ޒީޝާ (އަށްވަނަ ބައި)
ޒީޝާ ބޭނުންވީ ޒައިން ލައްވާ ވައުދުވާށެވެ. ” ޔެސް.. އަހަރެން ވައުދުވަން.. އަހަރެން ދިރިހުރިހާ ހިނދަކު ޒީއަކަށް ދެރައެއް ނުލިބޭނެ.. އައި ރިޔަލީ ލަވް ޔޫ ޒީ..” ޒީޝާ އަތުގައި ހިފާލަމުން ވަރަށް ލޯތްބާއެކު ޒައިން ބުނެލިއެވެ. “ޒޭން އެހާވެސް ލޯބިވޭތަ އަހަރެން ދެކެ؟” ޒައިންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޒީޝާ އަހާލިއެވެ. “ވަރަށް ވަރަށް ލޯބިވޭ… ޒީއަށް އަހަރެން އިންތިޒާރު ކުރާތާ ހާދަ ދުވަހެއް ވެއްޖޭ… އައި އެމް ސޯ ހެޕީ.. ޒީ ތީ އަހަރެންގެ ފުރަތަމަ ލޯބި..” ޒީޝާއާ ކައިރިވެލަމުން ޒައިން ބުނެލިއެވެ. ޒީޝާވެސް ޒައިންއާ ކައިރިވެލިއެވެ. ދެމީހުން އެތާނގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. ޒީޝާ މެންގެއާ އަރާ ހަމަވުމުން ކުޑަކޮށް ބައްދާލުމަށްފަހު ސައިކަލުން ފޭބިއެވެ. އެހެން ލޯބިވެރިންނެކޭ އެއްފަދއިން މިރޭ ޒީޝާ އާއި ޒައިންވެސް ވަނީ ލޯބިވެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ.
ޒައިން ހުރީ ދުވަހަކުވެސް އުފާނުވާ ވަރަށް މިރޭ އުފާވެއެވެ. ކުރަމުން އައި ދިގު އިންތިޒާރަށް ނިމުމެއް އައުމުންނެވެ. ޒީޝާއަށް ދެވެން އޮތް ހުރިހާ ލޯތްބެއް ދޭން ޒައިން ހުރީ ތައްޔާރަށެވެ. ދުވަހަކުވެސް ޒީޝާ ހިތުގައި ޖެހޭފަދަ އެއްޗެއް ނުބުނަންނަން އަޒުމު ކަނޑައެޅިއެވެ. ޒީޝާ އެއީ އޭނަގެ ފުރާނައެވެ. ޒީޝާގެ ލޮލުން ކަރުނަ ތިކެއްހާ ހިސާބުވެސް ވެއްޓެން ޒައިން ބޭނުމެއް ނުވެއެވެ.
ޒައިންއެކޭ އެއްފަދައިން ޒީޝާވެސް ހުރީ ނުހަނު އުފާވެއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ ރަނގަޅު ބައިވެރިއަކު ލިބުނީމައެވެ. ޒައިން ކަލަހަ ރަނގަޅު ބައިވެރިއެއް ލިބުމަކީ ޒީޝާގެ ހަޔާތުގައި ލެއްވި ނަސީބެއްކަން އަބަދުވެސް ޒީޝާ ހަނދާން ކުރެއެވެ. އަދި ޒީޝާ ދެރަވާ ކަހަލަ ކަމެއް ޒައިން ނުކުރާނެކަން ޔަގީންވުމުން އެތުންފަތްމަތީ ކުޅެލީ ހިނުތުންވުމެކެވެ. ޒައިން ލޯބިވާވަރު އެނގުމުން ބާލީހުގައި ވަރަށް ބާރަށް ބައްދާލިއެވެ.
