Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 43

darkangel Level 210 Stories
August 6, 2015 7 Mins Read
26 Comments

ޒަޔާން ކާރު މަޑުކޮށްލީ ގޭގޭ ދޮރުމައްޗަށެވެ. އޭރު އެންބިއުލާންސްވެސް އެތާގައި މަޑުކޮށްފައި އޮތެވެ. ކާރު މަޑުކޮށްލުމަށްފަހު ޔާނާ ފައިބަންދެން މަޑުވެސް ކޮށްނުލާ އޭނަ އެތެރެއަށް ދުއްވައިގެތެވެ. ޔާނާއަށް ހީވީ ޒަޔާންގެ މަންމައަށް ކަމެއްވީކަމަށެވެ. ނަމަވެސް ކާރުން ފޭބުމާއިއެކުހެން އޭނައަށް ފެނުނީ އެންބިއުލޭންސްއަށް އެރުވި ސަލްމާއެވެ. ވަގުތުން ވީކިހިނެތްކަން އޭނައަށް ނަގައިގަނެވުނެވެ. ޔާނާއަށް އަވަސްއަވަހަށް ދެވުނީ ޒަޔާންގެ މަންމަ ޔަޝްރާގާތަށެވެ.

“ބޭބެ ގޮވާފަ ބުނީ ދައްތަ ފެއިންޓްވިވާހަކަ، އިތުރުއެއްޗެކޭ ނުބުނޭ، ޝީހޭވް ހާރޓް ޕްރޮބްލެމްސް، ނޯވަން ނޯސްއިޓް އެކްސެޕްޓް ފިއު” ވީކިހިނެތްތޯ އަހާލުމުން ޖަވާބުގައި ޔަޝްރާ ބުނެލިއެވެ. އެވާހަކައިވިފައި ޔާނާގެ ހާސްކަންވީއިތުރެވެ. ސަލްމާއަކީ ހާޓް ޕޭޝަންޓެއްކަން އެއީ އަދި އެމީހުންނަށް އެނގިފައި ނުވާކަމެކެވެ. ރާއިންވެސް ހުރީ ހާސްވެފައެވެ. ޔާސިރުއާއި ޔަޝްރާގެ ދެމަފިރިން އެމްބިއުލާންސަށް އެރުމުން އޭގެފަހަތުން ދެން ތިބިމީހުންވެސް ކާރުގައި ހޮސްޕިޓަލަށް ދިޔައެވެ. ޔާނާއިނީ އެވާހަކަ ޒަޔާންއާ އެވާހަކަ ދައްކާނެގޮތެއް ނޭނގިގެނެވެ. ހުރިހާވަގުތެއްގައި އޭނަ ހުރީ ރާއިންއާއެކުގައި ކަމުން އެވާހަކަ ބުނާނެ ފުރުސަތެއް ނުލިބުނެވެ. ހޮސްޕިޓަލްގައި ހުރި ވަގުތު ޔާސިރުއާއި އެކު ރާއިން ދުރަށް ޖެހުމުން ޔާނާ ޒަޔާން ގާތަށް ދިޔައެވެ. އަދި އެންމެންނާއި ކުޑަކޮށް ދުރަށް ޖެހުމަށްފަހު އެވާހަކަ ބުންޏެވެ. ޒަޔާންއަށްވެސް ވީ ޔާނާއަށްވީވަރެވެ. ނިތުގައި އަތްހާކާލެވުނީ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގިގެންކަހަލައެވެ. މީހާ ހާސްވެ ދާހިތްލަން ފެށިއެވެ.

“ނޯވަން ޝުޑް ނޯއެބައުޓް ދަ ތިންގް ހެޕެންޑް” އެންމެފަހުން ވިސްނަން ހުރެފައި ޒަޔާން ބުނެލިއެވެ.

އެތާގައި ދެމީހުން ތިއްބައި ޔަޝްރާއައިސް ސަލްމާހޭ އެރިވާހަކަ ބުނެލިއެވެ. ނަމަވެސް އަދި ދޫކޮށްލާނެ ވަކި އިރެއް ނޭނގޭ ކަމަށްބުންޏެވެ. އިތުރު ޓެސްޓްތަކެއްހަދަން ޖެހޭވާހަކަވެސް ބުންޏެވެ.

“އެހެންވީމަ ދަރިފުޅުމެން ދާންވީނުން ގެއަށް، މިހާރު ވަރަށް ލަސްވެސްވެފަ މިހުރީ، އަރާމުކޮށްލަފަ ހެނދުނުން އަންނާނީ، އެއްވެސް މީހަކަށް އަދި އާންޓް ކައިރިއަށް ވިޒިޓްވެސް ނުކުރެވޭނެ، ކާފަމެންވެސް ތިބޭނީގޭގަ، ދޮންބެމެންވެސް އެދަނީ މިހާރުގެއަށްދާން” ޒަޔާންގާތުގައި ޔަޝްރާ ބުނެލިއެވެ. އެމީހުންގެ އެދުމަށް ޒަޔާން ޔާނާގޮވައިގެން ގެއަށްދާން މަޑުކުރިއެވެ. ރާއިން ގޮނޑީގައި އިށިއިނދެގެން އިންގޮތަށް އިނީއެވެ. ޒާޔާގެ ކަންތަކާ ބޯހާސްވެފަ ހުއްޓާ މިދިމާވިކަމަކުން ދެން އޭނައަށް ވިސްނަންވީގޮތްވެސް ނޭނގުނެވެ. ޔާސިރު އިތުރަށް އެއްވެސް ކަމެއް ސިއްރު ކުރަންބޭނުން ނުވާތީ ސަލްމާއަށް ހަގީގަތް އެނގުނުވާހަކަ ރާއިންގާތުގައި ބުނީއެވެ. ރާއިން އެއިންނަނީ އެކަމާ ފިކުރުބޮޑުވެފައެވެ. މިއަދު ސަލްމާ އޭނަ ދަރިއެއްގޮތުގައި ބަލައި ނުގަނެފިނަމަ ކިތަންމެހާވެސް ދެރަވާނެއެވެ. ދެންތިބި މީހުން ބަލައިގެން ނަމަވެސް އަބްދުﷲގެ ގޮތެއް އޭނައަކަށް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އަބްދުﷲވަނީ އޭނަގެ މަންމައާއި ބައްޕަގެ ކައިވެނިވެސް ބަލައި ނުގަނެފައެވެ. ވީއިރު އޭނައަކީ ސަލްމާގެ ދަރިއެއް ނޫންކަން އެނގޭދުވަހުން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެކަމަކު އޭނައަށް ނޭނގޭކަމަކީ އެއީ އަބްދުﷲއަދި ބަލްގިސްދެމީހުންވެގެން ރޭވިކަމެއް ކަމަށެވެ. ނަމަވެސް އޭރުން ޒާޔާކައިރިއަށް ދާނެ ފުރުސަތުވެސް ހުޅުވޭނެއެވެ. އެކަމަކު އެފުރުސަތު އައިއިރު އޭނަ މިވަނީ ޒާޔާދުވަހަކުވެސް މާފު ނުކުރާނެވަރަށް ހިތުގަ ޖައްސާފައެވެ. ދެން ޒާޔާ ކައިރިއަށް އެނބުރި އޭނަ ދާނީ ކޮންމޫނަކައިގެން ހެއްޔެވެ؟

