުންގެ ކޮޓަރިއަށް ދިއުމުން މާޔާވެސް އޭނާގެ ކޮޓަރިއަށް ދިޔައީ ނާޒިމާ އަރާމުކޮށްލަން ދާށޭ ބުނުމުންނެވެ. އޭރު ޖަބީނާއާއި ހަޒާރުވެސް ގެއަށް ހިނގައްޖެއެވެ. މާޔާއަށް ކޮޓަރިއަށްގޮސް ވަދެވުމާއެކު ހިތުގައި އުފެދިފައިވަ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވާންފަށައިފިއެވެ. މާޔާގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ލޮލުން ތިރިއަށް ދެމިފައިވާ ކަރުނައިގެ ރޮނގު ފުހެލީ ކެތްތެރިކަން ދެއްވުމަށްއެދި ހިތާ ހިތާ ދުއާ ކުރަމުންނެވެ.

މާޔާ ނިދަން ތައްޔާރުވެލައިގެން އައިސް އެނދުގައި އޮށޯވެލުމާއެކު އެކަނިވެރިކަން އިހުސާސް ކުރެވެންފެށީ މާ ބޮޑަށެވެ. އަޔާން އޮންނަ ފަޅި ހުސްކޮން އޮތްތަން ފެނުމުން  އަނގައިން މަޑު އާހެއްގެ އަޑު ބޭރުވިއެވެ. އަޔާން ހަމްނާއާއި ކައިވެނިކުރީ މާޔާގެ ރުހުމާއެކުގައެވެ. އަޔާން އެކައިވެނިކުރީ މާޔާވެސް ބޭނުންވެގެންނެވެ. އިސްލާމް ދީނުގައިވެސް ފިރިހެނަކަށް ދެއަނބިންވެސް ހުއްދަ ކުރައްވާފައިވާއިރު އޭނައަށް އެކަމާ ދެކޮޅު ހެދޭނެ ހެއްޔެވެ؟ އެހެންނަމަވެސް ދެރަވަނީއެވެ. އަޔާންގެ ފަރާތުން އޭނާއަށް ލިބުނު ހުރިހާ އުފަލަކާއި އަރާމެއް މިރޭ އެހެން މީހަކު ހިއްސާކުރާނެކަން އިހުސާސްކުރެވުމުން ހިތަށް ތަދުވަނީއެވެ. އެހެން އޮވެ މާޔާއަށް ނިދުނީ އެކި ކަހަލަ ހިޔާލުތަކުން ސިކުނޑި ވަރުބަލިވީމައެވެ.

އަޔާން އޭނާގެ އަތް މަތީގައި ނިދާލާފައި އޮތް ހަމްނާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މިރެއަކީ އޭނާއައި ހަމްނާގެ ކައިވެނީގެ ފުރަތަމަ ރޭ ކަމުގައިވީނަމަވެސް އަޔާންގެ ސިކުނޑިގައިވަނީ މާޔާއެވެ. މާޔައަކީ އޭނަ އިންތިހާއަށް ލޯބިވި އަނބިމީހާއެވެ. އަޔާންގެ ހިތުގައި ދުވަހަކުވެސް މާޔާ ނޫން އަންހެން ކުއްޖަކު އޭނާގެ ހަޔާތަށް ގެނައުމުގެ ހިޔާލެއް ނެތެވެ. ނަމަވެސް ތަގުދީރުގައި ލިޔެވިފައިވަނީ އެހެންނެއް ނޫނެވެ. މާޔާފަދަ އަތްބަކު ލިބުނީތީ އަޔާން ފަހުރުވެރިވެއެވެ. އެތައްފަހަރަކު ތެދުވެގެން މާޔާ ކައިރިއަށް ގޮސްދާނަމެވެސް އަޔާންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭރުން އެއި ހަމްނާއާ ދޭތެރޭ ވެވޭ ބޭއިންސާފެކޭ ހިތަށް އަރާފައި ފަސްޖެހެވެނީއެވެ. މާޔާއެކޭ އެއްގޮތަށް  ހަމްނާއަކީވެސް މިހާރު އޭނާގެ އަތްބެކެވެ. އަޔާން ނިއްކުރިމަތީގައި އަތް ބާއްވާލައިގެން ލޯމަރާލީ ނިދާލަށެވެ.