ދުވަހަކީ ހުކުރު ދުވަސް ކަމުން ޒީޝާ އުޅުނީ މަންމައާއެކު ބަދިގޭގައެވެ. އެހެން ދުވަސްތަކާ ހިލާފަށް ޒީޝާގެ ހަރާކަތްތައް މިއަދު އަވަސްކަން ނާހިދާއަށް ފާހަގަވިއެވެ. ހީވަނީ ތާކަށް ދާން ލަސްވެގެން އުޅޭހެންނެވެ. “ދަރިފުޅާ،، ހާދަ އަވަސް އަރުވާލައިގެން.. ތާކަށް ދާން އޮތީތަ..” ނާހިދާ ސުވާލުކުރިއެވެ. ” ހެހެއް.. ނޫނޭ މަންމާ.. ތާކަށް ދާން އޮތީކީ ނޫން.. މާބޮޑަށް ހިތްހަމަ ޖެހިފައި ހުރީމަ އަތްމަތި އަވަސްވެގެން މިއުޅެނީ..” ޒީޝާ ސިއްރު ކުރުމެއްނެތި ނާހިދާ ގާތު ބުންޏެވެ. ” ކިހިނެއްވީ އނެއްކާ..މާބޮޑަށް ހިތްހަމަ ޖެހިފައޭ ތިބުނީ” ނާހިދާގެ އެސުވާލުން ޒީޝާއަށް ބަލައިލެވުނީ ނާހިދާގެ މޫނަށެވެ، ޒައިންގެ ވާހަކަ ކިޔައިދޭންވީބާއޭ ހިތަށް އެރިއެވެ. “މަންމަ ގާތު އެވާހަކަ ފަހުން ބުނާނަން އިނގޭ..” ހަމަޖެހޭ ގޮތް ދައްކަމުން ޒީޝާ ބުނެލިއެވެ. ޒައިން ގާތު އަހާފައި މަންމަ ގާތު ބުނަން ނިންމިއެވެ. މަންމައަށް ކަންތައްތައް ސިއްރު ކޮށްގެން އުޅުމަކީ ޒީޝާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ހަޔާތުގައި ދިމާވާ ކަންކަން މަންމައާ ހިއްސާކުރުމަކީ ޒީޝާގެ އާދައެވެ. އޭނާ ގަބޫލު ކުރާގޮތުގައި ކުރާ ކޮންމެ ކަމެއްވެސް މަންމަމެންނަށް އެނގުން އެއީ މުހިންމު ކަމެކެވެ.
“ބައްޕަ ގުޅިތަ..؟” ޒާރާއަށް ޖޫސަތައްޓެއް ގިރަން ހުރެފައި ޒީޝާ އަޙާލިއެވެ. “ހޫމް.. ބުނީ އަންނަ ހަފްތާ ތެރޭ އާދެވޭވަރު ވާނެޔޯ.. އަދި މަންމަ މިހުރީ ހަނދާން ނެތިފައޭ.. ބައްޕަ ބުނި ދަރިފުޅު ގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތޭ” ނާހިދާ ހަނދާންވުމުން ބުނެލިއެވެ. “އެހެންތަ…އަނެއްކާ ކޮން ވާހަކައެއްބާ ދޯ..” ވިސްނާލަން ހުރފައި ޒީޝާ ބުނެލިއެވެ. އެވަގުތު ޒީޝާއަށް ފޯނެއް އައެވެ. ގުޅަނީ ޒައިންއެވެ. މަންމަ ގާތު އެބަ އަންނަމޭ ބުނެފައި ޒީޝާ ގޮސް ވަނީ ކޮޓަރިއަށެވެ. “އަދި ދޯ މޯރނިންގް ތިވީ.. ދެންވެސް އުޅެބަލަ ހޭލަން.. ހުކުރަށްދާ ގަޑި ކައިރިވަނީނުން..” ފޯނު ނެގުމަށްފަހު ޒީޝާ ފަތިވަރު އަމުނާލިއެވެ. “އައްދޭ.. މަގޭ ދޫނި ގަނޑު ހިތްހަމަ ނުޖެހުނީތަ.. މިހޭލިއޭ.. ލޯބި ކީއްކޮށްލަނީ.. އާދެބަލަ އަހަރެން ކައިރިއަށް.. ” ޒައިން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ، “ހޫމް އަދިވެސް ރޮމޭންސް ނުކުރެވިގެން ދޯ ތިއުޅެނީ.. ފަހުން ރޮމޭންސް ކުރާނި..” ޒީޝާ ސަމާސާ ރާގެއްގައި ބުނެލިއެވެ. “ހެހެއް.. އޯކޭ.. ޒީއަށް ފެންނަ ގޮތެއް.. ހުކުރު ކޮށްގެން އައިސް ގުޅާނަން އިނގޭ..” ޒައިން ފޯނު ބޭއްވުމުން ޒީޝާ ކޮޓަރިން ނިކުތެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ޒީޝާ އާއި ޒައިންގެ ގުޅުންވެސް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުންނެވެ. އެކަކު އަނެއްކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ޒައިން ފުރާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް ޒީޝާގެ ހިތަށް ފާޑެއްގެ ނުތަނަވަސްވެރިކަމެއް ވެރިވަމުންދިޔައެވެ. ޒީޝާ ބޭނުން ވަނީ ޒައިން އޭނާ ގާތު އަބަދު ހުންނާށެވެ. ޒައިންއާ ނުލައި ނޫޅެވޭނޭކަން ޒީޝާގެ ހިތް ބުނަމުން ދިޔައެވެ. ޒައިން ފުރަން ދެން އޮތީ އެންމެ ދެތިން ދުވަހެވެ.
