Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ތޭވީސްވަނަ ބައި)

Jana
September 8, 2015
9 Mins Read
30 Comments

އަފްރާޒް…..މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން….އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ.” އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަޞްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަޞްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ

 

އާބިދާ ކިތަންމެ ހިތާމައެއް ކުރިޔަސް އަފްރާޒްއާއި ނަޞްރާގެ ޒުވާބަކަށް ނިމުމެއްނާދެއެވެ. ނަޞްރާ އަފްރާޒްއަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ އޭނައާއި އޭނަގެ ލޯބިވެރިންގެ ދެމެދަށް އަފްރާޒް ވަންނާތީވެއެވެ. ނަޞްރާގެ ލޯބިވެރިޔަކު މިވެނި ގަޑިއެއްގައި ގުޅާނެކަން ކޮންމެވެސް އެއްގޮތަކަށް އެނގިފައި އޮތިއްޔާ އަފްރާޒް މުޅި އެދުވަހު ގޭގެ ފޯނު ކައިރީގައި ހުންނާނެއެވެ. މީގެ 3 އަހަރު ކުރިން ނަޞްރާ ލޯބިވެރިޔަކު ގެންގުޅޭ ވާހަކަ އަފްރާޒް ޝަރީފް ގާތުވެސް ބުނެފައިވެއެވެ. އެދުވަހު ޝަރީފްގެ ހޫނު އެތިފަހަރެއް ނަޞްރާގެ ކޯތާފަތްމައްޗަށް އެރިއެވެ. އަދި އެއްމަސް ދުވަސް ވަންދެން ނަޞްރާ ގޭގައި މަޑުކުރަން ޖެހުނެވެ. މުޅި އެ އެއްމަސް ތެރޭގައި ނަޞްރާގެ ހިތުގައި އަފްރާޒްއަށްޓަކައި އެއްވި ނަފްރަތާއި އެކީ އެއީ އޭނަގެ ދޮންބެ ނޫންކަމުގައި ނަޞްރާ ނިންމައިފިއެވެ. ނަޞްރާ އޭނަގެ މުޅި ޢާއިލާއާއި ވެސް ވަކިވާން ބޭނުންވިއެވެ. މި ޢާއިލާއާއެކީ އޭނައަށް “އުފާވެރި” ދިރިއުޅުމެއް ނުލިބޭނެކަން ޔަޤީންވުމުންނެވެ. އޭނަ ބޭނުންވީ މިނިވަން ވާށެވެ. އޭނަ ބޭނުންވީ ކިޔަވައި މޮޅު މީހަކަށްވެ މުއްސަނދިވާށެވެ. އަދި އޭނަ ފަދަ ރީތި، މޮޅު މީހަކާއި އިނދެގެން މި އެންމެންނަށް އޭނަ ދެން ނުވެސް ފެންނާނެ ހިސާބަކަށްދާށެވެ. ނަޞްރާ މި ނިންމުން ނިންމީ އޭނައަށް މިހާ ދުވަސްވަންދެން ހިޔާވަހިކަން ދީ ބަލައި ބޮޑުކުރީ އެ މީހުންކަން ހަނދާން ނައްތާލަމުންނެވެ. އަދި އެ މީހުންގެ ހަރުކަށިކަމުގެ ފަހަތުގައިވީ ނަޞްރާއަށްޓަކައި ފޮރުވިފައިވި ލޯތްބެއްކަން ނޭނގިއެވެ.

 

ނަޞްރާ އޭނަގެ ޢާއިލާއަށް ނުރުހުންވާ މިންވަރު އޭނަގެ މޫނުމަތިން ސާފުކޮށް ފެނެއެވެ. ގެއަށް އައިއްޔާ އެ މޫނުމަތީގައި ވާނީ ބަނަކަމެކެވެ. އެ ކަމާމެދު ޝަރީފް ވެސް ފަހަކަށް އައިސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނަޞްރާއަށް އެކި ގޮތްގޮތަށް ވިސްނައިދީ ދީ ޝަރީފް ވަރުބަލިވެއްޖެއެވެ. ނަޞްރާ ކިތަންމެ ފޮރުވައިގެން އުޅުނަސް ސްކޫލްގައި ނަޞްރާގެ އުޅުން ހުންނަ ގޮތް ޢާއިލާގެ އެންމެނަށް އެނގެއެވެ. އެންމެންވެގެން ނުސީދާ ގޮތަށާއި ސީދާ ގޮތަށް އެތައް ފަހަރަކު ނަޞްރާއަށް ނަޞޭޙަތްތެރިވެފައިވެއެވެ. އެހެނަސް ނަޞްރާއަށް ކުޑަވެސް ބަދަލެއް އަންނަ ގޮތެއްނުވެއެވެ. ޝަރީފްއާއި އަފްރާޒް ނަޞްރާގެ މަތިން އުއްމީދު ކަނޑައިފިއެވެ. ނަމަވެސް އާބިދާ އުއްމީދު ކަނޑައެއްނުލައެވެ. ނަޞްރާގެ އުޅުމަށްޓަކައި އާބިދާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އާބިދާ ދެކުނު ގޮތުގައި ނަޞްރާ ބަސްނާހާ ކުއްޖަކަށްވީ އޭނަގެ ބަލީގެ ސަބަބުން ނަޞްރާއަށް ކުރިމަތިވި ޙާލަތްތަކާއިހެދިއެވެ. ނަޞްރާއަށް އެންމެ ބޮޑަށް ލޯބި ބޭނުންވީ ޢުމުރުގައި އެތަކެއް ޒިންމާއެއް އޭނަގެ ބޮލުގައި އެޅިގެން ދިޔުމުންނެވެ. އާބިދާއަށް ވިސްނުނު ގޮތުގައި މި ޙާލަތް ބަދަލުވީ ދުވަހަކުން ނަޞްރާވެސް ބަދަލުވާނެއެވެ. އެ މީހުންގެ ޙާލަތް ބަދަލުކޮށްދެއްވުމަށް އެދި އާބިދާއަށް ދުޢާކުރެވެނީ ކިތައް ފަހަރު ކަމެއްވެސް އޭނައަކަށް ނޭނގެއެވެ. ނަޞްރާ އޭނަގެ އެކުވެރިންގެ އަތުގައި އެޅުވިފައި ހުންނަ ފަށްތައް ފެނިފައި ޙަސަދަވެރިވާކަން އެނގުމުން އާބިދާ ކޮންމެ ގޮތެއް ހަދާފައި ވެސް ނަޞްރާއަށް އެކަހަލަ ފަށެއް ގެނެސްދޭން ބޭނުންވިއެވެ. އާބިދާ ޝަރީފްމެނަށް ވެސް އެންގުމެއްނެތި އެތައް ރެއެއްގެ ނިދި ނަގައިގެން ބާލީސް އުރައިގައި މާ ޖެހުމުގެ މަސައްކަތްކޮށް ފައިސާ އެއްކުރިއެވެ. އަދި ޝަކީލާގެ އެހީގައި އެ ފައިސާއިން އަނގޮޓިއެއް ހެއްދިއެވެ. އެއްދުވަހު ނަޞްރާ ސްކޫލުން ގެއަށް އަންނައިރަށް އާބިދާ ހިނިތުންވުމެއްގައި އެ އަނގޮޓި ހިފައިގެން ސިޓިންގް ރޫމުގައި އިނެވެ. އެދުވަހު ނަޞްރާ ހުރީ އޭނަގެ ރައްޓެހިވެގެން އުޅުނު ކުއްޖާ އޭނަ ދޫކުރީތީ މޫޑު ޚަރާބުވެފައެވެ. އާބިދާ އެކަން ނޭނގި ހުރެ ނަޞްރާއަށް ގޮވާލަމުން އޭނަގެ އަތަށް އަނގޮޓި ލައިދިނީ ނަޞްރާ އުފަލުން ގޮސް އޭނަގެ ގައިގައި ބައްދާލާނެ ކަމުގެ އުއްމީދުގައެވެ.