ޖެހިގެން އައި ދުވަހު ސަލްމާގެ ހާލު ކުޑަކޮށް ރަނގަޅުވެލުމުން ޔާސިރުއަށް ބައްދަލުކުރުމުގެ ހުއްދަލިބުނެވެ. ސަލްމާއާއި ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ސަލްމާ އަނގައިންވެސް ނުބުންޏެވެ. މާފަށް އެދެވުނުއަދަދެއްވެސް އޭނައަކަށް ނޭނގުނެވެ. ނަމަވެސް ސަލްމާދެންވެސް އެއްވެސް އެއްޗެއް ނުބުނެ އޮތްގޮތަށް އޮތީއެވެ. ބުނަން ކިތަންމެ އެއްޗެއް ހުރިނަމަވެސް އޭނަ ދުލުން ބަހެއް ނުބުނަން ހުވާކޮށްގެން އޮތްކަހަލައެވެ. ވިސްނެމުންދަނީ ކޮންކަމަކާކަމެއް ޚުދު އޭނައަށްވެސް ނޭނގެއެވެ.

ބަލްގިސްއާއި އަބްދުﷲވެސް އެދުވަހުގެ ހަވީރުވަގުތެއްގައި ހޮސްޕިޓަލަށް އައެވެ. އޭރުވެސް ރާއިން ސަލްމާ އެޑްމިޓްކޮށްފައިވާ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށިއިނދެގެން އިނެވެ. އެދުވަހުގެ ބޮޑުބައެއްވެސް އޭނަ ހޭދަކުރީ އެތާގައި އެގޮތަށެވެ. ނަމަވެސް ސަލްމާގާތަށް ދާކަށެއް އޭނައަކަށް ނުކެރުނެވެ. ބަލްގިސްއަށް މިއިންއެއްވެސް ކަމެއް އެނގިފައި ނެތުމުން ރާއިންގާތުގައިވެސް އެތެރެއަށް ވަނުމަށް ބުންޏެވެ. އެވަގުތު ދައްކާނެ ބަހަނާއެއް ބުނާނެ އެއްޗެއް އޭނައަކަށް ނޭނގުނެވެ. ބަލްގިސް ފަހަތުން ރާއިންވެސް އެކޮޓަރިއަށް ވަނެވެ. ބަލްގިސްއާއި އަބްދުﷲ ގޮވައިގެން އައި ޝާންވެސް އެމީހުންފަހަތުން ވަނެވެ. ރާއިން ހުރީ އެންމެ ފަހަތުގައި ކަމުން އެތެރެއަށް ވަތްތަން ސަލްމާއަކަށް ނުފެނެއެވެ. އެނދުކައިރީގައި ގޮނޑީގައި އިން ޔާސިރު ބަލްގިސްއަށް ޖާގަދެމުން ތެދުވިއެވެ. ސަލްމާއަށް ޔާސިރުއާ ވާހަކަ ނުދައްކާ ނުބަލައި އޮތަސް އެމީހުން އައުމުން އެހެން އޮންނާކަށް ނުކެރުނެވެ. ނަމަވެސް ފަހަތުގައި ހުރި ރާއިން ފެނިފައި އެލޮލުން ކަރުނަ އަންނަންފެށީ އިހުތިޔާރަކާ ނުލައެވެ. ރާއިންއަށް އިސްޖަހާލެވުނީ ކުށްވެރިއެއްފަދައިންނެވެ.

“މަންމާ ޔާސިރުގާތު ބުނޭ ރާއިން ކިޔާ ދަރިއެއް އަހަރެންގެ ނުހުންނާނެއޭ” ސަލާމާ އިއްވާލި ޖުމްލަ ވެގެންދިޔައީ އެތަނުގައި ގޮއްވާލި ބޮމެއްފަދައިންނެވެ. ބަލްގިސްވެސް ހައިރާންވެފަ ތިންމީހުންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ރާއިން ހުއްޓިގެން ހުރިތާގައި ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭނަގެ އާއިލާއާ ދުރަށް ދާންޖެހިދާނެއޭ ހިތްބުނިކަހަލައެވެ. ނަމަވެސް އޭނަގެ ހިތުގައި ސަލްމާއަށް ވާލޯތްބާއި އިއްޒަތް އެނގޭނީ ހަމައޭނައަށެވެ. އުފަންމަންމަ ދެކެވެސް ލޯބި ނުވާވަރަށް އޭނަ ސަލްމާދެކެ ލޯބިވެއެވެ. ނަމަވެސް މިއަދު ސަލްމާ އެކަން ގަބޫލު ކުރާނެހެއްޔެވެ؟

