Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަޖާ (ނުވަ ވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 10, 2015 5 Mins Read
31 Comments

“އަޅުގަނޑުގެ ނަމަކީ ނާއިފް….ވަރަށް ބޮޑަށް ޝުކުރިއްޔާ” ނާއިފް ޝާޑްއާއި އަތްގުޅާ ސަލާމްކޮށްލިއެވެ. އެ އޮފީހުން ނުކުމެ ފަޔާޒްއާއި އެކު ކާރަށް އަރަން ދެމީހުން އެކުގައި ހިނގައިގަތެވެ. އަދި ކާރުގެ ސީޓް ބެލްޓް އަޅަމުން ފަޔާޒް ނާއިފްގެ ދަޅު ދިއްކޮށްލިއެވެ.

“އެ ދަޅު އެއްކޮށް ދަމާލީތަ؟…. ހެހެހެ… އެތާ ތެރޭ ހުރީ އެއްކަލަ ބޯދިގުކޮށްފަ ހުރި ސޮރު… އެއީ އޮފީހެއް… މަމިއައީ ދޮގެއްހަދާފަ އެ ކުންފުނީގެ ޕޯޓްފޯލިއޯ ހިފައިގެން….” ނާއިފްގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒް ކާރު ސްޓާޓް ކޮށްލައިފިއެވެ.

މަރާ ހަނގުރާމަ ކުރަނީ

އޮފިސަރ އައިންތުއާއި ފަޒްނާއިނީ ހޮސްޕިޓަލުގައި ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑި ބަރީގައި އިށީންދެގެންނެވެ. އޭރު މެންދުރު ފަސްވަނީއެވެ. ޑޮކްޓަރ އަމީލިޔާ ދުރުވާނެ ވާހަކަ ނަރުސް ކުދިން ބުނުމުން އެކަމުގެ އިންތިޒާރުގައެވެ.

ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިތައް ހުރި ކޮރިޑޯއިން ފަޔާޒާއި ނާއިފް ހިނގާފައި އަންނަތަން ފެނުމުން އައިންތުއާއި ފަޒްނާ ގޮނޑިން ތެދުވެ މަޑުކޮށްލައިގެން ހުއްޓެވެ. ފަޔާޒް އައިންތުއާއި އަރާ ހަމަވުމުން، އައިންތު ވާހަކަ ދެއްކިއެވެ. “ސަރ… އަދިވެސް ޝިޔާނާ ހެޔެއްނާރާ… ޑޮކްޓަރ އަމީލިޔާ މިހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރާއި ކަރުން މަތީ ހާއްސަ ޑޮކްޓަރަކާއި އެކު، މެންދުރުފަހުން ދުރުވާނެ ވާހަކަ ބުނި…..”

ފަޔާޒް އަތުގެ އިޝާރާތުން އައިންތު ގާތު ބޭރުގައި މަޑުކޮށްލުމަށް އެދި ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. ޝިޔާނާ އެނދުގައި އޮތްއިރު ހީވަނީ ދެލޯ މަރާލައިގެން ފުން ނިންޖަކުން ނިދާފައިވާ ހެންނެވެ. ފަޔާޒު މުޅި ކޮޓަރި ތެރެއަށާއި ޝިޔާނާއަށް ވަރަށް ރަގަޅަށް ބަލާލިއެވެ. އަދި ޝިޔާނާގެ ވާތް ފަރާތުގައި މަޑުކޮށްލިއެވެ.

