Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަދިޔާ (3 ވަނަ ބައި)

ކުޑާ Level 110 Stories
August 7, 2015 3 Mins Read
11 Comments

މާޔާ ތެދުވެފައި އެކުވެރިންނާ  ދިމާ ބަލައިލިއިރު ތިން މީހުންގެ މޫނު މަތިން ފެންނަން ހުރީ ލާނެތްކަމެވެ. މާޔާ އެއްޗެކޭ ބުނުމުގެ ކުރިން ހަމްނާ އެދެމީހުންނާ ވާހަކަ ދައްކަން ފަށައިފިއެވެ. “ހޭއި މީހަމްނާ ދެން މީ މާޔާ ދެން މިތިބީ ޒޫނާ އާ މަރީ” “މީއަޔާން ދެން މިހިރީ ފާރިޝް..” ހަމްނާ އެމީހުންގެ ތައާރަފެއް ދިނުމުން އަޔާން ވެސް ތައާރަފްވެލިއެވެ. އަޔާންމެން އެތަނުން ދިއުމުން ހަމްނާމެނަން ހީވީ ދެއީދު އެއްފަހަރާ ލައިގެން ހެންނެވެ. މާޔާ ވަށާލައިގެންތިބެ ދިމާކުރާވަރުން ލަދުން މަރުވާވަރުވިއެވެ. “ދެން ހެވޭ މިހާރު ވާ ވަރު ވެއްޖެއެއްނު ދޯ ދެން ހިނގާ ދާން..” މާޔާ ބެލީ އެމީހުން ކައިރިން ސަލާމަތް ވެވޭތޯއެވެ.

ގެއަށް އައިގޮތަށް ފެންވަރާލައިގެން މާޔާ ޖައްސާލި ވަރުބަލިވެފައި ހުރުމުންނެވެ. އެނދަން އަރާ ހަމަޖެހިލިތަނުން ސިފަވެގެން ދިޔައި އަޔާންގެ ސޫރައެވެ. މާޔާ މަޑުމަޑުން ބޮލުގައި ޖަހާލާފައި އަމިއްލަ ހިތަށް ވިސްނައިދިނީ އެއީ އަޔާން އޭނާ ސަލާމަތްކޮންދިނުމުން ވީގޮތެއް ކަމުގައެވެ.

“ނާޒިމައްތަ ކޮބާ އަޔާން.. ދޮރުން ވަދެގެން އައި ފާރިޝްއަށް ފިހިގަނޑެއް ހިފައިގެން ސިޓިންރޫމް ފޮޅަންހުރި ނާޒިމާ ފެނިގެން އަހާލިއެވެ. އަޔާން ވެއްޖެ ކޮޓަރީގަ.. މޫދުން އައިގޮތަށް އަދި ނުނިކުމެ ހީވަނީ މާ ބޮޑަށް ވަރުބަލި ވީހެން ފާރިޝް ދޭބަލަ ގޮބާލަން.. ” ނާޒިމާ ފާރިޝް އަޔާންގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހުމުން ކުރަން ހުރި ކަންތަކާއިގެން އުޅެ ގަތެވެ.

ފާރިޝްގޮސް އަޔާންގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ތަޅުނުލާ ހުރުމުން އެތެރެއަށް ވަނެވެ. ލޯމަރާލައިގެން އެއްވަރަކަށް ފައި ތަޅުވާލަ ތަޅުވާލަ އޮތް އިރު ހީވަނީ ބޮޑު ވިސްނުމެއްގައި އޮތް މީހެއް ހެންނެވެ. ފާރިޝް އަޔާންއާ ކައިރިވެލާފައި ގޮވާލިއިރަށް ސިއްސައިގެންގޮސް ތެދުވިގޮތުން ފާރިޝްއަކަށް ހިނިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. ބަނޑުގައި އަތް އަޅައިގެން ޕަކަޕަކަ އަޅާފައި ހީގަތުމުން އަޔާން އަނގައަށް ވައްތަރެއް ޖައްސާލިއެވެ. “ސާބަހޭ އަޔާން އެމަންޖެ ވަރެއް ކޮށްލައިފިތާދޯ…” ފާރިޝް ހެނުން ހުއްޓާލައިފައި އައިސް އަޔާން ކައިރީގައި ޖައްސާލިއެވެ. “ހޫން މިހާރު އަނެއްކާ އެއްޗެކޭ ކިޔަން ދޯ ތިއުޅެނީ..” އަޔާން ފާރިޝްގެ ބޮލުގައި މަޑުމަޑުން ޖަހާލާފައި ބުނެލިއެވެ. “އެއްޗެކޭ ނުކިޔާ ވަރެއް ނުުވެއެއްނު އެމަންޖެ ފެނުނު ފަހުން ތިހިރީ މީހާއަށް ވެފަ ހުރި ގޮތް..” ސާބަހޭ ފާރިޝް ދެން ހުއްޓާލާ.. އަޔާން ތެދުވެފައި ޓީޝާޓެއް ނަގައިގެން ލިއެވެ. ދެމީހުން ވާހަކަ މެދު ކަނޑާލީ ނާޒިމާ އައިސް ސައިބޯޯންދާ ބުނުމުންނެވެ.

