Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ރޯޒީ ***** (2)

GOLDENPEN0555 Level 110 Stories
August 7, 2015 4 Mins Read
11 Comments

” އޯކޭ. އަވަސް ކުރާތި؟” ކުޑަކޮށް އަމުރުވެރި ރާގެއްގައި ރޯޒީ ބުނެލިއެވެ.

” މައްސަލައެއްނޯންނާނެ.” އަހަރެން އަވަސް އަވަހަށް ފޯން ބޭއްވީމެވެ.

ރޯޒީމީ އާދައިގެ ކުއްޖެއްނޫނެވެ. އަދިވެސް ހަމަ ކުޑައިރުގެ އުޅުމެވެ. ކަމަކާއި ހިފަންފަށައި ފިއްޔާ އެނިމުނީއެވެ. ދެން އެކަމެއް ނުނިމެނީސް ނުހުއްޓާނެއެވެ. އެހާ އަވަހަށް އެކަމެއްވާން ބޭނުންވާނެއެވެ. ރޯޒީ ބޭނުންވާކަމެއް ބޭނުންވާ ގަޑީގައިވާންޖެހޭނެއެވެ. ރޯޒީގެ ހިތް އަވަސް ކަމުން އަހަރެން ހައިރާންވެއެވެ. އެހާ ހިތް އަވަސް މީހުން އުޅޭކަން އަހަންނަށް އިނގުނީ ރޯޒީއާއި ދިމާވި ފަހުންނެވެ. މައްސަލައެއްނެތްތާއެވެ. މިރައްޓެހިކަން މިހާ ދުވަހު ދެމިއޮންނާނީވެސް ރޯޒީ ރަނގަޅު ކަމުންތާއެވެ. އެއް ކުލާހެއްގައި ކިޔެވި ބައިވަރު ކުދިން އެބައުޅެއެވެ. ފެނުނީމާ ފެންނަކަމަށް ހަދަނީވެސް މަދު ބައެކެވެ. މިހާ ދުވަސް ވީއިރުވެސް ރޯޒީ ބަދަލެއް ނުވެއެވެ. އަހަރެންގެ ކޮންމެ އުފަން ދުވަހެއް ފާހަގަ ކުރާނެއެވެ. ގަޑިން ބާރަ ޖަހާތަނުން އެންމެ ފުރަތަމަވެސް ލިބޭނީ ރޯޒީގެ އެސް.އެމް.އެސްއެވެ. ހަނދާން އެބަހުއްޓެވެ. ގްރޭޑް ފަހަކުން ފެށިގެން މިއަދާއި ހަމައަށް ރޯޒީއަށްވުރެ ކުރިން އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވުނު މީހަކު ނޫޅޭނެއެވެ. އެހާވެސް ރޯޒީ އެކަމަށް ސަމާލުކަން ދޭނެއެވެ. ގަޑިއަށް ކަންކަން ކުރުމަށް ރޯޒީވަރެއްނޯންނާއެވެ. އެހާވެސް ރޯޒީ ފަރުވާތެރިވާނެއެވެ. އަހަރެން ކޮންމެ އުފަންދުވަހެއްގައި ރޯޒީ ގަނެގެން ގެނެސްދީފައިވާ ވާހަކަ ފޮތްތައް އަދިވެސް އަހަރެންގެ އަތުގައި އެބަހުއްޓެވެ. ކޮންމެ ގޮތެސްވިޔަސް ރޯޒީ ކަހަލަ ދެވަނަ ރައްޓެއްސަކު އަހަންނަށް ލިބޭނެހެނެއް ހީއެއްނުވެއެވެ.