 

“މިއީ ކޯޗެއް؟ އަހަރެން މި ހުރިހާ ދުވަހު މިގޭގެ ތެރޭގަ ކުރި މަސައްކަތުގެ މުސާރަތަ؟ ޗި! ހަމަ އެހާވެސް ކުޑަ އަގެއްތަ އޮތީ؟ މީތި ރީއްޗެއްވެސް ނޫން. ބަލާތި! އެއްދުވަހު އަހަރެން މިގެއިން ވެސް އަދި މި ޤައުމުން ވެސް އެރިގެން ދާނަން. އެދުވަހަކުން އަހަންނަށް ޙައްޤުވާ ކަހަލަ ދިރިއުޅުމެއް އަހަންނަށް ލިބޭނެ. އަހަރެންގެ އަގު ވަޒަންކޮށް އަހަންނަށް ލޯބިދޭނެ މީހަކު އަހަރެންގެ ޙަޔާތުގަ ހުންނާނެ.” ނަޞްރާ އެންމެ ފަހު ޖުމްލަ ބުނެލީ ފެންކަޅިވެފައި ހުރެއެވެ. އެއީ މިއަދު އޭނަގެ ލޯބިވެރިޔާ އޭނައާއި ދިމާލަށް ބުނި ބަސްތައް ހަނދާން ވެފައެވެ. ނަޞްރާ އޭނަގެ އަތުގައި އޮތް އަނގޮޓި އަތުގެ ކޮޅަށް ހޫރާލަމުން އޭނަގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. އަނގޮޓި ޓައިލްސްތަކުގެ މަތިން ފުންމަމުން ގޮސް މަޑުޖެހިލިތަން ބަލަން އިން އާބިދާގެ ލޯ ފުސްވިއެވެ. އޭނަ ހިތުން އޭނަ އުޅުނީ ނަޞްރާގެ އަގު ވަޒަން ކޮށްދޭށެވެ. ބަލި ޙާލުގައި އުޅެމުން ވެސް އެތައް ބުރަ މަސައްކަތަކަށްފަހު ނަޞްރާއަށްޓަކައި ހޯދައިދިން ހަދިޔާއަކީ އޭނަގެ ލޯބީގެ ނިޝާނަކަށް ވާނެކަމަށް އާބިދާ ހީކުރިއެވެ. ނަމަވެސް ނަޞްރާ ކަންތައް މިކުރި ގޮތުން ޙަޤީޤަތަކީ އެއީއެއްނޫންހެން ހީވެއްޖެއެވެ. އާބިދާއަށް އެކަނި އިނދެ ގިސްލެވެން ފެށިއެވެ.

 

އޭގެ ހަފްތާއެއްހާ ދުވަސްފަހުން އާބިދާ ދުނިޔެ ދޫކޮށްދިޔައެވެ. އެކަމަކުން ވެސް ނަޞްރާގެ ހަރު ހިތަށް މާ ބޮޑު އަސަރެއް ކުރިކަމަކަށް ނުވެއެވެ. ގޭތެރޭގައި އެންމެން ކަރުނަ އަޅައި ރޮމުން ދިޔައިރު ނަޞްރާ ކަނެއްގައި ހިމޭންވެފައި އިނީއެވެ. އާބިދާ ހުއްޓަސް ނެތަސް ވާނީ އެކައްޗެކޭ ނަޞްރާގެ ހިތް ބުނަމުން ދިޔައެވެ. އޭނަ ޖެހޭނީ ހަމަ ގޭގައި ނޯކަރެއްގެ ރޯލު އަދާކުރާށެވެ.

 

އަތްމަތި ދަތި ޙާލެއްގައި ވެސް އަފްރާޒް އާއި ނަޞްރާ ވެސް ކިޔަވަމުން ދިޔައީ ގުޑުމެއްނާރާ ޢަޒުމެއްގައެވެ. އަފްރާޒް ކިޔަވަމުން ދިޔައީ އޭނަގެ ކޮއްކޮ އަފްރީން ބޮޑުވާ ދުވަހަކުން މި ޙާލަތް އެ ކޮއްކޮއަށް ތަޙައްމަލުކުރަން ނުޖެހޭނެ ފަދަ މުސްތަޤްބަލެއް ބިނާކުރުމުގެ އުއްމީދުގައެވެ. ނަޞްރާ ކިޔަވަމުން ދިޔައީ ހަމައެކަނި އަމިއްލަ ނަފްސަށްޓަކައިކަން އޭނަ އަފްރީންއަށް އަޅާލުން ކުޑަކުރާ ގޮތުން ވެސް އެނގެއެވެ. ނަޞްރާ ކިޔަވަން އިންދާ އަފްރީން ފޮތެއް ހިފައިގެން ކިޔައިދޭށޭ ބުނެފިއްޔާ ނަޞްރާ އެތަކެއްޗެއް ކިޔައި އަފްރީން ރޮއްވާލައެވެ. އެއިން ކޮންމެ ފަހަރަކު އަފްރީން ހައްލާލާ މީހަކީ އަފްރާޒްއެވެ. ފަހަކަށް އައިސް އަފްރީންއަށް ގިނައިން ކާންދީ ހަދަނީވެސް އަފްރާޒްއެވެ. އޭރު އަފްރީން އުޅުނީ ނަޞްރާއަށް ބިރުންނެވެ.

