ޝާނީ ސިޑިން މައްޗަށް އަރަނިކޮށް މަތިން ފޭބި ޝާނީގެ ކޮއްކޮ ނިޝާ ކައްސާލައިގެން ވެއްޓެން ދިޔަ ވަގުތު އެއްލި އަތުން ހިފުނީ ޝާނީ ލައިގެން ހުރި ހެދުމުގައެވެ. އެއާއެކު ޝާނީ އަރިއަޅާލިއެވެ. ނިޝާގެ ނަސީބު ރަނގަޅު ކަމުން ނިޝާއަށް ދަގަނޑުގައި ހިފެހެއްޓުނެވެ. ނަމަވެސް ޝާނީ އަށް ނުހިފެހެއްޓިގެން ވެއްޓުނެވެ. ހޮސްޕިޓަލަށް ދިޔައިރު ޑިޔުޓީގައި ކަށީގެ ޑޮކްޓަރަކަށް ހުރީ މާއިޒްއެވެ. ފަޔަށް ތަދުވާ ވަރުން ފުރަތަމަ ޝާނީއަށް މާއިޒްއާ މެދުވެސް ވިސްނާ ނުލެވެއެވެ. އެކްސްރޭ ނެގުމަށް ފަހު ޖެހީ […]
“އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ… އަހަރެން ހިނގާލާފަ ހިނގައިދާނަން….” އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ވީ ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮން ވާހަކައެއް ބާއޭ ހިތައް އަރުވަމުންނެވެ. އާޓިފިޝަލް ބީޗް ކައިރިން އައިސް މަޖީދީ މަގު ހުރަސް ކުރުމަށް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. […]
މާއިޝާއާ ކިޔާން ކޮޓަރިއަށް ވަނުމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ދޮރު ލައްޕާލަމުން ގޮސް އެނދަށް ވެއްޓިގަތީ ހަނދާން ނެތިގެން ދޮރު ތަޅުނުލައެވެ. ވަރުބަލިވެފައި ހުރުމުން ނިކަން އަވަހަށް ނިދިއްޖެއެވެ. މާއިޝާ ފެންވަރަން ވަނުމުން ކިޔާން ގޮސް އެނދުގައި އެއް އަރިއަކަށް އޮށޯވެލަމުން ނިދީކަމަށް ހެދުނެވެ. މާއިޝާ ފެންވަރައިގެން އައުމުން އޭނަ ނިދާފަ އޮތިއްޔާ ނިކަން އަވަހަށް ނިދާނެއެވެ. ވީވެސް އެހެނެވެ. މާއިޝާ ފެންވަރައިގެން އައިސް ކިޔާން ނިދާފަ އޮތްތަން ފެނުމުން ބޮކި ނިއްވާލަމުން ގޮސް އޮށޯވެލިއެވެ. މާއިޝާ […]
“އޯކޭ…. އަސްލު މިއައީ މިއަދު އެއްކޮށް އައިޝާގެ ޚިޔާލުތައް އަހަންނަށް އުނދަގޫ ކުރާތީ. އައިޝާ ދެކިލަން ބޭނުން ވެގެން. އައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވާތީ. އައިޝާ އާއި އެކީ ޑިނާއަކަށް ދާން ބޭނުން ވާތީ. އައިޝާ ގޮވައިގެން ގޮނޑު ދޮށުގައި ހިނގާލަން ދާން ބޭނުންވާތީ” ވަރަށް ސީރިއަސްވެ އިނދެ ޒިފާން ބުނެލިއެވެ. ކާންއިން އައިޝާއަށް ޒިފާން ދެއްކި ވާހަކަ އަޑުއިވުމުން ކޮށިއެރިއެވެ. ބުނާނެ އެއްޗަކާ ދޭތެރޭ އައިޝާ ވިސްނާލިއެވެ. ޒިފާން އެހެން އެބުނީ އައިޝާއާއި ދިމާކުރަން ބާވައެވެ. […]
