Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަހަރެން މަރުވަނީ!!! ޕާޓް 3

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 9, 2015 5 Mins Read
13 Comments

ކުއްލިއަކަށް އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ. “ކުޅިދައްކާލާނަން”. އައީ އަހުމާންގެ މެސެޖެކެވެ. “އެއަށްވުރެ ދެގުނަ ހަސްކަ ދައްކާލާނަން. މަމީ ކާކުކަން ނޭނގެނެ އަދިވެސް.. ހުރިހާ އަންހެނުންނެއް ބަލިކަށްޓެއް ނުވާނެ. ކަލޭ ހެދިގޮތެއް ބަލަން ހުންނަން މަމީ ކަލޭގެ އެކްސް އެއް ނޫނޭ..” އަހަރެން ރިޕްލައި ކޮށްލީމެވެ.

“އާޗާ.. ތިބުނީ އެއްޗެކޭ އިނގޭ ހަނދާން ބަހައްޓާތި.. މާދަމާ ސުކޫލު ނިންމާފަ ބައްދަލު ކުރާނަން” އަހަރެން ކައިރިއަށް އައި ރުޅީގައި މަންމައަށް ގުޅީމެވެ. އަދި މަންމައަށް ވެސް ރުޅިބޭލުނެވެ. “ދަރިފުޅާ..! ތިހެދީ ރަނގަޅަށް. މަންމަ ހިޔެއްވެސް ނުކުރަން އަހުމާން އެހާ ގޯސް ވާނެކަމަކަށް.. ދަރިފުޅު ދެރަ ނުވާތި..  މާ ގަދަޔަށް ނުވިސްނާތި. މަންމަ ބުނާނީ އެ ޝިފާ އާއި ވެސް ދުރުން އުޅޭށޭ.. އަދި އަހުމާން އާއިވެސް.. ދަރިފުޅު ބަލައިގެން އުޅޭތި” “މަންމާ.. ޝާމީ ދެރަވާން ކާކު.. ޝާ ސެލްފް ޕްރޮޓެކްޓް ޓްރިކްސް ތަކުގެ ބޭނުން ހިފަން އެބަ ޖެހެޔޭ.. އޭނައަށް ރަނގަޅު ލަނޑެއް މާދަން ދޭނަން. އޭނަ ހީކުރަނީ ޝާ އަކީ ވަރަށް ބަލިކަށި ކުއްޖެއްކަމައް.. އޭނަ ޖެހި ހާ ބެރަކަށް ނަށަން ޝާ ހުންނާނެތަ.. އޭނަ އެޖަހާ ބެރުން އޭނަގެ ގައިގާ ޖަހާނީ ވެސް..” “ދަރިފުޅު.. އޭނައަށް ރަނގަޅު ބޮނޑިއެއްދޭތި.. އެކަމުވެސް ދަރިފުޅުގެ ބަލައިގެން އުޅޭތި އިނގޭ.” “ލައްބަ މަންމާ.. ދެން ބާއްވަނީ.. ނިދަން ވެއްޖެ.. ބައި މަމް. މިސް ޔޫ” “މަންމައަށް ވާނުވާ އަންގަންޗޭ.. ބައި”