 

މި ކަންތައް ބަދަލުވެގެން ދިޔައީ އޭގެ 2 އަހަރެއްހާ ދުވަސްފަހުން އަފްރާޒް އޭނައަށް ލިބުނު ސްކޮލާޝިޕެއްގެ ދަށުން ސައުދީ އަރަބިޔާއަށް ފުރައިގެން ދިޔުމުންނެވެ. އަފްރާޒްއަށް އޭ ލެވެލްގެ ގަދަ ދިހައިގެ އެއްވަނަ ލިބުނުތަން ޓީވީއިން ބަލަން ނަޞްރާ އިނީ ޙަސަދައިގެ އަލިފާންގަނޑެއްގައި އަނދައަނދައެވެ. އޭނަ އަދި އެއަށްވުރެ ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ނަޞްރާއަށް އޯ ލެވެލްގެ ގަދަ ދިހައިގެ އެއްވަނަ ލިބި 3 މާއްދާއަކުން ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ލިބުނެވެ. އޯ ލެވެލްއަށްފަހު ވެސް ނަޞްރާއަށް ސްކޮލާޝިޕެއް ލިބެން އުޅުނެވެ. ނަޞްރާ އެ ޤަބޫލު ނުކުރީ އަފްރާޒް ސަމާސާއަކަށް އޭނައާއި ދިމާލަށް އޯ ލެވެލް އަކީ ދެން ކޯޗެއްހޭ ބުނުމުންނެވެ. ނަޞްރާ އެ ބަސްތައް ނެގީ ސަމާސާއެއްގެ ގޮތުގައެއް ނޫނެވެ. އޭނަ އަފްރާޒްއަށްވުރެ މޮޅުކަން ނަޞްރާ އަފްރާޒްއަށް ދައްކަން ބޭނުންވިއެވެ. އެހެންކަމުން އޭ ލެވެލްއަށް ކިޔަވަން މަޑުކުރިއެވެ. އޭ ލެވެލް ފެށުމުގެ ކުރިން ދިގު ޗުއްޓީއެއްގައި ގޭގައި ހުންނަން ޖެހުމުން ނަޞްރާއަށް ފޫހިކަމާއި އެކަނިވެރިކަން އިޙްޞާޞް ކުރެވުނެވެ. އެހެންކަމުން އޭނަ އެ ޗުއްޓީ ތެރޭގައި އަފްރީން ކައިރިން މަޢާފަށް އެދި އަފްރީންއާއި އެކުވެރިވިއެވެ.

 

ބޮޑުވަމުން ދިޔަ އަފްރީންގެ ހިތުން ނަޞްރާއަށް ގަތް ބިރު ފިލައި ނަޞްރާދެކެ ލޯބިވާން ފެށިއެވެ. ނަޞްރާ ކުރާ ހުރިހާ ކަމެއް އަފްރީންއަށް މޮޅުކަމަކަށްވިއެވެ. އަފްރީން ބޭނުންވީ ހުރިހާ ގޮތަކުން ވެސް ނަޞްރާ ގޮތަށްވާށެވެ. ނަޞްރާ ކިޔަވާތަން ފެނުނިއްޔާ އަފްރީން ވެސް ކިޔަވާނެއެވެ. ނަޞްރާ ވަކި ގޮތަކަށް ހެދުން އަޅަންޏާ އަފްރީން ވެސް އެގޮތަށް ހެދުން އަޅަން ބޭނުންވެއެވެ. ނަޞްރާ ވަކި ގޮތަކަށް ބޮލުގަ ފުނާ އަޅަންޏާ އަފްރީން ވެސް ނަޞްރާ ލައްވައި އެގޮތަށް އޭނަގެ ދިގުވަމުން ދިޔަ އިސްތަށިގަނޑު ހައްދައެވެ. އަފްރީން 6 އަހަރުގެ ޅަ ޢުމުރުގައި ވެސް ނަޞްރާއާއެކީ އޭނަ ބަލާ އިނގިރޭސި ފިލްމުތައް ބަލައެވެ. އަފްރީންއަށް ނުބައި މަންޒަރެއް ފުރަތަމަ ފެނުނު ދުވަހު އޭނައަށް މޫނުގައި ދެއަތް އަޅާލެވުނެވެ. ނަމަވެސް ނަޞްރާ ޗެނަލް ބަދަލެއް ނުކުރުމުން އަފްރީންއަށް އެއީ ގޯހެއްނޫންހެން ހީވާން ފެށިއެވެ. ނަޞްރާއާއެކީ ބަލަމުން ދިޔަ ފިލްމުތަކާއި އިވެމުން ދިޔަ ލަވަތަކުގައިވި ޢިބާރާތްތަކުން ދިރިއުޅުމުގައި ފިރިހެން ކުއްޖެއްގެ ލޯތްބެއްވުމަކީ ވަރަށް މުހިއްމު ކަމެއްހެން އެ ޢުމުރުގައި ވެސް އަފްރީންއަށް ހީވާންފެށިއެވެ. ކާރޓޫންތަކުން ފެންނަހެން އޭނަގެ “ޕްރިންސް ޗާމިންގް”އެއް އެއްދުވަހު އަންނާނެކަން އަފްރީންއަށް ޤަބޫލުކުރެވެން ފެށިއެވެ. ދިރިއުޅުމުގެ މަޤްޞަދަކީވެސް އެ ޚާއްޞަ ފިރިހެން ކުއްޖާއަށްޓަކައި އިންތިޒާރު ކުރުންހެން އަފްރީންއަށް ހީވިއެވެ.

 

އޭނަގެ ސަބަބުން އަފްރީންއަށް އަންނަމުން ދިޔަ ބަދަލުތަކާމެދު ނަޞްރާއަށް ރޭކާވެސް ނުލައެވެ. އަފްރީން އަމިއްލައަށް އަމިއްލަ ކަންތައް ކުރަން ފެށި ފަހުން ވެސް އަފްރީން ނަޞްރާ މޭކްއަޕްކުރާ ގޮތަށް މޭކަޕްކުރަން މަސައްކަތް ކުރެއެވެ. ނަޞްރާ ކުރީގައި ލައިއުޅުނު ކުރު ހެދުންތައް ވެސް އަފްރީން ލާން ފެށިއެވެ. ނަޞްރާ އެއީ މާ ބޮޑު މައްސަލައެއްކަމުގައި ނުބެލިއެވެ. އޭނަ އެކަމަށް މާ ބޮޑު ފަރުވާލެއް ދިނުމެއްނެތި ކިޔެވުމާއިގެން ކުރިއަށް ދިޔައެވެ. ނަޞްރާ އޭ ލެވެލްގައި ވެސް ކިޔަވައި ނިންމާލީ މުޅި ޤައުމުން އެއްވަނަ ޙާޞިލުކުރަމުންނެވެ. ދުނިޔޭގެ ވަނައެއް ލިބުމުން ނަޞްރާ އިތުރަށް ފޮނިވިއެވެ. އެއީ އަފްރާޒްއަށް އޭ ލެވެލް ނިންމިއިރު ދުނިޔޭގެ ވަނައެއް ލިބިފައި ނުވާތީވެއެވެ.

