Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 26 )

saarah Level 210 Stories100 Comments
November 3, 2015 12 Mins Read
48 Comments

މާއިޝާ ކިޔާންގެ އަތް ފޮޅުވާލަމުން އެނބުރި ކިޔާންގެ މޫނަށް ބެލިއިރު އެދެލޯ ފެންކަޅިވެފައި ވީނަމަވެސް މޫނުމަތީގައި ވީ ނުރުހުމެވެ. ” އަހަރެން މީ ކިޔާން ކުޅެން ބަހައްޓާފަ ހުރި ބުދެއްތަ؟ ބޭނުން ގޮތެއް ހަދަން.. ފުރަތަމަ ކިޔާން އަމިއްލައަށް ބޭނުންވެގެނޭ ކައިވެނި ވެސް ކުރީ. އެކަމަކު ކައިވެންޏަށް ފަހު އެނގުނީ ކިޔާން މި ކައިވެނި ވެސް ކުރީ ކޮންމެހެން އަހަރެންދެކެ ލޯބިވާތީކީ ނޫންކަން.. ކިޔާން އެދުނީ ވަގުތު ދޭން. ކިތަންމެ ހިތަށް ތަދުވިޔަސް އަހަރެން ކިޔާނަށް އެ ވަގުތުވެސް ދިނިން. ކިޔާން ބޭނުން ވަންދެން އަހަރެން މި ހުރީ ކެތްކޮށްގެން.. އަހަރެން މިހުރިހާ ދުވަހު އެއްވެސް އެއްޗެކޭ ބުނިންތަ؟ ނުބުނަން.. އެއީ އަހަންނަށް ހީވީ ދުވަސްކޮޅަކުން ކިޔާން ރަނގަޅުވާނެއޭ.. ރޭގަ.. ރޭގަ އަހަންނަށް ހިނދުކޮޅަކަށްވެސް ހީވި ކިޔާން ބޭނުންވާ ވަރަށް ވަގުތު ދެވިއްޖެޔޭ.. ކިޔާންވެސް މި ކައިވެނި ކުރިއަށް ގެންދަން ބޭނުންވި ކަމަށް އަހަރެން ހީކުރީ.. އެހެންވެ އަހަރެން ކިޔާނަށް އެ ފުރުސަތު ދިނީ.. އެކަމަކު އައި ވޯސް ރޯންގް.. ކިޔާން ބޭނުމެއް ނުވޭ މި ކައިވެނި ވޯރކްއައުޓް ކުރާކަށް. ދުވަހަކުވެސް އަހަރެން ކިޔާންގެ އަންބެއްގެ މަގާމުގަ އެކްސެޕްޓް ކުރަން ކިޔާން ބޭނުމެއް ނުވޭ.. އަހަރެން އެކަނި ބޭނުންވެގެން ނުވާނެ.. ކިޔާން އަހަރެންނާ އެއްކޮށް އުޅެން ބޭނުންނުވަންނާ ކީއްކުރަން ކޮންމެހެން އަހަންނާ ކައިވެނިކުރީވެސް.. އަހަރެން އުޅުނު ގޮތަކަށް އަހަރެން އުޅުނަ ދިން ނަމަ.. މިއަށް ވުރެ އަހަންނަށް އެ ގޮތް ރަނގަޅުވީސް. މިވަރަށް އަހަރެންގެ ހިތަށް ތަދު ނުވާނެ އޭރު.. އަހަންނަށްވެސް….. ”

މާއިޝާ އެއްފަށްޗަކަށް ހުރިހާ އެއްޗެއް ކިޔާ ނިންމާލިއިރު ފަހުން ބުނަން އުޅުނު ޖުމުލަ ނުބެނުވުނީ ރޮވެން ފެށުމުންނެވެ. އަނގަމަތީ އަތްއަޅާލަމުން ދުވެފައި ގޮސް ފާހާނައަށް ވަނީ ކިޔާންގެ ކުރިމަތީ ހުންނަންވެސް ބޭނުންނުވާތީއެވެ. މޫނުދޮންނަ ތަށި ކުރިމަތީ ހުއްޓިލަމުން އަމިއްލަ ސޫރައަށް ބަލާލި ހިނދު މާއިޝާ އަމިއްލަ ސޫރަދެކެވެސް ރުޅިއައެވެ. އޭނަ ހަމަ އެހާ ހަޑީހެއްޔެވެ؟ ކިޔާންގެ ހިތުގައި އޭނައާ މެދު ކުޑަ ލޮތްބެއްވެސް ނެތީ ކީއްވެ ހެއްޔެވެ؟ މާއިޝާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ފެންއިސްކުރު ދޫކޮށްލަމުން މޫނަށް ފެންވެސް ބުރުވާލިއެވެ. އެކަމަކުވެސް ކަރުނަ ހުސްވާގޮތް ނުވުމުން މުށިގަނޑުމަތީ ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީދެލީ އިސްކުރު އެ ހުރި ގޮތަށް ދޫކޮށް ބަހައްޓާފައެވެ.

ކިޔާން އެ އިންގޮތަށް ސޯފާގައި އިށީދެލައިގެން އިނީ ދެންމެ މާއިޝާ ދެއްކި ވާހަކަތަކާ މެދު ވިސްނާށެވެ. މާއިޝާ އެ ދެއްކީ ހުސް ތެދު ވާހަކައެވެ. ކިޔާންގެ މި ކުޅިގަނޑުގެ ތެރެއަށް މާއިޝާ ވެއްދީވެސް ކީއްކުރަން ހެއްޔެވެ؟ ކިޔާން ތެދުވެލައިގެން ކޮޓަރިން ނުކުމެގެން ދިޔައިރު އަމިއްލަ ނަފްސަށް އަޑުލިއެވެ. އަމިއްލަ ކޮޓަރިއަށް ގޮސް އެނދުގެ ކޮޅުގައި އިށީދެލި އިރު ފެންކަޅިވިއެވެ. އެދުވަހު މާޔާ އޭނަގެ ލޮތްބަށް ނޫނެކޭ ނުބުނިނަމަ މި ހުރިހާ ކަމެއް ނުވީހެވެ. އެދުވަހު މާޔާ އާއެކޭ ބުނިނަމަ މިއަދު މާއިޝާ އެއިން މަގާމުގަ އޭނަގަ އަންހެނުންގެ ގޮތުގައި މި ގޭގަ އުޅޭނީ މާޔާއެވެ. މީގެއިން އެއްވެސް ކަމަކާ ކިޔާން ދެރަވެ ހިތާމަ ކުރާކަށް ނުޖެހުނީއެވެ. ކިޔާން އައި ރުޅީގަ އެނދުގަ އަޅާފަ އޮތް ބެޑްޝީޓްވެސް ނަގައި އެއްލާލިއެވެ. ރިތިވާ މޭޒުމަތީގަ ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ ބުރުވާލިއެވެ. އެ ވަރުންވެސް ހިތް ނުފުރިގެން އަލަމާރީގަ ހުރި ގަމީސްތަކާ އެއްޗެހި ވެސް ނަގާ މުޅި ކޮޓަރިތެރެއަށް އުކާލިއެވެ. އެނދުގެ ސައިޑް ޓޭބަލް މަތީ ހުރި ލޭމްޕް ވެސް އަތުން ޖަހާ ވައްޓާލިއެވެ. މޭޒުމަތީގަ އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ނުކުތް އިރު ކޮޓަރީގެ ދޮރު ޖެހިއިރު ގެވެސް ވައްޓަލަފާނެ ހެން ހީވިއެވެ. ފާހާނައިގެ އުޅުނު މާއިޝާއަށް އެ އަޑު އިވިގެން ސިހިފައި ކޮޅަށް ތެދުވެވުނެވެ. މޫނު ދޮވެލައިގެން އަވަހަށް ބޭރަށް ނުކުތް އިރު ކިޔާން ފެންނާކަށްވެސް ނެތެވެ. މަޑުމަޑުންގޮސް ކިޔާން ކޮޓަރީގެ ދޮރު ހުޅުވަލިއިރު ކޮޓަރި ތެރެ އޮތް ހާލު ފެނުމުން ލޯ ބޮޑުކޮށްލިއެވެ. ކޮޓަރިތެރެއަށް ވަދެ ކޮޓަރި ވަށައިގެން ހޯދީ ކިޔާން ހުރިތޯއެވެ. ފާހާނައިގެވެސް ދޮރު ހުޅުވާފަ ހުރުމުން ކިޔާން ނެތްކަން އެނގުމުން މާއިޝާ ހަމަޖެހުނެވެ. ވެދިޔަ ކަމަކަށްފަހު މާއިޝާ ކިޔާންގެ ކުރިމައްޗަށްވެސް ދާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކިޔާން އައުމުގެ ކުރިން މާއިޝާ އަވަސްއަރުވާލާފައި ކޮޓަރިތެރެ ސާފުކޮށްލިއެވެ. ކިޔާން ގެންގުޅޭ ބައެއް ސެންޓް ފުޅިތައް ތަޅައިގެން ގޮސް ހުރުމުން މާއިޝާ ދެރަވިއެވެ. މާލެ ދެވުނު ދުވަހަކުން އެ ވައްތަރުގެ ސެންޓްފުޅިތައް ގަންނަން މާއިޝާ ނިންމިއެވެ. އެނދުގެ ބެޑްޝީޓްވެސް ބަދަލުކޮށްލާ ކޮޓަރިއަށް އެއާ ފްރެޝްނާރ ޖަހާ ހަދާލުމުން މާއިޝާ ހިތްހަމަޖެހުނެވެ. ކިޔާން އަންނަންވާ އިރަށް މެންދުރަށް ކާން ހަދާފަ މޭޒުމައްޗަށް އަރުވާލަމުން ގޮސް އޮތީ ކޮޓަރީގައެވެ. ވަރުބަލިވެފައި ހުރުމުން އެނދުގައި ޖައްސާލިތަނާ ނިދިއްޖެއެވެ.

