Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝައިން (ޕާޓް-15)

shaai Level 110 Stories
September 8, 2015 4 Mins Read
13 Comments

“ޒުހުރާ.. ކަލޭ..ކަލޭގެ ސަބަބުން އަހަރެންގެ އެ ނާޒުކު ދަރިފުޅު އެއްވެސް ކުށެއްނެތި މި އަނިޔާ ދިނީ.. އަހަރެންގެ ބޮލަށް އެރިގެންއެ ކުއްޖާ ފަކީރަށް އަހަރެންނަށް ނެހެދެނީ ކިހިނެތް..ލޯބިދޭން ޖެހުނު ވަގުތުގައި ދެވުނީ އަނިޔާ.. އަލާލަން ވީ ވަގުތުގައި  އެ ދަރިފުޅަށް އިހާނެތިވީ.. އަހަރެންމީ ކިހާ ބަދުނަސީބު ބައްޕައެއް..އަހަރެން އަމިއްލައަށްވެސް އަދަބު ލިބިގަންނާނަން…” އަލިމްނިކު ޒުހުރާގެ މޫނަށް ހޫނު ހަމަލާއެއް  ދިނުމަށްފަހު ބުނެލިއެވެ.. ކުއްލިއަކަށް ގޭތެރެއަށް ވަދެގެންއައި ފުލުހުންގެ 4މީހުން ފެނި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ.. އެކެއް އަނެކެއްގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ..

 “އައިޝަތު ޝައިން  ކުޑައިރުއްސުރެޖިއްސީ ގޯނާކޮއްފައިވާތީއާއި ހަށިވިއްކުންފަދަ ޣައިރު ގާނޫނީ ވިޔަފާރިތަށް ހިންގަމުން ދާކަމުގެ ތުހުމަތުގައި އަލިމަނިކާއި، ޒުހުރާ ހާމިދް އަދި އަހުމަދު އަމްރު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް އަންގާފައިވާތީހައްޔަރު ކުރުމަށްމި އައީ..” ފުލުހުންގެ ތެރެއިން އެންމެ އިސްކޮށް ހުރި މީހާ އަލިމަނިކުގެ މޫނަށް ބަލަހަށްޓައިގެން ހުރެ ބުނެލިއެވެ. .    ” އަހަރެން އަދަބު ލިބިގަންނަން ހަމަ ތައްޔާރު..”އަލިމަނިުކު އޭނާގެ އަތް ބިޑިއެޅުވުމަށް ދައްކާލަމުން ބުނެލިއެވެ..

ޒުހުރާ ލިބުނު ޝޮކުގައި ގަބުވެފަހުރި އިރު އަމްރު ހުރީ މަސްތުގެ ހާލަތުގައެވެ.. ފުލުހުން އެ އެންމެން ގެއިން ނެރެންހިގައިގަތެވެ.. އެތަށް ދުވަހަކު ލޯބިވާ ދަރިފުޅަށްއިހާނެތިކޮށް ކަންތަށް ކުރެވިފައިވާތީ އަލިމަނިކުގެ ހިތްވަނީ ކުދި ކުދިވެފައެވެ. އޭނާގެ އަލަތު އަނބި މީހާ މަރުވަމުން ކުރިވަސިއްޔއތްވެސް ހަދާން ނެތުނީތީ އަމިއްލަމީހާ އަށް ލައުުނެތް ލެވުނީ ކިތްށް ފަހަރުކަމެއް އަލިމަނިކަށް ނޭނގެއެވެ

” ދަރިފުޅާ ކޮއްދެވެންޏާ ބައްޕަ އަށް މާފް ކޮށްދޭތި…..” ފުލުސް ކުއްޖާއާއި އެކު ނިކުމެގެން ދަމުން އަލިމަނިކު އެންމެ ފަހުފަހަރަށްވެސް ޝައިން ގާތު މާފަށް އެދުނެވެ..