ޝިޔާނާގެ ވާއަތަށް ވަނީ ކެނިއުލާ ގުޅާ އައިވީ ގުޅާފައެވެ. މޭ މައްޗާއި ހަމައަށް ވަނީ ހުދު ރަޖައެއް އަޅާފައެވެ. އެ ކޮޓަރީގެ އޭސީ ހުރީ 20 ޑިގްރީއަށް ޖައްސާފައެވެ. ނަމަވެސް އޭނާގެ ނިއްކުރިން ފެން ތިކިތިކީގެ އަސަރު ފެންނަން ހުއްޓެވެ. ޝިޔާނާއަށް ވަނީ އޮކްސިޖަންވެސް ގުޅާފައެވެ. ކަނާތް ފަރާތުގައި ހިތުގެ ވިންދާ ލޭގެ ޕްރެޝަރ ބަލާ މެޝިންތައް ބެހެއްޓިފައި ވާއިރު އެ މެޝިންތައް ހުރީ ޝިޔާނާގެ ގަޔަށް ގުޅާފައެވެ. ކޮޓަރިތެރެއިން އިވެމުންދާ އަޑަކީ ވިންދު ބަލާ މެޝިނުން ގޮވާ އަޑާއި އޮކްސިޖަން މެދުވެރިކޮށް ޝިޔާނާ ނޭވާލަމުން ދާ އަޑެވެ.

ފަޔާޒް ކަޅި ޖަހާނުލާ ޝިޔާނާއަށް ބަލަންހުރި އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މިހެން ގެއްލި ޝިޔާނާގެ މޫނަށް ބަލަން ހުރެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. އެހެން ހުރެފައި ޝިޔާނާގެ ނިއްކުރީގައި ފިރުމާލުމަށް އަތްނެގިއެވެ.

އެވަގުތު ފަޔާޒަށް ސިހުމެއް ގެނުވީ އޭނާގެ ފަހަތުން ކޮޓަރީގެ ދޮރު ހުޅުވާލުމުން ނެވެ. ފަޔާޒް އޭނާގެ އަތުން މޫނު ފޮހެލާ ފަސް އެނބުރިލިއެވެ. ޑރ. އަމީލިޔާގެ އިތުރުން ޑޮކްޓަރ ޔުނިފޯމްގައި ތިބި ދެ ފިރިހެން ޑޮކްޓަރުންނާއި ޝިޔާނާގެ ފައިލް ހިފައިގެން އައިސް ހުރި ނަރުސް ކުއްޖެއް ހުއްޓެވެ. ފަޔާޒް އެއްކައިރިއަށް ޖެހިލުމަށް އެނބުރިލި ވަގުތު ސިއްސައިގެން ދިޔައީ ޝިޔާނާ އޭނާގެ އަތުގައި ހިފާލުމުން ނެވެ. ޝިޔާނާއާއި ދިމާލަށް ފަޔާޒަށް ބާލާލެވުނެވެ. އަދި މިއޮތީ ހޮސްޕިޓަލުގައި ކަމަށް ބުނެލިއެވެ. ޝިޔާނާ ވައިއަޑުން ކީ އެއްޗެއް ފަޔާޒަކަށް ސާފެއް ނުވިއެވެ.

އަނގަމަތީ އަޅާފާއިވާ އޮކްސިޖަން މާސްކް ޝިޔާނާ ކަނާއަތުން ނެގިއެވެ. އަދި ތުންފަތް ހަރަކާތް ކުރަންފެށިއެވެ. “މަންމަ…. މަންމަ….” މިހިސާބަށް ބުނެވުނު އިރު ސިޔާނާގެ ވާތުން ބާރުބާރަށް ފަޔާޒުގެ އަތުގައި ހިފާ ފިއްތާލިއެވެ. ބަލަބަލަހުއްޓާ ކެނިއުލާއިން އައިވީ ގުޅާފައިހުރި ހޮޅިއަށް ލޭއަރަން ފަށައިފިއެވެ. ޝިޔާނާ ވަށައިގެން ޑޮކްޓަރުންގެ ޓީމް އެތުރިގެންފިއެވެ. އޭރުވެސް ފަޔާޒްގެ އަތުން ޝިޔާނާ ދުލެއް ނުކުރެއެވެ. އަތުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ޝިޔާނާގެ އަތުގެ ނިޔާފަތިތައް ފަޔާޒްގެ އަތުގެ ތެރެއަށް ވަންނަމުން ދިޔައެވެ. ޝިޔާނާގެ ހަށިގަނޑަށް ވަނީ ބާރު އަރާ ފައެވެ.