ޔާސިރު އެނދުގެ ކައިރީގައި އިށިއިންނަމުން ސަލްމާއަށް ވިސްނަދެވޭތޯ އުޅުނެވެ. ނަމަވެސް އޭނަ ދެންވެސް ވާހަކަ ދެއްކީ ބަލްގިސްއާއެވެ. ޔާސިރުއާއި ވާހަކަ ދައްކަން އޭނަ ބޭނުން ނުވާކަމަށް ބުނެދިނުމަށް އެދުނެވެ. ޔާސިރު ހުރީ ސަލްމާގެ ހާލު އނެއްކާ ގޯސްވެދާނެތީ ބިރުންނެވެ. ރާއިންގާތުގައި އެވަގުތު އެތަނުން ނުކުތުމަށް ބުނިވަގުތު ރާއިން އިންތިހާއަށް ދެރަވިއެވެ. ދޮރުން ނުކުންނަމުން ދެރަވެފައިހުރެ ސަލްމާއަށް ބަލައިލިގޮތުން ސަލްމާގެ ހިތުގައިވެސް ރިއްސާލިއެވެ. ނަމަވެސް މޫނު އަނެއްފަރާތަށް އަނބުރާލީ ރާއިން ފޮނުވާލާތަން ބަލަންބޭނުން ނުވެގެން ކަހަލައެވެ. މޭދަށަށް ތަދެއްއަރައި ނޭވާލާން އުނދަގޫވިނަމަވެސް އޭނަ އެކަން ނުދައްކަ ވޭތޯ މަސައްކަތް ކުރިއެވެ.

“ޔާސިރު ކިހިނެތްވެގެންތަ މިއުޅެނީ….” އަބްދުﷲއަށް ސުވާލު ނުކޮށް ނުހުރެވުނެވެ. ޖަވާބުދިނުމުގެ ބަދަލުގައި ޔާސިރުއަށް ބަލާލެވުނީ މަންމައާދިމާއަށެވެ. އެހިތުގައިވެސް ހިތްހަމަނުޖެހުންތަކެއް ވިއެވެ.

“މަންމަ އާއި ބައްޕަ ފޮރުވައިގެން އުޅުނު ހަގީގަތް މިއޮތީ ސަލްމާއަށްވެސް އެނގިފަ، ދެން އިތުރަށް އެހަގީގަތް ފޮރުވުމުގެ މާނައަކީ ކޮބާ، އަހަރެން އޭރުވެސް ބުނިން ދޮގަކުން ވާނެފައިދާއެއް ނޯންނާނެއޭ، ހަގީގަތް ހާމަކޮށްގެން ރާއިން ގެނަކަމުގައިވިޔަސް އޭގެން ބަދަލުވާނީ ކޮންކަމެއްތަ؟، މަންމަމެން ކިތަންމެ އޮޅުވާލުމެއް އޮޅުވާލިކަމުގައި ވިނަމަވެސް އެއީ ސަލްމާގެ މަރުވި ދަރިއަކަށް ނުހެދޭނެ، އެއީ މަންމަމެން އަހަރެން ކައިވެނި ކުރަން ނުގަބޫލުވި ނީލާގެ ދަރިފުޅު، މަންމައަށް ނީލާ ބަލައިނުގަނެވުނު އިރު ކީއްވެގެން އޭނަ ބަނޑުއަޅާ ވިހޭ ދަރިދެކެ ތިހާ ލޮތްބެއް ތިވަނީ، މިއަދު އަހަރެންނެތް ބައްޕައަށްވެސް ސަލްމާއަށްވެސް ދޭނެ ޖަވާބެއް، އެނގޭ އަހަރެންގެ ކުށްވެސް މީގަވާކަން، ބައްޕަ އަހަންނަށް ކުރި އަމުރުވެސް ތިއޮތީ ފުއްދާފަ” ޔާސިރު ބަލްގިސްއާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފަ ހުރެއެވެ. ޔާސިރުގެ ވާހަކައިން  ސަލްމާވެސް ދެރަވިއެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. މިކަމުގައި ބަލްގިސްއަދި އަބްދުﷲގެ އަތެއްވާކަން އެނގުމުން އޭނަހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. ޔާސިރު ކިހާވަރަކަށް އޭނަކައިރިން މާފަށް އެދެފިހެއްޔެވެ؟ ހުރިހާ ވާހަކައެއް ކިޔާދޭން އުޅުނުހެއްޔެވެ؟ ނަމަވެސް އަޑުނޭހީ އޭނައެވެ. ހަގީގަތް ކިޔާދިނުމަށް އޭނަވެސް ބަލްގިސްގާތުން އެދުނެވެ. އަބްދުﷲވެސް ހުރީ ޔާސިރުގެ ވާހަކައިން ވާނުވާ ނޭނގިފައެވެ. ނަމަވެސް ޔާސިރު މިއަދު ފުރަތަމަފަހަރަށް މަންމައާ އެގޮތަށް ވާހަކަ ދެއްކުމުން ހައިރާންވެސް ވެފައެވެ. އޭނައަކީ ދުވަހަކުވެސް މައިންބަފައިންނާ އެގޮތަށް ވާހަކަ ދެއްކި މީހެއް ނޫނެވެ.