 

ނަޞްރާއަށް ސްކޮލާޝިޕެއް ލިބުމުން އަފްރާޒްއާއި ޝަރީފް އޭނަގާތު އެދުނީ އަފްރާޒްއާއެކީ ކިޔަވަން ސައުދީއަށް ދިޔުމަށެވެ. ނަޞްރާ އެކަމަށް ވަގުތުން އިންކާރުކުރިއެވެ. އަފްރާޒް އެއުޅެނީ އަނެއްކާވެސް އޭނަ ނޯކަރަކަށް ހަދަން ކަމަށް ނަޞްރާގެ ހިތް ބުންޏެވެ. އޭނަ ނިންމީ ލަންޑަނަށްދާށެވެ. ލަންޑަނަކީ އޭނަ އަބަދުވެސް ދާން ބޭނުންވެގެން ހުރި ތަނަކަށްވާތީވެއެވެ. ނަޞްރާ އެމީހުންގެ އަޑެއް ނާހާނެކަން އެނގި އަފްރާޒްއާއި ޝަރީފް އިތުރު އެއްޗެކޭ ނުބުންޏެވެ.

 

ނަޞްރާ ފުރައިގެން ދިޔަ ދުވަހު އަފްރީން ރުއެވެ. ނަޞްރާ އޭނަ ވަރަށް ގިނައިން ގުޅާނެކަމަށްބުނެ އަފްރީންގެ ހިތްހަމަ ޖައްސާލަދިނެވެ. ލަންޑަނަށް ގޮސް ކުރީކޮޅު ނަޞްރާ ވަރަށް ގިނައިން އަފްރީންއަށް ގުޅައި ހެދިއެވެ. އަފްރާޒްއާއި ޝަރީފް އޭނައަށް ނުގުޅަންޏާ ނަޞްރާ އެމީހުންނަކަށް ނުގުޅައެވެ. ކިޔެވުން ފެށިގެން ދިޔުމުން ނަޞްރާ އެ ތިން މީހުންނާއި ވެސް ވާހަކަ ދައްކަމުން ދިޔަ މިންވަރު މަދުވެގެން ދިޔައެވެ. އޭނައަށް އާ އެކުވެރިން ލިބުމުންނެވެ.

 

ނަޞްރާ ވަރަށް ގިނަ ވަގުތު އޭނަގެ ގާތް ތިން އަންހެން އެކުވެރިންނާއެކީ ހޭދަކުރަން ފެށިއެވެ. ނަޞްރާއަށް އެ މީހުންގެ އިސްތަށިގަނޑު ހުންނަ ގޮތާއި ހެދުން އަޅާގޮތް ވަރަށް ރީތިވިއެވެ. ނަޞްރާގެ އެކުވެރިން އެމީހުން ކިޔަވަން އުޅުނު ޔުނިވާސިޓީއިން ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެއް ފެނުނިއްޔާ އެ ކުއްޖަކަށް މަލާމާތް ކުރެއެވެ. އެ ކުއްޖަކީ ވަރަށް ނުކެރޭ ކުއްޖެއްގެ ގޮތުގައި ސިފަކުރެއެވެ. އެ ވާހަކަތައް އިވޭ ކޮންމެ ފަހަރަކު އޭނައަށް ބުރުގާ އަޅައިގެން ނުހުރެވުނުކަން ނަސީބޭ ނަޞްރާގެ ހިތަށްއަރައެވެ. އޭނަ އޭނަގެ އެކުވެރިން ކައިރީގައި އޭނައަކީ މުސްލިމެކޭ ވެސް ނުބުނެއެވެ. އޭނަ ޤަބޫލުކުރަން ބޭނުންވާ ގޮތަކީ ވެސް އެއީއެވެ. އޭނަ ލަންޑަނަށް އައީ ނަމާދުކުރާނެ އެއްޗެއް ވެސް ނުލައެވެ

 