އަހަރެން ލޯބިން ރޯޒީ އަށް ރޯޒީ ކިޔަން ޖެހުނީވެސް އެހެން ވެގެންނެވެ. އަނެއްކޮޅުން ކުޑަކޮށް ރޯޒީއަށް ހިތްކިޔާ ގޮތެއް އަހަރެންވެސް ހުރެއެވެ. ރޯޒީގެ ފިނިފެންމަލެއް ފަދަ އަންހެންވަންތަ ރީތި ފުރިހަމަ ތުންފަތަށް ސްކޫލުގައި އުޅުނު އިރުވެސް ވަރަށް ގިނަ ކުދިން ބަހުން ޖަހާނެއެވެ. އަހަންނާއި މާކައިރިކޮށްލައިގެން ރޯޒީ އުޅޭތީވެ ސްކޫލުގެ ބައެއްކުދިންގެ ފަރާތުން ވަރަށް އުދަނގޫވެސް ވެފައި އެބަހުއްޓެވެ. މާރާމާރިއަށް ނުގޮސް އެކަން ހުއްޓެނީ އެދޭތެރެއަށް ރޯޒީވަނުމުންނެވެ. އަނެއްކޮޅުން އަހަރެންގެ ޙާލު އަހުވާލު މަހަކު ތިން ފަހަރު ރޯޒީ ބަލާނެއެވެ. މަދުވެގެން މަހަކު އެއް ފަހަރު އަހަންނާއި ކޮންމެވެސް ގޮތަކަށް ބައްދަލުކުރާނެއެވެ. ގްރޭޑް ހަޔަކުން އަހަރެމެން ދެމީހުން ދެ ސްކޫލަށް ބަދަލުވާން ޖެހުނެވެ. އެކަމާއި ރޯޒީވަރަށް ދެރަވިއެވެ. ދެރަވެގެން ރޯޒީ ކުރަހާފައި ދިން ކުރެހުން އަދިވެސް އަހަރެންގެ އަތުގައި އޮންނާނެއެވެ. ފެންވަރައި ނިމިގެން ތައްޔާރުވަމުން ދިޔައިރުވެސް އަހަންނަށް ވިސްނެނީ ސްކޫލުގައި ރޯޒީމެންނާއިއެކު ކުރެވުނު މަޖާކަންތައްތަކަށެވެ.

ތައްޔާރުވެގެން ފޯނަށް ބަލާލިއިރު ތިން ފަހަރު ރޯޒީ ގުޅާފައި އޮތެވެ. ދެން އޮތީ މެސެޖެއް ކޮށްފައެވެ. ރުޅިމޫނު ފޮނުވާފައިވާ އެމެސެޖުގައިވަނީ އަވަސްކުރުމަށެވެ. އަހަރެން ހިތަށް އެރިއެވެ. ރޯޒީ މިއުޅެނީ ހާދަވަރަކަށް އަވަސް އަރުވާލައިގެން ކޮން ކަމެއް ނުވެގެން ހެއްޔެވެ؟ އެހެންވެ އަވަސް އަވަހަށް ރޯޒީއަށް ގުޅާލީމެވެ.

” ބަރާބަރު ތިން މިނިޓް ތެރޭގަ ތިރިއަށް ފައިބަންޖެހޭނެ. ދެޓްސް އެން އޯޑަރ. އޯކޭ.” އެހެން ބުނުމަށްފަހު ރޯޒީ ފޯން ކަނޑާލީ އަހަންނަށް ވާހަކަދައްކާނެ ފުރުޞަތެއް ނުދީއެވެ.

އަހަރެން އަވަސް އަވަސް ކޮށްލައިގެން ތިރިއަށް ފޭބީމެވެ. ރޯޒީއެއް ނެތެވެ. އެހެންވެ، މަޑުމަޑުން ގޭގެ ދޮރުމަތީގައި މަޑުކޮށްލީމެވެ. ދެން ރޯޒީއަށް ގުޅާލީމެވެ. ރޯޒީ ފޯން ބިޒީކޮށްލިއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ރޯޒީ ފޯން ބިޒީކޮށްލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ލަސްވެގެން އުޅުނު ރޯޒީ މިކުރަނީ އަނެއްކާ ކޮން ސަމާސާއެއް ބާވައެވެ؟ ހިތަށް އެރިއެވެ. ދެން ނުގުޅާނަމެވެ. ރޯޒީ އެހާވަރަކަށް ބައްދަލުކުރަން ބޭނުމިއްޔާ ބައްދަލުކުރާނެތާއެވެ. ދެން އަހަންނަށް ގުޅަން ޖެހޭނީ ރޯޒީއަށެވެ. އަހަންނެއް ނުގުޅާނަމެވެ.