“އަހަރެން ކުރިކަމެއްވިއްޔާ ކުރީ ސަލްމާދެކެ ވާލޯތްބެއްގެ ބޮޑުކަމުން، ސަލްމާގެ ދަރިފުޅުވެސް މަރުވީ، އިތުރަށް ކުއްޖަކުވެސް ނުލިބޭނެއޭބުނީ، އަހަރެން ކިހިނެތްތަ ދަރިއެއްހެން ބަލާބޮޑުކުރި ކުއްޖެއްގެ ދިރިއުޅުން މުޅިން ބަރުބާދުވީއޭ ބުނަނީ، އަހަންނަކަށް ނުކެރުނު އެހެން ބުނާކަށް، ރާއިންއަކީ އަހަރެމެންގެ ލޭ، އަހަރެމެންގެ ފުރަތަމަ މާމަ ދަރިފުޅު، ރާއިންއަކީ އެއަންހެނާގެ ދަރިއެކޭ ބުނެގެނައުމުން ސަލްމާގެ ހިތާމަވަކި ކުޑަވާނެތަ، ނުވާނެ، އެހެންވެގެން އެހެން ކަންތައްކުރީ، މިހުރިހާދުވަހު ކިހާ ހަމަޖެހިގެން އެންމެން އުޅުނީ، މިހާރު ހަގީގަތް އެނގުނަސް ސަލްމާއަށްވެސް ރާއިންދުރެއް ނުކުރެވޭނެ، ދަރިއަކުދެކެ ވާނެ ލޯބިވާނެ، ރާއިންއަށް މަންމައެއް އާއިލާމީހެއްގެ ލޯބިނުލިބި ބޮޑުވިނަމަ ވާނީވަކި ކިހިނެތްތަ….” އަބްދުﷲގެ ކައިރިއަށް އައިސްފައި ބަލްގިސްވެސް ވާހަކަ ދެއްކީ ހިތްހަމަނުޖެހިހުރެއެވެ. ސަލްމާ އިތުރަށް ދެރަވިއެވެ. ތެދެކެވެ. މިހުރިހާދުވަހުވެސް އުޅުނީ ހަމަޖެހިގެނެވެ. ނަމަވެސް އެހަމަޖެހުން ދަމަހަށްޓަން ރާއިން އުޅުނީ ކޮންހާލެއްގަ ހެއްޔެވެ؟ އޭނަގެ އަތުންމިވީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

“މަންމަ ކީއްވެގެން ހަގީގަތް އޮޅުވާލީ، އަހަންނަށް ޝައްކުވެގެން އެހިދުވަހު ކީއްވެބުނީ ނީލާއަށް އޭރު ލިބުނު ދަރިފުޅުމަރުވީއޭ، ކީއްވެގެންބުނީ ފަހުން ޔާސިރުއަށާއި ނީލާއަށް އިތުރު ކުއްޖަކު ލިބުނީއޭ، އެއީ ޒާޔާއޭ، މަންމަ ކީއްވެގެން އޮޅުވާލީ، މަންމަ އެދުވަހު ހަގީގަތް ފާޅުނުކުރީ ކީއްވެގެން، އެހެންނޫންނަމަ ރާއިންވެސް މިހާރު ހުންނާނީ އުފަލުން، އަހަރެން ޒާޔާދެކެ ރުޅިއަންނަން ފެށީވެސް ޔާސިރު ރައްޓެއްސެއްގެ ދަރިއެކޭ ކިޔައިގެން އޮޅުވާލީއޭ ހިތާ، އަހަރެން ހީކުރީ މިހުރިހާކަމެއް ކުރީ ޔާސިރުކަމަށް، އެހެންވެ އެކަމުގެ ރުޅި ރާއިންއަށް ބޭލުނީ، މަންމައަށް އެނގޭތަ، ރާއިންއާއި ޒާޔާ އެކަކު އަނެކަނުދެކެ ކިހާ ލޯބިވާކަން، އެކަމަކު ރާއިން މިހަގީގަތް އަހަންނަށް އެނގުނަ ނުދޭންވެގެން ޒާޔާއާ ދުރުވީ، އެކަމަކު އަހަންނަކަށް އެކަމެއްވެސް ބަލައިނުގަނެވުނު، އަހަރެން ބޭނުން ޒާޔާކިބައިންވެސް މަޢާފަށް އެދެން” ސަލްމާ ވާހަކަ ދެއްކީ ރޮމުންނެވެ. ޔާސިރު ކައިރިއަށް އައުމުން އޭނަގެ ގައިގައި ބައްދައިގެން އިނދެ ރޮމުންދިޔައެވެ. އެންމެފަހުން ނޭވާލާން އުނދަގޫވެ މީހާ ހާސްވާން ފެށުމުން ޝާން ޑޮކްޓަރަށް ގޮވިއެވެ. ބޭރަށް ނުކުތްއިރު ރާއިން ފެންނަން ނެތުމުން ފޯނަށް ގުޅާލިނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

**********************

ޒަޔާންގެ ނަޒަރު ހުއްޓިފައި ހުރީ ބަދިގޭގައި އޭނަގެ މަންމައަށް އެހީތެރިވެދޭން އުޅުނު ޔާނާއަށެވެ. ނުބުނިކަމުގައިވިޔަސް ޔާނާގެ ޖަވާބު މިހާރު އޭނައަށް އެނގެއެވެ. ކޮންމެފަހަރަކުވެސް އެވާހަކަ ދައްކަން ފަށާއިރު ކޮންމެވެސް ކަމެއް ދިމާވެއެވެ. ދެންމެ ޝާން ގުޅާފައި ދިން ޚަބަރަކުން ދެން ހުރިހާކަމެއް ރަނގަޅުވެދާނެކަން ޔަގީންވެއްޖެއެވެ. ސަލްމާގެ ހިތުގައި ރާއިންއަށް ނަފްރަތުގެ ނެތުމުން އެކަމާ އޭނަ އުފާކުރިއެވެ. އެވާހަކަ ޔާނާއާއި ހިއްސާ ކުރަން ބޭނުންވިނަމަވެސް އެއީ އަދި އެންމެ ރަނގަޅުގޮތްނޫނޭ ހިތްބުނަނީއެވެ. އޭނަ އަބަދުވިސްނަނީ ޒާޔާއާއި މެދުގައޭ ޔާނާ ހިތަށްއަރާނެއެވެ. ޔާނާ އުފާވާނެ ކަމެއްކުރަން އެގަޑީގައި ހިތަށް އެރިއެވެ. ނަމަވެސް ކޮންކަމެއްހެއްޔެވެ؟