މާ ގިނަ މަސްތަކެއް ނުވެ ނަޞްރާގެ އިސްތަށިގަނޑު އޭނަގެ އެކުވެރިންގެ އިސްތަށިގަނޑާއި އެއްވަރަށް ކޮނޑުން ކުޑަ ތަންކޮޅެއް މައްޗަށް ކޮށާލެވުނެވެ. ނަޞްރާގެ އިސްތަށިގަނޑުގެ އެތަން މިތަނުގައި ކުލަޖެހިގެން ދިޔައެވެ. ނަޞްރާ އެއްދުވަހު އޭނަގެ އެކުވެރިންނާއެކީ ބޮޑު ހެދުން ފިހާރައަކުން ނިކުތް އިރު އޭނަ ހުރީ ކަކުލުން މައްޗަށް އޮތް ކޮނޑެއްނެތް ހެދުމެއްލައި އުސް ފައިވާނަކަށް އަރައިގެންނެވެ. އެންމެ ފުރަތަމަ އެ ހެދުން ލައިގެން މަގަށް ނިކުތްއިރު ނަޞްރާ ހިސާބަކަށް ލަދުގަތެވެ. އޭނަ ރަށުގައި އުޅުނުއިރު އަބަދުވެސް ލައި އުޅުނީ ޓޮޕާއި ޖިންސެވެ. އޭނައަށް 12 އަހަރު ފުރުނު ފަހުން އޭނަ ދުވަހަކުވެސް މިހާ ހާމަކަން ބޮޑު ގޮތެއްގައި ހެދުން އަޅާފައެއް ނުވެއެވެ. ނަޞްރާ އޭނަ އުނދަގޫވެގެން އުޅޭކަން އޭނަގެ އެކުވެރިންނަށް ފޮރުވިއެވެ. ހުރިހާ އެކުވެރިންވެގެން ނަޞްރާ ރީތި ވާހަކަ ބުނުމުން ނަޞްރާއަށް ވަކި ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ވިސްނަންވީ ކަމެއްނެތް ކަމަށް ނަޞްރާ އޭނަގެ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނަޞްރާގެ ފިރިހެން އެކުވެރިން ވެސް ގިނަވަމުން ދިޔައެވެ. އެ ފިރިހެން އެކުވެރިންގެ ތެރެއިން ނޫކުލައިގެ ކަޅިއެއްގެ ވެރި ޖޯން ނަޞްރާގެ ހިތުގައި އެޅިއެވެ. ޖޯން ވެސް އޭނައަށް ޙާއްޞަ ސަމާލުކަމެއް ދޭހެން ނަޞްރާއަށް ހީވުމުން އޭނައަށް ޖޯން އިތުރަށް ކަމުދިޔައެވެ. ޔުނިވާރސިޓީގެ ފަރާތުން ބޭއްވި ޑާންސް ޕާޓީއެއްގައި ޖޯން އޭނައާއި ދިމާލަށް އެއްއަތް ދިއްކޮއްލުމުން ނަޞްރާ ޖެހިލުންވުމަކާއެކީ އޭނަގެ އަތް ޖޯންގެ އަތްމަތީގައި ބޭއްވިއެވެ. ލޯބީގެ ލަވައަކަށް ނަޞްރާ ޖޯންއާއެކީ ނެށިއިރު އޭނައަށް ދުވަހަކުވެސް ނުކުރެވޭފަދަ އިޙްޞާޞްތަކެއް ކުރެވުނެވެ. އޭނަ މީގެ ކުރިން ދުވަހަކުވެސް ފިރިހެނަކާއި މިހާ ކައިރިވެފައި ނުވާތީވެއެވެ. އުފާވިއެއްކަމަކު ހިތުގައި ބިރުވެރިކަމެއް ވެސްވިއެވެ. މިއީ މިކަން ވާންޖެހޭ ގޮތެއްނޫންކަމުގައި ނަޞްރާގެ ހިތް މެދުކެނޑުމެއްނެތި ބުނަމުން ދިޔައެވެ. ނަމަވެސް ނަޞްރާ ޖޯންއަކާއި ދުރެއްނުވެއެވެ. ކުރެވެމުން ދިޔަ އިޙްޞާޞްތަކުގެ ފޮނިކަމުންނާއި ވަށައިގެންވި އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައިވީތީވެއެވެ. ލަވަ ނިމިގެން ދިޔަ ވަގުތު ޖޯން ނަޞްރާގެ އަތަށް ދަމައި ގާތަށް ގެނެސް ނަޞްރާގެ ގައިގައި ބައްދާލިއެވެ. އެއާއެކު ނަޞްރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެންމެންގެ އަތްތިލަ ބަޑީގެ އަޑު ގުގުމައިގެން ދިޔައިރު ޖޯން ވައިއަޑުން ނަޞްރާގެ ކަންފަތުގައި “އައި ލަވް ޔޫ”އޭ ބުނެލުމުން ނަޞްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޖޯން އިރުކޮޅެއްފަހުން ނަޞްރާ އޭނަގެ ގައިން ދުރުކޮއްލީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް ނަޞްރާއަށް ހުރެވުނީ ހިނިތުންވާން ނޭނގިފައެވެ. ޖޯން އޭނަގެ އަތުގައި ހިފައިގެން ހިނގައިގަތުމުން ނަޞްރާގެ ފައި އެންމެ ފުރަތަމަ މަސައްކަތެއް ނުކުރިއެވެ. އޭގެ ސަބަބުން އޭނަ އަރިއަޅާލާފައި ނުވެއްޓުނީވެސް ކިރިޔާއެވެ. ޖޯން ފަހަތް ބަލާފައި ބަލައިގެންނޭ ބުނުމުން ނަޞްރާ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޖޯންއާއެކީ ހިނގާފައި ދިޔައިރު ނަޞްރާއަށް އެއްފަރާތެއްގައި ތިބި އޭނަގެ އެކުވެރިން ހެވިފައި ދެއަތުން ދެ ބޮޑުވާ އިނގިލި ދިއްކޮށްގެން ތިބުމުގެ މާނައެއް ނަޞްރާއަކަށް ސާފެއްނުވިއެވެ. ވަރަށް ބޮޑު ތޫފާނެއް އަންނަން އުޅޭކަމުގެ އިންޒާރު ނަޞްރާގެ ހިތް އޭނައަށް ދިނެވެ.

 

ޖޯން ނަޞްރާ ގޮވައިގެން އޭނަގެ ކާރު ކައިރިއަށް ގޮސް ކާރަށް އެރުމަށް އެންގިއެވެ. މިދަނީ ކޮންތަނަކަށްތޯ ނަޞްރާ ސުވާލު ކުރުމުން ޖޯން ހިނިތުންވުމަކާއެކީ ބުނެލީ އޭނަގެ ގެއަށް ކަމަށެވެ. އެ ޖަވާބު އިވިފައި ކާރަށް ނޭރުމަށް ނަޞްރާގެ ހިތް ވަގުތުން އެންގިއެވެ. ނަމަވެސް ކާރަށް ނޭރުމުން ވާނެ ގޮތާއިމެދު ނަޞްރާއަށް ވިސްނާލެވުނެވެ. ނަޞްރާގެ ތިން އެކުވެރިން މިގޮތަށް ފިރިހެނަކާއެކީ ދާން ޖެހިލުންވާ ކުއްޖަކަށް މަލާމާތް ކުރާ ގޮތް ނަޞްރާއަށް އެނގެއެވެ. އޭނަ ކާރަށް ނޭރިއްޔާ ޖޯން ވެސް ހީކުރާނީ އޭނައަކީ ނުކެރޭ ކުއްޖެއް ކަމަށެވެ. ނަޞްރާއަށް އޭނަގެ ދެއަތް މުއްކަވާލެވުނެވެ. އޭނައަކީ ނުކެރޭ ކުއްޖެއްނޫނެވެ. އޭނައަކީ ވަކި ގޯސް ކުއްޖެއްވެސް ނޫނެވެ. އޭނަ މިރޭ ޖޯންއާއެކީ އޭނަގެ ގެއަށް ދާނެއެވެ. ނަމަވެސް ޖޯން މާ ކައިރިވާން އުޅުނިއްޔާ އޭނައާއި ދުރުވާނެއެވެ. އެ ޚިޔާލު ހިތަށް ވަނުމުން އެގޮތް ރަނގަޅުވާނެ ކަމުގައި ނަޞްރާގެ ސިކުނޑި ބުންޏެވެ. އޭނަ ހަމަޖެހިފައިވާ ހިތަކާއެކީ ކާރަށް އެރިއެވެ.

