Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަލިކާ (3)

Reems
November 4, 2015
4 Mins Read
14 Comments

“އޯކޭ…. އަސްލު މިއައީ މިއަދު އެއްކޮށް އައިޝާގެ ޚިޔާލުތައް އަހަންނަށް އުނދަގޫ ކުރާތީ. އައިޝާ ދެކިލަން ބޭނުން ވެގެން. އައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވާތީ. އައިޝާ އާއި އެކީ ޑިނާއަކަށް ދާން ބޭނުން ވާތީ. އައިޝާ ގޮވައިގެން ގޮނޑު ދޮށުގައި ހިނގާލަން ދާން ބޭނުންވާތީ” ވަރަށް ސީރިއަސްވެ އިނދެ ޒިފާން ބުނެލިއެވެ.

ކާންއިން އައިޝާއަށް ޒިފާން ދެއްކި ވާހަކަ އަޑުއިވުމުން ކޮށިއެރިއެވެ.

ބުނާނެ އެއްޗަކާ ދޭތެރޭ އައިޝާ ވިސްނާލިއެވެ. ޒިފާން އެހެން އެބުނީ އައިޝާއާއި ދިމާކުރަން ބާވައެވެ. އާނއެކޭ ބުނާއިރަށް ހޭންފަށާނީ ކަންނޭގެއެވެ.

“އޯހް” އައިޝާގެ އަގައިން ނުކުތީ އެބަސް އެކަންޏެވެ.

“ޕިސް ޕިސް އަހަރެން ހީކުރީ ތިވަރަށް ވިސްނާފައި އާނއެކޭ ކަމަށް ބުނާނީ” ޒިފާން ބުނެލިއެވެ.

“ހެހެ އާން އެކޭ އޭ ބުނަން އުޅުނީ. ދެން އައިޝާ ދާނެ އެންނު ޒެފާއިއެކީ” އައިޝާ ރަކިވެފައި އިނދެފައި ބުނެލިއެވެ.

“އޯކޭ އެހެންވީމާ ޓްނައިޓް އެޓް ނައިން. ރެޑީ ވެގެން ހުންނާތި. އަހަރެން ޑިއުޓީ ނިންމާފައި އަންނާނަން އަރައުންޑް އެއިޓް. ބައިދަވޭ މިރަށުގައި ހުރޭތަ ސަޅި ރެސްޓޯރަންޓެއް” ޒިފާން އަހާލިއެވެ.

“ހޫމް ސަންސެޓް ރެސްޓޯރަންޓް އޯކޭ ވާނެ. އެތަނަށް ދޯ ދާނީ.” އައިޝާ ކައިނިމިގެން އަތް ދޮންނަން ހުރެލާފައި ބުނެލިއެވެ.

“މިރޭ އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި ވެސް. އޯކޭ ވާނޭ ދޯ ތަންކޮޅެއް ލަސްވިޔަސް. ” ޒިފާން އައިސް ސިންކްކައިރީ މަޑުކޮށްލަމުން އަހާލިއެވެ.

“ހޫމް” އައިޝާ ތަށިތައް ނަގަމުން ބުނެލިއެވެ.

“ހުރިހާ އެއްޗެއް ވެސް ވަރަށް މީރު އިނގޭ ތޭންކްސް” ޒިފާން އަތްދޮވެގެން ބަދިގޭން ނުކުންނަމުން އައިޝާއާއި ކުޑަކޮށް ކަރިވެލާފައި ކަންފަތް ދޮށުގައި ބުނެލާފައި އަވަސް އަވަހަށް ދިޔައެވެ.

ގަޑި ކައިރި ވަމުން ދިޔަވަރަކަށް އައިޝާގެ ހިތުގެ ވިންދުވެސް އަވަސްވަމުން ދިޔައެވެ. ލާނެ ހެދުމެއް ނޭނގި އަތުގައި ހުރި ރީތި ހުރިހާ ހެދުމެއް ލައިގެން ލޯނގަޑު ކުރިމަތީ ފަރި ބެލުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ.