ގެއަށް އައިގޮތަށް ކޮޓަރިން ނުނިކުމެ ރާއިން އޮތެވެ. ޝާން ދެތިންފަހަރު ގުޅިއިރުވެސް އޭނަ އަޅާނުލާ އޮތީ އެއެވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވެގެންނެވެ. ވާހަކަ ދައްކާނީވެސް ކިހިނެތްހެއްޔެވެ؟ އެހާހިތްވަރެއް މިއަދު އޭނަގަޔަކު ނެތެވެ. ރާއިން ފޯނުނުނެގުމުން އެންމެފަހުން ޝާންއަށް ޖެހުނީ ގެއަށްދެވެންދެން މަޑުކުރާށެވެ. އޭނަ ހޮސްޕިޓަލަށްއައީ  ބަލްގިސްއާއި އަބްދުﷲ ގޮވައިގެނެވެ. ގެއަށްދެވޭނީވެސް އެމީހުން ގޮވައިގެނެވެ. ސަލްމާ އެޑްމިޓްކޮށްފަ އޮތް ކޮޓަރީގެ ސޯފާގައި އިށިއިނދެލައިގެން އެތިންމީހުން ތިއްބެވެ. ޑޮކްޓަރު ޗެކްކޮށްފައި ސަލްމާއަށް އޮތީ ނިދާ އިންޖެކްޝަނެއް ޖެހުމުން ނިދިފައެވެ. ނަމަވެސް ޔާސިރު އަދިވެސް އޭނަގާތުގައި އިށިއިނދެގެން ތިއްބެވެ.

ސަލްމާއަށް ހޭލެވުނީ 3 ގަޑިއިރެއްހާއިރު ފަހުންނެވެ. އޭރު އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިވެސް ނެއްޖެއެވެ. އެހުރިހާއިރުވިއިރުވެސް އެކަކުވެސް ގެއަށްނުގޮސް ތިބުމުން އޭނަ ޔާސިރުއާއި ސުވާލުކުރިއެވެ.

“މަންމަ ބޭނުން ނުވީ ސަލްމާގާތުން މާފަށްނޭދި ދާން، އެހެންވެއެއިނީ އެބަހުގަ ހިފަހައްޓައިގެން، އަހަރެން ބުނީމަވެސް ނުދިޔަ…” ކައިރީގައި އިށިއިންނަމުން ޔާސިރު ސާފުކޮށްދިނެވެ.

ސަލްމާ ހޭލިތަންފެނިފައި ބަލްގިސް އެނދުކައިރިއަށް އައެވެ. “މަންމައަށް މާފުކުރޭ ދަރިފުޅާ، އެއީ އެއްވެސް ހާލެއްގައި ދަރިފުޅަށް ގެއްލުމެއްދޭން މަންމަ ނިންމި ނިންމުމެއް ނޫން” ސަލްމާކައިރިއަށް އައިސް ހުއްޓެމުން ބަލްގިސްބުނެލިއެވެ. “ޔާސިރުވެސް މަންމައަށް މާފުނުކުރާނަންތަ؟” ސަލްމާ އެއްޗެކޭ ނުބުނެ އިންގޮތަށް އިނުމުން އެންމެފަހުން ދެރަވެފައި ބަލްގިސް ޔާސިރުއާއި ސުވާލުކުރިއެވެ. މަންމަ ދެރަވެފައި ހުރިތަން ދެކެން ޔާސިރު ބޭނުމެއްނުވިއެވެ. އެހެންވެ ސަލްމާވެސް އޭނަވެސް އެކަމަށް މާފުކުރިކަމަށް ބުނެލިއެވެ. އަދި ދެން އިތުރަށް އެތާގއި މަޑުނުކޮށް ގެއަށްދިއުމަށް ބުނެލިއެވެ. ނަމަވެސް އެތާގައިވީ އެއްވެސްކަމެއް ގޭގެ އެއްވެސް މީހެއްގެގާތުގައި ނުދެއްކުމަށް އެދުނެވެ. އަދި ޝާންގާތުގައި އެމީހުން ގޮވައިގެން ގެއަށްދިއުމަށް ބުންޏެވެ.

“އަހަރެންނަށް މާފްކުރާނަންތަ، ސަލްމާ ރާއިންގޭގަ ބަހައްޓަން ބޭނުން ނޫނިއްޔާ އަހަރެން އޭނަ ގާތުގަ ބުނެފާނަން ވަކިންއުޅެން، އޭނަ ނުކުރާނެ ޝަކުވާއެއް، ސަލްމާއަށް އެކަން އެނގެއެއްނު، ދެން މިހާރު ކަންތައް ވެފައޮތްގޮތުން މިކަމާ އެއްޗެކޭ ބުނާނެ އެއްވެސް މީހަކު ނުހުންނާނެ،” ސަލްމާގާތުގައި އިށިއިންނަމުން ޔާސިރުވާހަކަ ދެއްކީ އޭނަ އަތުގައިވެސް ހިފާލައިގެން އިނދެއެވެ.

“އަހަރެން ބޭނުން ޒާޔާގާތުން މާފަށް އެދެން، ޒާޔާ މިތަނަށް ގެނެސްދީ، އޭނައަށްވެސް މިކަންތައް އެނގޭތީ މާލެދޫކޮށްފަ ދިޔައީވެސް، އެކުއްޖާ ރޭގަވެސް ރާއިންގާތުގަ އާދޭސްކުރި، އެކަމްރާއިން….” ސަލްމާ ދެއްކީ ޔާސިރުދެއްކި ވާހަކައާ ގުޅޭވާހަކައެއްނޫނެވެ. ނަމަވެސް ތަކުރާރުކޮށް ޒާޔާ ގެނެސްދިނުމަށް އެދެމުން ދިއުމުން އެންމެފަހުން ޔަޝްރާއަށް ގުޅާފައި ޒާޔާގޮވައިގެން ހޮސްޕިޓަލަށް އައުމަށް އެދުނެވެ.

“ކިހިނެތްވީ މަންމާ،” ފޯނުންވާހަކަ ދައްކާނިމުމުން ޒަޔާން ޔަޝްރާއާއި ސުވާލުކުރިއެވެ.