އަހަރެން ފޯނުން ގަޑިއަށް ބަލާލީމެވެ. ދިހަ މިނިޓްވަނީ އެވެ. ރޯޒީއެއް ނައެވެ. ދެން އަނެއްކާވެސް ރޯޒީގެ ފޯނަށް ގުޅާލީމެވެ. ފޯން އޮތީ ނިއްވާލާފައެވެ. ހިތަށް އެރިއެވެ. ރޯޒީ މިއުޅެނީ އަހަރެން ކޮން ގޮތަކަށް ޓެސްޓްކުރަން ބާވައެވެ. ދެން މަގުގެ ދެކޮޅަށް ބަލާލީމެވެ. ރޯޒީއެއް ފެންނާކަށް ނެތެވެ. ދެން ބަލާލި ތަނުން ފެނުނީ ގޭގެ ކުރިމައްޗަށް ކަޅުކުލައިގެ ކާރެއް ހުއްޓާލިތަނެވެ. ފެންނަ ފެނުމަށް އެއީ އަގުބޮޑު މޮޅު ކާރެއްކަން އަހަންނަށް ޔަޤީންވިއެވެ. ކުއްލިއަކަށް ކާރުގެ ދޮރު ހުޅުވާލާފައި ރޯޒީ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.

” ތީތަ ލަސްވެގެން އުޅޭ މީހުން ކަންތައް ކުރާގޮތް.؟” ރުންކުރު ގޮތަކަށް އަހަރެން އެނހީމެވެ.

” ސުވާލު ނުކޮށް ހިނގާ ކާރަށް އަރަން.” އަހަރެންގެ އަތުގައި ހިފައިގެން ރޯޒީ ދިޔައީ ކާރު ކައިރިއަށެވެ.

” މީކޮންކަމެއްތަ؟” އަހަންނަށް ދެން ވެސް ކޮށްލެވުނީ ސުވާލެކެވެ.

” ކުރިންވެސް ބުނިންދޯ ސުވާލުނުކޮށް ކާރަށް އަރާށޭ. ގަދަކަމުންތަ ކާރަށް އަރުވަންވީ. ދެންވެސް އަވަހަށް ކާރަށް އަރާބަލަ. މިހާރު މަގު ބުލޮކުވަނިއްޔޭ އަހަރުމެންނާ ހެދި.” ރޯޒީ ހިތްހަމަ ނުޖެހުމުގެ ރާގަށް ބުނެލިއެވެ.

” އޯކޭ.އޯކޭ.” ކާރުގެ ފަހަތަށް އަރަން ދިމާކޮށްލަމުން އަހަރެން ބުނީމެވެ.

” ނޯ.ނޯ.ނޯ. ވިއައިޕީން ކުރީ ސީޓަށް.” ކުރީ ޝީޓަށް އިޝާރާތްކޮށްލަމުން ރޯޒީ ބުނެލިއެވެ.

އަހަރެން ގޮސް ކާރުގެ ކުރީ ސީޓްގައި އިށީނީމެވެ. އަހަންނަށްވުރެ ކުރިން ކާރަށް އަރާ ފަހަތު ސީޓްގައި ރޯޒީ ހަމަޖެހިލިއެވެ. ކާރުގެ ފަހަތު ސީޓްގައި ނަހުމާ އިންކަން އަހަންނަށް އެނގުނީ ކާރަށް އެރި ފަހުންނެވެ. އަހަރެން އަނގައިން ނުބުނެ މަޑުން އިނީމެވެ. އެއީ އެންމެ ފަހުގެ ޖަގުއާ ކާރެކެވެ. ދުއްވަން އިނީ ރޯޒީގެ ބައްޕައެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ކުރީގައި އެގެއަށް ދެވިފައިވާތީ، ރޯޒީގެ ޢާއިލާގެ ގިނަ މީހުން އަހަރެން ދަންނަމެވެ. އަހަރެންގެ ހިތަށް އެރިއެވެ. ރޯޒީ އަނެއްކާ މިކާރުގަ މިއައީ ކީއްކުރަންބާވައެވެ؟ މިއީ ރޯޒީގެ ބައްޕަ އެންމެ ގިނައިން ދުއްވާ ކާރެވެ. ގިނަ ފަހަރަށް މިކާރުގައި ރޯޒީ ގޮވައިގެން ތަންތަނަށް އަންނާނީ ރޯޒީގެ ބައްޕައެވެ. ކުއްލިއަކަށް އެހެން މީހަކު މިކާރު މިދުއްވަނީ އަނެއްކާ މިވަނީ ކޮން ކަމެއް ހެއްޔެވެ؟

” އޭ. ބަސް ހުއްޓިފަ ތިއިނިއްޔޯ. ކޮންމެވެސް އަނގައެއް ތަޅާބަލަ.” އަހަރެންގެ ކޮނޑުގައި ކޮށްޓާލަމުން ރޯޒީ ބުނެލިއެވެ.