އެންމެ ފަހުން ކަޅުކުލައިގެ ކަކުލާ ހަމައަށް އަންނަވަރު ހެދުމެއް ނަގާ ގައިގާ ޖައްސާލަމުން އެ ހެދުން ރަނގަޅުކަމަށް ނިންމިއެވެ. އަދި ހެދުން އިސްތިރިކޮށްލުމަށްފަހު އަވަސްވެލީ ފެންވަރާ ތައްޔާރުވުމަށެވެ. ލުއިލުއިކޮށް މޭކަޕް ކޮއްލުމަށްފަހު ކޮނޑާ ހަމައަށް އަންނަ އިސްތަށިގަނޑު ދޫކޮށްލާފައި ބޭއްވިއެވެ. އައިޝާއަށް އެންމެ ކަމުދާ މިޑްނައިޓް ރޯސް ރެސްންޓްފުޅި ނަގާ ޖަހާލިއެވެ. ގަޑި ބަލައިލިއިރު އޭރު އަދި އަށްގަޑި ބައިވެސް ނުވެއެވެ. ލޯގަނޑު ކުރިމަތީ ހުރެ ފަރިބަލާލުމަށްފަހު މިސްރާބު ޖެހީ ޒިފާންގެ ގެއާ ދިމާލަށް ދިއުމަށެވެ.

ގެއަށް ގޮސް ވަތްއިރު ޒިފާންގެ ކޮޓަރި ދިއްލާފައި ހުރުމުން ޒިފާން އައިސް އުޅޭކަން އެނގުމުން ސިޓިން ރޫމްގައި ޓީވީ ހުޅުވާލައިގެން އިނެވެ.

އެތާ އިންނަތާ ފަސްވަރަކަށް މިނިޓްވީ ތަނުން ޒިފާން ކޮޓަރި ދޮރު ހުޅުވާލައިފާ ބޯ ދިއްކޮލަމުން ” ވަގެއް ވަނީތޯ ޗެކްކޮއްލީ” އޭ ބުނެ ހިނނިގަޑެއް ޖަހާލާފައި ކޮޓަރިއަށް ވަނެވެ.

އައިޝާއާއި ޒިފާންއަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމުގައި ވިޔަސް މިރޭ އައިޝާގެ ހިތް ވަނީ އަވަސް ވެފައެވެ. ބުނަން ނޭނގޭ އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. ޓީވީ އާއި ދިމާލަށް ބަލަހައްޓައިގެން އިނަސް އޭގެން ދައްކާ އެއްޗަކަށް ނުބަލާ ވިސްނެމުން ދިޔައީ ޒިފާން ދައްކަންއުޅޭ ވާހަކައާއި މެދުގައެވެ.

ބަރާބަރު ނުވައެއް ޖެހިއިރު ޒިފާން ތައްޔާރުވެގެން ކޮޓަރިން ނުކުމެ ދާން ހިނގާށޭ ބުނުމުން އައިޝާއާއި ދެމީހުން ރެސްޓޯރަންޓަށް ދިއުމަށް ނައްޓާލިއެވެ. ދެމީހުންގެ ރައްޓެހިންގެ ވާހަކަ ދައްކަމުން ގޮސް އިސާހިތަކު ދާންވާ މަންޒިލަށް ފޯރައިފިއެވެ.

ޒިފާންއާއި އާއިޝާ ގޮސް އިށީންދެލީ އޯޕަން އެއަރ ބައިގައި ހުރި މޭޒެއްކައިރީގައިއެވެ. ވެއިޓަރު އައުމުން ކެއުމަށް އޯޑަރު ދީފައި ދެމީހުންގެ އާއިލާގެ ވާހަކަތައް ދައްކަންފެށިއެވެ.