“ބޭބެ ގުޅީ، ދައްތަބުނެގެން ޒާޔާ ހޮސްޕިޓަލަށް ގެނެސްދޭށޭބުނީ، ޝީ ނޯސްދި ޓްރޫތް، އެހެންވެ އާންޓް ބަލިވީ، ޒާޔާގާތުން މާފަށް އެދެންބޭނުންވަނީ، ޒާޔާގެ ވާހަކަބުނީމަ މިހަނދާންވީވެސް މިއަދު ގޭތެރެއިންވެސް އޭނަ ނުފެނޭ، ރޭގަވީކަމަކުން ޒާޔާމަތިން ހަނދާންވެސް ނެތް، މިއަދު ގޭތެރެއިންވެސް އެއްވެސް ވަރަކަށް ނުފެނޭ، މަންމަ އަންނާނަން އޭނަކޮބާތޯ ބަލާލާފަ” ޔަޝްރާ ސިޑިއާއި ދިމާއަށް ހިނގައިގަންނަމުން ދެއްކިވާހަކައިން ޒަޔާންއަށް އިންތަނުން ތެދުވެވުނެނެވެ. ޒާޔާގެ ކޮޓަރިއާ ހަމައަށް ޔަޝްރާ ދިއުމުގެ ކުރިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުއްޓުވަން އެބަޖެހެއެވެ. ނަމަވެސް އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޔަޝްރާއަށް ސިޑިމަތިން ޔާނާއާއި ދިމާވެގެން ޒާޔާ ކޮބައިތޯ ސުވާލުކުރިއެވެ. ޔާނާ ނުބައި އެއްޗެކޭ ބުނުމުގެ ކުރިން ޔާނާގެ ނަމުން ގޮވާލަމުން ދުވެލާފައި އެމީހުންނާއަރާ ހަމަކުރިއެވެ.

“މަމް އެހަށް އޯކޭތަ އަހަރެން ޔާނާ ގެންދިޔަޔަސް، ކާރުދުއްވާލަން ދާން މިއުޅެނީއަދި، އެހެންވެ އޭނަ ރެޑީވެގެން އެނުކުތީ” އަވަހަށް ކޮންމެވެސް އެއްޗެކޭ ޒަޔާންކިޔާލިއެވެ. ޔާނާވެސް ހުރީ ޔަޝްރާ ޒާޔާގެ ވާހަކަ އެހުމުން ދޭނެޖަވާބެއް ނޭނގިފައެވެ. ޔަޝްރާ ހީލާފައި އެންމެރަނގަޅުކަމަށް ބުނުމުން ޒަޔާން އަވަހަށް ޔާނާގެ އަތުގައި ހިފާލައިގެން ސިޑިން ފައިބަންފެށިއެވެ. ގޭތެރެއިން އެދެމީހުން ނުކުންނަންދެންވެސް ޔަޝްރާ ބަލަހައްޓައިގެން ހުއްޓެވެ. ޔާނާގޮވައިގެން ގޮސް ޒަޔާން ހުއްޓުނީ ކާރުކައިރީގައެވެ. ދޮރުޅުވާލަމުން ކާރަށް އެރުމަށް ޒަޔާން ބުނެލިއެވެ. އަދި އަވަހަށް އަނެއްފަރާތަށްގޮސް ކާރަށް އެރުމަށްފަހު ކާރު ދުއްވާލިއެވެ.

“މަމްއަށް އެނގުނީމަ ދެންކިހިނެތް ހަދާނީ….. ވީވާރ ސަޕޯޒް ޓްޓެލްދެމް” ޔާނާ ހާސްވެފައިނދެ ބުނެލިއެވެ.

“އައިތިންކް އައި ހޭވްއަ ބެޓަރ ޕްލޭން” ހަމަޖެހިލުމަށްފަހު ޒަޔާން ބުނެލިއެވެ.

ޒާޔާގެ ކޮޓަރިކައިރީގެ ދޮރުގައި ދެތިނަފަހަރު ޓަކިޖަހާލުމުންވެސް ޖަވާބެއް ނައުމުން ޔަޝްރާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ނަމަވެް އެތަނުން އޭނައަށް މަރުހަބާ ކިޔީ އެކަނިވެރިކަމެވެ. ފާޙާނާގައޭ ހިތާ ތަޅުގައި އަތްލިއިރު އެތަންވެސް ހުރީ ހުޅުވާފައެވެ. ކޮޓަރީގައި ޒާޔާގެ އެއްވެސް ހިލަމެއް ނެތެވެ. ޑްރެސިންގް ޓޭބަލްގައިވެސް އެއްވެސް އެއްޗެއް ނެތުމުން އަލަމާރި ހުޅުވާލީ ޝައްކުވެގެން ހުރެއެވެ. އޭނައަށް ހީކުރެވުނީ ހަމަރަނގަޅަށެވެ. ޒާޔާގެ އެއްވެސް އެއްޗެއް އެތާކުއެއް ނެތެވެ. އެއްވެސް މީހެއްގެގާތުގައި ބުނެވެސް ނުލާ ޒާޔާދިޔައީ ކޮންތާކަށް ހެއްޔެވެ؟ ޒާޔާއަށް ގުޅޭތޯ މަސައްކަތްކުރި އިރު ފޯނުވެސް އޮތީ ނިވާލާފައެވެ.

ހާސްވެފައި ހުރެ އަވަހަށް ޔާސިރުއަށް ގުޅާފައި ޒާޔާގެއިން ހިނގައްޖެކަމުގައި ބުނެލިއެވެ. އަދި އޭނަގެ އެއްވެސް އެއްޗެއްވެސް ނެތްކަމުގައި ބުނެލިއެވެ. ހާސްވެފައިހުރެ ދެކޮޅަށް ހިނގަމުން ހުރެ ފޯނުބާއްވާފައި ޒަޔާންއަށް ގުޅާލިއެވެ. ޒާޔާ މާލެ އެނބުރި ދިޔަކަމުގައިވިނަމަވެސް ދާނީ ޒަޔާންގާތުގައި ބުނެފަކަން ޔަގީނެވެ. ދެތިންފަހަރު ޒަޔާންއަށް ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. އެންމެފަހުން ޔާނާއަށް ގުޅާލިއެވެ. ނަމަވެސް ޔާނާގެ ފޯނުވެސް ނެގިކަމަކަށް ނުވިއެވެ.

