Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 7

Ushaali Level 810 Stories100 Comments100 Stories500 Comments
August 3, 2015 5 Mins Read
12 Comments

ރޮއެރޮއެ ކަރުނަ ހުސްވެއްޖެއެވެ. އެދެލޮލުން ފައިބާ ކަރުނަތަކުން ކޯތާފަތް ފިހޭހެން ހީވަނީ އެކަރުނަތައް ހޫނު ކަމުންނެވެ. މީ އަލްމާޝް އަމިއްލައަށް ހޯދައިގަތްކަމެކެވެ. އެންމެ ތުއްތުއިރުގައި އިނގިލީކުރީގައި ހިފައިގެން ހިނގަން ދަސްކޮށްދިން މައިންބަފައިންނަށް ސިއްރުން ކަންތައް ކުރިމަވާނީ މިހެންނެވެ. މިއަދު މިދުނިޔެވެސް ލައުނަތްދޭ ކަހަލައެވެ. އުއްމީދަކީ ފަހުނޭވައަށް ދަންދެންވެސް ކުރެވޭނެ އެއްޗެކެވެ. އުމުރުގައި ބާކީ މިއޮތް ދުވަސްތަކުގައި ދޫކޮށްދިޔަ މައިންބަފައިންނަށް އަމިއްލަ އަތުން ހިދުމަތް ކޮށްދިނުމަށް އަލުން ދެއްވާތޯ އެކަލާނގެއަށް  ދުޢާ ކުރުން ނޫން ގޮތެއްނެތެވެ. ދެލޮލުގެ އެތްއަރިމަތިން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލުމަށްފަހު ދެލޯ މަރާލީ ހިތްވަރުކުއްޖަކަށްވާން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައަޅަމުންނެވެ. ނިދެމުންދިޔައިރު އިވުނީ އަފާފްއަށް ގޮވާލުމަށްފަހު ނިމާންއަށް ވަރަށް މަސައްކަތުން ގުޅިއްޖެކަމުގައި ބުނި އަޑެވެ. އެއީ ދިފްރާންގެ އަޑެވެ. އެއްޗެއް ބުނަން އަނގަ ހަރަކާތްކޮށްލި ނަމަވެސް އަޑެއް ނުނިކުތެވެ.

“ނިމާން ހީވީ ކުޑަކުއްޖެެއްހެން. ފުރަތަމަވެސް އޭނައަށް ރޮވިއްޖެ އަނގައިން ބަސްނުބުނެވިގެން އުޅެނިކޮށް” ދެރަވެ ކަރުއެލުވާލައިގެންއިން އަފާފްއަށް ހެވުނީ ދިފްރާންދިން ހަބަރުންނެވެ. އަލްމާޝްއަށް ނިދިފައި އޮތުމުން އެތަނުގައި ފަހުން ވެގެންދިޔަ އެއްވެސް ކަމެއް ނޭނގޭއެވެ.

އެރޭގެ ނުވައެއްގެ ފްލައިޓުން އަލްމާޝް މާލޭ ފޮނުވާލީ އަންޖޫއަދި ދިފްރާންއާއި އެއްކޮށެވެ. އެކީގައި ނަރުހަކާއި ޑޮކްޓަރެއްވެސް އައީ ހޮސްޕިޓަލުން ބޭނުންވެގެންނެވެ. އަފާފްއަށް ނާދެވުނީ ނާފްގެ ޓެސްޓް ދުވަސްވަރަށްވެފައި އަދި މާމަވެސް ބަލިކޮށްއުޅޭތީއެވެ. އެހެންނޫންނަމަ އެކުވެރިޔާއާއި އެންމެ ހިނދުކޮޅެއްވެސް ދުރަށްދާކަށް އަފާފް ބޭނުމެއްނުވެއެވެ. ދިފްރާން ވެސް ލޯބިވާ އަނބިމީހާއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި ކަހަލައެވެ.