މެންދުރު ވަގުތެވެ. މާޔާ އޮފީހުގައި އުޅެފަ ބްރޭކް ގަޑީ ގެއަށް ދާން ނުކުތެވެ. ކާރުގައި ގެއާ ދިމާލަށް ދަނިކޮށް ނިހާންގެ ގެ ފެނުމުން ވަދެލާ ހިތްވިއެވެ. ކާރު ޕާރކް ކޮށްލަމުން މަޑުހިނގުމެއްގައި ގޮސް ގޭޓް ކުރިމައްޗަށް ހުއްޓިލިތަނާ ސެކުއިރިޓީ މީހާ ދޮރު ހުޅުވާލިއެވެ. މާޔާ އެތެރެއަށް ވަދެގެން ދިޔައިރު ގޭގެ މައި ދޮރު ކައިރީ ހުރި އުނދޯލީގައި ނިހާން އޮށޯވެލައިގެން އޮތްތަން ފެނުމުން އަނެއް ފަރާތަށް އެނބުރިލަމުން އައި ކޮޅަށް ދާން ހިނގައިގަތީ ކީއްވެ ކަމެއް ނޭގެއެވެ. ފަހަރެއްގަ ނިހާންގެ ކުރިމައްޗަށް ދާން ބޭނުންނުވީއެވެ. ނިހާން ހެޑްސެޓް ކަންފަތަށް ޖަހައިގެން ލަވަ އަޑުއަހަން އޮތީ ލޯ މަރާލައިގެންނެވެ. ފޯނެއް އައިސްގެން ލޯ ހުޅުވި ގަޑީ މާޔާ ފެނިގެން ގޮވާލިއެވެ. ނިހާންގެ އަޑަށް މާޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. ނިހާން ހަލުވި ފިޔަވަޅުތަކެއްގައި އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލަމުން ކަމަކުހޭ އަހާލިއެވެ. މާޔާ ބޯ ހޫރާލަމުން އަނެއްކާވެސް ދާން އުޅުމުން ނިހާން މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ” ދެން މިހާ ހިސާބަށް އައީމަ ކައިގެން ދާން ވާނީ.. ނުކައިދޯ ތި ހުރީ؟ އަހަރެން ކާން ދާންކަމަށް މި އުޅުނީ.. ހިނގާ ދާން. ” ނިހާން މާޔާގެ އަތުން ދޫކޮށްލަމުން އެއްޖީބަށް އަތް ޖަހާލީ އަނެއް އަތުން އިސްތަށިގަނޑު ހާވާލަމުންނެވެ. މާޔާ ބަލަން ހުރެލާފައި ބޯ ޖަހާލަމުން ހިނގާށޭ ބުނެލިއެވެ. ނިހާން ހީލަމުން މާޔާގެ ފަހަތުގައި ހުރެގެން ގޮސް ގެއަށް ވަނެވެ. މާޔާ ކާގެއަށް ދިޔައިރު ކުރިން ދުވަހުވެސް ފެނުނު އަންހެންމީހާ މޭޒުމަތި ތައްޔާރުކުރަން އުޅެއެވެ. މާޔާ ފެނުމުން އެ އަންހެންމީހާ ހިނިތުންވެލިއިރު މޫނުމަތީގައި ވީ ހިތްހެޔޮ ކަމެވެ.

ނިހާން މާޔާ އިންނަން ގޮނޑި ދުރުކޮށްދިނުމުން މާޔާ އިށީދެލިއެވެ. ނިހާން ގޮސް އިށީދެލީ މާޔާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ނިހާންގެ ނަޒަރު ގިނަފަހަރު ހުރީ މާޔާގެ މޫނަށް ހުއްޓިފައެވެ. މާޔާއަށް އެކަން ފާހަގަވެގެން ކާންވެސް އުދަގޫވިއެވެ. ” ތި ވަރަށް ނުބަލަފާނަންތަ؟ ” އެންމެ ފަހުން ކެތް ނުވުމުން މާޔާ ނިހާންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ނިހާން އިސްޖަހާލަމުން ހީލި ގޮތުން މާޔާ ރުޅިއައެވެ. ” އަހަރެންގެ ދެލޯ.. އަހަރެން ބަލަން ބޭނުންވާ އެއްޗަކަށް، މީހަކަށް އަހަރެން ބަލާނަން.. ” ނިހާން ހިނިގަނޑު މައިތިރި ކޮށްލަމުން ބުނެލިއެވެ. މާޔާ އެއްޗެކޭ ބުނަން އުޅެފަވެސް އަނގައަށް ފާޑެއްގެ ގޮތެއް ހަދާލަމުން ކަމުން ދިޔައެވެ. ކައިނިމިގެން އިރުކޮޅެއް ވަންދެން މާޔާ އެ ގޭގައި މަޑުކުރިއެވެ. ސިޓިންރޫމުގެ ސޯފާގައި ޖައްސާލައިގެން އިން އިރު ނިހާނަށް ފުންކޮށް ބަލާލިއެވެ. ” ތެންކިޔު ” މާޔާ ބަލަން އިދެލާފައި ބުނެލީ މަޑުންނެވެ. ނިހާން ކޮނޑުއަރުވާލަމުން ކޮންކަމަށްހޭ އަހާލިއެވެ. ” އަހަންނަށް އެނގޭ އެރޭ ނިހާންގެ ކަމަކުން ކަން އެ މީހާ ކިޔާނަށް އަނިޔާ ދޭން އުޅެފަވެސް އެތަނުން ދުވެ ފިލީ.. ފުރަތަމަ ހައިރާންވި އޭނަ ދިޔަގޮތުން. އެކަމަކު ނިހާން އެތަނުން ފެނުމުން ފަހުން ވިސްނާލުމުން އެނގިއްޖެ ނިހާންގެ ކަމަކުން ކަން އޭނަ ދިޔައީ.. ނިހާން ކުރިކަމެއް ނޭގެ. އެކަމަކު އަހަރެން ގަބޫލުކުރަން އެރޭ ކިޔާނަށް ލިބޭނެ އަނިޔާ އަކުން ނިހާން ކިޔާން ސަލާމަތްކުރިކަން.. އެކަމަށް ތެންކިޔު.. ” މާޔާ ކުޑަކޮށް ހީލަމުން ބުނެލިއެވެ. ނިހާން ބުމަ އަރުވާލަމުން ” އޯހ.. ” އޭ ބުނެލިއެވެ. މާޔާ އޮފީހަށް ދާން ތެދުވެގެން ދަނިކޮށް ނިހާން ގޮވާލުމުން ހުއްޓިލަމުން އެނބުރިލިއެވެ. ” ތެންކިޔު… އެންޑް.. ސޮރީ ” ނިހާން ޖީބަށް އަތް ޖަހާލަމުން އެހެން ބުނެލިއިރު މާޔާ ހައިރާންވެފައި ކޮންކަމަކަށްހޭ އަހާލިއެވެ. ” ސޮރީ އެރޭ އަހަރެންނަށް މާޔާ އެމީހާ ކިބައިން ސަލާމަތްކުރަން ކުރިއަށް ނުދެވުނީތީ.. އެންޑް ތެންކިޔު މިއަދު އަހަރެންނާ އެކު ލަންޗް ކުރީތީ.. އިޓް މީންސް އެ ލޮޓް.. ” ނިހާން މާޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއިރު އެ ޖުމުލައިގެ އެތައް ހާސް އަސަރެއް އެކުލެވިފައި ވިއެވެ. މާޔާ ނިހާނަށް ބަލަން ހުރެލާފައި ހަމައެކަނި ހިނިތުންވެލަމުން ދާން ހިނގައިގަތެވެ. ނިހާން ހީލަމުން އިސްޖަހާލަމުން އަނެއްކާވެސް މާޔާއަށް ބަލާލިގޮތް ނިކަން ހިތްގައިމެވެ.