ޒީޝާމެން ވާހަކަ ދައްކަން މަޑުކޮށްލީ ބެންޗުގައެވެ. ޒީޝާ އާއި ސަމާގެ އިތުރުން ޔޫނާ އިނެވެ. ޔޫނާއަކީ ވެސް ޒީޝާމެންނާ އެއްކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. “ޔޫން މިތާ ކީއްކުރަނީ..” އެހެން ދުވަސްތަކުގައި ޔޫނާ އެތަނުން ނުފެންނާތީ ސަމާ އަޙާލިއެވެ. “މިންނު އަންނަންދެން މީނީ.. އޭނަ ވެއްޖެ ލައިބްރެރީއަށް ވަދެލާފަ..” ޔޫނާ މަޑު މަޑުން ޖަވާބުދިނެވެ. އޭރު މިންހާ އަންނަތަން ފެނެއެވެ. “އޭ ގާލްސް.. މާދަން އެއީ މިންނުގެ އުފަންދުވަސް.. ގޭގައި ކުޑަ ޕާޓީއެއް ބާއްވަން.. އޮންލީ ފްރެނަޑްސް އަށް.. ތިމީހުން އަންނާތި އިނގޭ” ޒީޝާމެން ކައިރީ އިށީންނަމުން މިންހާ ބުނެލިއެވެ. “ޢޯކޭދޯ އެމީހެއްގެ ބިޓު ގެންދިޔަސް.. އޭރުން އެންމެނެގެ ބިޓުން ފެންނާނުން.. މި ޒީ ވެސް ވަރަށް ވަގަށޭ އުޅެނީ..” ޒީޝާއަށް ދިމާލަށް ބަލައިލަމުން ޔޫނާ ބުނެލިއެވެ. “އެހެން ބުނަން މިއުޅެނީ.. ސޯ ޔޫކޭން ކަމް ވިތް ޔޫއާރ ބީއެފް.. އަށްގަޑި ބަޔަށް އިނގޭ” ޔޫނާގެ ވާހަކައަށް ތާއިދު ކުރަމުން މިންހާ ބުނެލިއެވެ. ޒީޝާ ކުއްޖަކާ ރައްތެހިވީ ވާހަކަ ވަނީ އެ އެންމެން ގާތު ބުނެފައެވެ. “ތި އެންމެން ބިޓުން ހުއްޓަސް މަ ބިޓެއް ނުހުރޭ.. އެކަމުވެސް ދާނަން،،” ތުން އަނބުރާލަމުން ސަމާ ބުނެލިއެވެ. ސަމާގެ އެއަމަލުން އެންމެން ހޭން ފެށިއެވެ. “އެންމެން ބިޓުން ގޮވައިގެން ދިޔަސް އަހަރެމެން ސަމާ އާއެކަގައޭ ދޯ އުޅޭނި..” ސަމާ ހިތްހަމަ ޖައްސައިލަދިނުމުގެ ގޮތުން ޒީޝާ ބުނެލިއެވެ. “ތި ފޮރުވައިގެން އުޅޭ ސޮރުވެސް މާދަންރޭ ފެންނާނެ ދޯ..” ޒީޝާއަށް ސަމާ ބުނެލިއެވެ. އެއްވެސް މީހަކަށް އަދި ޒައިން ތަޢާރަފު ކޮށްދީފައެއް ނުވެއެވެ. އެހެންކަމުން މާދަމާ ރޭ މިންހާގެ ޕާޓީއަށް ގޮސް އެމެންނަށް ޒައިން ތަޢާރަފު ކޮށްދޭނެ ކަމަށް ޒީޝާ ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ޒައިން އިނީ ކާށެވެ. އޭރު އޭނަގެ ގާތުގައި ފައިހާވެސް ހުއްޓެވެ. ޒީޝާ ޒައިންއާ ރައްޓެހިވުމުން ޒއިންގެ އެއުފަލުގައި އެންމެ ފުރަތަމަ ބައިވެރިވި މީހަކީ ޔަގީނުންވެސް ފައިހާއެވެ. ޒައިން ފުރުމުގެ ކުރިން އެންމެ ފަހަރަކުވެސް ޒީޝާ އެގެއަށް ގެނެސްދިމަށް އެދި ފައިހާ ޒައިން ގާތު އާދޭސް ކުރެއެވެ. މިރޭވެސް ފައިހާ އެދެމުން އެދަނީ ޒީޝާ ގެނެސްދިނުމަށެވެ. “ޒީ ގާތު ބުނާނަން އަންނާށޭ.. އިރާދު ކުރެއްވިއްޔާ އަހަރެން ރަށަށް ދާނީ ދޮންތައާ ޒީ މީޓް ކުރުވާފަ..” ރޮށި ކޮޅެއް ކައިލަމުން ޒައިން ބުނެލިއެވެ.
