ޝުދޫ***** 14 ވަނަބައި
” ހާދަ ރީތި ކުދިން ކޮޅެކޭދޯ އެދިޔައީ.” ގޮނޑީގައި އިށީނުމަށްފަހު ފުރަތަމަވެސް އިމާން ބުނީ އެހެންނެވެ.
” ރީތި މީހުން އުޅޭ ޤައުމެކޭ މީ. މައްސަލައަކީ ރީތިކަމާ އެއްވަރަށް އަޚްލާޤް ނުހުންނާތީ.” އަހަރެން މަޑުމަޑުން ބުނީމެވެ.
ވޭޓަރު އައުމުން އަހަރެމެން ކެއުމަށް އޯޑަރު ދިނީ ދެނެވެ.
” ދެން ތިކަމާ ނުވިސްނާ. ހިނގާ އަވަހަށް ކައިގެން އޮފީހަށްދާން.” އިމާން ބުނެލިއެވެ.
” އިނގޭތަ އެކުދިންގެ ތެރޭގަ އިނީ ޝުދޫވެސް.” އަހަރެން ކުޑަކޮށް ހީނލަމުން ބުނީމެވެ.
” ދެން ކީއްވެތަ ނުގޮވީ ޝުދޫއަށް.” އިމާން އަވަސް އަވަހަށް ބުނެލިއެވެ.
” މާހައުލުގެ ގޮތުން ގޮވަން ނުކުރެނީ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ތިހެން މާހައުލަށް ބަލައިގެން ދުވަހަކުވެސް ތިކަމެއް ނުވާނެ. އަހަންނަށް ލޮލުން އިޝާރާތް ކޮށްލިނަމަވެސް، ތިޝުދޫ މިތަނަށް މިއަދު ގެނައީމުސް. ޢާޒިމް ތިއުޅެނީ އެލްކޭޖީ ކުދިން އުޅޭހެން ދެން މާލަދުން. މިޒަމާނުގަ ތިފޯމިއުލާ މަސައްކަތެއް ނުކުރާނެ އިނގޭ.” އިމާން ބުނީވެސް ދޮގެއް ނޫނެވެ.
” އަހަރެމެން ދެމީހުންގެ ޚިޔާލު ދިރިއުޅުމުގައި ހާސްބައި ތަފާތުދޯ އިމާން. އިމާން ބޭނުންވަނީ ގަޓްކަން ދައްކައިގެން ހުރިހާ ކަމެއް ޙާޞިލްކުރަން. އަހަރެންގެ ތީމަކީ، މަޑުމަޑުން މަސައްކަތްކޮށްގެން ކާމިޔާބު ހޯދުން. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް އެއްދުވަހަކުން އެޝުދޫ އަހަރެންގެ މީހަކަށް ހަދާނަން.” ވޭޓަރު ކާއެއްޗެހި ގެނައުމުން ކާން ފަށަމުން ބުނީމެވެ.
” ޢާޒިމް. އިދާރަކުރައްވާނީވެސް މަސައްކަތްކޮށްގެން. ޢާޒިމަށް އަދި މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތްނުކުރެވޭތީ ތިހެން ތިވަނީ. ރީތި އެއްޗެހި ހާޞިލުކުރެވޭނީ ބުރަ މަސައްކަތުން. ފަރުދާގެ ފުރަގަހުގަ އިންނަ މީހާ އަބަދުވެސް ޖެހޭނީ ފަރުދާގެ ފުރަގަހުގަ އިންނަން. އެފަރުދާ ކަހާލައިގެން މެނުވީ އެކަމެއް ނުވާނެ.” އިމާން ބުނީވެސް ތެދެއްނޫނެވެ.
” ކޮބާތަ ޝިފާ؟” އަހަރެން އަނހާލީމެވެ.
” އެބައުޅޭ. ކުޑައިރުކޮޅެއްކުރިން ގުޅި. ބުރީ ރީލޯޑެއް ފޮނުވާށޭ.” އިމާން ބުނެލިއެވެ.