“ނާރސް… ޕްލީސް ބްރިންގް އެލްޓިޕްލާސް އިންޖެކްޝަން އެންޑް އެސްޕްރިން” މިހެން ޑރ. އަމީލިޔާ ގާތު ހުރި ފިރިހެން ޑޮކްޓަރ ބުނުމުން އެ ނަރުސް ކުއްޖާ ޝިޔާނާ ބާއްވާފައިވާ އެނދުކައިރީ ހުރި ކަބަޑު ހުޅުވާލުމަށްފަހު އިންޖެކްޝަން ފުޅި ނެގިއެވެ. އަދި ސިރިންޖް ނެގުމާއި އެކު އެ ފުޅި ކަނޑާލާ ސިރިންޖަށް އެ އިންޖެކްޝަން ދަމާލީ ވަރަށް ފަރިތަކަމާއި އަވަސް ކަމާއި އެކުގައެވެ. އޭރު ޝިޔާނާ ތުރުތުރުލާ، ދެލޯ ބޮޑުވެ، ކަޅިވަނީ މައްޗަށް އަރާފައެވެ. ތިން ޑޮކްޓަރުންގެ އެހީގައި ޝިޔާނާގެ ކަނާތް އޭނާގެ ބަނޑުމަތީގައި ބާއްވާ، ޝިޔާނާ ވާތް ފަރާތަށް އަނބުރާލިއެވެ.

ނަރުސް ކުއްޖާ އެނދު ވަށާލާފައި ފަޔާޒްގާތު ހުއްޓުމަށްފަހު ސްޓޭންޑްގައި އަޅުވާފައި ހުރި އައިވީ ފުޅީގެ ތެރެއަށް އެލްޓިޕްލާސް އިންޖެކްޝަން ޖަހާލިއެވެ. އެވަގުތު ރިކަވަރީ ޕޮޒިޝަންގައި ބާއްވާފައިވާ ޝިޔާނާގެ ހަރަކާތް މަޑުވެ ބާރު ދޫވަމުން ދިޔުމުން، ނަރުސް ކުއްޖާ ޝިޔާނާގެ އަތް ފަޔާޒްގެ އަތުން ވަކި ކޮށްލިއެވެ. އަދި ކެނިއުލާއަށް ލޭއަރާފައި ވުމުން އައިވީ ތިކި ޖަހާ މިންގަނޑު އަވަސްކޮށްލައި ޝިޔާނާގެ އަތުގެ ކުޑަހުޅާ ހަމައިގައި ފިރުމާލިއެވެ. އެއަށްފަހު ކެނިއުލާގެ މަތިގަނޑު ނަގާ އެއަށް މަޑު މަޑުން އެސްޕްރިން އިންޖެކްޝަން ދޫކޮށްލިއެވެ.

ޝިޔާނާގެ ހެޔެއް ނެތެވެ. މަންޒަރު ބަލަން ފަޔާޒް ހުރިއިރު އޭނާއަށް ހީވީ އޭނާގެ ހަށިން ފުރާނާ ވަކިވެގެން ދިޔަހެންނެވެ. ފަޔާޒަށް ކައިރީގައި ހުރި ޑރ. އަމީލިޔާއަށް ބަލާލެވުނެވެ.

“ފަޔާޒް ސަރ…. އަޅުގަނޑުމެންގެ ޓީމަށް ނެގުނު ޝިޔާނާގެ ސްކޭންތަކުން ވަރަށް ނުރައްކާ ކަމެއް ފާހަގަ ވެއްޖެ…. އޭނާގެ އާއިލާއަށް މިކަން އެންގުން ވަރަށް މުހިއްމު…. އޭނާއަށް ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބަކީ އޭނާގެ ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރެއް ބްލޮކްކޮށްލާ ގަނޑުކޮޅެއް ހުރުން….. މީ ވަރަށް ނުރައްކާތެރި ކަމެއް… މިހާރު މިދެވޭ އިންޖެކްޝަން ތަކުން ސްޓްރޯކް ހުއްޓުވިދާނެ… ނަމަވެސް އެއީ ވަގުތީ ފަރުވާއެއް…. މިދެވޭ ބޭހުން އެ ބްލޮކްތައް އިތުރަށް ބޮޑު ނުވެ ހިފަހައްޓައި ދެވޭނެ… ނަމަވެސް…..” ޑރ.އަމީލިޔާގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒްގެ ހިތުގެ ވިންދު އަވަސްވެ މީހާ ވަނީ ހާސްވެ ބިރުގެންފައެވެ.