ސައިބޮއެ ނިންމާލައިގެން ދެމީހުންގޮސް މަޑުކުރި ގޭގެ ގޯތިތެރޭގައި ހަދާފައިވާ ކުޑައެއްގެ ދޮށުގައެވެ. “ދެން ބުނެބަލަ.. އަޔާންއަށް މާޔާ ވަރަށް ކަމުގޮސްފި ދޯ.. ދޮގު ނުހަދާ ރަނގަޅަށް ބުނޭ..” މިފަހަރު ފާރިޝްގެ އަޑުގައިވަނީ ސީރިއަސްކަމެވެ. “އާން އަހަންނަން މާޔާ ކަމުދޭ.. އެކަމަކު..” “ކޮން އެކަމަކުއެއް” އަޔާންއަށް އޭނާގެ ވާހަކަ ފުރިހަމަ ަނުކުރެވެނީސް ފާރިޝް އޭނާގެ ގައިގައި އޮޅުލައިގަތެވެ. “ފާރިޝް އިހަށް މަޑުކޮށްބަލަ.. އަދި ނޭނގެއެއްނު މާޔާ އެއީ ކޮންކަހަލަ ކުއްޖެއްކަމެއްވެސް މީހެއްގެ ސިފައަށް ބަލައިލާފައެއް ނޭނގޭނެދޯ މީހެއްގެ ގޮތެއް އެހެން ނޫނަސް އަހަރެން ނުބުނަމެއްނު މާޔަދެކެ ލޯބިވާ ވާހަކައެއް އަހަރެން ބުނީ އަހަންނަން އޭނަ ކަމުދާ ވާހަކަ.. އަހަރެން މިއުޅެނީ އަދި ވަޒީފާއަށް ނުކުމެ ހަމަޖެހިނުލެވިގެން އަދި އެކަހަަލަ ކަމަކާ އުޅެން އަހަންނަށް މާ އަވަސް…” އަޔާން ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިން ފެނުނު ސީރިއަސް ކަމަކުން ފާރިޝް ދެން އެމައުލޫއާއިގެން ކުރިއަކަށް ނުދިޔައެވެ.

“މަންމާ..” ކޮތަރީގެ ދޮރުން ބޯދިއްކޮށްލުމަށްފަހު ސިޓިންގ ރޫމްގައި އިން ޖަބީނާއަށް މާޔާ ގޮވާލީ ބޭރަށްދާ ވާހަކަ ބުނެލަން ވެގެންނެވެ. މަންމަގެ ހުއްދަ ލިބުމާއެކު ތައްޔާރުވެގެން ހަމްނާއަށް ގުޅާފައި ބަލައި އަންނަން އެދުނެވެ. މާގިނަ އިރެއް ނުވަނީސް ހަމްނާ ބަލައި އައުމުން ދެމީހުން ނުކުމެގެން މިސްރާބުޖެހީ ހޮސްޕިޓަލު ކައިރީގައި ހުންނަ ރެސްޓޯރެންޓަށެވެ. ދެމީހުންގޮސް ވަތްއިރު އެތަނުގައި ހުސްކޮން ހުރި މޭޒެއް ނެތެވެ. ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ތިބެފައި އެތަނުން ނުކުންނަން ހިނގައިގަތްތަނުން މީހަކު ގޮވާލިއަޑަށް ބަލައިލިއިރު އެތާގައި ހުރީ ފާރިޝްއެވެ. “ހުސް މޭޒެއް ނެތްދޯ.. އިފް ޔޫ ޑޯންޓް މައިންޑް އަހަރުމެންނާ ޖޮއިން ވާވީއެއްނު… އަޔާންވެސް އެބައިންމިތާ..” މާޔާ ހަމްނާއަށް ބަލައިލީ ހަމްނާ ބުނާ އެއްޗެއް ބަލާށެވެ. މާޔާ އަށް އޯކޭ ވިއްޔާ އަހަރެންގެ މައްސަލައެއް ނެތް… އޯކޭތަ މާޔާ..” ހަމްނާ މާޔާ ކައިރީ އަހާލުމުން މާޔާ އެކަމަށް އެއްބަސްވީ އެހެން މޭޒެއް ހުސްކޮން ނެތުމުންނެވެ. ބާޒާރު ކުރަން ނުކުމެފައި އެންމެ ފުރަތަމަ މިތަނަން އައީވެެސް ހަމްނާ ބަނޑުުހައިވެގެން ކީމައެވެ. އެހެންވެ ނުކައި ދާން މާޔާ ބޭނުން ނުވީއެވެ.

