އިންތިޒާރު ( 27 )
މާއިޝާއާ ކިޔާން ކޮޓަރިއަށް ވަނުމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ދޮރު ލައްޕާލަމުން ގޮސް އެނދަށް ވެއްޓިގަތީ ހަނދާން ނެތިގެން ދޮރު ތަޅުނުލައެވެ. ވަރުބަލިވެފައި ހުރުމުން ނިކަން އަވަހަށް ނިދިއްޖެއެވެ.
މާއިޝާ ފެންވަރަން ވަނުމުން ކިޔާން ގޮސް އެނދުގައި އެއް އަރިއަކަށް އޮށޯވެލަމުން ނިދީކަމަށް ހެދުނެވެ. މާއިޝާ ފެންވަރައިގެން އައުމުން އޭނަ ނިދާފަ އޮތިއްޔާ ނިކަން އަވަހަށް ނިދާނެއެވެ. ވީވެސް އެހެނެވެ. މާއިޝާ ފެންވަރައިގެން އައިސް ކިޔާން ނިދާފަ އޮތްތަން ފެނުމުން ބޮކި ނިއްވާލަމުން ގޮސް އޮށޯވެލިއެވެ. މާއިޝާ ނިދާނޭހާ އިރުކޮށްލަމުން ކިޔާން ތެދުވެ ބަލާލިއެވެ. މާއިޝާ ރަނގަޅަށް ނިދައިފިކަން ޔަގީންކުރަން މަޑުމަޑުން މާއިޝާއަށް ގޮވާލިއެވެ. ހިލަމެއް ނުވުމުން ކިޔާން ތެދުވެގެން ބާލީސް ދަށުގައި އޮތް ކަރުދާސްގަނޑު ނަގައިގެން ކުދިފިޔަވަޅުތައް އަޅަމުން ގޮސް ކޮޓަރިން ނުކުތެވެ. މާޔާއަށް ހޭލެވުނީ ޖެހި ބާރު ގުގުރީގެ އަޑަށެވެ. ދެންވެސް އަރާމުކޮށް ނިދާލެވޭނީ ފެންވަރައިގެން އައިސްކަން އެނގޭތީ މާޔާ ތެދުވެ އެއްޗެހި ބާލަމުން ތުވާލި އަނދެލައިގެން ފާހާނައަށް ވަނެވެ. ކިޔާން އައިސް މާޔާ އޮތް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތް އިރު މާޔާ ފެންނާކަށްވެސް ނެތެވެ. ފާހާނައިން ފެން ފައިބާ އަޑުއިވުމުން މާޔާވީ ފާހާނައިގަ ކަން އިނގެއެވެ. ކިޔާން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިލަމުން ބޭރު ބަލަން ފެށިއެވެ.
މާޔާ ފެންވަރާލައިގެން މެއާ ހިސާބުން ތުވާލި އަނދެގެން ބޭރަށް ނުކުތް އިރު ކުޑަދޮރު ކައިރ ހުރި ކިޔާން ފެނުމުން އެހާމެ އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވި އަޑަށް ފަހަތަށް އެނބުރުނު ކިޔާނަށްވެސް މާޔާ ފެނުމުން އަވަހަކަށް މޫނު އަނބުރާލިއެވެ. މާޔާ އެތެރެއަށް ދެމިގަތުމުން ކިޔާން ކޮޓަރިތެރެއަށް ބެލިއިރު އެނދުމަތީ ހުރި ހެދުންތައް ފެނުމުން އެ ނަގައިގެން ގޮސް ފާހާނައިގެ ދޮރުގެ ތަޅުގަ އަޅުވާލަމުން ދޮރުގައި ކުޑަކޮށް ޖަހާލިއެވެ. މާޔާ ބުރަކަށި ދޮރުގައި ޖައްސައިގެން ހުރިއިރު މޭ ފަޅާލާފައި ހިތް ނުކުމެދާނެހެން ހީވިއެވެ. ކިޔާން ދޮރުގައި ޖެހުމުން ކުޑަކޮށް ހުޅުވާލިއިރު ތަޅުގައި ހެދުން އަޅުވާފަ ހުރިތަން ފެނުމުން އަވަހަށް އެ ނަގައިގެން ދޮރު ލެއްޕިއެވެ. ހެދުން ލަމުން ދިޔައިރު މާޔާގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ކިޔާން މި ކޮޓަރީގަ ކިއްކުރަނީ ހެއްޔެވެ؟ މާޔާ ހެދުން ލައިގެން ބޭރަށް ނުކުތް އިރު ކިޔާން އެނދުގައި އިށީދެލައިގެން އިނީ އޭނައާ ފުރަގަހަށެވެ.