” ބަސް ނުހުއްޓުނިއްޔާ ދެރައެއްނު. އަހަރެން މިހުންނާނީ ވާނުވާގަ.” ފަހަތަށް އެނބުނި ރޯޒީއާއި ނަހުމާއާއި ދިމާލަށް ބަލާލަމުން އަހަރެން ބުނީމެވެ.

” އެނގޭ ތިކަން ވަރަށް ވާނުވާގަ ދޯ ތިހުންނަނީ. ފަހުން އޯކޭވާނެ.” ނަހުމާ ވާހަކަ ދައްކަން ފެށިއެވެ.

” ހިތަށް އަރަނީ ކީއްކުރަންހޭ ރޯޒީ ކާރުގަ އަހަރެން ބަލާ ތިއައީ؟ އަނެއްކާ ކޮންތަނަކަށްތަ މިދަނީ؟” އަހަރެން އަނހާލީމެވެ.

” މިދަނީ ކުޑަކޮށް ދުއްވާލަން. މިހަވީރު ގަޑީގަ މިހެން ދުއްވާލީމަ ކިހާ މަޖާވާނެ. އަހަރެން ހާދަ އިންތިޒާރު ކުރި ދުވަހެކޭމީ. މިއަދު ވާނެ އިނގޭ މަޖާކޮށްލަން.” ރޯޒީ އުފަލުން ބުނެލިއެވެ.

” ރޯޒީ. ވަޓްސް ގޮއިން އޮން؟” އަހަރެން ބޭނުންވީ ރޯޒީ ކުރަން އުޅޭކަމެއް ބަލާށެވެ.

” ހާސް ނުވޭ. ޕްރޮގްރާމް އޮތްގޮތް މިކިޔައިދެނީ. އެއް ގަޑިއިރު ކާރު ދުއްވުން. ދެން ދާނީ ތަނަކަށް ކާން. ދާނެ ތަނެއްގެ ސުވާލު ނުކުރާތި. މީ ރޯޒީގެ ފަރާތުން ޒަޔާންއަށް ދޭ ޓްރީޓެއް. ދޯ ނަހުމާ.” ނަހުމާއަށް ދޯދެމުން ރޯޒީ ބުނެލިއެވެ.

” އެއީ ތެދެއް. މީ އަހަރެމެން ވަރަށް ކުރިއްސުރެ ރާވައިގެން ދޭ ޓްރީޓެއް.” ކުޑަކޮށް ހެމުން ނަހުމާ ބުނެލިއެވެ.

” އަހަރެން މީ ހާދަ ނަޞީބު ގަދަ މީހެކޭދޯ. ބެސްޓް ފްރެންޑުންނަށްވެސް މިތިބީ ދެ އަންހެން ކުދިން. އެވެސް އެހާ ލޯބި.” އަހަރެންވެސް ބޭނުންވީ ސަމާސާ ކޮށްލާށެވެ.

” ތީ ހަމަ ނަޞީބުވެރިއެއް. ޒަޔާންގެ ނަޞީބު އަދި މިކިރިޔާ މިފެށެނީ.” ރޯޒީ ހެމުން ހެމުން ބުނެލިއެވެ.