 

ޖޯން ނަޞްރާ އޭނަގެ ގެއަށް ގެންގޮސް އެންމެ ފުރަތަމަ ދިޔައީ އެގޭގެ ރާ ފުޅިތައް ހުންނަ މޭޒާއި ދިމާލަށެވެ. ޖޯން އެތަނަށް ގޮސް ނަޞްރާއަށް ވެސް ތަށްޓެއް ދިއްކޮއްލުމުން ނަޞްރާއަށް ބޭއިޚްތިޔާރުގައި ތިމަންނަ ނުބޮމޭ ބުނެލެވުނެވެ. ޖޯން ހިނިތުންވުމަކާއެކީ އެންމެ ރަނގަޅޭ ބުނެލަމުން އަމިއްލަ އެ ތަށި ބޮއި ހުސްކޮށްލިއެވެ. ޖޯން އޭނައަށް ގަދަކަމުން ބޯންދޭން ނުއުޅުމުން ޖޯން ކިހައި ރަނގަޅުހޭ ނަޞްރާގެ ހިތަށްއެރިއެވެ. ޖޯން ނަޞްރާގެ އަތުގައި ހިފައި ތިމަންނަގެ ކޮޓަރި ދައްކަންތޯ ބުނެލިއެވެ. ނަޞްރާ ހިނިތުންވުމަކާއެކީ ބޯޖަހާލީ އަދި ކޮޓަރި ދެއްކިއަސް އެއީ މައްސަލައެއް ނޫންކަމުގައި ހިތް ބުނީތީވެއެވެ. ނަޞްރާ އޭނަގެ އެހެނިހެން ފިރިހެން އެކުވެރިންނާއި އެކީގައި އެ މީހުންގެ ކޮޓަރީގައި ފިލާވަޅުތައް ހަދައި އުޅެއެވެ. އެހެންވީމަ މިއީ ވަކި ގޯހަކަށް ނުވާނެއެވެ. ޖޯން ނަޞްރާގެ އަތުގައި ހިފައިގެން އެތާހުރި ސިޑިން މައްޗަށް އަރަން ފެށިއެވެ. އަރަމުން ދިޔަ ވަގުތު ޖޯން ނަޞްރާގެ އަތް މައްޗަށް ހިއްލައި އެ އަތުގައި ބޮސްދިނުމުން ނަޞްރާގެ އެއްކަލަ ހިތް ތެޅިގެންފިއެވެ. ނަމަވެސް މިއީ މާ ބޮޑު ގޯހެއް ނޫންކަމަށް ބުނެ ނަޞްރާ އޭނަގެ ހިތް މައިތިރި ކުރިއެވެ. ނަޞްރާގެ އެހެނިހެން ފިރިހެން އެކުވެރިން ވެސް ސަމާސާއަކަށް އެކަހަލަ ކަންތައް ކުރެއެވެ. ޖޯން ކޮޓަރީގެ ދޮރު ހުޅުވައި ކޮޓަރިއަށް ވަނުމުން ނަޞްރާ ވެސް އެ ތަނަވަސް ކޮޓަރިއަށްވަނެވެ. ނަޞްރާ ކޮޓަރީގެ އެކި ދިމަދިމާލަށް ބަލަބަލާ ހުއްޓާ ފުރަގަހުން ކޮޓަރީގެ ދޮރު ތަޅުލެވުނު އަޑަށް ނަޞްރާއަށް ސިހިފައި އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ޖޯން ހިނިތުންވުމެއްގައި ހުރެ އޭނަގެ ކޯޓު ބާލަމުން ގަމީހުގެ ގޮށްތައް ވެސް ނައްޓަން ފެށިއެވެ. ފަޅި ސިކުންތަކަށް ނިކުންނަންވީއޭ ހިތަށްއެރިއެއްކަމަކު މީގަ ވެސް ވަކި މާ ބޮޑު ގޯހަކީ ކޮބައިބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ. ފިރިހެނުން ގަމީހަކާއިނުލާ ތިބޭތަން އޭނައަށް ޓީވީއިން އެތައް ފަހަރަކު ފެނިފައިވެއެވެ. ޖޯން ގަމީސް ބާލާފައި ނަޞްރާގެ ކައިރިއަށް އައިސް ނަޞްރާގެ ގައިގައި ބައްދާލިއެވެ. މި ވަނީ ހަމަ ގައިމުވެސް ގޯހެކޭ އޭނަގެ ހިތް ބުނެލިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި މިރޭ ޕާޓީގައި ވެސް ޖޯން އޭނައާއި މިހާ ކައިރިވިކަން ނަޞްރާގެ ހަނދާނަށްއައެވެ.

 

ޖޯން ދެންވެސް ކުރި ކޮންމެ ޙަރަކާތަކަށް ނަޞްރާގެ ހިތް އުޒުރުތައް ދައްކަމުން ދިޔައެވެ. ވަކި ހިސާބަކުން ނަޞްރާ އަމިއްލަ ނަފްސަށް އުޒުރުތައް ދައްކަން ނުކުޅެދުނެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. އޭރު އޭނަ ރަނގަޅު މީހަކަށް ވާކަށް ބޭނުމެއްނުވިއެވެ. އޭނަ ކަހަލަ ނުބައި މީހަކު ވާންޖެހޭނީ ނުބައި ކަންތައް ކުރާ މީހެއްކަމަށް ނަޞްރާގެ ހިތް ބުނެލައިފިއެވެ.

 