ގިނަ ދުވަސްތަކަށްފަހު ނިމާންއަށް އަލްމާޝް ފެނުމުން އުޅުނުގޮތުން ހީވީ މޮޔައެއްހެންނެވެ. ލޯމެރިފައި އޮތް އަލްމާޝްގެ މޫނުގެ އެކި ތަންތަނުގައި ބޮސްދޭންެފެށިއިއރު ކައިރީގައި ތިބި މީހުންމަތިން ހަނދާންވެސްނެތް ކަހަލައެވެ. އަންޖޫ އަނގަހުޅުވިފައި ހުރިއިރު ދިފްރާންހުރީ ހެވިފައެވެ. ކައިރީގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތިން އަލްމާޝް ގެންދެވުނީ އޭޑީކޭ ހޮސްޕިޓަލަށެެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އަލްމާޝްއަށް ފަރުވާ ދެމުންދެއެވެ. އެންމެ ހިނދުކޮޅަކަށްވެސް ނިމާން އަލްމާޝް ކައިރިން ދުރަށް ނުދެއެވެ. ހަތަރުމަސްފަހުން ނިމާންއަށް އަލްމާޝް މިފެނުނީ ކޮންފަދަ ހާލެއްގަހެއްޔެވެ. މޫނުމަތިން ހީވަނީ އެތައް ދުވަހަކު ބަލިވެ އުޅެފައިވާ މީހެއްހެންނެވެ. ދެތުންފަތް ހިކިފައިވާއިރު އައިވީ ކަށިތަކުގެ ސަބަބުން އެއް އަތްތިލަ ވެސް ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އެހިމަހިމަ ހަށިގަނޑުން ނިކުމެފައިވާ ބަނޑު ފެނުމުން ނިމާންއަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. ދެލޯމެރިފައިވާ އިރު ހީވަނީ ލޯ ހުޅުވާލައިފާ ނިމާންއަށް ގޮވާލަފާނެހެންނެވެ.

އަލްމާޝްގެ ބަނޑުގައިވާ ދަރިފުޅުގެ ހާރޓްބީޓް ވަރަށް ދަށްކަމަށާއި ވަރަށް އަވަހަށް ލޭ ބޭނުންވާ ކަމުގައި އަލްމާޝް ބެލި އަންހެނުންގެ ހާއްސަ ޑޮކްޓަރ ބުނި ވަގުތު ނީމާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ހެންނެވެ. އަދި ލޭމަދުވުމުގެ ސަބަބުން ދެމައިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށާއި މިހާރު އޮތީ  ނިދިފައި ކަމުގައި ޑޮކްޓަރުން ބުންޏެވެ. ޑޮކްޓަރުންގެ ވާހަކަތަކުން ހުޢްޓުން އަރާފައިހުރި ނިމާންއަށް އެވަގުތުވެސް އެހީތެރިވީ އެކުވެރި ޖިނާންއެވެ. އަލްމާޝްއަށް ބޭނުންވާވަރަށް ލޭ ދިނީ ޖިނާންއެވެ. ޖިނާންއަށް ނިމާން ބަލާލީ ޝުކުރުވެރިކަމުގެ ލޮލަކުންނެވެ. މިދުނިޔޭންވެސް ނިމާން އެންމެ ލޯބިވާ އެމީހަކަށްޓަކައި ލެއިންވެސް ގުރުބާންވުމަށްހުރި ލޯބިވާ އަނބިމީހާ އެހާލަތަށްދާން މެދުވެރިވި އަލްމާޝްގެ މައިންބަފައިންދެކެ ވެސް ނިމާން އަށް ރުޅިއާދެވުނެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ހުރިހާ ކަމެއްކޮށް އަލްމާޝް ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. އެއް އަތަށް ލޭގުޅާފައި ހުރިއިރު އަނެއް އަތްތިލަ ނިމާންގެ އަތު ތެރެއަށް ލައިގެން އިނީ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެނެވެ. ނިމާންގެ އެއް ލޮލުން ވެއްޓުނު ކަރުނަ ތިއްކާއިއެއްކޮށް އަލްމާޝްއާއި ނިމާން ވާހަކަދައްކަން ފެށިއެވެ. “ޝޯނާ… މަގޭ ފުރާނަޔާ… ލޯ ހުޅުވާލަބަލަ… މީ ޝޯނާގެ މާންއޭ… ތިލޯ ހުޅުވާލާފަ މާން އަށް ބަލާލާފަ ތި ތުންފަތުން ހީލަބަލަ…ޕްލީޒް ސްވީޓްހާރޓް” ނިމާން ސިއްސައިގެންދިޔައީ ރޫމް ދޮރުހުޅުވާލި ޖިނާން ފެނުމުންނެވެ.