ރޯޒީ ބުނެގެން ޑްރައިވަރު ލަވަޖަހަން ފެއްޓީ އެހިސާބުންނެވެ. ފުރަތަމަވެސް ޖެހީ ” ލެޓް އިޓް ރެއިން އޯވަމީ” އެލަވައެވެ. އެއީ އެއްދުވަސްވަރެއްގައި އަހަންނަށް އެންމެ ރީތި އެއްލަވައެވެ. އެލަވަ ނިކުތްއިރު އަހަރެން އުޅުނީ ގްރޭޑް ހަތަރެއްގައެވެ. އިނގިރޭސި ލަވައެއް ރީތިވެގެން ހިތުން ދަސްކުރި ހަމަ އެކަނި ލަވަޔަކީވެސް އެއީއެވެ. އެކަމަކު ފަހުން އޭގައި އެކިޔާ އެއްޗެހި ރަނގަޅަށް އެނގުނު ދުވަހުން ފެށިގެން އެލަވަ މަތިން އަހަރެން ވަރަށް ފޫހިއެވެ. އެކަމަކު ހިތަށް އެރިއެވެ. ރޯޒީ ހަނދާންވެސް ގަދަ ތާއެވެ. އެދުވަސް ވަރު އެލަވަ ރީތިވެގެން އަހަރެން ރޯޒީއަށްވެސް އެލަވަ ކިޔައިދިނީމެވެ. އަހަރެން އެލަވާ ކިޔާލެއް ރީތިކަމުން ރޯޒީވެސް ބައެއް ފަހަރު ހައިރާންވެފަ އަޑުއަހަން ހުންނަކަން އެނގެއެވެ.

” ޖެހިދާނެތަ ތިނޫން އެހެން ލަވައެއް؟” އަހަރެން ބޭނުންވީ ލަވަ ބަދަލުކުރާށެވެ.

” މައްސަލައެއް ނޯންނާނެ. ކޮން ލަވަޔެއް އަޑުއަހަން ޒަޔާން ބޭނުނީ؟” ކުޑަވަރެއްގެ ސީޑީ ބޮކްސް އެއްނަގާ ދައްކާލަމުން ރޯޒީ ބުނެލިއެވެ.

” ރޯޒީ އަށް ފެންނަ ރީތި ލަވައެއްޖަހާ. އެކަމަކު ކިޔާ އެއްޗެހި އަޑުއަހަން ކެރޭކަހަލަ ލަވަޔަކަށްވާން ޖެހޭނެ.” އަހަރެން ބުނީމެވެ.

” އެހެން ވިއްޔާ ޒަޔާނަށް މިލަވަ ވަރަށް ރީތިވާނެ.” އެހެން ބުނުމަށްފަހު ރޯޒީ ޖެހީ މައިކަލް ޖެކްޝަންގެ ” ވައި ޔޫ ވަނަ ޓްރިޕް އޮންމީ” އެލަވައެވެ.

ތެދެކެވެ. އެއީ އަހަންނަށް ވަރަށް ރީތި ލަވައެކެވެ. ވީއިރު ރޯޒީ އަހަރެންގެ ވަރަށް ގިނަ ކަންތައްތަކަށް ކުރިން މިވަނީ ފާރަވެސް ލާފައިތާއެވެ. އެލަވައިގެ މާނަ ރީތިވެގެން އަހަރެން ރޯޒީގެ ކައިރީގައި ބުނީ މީގެ ފަސް އަހަރު ކުރިންނެވެ. އެއްބަހެވެ. އެލަވަ ކިޔާފައި އޮތީ ކޮންމެ މީހަކަށްވިޔަސް އެލަވައިގަވާ ކަންތައްތަކާ އަހަރުމެންނާ ވަރަށް ގުޅެއެވެ. މިކުޑަކުޑަ މުޖުތަމަޢުއާއިވެސް އެލަވަ ގުޅެއެވެ. އަހަންނަށް އެލަވަ ކަމުދިޔައީ އެހެންވެގެންނެވެ. ލަވަކިޔާފައިވާ މީހާއަށްވުރެ، އެއިންދޭ މެސެޖު ފުރިހަމައެވެ. އަހަރެން ބަލަނީ މީހާއަކަށް ނޫނެވެ. މީހާ ބުނާ ބަހަށެވެ. އެހެންވެ އަހަންނަށް އަދިވެސް ވަރަށް ކަމުދާ އެއް ލަވަޔަކީ އެއީއެވެ.

” އެއް ގަޑިއިރުވާން ދިހަ މިނިޓް. ޑްރަވަރ.  ކާރުގެ މިސްރާބް ބަދަލުކޮށްލާ ޓްރޭޑާސް ހޮޓަލަށް.” ގަޑިއަށް ބަލާލުން ރޯޒީ ޑްރައިވަރަށް އަމުރުކޮށްލިއެވެ.

” އެކީއްކުރަން ޓްރޭޑާސްއަށް. ހިނގާ އަހަރެން ގެއަށްލާން. މިހާރު ބޯ އަނބުރަން ފަށައިފި.” ދޮގެއް ހަދާލައިގެން ނަމަވެސް އަހަރެން ބޭނުމީ ގެއަށް ދާށެވެ.