އަނެއްދުވަހު ސުކޫލަށް އަހަރެން ދިޔައީމެވެ. އާދައިގެ މަތިން ޝިފާ އަށް އަހަރެން ފެންނައިރަށް އަހަރެން ކައިރިއަށް އައެވެ. އޭނާއަށް ރޭ ހިނގި ހާދިސާ ނޭނގެނީ ކަންނޭނގެއެވެ. “ޝާ.. ޔޫ ނޯ ވަޓް…” “ޝަޓް އަޕް ޝިފާ… އައި ހޭޓް ޔޫ.. ތީ ޝާގެ ފްރެންޑް އެކޭ ބުނަންވެސް ލަދުގަނޭ.. ސްޓުޕިޑް.އިޑިއަޓް.. ގެޓް ލޯސްޓް..” އަހަރެން އަނގަޔަށް އައިހާ އެއްޗެއް ކިޔައިގަތީމެވެ. އެއަށް ފަހު ގޮސް ގޮނޑީގައި އިށީނީމެވެ. ޝިފާ އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ. އެއްށްފަހު އޭނަވެސް އައިސް ގޮނޑީގައި އިށީނެވެ. އަހަރެން އެންމެ އިންތިޒާރު ކުރަމުން އައި ގަޑި ޖެހުނީއެވެ. ސުކޫލު ނިމުމާއި އެކު އަހަރެން ނިކުތީމެވެ. އަހަރެން އުއްމީދު ކުރިގޮތަށް އަހުމާން އައިސް ހުއްޓެވެ. “ހައި ބޭބީ.. މިއަދު ހިނގާ އެހެން މަގަކުން ދާން.. ސަޕްރައިޒް އެއް ދޭންޖެހެޔޭ އެބަ..” އަހަރެން ވަރަށް ފޮނިވެލާފައި އޭނައާއި ކުރިމަތި ލަމުން ބުނީމެވެ. އޭނާ ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހައިރާންވެފައެވެ. “ބޭބީ.. އަނގައިން ސޮނި ފައިބަފާނެ.. ތީ މިހާރު ބޮޑު ކުއްޖެއްނު.. އަނގައިން ސޮނި ފޭބީމަ ކުދިން މަލާމާތް ކުރާނެ. އަވަހަށް އަނގަ ލައްޕާ އިނގޭ” އަހަރެން އޭނާ ރުޅި އަރުވައި ހިއްވީއެވެ. އަހަރެން މީ ވަރަށް ކެރޭ ކުއްޖެއް ކަން ދައްކާލީއެވެ. އަހަރެން އެހެންމީހުންނަށް ޗެލެންޖް ކުރަން ވަރަށް ބޭނުންވެއެވެ.

އަހުމާން އަނގައިން ބަހެއްވެސް ބުނެނުލާ އަހަރެން ފަހަތުން އައެވެ. އަހަރެން ގޮސް ވަނީ މީހުން މަދުން ނޫނީ ނުހިނގާ ގޯޅިއަކަށެވެ. “ހުމްމްމް.. ކަލޭ ރޭ ބުނި ކުޅިދައްކާލާނަމޭ.. ބުނަން ކަމެއް ފެށުމުގެ ކުރިން އެކަމުން ލިބޭނެ ނަތީޖާއާއި މެދު ވިސްނަން ވާނެ. ރަށު ތެރޭ އަންހެން ކުއްޖަކު ކަލޭ ގައިގާ ތަޅައިގަނެގެން ހޮސްޕިޓަލުގައި އެބައޮތޭ ބުނީމަ ކަލެއަށް ލިބޭނެ ނަން ރީއްޗެއް ނުވާނެ ދޯ..” އަހަރެން އަހަރެންގެ ދަތްޕިލަ އޭނައަށް ދައްކާލީމެވެ. އޭނާ ރުޅިއައިސްގެން ތުރުތުރު އަޅަން ފެށިއެވެ. އަހަރެން ކައިރިއަށް އައީ ހިންޏެވެ. އޭނަ އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ވަރަށް ވެސް ބާރަށެވެ. ނަމަވެސް އެއިން އަހަންނަށް އަސަރެއް ނުވާކަން އަހަރެން ދެއްކީމެވެ. “ދައްކަބަ ކަންފަތް.. ވާހަކަ އެއް ބުނާން.” އަހަރެން އަނެއް އަތުން އޭނަގެ ކަންފަތުގައި ވަރަށް ބާރަށް ހިފައި އަހަރެން ތުންފަތާއި ކައިރިއަށް ގެނައިމެވެ. އަހަރެންގެ ހަރަކާތްތަކަށް އޭނަ ހުރީ ބަލާށެވެ.