ޒާޔާގެ ޚަބަރު ޔާސިރު ސަލްމާއަށް ދިނެވެ. އެއެންމެންވެސް ހީކުރީ ޒާޔާ އެނބުރި ރާއްޖެ ދިޔައީކަމަށެވެ. ޒާޔާ ދިޔަވާހަކަ ބުނުމުން ސަލްމާގެ ލޮލުން ކަރުނަ ނިރާލިތަން ފެނިފައި ޔާސިރު ހައިރާންވިއެވެ. ކުއްލިއަކަށް ސަލްމާގެ ހިތުގައި ޒާޔާއަށް އެހާލޯތްބެއް އުފެދުނީ ކިހިނެތްހެއްޔެވެ؟ ޔާސިރުވެސް ޒާޔާއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ރާއްޖެނަންބަރަށް ގުޅުމުންވެސް ލިބުނީ އެއްޖަވާބެކެވެ.

“އަހަންނަށް އެނގޭ ކުރިންވެސް އެހެންވާނެކަން، ރާއިންވަނީ އެއަށްވުރެ ބޮޑަށް ޒާޔާ ހިތުގަ ޖައްސާފަ، އަހަންނަށް މާފަށް އެދޭނެ ފުރުސަތުވެސް ނުދީ ޒާޔާ އެދިޔައީ، ރާއިންއަށް އެނގޭނެ ޒާޔާ ވީތަނެއް، ގުޅާފަބުނޭ ޒާޔާ ގެންނާށޭ” ރޮވިފައި އިނދެ ސަލްމާ ވާހަކަދެއްކިއެވެ.

“މިވަގުތު ހަމަޖެހިބަލަ، ޒާޔާގާތަށް އަހަރެމެންނަށްވެސް ދެވިދާނެ، އަދި ވަގުތު އެބައޮތޭ، ހަމަޖެހިބަ” ޔާސިރުބެލީ ސަލްމާ ހަމަޖެއްސޭތޯއެވެ.

“އަހަރެން ބޭނުމީ ގެއަށްދާން،” އެންމެފަހުން ސަލްމާ ބުނެލިއެވެ.

“ޑޮކްޓަރ މިއަދު ޗެކްކޮށްފަ ބުނާނެ ގެއަށްދެވޭނެ އިރެއް”

**********************

“ކީއްވެގެން މަންމަ އެވަރަށް ގުޅާއިރުވެސް ފޯނުނުނަގާ ތިހުންނަނީ، އަހަރެންވެސް ފޯނު ނުނެގީމަ ކީކޭ ބުނާނީ، ވެގެން އުޅޭގޮތެއްވެސް އެނގޭނީ ފޯނުނެގީމަނުން” ކާރުގައި އިނދެ ޒަޔާންއާއި ޔާނާ ވާހަކަ ދެއްކިއެވެ. ވަކި މަންޒިލެއް ނެތި ޒަޔާން އެކި މަގުތަކުގައި ކާރު ދުއްވަމުން ދިޔައެވެ.

“ރާއިންގެ ކަންފަތަށް އަދި އެޚަބަރު ނުދާނެ، އޭނައަށް މިޚަބަރު ލިބުނީމަ އަދި ފޯރި އަންނާނީ…. ފައިނަލީ ދޭއާރ ގޮއިންގ ޓްބީ ޓްގެދަރ”

ޒަޔާންގެ ވާހަކައަށް ޔާނާ އެއްވެސް ޖަވާބެއް ނުދީއިނީއެވެ. ޒަޔާންވެސް އިތުރު ވާހާކައެއް ނުދައްކާ މަގަށް ނަޒަރު ހުއްޓައިގެން އިނެވެ.

ބާލީސް މޫނުގައި އަޅައިގެން އެނދުމަތީގައި އޮތް ރާއިން އަނެއްކާވެސް ފޯނުބަލާލީ ތަކުރާރުކޮށް ރިންގްވާންފެށުމުންނެވެ. ބައްޕަގެ ނަންއަރާފައި އިނުމުން ފޯނުނުނަގަ ހުންނާކަށް ނުކެރުނެވެ. ނަމަވެސް އެގަޑީގައި އޭނަ އޮތީ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވެފައެވެ. އެހެންއޮށްވާ އެންމެ ފަހުންފޯނު ކެނޑުނެވެ. ދެން އަނެއްކާ ނުގުޅުމުން ރާއިން އަޅާނުލާ އޮތީއެވެ.

“ނުނަގަ ފޯނެއް…. ދެންފަހުން ގުޅާނީ، މިހާރު އެހުރީމާދެރަވެފަ، ހެނދުނުން އޭނަ ގެނެސްސަ ވާހަކަ ދައްކާނީ، މިގަޑީގަ ދެން އަރާމުކޮށްލަންވީނުން” ރާއިންއަށް ގުޅާގުޅާ ފޯނުނުނެގުމުން އެންމެފަހުން ޔާސިރު ސަލްމާގާތުގައި ބުނެލިއެވެ.

ޒަޔާންއާއި ޔާނާ ގެއަށް އައުމުން ޔަޝްރާގެ ސުވާލުތައް ކުރިމަތިވިއެވެ. މިހުރިހާއިރު ފޯނު ނުނަގަ އުޅުމުންނެވެ. ޒާޔާވީތަނެއް ނޭނގިގެންވެސް އޭނަ ހުރީ ކަންބޮޑުވެފައެވެ. ޒާޔާވީތަނެއް އޮޅުންފިލުވުމަށް ޒަޔާންގާތުގައި ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައެވެ.ޒާޔާ އެނބުރި މާލެ ހިނގައްޖެކަމަށް ޒަޔާން އެވަގުތު ބުންޏެވެ.

“ކީއްވެގެން މަންމަ ކައިރީ ކުރިންތިވާހަކަ ނުބުނީ، ދައްތައާ ބޭބެ އެއުޅެނީ ޒާޔާއާ ބައްދަލު ނުކުރެވިގެން، ޒަޔާން ތިގޮތަށް ކީއްވެގެން ތިކަންތައް ކުރީ” ހިތްހަމަނުޖެހިފަ ހުރެ ޔަޝްރާ ވާހަކަ ދެއްކިއެވެ.