ކައިނިމިގެން ޒައިންވަނީ ކޮޓަރިއަށެވެ. އަދި ފޯނު ނަގައި ޒީޝާއަށް ގުޅާލިއެވެ. ގުޅާލި ތަނާހެން ޒީޝާ ފޯނު ނެގިއެވެ. ހީވަނީ ޒައިން ނުގުޅައިގެން ހުރިހެންނެވެ. “މަގޭ ދޫންޏާ.. ވަރަށް މިސްވޭ.. ހިނގާބަ މާދަން ރޭ މީޓް ކޮށްލަން ދޯ..” އެނދުގައި އޮށޯންނަމުން ޒައިން ބުންޏެވެ. “މިސްޔޫ ޓޫ ބޭބީ.. މާދަން ރޭ މީޓް ވާނޭ.. މިންނުގެ ޕާޓީއަށް ދާން އެބޮތް މާދަންރޭ.. ބުނީ ބިޓު ގޮވައިގެން އަންނާށޭ.. ޒޭން ދާނަން ދޯ..” މިންހާގެ ޕާޓީއަށް ދާންޖެހޭ ވާހަކަ ޒައިން ގާތު ބުނެލިއެވެ. “ދެން އަހަރެން ދާންނުން ޒީއާއެކު.. ޒީ ގެންދާ ކޮންމެ ތާކަށް އަހަރެން އުފަލުން ދާނަން..ތީ އަހަރެން ވާން އުޅޭ ލޯބި ލޯބި އަންހެނުންނޭނުން.. ” ޒައިންގެ ކޮންމެ ވާހަކައަކުންވެސް ޒީޝާދެކެ ލޯބިވާކަން ހާމަވެއެވެ. އެތައް އިރެއް ވާންދެން ދެމީހުން ފޯނުގައި ވާހަކަ ދައްކަން ތިއްބެވެ.
މިހާރަކަށް އައިސް އެއީ އެދެމީހުންގެ އާދައެވެ. ފޯނުގައި ވާހަކަ ދައްކަން ތިބޭތީ ވަގުތު ދާގޮތްވެސް އެދެމީހުންނަށް ނޭނގެއެވެ. ކިތަންމެ ގިނައިރު ވާހަކަ ދައްކި ނަމަވެސް ޒީޝާގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ޒައިން ނުކުރެއެވެ. މިކަމާ ޒީޝާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ.