އަނެއްކާވެސް ޑރ.އަމީލިޔާ ވާހަކާ ދެއްކިއެވެ. “މީ ދާއިމީ ހައްލެއްނޫން…. މީގެ އެންމެ ޕޮސިބްލް ރިޒަލްޓަކީ ސިކުނޑިއަށް ލޭހޮޅި ފަޅައިގެންގޮސް….. ސިކުނޑިއަށް ލޭއެޅި މަރުވުން ނޫނީ ނުކުޅެދޭ މީހަކަށް ވުން….” ފާޔާޒަށް ހީވީ މުޅި ދުނިޔެ އެއްފަހަރާ ހުއްޓުނު ހެންނެވެ. ލޯ މަރައިގެން އެނދުގައި އޮތް ޝިޔާނާއަށް ފުން ނަޒަރަކުން ބަލާލިއެވެ. އަދި ވާނުވާ އަންގަމުން ދިޔުމަށް ޑޮކްޓަރ ގާތު އެދި އެ ކޮޓަރިން ނުކުތެވެ.

އެކޮޓަރީގެ ކުރިމަތީގައި ތިބި ފުލުހުންނަށް ފަޔާޒްގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމުގެ ކުލަތައް ދައްކަން ބޭނުން ނުވާތީ ހޮސްޕިޓަލްގެ ބިއްދޮށުގައިވާ ހުސްބިމަށް ނާއިފާއި އެކު ނުކުތެވެ. ފަޔާޒަށް ވެފައި ހުރިގޮތް ފެނި ޝިޔާނާގެ ހާލަތު ގޯސްކަން ނާއިފަށް އިނގުނެވެ. ދެކޮޅަށް ހިނގަމުން އެ ކޮޓަރީގައި ހިނގިކަންތައް ފަޔާޒް ނާއިފަށް ކިޔައިދިނީ ޝިޔާނާގެ ނިޔަފަތިތައް ވައްދާފައިވާ އަތުގައި ހިފަހައްޓައިގެން ހުރެ ފިރުމަމުންނެވެ.

އެ ވާހަކަ އަޑުއަހަން ހުރި ނާއިފަށް ވެސް ޝިޔާނާއާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ފަޔާޒް ހިތުގައި ޖެހިފައިވާ މިންވަރު އިހްސާސް ކުރެވެއެވެ.

**** **** **** **** ***** ****

ސާނިޔާ އޮފީހަށް ދިޔައީ ބޯ ހަމަޖައްސާލާށެވެ. އެކަމަކު ބޮލުގައި ރިހޭ ވަރުން ކެތްނުކުރެވިގެން އަނބުރާ ގެއަށް އައީއެވެ. އަދިވެސް އޭނާގެ ސިކުނޑީގައި ވަނީ އެދުވަހުގެ ޚިޔާލުތަކެވެ. އެ ބިރުވެރި މަންޒަރުތަކެވެ. ސާނިޔާގެ މަންމަގާތަށް ހޮސްޕިޓަލަށް ގޮސް ހުންނަން ވެސް ބޭނުމެވެ. ނަމަވެސް ހިތްބިރުގަނެ މޭ ތެޅޭވަރުން ހޮސްޕިޓަލަށްވެސް ދާކަށް ނުކެރުނެވެ.