ހަވީރު ވަގުތު މާއިޝާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލަމުން ފޯނު ބެލިއިރު ގުޅަނީ ޒީނަތުއެވެ. މާއިޝާ ފޯނު ނެގިތަނާހެން ޒީނަތު ހާސްވެފައި ކިޔާން ކޮބާހޭ އެހުމުން ނިދިކޮޅުވެސް އެއްކޮށް ފިލާ ދިޔައެވެ. ދޭނެ ޖަވާބެއް ނޭގިގެން މާއިޝާ ކިޔާންވީ އިމަޖެންސީއަކަށް ހޮސްޕިޓަލްއަށް ގޮއްސައޭ ބުނެލިއެވެ. ފޯނު ބޭއްވި އިރު މާއިޝާގެ ހިތް ތެޅެމުން ދިޔައެވެ. ކޮޓަރިން ނުކުމެގެން ގޮސް ބެލިއިރު ކާ މޭޒުމަތީ އަދިވެސް މާއިޝާ ކާން ތައްޔާރުކުރިގޮތަށް ކާ އެއްޗެހިވެސް ހުރުމުން ކިޔާން ނާންނަކަން އެގުނެވެ. އެކަމަކު އަދިވެސް ޔަގީން ކުރަންގޮސް ކިޔާންގެ ކޮޓަރި ބެލިއިރުވެސް ކިޔާން ނެތެވެ. މާއިޝާ ފޯނު ނަގައިގެން ކިޔާނަށް ގުޅަން ފެށުމުން ފޯނު އޮތީ ނިއްވާލަފަޔޭ ބުނުމުން ހިތް ބިރުގަންނަން ފެށިއެވެ. ކިޔާންގެ ރައްޓެއްސަކަށް ވެސް ގުޅާނީ އެއިން މީހެއްގެ ނަންބަރެއް އެނގޭނަމަތާއެވެ. މާއިޝާ ވިސްނާލަމުން ހޮސްޕިޓަލަށް ގުޅާލަމުން ކިޔާން އެބައުޅޭހޭ އަހާލިއެވެ. އެކޮޅުން ކިޔާން ނޫޅެއޭ ބުނުމުން މާއިޝާ މާޔޫސްކަމާއެކީ ފޯނު ބޭއްވި ވަގުތު ދޮރު ހުޅުވުނު އަޑަށް ބަލާލިއެވެ. ދޮރުން ވަދެގެން އައި ކިޔާން ފެނުމުން މާއިޝާ ގޮސް ކިޔާންގެ ކުރިމައްޗަށް ހުއްޓިލަމުން ތިއައީ ކޮންތާކުންހޭ އަހާލީ ތަންކޮޅެއް ބާރަށެވެ. ކިޔާންގެ މޫނަށް ބެލުމުން އެއައީ ނިދާފަ ވައްތަރު ޖަހައެވެ.

” ބޭރުން ” ކިޔާން ގޮސް ފްރިޖުން ފެންފުޅިއެއް ނެގިތަނާ މާއިޝާ ގޮސް ފެންފުޅި ޖަހައިގަތެވެ. ” އަހަންނަށްވެސް އެނގެއޭ ތިއައީ ބޭރުންކަން. މިއަހަނީ ކޮންތާކުންހޭ ތިއައީ؟ ” މާއިޝާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” ކާރުގަ ލަވަ އަޑުއަހަން އޮއްވާ ނިދުނީ ” ކިޔާން އެހެން ބުނެލި ގަޑީ އަނގައިން ދުވި ސިގްރެޓް ވަހުން މާއިޝާ ދެލޯ ބޮޑުކޮށްލިއެވެ. ” ދެން އަހަރެން ފެން ބުޔަސް އޯކޭތަ؟ ” ކިޔާން މާއިޝާއަށް ބަލާލަމުން ފެންފުޅީގައި ހިފަން އުޅުމުން މާއިޝާ ކިޔާންގެ އަތުގަ ނުޖެހޭނެހެން ފެންފުޅި ދުރުކޮށްލިއެވެ. ” ސިގްރެޓް ބޮއެގެންތަ ތި އައީ؟ ” މާއިޝާ ސުވާލުކޮށްލިއެވެ. ” ހޫމ.. ” ކިޔާންގެ އެ ކުރު ޖަވާބުން މާއިޝާ ރުޅިއައެވެ. ” ކިޔާންގެ މަންމަ ގުޅި ކިޔާނަށް ނުގުޅެވިގެން.. އަހަރެން ބުނެފިން އެމަޖެންސީއެއްގަ ހޮސްޕިޓަލްއަށް ގޮއްސައޭ ވީ.. އަދި ސިގްރެޓެއް ބޯން ބޭނުންވަންޏާވެސް ބޮއެގެން ވަގުތެއް ލިބުނިއްޔާ މަންމައަށް ގުޅާލައްޗޭ.. ” މާއިޝާ ކިޔާންގެ މެއާ ދިމާލަށް ފެން ފުޅި އެއްލާލަމުން ރުންކުރު ގޮތަކަށް ވާހަކަ ދައްކާލަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ބާރަކަށް ޖަހާލިއެވެ. ކިޔާން ހުޝިޔާރުކަމާއެކީ ފެންފުޅީގައި ހިފަމުން މާއިޝާގެ އެ ހަރަކާތުން ވާނުވާގައި ހުރެ ކޮނޑުއަރުވާލެވުނެވެ. ފެން ބޮމުން ކިޔާން ގޮސް ކޮޓަރިއަށް ވަން އިރު ކޮޓަރި ތަރުތީބު ކޮށްފައި އޮތް ރީތިކަމުން ހިނިތުންވެލެވުނެވެ. މޭޒުމަތީ ފެންފުޅި ބަހައްޓަމުން ފޯނު ޗާރޖް ކުރަން ޖެއްސިއެވެ.

ފެންވަރަށް ދާން ލައިގެން ހުރި އަންނައުނު ބާލަމުން ތުވާލި އަންނަން ހުއްޓާ ކުއްލިއަކަށް މާއިޝާ ވާހަކަދައްކަމުން އައިސް ކޮޓަރިއަށް ވަނެވެ. ކިޔާން އަވަސްއަރުވާލާފައި ތުވާލި އަނދެލި އިރު މާއިޝާ ލޯ މަރާބާރުކޮށްލަމުން އަނެއްފަރާތަށް އެނބުރިލިއެވެ. ” ކިހިނެއްވީ؟ ” ކިޔާން ސުވާލުކޮށްލިއެވެ. މާއިޝާ އެ ހުރި ގޮތަށް ހުރެ މަންމަގެ ފޯނެކޭ ބުނެލަމުން ފޯނު ދިއްކޮށްލިއެވެ. ކިޔާން ލާނެތް ގޮތަކަށް ހީލަމުން ގޮސް ސީދާ މާއިޝާގެ ކުރިމައްޗަށް ހުއްޓިލަމުން ފޯނު ނެގިއެވެ. މާއިޝާ އަނެއްކާވެސް ލޯ ބޮޑުކޮށްލަމުން އަނެއް ފަރާތަށް މޫނު އަނބުރާލުމުން ކިޔާން ހީލިއެވެ. ” ނުފެންނަ އެއްޗެއް ނޫނޭ ތިހާ ލަދުގަންނަން ” ކިޔާން މާއިޝާ އިތުރަށް ލަދުގަނުވާލަން ވެގެން ބުނެލިއެވެ. މާއިޝާ ކުރިއަށްވުރެވެސް ލޯ ބޮޑުކޮށްލަމުން އެނބުރިލަމުން ފޯނަށް އިޝާރާތްކޮށްލީ މަންމައަށް އަޑުއިވޭނޭ ބުނާ ފަދައިންނެވެ. ކިޔާން ހީލަމުން ފޯނު ކަންފަތުގައި ޖެހި ވަގުތު މަންމަގެ ހުނުމުގެ އަޑު އިވުމުން ލަދުގަތެވެ. ކިޔާންގެ މޫނުމައްޗަށް އެރި ކުލަވަރުން މާއިޝާ ކިޔާނަށް ނުފެންނާނެހެން ކުޑަކޮށް ހީލިއެވެ. ކިޔާން މަންމައާ ވާހަކަ ދައްކަމުން މާއިޝާ ބުނި ގޮތަށް އުޅުނީ ހޮސްޕިޓަލްގައޭ ބުނެލިއެވެ. ފޯނު ޗާރޖް ހުސްވެގެން ނިވުނީކަމަށް ބުނެލިއެވެ. ޗާރްޖް ވުމުން ގުޅާނަމޭ ބުނެފަ ފޯނު ކަނޑާލަމުން މާއިޝާއަތަށް ފޯނު ދިއްކޮށްލީ ލޮލުގެ ހިމަކޮޅުން ބަލާލަމުންނެވެ. މާއިޝާ އިސްޖަހާލަމުން ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

