”މިއީތަ ދޭން ބުނި ސަޕްރައިޒަކީ؟؟” އިޒްކާގެ މޫނު ވަނީ މިލާފައެވެ. އިޒްކާގެ މޫނަށް ވެރިވި ކުލަވަރު ފެނި އައިމަން ގެ ގާތަށް ހިނި އައެވެ. ”އަޅެ އިޒޫއަށް ހާދަ ނުވިސްނެޔޭ ދޯ! އަހަރެން މި ބުނީ ދެނެއް އިޒޫ އާ ރައްޓެހި ވެގެން އުޅޭކަށެއް ބޭނުމެއް ނޫނޭ. ބޭނުމީ އިޒޫ އާ މެރީ ކުރަން..” އައިމަން އިޒްކާ އާ ދިމާއަށް ބަލާލިއިރު އިޒްކާގެ މޫނުވަނީ އުޖާލާވެފައެވެ. ނަމަވެސް އެކަމުން ވެސް އައިމަން އަށް އެއްޗެއް ދޭހަ ނުވިކަމަށް ހަދާފަ، އަނެއްކާވެސް އައިމަން ވާހަކަ ދައްކަން ފެށިއެވެ.” އަހަރެމެން މިތިބީ މި ކަހަލަ ކަމަކަށް އެންމެ އެކަށޭނަ ދުވަސްވަރުގަ. މި ބުނީ ސަމަންތަރު ހެޔޮކޮށް ތިބުމުގެ އިތުރަށް ޒޯރު ވެސް އެބަހުއްޓެއްނު. ދެން މިކަންތައް ލަސްނުކޮށް އަހަރެން ބޭނުންވަނީ އިޒޫއާއި އެކު ޒަވާޖީ ޙަޔާތެއް ފަށަން. ވަޓް ޑޫ ޔޫ ތިންކް؟؟] އައިމަން އިޒްކާގެ އަތުގައި ފިރުމާލަމުން މަސްތީ ނަޒަރަކުން އިޒްކާއަށް ބަލާލިއެވެ. އޭރު އިޒްކާގެ މޫނުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
”ހުމްމްމް.. އަސްލުވެސް އިޒޫވެސް ބޭނުން އަވަހަށް ކައިވެނި ކުރަން. އަނެއްކާ ދެފަރާތު އާއިލާ ވެސް އަހަރުންގެ ގުޅުމަށް ހަމަ ލޮލުން ބޮލުން ޤަބޫލެއްނު. އެހެންވީމާ މިކަން ލަސްކުރުުގެ ބޭނުމަކީ ކޮބާ ދޯ!” އިޒްކާ ވެސް ނުހަނު ހިތްހަމަ ޖެހިގެން ހުރެ އޭނާގެ ހިތުގެ ޝުޢޫރުތައް ބޭރުކޮށްލިއެވެ.
އެރޭ ‘ޑައިނަމޯ’ އިން އެ ދެ ޖޯޑު ނުކުމެގެން ދިޔައީ ދަތްޕިލަ ރޮނޑަށް ދީގެން ހުރެއެވެ. އެހާވެސް ކުރެވެން އަންނަ ކައިވެންޏަށް ދެމީހުންމެ އުފާކުރެއެވެ. މީގެ 2 އަހަރު ކުރީއްސުރެ އެކުއެކީގައި ލިޔަންފެށި ލޯބީގެ ޔައުމިއްޔާއަށް ނިމުމެއް އަންނާތީއެެވެ. ދެމީހުން ކުރެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިތުގެ އަޑިން ޖާގަ ދެވިފައިވާ މީހާ އާއި އެކު ޖަވާޖީ ޙަޔާތެއް ފެށޭތީއެވެ.
ޖެހިގެން އައި ދުވަހު، މުލަހާލުގެ ތުނބަށް އިޒްކާއަށް ހޭލެވުނެވެ. އަވަސް އަވަހަށް ނާސްތާއެއް ކޮށްލުމަށްފަހު އޭނާ އަވަސް ވެގަތީ އައިމަން ގެ ބޮޑުބެގެ ގެއަށް ދިއުމަށްށެވެ. އައިމަންގެ މައިންބަފައިން މި ފަނާވަނިވި ދުނިޔެ ދޫކުރުރި ދުވަހުން ފެށިގެން، އައިމަން ބަލާ ބޮޑު ކުރަމުން އަންނަނީ އޭނާގެ ބޮޑުބެއެވެ. އެހެންކަމުން ކުރެވެން އުޅޭ ކައިވެނީގެ ވާހަކަ، ބޮޑުބެ ގެ ކައިރީގައި ބުނަން ބޭނުންވީ، އިޒްކާ އާއި އައިމަން އާ ދެމީހުންނެވެ. ދެ މީހުންގެ ހާޒިރުގައެވެ.