*-*-*—-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-**-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ދުވަސްތަށ ފާއިތު ވަމުން ގޮސް މިއަދު މިއީ ޝައިން އާއި ޝިބާން އެތަކެއް ދުވަހު ކުރަމުން އައި އުންމީދު ފުރިހަމަވާ ދުވަހެވެ… ޝައިންގެ ބައްޕަމެން ހައްޔަރުކުރުމުން ކައިވެނިފަސް ކޮއްލުމަށްފަހު މިއަދު މިއީ އަލުންއާ ހަޔާތަކަށް ޝައިން ކުރިމަތިލާ ދުވަހެވެ.. ހަޔާތުގައި އެތަކެއް ގޮންޖެހުންތަކާ ކުރިމަތި ލުމަށްފަހުވެސް މިއަދު ޝައިން ހުރީ އުފަލުންނެވެ..

މަޑު ނޫކުލައިގެ ވެޑިން ޑްރެސްގައި ޝައިން ހީވަނީ ހަމަ ފަރީއެއްހެންނެވެ.. އެ މޫނުމައިން އުފާވެރިކަން ނޫން އެހެން އެއްވެސް އެޗެއް ނުފެނެއެވެ.. ލުއި މޭކަޕެއްކޮއްފައިވުމުން އެ  ރީތިމޫނު އިތުރަށް ރީތިކަމަށް ދައްކައެވެ..    މިލާފައިވާ ފިނިފެންމަލެއް ތަޒާކަމާއެކު ފޮޅިފައި އިންނައިރުވެސް އެހާ ރީތިނުވާނެކަން ޔަގީނެވެ..

ގޯލްޑާން އިވް ވަނީ އެކީ އެކައްޗަށް ދިއްލާ އަޅާފައެވެ.. އެކި އެކި ކުލަ ބޮކި ތަކުން މުޅިތަން ޖަރީ ކޮއްފައިވާއިރު މީހަކު ބަލާ ފޫހިނުވާނެކަން ގައިމެވެ.. ކޯޓު ފަޓުލޫނުގައި ޝިބާން މަޑުކޮއްލައިގެން ހުރީ ޝައިން ތިރިއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.. އެ ލޯބި މޫނު ނުދެކި ހިދުކޮޅަކު ހުންނަންވިޔަސް ޝިބާން ހީވަނީ މޮޔަވެދާނެ ހެންނެވެ..

ޝިބާން ލައިފައި ހުރި ކަޅުކުލައިގެ ކޯޓް ފަޓުލޫނު ޝިބާން އާއި ވަރަށް ގުޅެއެވެ. ކަރުގައި އަޅާފައި އޮތް  މަޑު ނޫކުލައިގެ ޓައީ އިން  އިތުރު ފުރިހަމަ ކަމެއް ލިބެމުން ދިޔައެވެ. 3އިންޗިއަށް ދިގުކޮއްފައިވާ އިސްތަށިގަނޑު ހުރީ ޖެލްގެ އެހީޣައި ކޮޅަށް ނަގާފައެވެ.

  ގޭ ދޮރާއި ދިމާލަށް ޝިބާން ބަލަހައްޓައިގެން ހުރި އިރު އެ މޫނު މަތިން ފެންނަމުން ދިޔައީ  ނުތަަނަވަސްކަމެވެ.  ދެ ޖީބަށް އަތް ޖަހާލައިގެން ދެފަރާތަށް ހިގާލަ ހިގާލަ ހުރީ ޝއިންގެ އެއްވެސް ހަބަރެއް ނުވާތީއެވެ.  އަތުގައި އޮތް ގަޑިއަށް ބަލާލުމައްފަހު ގޭތެރެއަށް ވަންނަން ޝިބާން ހިގައިގަތީ ވަގުތު ކުޑަތަން ވެފައި ވުމާއެކު ޝައިން އަދިވެސް ތިރިއަށް ނާންނާތީއެވެ.