ތިން މީހުންގޮސް އަޔާންއިން މެޒު ކައިރިގައަށް ހުއްޓުމުން އަޔާން ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ފޯނު ބެއްވިއެވެ. މަޔާމެނަށް ހިނތުންވެލާފައި އިށިންނާށޭ ބުނެލިއެވެ. “އޯޑަރު ދޭން ވީއެއްނު..” އަޔާން ވެއިޓަރަކަށް ގޮވާލާފައި ބުނެލިއެވެ. އަޔާންމެންވެސް އޯޑަރު ނުދެންދޯ..” މާޔާ ފުރަތަމަ ފަހަރަށް އަޔާންއާ ވަހަކަ ދެއްކިއެވެ. “އާން.. އަދި ހަމަ މިއައީ އަހަރުމެންވެސް..” އަޔާން މާޔާއަށް ޖަވާބު ދިނުމަށްފަހު ކާއެއްޗެއްސަށް އޯޑަރު ދިނެވެ. “އަޔާން ތި މިރަށު ކުއްޖެއްތަ..” “އާން އަހަރެން މިރަށް…” އަޔާން ހަމްނާގެ ސުވާލަށް ޖަވާބު ދިނެވެ. “އެކަމަކު އަޔާން ނުއެއްފެނޭ މިރަށަކުން ދޯ މަޔާ..” މިފަހަރު ހަމްނާ ދޯ ދިނީ މާޔާއަށެވެ. “އާން އަޔާން ކުޑައިރުން ފެށިގެންވެސް އުޅުނީ މާލޭގަ.. އޭލެވެލް ނިންމާފަ ހުރީ ރަޝިޔާގަ ކިޔަވަން މިކޮޅަށް އެއައީ މިކޮޅުން ވަޒީފާ ހަމަ ޖެހުނީމަ..” ފާރިޝް ހުރިހާ އެއްޗެއް ކިޔާލުމުން އަޔާން ލޯއަޅާލި ގޮތުން ފާރިޝް ކައިރިއަށް އައީ ލާނެތް ހިންޏެކެވެ. ކައި ނިންމާލާފައި ބިލް ގެނައުމުން މާޔާ ލާރިދޭން އުޅެން ފެށުމުން އަޔާން އެކަން މަނަ ކުރިއެވެ. ‘އެކަމަކު.. އުހުނ އެގޮތެއް ކަމަކު ނުދާނެ..” މާޔާ ކިޔާ ކިޔާވެސް އަޔާން ލާރިއަކު ނުހިފިއެވެ. “މާޔާ އެއީ އެވަރު ކަމެއް ނޫނެއްނު.. އޯކޭ ދެން އެހެން ރެއަކުން މަޔާ ކެއުމެއްދީ އޯކޭއެއެްނު ދޯ..” އަޔާން އެހެން ބުނުމުން ހަމްނާއާއި ފާރިޝް ހީގަތެވެ.

ޑިއުޓީއަށް ނުކުންނަންޖެހޭ ފުރަތަމަ ދުވަސްކަމުން އަޔާން ބެލީގަޑި ނުޖެހި ދެވޭތޯއެވެ. ނާޒިމާ އަޔާންއަށް ގޮވާލުމުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. “މާޝާﷲ.. ވަރަށް ފުރިހަމަ..” ނާޒިމާ އޭނާގެ ދަރިފުޅަށް ތައުރީފް ކޮށްލިއެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއެކު ނޫކުލައިގެ ޓައީއެއް އަޅާލައިގެން ހުރި އިރު އަޔާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ނާޒިމާ އަޔާން ދާން ފެށުމުން އަޔާންއަށް ހެޔޮ ނަސޭހަތް ދިނެވެ.