ސާނިޔާ އޮތީ ސޯފާގައި އޮށޯވެ ނިއްކުރިމަތީ އަތް ބާއްވާލައިގެން ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ސާނިޔާގެ ފިކުރުތަކުން އެއްކިބާވީ ކައިރިއަށް އައިސް ސާނިޔާއަށް ހޫނު ކޮފީ ތައްޓެއް މަތީނު ދިއްކޮށްލާ ވާހަކަ ދައްކަން ފެއްޓުމުންނެވެ.

“ސާނީ މިހާރު ތި ކަމާ ވިސްނާ މީހާ މުޅިން ހަލާކުވަނީ…. ތިވަރުން ކިހިނެއް އޮފީހުގައި މަސައްކަތް ކުރާނީ…. އަހަރެން ބުނެފިން ޝާޑްކައިރީ ރިސެޕްޝަންއަށް އާމަންޖެއެއް ހޯދާށޭ!… ސާނީ ހަމައަކަށް އެޅުނީމަ ޝިޔާނާ ކުރި މަސައްކަތް ކުރެވިދާނެއްނު…..”

މަތީނުގެ ވާހަކަތައް އަޑުއަހަން ހުރި ސާނިޔާ ތެދުވެ ކޮފީތަށި ހިފައިގެން ބެލްކަންޏަށް ނުކުމެ މަތީނު ބުނި ވާހަކައަށް ޖަވާބުދިނެވެ. “އޯކޭ ތިގޮތްވެސް…. އެކަމަކު އަހަރެން ވަރަށް އާވާނެ ދޮންތަ ކުރި މަސައްކަތަށް…. އަހަރެންނަށް މާކެޓިންގް ޖައްސަން ނޭނގޭނެ….”

މަތީނު ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. “ރިސޯޓްތަކަށް ސަޕްލައިކުރުމުގެ ކަންތައްތައް މިބަލަހައްޓަނީ އަހަރެން…. އެމީހުންނާ ޑީލްކޮށްގެން ސާނިޔާ އެމީހުންގެ ފީޑް ބެކް ހޯދާ… އަދި އަހަރެމެން އިތުރު ރިސްޓޯޓްތައް ބޭނުންވެއްޖެ ހިނދެއްގައި ރިސޯޓްތަކަށް އަހަރެމެން މުދާ ގެނެސްދޭ ރޭޓްތައް ފޮނުވައިގެން އިތުރު ރިސޯޓްތައް ހޯދޭނެ… އެއީ އެހާ އުނދަގޫ ކަމެއް ނޫނޭ…. ރިސޯޓްތަކަށް ކުރި އޮފީސް ދަތުރު ތަކުގައާއި މިކަމުގެ ތެރޭގައި ސާނިޔާވެސް އުޅޭތާ 2 އަހަރުވީ… ސޯ… އުނދަގުލެއްވާނެހެން ހިޔެއް ނުވޭ…. އަހަރެންނަށް ފެންނަނީ އަދި ސާނިޔާ އަރާމުކުރަން….”

ސާނިޔާ އެއްބަސްވުމުގެ ގޮތުން ކުޑަ ކުއްޖެއް ފަދައިން ބޯޖަހާލުމުން މަތީނު އަވަސް ވެގަތީ ޝާޑަށް ގުޅާށެވެ. ސާނިޔާ ބަލިވުމުގެ ސަބަބުން އޮފީހަށް ނުދާތީ ގިނަ މަސައްކަތް ވަނީ ފުނިޖެހިފައެވެ. ޝިޔާނާގެ އިތުރުން މުއާޒްގެ މަސައްކަތައްވެސް ހުރީ ފުނި ޖެހިފައެވެ. އެހެންކަމުން މަތީން ހުންނަނީ މި ކަންތައްތަކާއި ބޯ ގޮވާފައެވެ. އެކަމަށް އޮތް ހައްލެއް ގޮތުގައި ވިސްނުނީ އޮފީހަށް އިތުރު ދެ މުވައްޒަފުން ހޯދުމެވެ. ޝާޑްއަށް ގުޅާލީ ރިސެޕްޝަނަށް އަންހެން ކުއްޖަކާއި މާކެޓިންގް އެސިސްޓަންޓެއް ގޮތުގައި މަސައްކަތް ކުރާނެ ކުއްޖެއް ހޯދުމަށެވެ.