ޝައިން ބަލައިދިޔުމަށް ގޭތެރެއަށް ވަތް ޝިބާން އަށް  ސިޑިން ފައިބަމުން އަންނަ ޝައިން ފެނުނީ ދެނެވެ. ޝިބާންއަށް ބޭ އިހްތިޔާރުގައި ހުއްޓެވުނެވެ.  ޝައިންގެ ތުންފަތް މަތީގައި ވާ ހިނިތުންވުން ފެނި ޝިބާން ހަމަ އަޖައިބު ވިއެވެ. ކިތަންމެ ފަހަރު ޝައިން ފެނުނަސް އޭނައަށް ކުރެވެނީ ތަފާތު އިހުސާސް ތަކެކެވެ. އެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.. ޝައިންގެ ތުންފަތުގައިވާ ހިނިތުންވުން އަބަދުވެސް އެގޮތުގައި ދެމިއޮތުމަށް ޝިބާން ހިތާހިތުން އެތަކެއް ފަހަރު ދުއާ ކުރިއެވެ..

އިތުރު ދެ އަންހެން ކުދިންނާއެކު  ސިޑިން ފައިބަމުން އައި ޝައިންއަށް ޝިބާން ދޮރުމަތީގައި ހުރިކަންވެސް ނޭނގެއެވެ.  ލަސް ފިޔަވަޅު ތަކެއް އަޅަމުން ޝާއިން މަޑުމަޑުން ތިރިއަށް ފާބަމުން ދިޔައިރު އޭނާގެ ހިތް  ހީވަނީ ދެންމެ ދެންމެ ފުންމާލަފާނެހެންނެވެ..

” ހްހްމް.. ހްހްމް.. ދަރިފުޅާ ތިވަރަށް އަނގަ ހުޅުވައިގެން ތި ހުންނަނީ އެ ކުއްޖާ ފަކީރު ކާލަން ކަމަށްތަ؟ ” ފަރީދު މަޑު މަޑުން ޝިބާން ކޮޑުގައި އަތް ބާއްވާ ލަމުން ކަންފަތްދޮށުގައި ބުނެލިއެވެ.. މިކަހަލަ ކަމަކަށް ވިސްނާނުލާ ހުރި ޝިބާން ދިޔައީ  ސިއްސައިގެންނެވެ. ބައްޕަ އެކަހަލަ ސަމާސާއެއް ކޮއްފާނެ ކަމަށް ޝިބާން ހީވެސް ނުކުރެއެވެ. މީހާ ލަދުގަތްވަރުން  ދައްބޮލުގައި ކަހައިލެވުނެވެ.  ފަރީދު މަޑުމަޑުން ޝިބާން ގެނެސް މެޔާލާ ބޮޑިކޮއްލިއެވެ. އޭރު ޝައިންމެން އައިސް އެމީހުންނާ އަރާ ހަމަކުރަނީ އެވެ..

“ޝިބާން ކިހިނެތްވެފަ މިތާ ތިހުރީ.. ބައްޕަ އާ  ދެކުދިން އިމޯޝަނަލް ވަނީ ދޯ” ޝިބާންގެ  ދެބެންގެ ދެދަރި ދައްތައެއް ޝާއިންގެ ކޮޑުގައި ކޮޑު ޖައްސާލަމުން ބުނެލިއެވެ.. “ނޫނޭ.. އެހެނެއް ނޫން.. ރަމްލާމެން ތިރިއަށް އަންނާތީ މިތާ މަޑުކޮއްލީ ހަމަ.. ހިގާ ދަމާ ބޭރަށް.. މިހާރު މެހެމާނުންތައް އަންނަން ފަށާފާނެ..” ފަރީދު ރަމްލާއަށް ޖަވާބު ދެމުން ބުނެލިއެވެ..

ޝައިން އާއި ޝިބާން އެކު އެކީގައި ހިގާފައި އައިސް އެމީހުންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި މަޑުކޮއްލިއެވެ.. ޝިބާން މާ ވަރަކަށް ބަލާކަން ޝައިން އަށް ފާހަގަ ވީ ކަން ނޭނގެއެވެ.. މަޑުން ހުރެލާފައި އެހާވަރަށް ބަލަނީ ކީއްވެތޯ ސުވާލު ކޮއްލިއެވެ. ޝިބާން ޖަވާބް ދިނީ ހިނިތުންވުމަކުންނެވެ..

