Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނާއީ….. (2) ވަނަބައި

DESTINY2020 Level 210 Stories
August 6, 2015 2 Mins Read
7 Comments

” ކޮން އެއްޗެއް؟ މަށަށް ވެސް ދައްކަންވީނު؟” ނާއީ އަވަސް އަވަހަށް ބުނެލިއެވެ.

” ހަމަ އަސްލުވެސް ދައްކަން ވީތަ؟” އަހަރެން ސަމާސާ ރާގެއްގައި ބުނީމެވެ.

” ދެއްކީމަދޯ ފެންނާނީ؟” ނާއީ ކުރުކޮށް ބުނެލިއެވެ.

” ފަހުންދޯ.” އަަހަރެން ބުނީމެވެ.

” ފަހުން ހެޔޮ ނުދެއްކިޔަސް. ދެން މަޑުން ހުރޭ. ވާހަކަ ކިޔަނީ.” ނާއީ އަކީ ވާހަކަ ކިޔުމަށް މަރުދޭކުއްޖެކެވެ.

” ތިހާ ވަރަށް ވާހަކަ ކިޔާކަށް ނުވާނެ. މީހާ މޮޔަވެދާނެ.” މަޑުން ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ.

” ވާހަަކަ ކިޔަން ފެށީމަ އިނގޭނެ މީގަ ހުންނަ މޮޅުކަން. ހާދަ ރީއްޗޭ މިވާހަކަތައް. ކިޔަމުން ދާއިރުު ހަމަ ހީވަނީ މީގެ ތެރޭގައި އުޅެވޭހެން.” ކުޑަކޮށް ހިނިތުން ނާއީ ބުނެލިއެވެ.

” ކީއްވެތަ ތިވަރަށް ދިވެހި ވާހަކަ ނުކިޔަނީ؟ ހުސް އިނގިރޭސި ވާހަކަ ތިކިޔަނީ؟” އަހަރެން ސުވާލުކޮށްލީމެވެ.

” ކީއްކުރަން އަހަރެން ދިވެހި ވާހަކަ ކިޔަނީ. ވަރަށް ފޫހި ދިވެހި ވާހަކަ.” ނާއީ ބުނެލިއެވެ.

” ހަމަ އަސްލުވެސްތަ؟” އަހަރެން ބުނެލީމެވެ.

ނާއީ އަށް އަނގައިން ނުބުނެވެނީސް ނާއީގެ މަންމަ ގޮވާލިއެވެ. ގޮވާލުމާއިއެކު ނާއީ އުނދޯލިން ތެދުވެގެން ދިޔައެވެ. ނާއީގެ ކޮޓަރި ހުންނާނީ މަތީގައެވެ. ނާއީ ސިޑިން މައްޗަށް އަަރައިގެން ކޮޓަރިއަށް ވަންނަންދެން ކަޅި ޖަހާ ނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. ނާއީ ކޮޓަރިއަށް ވަނުމާއިއެކު އަހަރެން އުނދޯލިން ތެދުވެގެން ދިޔައީ ގެއަށެވެ. އަހަރެން ގެއަށް ދިޔައިރު އަހަރެން ލަސްވެގެން ދައްތަ އަހަރެން ހޯދަނީއެވެ. ކޮންމެވެސް ވާހަކައެއް ދައްކާފައި އަހަރެން އެކަން ހަމަޖައްސާލީމެވެ.

އަހަރެންގެ ހިތަށް އަރައެވެ. އަހަރެން މިވިސްނަނީ ވާނެ ކަމަކާއިމެދުގައި ހެއްޔެވެ؟ މިއީ ހަމަ އަހަރެން ކުރިމަތިލާންޖެހޭ ވަރުގެ ކަމެއް ހެއްޔެވެ؟ މިކަން ވާނެބާވައެވެ؟ އަހަންނަކީ ރަށްފުށު އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެެވެ. ނާއީ އަކީ ރީތިކޮށް ބުނާނަމަ، ބައެއްގެ ހުރި ހަމައެކަނި ވަން އެންޑް އޮންލީ ޑޯޓަރއެެވެ. އެމީހުން ނާއީދެކެ ވާ ލޯތްބާއި އަޅާލުމަކީ އަހަންނަށް އަބަދު ފެންނަ ކަންކަމެވެ.

އަޑު އަނހަމެވެ. ބައެއް މީހުންގެ ދިރިއުޅުމުގެ ވާހަކައެވެ. އެވެސް ތެދެކެވެ. އަހަރެންގެ ރައްޓެއްސަކު މާލޭގެ މަހުޖަނެއްގެ އަންހެން ދަރިޔަކާއި ހިތާވިއެވެ. އަންހެން ކުއްޖާވެސް އޭނާދެކެ އިންތިހާޔަށް ލޯބިވެއެވެ. ކައިވެންޏާއި ހަމައަށް ދިއުމުން ނިކުތީ އެންމެ މައްސަލައެކެވެ. އައިޑީ ކާރޑްގައި މާލެ ނެތުމުން އޭނާއަށް ޖެހުނީ މިބުނި ޢާއިލާމީހުންގެ ރޭވުމެއްގެ މަތިން ހަތް އަހަރަށްވުރެ ގިިނަ ދުވަހު ޖަލުގައި ހޭދަ ކުރާށެވެ. ހިތަށް އަރައެވެ. އަނެއްކާ އަހަންނަށް އެހެން ވެދާނެ ބާވައެވެ؟

