އަހަރެންނަކީ ކިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟. ދުނިޔެއިން އަހަރެން އެންމެ ބޭނުންވީ ލޯތްބެވެ. އަޅާލުމާއި އޯގާތެރިކަމެވެ. އެކަމަކު އަހަރެން ވަނީ މިކަންކަމުން މަހުރޫމްވެފައެވެ.އެއީ ކީއްވެ ހެއްޔެވެ؟. އަހަރެންނަށް ލިބިފައިވާ ސިފަތަކުން ހެއްޔެވެ؟.އަހަރެންނަކީ ގޭތެރޭގައި އުޅޭއިރު ވަރަށް ވާހަކަ ދައްކާ ކުއްޖަކީ މެވެ. އެކަމަކު ބޭރަށް ނިކުމެއްޖިއްޔާ އަހަރެން ވާހަކަ ދައްކައެއް ނަހަދަމެވެ.އަހަރެން ވެސް އެހެން ކުދިންހެން އުޅެން ބޭނުން ވެއެވެ.އެކަމަކު އަހަރެންގެ ރައްޓެހިންނެއް ނުތި ބެއެވެ.ހޯދަން ބޭނުން ނުވަނީ އެއް ނޫނެވެ. ނުލިބެނީ އެވެ.އަހަންނަކީ އެހާ ރީތި ވެސް ކުއްޖެއް ނޫނެވެ.އެކަމަކު ރީތި ދެ ލޮލާއި ރީތި ތުންފަތެއް އަހަންނަށް ގުދުރަތުން ދެއްވާފައިވެއެވެ.އަހަންނަކީ ދޮން ނޫނަސް މީހުން ކަޅޭ ކިޔާ ވަރުގެ ކުއްޖެއްވެސް ނޫނެވެ.އަހަރެން ނިސަބަތްވަނީ އަދައިގެ ފޯރާ އާއިލާ އަކައްށެވެ.ދުނިޔޭގައި ހަމަ ޖެހިލައިގެން އުޅެން އަހަރެން ވެސް ބޭނުމެވެ. އެކަމަކު އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫންކަން އަހަންނަށް އިނގެއެވެ….
*******************************************
ވަރަށް އަވަހަށް އަންނަނީ. !
އިންތިޒާރު ކޮއްލައްވާ ! 🙂
2 Comments!
Comments are closed.

haadha kuru koh…. cant wait for the other chapter…. 🙂
Mi vaahaka varah salhi vaane hen heyvani