އަނެއް ދުވަހު ހެނދުނު ޒީޝާއަށް ހޭލުވުނީ މަންމަ ގޮވުމުންނެވެ. ފޯނު ނަގައި ގަޑި ބަލައިލިއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒައިން މާވަރަކަށް ގުޅާފައި އޮތުމުންނެވެ. ފޯނު ނަގައި އަވަހަށް ޒައިންއަށް ގުޅާލިއެވެ. ނަމަވެސް ޒައިން ފޯނެއް ނުނަގައެވެ. ޒީޝާ އިތުރަށް ހާސްވިއެވެ. އަނެއްކާވެސް ޒައިންއަށް ގުޅާލިއެވެ. މިފަހަރު ޒައިން ފޯނު ނެގިއެވެ. “ޒޭން ކިހިނެއްވީ.. ހާދަ ވަރަކަށް ގުޅާފަ.. ކަމެއް ގޯސްވީތަ..” އަވަސް އަވަހަށް ޒީޝާ އަހާލިއެވެ. “ޒީ ހާސްނުވެބަލަ… ކަމެއް ނުވެޔޭ.. ޒީ ކޮލެޖްއަށް ދާން ހޭނުލާތީ އެވަރަކަށް ގުޅުނީ..” ޒީޝާ ހަމައަކަށް އެޅުނީ ދެނެވެ. “ސާބަސް ޒޭންއަށް.. މިއަދު ދާން އޮތީ ވަންގައޭ.. ރޭ ހަނދާން ނެތުނީ ބުނަން.. ކިރިޔާއެއްނު ބިރުން ހަލާކު ނުވީ..” ޒައިންއާ ދޭތެރޭ ޒީޝާ އެވަރަށް ވިސްނާކަން އެނގުމުން ޒައިން ވަރަށް އުފާވިއެވެ.
ކެތްތެރިކަމެއް ނެތި ޒައިންއަށް އިންތިޒާރު ކުރެވެނީ މިރެއަށެވެ. ޒީޝާއާއެކު މިރޭ ބޭރަށް ދެވޭތީ ޒައިން ހުރީ ވަރަށް ހިތްހަމަޖެހި އުފަލުންނެވެ. ޒީޝާއާ އެކު ހޭދަކޮށްލެވޭ ކޮންމެ ވަގުތަކީވެސް ޒައިންއަށް މުހިންމު ވަގުތެކެވެ.
ޒީޝާ ހުރީ ލޯގަނޑު ކުރިމަތީ ތައްޔާރުވާށެވެ. އޭރު ހުރީ ގަޑިން އަށްގަޑި ބައިވަން ގާތްވެފައެވެ. ހުދުކުލައިގެ ޖިންސްއަކާއި ރަތްކުލައިގެ ޓޮޕްކޮޅެއް ޒީޝާލިއެވެ. އަތްކުރު ގަޔަށް ބާރު އެޓޮޕްކޮޅު ލުމުން ޒީޝާގެ ފުރިހަމަކަން އިތުރުވިއެވެ. އަދި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. އޭނާއަކީ އަބަދުވެސް ބޭރަށް ދަންޏާ އެންމެ ފުރިހަމަގޮތުގައި ނަލަހެދިލައިގެން ދާން ބޭނުންވާ މީހެކެވެ.
ޒީޝާ ބޭރަށް ނިކުތްއިރު ދޮރުމަތީ ޒީޝާ އަންނަންދެން މަޑުކޮށްލައިގެން ޒައިން ހުއްޓެވެ. ޒައިންވެސް ހުރީ ރަތްކުލައިގެ އަތްދިގު ގަމީހަކައާއި ކަޅުކުލައިގެ ޖީންސެއް ލައިފައެވެ. އިސްތަށިގަނޑު ސްޕައިކް ޖެއްސިފައިވާއިރު ޒައިންގެ ފިރެހެންވަންތަކަން ހާމަވެގެން ދިޔައެވެ. ދެމީހުން އަތުގުޅައިލަގެން ހިނގައިގަތުނީ މިންހާމެންގެއާ ދިމާލަށެވެ. ޒީޝާމެންގެއާ އެހާ ދުރު ނޫންކަމުން ދެމީހުންވެސް ބޭނުންވީ ހިނގާލާފައި ދާށެވެ.
ދިހަވަރަކަށް މިނެޓްތެރޭގައި ހިނގާލާފައި މިންހާމެންގެއަށް އާދެވުނެވެ. ޕާޓީ އޮތީ ޓެރެސްގައި ކަމުން ދެމީހުންވެސް ޓެރެސްއަށް ދިޔައެވެ. އޭރު އެންމެންވެސް އުޅެނީ އައިސްގެންނެވެ. ޒައިންއާ ޒީޝާ އައިސް ވަންތަން ފެނުމުން މިންހާ ދެމީހުންނަށް ގޮވާލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ވެސް ހުއްޓުނީ އެދިމާލަށެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.