” އެހެންދޯ. އިމާން މިހާރުވެސް ޝިފާދެކެ ލޯބިވޭތަ؟” އަހަރެން އަނހާލީމެވެ.
” ކޮންތާކު ނުވޭ. ނުވެސްވާނެ. އަހަރެން ބޭނުން ކަންތައްތައް އޮންނާނީ ކޮށްފަ. އަހަންނަކީ ފިރިހެނެކޭ ޢާޒިމް. ދެން ބޭނުމެއްނޫން ދުވަހަކުވެސް. އެކަމު، ފޫހިވާ ވަގުތު ގުޅާލީމަ މިހާރުވެސް ޝިފާ އަންނާނެ. އެކަމަކު، ދެން އެހެން އުޅޭކަށް ބޭނުމެއްނޫން. މިހާރު މިއުޅެނީ މާ ސަޅި ކުއްޖެއް ގޯނި ފުލަށް ލައިގެން.” އިމާން ހެމުން ބުނެލިއެވެ.
” ތިނޫން އުޅުމެއް އިމާން އުޅޭނީ ކޮންދުވަހަކުންތަ؟ ތިހެން އުޅޭކަށް ނުވާނެ. އަންހެން ކުދިން ހަލާކުކުރާކަށް ނުވާނެ އިނގޭ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” ހަލާކުވާއެއްޗެހި އިތުރަށް ހަލާކުކުރުމަކީ އަހަރެންގެ ހޮބީ. އެކަން މިކުރަނީ؟” އިމާން ތަންކޮޅެއް ބާރަށް ހެމުން ބުނެލިއެވެ.
” އޯ.ކޭ. ދެން ހިނގާ އޮފީހަށް. މިހެން އަންހެނުންގެ ވާހަކަ ދައްކާ ކޮޅުން ނުލާނެ އިރު އޮއްސުނަސް.” ވޭޓަރު ބިލް ގެނައުމުން، ބިލް ދައްކާފައި ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
ކައިނިމިގެން އަހަރެމެން ދެމީހުން ދިޔައީ އޮފީހަށެވެ. އިމާންވެސް އޮފީސް މަސައްކަތުގައި ބިޒީވެލިއެވެ. އަހަރެންވެސް ނިންމަންޖެހޭ މަސައްކަތްތައް ނިންމަމުން ދިޔައީމެވެ.
އަހަންނަށް ޝިފާ ފޯން ކުރީ ހަވީރު އޮފީހުން ނިކުންނަން އުޅެނިކޮށެވެ. ޝިފާ ގުޅުމުން، ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ފޯން ނެގީމެވެ.
” އޮފީސް ނިމޭ ގަޑި ބަލަންތަ މިފަހަރު ތިގުޅީ؟” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.
” ނޫނޭ. ދެން ހަމަ ގުޅާލީ. މިގަޑީ އަހަރެން ފްރީ. ހިނގާބަލަ ދިމާކޮށްލަން. ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުރި.” ޝިފާ ދައްކާނެ ބައިވަރު ވާހަކަ ހުންނާނެކަން އަހަންނަށް އިނގެއެވެ.
” އެހެންތަ؟ އަދި ކިރިޔާ އޮފީސް މިނިމުނީ. ކިހިނެއްތަ ވާނީ މިރޭ ހަމަޖެހިލައިގެން ދިމާކޮށްލިއްޔާ؟” އަހަރެން ބުނީމެވެ.
” އޯކޭ. މައްސަލައެއްނެތް.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.