“އަޅުގަނޑުމެން މިއައީ ޒާޔާ ފުރުވާފަ، ޒާޔާބޭނުން ނުވީ އެއްވެސް މީހަކަށް އެނގެން، އޭނައަކަށް ނޭނގޭނެ ރޭގަވީ އެއްވެސްކަމެއް، އަޅުގަނޑު ނުބުނަން، މަމްއަށް އެނގޭނެ ޒާބޭނުންވާގޮތަށް އަޅުގަނޑު ކަންތައް ކޮށްދޭނެކަން، އޭނަ ބޭނުންވީ އެނބުރި ރާއްޖެދާން،” ޒަޔާން ދެރަވެފަހުރެ ބުނެލިއެވެ.

“އެކަމަކު ޒަޔާންއަށް އޮތެންނު ޒާޔާ ހުއްޓުވަން ފުރުސަތު، ދެންކީއްވެގެން ޒާޔާ ނުހުއްޓުވީ، ރާއިންވެސް އެއޮންނަނީ ކޮޓަރީގަ، ގޮވީމަ އަނަގައިންވެސް ނުބުނޭ” ރާއިންއަށް ގޮވާގޮވާ ޚަބަރެއް ނުވުމުންވެސް ޔަޝްރާ ހުރީ ބޯގޮވާވަރުވެފައެވެ. ޒަޔާން ވިސްނަދިނީ އެވަގުތު އެހަށް ރާއިންއަށް އެކަނި ވަގުތުދިނުމަށެވެ. ޒަޔާން ކަންތައްކުރިގޮތުން ޔަޝްރާހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެވަގުތު އިތުރު އެއްޗެއް ބުނުމެއްނެތި އެތަނުންދިޔައީ ޒާޔާ ރާއްޖެ އެނބުރި ގޮސްފިކަން ޔަގީންވުމުން އެކަން ޔާސިރުއަށް އެންގުމަށެވެ.

“ނުނިމޭ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….2

Next

ނުލިބުނަސް…….

Next
August 6, 2015

ނުލިބުނަސް…….

Previews
August 6, 2015

ތީމަގޭ މިހަޔާތުގާއިވާ ހަމައެކަނި އުއްމީދަކީ….2

26 Comments!

  1. kayaani says:
    August 6, 2015 at 7:56 pm

    im first dwwww

  2. kayaani says:
    August 6, 2015 at 7:57 pm

    vaahaka reethi ekam keeve ehaa lahun up kury.. vrh dera v vaahaka up nuve gina dhuvas veema

  3. kayaani says:
    August 6, 2015 at 8:06 pm

    dhen alhe zaa and raain avahah gulhuvaba.. vaahaka is awwwwwwsome..

  4. kayaani says:
    August 6, 2015 at 8:09 pm

    for the first time in foreever kayaani ah story akah emme furathama cmnt kurumuge furursathu libuny.. nd im very happy cux i got cmnt on my fav story

  5. Rausher says:
    August 6, 2015 at 8:09 pm

    Next part avahah up kohdhehchey.. Btw Nice story..

  6. jenniffer says:
    August 6, 2015 at 8:10 pm

    V reehi mi part ves..finally mi story nimen dhw mi ulheny..

  7. yaan says:
    August 6, 2015 at 8:23 pm

    OK salhi

  8. ME says:
    August 6, 2015 at 8:24 pm

    mi partvx salhi… v interesting ekamu haadha lahey up kuraalel!!! thankolheh avahah up kohdheebala….. waiting for yhe next part..

  9. Iba says:
    August 6, 2015 at 8:25 pm

    Kyvve tha ehaa lahun up kurany ehnve vaahaka kiyaahiyvx kendey pllzzzzzzzzz thankolheh avahah story up kohdhyba

  10. Zo says:
    August 6, 2015 at 8:36 pm

    Thank you.. Dhen avahah nimmaalaafa Raain and Zaya gulhuvaafa… 🙂

  11. emiliya says:
    August 6, 2015 at 9:05 pm

    Nice story plx upload alil bit fast waiting for the next page

  12. @isha says:
    August 6, 2015 at 9:06 pm

    Im in love wit this story nd the character zayaan……. i wish my husband would be lyk him…… whn next part???? waittin waitin 4 next part

  13. Fairy says:
    August 6, 2015 at 9:06 pm

    Since the story means wait we will also have to wait to read the next part isn’t it darkangle……………

  14. admin says:
    August 6, 2015 at 10:50 pm

    Test comment.

    1. Emiliya says:
      August 7, 2015 at 9:38 am

      What’s this test comment

  15. Shabee says:
    August 6, 2015 at 11:05 pm

    Admim actually wat r u trying to tell?? Test comment? Ur gonna test a comment…oh… anyways this story is awsome…. 😛

  16. nuzoo says:
    August 6, 2015 at 11:41 pm

    Konirakuntha next part… nice…

  17. faathun says:
    August 7, 2015 at 1:19 am

    Mi ulheny nimen do.v v v habeys mi part .

  18. nukko :-) says:
    August 7, 2015 at 11:42 am

    V v v salhi ekm maa las up kuraaleh and maa kuru… plx avahah up kohdhyyyy…

  19. mihu says:
    August 8, 2015 at 12:27 pm

    Hus haasaru.

  20. nonnu says:
    August 9, 2015 at 9:44 am

    vaahaka vrh salhi. but lahy dhw up kuraaleh.. 🙁

  21. neesh says:
    August 9, 2015 at 8:20 pm

    haadha lahey up kuraale koan dhen oa part genes dheny

  22. yumna says:
    August 10, 2015 at 8:44 pm

    haada lahey..up kuraaleh…den foohi vvv …vaahaka kiyaa hithehves nuvey laskamun

  23. kayaani says:
    August 12, 2015 at 6:14 pm

    kn irakun tha up kurany

  24. aish says:
    August 12, 2015 at 8:04 pm

    How long do we have to wait for next part???

  25. Shyla says:
    September 4, 2017 at 6:53 pm

    Next year this day

Comments are closed.

Next Episodeއިންތިޒާރު 44←


All Right Reserved!