I am really sorry guys. varah balive ulhuny midhuvas kolhu..ehenve upload nukohdhevunee..once again i am really very sorry 🙁 ekam iraadhu kurahvaagen mihaaru rangalhu.. iraadhu kurehviyya dhen daily koh upload kohdheynan.. keep reading and comment.. enjoy 🙂
Samaa anburai ganegen vehtteynee thoache…hahah v v v reethi..but thihaa gina dhuvas kohffa up kureeema jeheyne djw aslu dhigu kuran but maa kuru…dhen anna bai dhigu khdhehchey…n avahah up khdhehchey 😀 good luck hannah Montana 😛
Dhen hannah Montana baliviyas vaahaka up kuran vaanehnun?? N m the 1st…ehenve meenee v happy vefa…shabee abadhuvexx beynun vanee ehmme furathama comment kuran.. n this time i did it…yay … 😛 😉 😀 🙂
Dhoonya kihineh upload kohdhenyy.. i was having high fever plus loa ves varah bodah dhulhavegen.. ehen noonama hannah komme dhuvahaku daily koh genesdheynan.. hehehe hannah montanna kyma varah majaa.. thanks vaahaka kiyaalaafa comment kureema 🙂
avas shifaa akah eden nice
nice ,
Oh is tht so GWS my lovely hannah Montana… shabee v maja kuraa hiyy veyey meehunnaa…n rulhi aruvaa hiyy vex vey 😉 hehee thts lyk my hobby…anyways do ur bst in this story ingey… we r always with u.. good luck 😀
Ehndho evany. Ahren heekury girls aa flirt kuraa hiy vany kamah?
Shabee loves hannah??❤??
E dhen flirt kurun tha? Meehakah support kohlen ves neh mikahala meehun ulheythy. Meehunna majaa kohlumaky flirt kurumeh noon. Comment kuran neygenya nukoh hurebala dho. Shabee meehun kiyaa ehchis ah alhaanulaa.. Hannah I love this story.. Varah reethi vaahaka 🙂
Shailaa pakaaassss??????
Miulheny kon Barbie eh tha maa pakaas vegen?
I’m a Barbie girl, in the Barbie world
Life in plastic, it’s fantastic!
You can brush my hair, undress me everywhere
Imagination, life is your creation
Come on Barbie, let’s go party!
I’m a Barbie girl, in the Barbie world
Life in plastic, it’s fantastic!
You can brush my hair, undress me everywhere
Imagination, life is your creation
I’m a blond bimbo girl, in a fantasy world
Dress me up, make it tight, I’m your dolly
You’re my doll, rock’n’roll, feel the glamour in pink,
Kiss me here, touch me there, hanky panky…
You can touch, you can play, if you say I’m always yours ??? Dont mess with barbie
get well soon dear
Vaahaka liyan sauguverikan hurey … gws v reethi vaahaka
GWS….? waiting for next part…Good luck ☺
Kon ken eh tha miulheny? Pakaas???
Hi ken?
hai ken……… btw barbie eh v ma tha abadhu pakaas kiyany??? its funny when u say it……. 😛 😛
ken ah aslu kiyany kn nameh???????????????
V v v. V v. Reethi… Mi baivx….. Waiting 4 next part.
V salhi…. hehe mithaa vs love storyeh kuri ah dhanee dww. Ken and barbie…※※※※ 😛
kon barbie ehtha , ? pis pis pis , mee story ah comment kuran onna thanekey , moya vegen thiulheny
piyaa abuny thedeh me story ah comment kuran onnathaneh e Barbie aulhany ken aa hithaavaanvegen..Hannahko don’t think about the unwanted comments..story aagen kuriyahdheveytho balaa..v v v reethi..
Mind ur own business ok?
Gd
ey barbie bunan maa nufuhpahchey ingey…meenage kanthah varah boduvehjeyeyy..thirashu firihenun hus v tha vaahaka thakah comment kuraa meetings alhaaganegen thi ulheny..bitu katyma sick v dhehthow..
**meehunna**
story hama habeys
Shalhi
Story eh kamudaany myhunnah e story duvahun duvahah up vanna
Tivarun vaahaka liaane kame neh konmme duvahaku vaahaka up kohlaafa timanna bali ey sorry ey eba kiaa.
Ti varun tikan huhtaalaa
isthiufaa dy tikamun kaleymenna vaahaka nulievenchaa buneba timaana mennah nulieveyne ey
konmmehen dogu hadaane kameh neh
🙁
🙁
V v v v reethi mi story. Kobaa next part haadha dhuvaha vahjaa up nukuraa than dhen next part nugenes dheny tha?????????