“ޗެލެންޖް އެކްސެޕްޓެޑް” އަޑުގެ ނެތްތަނަށް އޭނަގެ ކަންފަތް ބުޑުގައި އަހަރެން އެހެން ބުނީމެވެ. އޭނާ ވަގުތުން އަހަރެން އަތުން ދޫކޮށްލުމަށްފަހު ކަންފަތުގައި އަތް އެޅިއެވެ. “އުޕްސް މާ ބާރަށް ދޯ… އަންހެނެއްގެ އަޑަކީ އައުރައެއް… ކަލެއާއި ހެދި އެކަންވެސް ހަނދާން ނެތުނީއޭ” އަހަރެން އެހެން ބުނުމަށް ފަހު އޭނަގެ ކޮލަށް ހޫނު ހަމަލާއެއް ދިނީމެވެ. “ރޭގަ އަހަރެން ހުރީ މަޖުބޫރުވެފަ.. މާ ބޮޑު ކަމެއް ނުކުރެވުނު.. އެކަމު މިއަދު… ކަލޭ ހިތަށް އަރާނެ މަށާ ވައި ނޭޅެވުނު ނަމައޭ” އަނެއްކާވެސް އަހަރެން އޭނާ ގައިގާ ޖެހީމެވެ. އޭނަ އައިސް އަހަރެންގެ ދެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ފައިން އޭނައިގެ ފައިމައްޗަށް އެރީމެވެ. އަރައިގެން ހުރީ ސުކޫލް ބޫޓު ކަމުން އޭނައަށް ވަރަށް ތަދުވާނެއެވެ. އޭނަ ވަގުތުން އަހަރެން އަތުން ދޫކޮށްލިއެވެ.

“ކަލޭގެ ކޮއްކޮއަށް މީހަކު އެހެން ހެދިނަމަ ކިހިނެއް ކަލެއަށް ވާނީ.. އޭނ.. އަހަރެން މަޑުމައިތިރިކަން އިސް ކުރާތީ އޭގެ މާނައަކީ އަހަރެން މީ ވަރަށް ބަލިކަށި ކުއްޖެކޭ ނޫނޭ އިނގޭ.. ކަލޭ ވިސްނާލަ ބަލަ.. އަހަރެން ޝާހާން ދެކެ ލޯބި ވިއެއްކަމަކު ކަލެއަށް ޓަކައި އެލޯބި ވެސް ޤުރުބާން ކޮށްލީ.. ކަލޭ އަހަރެން ދެކެ ވަމުން އައި ލޯތްބައް ޤަދަރު ކުރާތީ.. ކަލޭ ހެދި ގޮތެއް ހެދެން ހުރީ.. ވިސްނާލަބަލަ.. އަހަރެން ހިތަށް ހާދަ ތަދުވެއޭ.. އަހަރެން ލޯބިވާ މީހާ ނޫން މީހަކާ އުޅެން..” އަހަރެން ފުން ނޭވައެއް ދޫކޮށްލީމެވެ. އަހުމާން ހުރީ އަހަރެން ދައްކާ ވާހަކަ އަޑުއަހާށެވެ. އޭނާ އިތުރު ކަމެއް ކުރަން ނުކެރުނީ ކަންނޭނގެއެވެ. އަހަރެންގެ އަޑު އައި މަޑުވަމުންނެވެ. އަހަންނަށް ދިޔައީ ރޮވެމުންނެވެ. “އަސްލު އަހަރެން ހީކުރީ އަހުމާން އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް. އަހަރެން ދެކެ ލޯބި ވާކަމަށް.. އެކަމު ރޭ އިނގުނު ކަލޭ އަހަރެން ދެކެ އެއްވެސް ލޯތްބެއް ނުވާކަން.. އަހޫ އަހަރެން އަބަދުވެސް ވިސްނީ އަހޫގެ އުފަލާމެދު.. އަހަރެން އުފާތަކާއި މެދު ވިސްނައިވެސް ނުލަން… އަހޫއަށް ކުރާ އިހްތިރާމް ބޮޑުވީމާ.. ތި ލޯތްބަށް އިހްތިރާމް ކުރާތީ.. އެކަމު…. އަހަރެން ދުވަހަކުވެސް އަހޫ އަށް އަހަރެން ލޯބި ނުވާ ކަން ފީލް ވިޔަކަ ނުދެން.. އަހަރެން އެ ހުރިހާ އުފަލެއް ދިނިން.. ނުދެވުނު އުފަލަކީ އަހަރެން ހަށިގަނޑު ގައި އަތްލުން ދޯ.. އަހަރެން ހިތަށް އެރި އަހޫ ވަރެއް ނެތޭ.. އަސްލުވެސް ހަމަ އަހޫ ވަރެއް ނެތް.. ވަރަށް މޮޅު ކުޅުނު ގޭމް..”