“ޝާޑް ރަގަޅު ކުއްޖެއް އިންޓަވިއު ކޮށްގެން ނަގާ…. އެކަމު ސެލެރީ 3000 އަށް ވުރެއް ބޮޑެއް ނުކުރެވޭނެ… 3 މަސް ވަރު ވެލީމަ މަސައްކަތަށް ބަލާފަ ގޮތެއް ހަދައި ދެވިދާނެ…” މަތީނު މިމަސައްކަތް ޝާޑާއި ހަވާލު ކުރީ ސާނިޔާ ބަލިކޮށް އުޅޭތީ އޭނާ އޮފީހަށް ނުގޮސް ގޭގައި މަޑުކުރާށެވެ. ގޭގައި މިދުވަސްވަރު އިތުރު މީހަކު ނޫޅެތީ މަތީނަށް މުޅިންހެން ހުންނަން ޖެހެނީ ގޭގައެވެ.

މުއާޒް މަރުވުމުން އެކަމާ އޭނަ ވަރަށް ހިތާމަ ކުރެއެވެ. މުއާޒުގެ ކަށުނަމާދަށް ދިޔުމުން، މުއާޒުމެންގޭ މީހުންނަށް ވެފައި ތިބިގޮތް ފެނި އޭނާ އެކަމާއި ވަރަށް ދެރަވެ ޝިޔާނާ ދެކެ އިންތިހާއަށް ރުޅިއައެވެ. ޝިޔާނާ ވަރިކޮށްލެވުނީވެސް މިހެންވެއެވެ. އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ ކުއްލި މަރަކުން މަރުވުމުން ހިތަށް ވަނީ ވަރަށް ފުން އަސަރުކޮށްފައެވެ.

*** *** *** *** *** ***

އަޞްރު ނަމާދަށް ބަންގި ގޮވުމާއި އެކު ފަޔާޒާއި ނާއިފް އަވަސްވެގަތީ ނަމާދަށް ދިޔުމަށެވެ. ހޮސްޕިޓަލުގައިވާ ނަމާދުކުރާ ކޮޓަރިއަށް ވުޟޫ ކޮށްގެން ވަދެ ނަމާދު ކުރަން ފެއްޓިއެވެ.

ނަމާދުކޮށް ނިމި ސަލާމް ދިނުމަށް ފަހު ޒިކުރު ތަސްބީހަ ކިޔުމަށް ހަމަޖެހިލަމުން ފަހަތަށް އެނބުރި ބަލާލެވުނެވެ. އެވަގުތު ފާޔާޒުގެ ފަހަތުގައި ދުޢާކުރަން އަތް ނަގައިގެން ފުއާދު ރޮމުން ދާ މަންޒަރު ފެނުނެވެ. ފެނުނު މި މަންޒަރުން ފަޔާޒުގެ ހިތަށް އިތުރު ރިހުމެއް ލިބުނު ކަހަލައެވެ. ފަޔާޒަށް ހިންދިރުވާ ލެވުނެވެ. ފުއާދު ހުރި ހާލަތުފެނި ޝިޔާނާއަށް ވަމުންދާ ގޮތް އެ ނިކަމެތި ބައްޕައަށް ކިޔައިދޭން ޖެހޭތީއެވެ. މަތީނާއި ޝިޔާނާގެ ގުޅުން ހުރި ހިސާބުން، މި ވާހަކަ ހިއްސާ ކުރަން އެންމެ އެކަށީގެންވާ ފަރާތަކީ ފުއާދުކަން ވިސްނުނެވެ.