ކިޔާން ފެންވަރާލައިގެން އައިސް ޖީންސް ސޯޓަކާ އެކީ މަތިން އަޅި ކުލައިގެ ޓީޝާރޓެއް ލައިގެން ބޭރަށް ނުކުތް އިރު މާއިޝާ ސޯފާގައި ޓީވީ ބަލަން އިނެވެ. ކިޔާންގެ ސެންޓްގެ ވަސް ނޭފަތުގަ ޖެހުމުން މާއިޝާ އެނބުރި ބަލާލި ގަޑީ އެހެން ދިމާލަކަށް ބަލާލާކަށްވެސް ނޭގުނެވެ. ކިޔާން ކައިރިއަށް އައިސް ހުއްޓިލަމުން ކާން ހުރީ ކޯއްޗެއްހޭ އެހުމުން ހުވަފެނަކުން ހޭލެވުނުހެން ދެފަރާތަށް ބޯ ހޫރާލަމުން އެހާމެ އަވަހަށް ތެދުވެގެން ގޮސް ބަދިގެތެރެއަށް ދެމިގަތެވެ. ކިޔާން މާއިޝާގެ ފަހަތުން ގޮސް ކާމޭޒު ކައިރީ އިށީދެލިއެވެ. މާއިޝާ ބިއްލޫރި ތައްޓަށް ޖޫސް އަޅައިދީފަ ކިޔާންގެ ކައިރީ ބަހައްޓަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރީގެ ބެލްކަނީގަ މާއިޝާ ފޯނާ ކުޅެން ހުއްޓާ ކިޔާން އައިސް ކައިރީގަ ހުއްޓިލިއެވެ. މާއިޝާ ކިޔާނަށް ބަލާލިއެވެ. ” ސޮރީ… ހެނދުނު އެ ގޮތަށް ވާހަކަދެއްކުނީތީ.. އައި ޝުޑްންޓް ރިގްރެޓް އިޓް.. ސޮރީ.. މާއިޝާ ބުނީ ރަނގަޅަށް. އެކަކު ޓްރައި ކޮށްގެން މެރިއެޖެ ވޯރްކް އައުޓް އެއް ނުކުރާނެ… އަހަރެން ޕްރޮމިސް އެއް ނުކުރާނަން ބަޓް އައި ވިލް ޓްރައި މައި ބެސްޓް މި ކައިވެނި ކުރިއަށް ގެންދަން.. ރޭގަ ވީ ކަމެއް ވިއްޔާ ވީ.. އެކަމަކު ދެން އަހަރެން މި ގުޅުން ކުރިއަށް ގެންދަން ބޭނުންވަނީ ދެމީހުންވެސް އެކަމަށް ރެޑީވި އިރަކުން. ބަޓް އޮންލީ އިފް ޔޫ އާރ އޯކޭ ވިދް ދެޓް … ” ކިޔާން މާއިޝާގެ އަތުގަ ހިފާ އުފުލާލަމުން ވާހަކަދެއްކީ އެ މޫނަށް ބަލަން ހުރެއެވެ. މާއިޝާ ކިޔާންގެ ވާހަކަ އަޑުއަހަން ހުރިއިރު ފެންކަޅިވިއެވެ. ތުންފިއްތާލަމުން ބޯ ޖަހާލީ ކިޔާން އެދޭ ގޮތަކަށް އެއްބަސްވަމޭ ބުނާ ފަދައިންނެވެ. އެސްފިޔަތަކުގެ ދޭތެރެއިން ކޯތާފަތުން ކަރުނައިގެ ރޮނގެއް ދެމިގެން ދިޔަހިނދު މާއިޝާ އިސްއޮބާލިއެވެ. ކިޔާން މާއިޝާގެ ހަރަކާތްތަކަށް ބަލަން ހުރި އިރު ހިނިތުންވެލެވުނީ އެ ހިތުގައި އޭނައާ މެދު ވާ ތެދުވެރި ލޯތްބާ މެދު ހައިރާންވެފަ ހުރެއެވެ. ކިޔާން މާއިޝާގެ ދަތްދޮޅީގައި ޝަހާދަތް އިނިގިލި އަޅުވާލަމުން އިސްއުފުލާލަމުން ބޮޑުވާ އިނގިލިން އެ ކަރުނަތައް ފޮހެދިނެވެ. ” ދެން ސިގްރެޓް ނުބޮށްޗޭ! ކުރިންވެސް ނުކުރާކަމެއް މިހާރު ކުރާނެކަމެއް ނެތް ” މާއިޝާ ކިޔާނަށް ބަލަން ހުރެ ބުނެލިއެވެ. ކިޔާން ބޯ ޖަހާލަމުން ހެވިފައި ހުރެ މާއިޝާ ގައިގަ ބައްދާލިއެވެ. މާއިޝާއަށް ކުރިން ކިޔާންގެ ކިބައިން މި ކަހަލަ ހަރަކާތެއް ފެނިފައި ނުވާތީ ހައިރާންވެ ހުރެވެސް އެ ތަނަވަސް މޭގައި މޫނު ފޮރުވާލީ ހިނިތުންވެލަމުންނެވެ. އޭގެ ފަހުން މާއިޝާ ނިދަން ފެށީ ކިޔާންގެ ކޮޓަރީގައެވެ. ދެމީހުންގެ ދެމެދުގައި ޖާގަ ބަހައްޓަމުން ދެމީހުންވެސް ނިދީ އެނދުގައެވެ. ކިޔާން ދެކޭ ގޮތުގައި ދެމީހުން ދެމީހުންނަށް ބޮޑަށް އެނގޭނީ އެއްކޮށް ގިނަ ވަގުތު ހޭދަ ކުރުމުންނެވެ.

ދެހަފްތާ ފަހެވެ. މާއިޝާއާ ކިޔާނާ ދެމީހުން މާލެ ދިޔައީ ޒީނަތު ކާން ދައުވަތު ދިނުމުންނެވެ. ހެދުނު ދިޔަ ގޮތަށް އެ ގޭގެއި މާއިޝާ އުޅުނު އިރު އެގޭ މީހުންނަށްވެސް މާއިޝާގެ މޫނުމަތިން ކުރިން ނުފެނުނު އުފާވެރިކަމެއް ފެނުނެވެ. ކިޔާނާ ދެމީހުންވެސް އެހެންނާ ނޫޅޭ ގޮތަށް ސަކަރާތް ޖަހާ ހެދިއެވެ. އާއިލާގެ އެންމެންވެސް ދެމީހުންގެ ބަދަލުވެފައިވާ މިޒާޖާމެދު އުފާ ކުރިއެވެ. ހަވީރު ވަގުތު ކިޔާން މާއިޝާ ގޮވައިގެން މާއިޝާމެން ގެއަށް ދިޔައެވެ. މަލީހާއަށް މާއިޝާ ފެނުމުން ދުވެފައި އައިސް ބައްދާލިއެވެ. ކިޔާން ފާއިޒުއާ ވާހަކަ ދައްކަމުން ގޮސް ސޯފާގައި އިށީދެލިއިރު ގޭތެރެއަށް ވަށައިގެން ލޯ ހިނގައިލިއެވެ. އެ ދެލޯ ހޯދަމުން އެދަނީ މާޔާއެވެ. މިހާ ދުވަސް ފަހުން މާޔާ ދެކިލާ ހިތްވީއެވެ. ” ކޮބާ ދޮންތަ؟ ” ކިޔާން މާޔާ ކޮބާތޯ ބަލަން ސުވާލުކުރަން އުޅުނުތަނާ މާއިޝާ އެ ސުވާލުކުރުމުން މަލީހާއަށް ބަލާލިއެވެ. ” ނިދިފަ އޮތީ.. މިއަދު މާ ބުރަކޮށް އޮފީހުގައި އުޅެލާފަ އައީމަ ވަރުބަލިވެގެން ނިދުނީ.. ” މަލީހާ ކިޔައިދިނެވެ. މާއިޝާ އެހެންހޭ ބުނެފަ އަޅާނުލީ މާޔާއަށް އުދަގޫނުކުރަން ވެގެނެވެ.

