Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ…. (18)

writer Level 310 Stories100 Comments
September 10, 2015 6 Mins Read
20 Comments

ހައިކަލް ހޮސްޕިޓަލްއަށް ވަދެ އައިސިޔޫއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކުއްލިއަކަށް ހައިކަލްގެ ސަމާލުކަން ހޯދީ ޖީބުން ރިންގް ވާންފެށި ފޯނުގެ އަނޑުންނެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ، ލިބުނު ހަބަރާ ހުރ ހައިކަލްގެ އަތުން ފޯނު ދޫވިއެވެ. ފަޔަށް ލެވުނު ހާ ބާރެއް ލާފައި ދުއްވާއިގަތީ ލައުހާ ކައިރިއަށެވެ. ހައިކަލްއަށް ދެވުނު އިރު ފެންނަމުން ދިޔަ މަަންޒަރުތަކުން ހައިކަލްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ލައުޙާ ކައިރީގައި ނަރުހުންނާއި ޑޮކްޓަރުން ހޭލަމޭލާއި އުޅެނީއެވެ. ލައުހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރީ މަސައްކަތެއް ކުރަމުންދިޔައެވެ. ހައިކަލް އަށް ލަސްފިޔަވަޅުތަކުގައި އައިސް ލައުހާގެ މަގަތުގައި މަޑުކޮށްލޮއެވެ.
“އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން ސަލާމަތްކުރެވޭތޯ…. އައި އެމް ސޮރީ.. ޝީ އިޒް ނޯ މޯރ..” ޖަމާލް ދިން ހަބަރަކުން ހައިކަލް ހަމައިން ނެއްޓުނެވެ.
ހައިކަލްގެ ސިކުނޑީގައި ދެންމެ އިވުނު ބަސްތަށް ތަކުރާރުވިއެވެ.ލައުހާއާއި ދިމާލަށް ރަގަޅަށް ނަޒަރު ހިންގައިލިއެވެ. އެނދުގައި އެއްވެސް ހަރަކާތެއްނެތިފައި އޮތް އިރު ހީވަނީ ފުން ނިންޏަކުން ނިދާފައިވާހެނެވެ.
” ހައްހަހަހަހަހަ…ހަހަހަހހަހހަ”
މިފަދަ ނާޒުކު ވަގުތު ކޮޅެއްގައި އެންމެންގެ ސަމާލުކަން ގެނައީ ހައިކަލްގެ ހުނުމުގެ އަޑުންނެވެ.
“ޑރ ޖަމާލް އަހަންނާ ސަމާސާ ކުރަނީތަ…ހައްހަހަހަ…”
ހައިކަލް ހެމުންދިޔައެވެ. ހީވަނީ ލައުހާގެ މަރާ ގުޅިގެން ކުއްލި ޝޮކެއް ލިބުނީ ކަމުގައެވެ.
“ހައްހަހަހަހަހަ… ލައުހާ މަރެއް ނުވެޔޭ…. ކާންޑް ޔޫ ސީ…ނީދާފަ އެއޮތީ…”
ހައިކަލް ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެން ފަށައިފިއެވެ. ކޮންމެ އެއްޗެއް ކިޔައިގެން ހިތަށް ވިސްނައިދޭން އުޅުނަސް ލައުހާ ދެނެއެއް ނުހޭލާނެކަން އެނގެއެވެ. ޖަމާލް އައިސް ހައިކަލްގެ ކޮނޑުގައި އަތްބޭއްވިއެވެ..
“ހައިކަލް… ކެތްކުރަންވާނެ… މީކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްނު…”
ޖަމާލްއަށް ބުނެވުނީ މިހިސާބަށެވެ. ހައިކަލްގެ ކޮނޑުން ޖަމާލްގެ އަތް ނެއްޓުވިއެވެ. ޖަމާލްއާއި ދިމާލަށް ހައިކަލް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.އެލޮލުގައިވާ ހުރިހާ ޝަކުވާ އަކާއި ހިތާމައެއް ބަލާލާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.
” އަތްނުލާތި… އަހަރެންގެ ލައުހާ މަރެއް ނުވޭ… ވަރަށް ސްޓްރޯންގް ވާނެ…”
ހައިކަލް ހަޅޭލަވައިގަތެވެ.
