ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ޒީކަށް ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް […]
“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ. ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި […]
“ހިތުގަ އޮންނަ އެއްޗެއް ބުނަން އެހާ ފަސް ޖެހޭ ކުއްޖެއްތަ ތީ؟ އަޅެ ބުނެބަލަ، ވާ ގޮތެއް އެނގިދާނެއެއްނު؟” ޝާނީ ބުނާ ކޮންމެ އެއްޗަކަށް ހިތާހިތުން ތައްޔާރު ވެލަމުން މާއިޒް ބުންޏެވެ. ނަމަވެސް ޝާނީ އެއްޗެއް ނުބުންޏެވެ. “ޝާނީ…؟ ކީށްވެތަ އެއްޗެއް ނުބުނެ ތީނީ؟” މާއިޒް ފުރަތަމަ ފަހަރަށް ޝާނީގެ ނަމުން މުޚާތަބް ކުރިއެވެ. ޝާނީ ހީލިއެވެ. މާއިޒްގެ ދުލުން ޝާނީގެ ނަން ބުނި އަޑު އިވުމުން ބުނެދޭން ނޭނގޭ ހަމަޖެހުމެއް ހިތަށް ލިބުނެވެ. “ކޮންކަމަކާ ތި […]
ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެންކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއްކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ހީން” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދިއެ ފޮޓޯގައި ހީން އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ. ރާޅުގަނޑު ސަރަހައްދުން ހީން އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން […]
ދުރުން ބަލާ މީހަކަށް އޭރު ދެ މީހުން ފެންނާނީ އެއްހިޔަންޏެއްގެ ގޮތުގައެވެ. ދެމީހުން މަސްތީ ދުނިޔެއަކަށް ގެއްލިފައި ތިބިއިރު އެތަނަށް އިތުރު މީހަކު އައިކަން ވެސް ރޭކާ ނުލިއެވެ. “އައިޝަތު މަލިކާ ހަމަމިހާރު ގެއަށް ދޭ!!!” ސިއްސައިގެ ގޮސްފައި ދެމީހުންނަށް ދުރަށްޖެހުލެވުން އިރު ކައިރީގައި އައިޝާގެ ކުޑަބެ މާލިކު ރުޅިއައިސް ރަތްވެފައި ހުއްޓެވެ. “މަންމަމެން ނެތް ވަގުތު ބަލާފައި ރަށަށް އަރާ ބީރައްޓެހިއްނާއިއެކީ މީ ދޯ ގަންނަ ގަނޑަކީ. ހަމަ މިހާރު ގެއަށް ދޭ. މަގޭ ހުއްދަ […]
އިފާޝާ އަވަސް އަރުވާލާފައި އެހެން ބުނެފަ ނުކުމެގެން ދިޔައީ ނިހާން ކިޔާނެ އެއްޗެއް އަޑުވެސް ނައަހައެވެ. ނިހާން އިފާޝާ ދިޔަތަން ބަލަން ހުރެލާފައި އަނގައަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. އެދުވަހު ނަސީބަކުން ޒީނަތު މާއިޝާ ބަލާ އައެވެ. މާއިޝާ ޒީނަތުއާ އެކު ދިޔުމުން މާޔާ ހިތްހަމަޖެހުނެވެ. މަލީހާގެ ފަރާތުން ދުވަސްކޮޅަކަށް ދެން މާއިޝާ ހުންނާނީ އެ ގޭގައޭ ބުނުމުން އުފާވިއެވެ. މާއިޝާ މި ގޭގަ ހުންނަހާ ހިނދަކު ކިޔާން ވެސް މި ގެއަށް އަންނާނެއެވެ. މާޔާ ކިޔާންގެ […]
މާ ހެނދުނާ އަރަމުން އައި އިރު އޭގެ ދޯދި ގޯތީގެ ދިގު ރުކުގެ ދެފަން ދޭތެރެއިން ފާއްދާލައިގެން ސީދާ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިތެރޭން ގޮސް އަރާމު ނިންޖެއްގައި އޮތް މާހީގެ މޫނުމައްޗަށް އުނދަގޫ ކުރުވަން ފެށުމުން މާހީ އަށް ސިއްސައިގެންގޮސް ހޭލެވުނީ އެލާމް ކޮށްފައިވާ ގަޑިން ހެނދުނު 7 ޖެހިކަން އިޢުލާން ކުރުމުންނެވެ.އަވަސް އަވަހަށް ތެދުވެގެންް ހޭވިފައިހުރި އިސްތަށިގަނޑުގައި އަތް ހާކަމުންގޮސް މާހީ އެވަނީ ފާޚާނައަށެވެ.ރޭގެ އަރާމު ފިނިކަމުގެ ތެރޭ މާހީ އަށް ގަދަ ނިންޖެއްގައި ނިދާލެވުނީތާއެވެ.އެހެންނޫންނަމަ […]
ރީމް ގެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީމަންއާ ޔާނާ އެފަދަ ގާތްކޮށް ތިއްބައި ފެނުމުން ބުނެދޭން ނޭނގޭފަދަ ރުޅިވެރިކަމެއް ވެރިވެގެން ދިޔައެވެ. އީމަން އާއި އެކީ ރީމް ހޭދަކޮށްލަން ބޭނުންވެގެން ކެތްތެރިކަން ކޮޅުންލާފައިވާފަދަ ވަގުތުކޮޅެއް ގޭގައި ގެންގުޅޭ ނޯކަރަކަށް ލިބިގެން ދިޔުމަކީ ރީމްގެ ނަފްސަށް ލިބުނު ހުތުރެއް ފަދަކަމެއްކަމުގައި ހީވިއެވެ. ފަޔަށް ބާރުލާފައި އެތެރެއަށް ހިނގައިގަތެވެ. ޔާނާއާ އީމަންގެ ދެމެދުގައި ގާތް ގަނޑަކަށް ދެފޫޓުގެ ދުރުމިން ވީ އިރުވެސް ރީމްގެ ހިތް ހަމައެއް ނުޖެހުނެވެ. ޔާނާގެ […]
މާ ހެނދުނާ އަރަމުން އައި އިރު އޭގެ ދޯދި ގޯތީގެ ދިގު ރުކުގެ ދެފަން ދޭތެރެއިން ފާއްދާލައިގެން ސީދާ ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިތެރޭން ގޮސް އަރާމު ނިންޖެއްގައި އޮތް މާހީގެ މޫނުމައްޗަށް އުނދަގޫ ކުރުވަން ފެށުމުން މާހީ އަށް ސިއްސައިގެންގޮސް ހޭލެވުނީ އެލާމް ކޮށްފައިވާ ގަޑި ހެނދުނު 7 ޖެހިކަން އިޢުލާން ކުރުމުންނެވެ. އިންތިޒާރު ކޮށްލައްވާ……..