އިސާހިތަކު އިރުކޮޅެއްނުވެ  މުލި ހޯލް އެއްކޮއް ފުރިބާރުވީ ޝައިން އާއި ޝިބާންގެ އުފަލުގައި ބައިވެރިވުމަށް އައި ބައިވެރިންތަކުންނެވެ.. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ.. ހުރިހާ އެންމެންނަށްވުރެ ބޮޑަށް މިރޭ އުފާވެފައި ހުރީ ޝައިން އެވެ. މިއީ ޝައިން ހުވަފެނުގައިވެސް ލިބޭނެ ކަމަށް ހީކުރި ދިރިއުޅުމެއްނޫނެވެ.. ލޮލުން ފެން ހިލުނީ ހިތައްލިބުނު އުފާ ބަޔާންކުރަންވެސް ދަތިވީތީއެވެ.. ކޮންމެ މީހަކުވެސް ވަދެގެން ދަނީ ދެމަފިރިންގެ ޖޯޑު ވަރަށް ގުޅޭކަމަށާއި ގިނަދުވަހު އެކުގައި އުލުމަށް ދުޢާ ކުރަމުންނެވެ..

ރޭގަނޑުގެ ދަން އަތަށް އަޅާލުމުން ޕާޓީއަށް އައި މެހެމާނުންތަށް ދާން ފެއްޓިއެވެ. އިރުކޮޅެއްނުވެ އެންމެންހެން ނިކުމެގެން ދިޔުމުން ފަރީދު އައިސް ޝބާން އާއި ޝައިން ގާތު އެމިހުންނަށް ހާއްސަ ކުރެވިފައިވާ އެޕާޓްމެންޓަށް ދިޔުމަށް އެދުނެވެ.. އަދި ކާއެއްޗެހިވެސް މިހާރު އެތެރޭގައި ހުންނަނެވާހަކަވެސް ބުނެލިއެވެ.

ޝިބާން ޝައިންގެ އަތުގައި ހިފާލައިގެން މަޑުމަދުން ލިފްޓަށް އެރީ ޝައިން ވަރުބަލިވެފަ ހުރީތީ އާއި އެއްކޮށް އަވަހަށް ކޮޓަރިއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. “ކީއްވެ ޕާޓީއަށް އައި އިރު ލިފްޓުން ނައީ” ޝިބާން ޝައިން މެޔާލާ ބޮދިކޮއްލަމުން ލިފްޓް ތެރޭ ހުރެ އަހާލިއެވެ.. “ޝައިން ވަރަށް ސިޑިން އަރައި ފައިބާ ހިތްވޭ.. އަދި ސިޑި މަތީ ދުވާހިތް އެންމެ ވަނީ” މައުސޫމް ގޮތްކަށް ކުޑަކުއްޖެއްހެން ޝައިން ބުނެލިއެވެ..

ދެމީހުން އެކީގައިގޮސް ކޮޓަރީ ދޮރުހުޅުވައިލުމާއެކު ލެވެންޑާ އުއްބައްތީގެ މީރުވަހުން ބަނޑު ފުރުނު ކަހަލައެވެ. ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތްކަށް ނޯއް ދަމާލެވުނެވެ.. މަޑުމަޑު ހިގުމެއްގައި ކޮޓަރިއަށް ވަދެ އަލަމާރިން ހެދުމެއް ނެގުމަށްފަހު ޝައިން ފުރަތަމަވެސް ގޮސް ވަނީ ފާހަނައަށް  އެއްޗެހި ބަދަލް ކުރާށެވެ. ދެމިނެޓް ތެރޭގައި ޝައިން އެއްޗެހި ބަދަލް ކޮއްލައިގެން  ނިކުތްއިރު ޝިބާން އެ އޮތް ގޮތަށް އެއްޗެހިވެސް ބަދަލް ނުކޮށް އޮތީ ނިދިފައެވެ..