އަހަރެންގެ ލޮލުން ކަރުނަތަށް ހިފެހެއްޓުމެއް ނެތި އަންނަން ފެށިއެވެ. އަހުމާން ހުރިތާ އިސްޖަހައި ލައިގެން ހުއްޓެވެ. އޭނައަށް ހެޔޮ ވިސްނުން ވިސްނުނީ ކަންނޭނގެއެވެ. މާތް ﷲއަށް ހިތާހިތުން ޝުކުރުކޮށްލީމެވެ. “އަހަރެން ދެން މިދަނީ ގެއަށް ދާން.. ވަރަށް ބޮޑަށް ސޮރީ އަހުމާން ގެ ގަޔަށް އަރައިގަނެވުނީމަ.. އަހަރެން އެހެން ހުރެފައެއް ގަޔަށް ބޮލަކަށް ނާރާނެ ދޯ… އަހަރެން އަހުމާން ގެ ދިރިއުޅުމުންވެސް މި ދަނީ.. ފާގަތި ދިރިއުޅުމަކަށް އެދެން..” އަހަރެން ސަލާމް ކޮށްލަން އަތް ދިއްކޮށްލީމެވެ. އަހުމާން އަހަރެންގެ މޫނަށް ބަލައިލިއެވެ. “ޝާ.. އަހަރެންނަށް މާފުކުރޭ..” “އަހަރެން އެއްވެސް މީހަކަށް ހިތް ބަރެއް ނުކުރަން.. އެހެންމީހަކު އަހަރެން ކައިރި މާފު ކުރާށޭ ބުނާކަށް ނުޖެހޭނެ.. އަހަރެންނަށް އިނގޭ އެންމެން އެއްގޮތެއް ނުވާނެކަން.. އެކަމުވެސް އަހަރެން ވަރަށް އުފާވި ވިސްނުނީމަ..” އަހުމާން އަހަރެންނާއި ސަލާމް ކޮށްލިއެވެ. އަދި އަހަރެންގެ ކޮލުގައި ފިރުމާލުމަށްފަހު އޭނާ ދިޔައެވެ.

އަހަރެން މިނިވަންވީއެވެ. މާތް ﷲ އަށް ހަމްދުހުއްޓެވެ. އަހަރެން ގެއަށް ގޮސް މަންމައަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. މަންމަ އަހަރެންނަށް ނަސޭހަތްތެރިވީ ދެން ބާކީ އޮތް ދުވަސްކޮޅު ކިޔަވާ ނިންމާލައިގެން އަވަހަށް ރަށަށް އައުމަށެވެ.

އަހަރެން 12 ނިންމީ ވެސް ވަރަށް ރަނގަޅު ނަތީޖާ އަކުންނެވެ. އެ ދުވަހަށްފަހު އަހުމާން ގެ ހަބަރެއް ވެސް ނުވެއެވެ. އަހަރެން މަންމަ ކައިރިއަށް ދެވޭތީ ހުރީ ވަރަށް އުފަލުންނެވެ. ހަޤީޤަތުގައި ޝާހާން ކައިރިއަށްވެސް ދެވޭތީއެވެ. ޝާހާންއަށް ލޯބި ހުށައަޅަން އަހަރެން ބޭނުން ވިއެވެ. އަހަރެން ރަށަށް ގޮސް އޮންލައިން ކޯސްތަކުގައި ބައިވެރިވީމެވެ. ޓީޗިންގެ ދާއިރާއިންނެވެ. އެއަށްފަހު ރަށުގެ ފިހާރައެއްގައި މަސައްކަތް ކުރަން ފެށީމެވެ.