އެވަގުތު ނަރުސްކުއްޖާ ލައުހާއަށް ގުޅާފައި ހުރި ވެންޓިލޭޓަރ އިން ނެގުމަށް މަސައްކަތްކުރިއެވެ. ހައިކަލް މޮޔަވެފައި ހުރި މީހަކު ފަދައިން އެދިމާލަށް ޖެހިލިއެވެ. އެކުއްޖާ އެތަނުން ދުރުކުރުވީ އެއްވެސް މީހަކު އެއްޗެއްގައި އަތްލަައިގެން ނުވާނެކަމަށް ބުނަމުންނެވެ.
ހައިކަލް ލައުހާ ކައިރިއަށް ޖެހިލިއެވެ. ލޯބިން ފުރިގެންވާ ގޮތަކަށް ލައުހާގެ މޫނުގައި ފިރުމާލިއެވެ.
“ތިމީހުން ރަގަޅަށް މަސައްކަތެއްްވެސް ނުކުރަމެއްނު ލައުހާ ސަލާމަތް ކުރެވޭތޯ…”
ލައުހާއަށް އެވަގުތު ފަރުވާދިން ޑޮކްޓަރުންނާއި މުހާތަބުކޮށްލިއެވެ. ހައިކަލް ލައުހާއަށް ސީޕީއާރު ދޭންފެށިއެވެ.
“ލައުހާ.. ހޭލަބަ.. ލާއުހާ.. ބަލާބަ މި މީހުން ކިޔާއެއްޗެއް.. ހޭލަބަ…”.
ހައިކަލް ރޮމުން ވާހަކަ ދެއްކިއެވެ. އޭރުވެސް ހައިކަލް ކުރަމުންދިޔަ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ދިޔައެވެ.އިރު އިރުކޮޅާ މޮނިޓަރގެ ސްކްރީނަށް ބަަލައިލައި ހަދައެވެ. ލައުހާއަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބޭތޯއެވެ.
” ލައުހާ ޕްލީޒް…. ދެން އެކްޓް ނުކޮއްބަ.. ހޭލަބަ… ލައުހާ އަހަންނަށް ވައުދެއް ނުވަންތަ އަހަރެން ދޫކޮށްފަ ނުދާނެކަމަށް.. ޕްލީޒް.. ހޭލަބަ…’
ހައިކަލް ހީވަނީ ދީވާނާ ވެފަ ހުރިމީހެއް ހެނެވެ. ކިތަންމެ މަތީމަގާމެއްގައި އުޅޭމިހަކު ވެސް ލޯބީގެ ސަބަބުން ކޮންމެ ކަމެއްވެސް ކޮށްފާނެކަން މިއަދު އެންމެނަށް ޔަޤީންވެއްޖެއެވެ. ދުވަހަކުވެސް ހައިކަލް މިގޮތަށް އެއްވެސް މީހަކަށް ފެނިފައި ނުވާނެއެވެ. އެހެންކަމުން އެންމެނަށްވެސް މިކަންތައްކުގެ ސަބަބުން ހައިރާންކަން ވެރިކުރުވައިފިއެވެ، އެންމެންގެ ހިތުގައި ހައިކަލް އާއި މެދު ވަނީ ހަމްދަރްދީ އުފެދިފައެވެ.
ހައިކަލް ލައުހާއަށް ސީޕީއާރު ދޭތާ މިހާރު ތިރީސް މިނިޓާށް ވުރެ ގިނައިރު ވެއްޖެއެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓެއްކަމަކު ހައިކަލްއަކަށް އެކަމެއް އިހްސާސްކުރެވުނު ހެނެއް ހިއެއް ނުވެއެވެ. ހައިކަލް ރޮއެ އާދެސް ކުރަމުން ދިޔައީ ލައުހާ ސަލާމަތުން ހޭއެރުމަށެއެވެ.
ހައިކަލް އުޅޭގޮތް ފެނިފައި ޖަމާލްވެސް ހުރީ ފެންކަޅިވެފައެވެ. އެންމެ ފަހުން ކެތްނުކުރެވިގެން އައިސް ހައިކަލް ލައުހާއާއި ދުރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ހައިކަލް ދުލެއް ނުކުރިއެވެ. އެންމެ ފިޔަވަޅެއްވެސް ހުރިތަނުން ދުރަކަށް ނޭޅިއެވެ. އެކުވެރިޔާއަށް ވިސްނައިދެވޭތޯ ކުރެވުނު ހުރިހާ މަސައްކަތެއްވެސް ވީ ބޭކާރެވެ. އޭގެ ސަބަބުން ހައިކަލް އަށް ލިބިގެންދަނީ އިތުރު ހިތްވަރެއްހެން ހީވާ ފަހަރުވެސް ދިޔައެވެ.
“ލައުހާ… އަހަރެން ދޫކޮށްފަ ނުދޭބަ… މަންމަ ވެސް ބައްޕަވެސް އަަހަރެން ދޫކޮށްފަ ގޮއްސި…ދެން ލައުހާ ދިޔައިމަ އަހަރެން ކިހާ އެކަނި ވެރިވާނެ… ހޭލަބަ… އެންމެ ފަހަރަކު ނަމަވެސް ލޯހުޅުވާލަބަ…”