“ޖިނާ… ކިހިނެއްމިވީ…ކޮންމެސް ބައެއްގެ އެސްފީނާ ޖެހުނީކަންނޭނގެ. ބަލާބަލަ މިއޮތީ އަހަރެންގެ ފުރާނަ…ކޮންފަދަ ހާލެއްގަ މިއޮތީ” ނިމާންގެ ލޮލުން ކަރުން ނަޔަސް އެހިތަށް ކޮށްފައިވާ އަސަރު މޫނު މަތިން ދޭހަވެއެވެ.

“ބަޑީ… ތީ ޑޮކްޓަރެކޭ…ޑޮކްޓަރުންނަކީ ވަރަށް ހިތްވަރުގަދަ ބައެއް. އެހެންނޫނަނަމަ ޑޮކްޓަރުން ޖެހޭނީ ޕޭޝަންޓްގެ މަގާމުގައި ހުންނަން…އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް” ޖިނާން އާއި ނިމާން ޖައްސާލީ  އެތާ ހުރި ސޯފާ ގޮނޑީގައެވެ. ޖިނާން އެނބުރި ދިޔައީ ނިމާންގެ އެދުމުގެ މަތިން ބޭރުގައި މަޑުކޮށްލައިގެން ހުރި އަންޖޫ ގެއަށްލާފައެވެ.

ހަފްތާއެއް ފަހެވެ. މަނިކުގެ ހާލު ރަނގަޅު ވަމުން އަންނާތީ ވޯރޑަށް ބަދަލުކުރިތާ ތިން ދުވަސްވީއެވެ. މަނިކު އިންނަނީ އަބަދުވެސް ކޮންމެސް ހިޔާލަކަށް ގެއްލިފައެވެ. މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. ފަޒްނާގެ އެތައް މަސައްކަތުން ވެސް މަނިކުގެ މޫނު މައްޗަށް ހިނިތުންވުމެއް ނުގެނެވުނެވެ.

ނިމާންގެ މަސައްކަތަކީ އެއްފަހަރު އަލްމާޝް ކައިރިއަށް އަދި އަނެއްފަހަރު މަނިކުގެ ކައިރިއަށް ދިއުމެވެ. ނިމާންގެ ހާއްސަ ބެލުމުގެ ދަށުން މަނިކުގެ ހުރިހާ ކަމެއްވެސް ދެއެވެ. މިކަމާއި ފަޒްނާ އަދި މަނިކު ހުންނަނީ ހައިރާންވެފައެވެ. ފަޒްނާ ދެކޭގޮތުގައި އެއީ އިންސާނިއްޔަތަށްޓަކައި ނިމާން ކޮށްދޭ ކަންތަކެވެ. މަނިކުވެސް ދެކެނީ ހަމައެފަދައިންނެވެ.

ވަގުތަކީ އިރާކޮޅުގެ ވަގުތެކެވެ. އަލްމާޝްގެ ހާލު ވެސް ވަރަށްބޮޑުތަން މިހާރު ރަނގަޅެވެ. “ޝޯނާ.. އަން…މި ފެންފޮުދު ބޯލަބަލަ..އޭރުން ބޭބީއަށްވެސް ރަނގަޅުވާނެ” ބިއްލޫރިތައްޓަކަށް ކުރުނބާ ފެންފޮދެއް އެޅުމަށްފަހު އަލްމާޝްގެ ތުނބުގައި ޖައްސާލިއެވެ.