އަޔާން ނިދިކަން ޔަގީން ވުމުން ހަމްނާ ލޯހުޅުވާލާފައި ބޮޑަށް އަޔާންއާއި ކައިރިވެލިއެވެ. މިރޭ އޭނާ އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެއްޖެއެވެ. އަޔާން ލޯބިވަނީ މާޔާ ދެކެކަން އެނގޭ އިރުވެސް ހަމްނާގެ ފަރުވާލެއް ނެތެވެ. އަޔާންއާއި ދެއަތްބަން އިންނަންވެސް އެެއްބަސް ވެވުނީ އަޔާންދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަޔާން އޭނާދެކެ ލޯބި ނުވިޔަސް މިރޭވެސް ފިރިއެއްގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރިއެވެ. އެހެންވެ އޭނާ މިހިރީ ހިތްހަމަ ޖެހިގެންނެވެ. އަޔާންގެ ހަޔާތުން އޭނާއަށް ޖާގަ ލިބުނު ގޮތަށް އަދި ކޮންމެވެސް ދުުވަހަކުން އަޔާންގެ ހިތުންވެސް ޖާގަ ލިބޭނެ ކަމުގައި ހަމްނާ ޔަގީން ކުރިއެވެ. އަދި ކޮންމެވެސް ދުވަހަކުން އޭނާ އަޔާންދެކެ ވާހާ ލޯބި އަޔާންވެސް އެނާދެކެ ވާނެއެވެ. ހަމްނާ އަރާމު ނިންޖަކަށް ގެނބިގެން ދިޔައިރުވެސް ތުންފަތްމަތީގައި މާނަވީ ހިނިތުންވުމެއް ހުއްޓެވެ.

ފޯނު އެލާމްވި އަޑަށް މާޔާ ތެދުވެފައި އެލާމް ނިއްވާލިއެވެ. އިރުކޮޅަކު އެހެން އޮވެލާފައި މާޔާ ތެދުވީ ބަންގި ގޮވާ އަޑު އިވެން ފެށީމައެވެ.ފާހާނައަށްވަދެ ވުޟޫ ކޮށްލައިގެން ނުކުމެފައި ފަތިހުގެ އަޅުކަން އަދާކޮށްފައިވެސް އޭނާއަށް ކެތްތެރިކަން ދެއްވުންއެދި ﷲގެ ހަޟްރަތަށް ދުުއާ ދެންނެވިއެވެ. މާޔާ އަނެއްކާވެސް ގޮސް އޮށޯވެލީ ހަށިގަނޑުގައި އަދިވެސް ވަރުބަލިކަން އިހުސާސްވުމުންނެވެ. އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮވެ އޭނާގެ ހިތުގައި ދައުރުވާންފެށީ މާޒީގެ ސޮފްހާތަކެވެ.

—–*****—–

ހަވީރުގެ ހިތްފަސޭހަ ވަގުތުކަމުން އަތިރިމަތީގައި ފުދޭވަރަކަށް މީހުން ގިނައެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅި ހުރިއިރު ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ ހިތްގައިމު އަޑު އެހިސާބުގައި ފެތުރިފައި ހުއްޓެވެ. މީހުންނާ ތަންކޮޅެއް ދުރުގައި ތިބިި ފުރާވަރުގެ ހަތަރު އަންހެންކުދިން ހީހީފައި ކޮންމެވެސް ސަކަރާތެއްގައި ތިއްބެވެ. އެމީހުން ތިބި ގޮތުން އެތިބީ މޫދަށް އެރެން ތައްޔާރުވެގެންކަން އެނގެއެވެ. އިރުކޮޅަކުން އެންމެ ކުއްޖަކު ނޫނީ އެންމެން މޫޫދަށް އެރެފިއެވެ. އޭގެން ކޮންމެ ކުއްޖެއްގެ އަތުގައި މަޖާ އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. “މާޔާ ކީއްތަ ތިކުރަނީ އަވަހަށް އާދެބަލަ..” އެއްގަމުގައި ހުރި މާޔާ ލަސްވެގެން މޫދު ތެރޭގައި އޮތް ހަމްނާ މާޔާއަށް އަޑުއިވޭވަރަށް ބާރަށް ބުނެލިއެވެ. އިރުކޮޅެއްވިއިރު މާޔާވެސް ގޮސް އެމީހުންނާ ބައިވެރިވިއެވެ.