އިޒްކާއަށް ބޮޑުބެމެންގޭ ކައިރިއަށް ދެވުނުއިރު، އައިމަން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ދެ މީހުން އެކުގައި އެގެއަށް ވަނެވެ. ނަސީބުކަން ދިމާކުރިގޮތުން އެ ވަގުތު ބޮޑުބެގެ އިތުރުން ފަހަރިވެސް އުޅެއެވެ. ނަސީބު މިއޮތީ އަތު މުލައްދަނޑީގައި ހިފާފަޔޭ، ދެ މީހުންނަށް ވެސް ހީކުރެވެން ފެށީ ބޮޑުބެގެ ފަހުގެ ނިންމުން އިޢުލާނު ކުރުމުންނެވެ.”ކޮއްކޯ އައިމަން! ބޮޑުބެމެން މިތިބީ މިހާރު ހަންޓޯޓޯ ވާންކައިރިވެފަ. ލޯބޯ ކޮށިވާން ކައިރިވެފަ. ބޮޑުބެމެން ވެސް ވަރަށް ބޭނުން ކޮއްކޮ ރަނގަޅު ޙަޔާތެއް ފަށައިގެން، ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން. ކޮއްކޮއަށް ކަމުދާ ކުއްޖަކު އައްޔަން ކުރަން ތަންކޮޅެއްކުރިން ވެސް ބޭބެ ފުރުސަތު ދިނީމެއްނު ދޯ! ބޭބެ ކޮއްކޮ އަށް ފުރިހަމަ އިތުބާރު ކުރަން. ކޮއްކޮ މި މަންޖަޔާ ކައިވެނިކުރާކަށް ބޭބެ ހުރަހެއް ނާޅާނަން. ބޭބެ ފުރިހަމަ އެއްބާރުލުން މިކަމަށް ދޭނަން” ދަމަކުން ބަޑިއެއްޖަހާހެން ބޮޑުބެ ވާހަކަ ދެއްކިއެވެ.
”ބޭބެ ބުނަންތަ ވާހަކައެއް؟ ތި ދެކުދިން ބޭބެއަށް ވަރަށް ވައްތަރު. އިއްތިފާޤެއް ދޯ!” މިފަހަރުވެސް ވާހަކަ ދެއްކީ ބޮޑުބެއެވެ. ސަމާސާ ރާގެއްގައެވެ. ”ހުމްމްމް.. އަހަރުން ދެމީހުން ވައްތަރު ވާހަކަ ވަރަށް ގިނަ މީހުން ބުނޭ. އިޒޫގެ މަންމަވެސް ވަރަށް ގިނައިން އެހެން ކިޔާނެ.. ހެހެ.. ހަމަ އިއްތިފާޤު ދޯ!” ޖަވާބުގައި އައިމަން ވެސް ބުންޏެވެ.
”ދެން މިހާރު މިއޮތީ ބޮޑުބެގެ ރުހުން ލިބިފަ. ދެން އިޒޫގެ ބައްޕަގެ ވަލީ ދޯ ބޭނުންވާނީ…” އައިމަން ވާހަކަ ދެއްކީ އިޒްކާމެންގެއަށް އައި މަގުމަތީގައެވެ. އޭރުވެސް އެ ދެ ޒުވާނުންގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. ގުލްޝަނެއްގައި ދެންމެ ދެންމެ ފޮޅެލި މަލެއް ފަދައިންނެވެ.
”ހުމްމްްމް.. އިޒޫ ވެސް ވަރަށް ވަރަށް އުފާވެފަ މިހުރީ އާއިލާގެ އެއްބާރުލުން މިކަމަށް ލިބެމުން ދާތީ.. ﷲ ގެ އިރާދަފުޅުން އަހަރެމެންނަށް ވަރަށް އުފާ ފާގަތި ދިރިއުޅުމެއް ވޭތުކުރެވޭނެ. ހިތްހަމަޖެހުމާއި ލޯތްބާއި އަޅާލުމާއިއެކު.. ހެހެ.. އިޒޫ ބައްޕަ މިހާރުވެސް ގޭގަ އުޅޭނެ. އެކަމު ހިންގާ މިރެއަށް ފަސްކޮށްލަން. މިހާރު އިޒޫ ވަރަށް ވަރުބަލިވެއްޖެ. އެހެންނޫނަސް ހެނދުނު އަރާ އިރާއެކު ވަލީ ހޯދަން ދިއުމަކީ ވަރަށް އެހެން ކަހަލަ ކަމެއްނު. މިރޭ އިޒޫ ވެސް ފްރީ ވާނެ.” އިޒްކާ އައިމަންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ، ހިނގަމުން ދިޔައެވެ. ދެއަތް ދެއަތާއި ވަނީ ޖޯޑު ކުރެވިފައެވެ. މަގުމަތީގައި ހިނގަމުން ދިޔަ މީހުންގެ ކަޅިތައް ވެސް ދޭތެރެޔަކުން އެ މަސްތީ ދެ ޝަޚުސަށް ހިންގާލައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.


i am practising for kuru wahaka liyumuge mubaaraathah.. alhugadumen skul ga baiveri weveny kuru wahaka liyumuge mubaaraathuga. ehen ve aslu alhugadu liyaa wahaka thah kury.. anyway thankx all for ur comments
this is a very beautiful story and vaahakaiga beynun kofa huri bas thakaa ibaarrai kurun varah furihama… and i think that lovers are sister and brother dho… this may be your story
who are you
NICE STORY SHURM
KEEP IT UP
WOW nice
i am waiting for next part
ITS ABOUT LOVE
WOW
Wow wow..v v rythi..keep it up shurm..
Maxha allah mi part vx v rythi.. N Izka n aiman akhy dhebennah vaanehen haadha hyveyey.. Next part avahah up kohdhecchey plx..
Sorry.. Masha allah
thi waany beybe aa kokko ah thidhemyhun…. hunnaane foari eh…
nice
great
loabi !!!
keep it up lol!
wow shum lovelyy strory ,….. oh i cant even imagine it !!!!!
it is about love ohhohhohoohohohooh