ހައިކަލް ލައުހާގެ ގައިގައި ބައްދައިގެން ވާހަކަ ދައްކަމުންދިޔައެވެ. ގިނައިރު ރުއިމުގެ ސަބަބުން އަޑުވަނީ ކުރަކިވެފައެވެ.އެ އަޑުގައި އެކުލެވިގެންވާ ވޭނީ ރިހުމުން ހިތްތަށް ޒަހަމްވެގެންދާހާ ވެއެވެ. ހައިކަލްގެ ލޮލުގައި އަޅައިގަތީ ޓްރޯލީއެއްގެ މަތީގައި ހުރި މެޝިނަށެވެ. ޑީސީ ޝޮކްދޭ މެޝިނަށެވެ.ހައިކަލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް މެޝިން ލައުހާ ކައިރިއަށް ގެނައެވެ.. ” ވަން ޓޫ ތްރީ.. ” ލައުހާ އަށް މެޝިނުގެ އެހީގައި ޝޮކްދިނެވެ.ތިންފަހަރަށެވެ. ލައުހާ ސަލާމަތްކުރުމުގެ އުއްމީދުގައެވެ.
“އައި ޕްރޮމިސް ދެން އެ ލުހްޝާން އަކަށް ލައުހާ ގަޔަކު އަތްލެވުނަސް ނުދޭނަން… ޕްލީޒް ލައުހާ… ޑޯންޓް ގޯ…” ހައިކަލް ލައުހާ ތަޅުވަމުން ބުނަމުންދިޔައެވެ. ގޮތް ހުސްވެފައިވާ މީހަކަު ފަދައިންނެވެ. ހައިކަލްގެ ހަރަކާތްތަށް ހުރިގޮތުން ހީވަނީ މިޔަވެފައިވާ މީހަކު ހެނެވެ.އެހެނަސް އެއަކުނ ްވެސް ލައުހާއަކަށް އެއްވެސް ކަމެއް ވީހެނެއް ހިއެއްނުވެއެވެ.
“އައި ލަވް ޔޫ ލައުހާ… ދެން ޕްލީޒް…” ހައިކަލް ލައުހާގެ ގައިގައި ބައްދައިގަނެވުނެވެ.
ޖަމާލް އައިސް ހައިކަލް ލައުހާއާއި ދުރުކުރުވިއެވެ. ހައިކަލް ޖަމާލްގެ މޫނަށް ބަލައިލިއެވެ. ޖަމާލްއަށް ވެސް ހުރެވުނީ ރޮވިފައެވެ.ހައިކަލް އުޅޭގޮތުން ހިތުގައި އިންތިހާ ދަރަޖައަށް ވަނީ ހަމްދަރްދީ އުފެދިފައެވެ. ހައިކަލް މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. ލައުހާއާއި ދުރަށެވެ. އިތުރަށް ބަރުދާސްތުކުރާނެ ހިތްވަރެއް ނެތީ ކަންނޭނގެއެވެ
. މަޑުމަޑުން ހައިކަލް ކަކޫ މައްޗަށް ތިރިވިއެވެ. އިސްޖަހައިގެން އިނދެ ރުއިން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނަސް އެކަންވެސް ވީ ބޭކާރެވެ. ހައިކަލް ކިތަންމެ ހިފަހައްޓަން ބޭނުންވިޔަސް ހައިކަލްގެ ކަރުނަތަކެއް ނުހުއްޓުނެވެ.
ހިތުގައި ފޮރުވާފައި ބޭއްވި ލޯބި ކުރިން ފާޅުކުރެވުނު ނަަމަ ލައުހާ މިއަދު ވަކިވެ ނުދިޔައީސް ކަންނޭނގެއެވެ. ލުހުޝާން އާއި ލައުހާ ހަވާލުކުރެވުނީތީ ދެން ހިތާމަ ކުރުމުން ވާނީ ކޮންކަމެއް ހެއްޔެވެ. ކުށްވެރިއަކީ ހައިކަލްއެވެ. ހައިކަލް އަށް ބަދަލް ހިފުމުގެ ގޮތުން ދިން އަނިޔާގެ ޝިކާރައަކަށްވީ ލައުހާއެވެ.
” އަހަންނަށް މާފްކުރޭ ލައުހާ… ޕްލީޒް ފޮގިވް މީ…”
ހައިކަލްވާހަކަ ދެއްކީ މަޑުންނެވެ. ރޮވިފައިވާ އަޑަކުންނެވެ. ހައިކަލްއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ.ލޯބިވާ އެންމެނާ ވަކިވެގެން ދިޔުމުން އެ ހިތަށް ލިބިފައިވަނީ އެކަނިވެރިކަމެވެ. މައިންބަފައިން މަރުވުމުންވެސް ހައކަލް ކެތްކުރިއެވެެ. އެމީހުންގެ ހައްޤުގައެވެ.އެކަމަކު މިއަދު ހައިކަލްއަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އެންމެންގެ ތެރޭގައި ފިޑިވީއެވެ. ހައިކަލް ހީވަނީ ހަަތަރު އުދަރެސް ފެނުޖެހިފައިވާމީހެއް ހެނެވެ. ޖަމާލްވެސް ހައިކަލްއަށް ހިތްވަރުދެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ކެތްތެރިވުމަށް ނަސޭހަތްދެމުން ގެންދިޔައެވެ.
” ލައުހާ!!!!”
އެންމެފަހުން ކެތްކުރަން ދަތިވުމުން ހައިކަލް ބޮލުގައި އަތްއަޅައިގެން ހުރެ ބާރަށްް ގޮވައިގަތެވެ.