 ޝިބާން އަށް އެދަނގޫ ނުވާވަރަށް މަޑުން ހިގާލައިފައިގޮސް ޑައިނިންގް ޓޭބަލް  މަތީހުރި ކާއެއްޗެހިތައް އެތުރުމަށްފަހު  ބަދިގެ ބަޔަށްވަދެ ދެ ތަށި ނަގައިގެން ނިކުމެ ކާން ހަދައި ނިންމާލުމަށްފަހު ޝިބާން އަށް ގޮވާލަން އެބުރިލި ޝައިން ދިޔައީ ސިއްސައިގެންނެވެ..  ބިރުން ގޮސް ދެ ކަންފަތް މަތީ އަތް އަޅައި ހަޅޭއް ލަވައިގަތެވެ.. ކުރިމަތީގައިހުރި ބިރުވެރި ސޫރަ ފެނުނު ކޮންމެ މީހަކަށްވެސް ވާނީ ހަމަ އެކަހަލަ ގޮތެކެވެ.. ކަޅު ދިގު ކުރުތާއެއްކަހަލަ ހެދުމެއްގައި ހުރި އެ އެތީގެ މުޅި މޫނުގައި ހުރީ ހުސް ލެޔެވެ.. މޫނުގެ އެއްފަޅީގައި ކޯރާޑި ކަހަލަ އެއްޗަކުން ޖަހާފައި ހުރި ކަމުގެ ނިޝާން ހުރި އިރު އެ ފަޅީގައި އެއް ލޯވެސް ނެތެވެ..

 ޝައިން ހުއްޓާނުލައި ހަޅެއްލަވަމުން ކޮޓަރިއަށް ވަދެ ދޮރުލައްޕަން ކުރި މަސައްކަތް ވީ  ބޭކާރެވެ.. އެ އެތީގެ  ބާރު އެއަށްވުރެ މާގަދައެވެ..  ޝައިން ތެޅެމުން ފޮޅެމުންގޮސް އެންމެ ފަހުން ގޮދަޑި މައްޗަށް ވެއްޓުނެވެ.. އިތުރަށް ތެދުވާނެހާ ހިތްވަރު ނެތުމުން ދެލޯ މަރައި ތަގުޅި ކޮއްލާގެން އޮތީއެވެ…

*ނުނިމޭ*

Share Article

Follow Me Written By

shaai

Level 110 Stories

Other Articles

Previous

ވަންނި

Next

ވަގުތު ފާއިތުވުމުގެ ކުރިން…

Next
September 8, 2015

ވަގުތު ފާއިތުވުމުގެ ކުރިން…

Previews
September 8, 2015

ވަންނި

13 Comments!

  1. popcorn says:
    September 8, 2015 at 4:13 pm

    mee first. story varah nice.

    1. SHAAI says:
      September 8, 2015 at 4:18 pm

      THANK YOU POPCORN… SORRY STORY LAHUN UP V MA …. 🙂

  2. Maree says:
    September 8, 2015 at 4:24 pm

    Woww v reethi

    1. SHAAI says:
      September 8, 2015 at 4:41 pm

      thnxx maree 🙂

  3. Princess Noddy says:
    September 8, 2015 at 4:28 pm

    Wow.. eyy shibaan noon dhevana meeheh noon.. well kon irakun next part SHAAI hope kuran v avahah up vaane kamah adhi miyah vure dhiguvaane kamahvess.

    1. SHAAI says:
      September 8, 2015 at 4:42 pm

      insha allah warah awahah up kureweytho balaanan n dhigukureweytho wes… thnk you princess noddy 🙂

  4. Kayaani says:
    September 9, 2015 at 4:39 am

    I think its a prank and its shiban. Story is nice but short. When will you upload next part.

    1. shaai says:
      September 9, 2015 at 1:46 pm

      V SOON KAYAANI… 🙂

  5. mwah says:
    September 9, 2015 at 2:19 pm

    Waaaaaaau… reethiness 🙂

    1. shaai says:
      September 9, 2015 at 3:59 pm

      thank you MWAH 🙂

  6. As you Wish says:
    September 16, 2015 at 1:39 am

    Nice work… 🙂

    1. shaai says:
      September 30, 2015 at 11:34 am

      thank you 🙂

  7. Azu says:
    September 19, 2015 at 4:39 am

    Nice and interesting

Comments are closed.


All Right Reserved!