ވަގުތު ކައިރިވަމުން އަންނަވަރަކަށް ނިއުޝާގެ ހިތްވެސް ތެޅެމުން ދިޔައެވެ. މާތްﷲ އަށް ޝުކުރު ކޮށް ދުޢާ ކުރީ ހުރިހާ ކަމެއްވެސް ރަނގަޅަށް ވުމަށް އެދިއެވެ. ގަޑި ޖެހިގެން ފަޒީނާ ނިއުޝާ ބަލައި އައި އިރު ނިއުޝާގެ ހިތް ތެޅެން ފެށީ އޮބި ނޯންނަވަރަށެވެ. ފަޒީނާ ނިއުޝާއަށް ވެފައި ހުރިގޮތް ދެނެގަތެވެ. ބޮލުގައި ފިރުމާލާ އަތުގައި ހިފާލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއޭ ބުނެފައެވެ. ފަޒީނާ ނިއުޝާ ގޮވައިގެން ކޮޓަރިން ނިކުމެ ކައިވެނި ކުރަން ހަމަ ޖެހިފައިވާ ކޮޓަރިއަށް […]
“ޔާލް… މަވާހަކަ މިދައްކަނީ ޔާލަށޭ…! ކީއްވެ އަނގައިން ނުބުނެ ތިއިނީ…؟” ކައިލް ގޮސް އެނދުމަތީ އިސްޖަހާލައިގެން އިން މިކްޔާލްގެ ކޮނޑުގައިހިފައި ތަޅުވައިގަތެވެ. “އަހަރެން މާދަން މިއުޅެނީ ޖަރމަނީ އަށް ފުރަން…” މިކްޔާލްގެ މިޖުމްލައިން ކައިލަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ކީކޭ؟” ޤަބޫލު ނުކުރެވިފައި ހުރެ ކައިލް އަހާލި އެވެ. މިކްޔާލް ކައިލަށް ހަތަރުކަޅި ހަމަކޮށްލި އެވެ. އެވަގުތު ކައިލްގެ މޫނުމަތިން ފައުޅުވާންފެށި ޝަކުވާގެ އަސަރުތަކާއި، ހިތާމަ ފެނިފައި އަނެއްކާވެސް މިކްޔާލަށް އިސްޖަހާލެވުނެވެ. “ޔާލް…” ޝަކުވާގެ ރާގަކަށް ކައިލަށް ބުނެވުނީ […]
ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިޞްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހަ……..ހެލޯ.” […]
ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާންގެ ނިންމުން ދެން ބަދަލުނުވާނެކަން އެނގެއެވެ. އެހެންކަމުން ކަރީމް ކުޑަކޮށް ހިނިތުންވެލާފައި ކައިވެނީގެ ކަންތައް އަވަހަށް ފަށާށޭ ބުނެލިއެވެ. ހަލުވިކަމާއެކީ ކައިވެނީގެ ކަންތައް ކުރިއަށް ގެންދަމުން ދިޔައިރު މާޔާ އެއްވެސް ކަމަކާ ބައިވެރިނުވެއެވެ. މަލީހާ އަދި މާއިޝާވެސް ކަމަކު ބުނެފިއްޔާ މާޔާ ބިޒީއޭ ކިޔާފަ އެތަނަކުން އަވަހަށް ދެއެވެ. ޒީނަތު މާއިޝާއަށް ގުޅައިގެން އެ ގެއަށް ގެންގޮސް ހެދުމުގެ ކަންތައް ނިންމިއެވެ. ކޮންމެމީހަކުވެސް އޭނަ ފެނުމުން ހިނިތުންވެލައެވެ. އެކަމަކުވެސް މާއިޝާއަށް އެ […]
އޭނަ ދަމުން ނުހާއަށް މެސެޖް ކުރި “މަށަށް ވެސް ދުވަހެއް އަންނާނެ” އެ ދުވަހަށްފަހު އެނޫސްވެރިޔާގެ އެއްވެސް އުނދަގުލެއް ނުޖެހޭ. ކައުސިންލަރު ވެސް ފަހުން ނުހާ ގާތުން މާފަށްއެދުނު. “ދެން މިކަމެއް މިހިނގީ ކިހިނެއްތަ” ވިޝާމް އެންމެ ފަހުން އަހާލިއެވެ. ނުހާ މާލެ އައީ އޮފީސް ކަމެއްގައި އޮތް ވޯކްޝޮޕެއްގައި ބައިވެރިވާން. ނުހާއާއި އެކު އަދި އިތުރު އަންހެން ކުއްޖެއްވެސް އައި. ނުހާމެން ތިބީ ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އޭނާ ރައްޓެއްސަކާއި ބައްދަލުކޮށްލުމަށް ބޭރަށް ދިޔައީމާ […]