އެންމެންގެ ވެސް ސަމާލުކަމަށް އައީ ކުއްލިއަކަށް މޮނިޓަރ ބީޕްވާ އާޑުއިވުމުންނެވެ. އެންމެންގެ ނަޒަރު ލައުހާއާއި ދިމާލަށް ހުއްޓާލެވުނެވެ. އޭރުވެސް ހައިކަލް އިނީ އިސްޖަހައިލައިގެންނެވެ. މާހައުލުން ވާ ކަންތަކަށް މާ ބޮނޑު ސަމާލުކަމެއް ނުދެއެވެ.ޖަމާލްއަވަސް އަވަހަަށް ލައުހާ ކައިރިއަށް ޖެހިލިއެވެ. އަލުން މޮނިޓަރ އޮން ކުރުމަށް ފަހު ލައުހާ އެއާ ގުޅާލިއެވެ. މެޝިން ރަގަޅުނޫނީ ކަމަށް ވިސްނާފައރވެ. އެހެނަސް އަދިވެސް މެޝިނުން ލައުހާގެ ހިތުގެ ވިންދު ހުރިކަމަށް ދައްކައެވެ.އަވަސް އަވަހަށް ޑޮކްޓަރުން ލައުހާއަށް ފަރުވާކުރުމަށް ފެށިއެވެ.
ހައިކަލްއަށް މާހައުލުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް ނޭނގޭ ފަދައެވެ. ޑރ ޖަމާލް އެތަށް ފަހަރަކު ގޮވުމުންވެސް ހައިކަލް އަކަށް އަނޑެއް ނީވުނީ އެހެންވެގެންނެވެ.
އެންމެފަހުން ޖަމާލް ހައިކަލް ކޮޅަށް ނެނގިއެވެ. ހައިކަލްގެ ހަރަކާތްތަށް ހުރިގޮތުން ހީވަނީ މަރުވެފައިވާ މީހެއް ހެނެވެ. އެއްވެސް ކަހަލަ ދިރުމެއް ނެތް ފަދައެވެ.
” ހައިކަލް ބަލާބަ އެދިމާލައަށް …”
ލައުހާއަށް އިޝާރާތް ކުރަމުން ޖަމާލް ބުނެލިއެވެ. އުފާވެރި ހަބަރު ދޭނެ ގޮތެއް ނޭނގިގެނެވެ. އެހެނަސް ހައިކަލް މިސްރާބުޖެހީ އެތަނުން ނިކުމެގެން ދިޔުމަށެވެ. އެހެނަސް ޖަމާލް ހައިކަލް ހުއްޓުވިއެވެ..
” ޖަމާލް …ޕްލީޒް… އަހަރެން އެކަނި ހުންނަން ބޭނުމީ… އެހެން ނޫނަސް ދެން މިތާ ހުރެގެން ކީއްކުރާނީ.. ދާން ބޭނުން ވާތީނު މިހާ އާދޭސް ކުރީމަވެސް… ދެނެއް ލައުހާ ނުހޭލާނެ..”
ހައިކަލްގެ އަޑުގައިވާނީ މާޔޫސް ކަމެވެ. އަދި އެއްފަހަރު ލައުހާއަށް ބަލާލުމަށާއި އެތުން ނުދިޔުމަށް އެނދުނެވެ. ހައިކަލް ހުރީ ލައުހާ ކައިރީ ހުއްޓިލައިގެން ކަމަކު ލައުހާއަށް ބަލާނެ ހިތްވަރެއް ހައިކަލް އަކަށް ނުލިބުނެވެ، އަނެއްކާވެސް އެތަނުން ދިޔުމަށް ހިނގައިތައެވެ.
ހައިކަލްއަށް ހުއްޓުން އައީ މީހަކު ހައިކަލްގެ އަތުގައި ހިފިހެން ހީވުމުންނެވެ. ހައިރާންވެފައިވާ ގޮތަކަށް ހައިކަލް އަށް އަތަށް ބަލައިލެވުނެވެ.