ހަތަރު މީހުން މޫދުގައި ތިއްބައި އެތަނަން އައި ދެފިރިހެންކުދިން މޫދަށް އެރުނީ އެމީހުންތިބިތަނާ މާދުރު ނޫން ހިސާބަކަށެވެ. ސަކަރާތުގައި ތިބި އަންހެން ކުދިންތައް މިކަމަކަށް ސަމާލުކަމެއް ނުދެއެވެ. އެހެން ތިބެފައި ތަންކޮޅެއް ބޭރަށް ދެވުނުއިރުވެސް އެއިން މީހަކަށް އެކަން އެނގުނު ހެނެއް ހިޔެއް ނުވިއެވެ. ކުއްލިއަކަށް އެންމެންގެ އަޑުކެނޑުނީ މާޔާގެ ހަޅޭކުގެ އަޑަށެވެ.އެވަގުތު ކޮންމެ މީހަކުވެސް އަނެއް މީހެއްގެ މޫނަށް ބަލައިލީ ހާސްވެގެންނެވެ. އެތަނުގައި ފަތަން އެނގޭ ހަމައެކަކުވެސް ނެތެވެ. އެމީހުންނާ ދާދި ކައިރީގައި ތިބި ދެފިރިހެން ކުދިންގެ ތެރެއިން އެކަކު ބާރަށް ފަތާފައި އައިސް މާޔާ ގެނެސް ގޮނޑު ދޮށުގައި ބާއްވާލިއެވެ. އޭރު މާޔާއަށްވަނީ ލޮނުބޮވި ކޮށިއަރާފައެވެ. އޭރު މޫދުތެރޭގައި ތިބި އަންހެން ކުދިންތަކުގެ އިތުރުން އެޒުވާނާއާއެކު ހުރި އަނެއް ފިރިހެންކުއްޖާވެސް މާޔާ ކައިރީ މަޑުުކޮށްލައިގެން ހުއްޓެވެ. މަޔާއަށް ވާހަކަ ދެއްކޭ ވަރުވުމުން އޭނާ ސަލާމަތް ކޮށްދިން ޒުވާނާއަށް ބަލައިލީ ޝުކުރުގެ ނަޒަރަކުންނެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

އަލްމާޝް 7

Next

ހިޖުރަ (ދިހަވަނަ ބައި)

Next
August 4, 2015

ހިޖުރަ (ދިހަވަނަ ބައި)

Previews
August 3, 2015

އަލްމާޝް 7

15 Comments!

  1. Crazi says:
    August 4, 2015 at 11:05 am

    Vrh shalgi ehgey

  2. anth says:
    August 4, 2015 at 11:12 am

    Varah salhi

  3. mizu says:
    August 4, 2015 at 11:14 am

    Reethi v ekam haadha kurey

  4. ken says:
    August 4, 2015 at 11:52 am

    Reethi….ekam v kuru…dn faharakun dhigukoh geensdheythi?

  5. Piyaara says:
    August 4, 2015 at 12:41 pm

    V nice

  6. Shaha says:
    August 4, 2015 at 1:50 pm

    V v v v reethi….. Mi baivx. Waiting 4 next part

  7. Shaan says:
    August 4, 2015 at 3:19 pm

    Piyaara eh ves eba ulhey do mitha. Nice name….nice story

  8. hi says:
    August 4, 2015 at 4:23 pm

    Vara nice

  9. emiliya says:
    August 4, 2015 at 4:26 pm

    Nice……….l

  10. thupihlaa says:
    August 4, 2015 at 5:25 pm

    nice one

  11. nihaa says:
    August 4, 2015 at 5:51 pm

    Vrh reethi… Next part konn irakunn tha up vaany…

  12. Kudaa says:
    August 4, 2015 at 8:29 pm

    Thankyou everyone.. Next part will be uploaded in saturday in sha allah.

  13. shasha says:
    August 5, 2015 at 11:02 am

    v nice..bt haadha kurukoh..dhigu nama dhw…v v v v reethi story eh

  14. ahmed adam says:
    August 10, 2015 at 8:22 am

    Reeethi

  15. Anonymous says:
    March 2, 2018 at 1:21 pm

    v reethi story eh

Comments are closed.


All Right Reserved!