ވާހަކަ ދައްކަން އިދެލާފައި މާއިޝާ ކޮޓަރިއަށް ދިޔައީ އެއްޗެއް ބަލައޭ ކިޔާފައެވެ. ފާއިޒު ކިޔާނާ ވަޒީފާއާ ބެހޭގޮތުން އެކި ސުވާލުކުރަމުން ދިޔައެވެ. މާއިޝާ ތިރިއަށް ނައިސް ލަސްވާން ފެށުމުން ކިޔާން އެބަ އަންނަމޭ ކިޔާފަ މައްޗަށް އެރިއެވެ. މާއިޝާގެ ކޮޓަރިއާ ދިމާލަށް ދަނިކޮށް މާޔާގެ ކޮޓަރި ފެނުމުން ވަދެލާ ހިތްވިއެވެ. ދެކޮޅު ބަލާލަމުން މާޔާގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ނަސީބަކުން ހުރީ ތަޅުނުލައެވެ. ކިޔާން މަޑުމަޑުން ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތެވެ. އެނދުގައި އެއް އަރިއަކަށް މާޔާ ނިދާލާފަ އޮތް އިރު ތުންފަތްމަތީ ކުޑަ ހިނިތުންވުމެއް ވިއެވެ. ބާލިސް މައްޗަށް ފެތުރިފައި އޮތް އިސްތަށިގަނޑުގެ ބައެއް މޫނުމައްޗަށް އެޅިފައި އޮތެވެ. ކިޔާން ކައިރިވެލަމުން ކުޑަކޮށް ގުދުވެލަމުން އިނގިލިތަކުން އިސްތަށިކޮޅު އެއްފަރާތް ކޮށްދިނެވެ. ނިދީގައި އޮވެ މާޔާ ކުޑަކޮށް ފުރޮޅިލި ގޮތުން ކިޔާން ހިންދެމިލަމުން ފަހަތަށް ޖެހިލިއިރު ހިނިތުންވެލެވުނެވެ. އެ މޫނު ފެނުމުން ހިތަށް ބުނަން ނޭގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ކިޔާން ދާން ވެގެން އެނބުރިލި ވަގުތު ފައިގަ ކޮންމެވެސް އެއްޗެއް ޖެހިގެން ތިރިއަށް ބަލާލިއެވެ. ފަތްޖަހާލައިފައި އޮތް ކަރުދާސް ގަނޑު ފެނުމުން ކިޔާން ގުދުވެލަމުން އޭތި ނެގިއެވެ. ކަރުދާސްކޮޅު ނިއުޅަން އުޅުނުތަނާ ކޮންމެވެސް މީހަކު ދޮރުގައި ހިފާލިހެން ހީވެގެން ކިޔާން ކަރުދާސްކޮޅު ޖީބަށް ލަމުން އަވަހަށް ގޮސް ބެލްކަންޏަށް ނުކުމެ ނިވާވެލީ މީހަކަށް އޭނަ މާޔާގެ ކޮޓަރީގަ ހުރިތަން ފެނިގެން ގޯސް އެއްޗެއް ހީވެދާނެތީއެވެ. މާއިޝާ ކޮޓަރިއަށް ވަނީ މާޔާ ހޭލައިގެން ހުރެދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް މާޔާ އަދިވެސް ނިދާލާފަ އޮތް ތަން ފެނުމުން މާޔޫސްވެފައި ނުކުންނަށް އުޅެނިކޮށް ނޭފަތުގައި ޖެހުނު ވަހަކުން ހުއްޓިލެވުނެވެ. ގަބޫލުނުކުރެވިފައި ނޭފަތް ދަމާލަމުން އެނބުރި ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ” ކިޔާން ޖަހާ ސެންޓްގެ ވަސް ” މާއިޝާ މަޑުމަޑުން ކިޔާލަމުން އަދިވެސް އެއްފަހަރު ނޭފަތް ދަމާލީ ޔަގީންކުރާށެވެ. އެކަމަކު ދެވަނަ ސުކުންތުގައި ކިޔާން މި ކޮޓަރިއަށް ވަންނަންވީ ކީއްކުރަންހޭ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. މިހާރު ކިޔާންގެ ވަސްވެސް ނޭފަތުގައި ހަރުލާފަ ހުންނަނީއެވެ. މާއިޝާ ރަކި ގޮތަކަށް ހީލަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. މާއިޝާ ދިޔުމުން ކިޔާންވެސް އަދިވެސް އެއްފަހަރު މާޔާއަށް ބަލާލަމުން މަޑުމަޑުން ދޮރު ހުޅުވާލަމުން ކުޑަކޮށް ބޭރަށް ބޯ ދިއްކޮށްލަމުން މީހަކު ފެނޭތޯ ބަލާލިއެވެ. މީހަކު ފެންނަން ނެތުމުން ނުކުމެލަމުން ގޮސް ކޮރިޑޯގެ އެއްފަރާތެއްގައި ހުންނަ ކުޑަ ބެލްކަންޏަށް ނުކުމެލިއެވެ.

މާއިޝާ ތިރިއަށް ގޮސް ކިޔާން ނެތުމުން މަންމަ ކައިރީ ކިޔާން ކޮބާހޭ އެހުމުން ދިޔައީ މައްޗަށޭ ބުނުމުން ހައިރާންވިއެވެ. އޭނަވެސް އެއައީ މަތިންނެވެ. އެކަމަކު ކިޔާނެއް ނުފެނެއެވެ. މާއިޝާ އަނގައަށް ފާޑެއްގެ ގޮތެއް ހަދާލަމުން މައްޗަށް ދިޔައިރު ކިޔާން ފެނުނީ ބެލްކަނިން ނުކުމެގެން އަންނަ ތަނެވެ. މާއިޝާ އައިސް ސުވާލުކޮށްލުމުން ކިޔާން ހުރީ އެތާގައޭ ބުނެލިއެވެ. ދެމީހުން އެކީ ތިރިއަށް ފޭބުމުން މަލީހާ ސައި ބޯން ހިނގާށޭ ބުނެލިއެވެ. ސައި ބޮއެގެން ދެމީހުން ދެން ދިޔައީ ހުޅުމާލެ ދިޔުމަށެވެ.

އެ ދުވަހު މާޔާގެ ކޮޓަރިން ފެނުނު ކަރުދާސް ކޮޅުގެ މަތިން ކިޔާން ހުރީ ފަހުން ހަނދާންނެތިފައެވެ. ގެއަށް އައިސް ޖިންސް ދާ ވަށިގަނަޑަށް އެޅި ގޮތަށް ފަހުން ކަރުދާސްގަނޑު މަތިން ހަނދާނެއްވެސް ނުވެއެވެ. އޭގެ ދެތިން ދުވަހެއް ފަހުން މާއިޝާ އެއްޗެހި ދޮންނަން ކިޔާންގެ އެއްޗެހި ނެގި ގަޑީ ޖީންސްގެ ޖީބުން ކަރުދާސްގަނޑު ފެނިގެން ކިޔާނާ ހަވާލުކުރިއެވެ. މާއިޝާ އަންނައުނު ހިފައިގެން ބޭރަށް ނުކުތުމުން ކިޔާން އެ ކަރުދާސްކޮޅު ނިއުޅާލަމުން ބަލާލިއެވެ. އޭގަ ވީ އެއްޗެއް ފެނުމުން ކިޔާން ލޯ ބޮޑުކޮށްލިއެވެ. އަތުން ކިޔާންގެ ތަސްވީރު ކުރަހާލައިފާ ވާ އިރު ގަނޑުގެ ކަނުގައި ފަންސުރުން ލިޔެފައިވާ ނޯޓް ކޮޅަށް ބަލަން ހުރެވުނީ ގަބޫލުނުކުރެވިފައެވެ.

” އައި އެމް ހޯޕިންގ ދެޓް ވަން ޑޭ ވީ ވިލް ބީ ޓުގެދަރ… އައި ޑޯންޓް ނޯ ހައު އޯރ ވެން….. ބަޓް ދެއަރ އިޒް ވަންތިންގ ދެޓް އައި ނޯ ފޯރ ޝުއަރ…. މައި ލަވް ފޯރ ޔޫ ވިލް ނެވަރ އެންޑް… އައި ވިލް އޯލްވޭސް ލަވް ޔޫ… އައި ލަވް ޔޫ ކިޔާން…   = މާޔާ = ”

އެ ނޯޓުކޮޅުގެ ތިރީގައި ދެ ރޮނގު ބުރި ދޭތެރޭ އޮތް މާޔާގެ ނަން ފެނުމުން މީ މާޔާ ލިޔެފައި އޮތް އެއްޗެއްކަން ސާބިތުވެއެވެ. ކިޔާން ހައިރާންވެފައި ހުރެވުނު އިރު ހިތުގައި އެތައް އެއްޗެއް އެނބުރެމުން ދިޔައެވެ. މާޔާ އޭނަ ދެކެ ލޯބިވާނަމަ އެދުވަހު ނޫނެކޭ ބުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ މީ މާޔާ ލިޔުނު އެއްޗެއް ހެއްޔެވެ؟ އެދުވަހު ޝަހާ ބުނެލި ޖުމުލަ ވެސް ހިތުތެރޭ ތަކުރާރުވެގެން ދިޔައެވެ. ” މީހަކު ހަމަ ބުނެލިހާ އެއްޗެއް ގަބޫލުކޮށްގެން ޔޫ އާ ރުއިނިންގ ޔޯ އޯން ލައިފް.. އެންމެ ފަހަރަކުވެސް ލޯ ހުޅުވައިގެން ރަނގަޅަށް ވާނުވާ ބަލާލަބަ ކިޔާން ” ޝަހާގެ އެ ޖުމުލައާ މެދު ވިސްނާލުމުން އެރޭ ޝަހާ އެ ދެއްކީ މާޔާގެ ވާހަކަ ކަން ޔަގީންވިއެވެ. ކިޔާން އަދިވެސް އަތުގައި އޮތް ކަރުދާސްގަނޑަށް ބަލަން ހުރިއިރު ފެންކަޅިވިއެވެ. މާޔާ ވެސް އޭނަ ދެކެ ލޯބިވެއެވެ. އެކަމަކު އޭނައާ ދުރަށް އެ ދުވަނީ ކީއްވެ ހެއްޔެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބުދެވޭނީ ހަމައެކަނި މާޔާއަށެވެ. ކިޔާން ފޯނު ނަގައިގެން މާޔާއަށް ގުޅަން ޑަޔަލް ކޮށްލާފަވެސް ކަނޑާލީ ފޯނުން މި ކަހަލަ މުހިއްމު ވާހަކަ ދައްކަން ނުވާނެތީއެވެ. މާޔާގެ ކުރިމަތީގަ ހުރެގެން ސުވާލުކުރާނީއެވެ. ކިޔާން އެނދުގައި އިށީދެލިއިރު ހިނިތުންވެލެވުނެވެ. މާޔާ އޭނަ ދެކެ ލޯބިވާކަން އެގުމުން އެކަނިވެސް ހިތަށް އެ ލިބުނީ ހާދަ ބޮޑު އުފަލެކެވެ. މާޔާގެ ދުލުން ލޯބިވެޔޭ ބުނާ އަޑުއަހަން ކިޔާން ކެތްމަދުވިއެވެ.