“އައިޝާ މަންމަމެން ކޮބާ؟ އޯކޭ ތަ ގޭ އެންމެން. ގޭ މީހުނަށް އިނގޭތަ ޒިފާން އައިސް އުޅޭކަން. މިއަދު އައިޝާ ކުޑަބެ ފެނުން. އެކަމު ޒިފާންކަމެއް ނޭނގުން ކަންނޭގެ” ޒިފާން އަހާލިއެވެ.

“މަންމައާއި ބައްޕައާއި ވެސްވީ ތުލުސްދޫއަށް ގޮސް. ދޮންތަ އަށް އިނގޭ ޒެފް އުޅޭކަން . މިއަދު އެހި ޒެފްގެ ވާހަކަ. ފެނުނޯ ޑިއުޓީއަށް ދަނިކޮށް. މިހާރު ވަރަށް ތަފާތު ދޯއޯ ބުނި” އައިޝާ ޖަވާބު ދިނެވެ.

“އަދިވެސް މަންމަމެން ޒިފާން ދެކެ ރުޅިއާދޭދޯ. ” ޒިފާން ވަރަށް ދެރަވެލާފައި އެހިއެވެ.

“ނޭނގެ މިހާރުދެން ވަރަށް ގިނަ ދުވަސް ވެއްޖެދޯ އޭގެ ފަހުން. ނުދައްކާ އެވާހަކައެއް އެއްވެސް މީހެއް” އިސްޖަހާލައިގެން އިނދެ އައިޝާ ވާހަކަ ދައްކަމުންދިޔައެވެ.

“ޒެފް ވެސް ދެން އެކަންތައް މަތިން ހަދާން ނައްތާލަންވީއޭ. ވީކަމެއް ވީ، މޫވް އޮން”

“އައިޝާ މިކޮޅު ބަލައިލަބަލަ. އައިޝާ ޒިފާންއަށް މާފުކޮށްފިންތަ” ޒިފާން ވަރަށް ދެރަވަ އިނދެ އަހާލިއެވެ.

އައިޝާ ޒިފާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.” ޒެފަށް މާފްކުރަން ޖެހޭނީ ޒެފްގެ ކުށެއް އޮވެގެން . އައިޝާ ގަބޫލެއް ނުކުރަން އެއްވެސް އިރެއްގެ ޒެފްތީ ކުއްވެރިއެކޭ. އަނެއްކާ އެހެން ބުނެވުންތަ ”

“އުހުނ އެކަމު އައިޝާގެ އާއިލާ ޒިފާނާއި ދޭތެރޭ ދެކޭކޮށް ވަރަށް މުހިންމު. އައި.ހޯޕް ދޭ ހެވް ފޮގިވެން މީ” ޒެފްގެ މޫނު ބަލާލުލުމުން ޒެފް މާޔޫސް ވެފައި އިންވަރު ހާމަވިއެވެ.

” އައިޝާއަށް އަސްލު ނޭނގޭ. އޭރު ވަރަށް ރުޅި އައިސްފައެންނު ތިބީ. އެކަމު މިހާރު ޒެފްގެ މަންމަމެނާ ވެސް ވާހަކަދައްކާ. އައިޝާ ވެސް މިހިރީ ޒެފްގެ ގޭގައެއްނު. އޯކޭވީމަ ތާ ދޯ އެ ހުއްދަ ދޭނީ. ތިއެއް ނޫނޭ ސޭޑް ސްޓޯރީސް ބާއްވާފައި މިރޭ ދައްކަން އުޅުނު ވާހަކަ ބުނެބަލަ. އަނެއްކާ އެއީ ތަ އެވާހަކައަކީ”