އަހަރެން ގެއަށް އައިއިރު ސުހާ އިނީ ކޮމްޕިއުޓަރ ކައިރީގައި ޗެޓްކުރާށެވެ. އަހަރެން ވަގުވަގަށް ގޮސް ސުހާ ޗެޓްކުރަނީ ކޮން ބަޔަކާތޯ ބަލާލީމެވެ. އަހަރެން ސިއްސައިގެން ދިޔައީ ސުހާ ޝުދޫއާއި ޗެޓްކުރަމުން ގެންދިއުމުންނެވެ. ހިތަށް އެރިއެވެ. ޝުދޫއާއި ސުހާއާއި އޮންނަނީ ކޮން ގުޅުމެއްހެއްޔެވެ؟ މިދެމީހުން ޗެޓްކުރަން ފެށީ ކޮން ދުވަހަކު ހެއްޔެވެ؟ ސުހާއަށް ޝުދޫގެ ފަރާތުން އަހަރެންގެ ވާހަކަ ކިޔައިދީފިއްޔާ ހުރިހާ ކަމެއް ހަމަވީއެވެ. އަހަރެން މަޑުމަޑުން ދުރަށްޖެހިލުމަށްފަހު، ސޯފާސެޓްގައި ޖައްސާލީމެވެ. ވިސްނާލީމެވެ. ސުހާއާއި ޝުދޫއާއި އެއްވެސް ގުޅުމެއްވޭބާވައެވެ؟ އެދެމީހުން ދައްކާނީ ކޮން ވާހައެއް ބާވައެވެ؟
” އަދި ކިހާއިރެއްވާނެ ނިމެން.” ސުހާއަށް އަހަރެން ބުނީމެވެ.
” ވަރަށް ގާތް ރައްޓެއްސަކާއި މިވާހަކަ ދައްކަނީ. އިރުކޮޅެއްވާނެ.” ސުހާ މަޑުމަޑުން ބުނެލިއެވެ.
އަހަރެން ކޮޓަރިއަށް ވަދެ ފެންވަރަން ވަނީ ސުހާ އެހެން ބުނުމުންނެވެ. ހިތަށް އެރިއެވެ. ޝުދޫ ސުހާ ފަދަ ކުޑަކުއްޖެއްގެ ގާތުގައި، އަހަރެން ޝުދޫއަށް ޖެއްސުން ކުރާކަމަށް ބުނެފިއްޔާ ގޭތެރޭގައި އޮންނާނީ އެވާހަކައެވެ. އޭރުން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ޝިފާ ދައްކަން އެއުޅެނީ ކޮންހާ ބޮޑު ވާހަކަ ތަކެއް ބާވައެވެ؟
ފެން ވަރާ ރީތި ވެގެން ހަމަޖެހިލިތަނާހެން ޝުދޫ ގުޅަން ފެށިއެވެ.
” ކޮންތާކު ތިއުޅެނީ؟” ޝުދޫ ފުރަތަމަވެސް ބުނީ އެހެންނެވެ.
” އަހަރެން އުޅޭތަނެއް ޝުދޫ ބަލަންޖެހޭތަ؟ ބެލްކަންޏަށްނިކުމެ، ހަމަޖެހިލަމުން އަހަރެން ބުނީމެވެ.
” ނޫނޭ. ބަލާކަށް ނުޖެހޭނެ، އެކަމަކު ދެން ހަމަ އަނހާލީ؟” ޝުދޫ ބުނެލިއެވެ.
” ތިއުޅެނީ އަހަރެން އަނގަ ގޮއްވަން. ތިހެން މުޅި ޢުމުރު ހޭދަކުރަންތަ ބޭނުންވަނީ؟” އަހަރެން ކުޑަކޮށް ބާރަށް ބުނީމެވެ.
” ނޫނޭ. ކޮންމެވެސް އެއް ދުވަހަކުން.. ކޮންމެވެސް އެއް ދުވަހަކުން ދެމީހުން ވާނެދޯ ދިމާކޮށްލަން” ޝުދޫ ހޭންފެށިއެވެ.
” ތީ ޝުދޫ ބޭނުންވާ ގޮތް. އަހަންނަށް ގުޅާފަ ހުނުން. އޭރުންނެއްނު އަހަރެންގެ ހިތުގަ ޖެހިފަ ރޯނީ. ތިހެން މުޅި ޢުމުރު އަހަރެން ރޮއްވަންތަ ބޭނުންވަނީ؟ އަހަރެން ގާތަށް ކުޑަކޮށް ރުޅިއައެވެ.