ފަޔާޒް ޒިކުރު ތަސްބީހަ ކިޔާ ނިމި ޝިޔާނާއާއި އޭނާގެ މަންމައަށް ޝިފާއަށް އެދި ދެއަތް މައްޗަށް ނަގާ ދުޢާ ކުރިއެވެ. އަދި ޝިޔާނާގެ ކުށެއްނުވާނަމަ މި މުސީބާތުން އޭނާ ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު ހަމްދު އަޅާ އަވަހަށް ތެދުވެ ފަސް އެނބުރި ބަލާލިއެވެ. ނަމަވެސް އޭރު އެ ކޮޓަރީގައި ހުރީ ފަޔާޒް އެކަންޏެވެ.

ނަމާދުކުރާ ކޮޓަރިން ނުކުމެ މިސްރާބުޖެހީ އައި.ސީ.ޔޫ އާއި ދިމާލަށެވެ. ފަޔާޒަށް ފުއާދާ ދިމާވުމުން ޝިޔާނާގެ މަންމަގެ ޙާލު އޮޅުން ފިލުވާލިއެވެ. ފުއާދު ވަރަށް މާޔޫސްވެ ހުރެ ރަގަޅު ނޫން ކަމަށް ބޮލުގެ އިޝާރާތުން ހާމަކުރިއެވެ. ފުއާދުގެ ހިތުގެ ރިހުމަށް އިތުރު ހިތްދަތިކަމެއް ދޭން ބޭނުން ނުވާތީ ޝިޔާނާގެ ހާލަތުގެ ވާހަކަ އެވަގުތަށް ސިއްރުކުރީއެވެ.

ފާޔާޒް ފުއާދަށް ހިއްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަގަޅު ވަމުންދާނޭ ކަމަށް ބުނުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް މިސްރާބު ޖެހިއެވެ.

ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުން ފާޔާޒް ފޯނު ނެގިއެވެ. އެ ކޮޅުން އެގުޅީ ނާއިފެވެ. “ހަލޯ!… އަވަހަށް އާދެބަލަ…. މަށަށް މިއިންވެސްޓިގޭޝަންގެ ދެވަނަ ޓާގެޓް އެނގިއްޖެ….މަމީނީ ފަޔާޒް ކާރުކައިރީ…”

ފަޔާޒް ނާއިފްގެ ކޯލު ކަނޑާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ފަޔާޒުގެ ކާރު ޕާރކު ކޮށްފައިވާ ޒޯނަށް ދިޔުމަށް ހިނގައިގަތެވެ.

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ކުށްވެރިޔަކީމެވެ.

Next

ޔާރާއޭ…. (18)

Next
September 10, 2015

ޔާރާއޭ…. (18)

Previews
September 9, 2015

ކުށްވެރިޔަކީމެވެ.

31 Comments!

  1. Axoo says:
    September 10, 2015 at 12:41 am

    Vv kiyaahithun mifashanee. V inthizaarukuraa vaahaka eh mee.

  2. Shax Lyn says:
    September 10, 2015 at 12:42 am

    wednesdayga upload nukurevuneema, inthizaaruga thibi kiyun theringe arihun maafah edhen…. mi baives hurihaa kiyun therinah kamudhaane kamah ummedhu kuran… 🙂

    1. ken? says:
      September 10, 2015 at 2:29 am

      maraa hanguraama kuranee ge dhashun 4 vana paragraph ga haadha varakah “shiyaanaa” ebainey…ethankolhu v bodah faahaga kurevuneema bunelee…btw story v interesting ?

    2. Shax Lyn says:
      September 10, 2015 at 10:02 am

      Thanks @ken…. mihaaru e paragraph rangalhu kollaifin…. 🙂 thanks again… 🙂

  3. nym says:
    September 10, 2015 at 12:48 am

    Nice..
    Wen is the nxt part??

  4. Axoo says:
    September 10, 2015 at 12:55 am

    V reethi.

