ރާކިން ދިމްޔާގެ މޫނަށް ބަލާލިއިރު ދިމްޔާވެސް ހުރީ ރާކިނަށް ބަލަހައްޓައިގެންނެވެ. ދިމްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ރާކިންގެ ގައިން ދޫކޮށްލަމުން ދިމްޔާ މާފަށް އެދުމަށްފަހު ޝުކުރުވެސް އަދާކޮށްލިއެވެ. ނަމަވެސް ރާކިން އަނގައިންވެސް ނުބުނެ އޭނާގެ ތޫނު ދެލޮލުން ދިމްޔާއަށް ބަލަހައްޓައިގެން ހުރީ އޭނާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ދިމްޔާގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވެފައެވެ. “ރެކް އަހަރެންގެ އަތް….” ރާކިން ދިމްޔާ ވެއްޓެންދާންފެށުމުން އަތުގެ މުލައްދަނޑީގައި އޭރު ހިފެހެއްޓިގޮތަށް ދޫކޮށްނުލާ ހުރުމުން ދިމްޔާ މަޑުމަޑުން ބުނެލިއެވެ. […]
“ދެން އެންމެ ރަގަޅު ކޮއްކޮ ދިޔަޔަސް…. ބޭބެ މިތާ މަޑުކޮށްލާނަން…” ފުއާދު މިހެން ބުނުމުން ފަޔާޒް މަޑުނުކޮށް ހިނގައިގަތީ ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއާއި ދިމާލަށެވެ. ޝިޔާނާގެ ހާލު އަދިވެސް ހަމަ އެފަދައެވެ. ކިރިޔާ ލޯހުޅުވި ހޭ އަރާ އިރަށް ސްޓްރޯކު ޖެހެނީއެވެ. އެހެން ކަމުން މިހާރު ޝިޔާނާ ބާއްވަނީ ނިދާ އިންޖެކްޝަން ޖަހާ ނިންދަވާފައެވެ. 5 ދުވަސް ވުމުން ކުރިން ކުރި ހުރިހާ ސްކޭންތަކާއި ޓެސްޓުތައް ތަކުރާރު ކުރުމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބަދަލުވުން ދުވަސްތައް ފާއިތުވަމުން […]
ވަދެގެން އައި މީހުންގެ ތެރެއިން މެދަށް، ހައި ހީލް އަށް އަރާފައި މެރޫން ކުލައެއްގެ ކަކުލާ ހަމައަށް ދާ ޖަމްޕް ސޫޓް އަކާއި ލެގިން އެއްގައި ހުރި އަންހެން ކުއްޖާ ފެނުމާއިއެކު އަހަރެންގެ ޙަރަކާތްތައް ހުއްޓުނެވެ. އަހަރެންނަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް ޖަހައިލިހެން ނެވެ. ޖުވެލްސް އަކީ އެފެމެލީގެ ކުންފުނި ހެއްޔެވެ؟ އަހަރެންގެ ކައިވެނި ހަމަޖެހިފައި ވަނީ މިކުއްޖާ އާއި ހެއްޔެވެ؟ އަހަރެން ފެނުމާއިއެކު އެކުއްޖާއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ހުއްޓުން […]
ޘަނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ އަރައި އިސްތަށިގަނޑުންނެވެ. “ޘަނާ… ޘަނާ…” ޘަނާގެ ކުރިމަތީގައި ހުރެ ޢާމިލް ދެފަހަރު ގޮވައިލިއެވެ. ޘަނާގެ ބޮޑު ދެލޮލުގެ ކަޅި ދެފަރާތް ދެފަތާރަށް […]
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. މަދުން ނަމަވެސް ދުއްވާ އެއްޗެއް ފެނިލިޔަސް މާލޭގެ ބާރު ބޮޑު މަގުތައް އޮތީ ހަމަހިމޭންވެފައެވެ. ވިއްސާރަ މޫސުމެއް ކަމުން މުޅި ފަޒާ އެއްކޮށް އޮތީ ފިނިހިފާލާފައެވެ. މި ފިނި ރޭ އެންމެން އަރާމު ތަންމަތީގައި ނިދީގެ ފޮނިކަން ލިބިގަންނަމުން ދިޔައިރު “ހެވެންލީ” ގޯތިތެރެ ގުގުމާލައިފައިވަނީ ޕިޔާނޯގެ ހިތްގައިމު މިޔުޒިކުގެ އަޑުންނެވެ. ފަރިތަކަމާއެކު މާޔާ ޕިޔާނޯގެ ފިތްތަކާ ކުޅެމުން ދިޔައީ ދެލޯ މަރާލައިގެން އިނދެއެވެ. ކޮޓަރީގެ ވަށައިގެން ހުރި ކުޑަދޮރުތައް ހުޅުވާލައިފައި […]
ޔާނާ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ޖާހަތުއަށް ޑަޔަލް ކޮށްލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރައިފިއެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ. ގަޑިން އަށެއް ޖަހަން ކައިރިވަނީއެވެ. ޔާނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފިޔަވަޅުތައް އަވަހެވެ. ޝޯލްއަޅައި ތައްޔާރުވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީކަން އެނގެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔާނާ ދޮރާ […]
ލައުހާ ރޮނީކަން އެނގުމުން ހައިކަލް ދެރަވިއެވެ. އެއްވެސް ބަހެއް ނުބުނު އެތަނުން ދާން އުޅުމުން ހައިކަލް އަނެއްކާވެސް ކުރި ބެއްދިއެވެ. ” ހައިކަލް… ޕްލީޒް.. އަހަރެން ދިޔަދީ… ލޯބިވާ އެހެން މީހަކުހުއްޓާ… ކީއްކުރަން އަހަރެން ދެކެ ލޯބިވެޔޭ ބުނީ… ކީއްވެ އަހަންނަށް އޮޅުވާލީ… އަހަރެން އެކަނިވެރިއަކަށް ވީމަ ދޯ…” ލައުހާ ހުރީ ވަރަށް ވެސް ބޮޑަށް ހިތުގައި ޖެހިފައެވެ. ހައިކަލް ލައުހާއަށް މިހެން ހަދައިފާނެކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެެއެވެ. ލައުހާ ހީކުރީ ހައިކަލް އެހެން މީހުނާ ތަފާތުވާނެ […]
މިއަދުވެސް އިރު އޮއްސިގެން އެދިޔައީ ނިއުޝާގެ ކުރިމަތީގައެވެ. ނިއުޝާ ގެ އިންތިޒާރު ނިމޭނީ ކޮން ދުވަހަކުން ބާއެވެ. ނިއުޝާ އިންތިޒާރު އެކުރަނީ ކާކައްހެއްޔެވެ؟ އެއީ ކޮން ނަމެއް ކިޔާ ކާކު ކަމެއް ކޮންތާކު އުޅޭ ކޮން އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމެއްވެސް ނިއުޝާއަކަށް ނޭނގެއެވެ. އެންމެ ކުޑަމިނުން ނިއުޝާގެ ހިތުގައި ރަސްކަން ކުރަމުން އެދާ ޒުވާނާގެ ސިފަވެސް ނޭނގެއެވެ. ނިއުޝާ އިންތިޒާރު ކުރާ އެ ޒުވާނާގެ ފައިގައި އަޅާގަނެފަ ވެއްޓުނަސް ނޭނގޭނއެވެ. އެކަމުވެސް އިންތިޒާރު ކުރެއެވެ. ނިއުޝާ […]