ހައިކަލްގެ އަތުގައި ހިފަހައްޓއިގެން ހުރީ ލައުހާ ނޫން ދެވަނަ މީހެއް ނޫނެވެ. ހައިކަލް އަށް ވީގޮތް ބުނެދޭން ނޭނގުނެވެ. ލައުހާގެ ގައގަިއ ބައްދައިގަނެވުނެވެ. ހައިކަލް ހުއްޓާނުލާ ކުރި މަސައްކަތުގެ މޭވާ ހައިކަލް އަށް ލިބުމުން އެތަށް ފަހަރަކު ހެއްދެވިފަރާތަށް ޝުކުރު އަދާކުރިއެވެ.
” މިވާހަކަ ބުނަން މިއުޅުނީ… ޝީ އިޒް ސޭފް ނައު… އިޓްސް ލައިކް އަ މިރެކަލް…”
ޖަމާލް ހައިކަލްގެ ކޮނޑުގައި އަތް ބާއްވަމުން ބުނެލިއެވެ.
“އަހަރެން އޭރުވެސް ބުނީމެއްނު… ތި މީހުން ސަލާމަތް ކުރަން މަސައްކަތް ނުކުރީނު..”
ހައިކަލްއަށް ކުށްވެރިކުރެވެން ފެށުނީ އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުންނެވެ. ހައިކަލް މިހެން ބުނުމުން އެމީހުން ގާތަށް ހިނި އައިކަމަކު އެކަން ނުދެއްކީ ހައިކަލް ރުޅިގަދަވެދާނެތީއެވެ. އަދި ހައިކަލް ހިތްހަމަޖައްސައިދިނުމަށްޓަކައި އެންމެން ހައިކަލް ކައިރީ މާފަށް އެދުނެވެ.
ލައުހާ ހައިކަލް ލައުހާ މިނިޓަކަށް ވެސް ދުރަށް ދާކަަށް ބޭނުން ނުވެއެވެ. ދެންމެ ދިޔައިމަ ވީގޮތް ފެނުމުންނެވެ. ލައުހާ ގެއްލުމަކީ ހައިކަލްއަށް ބަރުދސްތު ކުރެވޭ ވަރުގެ ކަމެއް ނޫނޭވެ. ހައިކަލް އެނދުގައި ބޯއަޅާލައިގެން އޮތީ ލައުހާ ހޭއަރާނެ އިރެއް ގެ އިންތިޒާރުގައެވެ. ލައުހާ ހޭއެރުމުން ވޯޑަށް ބަދަލުކުރެވޭނެކަމުގެ ހަބަރު ދީފައި އޮތުމުންވެސް މެއެވެ.
ކުއްލިއަކަށް ހައިކަލް ބޮލަށް ތޫނު ތަދެއް އެރިއެވެ. ހައިކަލް ދެއަތުން ބާރަށް ބޮލުގައި ހިފެހެއްޓިއެވެ. މޫނު މައްޗަށް އަދިރިވާ ގޮތްވާން ފެށިއެވެ.
…………………………………………………………………………………………………….
“ދެން ކޮން އިރަކުން އަންނާނީ… ލައު ވަރަށް މިސްވާނެ..”
ކަރުނަތަށް ފޮރުވަން މަސައްކަތް ކުރަމުން ލައުހާ އިސްޖަހައިގެންއިނެވެ. ހައިކަލް ބޭރަށްދާން ފުރަން އުޅޭތީ ލައުހާ އެކަމާ ދެރަވަނީއެވެ. އެހެނަސް ހައިކަލްއަށް ލައުހާ އެކަން ނުދެއްކޭތޯ މަސައްކަތްކުރަމުން ގެންދިޔަައެވެ. އެހެނަސް ހައިކަލް އިނީ ލައުހާއަށް ރަގަޅަށް ބަލަހައްޓައިގެންނެވެ. ލައުހާގެ މިޒާޖުގައިވާ ހަމަހިމޭންކަން ހައިކަލްއަށް އުދަގޫކުރުވައެވެ. ދެއަތް ދެއަތާ މޮޑެން އިން ލައުހާގެ އަތް ނަގާ ހައިކަލްގެ އަތުގެ ތެރެއަށް ލިއެވެ.