  5. shif says:
    September 10, 2015 at 12:56 am

    Varah varah furihama… keeo it up . Lyn ur thw best.. wen next part up vaany

  6. aily says:
    September 10, 2015 at 1:00 am

    Nice
    V intrrsting love to read

    1. Shax Lyn says:
      September 10, 2015 at 10:04 am

      Thanks @nym @Axoo @shif @aily …… next part Saturdayga… 🙂

  7. Anonymous says:
    September 10, 2015 at 1:00 am

    Huvaa mi buneee…. mivaahaka mulhin nimmaanee kiyaa hiyvaa hisaabah…. dhen eheyne dho naahan hittas kon irakun hey anehbbai….. nooney vaa kiyun therin thalhuvaalan ingey shaxlyn ah…

    1. Shax Lyn says:
      September 10, 2015 at 10:05 am

      shukuriyyaa….. 🙂 kuriyah huribaithakakeeves hiy thalhuvaalaa kahala baithakakah hedheytho balaanan 😉 :p

  8. zai says:
    September 10, 2015 at 1:28 am

    Nice?

  9. shx says:
    September 10, 2015 at 1:50 am

    Masha allah.. V reethi vhk eh..

    1. shx says:
      September 11, 2015 at 4:00 pm

      thy kon shx ehtha..ma shx jahain ulheythytha…

  10. gurey says:
    September 10, 2015 at 2:01 am

    OMG….. touching….. i cant wait anymore….. next episode pls….

  11. ken? says:
    September 10, 2015 at 2:36 am

    sifakurunthah v reethi specially at de hospital..v curious vey kuriah huri bai thakah…all de best ?

  12. mee says:
    September 10, 2015 at 3:24 am

    Shaax nxt part avas plus……………mibaevs v reethe

  13. Ishaa says:
    September 10, 2015 at 5:47 am

    I never thought this story will we this awesome. Next part avahah nukunnaane kamah umeedh kuran.

  14. shif says:
    September 10, 2015 at 6:41 am

    Varah reethi

  15. dhatha says:
    September 10, 2015 at 9:09 am

    shax dhooni dhen kon irakun anae bai dhatha mihaaru anae bai kiyaahithun mioegen moyavanee

    1. Shax Lyn says:
      September 10, 2015 at 10:15 am

      Hi.. Dhatha….. thank you….Insha Allah on Saturday….. <3 🙂

  16. keevaa says:
    September 10, 2015 at 9:14 am

    v v v v v nice. please avahah up kurahchey…love it…

  17. aria says:
    September 10, 2015 at 9:16 am

    V nice n interesting….waiting for the next part…plx upload soon

  18. bubbly says:
    September 10, 2015 at 9:32 am

    Iwonder how these creative ideas comes to ur mind…. masha allah…. mikahala thafaathu gina vaahaka kiyaalan libeyne kamah ummeedhu kuran……

    1. Shax Lyn says:
      September 10, 2015 at 10:11 am

      Alhamdhu lillah… thanks bubbly…. 🙂

  19. Shax Lyn says:
    September 10, 2015 at 10:17 am

    thank a lot for ur love and support… <3 @aria @keevaa @shif @Ishaa @mee @ken @gurey @shx @zai 🙂 next part will upload on Saturday…..

  20. San says:
    September 10, 2015 at 10:18 am

    maa avahah nimihje…waiting for the next part

  21. HabeyzZ says:
    September 10, 2015 at 1:00 pm

    Ssalhi ehh ? ???

  22. mx says:
    September 12, 2015 at 1:52 am

    Lyn avaskobba varah kiyaahitun mi ulhenee

  23. nukko says:
    September 12, 2015 at 11:31 am

    Kn irakun shaxx anehbaii up kiranyy???? Tym bunebaa pleeex????????? Nukko kiyaahithun hureveneeky noon

  24. Shax Lyn says:
    September 12, 2015 at 12:36 pm

    އަޕްލޯޑް ކޮށްފިން….. ދިހަ ވަނަ ބައި (މީޑިޔާގެ ސަމާލުކަމަށް)…..

Comments are closed.

Next Episodeނަޖާ (ދިހަ ވަނަ ބައި)←


All Right Reserved!