ކުއްލިއަކަށް މާއިޝާ އައިސް ކޮޓަރިއަށް ވަނުމުން ކިޔާން އަވަސް އަރުވާލާފައި އަތުގައި އޮތް ކަރުދާސްގަނޑު ބާލީސް ދަށަށް ލައި ފޮރުވިއެވެ. މާއިޝާ ފެނުމުން ކައިވެނި މަތިން ހަނދާންވީ ހިނދު ތުންފަތުގައިވި ހިނިތުންވެސް ފިލާ ދިޔައެވެ. މާޔާ އޭނަ ދެކެ ލޯބިވިޔަސް މިއަދު ހަގީގަތަކީ މާއިޝާއަކީ އޭނަގެ އަންހެނުން ކަމެވެ. މިކަމެއް ދެން ބަދަލެއް ނުވާނެއެވެ. މާޔާއާ އެއްކޮށް އުޅެންށޭ ކިޔާފަ ކިޔާން މާއިޝާ ދޫކޮށްނުލާނެއެވެ. އެކަމަކުވެސް އެންމެ ފަހަރަކުނަމަވެސް މާޔާގެ ދުލުން ލޯބިވެޔޭ ބުނާ އަޑުއަހަން ހިތް ބޭނުމެވެ. ދެ މީހުން އެކަކަށް ނުވިޔަސް، މާޔާވެސް އޭނަ ދެކެ ލޯބިވީ ކަމުގެ އުފަލުގައި ދިރިއުޅެވިދާނެ ނުން ހެއްޔެވެ. ކިޔާން ބަލަން އިން ގޮތުން މާއިޝާ ކައިރިއަށް ހުއްޓިލަމުން ކިހިނެއްވީ ހޭ އަހާލިއެވެ. ކިޔާން ކަމެއްނުވެޔޭ ބުނާ ފަދައިން ދެފަރާތަށް ބޯ ހޫރާލިއެވެ. މާއިޝާ ހީލަމުން މިއައީ ބެޑްޝީޓް ނަގަންށޭ ބުނުމުން ކިޔާން ދެލޯ ބޮޑުކޮށްލިއެވެ. މާއިޝާއަށް އެ ކަރުދާސްގަނޑު ފެނިއްޖެޔާ ގޯސްވާނެއެވެ. ” ކުރިން ދުވަހަކު އެއްނު ބަދަލުކުރީ.. މިއަދު ދެން އަޅާނުލާ.. އަހަރެން މި އުޅެނީ ވެސް ވަރަށް ވަރުބަލިވާތީ.. ނީޑް ޓު ރެސްޓް.. އެހެން ދުވަހަކުން ބެޑްޝީޓް ބަދަލުކުރާނީ.. ” ކިޔާން އަވަސް އަރުވާލާފައި ދޮގެއް ހަދާލަމުން އެނދުގައި އޮށޯވެލީ ލޯ މަރާލަމުންނެވެ.

މާއިޝާ އޯކޭއޭ ބުނެފަ ނުކުންނަމުން ދޮރުކައިރީ ހުއްޓިލަމުން ބަލާލިއެވެ. ” މަންމަ ބުނި މިއަދު ދޮންތަ އެމީހުންގެ އޮފީސް ކުދިންނާއެކީ މިކޮޅަށް އެބަ އާދެޔޭ ބާބެކިއު ހަދަން.. އަހަރެން މި ވިސްނަނީ މިރޭ ދޮންތަ މި ގޭގަ މަޑުކުރުވަން.. މާދަން ހޮނިހިރުވީމަ އޮފީހަށް ވެސް ދާން ނުޖެހޭނެ އެއްނު.. އެހެންވީމަ މާދަން ހަވީރު އަނބުރާ ފޮނުވާނީ.. ކިޔާނަށް އޯކޭ ދޯ އެ ގޮތް؟ ” މާއިޝާ ކިޔާންގެ ހިޔާލު ހޯދަން ބޭނުންވިއެވެ. މާއީޝާގެ ޖުމުލަތަކުން ކިޔާން އެނދުގައި ތެދުވެ އިށީދެ އިނީ ނަސީބު އެހާ އަވަހަށް އަތުގަ ހިފުމުން އުފާވެފައެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކަން ވެގެން ސީރިއަސް ކުލަވަރު އަރުވައިގެން އިނެވެ. ކިޔާން ވިސްނާލާފައި ތިމަންނައަށް އޯކޭއޭ ބުނުމުން މާއިޝާ ބޯ ޖަހާލަމުން ނުކުމެގެން ދިޔައެވެ. މާއިޝާ ނުކުމެގެން ދިއުމުން ކިޔާން ހީލިއެވެ. މިރޭ މާޔާ ކައިރިން ކޮންމެގޮތެއް ހަދާފަ ނަމަވެސް ހަގީގަތް ހޯދާނީއެވެ. މިރޭ މާޔާއަށް ދޮގެއް ހެދުމުގެ ފުރުސަތެއް ކިޔާން ނުދޭނެއެވެ. ދޮގެއް ބުނަން އުޅުނަސް އަނގަ ބަންދުކުރަން ބޭނުންކުރާނެ ހެއްކެއްވެސް ކިޔާންގެ އަތުގައި އެބަ އޮތެވެ. މާއިޝާ މާޔާއަށް ގުޅާލާފަ ބާބެކިއު ނިންމާލާފަ ދާންވީމަ ގުޅާލާށޭ ބުނެލިއެވެ. ފޯނުން މާޔާ ކައިރީ މިރޭ އެގޭ މަޑުކުރާ ވާހަކަ ނުބުނީ ފަހަރެއްގަ މާޔާ ދެކޮޅު ހަދާފާނެތީއެވެ. ކުރިމައްޗަށް ގޮސް ބުނުމުން ދެކޮޅުހަދާކަށް ނުކެރޭނެއެވެ.

ވިއްސާރަ ދުވަސްވަރެއް ނަމަވެސް އިއްޔެގަ ވާރޭ ވެހުނު ގޮތަށް މިއަދުއޮތީ އަވިދީފައެވެ. އޮފީސް ކުދިން އަންނަން ނިންމީވެސް މޫސުން މިއަދު ރީތިކޮށް އޮތުމުންނެވެ. ހުކުރު ވަގުތަށް ފަހު މާޔާމެން ހުޅުމާލެއަށް އައެވެ. މަޖަލާ ސަކަރާތުގައި ވަގުތުތައް ހޭދަވަމުން ދިޔައިރު ފަހެއް ޖެހިހާކަށް އިރު ވާރޭ ވެހިގަތެވެ. ނަސީބަކުން އޭރު އަލިފާނުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައި ހުރުމުން ކާ އެއްޗެހި ތައްޓަށް އަޅާ ބަންދުކޮށްލަމުން ދަބސްތަކާ އެއްޗެހި ހިޔާ ގަނޑެއްގައި ބައިތިއްބަމުން އެންމެން ވާރެއާ ތެމުނެވެ. އެއްބައިމީހުން މޫދަށް އެރި ސަކަރާތް ޖަހަމުން ދިޔައިރު މާޔާވެސް އުޅުނީ މޫދުގައެވެ. ވާރޭ ހުއްޓާލުމުން އެންމެން އައިސް ކާން ފެށިއެވެ. ކައިގެންވެސް އެކި ކުޅިވަރުތައް ކުޅެ ހެދިއެވެ. މާލެ ދާން އުޅުނު އިރު އެގާރަވެސް ޖަހައިފިއެވެ. މާޔާ މާއިޝާއަށް ގުޅުމުން ކާރުގައި އެތަނަށް އައެވެ. މާޔާ ގޮސް ކާރު ކައިރިއަށް ހުއްޓިލުމުން މާއިޝާ ބިއްލޫރިގަނޑު ތިރިކޮށްލިއިރު ކިޔާންވެސް އިންތަން ފެނުމުން ފާޑަކަށް ބަލާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ” އަހަރެން މިއައީ ދޮންތަ ބަލާ.. މިރޭ މި ކޮޅުގަ މަޑުކަރަންވީ އެއްނު.. ޕްލީސް.. ” މާއިޝާ ކާރުގެ ދޮރުގެ ދާރައިގެ މަތީ އޮތް މާޔާގެ އަތުގަ ހިފާލަމުން ބުނެލީ އާދޭސް ކުރާ ފަދައިންނެވެ. މާޔާ ބޯ ހޫރާލަމުން ވަގުތުން ދެކޮޅު ހެދިއެވެ.