“ހޭއި ލަވް… ކޮން ވިސްނުމެއްގަ” ނިމާން ވާހަކަ ދެެއްކުމުންވެސް އަލްމާޝްގެ ހިލަމެއް ނުވުމުން ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލިއެވެ. އެނދުގެ ބޯލާ ކޮޅުގައި ބާލީހެއް ލައްގާލައިގެން އޭގައި ލެގި ލައިގެން ދެކަކޫ މަތީ އަތްއަޅުވާލައިގެން އިން އަލްމާޝް ސިއްސައިގެންދިޔައީ އެކޯތާފަތުގައި ނިމާން ބޮސް ދިނުމުންނެވެ.

“މާން ..ކޮބާ އަހަރެންގެ މަންމަ… މިހާރު ބައްޕައަށް މިކަން އެނގިދާނެ. މަންމައާއި ބައްޕަ ދެން ދުވަހަކުވެސް ނުފެންނާނެތަ… މާން އެމީހުން ގެނެސްދީ…” އަލްމާޝްއަށް ރޮވެމުން ދިޔައިރު އެމަންޒަރު ބަލަން ނިމާންއަށް ކެއްނުވުމުން އިނީ އަނެއް ފަރާތަށް މޫނު އަނބުރާލައިގެންނެވެ.

“ޝޯނާ ޕްލީޒް…. ސްޓޮޕް ކްރައިންގް… ޔޯ މައި އެވްރީތިންގ…އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ޝޯނާ ދޫކޮށްނުލާނަން… އެނގޭތަ… މީ އަހަރެންނަޓަކައި މިދުނިޔޭގައިވާ އެންމެ އަގޮބޮޑު އެއްޗަކީ…” އަލްމާޝް ލޮލުން ވެއްޓުނު ކަރުނަތިކި ނިމާންގެ ބޮޑުވައި އިނގިލިން ފޮހެލަމުން އެއަށް ބަލާލަމުން މުށްކަވާލާފާ ލައްކޮށްލީ އޭނަގެ މޭމަގައެވެ.

ކީއްކުރާނީ މާން.. ވަރަށް ބޮޑަށް ހަނދާންވޭ އެމީހުން މަތިން ނުރޯން ކިތަންމެ ހިއްވަރެއް ކުރިޔަސް ރޮވެނީ.. ވިސްނެނީ.. ހިއެއް ނުކުރަން މިކަހަލަ ދުވަހެއް އަތުވެދާނެއޭ” އަލްމާޝް ވާހަކަދެއްކީ ނިމާންގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.

“ކޮންމެ ގޮތެއް ވިޔަސް ވީކަމެއް ނުވާކަމަކަށް ނުވާނެ. ކެތްތެރިވުން ނޫން ގޮތެއް މިއަދު ނެތް.. ޕްލީޒް އަހަރެމެންގެ މި ދަރިފުޅަށްޓަކައި ޝޯނާ ހިތާމަ ކުރުން ހުއްޓާލާ.. މިހާރުވެސް ކިހާ ވަރަކުން ރަނގަޅުވަމުން ތިއަންނަނީ. މި ދިޔަ ދުވަސްތަކު ޝޯނާ މިތާ އައިވީއާއި އޭތިމީތި ގުޅާފައި އޮތްއިރު ހުރިހާ ވޭނެއް އެޅީ މި ހަށިގަނޑަށް” އަލްމާޝްގެ ދެއަތްތިލައިގާ ބޮސްދެމުން ނިމާން ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. އަލްމާޝް ވެސް ނިމާންގެ ގައިގާ ބައްދާލުމުން ހީލާފައި ނިމާން އަނެއްކާވެސް ކުރުނބާ ފެންފޮދު ދިނުމުން އެ ބޯލިއެވެ. އަދި އަލްމާޝްއަށް ފެންފޮދެއް ދިނުމަށްފަހު ފާހާނާއަށް ވައްދާ ފެންވަރުވާ މޫނުގައި ފުށްޖަހާ ބޮލުގައި ފުނާ އަޅުވަދިނެވެ.