ދުވަސްތައް އޭގެ އާދައިގެ މަތިން ފާއިތުވަމުން ދިޔައެވެ. މާޔާ ހަމްނާއަށް ގުޅާފައި އޭނާއަށް ވަޒީފާ ލިބުނު ވާހަކަ ބުނެލިއެވެ. “އަސްލުވެސްތަ.. އަހަރެން ވަރަށް އުފާވެއްޖެ.. ހަމްނާ ހުރީ ވަރަށް އުފާވެފައިކަން އޭނާގެ އަޑުން އިނގެއެވެ. “ޖޮބް ލިބުނީމަ ޓްރީޓް އޮންނާނެ ދޯ..” “އާން ޔަގީނެއްނު ހަމް ބޭނުުން ރެއަކުން ހަމަ ދާންވި..”މާޔާ ފޯނު ބޭއްވީ ދާންވީ ރެއެއް ބުނާށޭ ކިޔާފައެވެ.

ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސް ކަމުން މާޔާ ހުރީ ކުޑަކޮން ނުތަނަވަސް ވެފައެވެ. ހޮސްޕިޓަލަށް ވަދެފައި އެތާ ތިބި ކުދިންނާ ވާހަކަ ދައްކާލާ ހެދުމުން ހަމައަކަށް އެޅުނެވެ. ބަލި މީހުންނަށް ހިދުމަތް ކޮންދެވުމުން މާޔާގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ލިބުނެވެ. “މާޔާ މިރޭ ކުޑަކުދިންގެ ޑޮކްޓަރު ރައުންޑަށް ދާއިރު މާޔާ ޑޮކްޓަރާއެކީގައި ދޭ އިނގޭ..” ނަރުހުންގެ އިންޗާޖަކަށް ހުރި ހަފްސާ އެހެން ބުނުމުން މާޔާ ހަފްސާއަށް ބޯޖަހާލިއެވެ.

އަށެއް ޖެހިއިރު ޑޮކްޓަރު ރައުންޑަށް އައިކަން އެނގުމުން މާޔާ ތެދުވެގެންގޮސް ޑޮކްޓަރުގެ ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ހުއްދަ ލިބުމުން އެތެރެއަށް ވަނެވެ. މާޔާ އެތެރެއަށްވަދެ ދޮރު ލައްޕާލާފައި އެނބުރެލިތަނުން ގޮނޑީގައި އިން އަޔާން ފެނިފައި ފިޔަވަޅަށް ހުއްޓުން އެރިއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ރޯޒީ ***** (2)

Next

އަލްމާޝް 8

Next
August 8, 2015

އަލްމާޝް 8

Previews
August 7, 2015

ރޯޒީ ***** (2)

11 Comments!

  1. mizu says:
    August 7, 2015 at 8:02 pm

    V reethi

  2. Zila says:
    August 7, 2015 at 8:22 pm

    Haadha kurey. ahves kameh nuve part ah nimijje. bt story vvvv nice

  3. brogunda says:
    August 7, 2015 at 8:43 pm

    4 udhares upload vaaleh haadha lahey

  4. ken? says:
    August 7, 2015 at 9:31 pm

    V reethi…ekam too short…waiting for next part….?

  5. shaail says:
    August 7, 2015 at 10:03 pm

    nice , ekam kuru dw

  6. Crazi says:
    August 8, 2015 at 12:21 am

    Shalhi

  7. pinky says:
    August 8, 2015 at 12:35 am

    Haadha kurey. Pls dhigu koh genesdhyba.

  8. lyn says:
    August 8, 2015 at 3:22 am

    Salhi…but haadha kurey…

  9. nihaa says:
    August 8, 2015 at 5:27 am

    Nice… Ekam maakuryy..

  10. kaileen says:
    August 8, 2015 at 3:04 pm

    nice story

  11. dhahna meeheh says:
    August 13, 2015 at 2:23 pm

    nice…..asl mashah heevanee story kurukoh egenesdhenee kiyuntherin kitaahiyh kuruvanhen. gud idea…

Comments are closed.


All Right Reserved!