” ކާމް ޑައުން ޢާޒިމް. ކާމް ޑައުން.. ހަމް ހޯގޭ ކާމިޔާބު..ހަމް ހޯގޭ ކާމިޔާބު.. ކާމިޔާބު.. އޭކުދިން..” ޝުދޫ ލަވަކިޔަން ފެށިއެވެ.
” ތިއުޅެނީ މޮޔަވެގެންތަ މިރޭ؟” އަހަރެން ގާތަށް އައީ އަމަސަކު ރުޅިއެއްނޫނެވެ.
” ލޯބީގެ ދިރުމެއްނެތީމާ ސަހަރާޔަށް މިދަނިއްޔޭ… ލޯބިވާ ޢާޝިޤާ ބީވީމާ ދާއިމީ ވޭނުގާ ނިމިދަނިއްޔޭ.” ބާރަށް ހެމުން ހެމުން ޝުދޫ ލަވަކިޔަމުން ދިޔައެވެ.
” ތީދޯ މިހާރު ޝުދޫ އަހަންނަށް ހަދަން ބޭނުންވާގޮތް. ޝުދޫ ތިހާބޭނުމިއްޔާ މިރޭވެސް އަހަރެން ސަހަރާޔަށްވެސް ގޮސްދާނަމޭ… އެހާވެސް ލޯބިވޭއިނގޭ. ޖަނާޒާއަށް އަންނާތި އިނގޭ..” މަޑުމަޑުން އަހަރެންވެސް ބުނީމެވެ.
” ނޫނޭ. މީހަކު މަރާލާކަށް ބޭނުމެއްނޫން. އެކަމަކު، ޢާޒިމް ކުރިން ބުނާނެ ޝުދޫ ލަވަކީޔަ ވަރަށް އުފާވާނެޔޭ. އެހެންވެ އުފާކޮށްދޭން ލަވަ މިކިޔަނީ. އެކަމު މިހާރު ތިކިޔަނީ ކީކޭތަ؟” އަހަރެން ބުނީމެވެ.
” ތިހެން ހެޔޮ ދުވަހަކު ލަވަ ކިޔާ ނުދިނަސް. ތިއުޅެނީ އިންސާނުންނަށް ޖެއްސުން ކުރާނެ ގޮތެއް ނުފެނިގެންތަ؟” އަހަރެންވެސް ބޭނުމީ ޝުދޫއާއި ދެބަސްވާށެވެ.
” އެހެންތަ ހީކުރަނީ؟ މިއުޅެނީ ޢާޒިމް ޓެސްޓްކުރަން. އައި ޓޯލްޑް ޔޫ ނޯ. ވީ ހޭޑް ޖެނެރޭޝަން ގެޕް. ސޯ ހަވް ކެން ޔޫ ލިވް ވިތް މީ.” ޝުދޫ އެންމެ ކުރިންވެސް ޖައްސާ މައްސަލަ އަނެއްކާވެސް ބުނެލިއެވެ.
” މުޅި ޢުމުރު ތިބަހަނާގައި ހިފަހައްޓާ. އޭރުން އޮންނާނީ ހުރިހާ ކަމެއްވެފަދޯ. ތީވެސް އަންހެނުންގެ ވައްތަރެއްތަ؟” އަހަރެން ހިތްހަމަ ނުޖެހުނެވެ.
” ނޫނީ. މީ ފުރިހަމަ އަންހެނުންގެ ވައްތަރަކީ. ޢާޒިމް ހީކުރީދޯ ވަރަށް އަވަހަށް މިކަން ވާނެކަމަށްތަ؟ ނޯ ނެވަރ. އައިމް އެކްސްޕެންސިވް. އެންޑް ޔޫގޮޓަރ ޑޫ ލޮޓް މޯރ އިފް ޔޫ ވަންނަ މީ.” ޝުދޫ ބުނެލީ މޮޅު އެއްޗެކެވެ.