“މާން ކީއްވެތަ އަހަރެންދެކެ ތިހާ ލޯބިވަނީ” އަލްމާޝްގެ ތުންފަތުގައި ލިޕް ގްލޯސް ހާކާލި ނިމާން ހީލަމުން އަލްމާޝްގެ ދޮން މޫނުގައި ބޮސްދިނެވެ.

“ވާއު.. މިހާރު ވަރަށް ލޯބި. ހީވަނީ ހަމަ އެންމެ ފުރަތަމަ ދުވަހު ފެނުނު ޝޯނާހެން. ދެން އަޅެ ހީލަބަލަ” އިސްދަށަށް ޖަހާލައިގެން އިން އަލްމާޝް ހެއްވާލާނެ ގޮތެއް ވިސްނާލި ނިމާންއަށް މޮޅު ހިޔާލެއް އައެވެ.

“ޝޯނާ މިހާރު ވިސްނައިފިންތަ އަހަރުމެންގެ ބޭބީއެއް ކިޔާނެ ނަމެއް…. އެނގޭ ޝޯނާ ނުވިސްނާކަން އަދި. އެކަމު މަށަށް އެނގޭ ވަރަށް ރީތި ނަމެއް.. ބޯއީއެއް ވިޔަސް ގާލްއެއް ވިޔަސް ތުއްޕިލާދޯ ކިޔާނީ” ނިމާންގެ ވާހަކަތައް އަޑު އަހަން އިން އަލްމާޝް ހިފަހައްޓައިގެން އިން ހިނިގަނޑު ފަޅައިގެންދިޔައެވެ. އަލްމާޝްގެ ލޯބިވެތި ހިނިތުންވުމަށް ކަޅިހުއްޓާލައިގެން އިން ނިމާން ސިއްސައިގެންދިޔައީ އަލްމާޝް އެ ހަށިގަނޑުގައި ބާރަށް ބައްދައިގަތުމުންނެވެ. ނިމާންވެސް ހީލަމުން އެ ހަށިގަނޑު ނިމާންގެ މެއާއިލާ ބޮނޑިކޮށްލިއެވެ.

ފޯނެއްގައި ހުރެ އެކޮޓަރިއަށް ވަން ޖިނާން ފެނުމުން އަލްމާޝްއާއި ނިމާން ދުރަށްޖެހިލިއެވެ. ޖިނާންގެ ފަހަތުން ވަން އަންހެންކުއްޖާ ހުރީ އަލްމާޝްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަލްމާޝްވެސް އިނީ ހަމަ އެހާލުގައެވެ. ދެވަނަ ސިކުންތުގައި ފެނުނީ ދެމީހުން އެކަކު އަނެކަކު ގައިގާ ބައްދާގަތްތަނެވެ. އަލްމާޝްގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުން އޭނާއެއީ ބަލިމީހެކޭ ބުނާހާވެސް ނުވެއެވެ. ނިމާންއާއި ޖިނާންވެސް އެކަކު އަނެކަކާއި ދިމާލަށް ބަލާލަމުން ކޮނޑު އަރުވާލީ މީ ކޮންކަމެއްހޭ އަހާ ކަހަލަ ގޮތަކަށެވެ.