މާއިޝާ ދެރަވެފައި އަނެއްކާވެސް މަޑުކޮށްލާށޭ ބުނެލިއެވެ. ކިޔާނަށް ބަލާލަމުން ދޮންތަކައިރީ މަޑުކޮށްލާށޭ ބުނާށޭ ބުނެލިއެވެ. ” މާޔާ މިރޭ ދެން މަޑުކޮށްލާ މި ކޮޅުގަ.. ” ކިޔާންވެސް މާއިޝާގެ ބަހަށް އެއްބާރުލުން ދެމުން ބުނެލިއެވެ. މާޔާ ކިޔާންގެ މޫނަށް ބަލާލީ ފާޑަކަށެވެ. ކިޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ކޮންމެވެސް ގޯހެއް އުޅެޔޭ ހިތް ބުނެލިއެވެ. އެހެންކަމުން އަނެއްކާވެސް ނޫނެކޭ ބުނެލިވަގުތު  ވާރޭ ތުނިކޮށް ވެހެން ފެށުމުން އުޑާ ދިމާލަށް ބަލާލެވުނެވެ. މާއިޝާ ހެވިލާފައި ބަލާލަމުން އެއީ ސައިން އެކޭ ބުނެލިއެވެ. މާޔާ މާއިޝާއާ އެކީ ދާން ބޭނުމެއް ނޫނެވެ. ދަބަސް ތެރޭ އޮތް ފޯނު ރިންގް ވާން ފެށުމުން މާޔާ ކަނާތުން ފޯނު ނަގަމުން ކަންފަތުގައި ޖައްސާލަމުން ވައަތުން ފޯނަށް ހިޔާ އަޅާލީ ފެންތިކިތައް ފޯނަށް ނޭޅުމުގެ ގޮތުންނެވެ. ” ދަރިފުޅާ.. ވަރަށް ކަނޑުގަދައޭ.. މިރޭ ދެން ތިކޮޅު މާއިޝާމެން ކައިރީ މަޑުކޮށްލާ.. ރޭގަނޑު ގަޑީ ދަތުރު ކުރާނެ ކަމެއް ނެތް ކޮންމެހެން ތި ކޮޅުގަ ހުންނާނެ ތަނެއް ހުރިއިރު.. އެހެންނޫނަސް މާދަން އެއީ ހޮނިހިރެއް ނު.. މަޑުކޮށްލާ އިނގޭ..” ފާއިޒު ގެ ވާހަކަތަކުން މާޔާއަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. އޯކޭ އޭ ބުނެލަމުން ފޯނު ބޭއްވިއިރު މާއިޝާ ބުމަ އަރުވައިގެން ބަލަން އިނީ މާޔާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. މާޔާ މިރޭ މިކޮޅުގަ މަޑުކުރާނީއޭ ބުނުމުން މާއިޝާ އުފަލުން ހީގަތެވެ. ކާރުން ފައިބައިގެން އައިސް ކުޑަކޮށް މާޔާގެ ގައިގަ ބައްދާލީ އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ. މާޔާ އެބަ އަންނަމޭ ބުނެފަ ގޮސް ރައްޓެހި ކުދިން ކައިރީ މިކޮޅުގަ މަޑުކުރަނީއޭ ބުނެލިއެވެ. އެންމެންވެސް އެ ގޮތާ އޯކޭ ވުމުން މާޔާ ގޮސް ކާރަށް އެރިއެވެ.

ކާރުގެ ފަހަތު ސީޓްގައި މާޔާ އިށީދެލައިގެން އިން އިރު ކިޔާން ލޯގަނޑުން ބަލާލައެވެ. މޫނުގައި ހުރި ފެންތިކިތައް މާޔާ އަތުން ފޮހޭތަން ފެނުމުން ކިޔާން ޓިޝޫ ފޮށިނަގައިގެން މާޔާއަށް ދިއްކޮށްލިއެވެ. މާޔާ ކިޔާނަށް ބަލާލަމުން ޓިޝޫ ފޮށީގައި ހިފިއިރު އިނގިލިތައް ބީހިގެން ދިޔައިރު ހަށިގަނޑުގައި ކަރަންޓްގެ ރާޅުބަންޏެއް އުފެދުނު ފަދައެވެ. މާޔާ ޓިޝޫފޮށި ޖަހައިގަންނަމުން މޫނުގައި ހުރި ފެންތައް ފޮހެލިއެވެ. މާޔާ ނިދަން ހަމަޖެއްސީ މާއިޝާ ކުރިން އުޅުނު ކޮޓަރީގައެވެ. މާއިޝާ ހުރީ ކުރިންވެސް އެނދުގަ ބެޑްޝީޓް އަޅާ ރީތިކޮށްފައެވެ. މާއިޝާ ނިދަން ދިއުމުގެ ކުރިން މާޔާއަށް ނިދަންލާނެ ޓީޝާޓަކާ ހަރުވާޅެއް ދިނެވެ. މާއިޝާއާ ކިޔާން ކޮޓަރިއަށް ވަނުމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ދޮރު ލައްޕާލަމުން ގޮސް އެނދަށް ވެއްޓިގަތީ ހަނދާން ނެތިގެން ދޮރު ތަޅުނުލައެވެ. ވަރުބަލިވެފައި ހުރުމުން ނިކަން އަވަހަށް ނިދިއްޖެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ހިޖުރަ (ފަންސަޔާޅީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 27

Next
November 4, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 27

Previews
November 2, 2015

ހިޖުރަ (ފަންސަޔާޅީސްވަނަ ބައި)

48 Comments!

  1. sadh says:
    November 3, 2015 at 1:50 pm

    Evves meeheh regret kuraa varuge kameh nukuruvahche. Maaisha ah nuhaggu dhera thakeh eyrun liveynee. I think maaya aa nihan gulhuvaafa hatharu meehunahves happy ending eh dheyn v. Please. Please. Aslu nihaan ah maaya deserve vany ves. No offence 🙂

    1. Somebody says:
      November 3, 2015 at 3:42 pm

      Komme vaahakaehga happy ending eh noannane yey. Baeh story thakuga sad ending ves reethi ?

    2. sadh says:
      November 3, 2015 at 6:34 pm

      Hama gina stories ga ehen vany. Mi gothah main chrevters gulhuvan nukuraaka kameh noannaane. Hama ehen meehunge ves feelings ey onnany. Mivaahaka dhen hama emme rythi vaany maaya aa nihan gulhu v ma. Not saying nihan kanthah kury rangalhashey. Ekam nihan was there with maaya when no ome else was. Anekka mi kiyaan meehaku bunaaha eccheh gaboolu koggen hunaane thedheh dhogeh balaa nula. I support maaya amd nuhaan 😉

  2. Rish says:
    November 3, 2015 at 1:53 pm

    wow v v v salhi. dhen vaany kihinehbaaa

  3. shaa says:
    November 3, 2015 at 1:58 pm

    v reythi mibaa ves konirakun anehbaa up vaani

  4. sim says:
    November 3, 2015 at 2:08 pm

    Wow v reethi mi part ves.. Nxt part kondhuvakun up kurany?

  5. Angel says:
    November 3, 2015 at 2:19 pm

    Nihaan geyga ulhey anhen meehaky maya ge mamma hen heewany

  6. saa says:
    November 3, 2015 at 2:31 pm

    Wen next part??? plzz avaha up kodhecheyy

  7. nazee says:
    November 3, 2015 at 2:48 pm

    aslu maayaa aa kiyaan aa dhemeehun gulhuvaanjeheyny.. thn kolheh avahah up khdhehchey… waitting for next part

  8. moo says:
    November 3, 2015 at 2:49 pm

    I really love this story but maa lahee up kohlaa leh .plz plz aneh baa varah avahah up kohlhanche….. Plx

  9. ZiM~ says:
    November 3, 2015 at 3:15 pm

    Ekakah ves dhera gotheh nuhadhahchey…maaya n nihan gulhuvaba dhn please

    1. skjdsjf says:
      November 3, 2015 at 3:45 pm

      no … mayaa n kiyaan gulhuvaa .. dhn maishaa aa nihaan gulhuvyma story salhi vaany .. if that dosn’t happen then i’ll sy that this story is nt so good .. btw v reehi mibai vess

  10. dimple says:
    November 3, 2015 at 3:23 pm

    Maishaa maraalaba nikan ?