އެއްބަހެވެ. ހުރިހާ މީހުންނަށް އަބަދު އެއްގޮތަކަށް ކަންތައްތައް ދިމާނުވާނެއެވެ. ކަމެއްގައި ހުރި ކަމަކާއި އަސަރެއް އިނގޭނީ އެކަމާއި ކުރިމަތިލީމައެވެ. އެކަމެއްގައި އެކުލެވޭ ހިތާމަޔާއި އުދާހާއި ވޭނާއި ކެކެޅުން އިޙްޞާޞްކުރެވޭނީ އެކަމެއް ދިމާވީމައެވެ. ކަމެއް ދިމާނުވާއިރު ހިތަށް ތަފާތު ޚިޔާލުތަކާއި ވަސްވާސްތައް އަންނާނެއެވެ. އެހުރިހާ ކަމެއް ޙަޤީޤަތަކަށް ވާނެކަމަށް ބަަލައިގެން ދިރިއުޅޭކަށްނުވާނެއެވެ. މީހުން ބުނާހެން ދެގޮތުން ކުރެ އެއްގޮތެއް ވާނެއެވެ. އެއްގޮތަކީ ކާމިޔާބީއެެވެ. އަނެއް ގޮތަކީ އޭގެ އިދިކޮޅު ނާކާމިޔާބީއެވެ.

ހެނދުނު ހޭލިގޮތަށް އަހަރެން ނިކުތީ ބޭރަށެވެ. އެއީ ދައްތަމެން ގޭގެ ބޭރުގައި ހެދެމުން ދިޔަ ކެކުރިވެޔޮ ކައިރިއަށެވެ. ދައްތަމެންގެ ހަދާފައި ހުންނަނީ އާދައިގެ ގޮތަކަށް ދެބުރިއަށެވެ. ދެބުރި އަށް ހަދާފައި ހުރި އިރު މަތީގައި ކުޑަވަރެއްގެ ޓެރަސްއެއްގޮތަށް ހުންނަ ތަންކޮޅެއްހުންނާނެއެވެ. އެތަނުގައި ހެދެމުންދިޔަ ކެކުރިވަލަކީ އަހަރެން ވަރަށް ފަރުވާތެރިކޮށް ބަލަހައްޓަމުން ދިޔަ ގަހެކެވެ. އެ ވެލުގައި ކެކުރި އަޅާ ދޮންވާނެ ވަގުތަކަށް އަހަރެން ހުންނަނީ ބަލަބަލައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެވެލުން ކެކުރި ކޮޅެއް ނާއީއަށް ގެންދަންވީއެވެ. ވާގޮތެއް ބަލާކަށް ނޫނެވެ. އަހަންނަށް މިވަގުތު ހަދިޔާއެއްގެ ގޮތުން ނާއީ އަށް ދެވޭނީ އެފަދަ އެއްޗެކެވެ. ހިފުމާއި ނުހިފުން އެއީ ނާއީގެ ކަމެކެވެ. އަހަރެންގެ ނިޔަތް ވަރަށް ސާފެވެ.

އެހެންވެ އެކެކުރި ވެލުން ދޮންވެފައިވާ ހަތްކެކުރި އަހަރެން ބިނީމެވެ. ހުދު ޓިޝޫއަކަށް އެކެކުރިތައް ލާ ވަރަށް ރީތިކޮށް ބަންދުކޮށްލީމެވެ. ދެން މަޑުމަޑުން ނާއީ މެންގެ ގެއަށް ދިޔައީމެވެ. ދިޔައިރު ނާއީއެއް ގެއަކު ނޫޅެއެވެ. އެހެންވެ އަހަރެން އެ ޙަވާލުކުރީ އެގޭގައި ގެންގުޅޭ އަންހެން ކުއްޖޭގެ އަތަށެވެ.

” އެހެން މީހަކާއި ހަވާލު ނުކުރާތި. ސީދާ ނާއީ އަތަށް ދޭނީ.” އަހަރެން ބުނީމެވެ.

” މައްސަލައެއްނޯންނާނެ.” މަހުފޫޒާ ހެމުން ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ހިޖުރަ (އެގާރަވަނަ ބައި)

Next

ޝުދޫ***** 14 ވަނަބައި

Next
August 6, 2015

ޝުދޫ***** 14 ވަނަބައި

Previews
August 6, 2015

ހިޖުރަ (އެގާރަވަނަ ބައި)

7 Comments!

  1. މައީޝާ says:
    August 6, 2015 at 1:31 pm

    ވަރަށް ރީތި. . .ތަންކޮޅެއް އަވަހަށް އަޕް ވާނަމަ ދޯ . .:)

  2. ifaasha says:
    August 6, 2015 at 3:02 pm

    Haadha kurey

  3. ken? says:
    August 6, 2015 at 3:23 pm

    Pis pis kuru kkamei dhw….?

  4. Aaaaeeee says:
    August 6, 2015 at 4:06 pm

    Hadhaa vaaa kuraaa dhw adi ahaa lahun app kuraaa neeee v foohi

    1. Paaaaeeeeeee says:
      August 6, 2015 at 4:31 pm

      Assu lahun up kuraairu thankolheh dhigu koh up kollaanama dhw 😀

  5. nihaa says:
    August 6, 2015 at 7:20 pm

    Maaakuru…

  6. uney says:
    August 7, 2015 at 10:35 am

    vvvvvv.. nice.. thankolheh kuru.. dhn faharakun dhigu koh up kolhacheyy..

Comments are closed.


All Right Reserved!