” ލައު… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. ވަރަށް މަސައްކަތް ކޮށްފިން މިވާހަކަ ބުނެވޭތޯވެސް.. އެކަމަކު ލައު އުޅޭގޮތުން ނުކެރެނީ..”
ހައިކަލް ވެސް ވާހަކަ ދައްކަމުން ގެންދިޔައީ އިސްޖަހައިގެން ހުރެއެވެ. ލައުހާ ހައިކަލްގެ މޫނަށް ބަލާލާއި ކޮންވާހަކައެއްތޯ އެހިއެވެ.
ހައިކަލް ފުންނޭވާއެއް ދޫކޮށްލިއެވެ.
” ލުކް ލައު… އަހަންނަށް އިނގޭ މިހެން ބުނާއިރުވެސް ލައު ވަރަށް ދެރަވާނެކަން.. އެކަމަކު ލައު އަށް ހަޤީޤަތް ނާންގާ ބޭއްވޭކަން ދެނެއް ނެތް.. ލައު އުޅޭގޮތުން މިހެން ބުނަން ވެސް މިޖެހެނީ..”
ހައިކަލްވެސް ލައުހާއަށް ބަލާލިއެވެ. އެދެލޮލުން ލައުހާއަށް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ސީރިއަސް ކަމެވެ. އިވެން އުޅެނީ ކޮންކަހަލަ ހަބަރެއްކަން ނޭނގޭތީ ލައުހާގެ ހިތް ބާރުބާރަށް ތެޅެމުނދެއެވެ. ގައިން ވާގިދޫވާން އުޅޭހެންވެސް ހީވާފަހަރުދެއެވެ.
” ހައިކަލް ދެން އަހަރެން ނުތަޅުވާ ބުނެބަ ބުނަން ތިއުޅޭ ވާހަކަ… ބިރުގަންނަން ފަށއިފި މިހާރު..”
ލައުހާ ކެތްނުކުރެވިގެން އަހާލިއެވެ.
“ލައު… ލައު އަށް އެނގޭނެ ކަންނޭނގެ އަހަރެންގެ ފެމިލީ އުޅެނީވެސް އެކޮޅުގަ ކަން.. މިބުނީ މަންމައާއި ބައްޕަ… މިކޮޅަށް އައީ މިފަހަރު ކަޒިންސް ކިޔާވަރުން… އެހެންވެ ބުނަން އުޅޭ ވާހަކަ އަކީ… އަހަރެން ދެން ރާއްޖެ އަންނާނެ ކަމަށް ހީނުކުރާށޭ..”
ލައުހާގެ ހިތް ބާރަށް ތެޅިލިއެވެ.
” އައި ކާންޓް ކަމް ހެއަރ… އެހެންވެ ލައު އަހަންނަށް އިންތިޒާރު ކުރާނެ ކަމެއް ނެތް… އަހަރެން އަންނާނެ ދުވަހަކަށް އިންތިޒާރު ނުކޮށް އެހެން މީހަކާއި ގުޅިގެން ރަގަޅު ދިރިއުޅުމެއް އުޅޭތި…އަހަރެން ނުވޭ ލައުހާ ދެކެ ލޯތްބެއް… އަހަރަންނަށް ލައުހާ ރީތިވީމަ… ރީތި އަންހެން ކުދިން އަހަރެން ވަރަށް ބޭނުން… އެކޮޅުގަ ހުންނާނެ އަހަރެން ވަރަށް ލޯބިވާ އަންހެން ކުއްޖެއް.. ލައުހާއަށް ވުރެވެސް މާ ރީތިވާނެ…”