“ޖިނާ ގެއަށް އައިއްސަ ނިމާން ވައިފް ކައިރިއަށް ދާން ހިނގާށޭ ބުނީމަ އެއްގޮތަކަށްވެސް ހިއެއް ނުކުރަން މިކަހަލަ ސަޕްރައިޒްއެއް ލިބޭނެ ކަމަކަށް….އޯ އަމް ސޯ ހެޕީ މާޝް”

“މީޓޫ…. ޝަހާއާއި މިގޮތަށް ދިމާވެދާނެ ކަމަކަށް އަހަރެންވެސް އުއްމީދެއް ނުކުރަން.. އޮންނާނެ ގިފްޓެއް ޝަހާއަށް.. ބަޓް ނޭނގެ ގެނެވުނު ކަމެއް..މޫނުމަތީގައި ތިހިރަ ކަޅުތިލައިން ބޮޑަށް ޔަގީންކުރީ ތީ ޝަހާކަން” އަލްމާޝް އިޝާރާތްކުރީ ޝަހާނާގެ ތުންފަތް ކައިރިގައިވާ ބޮޑު ކަޅުތިލައަށެވެ.

“މަށަށް ވެސް މާޝްގެ އަތުގެ ނުފުށުގަ ތިއިން ކަޅުތިލަ އޮޅޭނެތަ” ޝަހާނާވެސް އަލްމާޝްގެ އަތުަގައިި އިން ކަޅުތިލައިގަ އަތް ހާކާލުމުން ދެމީހުންނަށް އެއްފަހަރާ ހެވުނެވެ. ތިން ރަހްމަތްތެރިންގެ ތެރެއިން އަފާފްގެ އެކަހަލަ ބޮޑު ކަޅުތިލައެއް ނެތިގެން އަބަދުވެސް ޝަކުވާ ކުރާނެއެވެ. “ޝަހާ ދަންނަންތަ މާޝް” ޝަހާނާއާއި ކައިރިވެލި ޖިނާން އޭނާގެ ކޮނޑަށް އަތް އެއްލަމުން އަހާލިއެވެ. “ހޫމް… ވީ އާރ ބެސްޓްފްރެންޑްސް.. ގްރޭޑް ފައިވްއިން ފެށިގެން އަހަރެން ވަކިވީ މާޝްއާއި އަފޫއާއި… ބަލާލަބަލަ މި ދިމާވި ގޮތް” ޝަހާނާގެ މޫނުމަތިން އުފާވެރިކަން ނުފިލާހުރިއިރު އަލްމާޝްގެ ދަތްތައް ފެންނަ ވަރަށް އިިނީ ހީލައިގެންނެވެ.

“އަޅެ އަފޫ ވެސް ފެންނާނެނަމަ…. ކިހިނެއްތަ މާމަމެން.. ނާފްވެސް ވަރަށް ބޮޑުދޯ… ވަރަށްވޭ އެންމެން ދެކިލާހިތް… އަސްލުވެސް ވަރަށް ހަނދާންވޭ އެންމެން މަތިން” ޝަހާނާ އަނގަ ހުއްޓާނުލާ ވާހަކަދައްކާތީ ޖިނާންވެސް އިނީ މަޖާވެފައެވެ. ނިމާންވެސް އިނީ އަލްމާޝްގެ ހެވިފައިވާ މޫނަށް ކަޅިހުއްޓާލައިގެންނެވެ.