” ތިހާ މޮޅު މީހަކު އަހަރެން ކަހަލަ ދެރަ މީހަކާއި ވާހަކަ ދައްކަނީ ކީއްކުރަންބާ؟” އަހަރެން ސުވާލު ކުރީމެވެ.
” ތީ މޮޔަ މީހަކަށްވާތީ، މަޖާކަމުން އަހަރެން ސަކަރާތް މިޖަހަނީ. ޢާޒިމްއާއި މިހެން ވާހަކަ ދެއްކީމަ ހާދަ ހިނިއާދެޔޭ.” ޝުދޫ ހިނިގަނޑެއް ޖަހާލިއެވެ.
” ތިހެން ޢުމުރު ދުވަހު އަހަރެން މޮޔަކަށް ހަދައިގެންތަ ވާހަކަ ދައްކަންތަ ބޭނުންވަނީ؟ ތީ އުޞޫލެއްނޫން. އެކަމަކު އަހަރެން ކެތްކުރާނަން. އަހަންނަކީ ކެތްތެރިއެއްކަން ޝުދޫއަށްވެސް މިދުނިޔެއަށްވެސް އިނގޭނެ.” އަހަންނަކީ ކެތްކުރަން ދަންނަ މީހެކެވެ.
” އެހެންތަ؟ އެހެން ވިއްޔާ ތިއެއް ބަލާލާނަން އިނގޭ. އެކަމަކު، ހިތްހިއްޓިގެން މަރުނުވާތި.” ޝުދޫ އަނެއްކާވެސް ހީލިއެވެ.
” ތިހެން ޝުދު ހުނުމުން އަހަރެން ވަރަށް އުފާވެ. އަދި އެއް ފަހަރު ހީނަލަބަލަ. އޭރުން މިހިތުގެ ރިހުމަށް ކުޑަ ނަމަވެސް، ލުޔެއް ލިބޭނެ. ޝުދޫ ފެނުމުގެ ނަޞީބު ނުލިބުނަސް، ޝުދޫގެ އަޑު އިވުމުން އަހަރެން ވަރަށް އުފާވޭ. ތޫ މުސްކުރާދޭ.” އަހަރެން ބުނީމެވެ.
” ހަމަ އަސްލުވެސްތަ؟ ދެން އަހަރެން ހަމަ ހޭންވީތަ؟” ޝުދޫ ސަމާސާކޮށްލިއެވެ.
” އާނ. ދެން ތިހެން ހީނހީ ހުރޭ. އޭރުން އަހަރެން ހެޕީވާނެ. ދެން އަނހާލަންތަ ވާހަކައެއް؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” އަޅެ. އަނހާލަބަލަ؟” ޝުދޫ އަވަސް އަވަހަށް ބުނެލިއެވެ.
” މިއަދު ފިޒަސް އަށް ދިޔައިންދޯ.” އަހަރެން އަނހާލީމެވެ.
” ދިޔައިން. އަނެއްކާ އެތަނަށް އަހަރެން ދިއުން މަނާތަ؟” ޝުދޫ އަނހާލިއެވެ.
” ނޫނޭ. އެހެނެއްނޫން. އަހަންނަށް ނުފެނުނަސް އަހަރެންވެސް ހުރީ އެތަނުގަ. ޝުދޫގެ ހާދަ ބޮޑު ގުރޫޕެއް އޮވެޔޭދޯ. ހުސް އަންހެން ކުދިންދޯ އެތާ ތިބީ؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” ޔޭސް. ބައިވަރު އޮންނާނެ. ހުސް ރީތި ކުދިން ތިބޭނީ. ބޭނުންތަ އެތަނުން ކުއްޖެއްގެ ނަންބަރ.؟” ޝުދޫ ބުނެލިއެވެ.
” ނޫނޭ. އަހަރެން ބޭނުންވާ މީހަގެ ނަންބަރު ލިބިއްޖެ. މައްސަލައަކީ އެމީހާއާއި ދިމާނުވާކަން. ދެން ސަކަރާތްނުޖަހާ މިދިގު ދަތުރު ކޮންމެވެސް މަންޒިލަކަށް މަޑުކުރަން ހިނގާބަލަ.” އަހަރެން ދުރުދުރުން ބުނީމެވެ.