އެތަކެއް ދުވަސްފަހުން އަހަރެން އެފްބީ ހުޅުވާލީމެވެ. އަހަރެންނަށް މީހަކު ފްރެންޑް ރިކްއެސްޓެއް ފޮނުވާފައި އިނުމުން އަހަރެން އަވަހަށް  ކާކުތޯ ބަލާލީމެވެ. “ޝާހާން” އަހަރެންނަށް ހިތާ ހިތުން ކިޔާލެވުނެވެ. އަހަރެން އަވަހަށް އެކްސެޕްޓް ކޮށްލީމެވެ. ވީ އުފަލެއްގެ ބޮޑުކަމުން ރޮވުނެވެ. އޭގެ އަނެއް ދުވަހު އަހަރެން އެފްބީއަށް ވަތްއިރު އޭނަ އިނީ އޮންގައެވެ. “ހައި.” އަހަރެން ޓައިޕް ކޮށްލީމެވެ. “ކާކުކަން އިނގޭތަ؟”. އަހަރެން ހިތް އަވަސް ވިއެވެ. އޭނަ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. “އޯ.. ހައި.. ނޭނގެ ކާކު ކަމެއް..” “ހަމަ ނޭނގޭތަ” “ހުމް.. ބުނެބަ ކާކުތަ ތީ.” “ޝާނާ ވަހީދު. ދަންނަންތަ؟؟” “އޯ… ޝާނާ ދޯ… ހާދަ ދުވަހެއް ފަހުން.. އެރަށަށް ގޮއްސަ ހަބަރެއް ވެސް ނުވޭ ވިއްޔަ..” “އަދިވެސް ޝާތަ..” “ހުމްމް.. އަސްލު އިނގޭ ޝާ ކަން.. ޝާ ހަދާއެއްޗެން ބަލަންވެގެން ކާކުހޭ އަހާލީ”. ދެމީހުންގެ އެކުވެރިކަން އަނެއްކާވެސް ފެށުނީއެވެ.

އޭގެ އެތަކެއް ދުވަސްތަކެއް ފަހެވެ. އަހަރެން އޭނައާއި އެންމެ އަހަން ބޭނުންވާ ސުވާލު އަހަރެން އެހީ އެދުވަހުއެވެ. “ޝާހާން.. ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟” “ހުމްމްމް…” އަހަރެން ގެ ހިތް ކުދި ކުދި ވެގެން ދިޔައެވެ. ލޮލުން ކަރުނަތަށް އޮހިގަތީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ވަރަށް ހިތްވަރު ކޮށްލުމަށްފަހު އަނެއްކާވެސް އަހަރެން ޓައިޕް ކުރީމެވެ. “ކާކާތަ؟” “އިނގެއެއްނު ފަނާ.. އޭނައާ” “އެހެންތަ.. ދެން ރަނގަޅުތާދޯ.. އޭ ޝާ ދާން ވެއްޖެ.. ބައި.” އަހަރެން އޭނަގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެފްބީ އިން ލޮގްއައުޓް ވީމެވެ. އެއަށްފަހު އަހަރެންނަށް ރޮވެން ފެށުނެވެ.

ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތަށް މަސްތަކަށް ބަދަލު ވެގެން ދިޔައީ ވަރަށް އަވަހަށެވެ. އަހަރެން އެއަށް ފަހު އެފްބީ އަކަށް ނުވައްނަމެވެ. އަހަރެން ހީކުރާ ގޮތުގައި އެންމެންވެސް އުޅެނީ އެއްގޮތަށެވެ. އަހަރެން އެހެންމީހަކު ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ ޝާހާން އެވެ. އަހަރެން ހިޔާލުތަކަށް ގެއްލިފައި އިންތަނާ ސިއްސައިގެން ގޮސް ހޭވެރިކަން ވީ ފޯނު ރިންގް ވާން ހެދީމައެވެ. ނުދަންނަ ނަންބަރެކެވެ. “ހަލޯ” “ޝާ.. ކިހިނެއް ވެގެންތަ ތިއުޅެނީ.. ކީއްވެ އެފްބީއަށް ނުވައްނަނީ.. ނޭނގެނީތަ އަހަރެންނަށް ވާނެ ވަރު.. ޝާ މޮޔަވީތަ..؟” އަހަރެން އެއްޗެކޭ ބުނަން ވާއިރަށް ޝާހާން ފަތިވަރެއް ދަމާލިއެވެ. “އަދިވެސް ޝާތަ އޭ؟؟؟ ޝާހާން އެއްނު މޮޔަ ތިވީ. އެހެންނޫނަސް ޝާހާންއަށް ކީއް މަ އެފްބީއަށް ވަނަސް ނުވަނަސް. ޝާހާން ތީ ފަނާގެ ބީއެފް އެއްނު.. އަހަރެންގެ އެއްނޫނެއްނު.” އަހަރެންވެސް އައި ރުޅީގައި ފަތިވަރެއް ދަމާލީމެވެ. އަހަރެންވެސް ހުރީ ހަމަ ބިމަކުނޫނެވެ. ރުޅިއައިސިއްޔާ ކިޔޭ ނުކިޔޭ ނޭނގޭނެއެވެ. ކޮންމެފަދަ އެއްޗެއްވެސް ބުނެ ވިދާނެއެވެ. “ޝާނާ…!! އަހަރެން ދައްކާ ވާހަކަ އަޑުއަހައިވެސް ނުލާ އޮފް ވިގޮތަށް އޮން އެއްވެސް ނުވި.. ކިތައް މަސް.. 2 މަސް.. އަހަރެން ހާދަ އުޅެފީމޭ ޝާ އާއި ވާހަކަދައްކަން” “ކީއްކުރަން ޝާ އާއި ވާހަކަދައްކަން ތިއުޅެނީ.. ފަނާ އެހެރީނު. އެހެންނޫނަސް ހުރިހާ އެންމެން އުޅެނީ އެއްގޮތަށް.. އަހަރެން ޝާހާން ދެކެ ވަރަށް ލޯބިވެ.. ކިތައް އަހަރު އިންތިޒާރު މިކުރީ އޭ.. އަންދާޒާ ކުރެވޭތަ.. ސްޓުޕިޑް.. ނޭނގޭތަ ޝާ ޝާހާން ދެކެ ލޯބިވާކަމެއް..” “ދެން ކީއްވެ ނުބުނެވިގެން ތިއުޅެނީ.. ޝާ އެންމެ މޮޔައީ.. އައި ލަވް ޔޫ މޯރ..  ސްޓްޕިޑް ގާލް..” އަހަރެމެންގެ ގުޅުން ފެށުނީ މިހިސާބުންނެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 3

Next

އެލޯބި 2ވަނަބައި

Next
September 9, 2015

އެލޯބި 2ވަނަބައި

Previews
September 9, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 3

13 Comments!

  1. Ryn says:
    September 9, 2015 at 8:43 am

    thnks fr reading…. 😉 n lt me knw the mistakes…

  2. Mack says:
    September 9, 2015 at 9:32 am

    V reethi.waiting 4 the nxt part.knirakun nxt part…..

    1. Ryn says:
      September 9, 2015 at 9:38 am

      in sha allah 4 day therey up kuraanan. n thnks alt Mack ;)..

  3. mine says:
    September 9, 2015 at 12:28 pm

    Reethi.bt haadha kurey

    1. Ryn says:
      September 9, 2015 at 6:58 pm

      thnks mine.. n dhn in prt dhigu kureveythw balaanan.. 😉

  4. Anonymous says:
    September 9, 2015 at 3:00 pm

    kihineh mihen kiyaairu alif sukun innany kihinekey mihen kiyeythy.. kihineshey ehen nukiya ehnu.. hama egothah mashah mihen kiyaa iru shaviyani sukun innany mashashey ehen kiyaathy. mashakey ehen nukiya ehnu.. mihen visneema sukun jahan varah faseyha vaane.. shey adhi key fahathah laafa kiyeyny kon basthakehga thoa belaafa sukun jahanya ragalhu vaane

    1. Ryn says:
      September 9, 2015 at 7:00 pm

      aww. thnks anonymous… ryn balaanan thi gothah visnaign liyeveythw.. once again thanku so much

  5. Shabee says:
    September 9, 2015 at 5:09 pm

    Hey vrh reethi mibaivexx….oll da bst… 😀

    1. Ryn says:
      September 9, 2015 at 7:00 pm

      thnks Shaby 😉

  6. zai says:
    September 9, 2015 at 6:30 pm

    Wow v habeys mi partvex..ryyn miss u

    1. Ryn says:
      September 9, 2015 at 7:01 pm

      thnks Zai… miss u too 😉

  7. j boat says:
    September 10, 2015 at 10:23 am

    hei pretty ur story is nice. bt u need to improve it ingey baby girl? keep trying nd waiting for the next part.

    1. Ryn says:
      September 10, 2015 at 11:00 am

      thanks Jai… :).. i will try my best..

Comments are closed.


All Right Reserved!