އޭގެ އަނެއްދުވަހު އޭނައަށް އޮވެވުނީ ކޮންތާކުކަން އެނގުމުން ނަޞްރާއަށް ލުއްކެއްޖަހައި އެނދުން ތެދުވެވުނެވެ. ކައިރީގައި އޮތް ޖޯން ފެނިފައި ރޭގަ ހިނގިހާ ކަންތައް ނަޞްރާގެ ލޮލަށް ސިފަވެގެން ދިޔުމުން އޭނައަށް ދެލޯ މަރައި އޭނަގެ ދެއަތުގެ އިނގިލިތައް އިސްތަށިގަނޑަށް މަހާލެވުނެވެ. ނަޞްރާ އެ ވަގުތު ބޭނުންވީ އެތަނުން ވީހާވެސް ދުރަށް ދުއްވައިގަންނާށެވެ. ނަޞްރާ އަވަސްއަވަހަށް އެނދުން ތެދުވެ ހެދުން ލައި އެގެއިން ނިކުމެގެން ގޮސް ޓެކްސީއެއް ހޯދިއެވެ. ޓެކްސީއެއް ހޯދައި އޭނަ އުޅޭ އެޕާޓްމެންޓް ހުންނަ ޢިމާރާތުގެ ނަން ބުނުމަށްފަހު ނަޞްރާ ޓެކްސީގެ ސީޓަށް ލެނގިލިއެވެ. ދެލޯ މަރައިގެން އޮންނަން ފެށުމުން އަނެއްކާވެސް އެ މަންޒަރުތައް ފެނުމުން ނަޞްރާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ޚިޔާލުތަކުން މި ފެންނަނީ ހަމަ އޭނަތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އޭނައަށް ހަމަ އެހާވެސް ބޮޑު ކުށެއް ކުރެވިއްޖެ ހެއްޔެވެ؟ ނަޞްރާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ރޭގަ އެކަމެއް ކުރިއްޔާ ކުރީ އޭނައެއް ނޫންކަމުގައި ނަޞްރާ އޭނަގެ ހިތަށް ވިސްނައިދޭން އުޅުނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއްނޫން ކަމަށްބުނެ ނަޞްރާއަށް ކުރެވެމުން ދިޔަ އިޙްޞާޞްތައް ހެކިދެމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ނަޞްރާ ހަމަ އެވަގުތު ބައްޕަ މަތިން ހަނދާންވިއެވެ. ބައްޕައަށް މިކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ބައްޕައާއި ދޮންބެ ގެ ރުޅިވެރި ނަޒަރުތައް އޭނައަށް އަމާޒުވެފައިވިތަން ސިފަވެފައި ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެއީ އޭނަގެ ޢާއިލާ ނޫންކަމުގައި ނަޞްރާ ނިންމާފައި އޮތަސް މިއަދު އެ މީހުން އޭނަ ބާކީކޮށްލާނެކަމަށް ޚިޔާލުކުރެވުނު ވަގުތުވެސް އޭނަ ދެރަވެއްޖެއެވެ. ދުވަހަކުވެސް އިޙްޞާޞް ނުކުރެވޭ ފަދަ އެކަނިވެރިކަމެއް ނަޞްރާއަށް އިޙްޞާޞް ކުރެވުނެވެ.

 

ނަޞްރާ އޭނަގެ އެޕާޓްމެންޓަށް ވަތް ވަގުތުވެސް އޭނަގެ މޫނުމަތިވަނީ ބަނަވެފައެވެ. ނަޞްރާ އެޕާޓްމެންޓަށް ވަތްތާ އިރުކޮޅެއްފަހުން ނަޞްރާގެ އެކުވެރިއަކު ގުޅާފައި ރޭގަ ކަންތައް ވީ ކިހިނެއްތޯ ލާނެތް ހިނިތުންވުމަކާއެކީ ސުވާލުކުރުމުން ނަޞްރާ އުޅުނީ އެއްވެސް އެއްޗެކޭ ނުބުނާށެވެ. ނަމަވެސް އެކުވެރިޔާ އާދޭސްކުރުމުން އެންމެ ފަހަކަށް ނަޞްރާ އެންމެ ޖުމްލައަކުން ރޭގަ ވީ ކަންތައް ކިޔައިދީފިއެވެ. ނަޞްރާގެ އެކުވެރިޔާ އެކަމާމެދު ކުރީ އުފަލެވެ. އަދި އެކަމަށްޓަކައި ނަޞްރާއަށް މަރުޙަބާ ކިޔުނެވެ. ނަޞްރާއަށް ހުރެވުނީ ޙައިރާންވެފައެވެ. ނަޞްރާގެ އެކުވެރިޔާ ބުނި ގޮތުގައި މިއީ އެހާވަރަށް ވިސްނާ ކަންތައްތަކެއްނޫނެވެ. މި ޢުމުރުގައި މަޖާ ނުކުރަންޏާ ދެން މަޖާކުރާނީ ކޮން ޢުމުރަކުތޯ އެކުވެރިޔާ ސުވާލު ކުރިއެވެ. އޭނަ ދެއްކި ވާހަކަތަކަކުން ނަޞްރާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އަދި އޭނަ ކުރީ ކޮންމެ އަންހެން ކުއްޖަކަށް ވެސް މި ޢުމުރުގައި އެފަދަ ޙާލަތެއްގައި ކުރެވޭނެ ކަން ކަމަށް ނިންމުނެވެ.

 

ދުވަސްކޮޅެއް ވަންދެން ނަޞްރާ އުޅުނީ ފިރިހެން ކުދިންނާއި ދުރުދުރުންނެވެ. ވަކިން ޚާއްޞަކޮށް ޖޯންއާއެވެ. ނަޞްރާގެ ނަސީބު ރަނގަޅުކަމުން ޖޯންވެސް ވަކި ނަޞްރާއާއި މާ ބޮޑަށް އެކުވެރިވާކަށް ނުއުޅުނެވެ. އޭނަ ދެކެ ލޯބިވާ ވާހަކަ ބުނެވުނުކަން ހަނދާން ނެތުނީ ކަންނޭނގެއެވެ. ޖޯން މާ ގިނަ ދުވަސްތަކެއް ނުވެ އެހެން އަންހެން ކުއްޖަކާއި ރައްޓެހިވިއެވެ. އެކަމާމެދު ދެރަވާންވީ ކަމެއް ނުވަތަ އުފާކުރަން ވީ ކަމެއް ނަޞްރާއަކަށް ނޭނގުނެވެ.

 

ނަޞްރާ އޭނަގެ ކިޔެވުމަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެރޭގެ ހަނދާންތައް ބިރުވެރި ހުވަފެނެއް ފަދައިން ނަޞްރާގެ ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނައަށް އެ ހަނދާންތަކުން ދުރުވެވެން އުޅުނުތަނާ ނަޞްރާގެ އެކުވެރިން އޭނައަށް އާ އާދައެއް ދަސްކޮށްދީފިއެވެ. ރޭގަނޑު ދަންވަންދެން ހުސް ހުތުރު މަންޒަރުތައް ހުންނަ ވީޑިޔޯތައް އެންމެ އެކީގައި ތިބެ ބެލުމެވެ. އޭގެ ވީޑިޔޯއެއް ބެލި ފުރަތަމަ ރޭ މި ކުރެވެނީ ނުބައި ކަމެކޭ ވެސް ނަޞްރާގެ ހިތަކަށް ނާރައެވެ. އޭނަ ވަނީ އަމިއްލަ އަތުން އެކަންތައް ކޮށްފައެވެ. ބެލުމަކީ ވަކި ކޮން ކަމެއްތޯ ހިތް ބުނަމުން ދިޔައެވެ. މާ ގިނަ ދުވަހެއް ނުވެ ނަޞްރާ އެ ވީޑިޔޯތަކަށް ދެވިހިފިއެވެ. ކޮންމެ ރެއަކު އެ ވީޑިޔޯ ބަލާ ގަޑިއަކަށް އިންތިޒާރު ކުރެވެން ފެށިއެވެ. ފަހަކަށް އައިސް އެ ވީޑިޔޯ ހުޅުވާ މީހަކީ ވެސް ނަޞްރާ ކަމަށްވިއެވެ. އެއްރެއަކު ވީޑިޔޯއެއްގެ ބަދަލުގައި ނަޞްރާގެ އެކުވެރިޔަކު އައީ އެފަދަ މަންޒަރުތައް ސިފަ ކުރެވިފައިވި ވާހަކައެއް ހިފައިގެންނެވެ. ނަޞްރާގެ އެއް އެކުވެރިޔަކު އެ ވާހަކަ ކިޔަމުން ދިޔައިރު ނަޞްރާއާއި އޭނަގެ އަނެއް ދެ އެކުވެރިން ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިއްބެވެ. އޭގެ އަނެއްދުވަހު ނަޞްރާ އޭގެ 10 ވަރަކަށް ފޮތް ގަނެލިއެވެ.