” އަހަރެންގެ ދަތުރު އަދިވެސް ވަރަށް ދިގު، މަންޒިލް ލޮލުގެ ކޮޅަށްވެސް ފެންނާކަށްނެތް. އެހެންވެ، ދެން ކިހިނެއްތަ ދިމާކުރާނީ؟” ޝުދޫ ބުނެލިއެވެ.
” ދިމާކުރީމަ ދިމާކުރެވޭނެ. ތަނަކާއި ގަޑިއެއް ހަމަޖައްސާބަލަ.” އަހަރެން މަޑުމަޑުން ބުނީމެވެ.
” އޭ. ދެން ބާއްވަނީ. ފަހުން ގުޅާ އިނގޭ.” ޝުދޫ ކުއްލިއަކަށް ފޯން ކަނޑާލީ އެހިސާބުންނެވެ.
އަހަރެން މަޑުމަޑުން ސިޓިންގ ރޫމަށް ވަނީމެވެ. ސުހާ އިނީ ސިޓިންގ ރޫމްގައި ފޮތެއް ކިޔާށެވެ. ޒަހާ އިނީ ކޮމްޕިއުޓަރ ކައިރީގައެވެ.
” ކޮށްލަންތަ ސުވާލެއް؟” އަހަރެން ސުހާއާއި ދިމާލަށް ބަލާލަމުން ބުނީމެވެ.
ސުހާ އަނގައިން ނުބުނެ ފޮތަށް ގެއްލިފައި އިނެވެ. އެހެންވެ، އަހަރެން އަނެއްކާވެސް އަނހާލީމެވެ. ސުހާ ޖަވާބެއް ނުދިނެވެ. ހީވަނީ ފޮތުގެ ދުނިޔެއަށްގޮސް ވާނުވާ ނޭނގޭ ހިސާބުގައި ސުހާ އިން ހެނެވެ.
” މަބުނީ ސުހާ އަށް ކިހިނެއްތަ އިނގެނީ ޝުދޫ؟” އަހަރެންގެ އަސްލު ސުވާލު ހުށަހަޅާލީމެވެ.
” ޝުދޫ.. އޯ.. ވޭ މޭރާ ދޯސްތު.. ބޮހޮތު ބަޅާ ދޯސްތު.” ސުހާގެ ރަސްމީ ބަހުން ޖަވާބުދިނެވެ.
” އެހެންތަ؟ ކޮން އިރަކު ދިމާވީ؟” އަހަރެން އަނހާލީމެވެ.
” ވަރަށް ކުރިން.. މިހާރު ދެ އަހަރުވަނީ.” ސުހާ އެހެން ބުނުމުން އަހަންނަށް ލިބުނީ ސިހުމެކެވެ.
” އޭނ. ދެ އަހަރުވަނިއްޔޭ.!” އަހަންނަށް ލިބުނު ކުއްލި ސިހުމުގައި ބުނެވުނީ އެހެންނެވެ.
= ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


V.nice
ނޯޓް: ކުރިން ބުނިހެން މިވާހަކައިގެ ފުރަތަމަ ތިންބައި އެއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބައިތަކެކެވެ. އޭގެ ފަހުން މިވާހަކަ ދިގުކޮށް ލިޔަން ވެގެން މިލިޔަނީ އަމިއްލަ ޚިޔާލުގެ މައްޗަށެވެ. ވީމާ ހުރިހާ ކިޔުން ތެރިން މިކަން ހަނދާންކޮށް އޮޅުވާނުލުން އެދެމެވެ.
!!!! ޝުކުރިއްޔާ
am first dhOa.. warah salhi inge.. waiting 4 next part… n thivaahakaaGa ulhey sudhoo ah maGey salaam bunaathi 😛
its awesome.. love it.. keep up the good work!!!
Nice story
Nice…
V aalhi