‘އެތަނުގައި ކީއްތަ އެކުރަނީ.؟” ޖާހަތު ވަރުބަލި ކަމާއި ފޫހި ކަމާއެކީ ދޮރާދިމާއަށް ބަލައިލަމުން ބުނެލިއެވެ. ޕާރޓީގައި ކޮޅަށް ހުރުމުގެ ސަބަބުން ދެފައިވެސް ވަނީ ވާޅުވެފައެވެ. ނިދިއައިސް އެސްފިޔަ ވަނީ ބަރުވެފައެވެ. ބޭނުންވަނީ އެނދުގައި އޮށޯވެ އަރާމު ކޮށްލާށެވެ. ނަމަވެސް ބަރު ވެޑިން ޑްރެސްގެ ސަބަބުން ހަށިގަނޑަށް އިތުރު ބުރަކަމެއް ވަނީ ވެރިވެފައެވެ. އެހެދުމުގެ ތެރެއިން ނިކުންނަން އިންތިހާއަށް ބޭނުމެވެ. ނަމަވެސް އާއިޒު ފާހާނާއިން ނުނިކުމެ އެކުރަނީ ކީއްހެއްޔެވެ؟ ޖާހަތު ފާހާނާގެ ދޮރާ ކައިރިއަށް ގޮސް ކުޑަކޮށް ކަންފަތް […]
މާއިޝާ ކިޔާންގެ އަތް ފޮޅުވާލަމުން އެނބުރި ކިޔާންގެ މޫނަށް ބެލިއިރު އެދެލޯ ފެންކަޅިވެފައި ވީނަމަވެސް މޫނުމަތީގައި ވީ ނުރުހުމެވެ. ” އަހަރެން މީ ކިޔާން ކުޅެން ބަހައްޓާފަ ހުރި ބުދެއްތަ؟ ބޭނުން ގޮތެއް ހަދަން.. ފުރަތަމަ ކިޔާން އަމިއްލައަށް ބޭނުންވެގެނޭ ކައިވެނި ވެސް ކުރީ. އެކަމަކު ކައިވެންޏަށް ފަހު އެނގުނީ ކިޔާން މި ކައިވެނި ވެސް ކުރީ ކޮންމެހެން އަހަރެންދެކެ ލޯބިވާތީކީ ނޫންކަން.. ކިޔާން އެދުނީ ވަގުތު ދޭން. ކިތަންމެ ހިތަށް ތަދުވިޔަސް އަހަރެން ކިޔާނަށް އެ […]
“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިޞްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިޞްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު […]
މާއިޒް ލޯ މަރާ ބާރު ކޮށްލިއެވެ. ގިސްލެވެން ފެށިއެވެ. ހަސީނާއާ އާބިދާވެސް ރޯން ފެށިއެވެ. މާއިޒްގެ އަތުތެރޭ އޮވެ ޝިފްޒާ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. މުޅި ހަށިގަނޑު އެކީ ހިމޭން ވިއެވެ. އެކަން ޝާހިދަށް އެނގުނެވެ. ޝާހިދު އެނބުރި އެތާ ތިބި މީހުންނަށް ބަލާލާފައި ބޯ ހަލުވާލިއެވެ. އެ އިޝާރާތުގެ މާނަ އެންމެނަށް ވިސްނުނެވެ. ފަސް މިނެޓްވީ އިރުވެސް މާއިޒް ޝިފްޒާ ގައިން ދޫކޮށްނުލާ އެއިން ގޮތަށް އިނެވެ. ޝާހިދު މާއިޒްގެ އަތުތެރޭން ޝިފްޒާ ނަގާ […]
ފަތިސް ނަމާދަށް ބަންގިގޮވާ އަޑަށް ޒިފާނަށް ހޭލެވުމުން އަވަސްވެގަތީ ތައްޔާރުވެލައިގެން ފަތިސް ނަމާދަށް ދާންށެވެ. ނަމާދުން އައިއިރު ގޭ ދޮށް ކުނިކަހަން އައިޝާ އޮތެވެ. ޒިފާން ވަރުބަލިވެފައި ހުރުމުން ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ބޯލައިގެން އަނެއްކާވެސް އަރާ ނިދީއެވެ. ޒިފާނަށް ހޭލެވުނުއިރު ގަޑިޖެހެން ވަރަށް ކައިރިވެފައި ހުރުމުން ފެންވަރާލައިގެން އަވަހަށް ރެޑީ ވެގެން ސައިވެސް ނުބޮއި ރިސޯޓަށް ދާން ނައްޓާލިއެވެ. ޒިފާނަށް ވަޒީފާ ހަމަޖެހުނީ ކައިރީގައި އޮތް ފޯރ ސީސަންސް ރިޒޯޓުގެ ފްރަންޓް އޮފީސް މެނޭޖަރުގެ […]