ނިއުޝާ އަށް ޖައުޝަން އައި ކަމެއްވެސް ނޭނގޭ ކަހަލައެވެ. ޖައުޝަން އައިސް ނިއުޝާގެ ބޮލުގައި ބޮޑު މަލެއްހެން އިން ދަތި ނައްޓުވާލިއެވެ. އެއާއި އެކު ނިއުޝާގެ އިސްތަށިގަނޑު ހޭވިގެން ދިޔައެވެ. ނިއުޝާ ސިއްސައިގެން ގޮސް ޖައުޝަން އާއި ދިމާ ބަލައިލިއެވެ. “ތިހެން ހުރީމަ މާ ލޯބި” ނިއުޝާގެ ކޮލުގައި ފިރުމާލަމުން ޖައުޝަން އެހެން ބުނެލިއެވެ. އެއާއި އެކު ނިއުޝާ ލަދުން އިސް ޖަހާލިއެވެ. ޖައުޝަން ހިނިތުން ވެލިއެވެ. އެއަށްފަހު ނިއުޝާ ގެ އުނަގަނޑުގައި ކަނާއަތް އަޅުވާލިއެވެ. […]
މަގު މައްޗަށް ނުކުތުމާއިއެކު ކުއްލިއަކަށް އެކި ދިމަދިމާލުން މޫނަށް އަލި އެޅެންފެށުމުން ބޭއިޚްތިޔާރުގައި މޫނު ފޮރުވާލެވުނެވެ. ކައިރީގައި އޮތް ވެހިކަލްއަށް އަރުވަންދެން ނޫސްވެރިންގެން ކެމެރާތައް ހުރީ ނުހާއަށް އަމާޒުވެފައެވެ. ނުހާ ލަދުން ހަލާކުވާވަރުވިއެވެ . އެތާތިބި އެންމެން ޗުކުޗުކު ތަޅުވާއަޑު އިވި އިވި ހުއްޓެވެ. “ހަށި ވިއްކާ އަންހެނެއް” “ހަށި ވިއްކަންތިއްބާ ފަޅާ އެރީ” ރެޑްކޮށް އަތުލައިގަތީ” “ލަދުކުޑަ” ………………………………………………………………………………………………………………………………………… ޓީ.ވީ.އެމް އިން ދައްކަމުން ދިޔަ ރޭގަނޑު 8 ގެ ޚަބަރު ބަލަން އިން ވިޝާމްއަށް ސިހުމެއް […]
ޒީކްގެ އަތް އުފުލާލީ އެ ފޮތިގަނޑުގެ ނިވަލުގައިވާ މީހާއާއި ހަމައަށް ވާސިލްވުމަށެވެ. ފޮތިގަނޑުން ކަޝްފުވެފައިވާ އެ ޒުވާނާ ދެކިލުމުގެ އުންމީދުގައެވެ. އެގެއާއި ދިމާލަށް އެޅި ދެ ތިން ފިޔަވަޅު ހުއްޓުނީ އަތަކުން އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. އިހްސާސްވީ ފިނިކަމެވެ. ބޭއިޚްތިޔާރުގައި ޒީކްގެ އަތް ކޮނޑާއި ހަމައަށް ނެގުމަށްފަހު ކޮނޑުމަތީގައި އަޅާފައިވާ އަތުގެ މަތީ ބާއްވާލީ ބިރުން ހުރެއެވެ. އަތަށް ލިބުނު ފިނިކަމުން ޒީކްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަސްއެނބުރެވުނީ ހަށިގަނޑަށް […]
ކިޔާން މާޔާއަށް ބަލަން ހުރެ ކުޑަކޮށް ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަހިނދު މާޔާ މަޑުމަޑުން ކަނާތް ކިޔާންގެ އަތްމަތީ ބޭއްވިއެވެ. ކިޔާން އެ އަތަށް ފިތާލީ ހިނިތުންވެލަމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް މާޔާ ކިޔާންގެ ލޯބީގެ އަވާގައި ޖެހުނެވެ. އެހެންނަމަވެސް ނިހާންގެ އިންޒާރުގެ މަތިން ހަނދާންވުމާއެކުހެން މާޔާ ކިޔާންގެ އަތްމަތީ ބާއްވާފަ އޮތް އަތް ދަމައިގަތީ ސުތްޕެއް ކަށިޖެހިނެވެ. އޭރު ކިޔާން އަނގޮޓި މާޔާގެ ކަށި އިނގިލީގައި އަޅުވަން ކައިރިކޮށްގެން ހުރުމުން […]