ހަައިކަލް ވާހަކަ ދައްކަމުން ދިޔައީ ހަމަޖެހިލައިގެން އިނދެއެވެެ. ތުނޑީގެ ދޮންވެލިގަނޑުގައި ދެއަތް ވިއްދައިގެން އިނދެއެވެ. ހަނދުވަރުގެ އަލީގައި ލައުހާ ފެންނަލެއް ނުލާހިކު ލޯތްބެވެ. ލައުހާ އިންތަނުން ތެދުވެ ހިނގައިގަންނަން އުޅުނެވެ. ހައިކަލް ލައުހާގެ އަތުގައި ހިފިއެވެ.
އެހެނަސް ލައުހާ ހައިކަލްގެ އަތް ނެއްޓެވުމަށް ފަހު ދާން ހިނގައިގަތެވެ. ހައިކަލް އަވަސް އަވަހަށް ތެދުވެ ލައުހާ ފަަހަތުން ގޮސް ލައުހާ ހުއްޓުވިއެވެ.
“އޭތް…ސޮރީ… ”
ލައުހާ ރޮނީކަން އެނގުމުން ހައިކަލް ދެރަވިއެވެ. އެއްވެސް ބަހެއް ނުބުނު އެތަނުން ދާން އުޅުމުން ހައިކަލް އަނެއްކާވެސް ކުރި ބެއްދިއެވެ.
” ހައިކަލް… ޕްލީޒް.. އަހަރެން ދިޔަދީ… ލޯބިވާ އެހެން މީހަކުހުއްޓާ… ކީއްކުރަން އަހަރެން ދެކެ ލޯބިވެޔޭ ބުނީ… ކީއްވެ އަހަންނަށް އޮޅުވާލީ… އަހަރެން އެކަނިވެރިއަކަށް ވީމަ ދޯ…”
ލައުހާ ހުރީ ވަރަށް ވެސް ބޮޑަށް ހިތުގައި ޖެހިފައެވެ. ހައިކަލް ލައުހާއަށް މިހެން ހަދައިފާނެކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެެއެވެ. ލައުހާ ހީކުރީ ހައިކަލް އެހެން މީހުނާ ތަފާތުވާނެ ކަމުގައެވެ..
” އޯއް ޕްލީޒް ލައުހާ… ދެން ތިފެށީ އަނެއް ވާހަކަ… މިކޮޅަށް އައިސް އަހަރެން ބޭނުންވާނެ އެއްނު ޓައިމް ޕާސް ކޮށްލަން… އެކަމަށް އެންމެ ބެސްްޓް މީހަކަށް ފެނުނީ ލައު.. އެހެންވެ.. އެހެންނޫނސް ކިހާ ނޯމަލް ކަމެއް އެއީ”
ހައިކަލް އަނެއްކާވެސް ވާޙަކަ ކުރިއަށް ގެންދިޔައެވެ. ލައުހާ އަށް ކުރިއަށް ވުރެ ވެސް ބޮޑަށް ރޮވުނެވެ. ހައިކަލް ކޮށްޕާލާފައި ދުއްވައިގަތީ އިތުރަށް އެތާ އެންމެ މިނިޓަކު ވެސް ހުންނަން ބޭނުން ނުވާތީއެވެ. ވީ ލޯބީގެ އަގު މިގޮތަށް ލިބޭނެ ކަމަކަށް ލައުހާ ހިއެއް ނުކުރެއެވެ.
ހައިކަލް އެކަމަށް ތައްޔާރުނުމުން ހައިކަލް ވެއްޓުނެވެ.އެހެނަސް މިރޭ ހައިކަލް ހުރީ ލައުހާ އެހާ ފަސޭހައިން ފޮނުވަން ބޭނުންވާ ހިތަކުނެއް ނޫނެވެ. އަނެއްކާވެސް ލައުހާ އާ އަރައި ހަމަކުރިއެވެ. ލައުހާ ހުއްޓުވިއެވެ