ދުވަހަކަށްފަހު ދުވަހެއް މަނިކުގެ ހާލު ރަނގަޅުވަމުން އަންނާތީ އެންމެ އުފާވެފައިހުރީ ނިމާންއެވެ. މަނިކުގެ އެއްވެސް ކަމެއް އެހެން ޑޮކްޓަރެއް ނުކުރެއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މަނިކު ގެއަށް ދޫކޮށްލި ފަހުން ކޮންމެދުވަހަކު ނިމާން އެގެއަށް ގޮސް މަނިކުގެ ހާލު ބަލާ ކަންތައްކުރާނެ ރަނގަޅު ގޮތް ބުނެދީ ހަދައެވެ. އެހެންކަމުން އެދެމަފިރިންނާއި ނިމާންއާއި ދޭތެރެ ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. އެމީހުން ދެެކެނީވެސް ނިމާން އަކީ އެމީހުންގެ އުފަން ދަރިއެއެް ފަދައިންނެވެ. އަލްމާޝް ނެތުމުން އެދެމަފިރިންނަށް ލިބިފައިވާ އެކަނިވެރިކަން ފިލުވައިދެނީވެސް ނިމާންއެވެ. މަނިކު ދެކޭގޮތުގައި ފަޒްނާ އަލްމާޝްއާއި ދޭތެރެ ކަންތައްކުރީ އެންމެ ރަނގަޅަށެވެ. މަނިކު ދެކެނީ އަލްމާޝް އެއީ ހަވަރު ތުންފުއްސެއްގެ ގޮތުގައެވެ. މައިންބަފައިންގެ އަބުރާއި އިއްޒަތަށް ރައްކާތެރިވާން ނޭނގޭ ދަރިއެއް މަނިކުވެސް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ފަޒްނާ އެއާ ދެކޮޅެވެ. މަނިކުއަށް ސިއްރުން އަލްމާޝް މަތިން ހަނދާންކޮށްފަ ރޮއެ ހެދުމަކީ ފަޒްނާގެ އާދައެކެވެ. ކުރާ ކޮންމެ ނަމާދަކަށްފަހު އެދަރިފުޅަށް ހެޔޮ ގޮތް މިނަވްރު ކުރެއްވުމަށްއެދި ދުޢާ ކުރެވެނީ ކިތައް ފަހަރުކަމެއް ނޭނގޭއެވެ

ނުނިމޭ

* ވ. ބޮޑަށް ސޮރީ ލަސްވި ކަމަށްޓަކައި…. ލަސްވީ މިނިވަން 50 ހަރަކާތްތަކުގައި ބިޒީކޮށް އުޅެން ޖެހުމުން. ދެން އަންނަ ބައި ވަރަށް އަވަހަށް އަޕްލޯޑްކޮށްދޭނަން…… އިންތިޒާރުކޮށްލައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އެސް.އެމް.އެސް. (3)

Next

ހަދިޔާ (2 ވަނަ ބައި)

Next
August 4, 2015

ހަދިޔާ (2 ވަނަ ބައި)

Previews
August 3, 2015

އެސް.އެމް.އެސް. (3)

12 Comments!

  1. shahidha says:
    August 4, 2015 at 10:57 am

    Vvvv nice

  2. raya says:
    August 4, 2015 at 11:33 am

    Mihaathanaha kiunu v reethi story eh my

  3. shifa says:
    August 4, 2015 at 12:51 pm

    Vvvvv nice

  4. naanyyyyyy says:
    August 4, 2015 at 1:23 pm

    nice storyyyyyyyyyyyyyy

  5. nukko says:
    August 4, 2015 at 2:20 pm

    Nxt part avas…. v rythi.. mihaathanah kiyey emme rythy story miee…. v obi

  6. naaxy says:
    August 4, 2015 at 2:37 pm

    VVvv nice

  7. shasha says:
    August 4, 2015 at 2:50 pm

    dhn Shoana huriha vaahaka eh kiyaa dheynama…eyrun kihaa salhi vaane..mi part ves v v v v salhi…

  8. Shaan says:
    August 4, 2015 at 3:03 pm

    Wow

  9. Lali says:
    August 4, 2015 at 5:21 pm

    Vvv nice

  10. nihaa says:
    August 4, 2015 at 6:01 pm

    Habeysss

  11. malak says:
    August 4, 2015 at 6:24 pm

    Vvvv reethi…

  12. Shabee says:
    August 4, 2015 at 8:47 pm

    Ok I’ll wait … plx up it soon… but thuhppillaa oa..hahhaha ey Kihineh hithah ai nameh alhe?? Haadha majaley 😛 hahaha… thuhpillaa oa…hahha anehen v habrys hama

Comments are closed.

Next Episodeއަލްމާޝް 8←


All Right Reserved!