“ހޫމް އެވާހަކަ އަހަން ވަރަށް ކިއުރިއަސްވެފަ މިހުންނަނީ ރަށަށް އައިއްސުރެ.. އަދިވެސް ނުކެރޭނެ އައިޝާ މަންމަމެންގެ ކުރިމައްޗަށް ދާކަށް” ޒިފާން ކައި ނިމިގެން ތެދުވަމުން ބުނެލިއެވެ. “އެކަމަކު ވަރަށް ހެޕީ ވެއްޖެ އައިޝާ މީއަށް ހިތްހެޔޮ ކުރީމަ”

އައިޝާއާއި ޒިފާން ކައި ނިމިގެން ދިޔައީ ގޮނޑު ދޮށުގައި ހިނގާލަންށެވެ. ރެއަކީ ވަރަށް ވެސް ފުރިހަމަ ރީތި ރެއެކެވެ. ސާދަ ވިލޭރޭގެ ހަނދުގެ އަލިކަން މުޅިތަނަށް ވެރިވެފައިވާ އިރު ޖައްވުއޮތީ ފިނިވެފައެވެ. އައިޝާ އަރައިގެން ހުރި ހައިހީލްސް ބޭލުމަށްފަހު ހުސްފައިގާ ހިނގަމުން ދިޔައީ ޒިފާން އާއި ކުދި ކުދި ސަމާސާ ކުރަމުންނެވެ. ދެ ހިތުގައި ވެސް އެއްކަހަލަ ޝުޢޫރުތަކެއް ހިނގަމުން ދިޔައިރު އެކަމެއް އެކަކު އަނެކަކަށް ނޭނގެއެވެ.

ފޯސީސަންސްއާއި ދިމާލު ގޮނޑުދޮށުގައި ހިނގަމުން ދަނިކޮށް އުޑުމަތި ކުޑަކޮށް ބަނަވެ ވިލާ ގިނަވާން ފެށިއެވެ. އަދި ވައިވެސް ބާރުވެލާފައި ކުއްލިއަކަށް ތުނިތުނި ކޮށް ވާރޭވެހެން ފެށިއެވެ. އައިޝާ ގެއަށް ދާން ހިނގާށޭ ކިޔާ އައިކޮޅަށް ހިނގައިގަތުމުން ޒިފާން އަތުގައި ހިފާ ދަމާލިގޮތުން އައިޝާ އައިސް ޖެހުނީ ޒިފާންގެ ތަނަވަސް މޭމަތީގައެވެ.

އެވަގުތުވެސް ޒިފާންގައިން ދުވި މީރުވަހުން އައިޝާގެ ހިތުގެ ވިންދު އަވަސްކޮށްލިއެވެ. ޒިފާން ފަހަތުން އައިޝާގައިގައި ބައްދާލުމުން ހީވީ ކަރަންޓް ޝޮކެއްދިންހެނެވެ. ޒިފާން މަޑު މަޑުން ޒިފާނާއި ދިމާލަށް އައިޝާ އަނބުރާލުމަށްފަހު ދަތްދޮޅީގައި ހިފާ މޫނު މައްޗަށް ހިއްލާލިއެވެ. އައިޝާ ހުރީ ލަދުން ދެލޯ މަރާ ބާރުކޮށްލައިގެނެވެ.

ޒިފާން އައިޝާގެ ތުންފަތުގައި ބޮސް ދީ ފައި އަނެއްކާވެސް އައިޝާގެ މޫނަށް ބަލާލިއެވެ. ރަކިވެފައި ހުރިއިރު ވަރަށް ލޯބިއެވެ. އައިޝާ ރުޅިނައުމުން ޒިފާން ހުރީ ވަރަށް އުފާވެފައެވެ. އަނެއްކާވެސް އެ ފޮނި މަޑުމަޑު ތުންފަތުގެ ރަހަބަލާލަން ބޭނުންވިއެވެ.