” ފޮގެޓްއިޓް. ގެއަކަށް ނުދެވޭނެ. ތީ މިހާރު ތުއްތު ކުއްޖެއްނޫން ތިބުނާހާ އަވަހަށް ގެއަށް ފޮނުވަން. މިއަދު ގެއަށް ދެވޭނީ އަހަރެން ފޮނުވީމަ. އޯ.ކޭ. އަނެއްކޮޅުން ޒަޔާން ލަސްވެގެން މަންމަދޯ ގުޅާނީ. ގުޅީމަ މަށާ ހަވާލުކުރޭ. އޭރަށް ހުރިހާ ކަމެއް އޯކޭވާނެ. ހާސްކަނޑާލާ. ހެހެހެހެ.” ހެމުން ހެމުން ރޯޒީ ބުނެލިއެވެ.

=ނުނިމޭ=

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

އެސް.އެމް.އެސް. (4)

Next

ހަދިޔާ (3 ވަނަ ބައި)

Next
August 7, 2015

ހަދިޔާ (3 ވަނަ ބައި)

Previews
August 7, 2015

އެސް.އެމް.އެސް. (4)

11 Comments!

  1. Gui says:
    August 7, 2015 at 5:30 am

    Nice

  2. Na says:
    August 7, 2015 at 8:55 am

    Haadha reehchey

  3. Na says:
    August 7, 2015 at 8:56 am

    Abaan thee hama varah talented liyuntherieh

  4. Anonymous says:
    August 7, 2015 at 11:02 am

    V.I.P ey coahcheh?

  5. Aaaeeee says:
    August 7, 2015 at 12:21 pm

    Dhn k

  6. ken? says:
    August 7, 2015 at 1:27 pm

    ???

  7. nukko says:
    August 7, 2015 at 4:49 pm

    V rythi.. I think roxy propose kuran kanney e ulheney… waiting

  8. nihaa says:
    August 7, 2015 at 5:57 pm

    Nice… V I P means: Very Important Person…:)

  9. mizu says:
    August 7, 2015 at 8:11 pm

    Wow v reethi

  10. layaaly says:
    August 8, 2015 at 2:53 pm

    zayan ur the lucky man!!!

  11. Ainth says:
    August 9, 2015 at 1:30 pm

    They say I’m different
    They don’t understand
    But there’s a bigger problem
    That’s much more in demand
    You got world hunger
    Not enough to eat
    So there’s really no time
    To be trippin’ on me

    You got school teachers
    Who don’t wanna teach
    You got grown people
    Who can’t write or read
    You got strange diseases
    Ha! But there’s no cure
    You got many doctors
    That aren’t so sure, so tell me

    Why you wanna trip on me?
    Why you wanna trip on me?
    Stop trippin’

    We’ve got more problems
    Than we’ll ever need
    You got gang violence
    And bloodshed on the street
    You got homeless people
    With no food to eat
    With no clothes on their back
    And no shoes for their feet

    We’ve got drug addiction
    In the minds of the weak
    We’ve got so much corruption
    Police brutality
    We’ve got streetwalkers
    Walkin’ into darkness
    Tell me, what are we doing
    To try to stop this?

    Why you wanna trip on me?
    Why you wanna trip on me?

    Why you wanna trip on me?
    Why you wanna trip on me?
    Oh, stop trippin’, yeah, stop trippin’
    Everybody just stop trippin’

    Why you wanna trip on me?
    Why you wanna trip on me?
    No, no, no, no, no don’t you dare to me brother
    Baby, oh

    Why you wanna trip on me?
    No no, no no, no don’t you dare to me brother
    Why you wanna trip on me?
    No, no, no, no, can’t you understand that

    Why you wanna trip on me?
    Don’t you dare to me brother
    Why you wanna trip on me?
    You can’t, you can’t, you can’t understand that

    Why you wanna trip on me?
    Can’t you understand, baby
    Why you wanna trip on me?
    Ooh stop trippin’, yeah stop trippin’
    Everybody just stop trippin’

    Stop trippin’
    Stop trippin’
    Stop trippin’
    Stop trippin’

    Read more: Michael Jackson – Why You Wanna Trip On Me Lyrics | MetroLyrics

Comments are closed.


All Right Reserved!