    1. Somebody says:
      November 3, 2015 at 3:46 pm

      Maisha preg vefa vihaairu maruveema maa salhi kan neynge? btw eki meehunge khiyaal thafaathu vaane dhw ?

    2. kiyaa says:
      November 3, 2015 at 3:47 pm

      hahaha … thedheh ebuny ..

  11. butterlly says:
    November 3, 2015 at 3:55 pm

    Kekeke dimple??

  12. SAMA says:
    November 3, 2015 at 4:00 pm

    Plx maayaa aa nihan aa nugulhuvahchey… dhn maayaa aa kiyaan aa gulhuvabala…

  13. kina says:
    November 3, 2015 at 4:07 pm

    maisha ah dhera goiy hadhaakah nujehey. nd v hadi gotheh marry kohgen hure ves kiyaan maaya aa egothah gulhun baavvan beynun vaathy. pls dhn maaya aai nihaan. kiyaan nd maaya ufaluga ulhuna dhee. maaya will be so selfish of she snatch her sisters husband.

    1. sadh says:
      November 3, 2015 at 6:36 pm

      So true ??

  14. pispis says:
    November 3, 2015 at 4:26 pm

    foohivejje mihaaru mivaahaka kiyan ves mayaa and kiyaan gulhuvadheeba

  15. sim says:
    November 3, 2015 at 4:27 pm

    no?? dnt brk maisha’s heart. she didn’t du anythn to deserve this. maaya is so melodramatic. she nevr appreciate wat she has

  16. rom says:
    November 3, 2015 at 4:29 pm

    keevve mi story nw mihaa lahun update vanee. pls nxt part avahah up kohdheythi?

  17. heart says:
    November 3, 2015 at 4:35 pm

    past is past. both maaya nd kiyaan shud undstnd this. dhn jeheynee marry kureema reethi life eh ulhen. not like this

  18. think says:
    November 3, 2015 at 4:39 pm

    saarah!!! mi vaahaka saarah beynun vaa komme gothakah grndhiya yas i’ll like. BUT BUT i hope yew won’t break maisha and kiyaan’s marriage to bring maaya nd kiyaan tgethr. if so i’ll feel i wasted a lot of time reading this story heheheh.: cox for me marriage is a very bog thng. nd I respect it a lot?

  19. Rish says:
    November 3, 2015 at 4:53 pm

    Nice

  20. vasyyy says:
    November 3, 2015 at 5:10 pm

    Vaahakaige sifa kurunthakaai ehchehi varah reethi. Ekamaku bunela oi ehchakee maya n kiyan gulhuvaanama aslu marriage ge kurinney ekan kuranvee. Aslu vaahaka akun ves marriage break koh naajaazu gulhunthakah hiyvaru dhinumakee kiyun theri beynun kamaakah nuvaane. Anekkaa maaisha ge evves kusheh nethi e dhe meehun vaki kurumakee kiyuntheriegge haisiyyathun beynunvaa kameh noon edhey gotheh ves noon.

  21. ifaa says:
    November 3, 2015 at 5:17 pm

    alhey maisha and kiyaan nugulhuvache..maayaa n kiyaan gulheny..mi story kiyaa iruvx imagine they both plx edhemyhun gulhuvabw avahaah

  22. Hai says:
    November 3, 2015 at 5:39 pm

    Aslu nihaan ah Maya libunima varah reethivane.

  23. me says:
    November 3, 2015 at 6:07 pm

    hiyaalaky thafaathu ehcheh, me dhekey gothuga konme meehakah enme loabivaa meehaa aa marry kuraane furusatheh nulibeyne, eheny kiyaafa kaiwenyge fahun loabiweriyaage loibah edheykan dhehkumaky v huthuru kameh.

  24. Dheeko says:
    November 3, 2015 at 6:14 pm

    Varah varah hadi. Dhen nuvs kiyaanan mivaahaka. Maaya and kiyaan nugulhi nimumun eyakah happy ending ekey nukiyaane. Liyun theriyaa varah hama nujehey vahaka liyefa huri kamah faahaga vey

  25. Hasee says:
    November 3, 2015 at 6:15 pm

    Dhn nukiyaanan mi vahaaka eh. Esfiya site ga vs liyunu enme hadi vaahaka. Mi vaahaka nimunyma noony mi site ah nuvs vannaanan dhn..

  26. Luvna says:
    November 3, 2015 at 6:20 pm

    ?I hope you wont break maisha and kiyaans marriage. In every story the hero and heroine shouldnt be the one who live happily everafter.?? Just because now kiyaan knows mayaa loves him please dont break maisha’s heart and dont break their marriage even. I think you are changing the direction of the story. But all i can say is i just love this story.??? Hope to see next part soon.?????

  27. Yushiii says:
    November 3, 2015 at 6:24 pm

    Mvaahaka fehtyvx maayaa n kiyaan gulhuvaa gothah. Bt mihisaabah dhiyaama maisha ah libunyma hadi vaane. Maya kiyaan ahtakaa varah sacrifices vi. Kiyaan ah nulibihjehyaa vaahaka hadi vaane. Nihaan n maaya nugulheyy. Mihaaru vaahaka thaakun thaakun nujehwy henn hyvanyy.

  28. shaz says:
    November 3, 2015 at 6:35 pm

    v reethi mi part vxx…
    kon irakun tha aneh part up kohdheny saarah?

  29. nazee says:
    November 3, 2015 at 7:24 pm

    plxxx maayaa n kiyaan gulhuvaacheyyy…

  30. bulha says:
    November 3, 2015 at 8:16 pm

    Mi story ga vaane gothakee maaaisha maruvaani kiyaan a maayaa den nihan ves new kujaka eky life a fashaani.thats alll…simple.

  31. moris says:
    November 3, 2015 at 8:58 pm

    V reethi…….maaya nd kiyaan gulhu v ma story reethi vaany

  32. Crazi says:
    November 4, 2015 at 5:32 am

    This story is nice…but feeling sad..nihaan n maya beynumeh noon..but hee vanee maya mom hen nihaan gen gulhenee ehgeygah..but nihaan vrh gina kantha tha maya tahkaa koh dheefi..eh hen vee mah nihan n maya gulhakun gohe nei..vahaka mihar ves beynun gothakah ahburaa levidaane…vahaka kobmeh gotha nimunas kiyaa myhe kiyaane..nukiya mey bunyas dhen nwrunas kiyaane…vahaka kiyaafah comment nukuree mah vahaka nukiyaa kamah kah nuvaane..all the best for story..ragalhee konmeh dhuvahaku update kuriya…

  33. Mary says:
    November 4, 2015 at 6:56 am

    maishaa ge hithuga nujahsahchea… pls pls.. maayaa nd nihaan gulhuvaa

  34. Sham says:
    November 4, 2015 at 8:24 am

    Aley haada hit teley aba maya yah kihineh baa vaany?? O:)

  35. Depika says:
    November 4, 2015 at 10:10 am

    Mi vaahakaiga dhen maisha bandu boduvane maisha vihaafa maisha maruvane maya ah jeheny dharifulhu balan dhen kiyan n maya marry kurane. V bodugulha vahakaeh mee

  36. Crazi says:
    November 4, 2015 at 10:24 am

    Hahhaha

  37. lyn says:
    November 4, 2015 at 10:48 am

    Plzz mayaa and kiyan gulhuvaa ehn noony mi stwrt v hadi vaane.. ;(

  38. lyn says:
    November 4, 2015 at 10:48 am

    Plzz mayaa and kiyan gulhuvaa ehn noony mi stwrt v hadi vaane.. ;(

  39. 4f!4h says:
    November 4, 2015 at 12:00 pm

    Mi story ge hero and heroin aky Maayaa and kiyaan. So aslu e dhemyhun gulhuvyma rythi vaany. dhen Maishaa ah hagygaih engumun eyna amille ah dhuru vun noony viheumuge thereyga maruvun rangalhu vaany. evves meehakah dhera eh dheykah noon. dhen mee vaahaka eh veema. liyun theriyaa dho thagudheeru liyaany. 6_- hehehe BTW mi bai ves salhi. heevany Kiyaan and Maishaa marriage workout kuraane hen. dhen ehen noony Maishaa ah hageegaih engigen Maayaa vee qurubaany gabool koh eyna amille ah dhuru vun rangalhu vaany. Shaayan gothah. Maishaa ah neyngi Maishaa dheke ves hama egothah loabi vaa ehen meehaku ves huredhaane dho. mi ves hiyaalu bondi eh. 6_6

  40. nishh says:
    November 4, 2015 at 1:56 pm

    Maayaa n Kiyaan plx gulhuvaba

  41. saa says:
    November 4, 2015 at 3:50 pm

    Kobaaa kon iraku aneh baii?????

  42. saarah says:
    November 4, 2015 at 5:10 pm

    thank you everyone 🙂

Comments are closed.

Next Episodeއިންތިޒާރު ( 27 )←


All Right Reserved!