“އައިޝާ ލޯ ހުޅުވާލަބަލަ، ޒިފާނާއި ދިމާލަށް ބަލާލަބަލަ” މަސްތީ އަޑަކުން ޒިފާން އެހެން ބުނުމުން އައިޝާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެވަގުތު ޒިފާން ކުޑަކޮށް ބޯ އަރިކޮށްލާފައި އަނެއްކާވެސް އައިޝާގެ ތުންފަތުގައި ބޮސްދިނެވެ. އައިޝާގެ މުޅި ޖިސްމުގައި އިޝްގީ އަލިފާނެއް ރޯވިފަދައެވެ. ޒިފާންގެ އެ އަމަލުން އައިޝާގެ ހިއްސުތައް ހޭލައްވާލިއެވެ. އައިޝާއަށް އާކަމަކަށް ވިޔަސް އައިޝާވެސް ޒިފާންއާއި ބައިވެރި ވެލިއެވެ.

ދުރުން ބަލާ މީހަކަށް އޭރު ދެ މީހުން ފެންނާނީ އެއްހިޔަންޏެއްގެ ގޮތުގައެވެ. ދެމީހުން މަސްތީ ދުނިޔެއަކަށް ގެއްލިފައި ތިއްބި އިރު  އެތަނަށް އިތުރު މީހަކު އައިކަން ވެސް ރޭކާ ނުލިއެވެ.

“އައިޝަތު މަލިކާ ހަމަމިހާރު ގެއަށް ދޭ!!!”

(ނުނިމޭ)

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Reems

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 27

Next

އިންތިޒާރު ( 27 )

Next
November 4, 2015

އިންތިޒާރު ( 27 )

Previews
November 4, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 27

14 Comments

  1. eefa says:
    November 4, 2015 at 4:23 pm

    dhen kaakutha adhi a aee …..

  2. sim says:
    November 4, 2015 at 4:29 pm

    Story varah reethi. Ekam vaahaka dhahkaairu emyhehge amihla name beynun kuraathi me ah kiyan ehaa fasheyha eh noon. Nxt part thankolheh dhigu kohla dheythi. 🙂

    1. Reems says:
      November 4, 2015 at 4:43 pm

      Thanks

  3. Reems says:
    November 4, 2015 at 4:50 pm

    Hehe next part kiyaleema ingeyne dhw

  4. mik says:
    November 4, 2015 at 5:20 pm

    Haadha kurey

  5. Luvna says:
    November 4, 2015 at 7:03 pm

    There are small mistakes and talk kuraairu sim buni hen names use khffa huryma thankolheh undhagu. Hope you will improve it. Story hama habeyys. Hope to see next part soon.????????

  6. xima says:
    November 4, 2015 at 8:16 pm

    Pis!!!! kaaktha aee migadeeega?
    V salhi story ????

  7. Rahmath says:
    November 4, 2015 at 11:30 pm

    Mioh fadha gady kaaku evattaly..avahah dhn oiy bai up kohdhy..v salhi nge

  8. sofa says:
    November 5, 2015 at 1:23 am

    story v rythi ekamaku kury hope to see next part soon

  9. shaz says:
    November 5, 2015 at 1:26 am

    reethi mi part vxxx

  10. shaa says:
    November 5, 2015 at 1:44 am

    Reem thi huraa kuhjehtha????
    Btw storee reethi…ekam tlk kuraairu ami’hla name beynun kuraathi v odd..

  11. aishaa says:
    November 5, 2015 at 11:43 am

    Jumla ninmaairu vaahaka dhakkagothah liyaatheeve kiyaalan faseyhaeh noon, misaalakah ebain rakivefa huri iru varah loabi eve. Mithaaga varah loabbeve jehinama kiyaalan faseyha vees. Mivaahaka reethi. Kiyaalaa hiyyvey.. gudluck.

  12. Rahmath says:
    November 5, 2015 at 6:29 pm

    Kba anehbai??

  13. sim says:
    November 7, 2015 at 11:12 am

    Reems, konirakun nxt part up kurany

Comments are closed.

All Right Reserved!