ނުނިމޭ

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

އަހަރެން މަރުވަނީ!!! ޕާޓް 2

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 3

Next
September 9, 2015

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 3

Previews
September 8, 2015

އަހަރެން މަރުވަނީ!!! ޕާޓް 2

30 Comments

  1. mal says:
    September 8, 2015 at 9:42 pm

    Hey me 1st

    1. jana says:
      September 8, 2015 at 10:16 pm

      😀

  2. sham says:
    September 8, 2015 at 9:47 pm

    V reethi

    1. jana says:
      September 8, 2015 at 10:17 pm

      Alhamdhulillah! 😀

  3. mal says:
    September 8, 2015 at 10:01 pm

    Wow..v rythi..alhey haadha goahey nasra eyru dhw

    1. jana says:
      September 8, 2015 at 10:18 pm

      hmm….libunu ekuveringe sababun dho bodah goas evy? ehenvyma varah balaigen ekuverin hoadhan vaany dho? 🙂 Alhamdhulillah! 😀

  4. Arcane_Belle says:
    September 8, 2015 at 10:01 pm

    V reethi
    ‘namaadhu kuraane ehcheh ves nuhifa eve’ mi jumla innan jeheyny namaadhu kuraane ehcheh ves nula eve…. like that.
    waiting for the next part

    1. jana says:
      September 8, 2015 at 10:19 pm

      hmm Arcane_Belle. thi thankolhu rangalhu kollanan In Sha Allah. Jazakillah Khairan. 🙂

  5. shyn says:
    September 8, 2015 at 10:09 pm

    Vrh salhi Mi Prt ves ..waiting 4 the nxt prt

    1. jana says:
      September 8, 2015 at 10:20 pm

      Alhamdhulillah! (All praise and thanks belongs to Allah) 🙂 Next part thursday ga In Sha Allah 🙂

  6. mee says:
    September 8, 2015 at 10:10 pm

    Mi bae vas vvvvvv reethe

    1. jana says:
      September 8, 2015 at 10:20 pm

      Alhamdhulillah! 😀

  7. me says:
    September 8, 2015 at 10:18 pm

    dh part eh v v v avas plx mi part v intrstn

    1. jana says:
      September 8, 2015 at 10:21 pm

      dhen oiy part thursday ga In Sha Allah 🙂

  8. Elsa2 says:
    September 8, 2015 at 10:48 pm

    Hus faahish vaahaka.

    1. jana says:
      September 9, 2015 at 10:31 am

      ……………

  9. Nym says:
    September 8, 2015 at 10:58 pm

    Vaahakaige ibaaraai kuurun heevanee kuda kujjeh liyefa oiy vaahakaeh hen.. v v v v hadi.. u can write better then this.. nasra nasra nasra abadhu nuliye thankolheh reethi gothakah jumlathah hunna nama v salhi vees. Any ways best of luck

    1. jana says:
      September 9, 2015 at 10:35 am

      hmm Nym, mi vaahakaige evves baehga huri ‘ibaaraaiy thakaky molhu fenvaregge ‘ibaaraaiy thakekey jana nubunaanan. vakin khaassakoh mi baige ‘ibaaraaiy thakaamedhu jana ves hiyhama nujehey. jana ah heevany migothah mivy maa lahun mi bai liyeven feshunyma hen. maa las vythy jana ehfaharu kiyaa ves nulai mi up kury. dhen oiy baiga rangalhu kolleveytho balaanan In Sha Allah 🙂 Alhamdhulillah!

  10. zai says:
    September 8, 2015 at 11:47 pm

    Jana mi partvex v salhi..keep it up..☺waitting 4 next part.

    1. jana says:
      September 9, 2015 at 10:36 am

      Alhamdhulillah! next part thursday ga In Sha Allah 🙂

  11. Aishaa says:
    September 9, 2015 at 6:54 am

    Al-hamdhulillaah! 🙂
    Mi prt varah furi hama 🙂
    Wainting 4 the nxt prt…kon irakun nxt prt genesdhey ny???

    1. jana says:
      September 9, 2015 at 10:37 am

      Alhamdhulillah! dhen oiy bai thursday ga In Sha Allah 🙂

  12. Anonymous says:
    September 9, 2015 at 6:54 am

    Gud

    1. jana says:
      September 9, 2015 at 10:38 am

      Alhamdhulillah! 🙂

  13. Samy says:
    September 9, 2015 at 8:32 am

    Ideas reethi. Ekam ibaaraaithah reethi kohlanjehey

    1. jana says:
      September 9, 2015 at 10:38 am

      hmm Samy rangalhu kureveytho balaanan In Sha Allah. Alhamdhulillah! 🙂

  14. nasra says:
    September 9, 2015 at 11:02 am

    pis nunimeytha nasra ge baeh!!

    1. jana says:
      September 10, 2015 at 8:45 pm

      sorry Nasra. Nasra ge maazy nimeyny 25 vana bain. ey Nasra mi dhevihifi kanthahthakaky ehaa faseyhain dhuruvevey kanthakah nuvaathy

  15. Hijra says:
    September 10, 2015 at 7:34 pm

    Kobaatha vaahaka?? Mihaaru intezaaruga onnathaa kihaa irah vejje… thursday ga ey kiyaafa adhives up nuvey… thursday ah nuvanya bunegen nuvaane ehnnu thursday ga up vaane ekey

    1. jana says:
      September 10, 2015 at 8:46 pm

      up vejjeyey! 😀

Comments are closed.

All Right Reserved!