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ނަޖާ (ނުވަ ވަނަ ބައި)

Next

ދިމްޔާ (13 ވަނަ ބައި)

Next
September 10, 2015

ދިމްޔާ (13 ވަނަ ބައި)

Previews
September 10, 2015

ނަޖާ (ނުވަ ވަނަ ބައި)

20 Comments!

  1. writer says:
    September 10, 2015 at 1:11 am

    vaahaka lahun upload kurevunythy varah bodah maafah eden.., veehaa ves avahah upload kuran vegen mibai thankolheh kurukoh genes dhevuny..sorry readers

  2. zai says:
    September 10, 2015 at 1:38 am

    Its k..btw v reeeeeethi mi partvex..waitting 4 nxt part..?

    1. writer says:
      September 10, 2015 at 2:24 am

      thankyou…. will try to upload soon

  3. uji says:
    September 10, 2015 at 1:48 am

    ehaa hama nujehey.. heevi hindhi drama eh fenunuhen

    1. stupid says:
      September 10, 2015 at 2:02 am

      lauha death declare kuri iraa haikal lauha ah treat kura. feshi iraa ehaa bodu thafaatheh nei kan egey story in like 30 minutes 15 minutes vareh nuwey kanneyge. so i think hama jehey hen. varah reethi mi bai ves ekamaku maa kuru…
      keep up the work

    2. stupid says:
      September 10, 2015 at 2:11 am

      google kohba nikan.patient revive eh nuweytho balan CPR dhygen.

    3. writer says:
      September 10, 2015 at 2:28 am

      thank you for the feedback…. next time will try to make it sound realistic… aslu writer ah ves hyvi ehaa hama nujeheyne hen ekamaku kiyuntherin lauha maraa nulan edhunyma mi change mi genaeee… keep on correcting me if i go wrong… i ll take that as a positive feedback 😀

  4. gurey says:
    September 10, 2015 at 2:26 am

    Lauha maruvihabarun feshigen lauha hey eri hisaabah kiyunu iru manzaru sifa vi varun fen kalhivi….?✔?? varah furihama…. keep it up…..

    1. writer says:
      September 10, 2015 at 2:30 am

      thank you gurey… 🙂

  5. Zahuu says:
    September 10, 2015 at 6:57 am

    Oh my god..oooh my god!! Lauha salaamai nuvi nama varah hadi vees ingey!!
    Ekm mihaaru vrh salhi ma sha allah ? ♡

  6. EMILIYA says:
    September 10, 2015 at 7:22 am

    varah salhi its like the most beautiful story i ever read………………………………. jazakallah khairan

  7. Ryn says:
    September 10, 2015 at 8:09 am

    yay naseebehnu lau maru nuvaakn.. i luv this stry alt.. great job. waiting fr the nxt prt.. 😉

  8. sharu says:
    September 10, 2015 at 8:11 am

    Vv salhi mi part ves.waitin4 next part.

  9. aria says:
    September 10, 2015 at 9:07 am

    V nice…waiting for the next part….

  10. Mishya says:
    September 10, 2015 at 9:25 am

    Story ge mihaa touching hisaabakah goss past genaima ehaa salhi eh nun…mi hisaabah liumuge kurin past lie nimmi nama maa reethi vaane hen hyvany…..

    1. Writer says:
      September 10, 2015 at 5:43 pm

      thank you for the feedback… dhen faharakun ragalhu kureveytho balaanan… 😀

  11. aaalll says:
    September 10, 2015 at 2:43 pm

    Nethehnu lau rangalhu ehkakuvx…

  12. aabhy says:
    September 10, 2015 at 5:37 pm

    Varah salhi. Maashaa Allah.

  13. writer says:
    September 10, 2015 at 5:46 pm

    than you Ryn

  14. nukko says:
    September 12, 2015 at 11:28 am

    Reader dhn kn irakun nxt part????? V v v kiyaahithun mihiryyyyyyy

Comments are closed.

Next Episodeޔާރާއޭ….(ފަހު ބައި )←


All Right Reserved!