” ކީއްތިކުރަނީ މި ކޮޓަރީގަ؟ ކަމަކުތަ؟ ” މާޔާ ސުވާލުކޮށްލިއެވެ. ކިޔާން އެނބުރިލަމުން މާޔާއަށް ބަލާލިއެވެ. ” އަހަރެން މިއައީ ސުވާލުތަކެއްގެ ޖަވާބު ހޯދަން.. ” ކިޔާން ސާބިތުކަމާއެކީ ބުނެލި ޖުމުލައިން މާޔާ ކުޑަކޮށް ހާސްވިއެވެ. ” ކޮ..ކޮން ސުވާ.. ސުވާލުތަކެއް؟ ” އުދަގުލުން މާޔާ ސުވާލުކޮށްލިއިރު އަނެއް ފަރާތަށް އެނބުރިލިއެވެ. ކިޔާން އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލަމުން އަތުގައި އޮތް ކަރުދާސްގަނޑު ދައްކާލިއެވެ. މާޔާ ދެލޯ ބޮޑުކޮށްލީ ކިޔާނަށް އޭތި ލިބުނީކިހިނެއްކަމާ މެދު ހިތުން ސުވާލުކޮށްލަމުންނެވެ. ” މިއާ ބެހޭގޮތުން އެކްސްޕްލެނޭޝަނެއް ދެވިދާނެތަ؟ ” ކިޔާން ކަރުދާސްގަނޑު ތިރިކޮށްލަމުން މާޔާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މާޔާ ހާސްވެފައި އިސްޖަހާލިއިރު ދޭނެ ޖަވާބަކާ މެދު ވިސްނާލިއެވެ. ” ތީތި.. ތީ އަހަރެން ކުޑައިރު ކުރެހި އެއްޗެއް.. ކިޔާން ކިޔަވަން ދިޔަ ފަހުން. ” މާޔާ ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. ކިޔާން ހީލިއެވެ. ” އޭރު އަހަރެން ހުރީ މި ވައްތަރަކަށް ނޫން.. ދެން ކިހިނެއް މާޔާއަށް އެނގުނީ އަހަރެން މިހާރު މި ހުންނަ ގޮތަށް އެހާ ކުރިން ކުރަހަން.. ސްޓްރޭންޖް.. ” ކިޔާން ބުނެލިއެވެ. މާޔާގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. ކިޔާނެ އެއްޗެއް ނޭގިގެން އެނބުރިލަމުން ދާން އުޅުނުތަނާ ކިޔާން އެ އަތުގައި ހިފާ ހުއްޓުވިއެވެ. ” މާޔާ ދެން ދުރަށް ނުދުވޭ.. އެންމެ ފަހަރަކުވެސް ތި ދުލުން ބުނެދީ އަހަރެންދެކެ ލޯބިވެޔޭ.. އޭރަށް އަހަރެން އިތުރަށް އެއްވެސް ސުވާލެއް ނުކޮށް މިތަނުން ގޮސްދާނަން. ” ކިޔާން އަސަރާއެކީ ބުނެލި ޖުމުލައިން މާޔާ ތުންފަތުގައި ދަތްއަޅާލަމުން އިސްއޮބާލިއެވެ. ” ނުވޭ ލޮތްބެއް ” މާޔާ ކިޔާންގެ އަތް ނައްޓުވާލަމުން ބުނެލަމުން ގޮސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. މިހާރު ލޯބިވާ ވާހަކަ ބުންޏަސް ވަކި ވާން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ” ދެން މި ތަސްވީރު މި ނޯޓް ކޮޅުވެސް މީ ދޮގުތަ؟ މާޔާ ކީއްވެގެންތަ ތި އުޅެނީ؟ ޕްލީސް.. އެޓްލީސްޓް ސްޓޮޕް ލައިންގ ޓު ޔޯ ސެލްފެ.. ” ކިޔާން ތަންކޮޅެއް ބާރަށް ބުނެލީ މާޔާ އަދިވެސް ދޮގު ހަދަން އުޅޭތީއެވެ. ” ކިޔާން ދާން އުޅޭ މި ކޮޓަރިން.. މާއިޝާއަށް އަހަރުމެން ދެމީހުން އެކީ ތިބޭ ތަނެއް ފެންނާކަށް އަހަރެން ބޭނުމެއް ނޫން.. ” މާޔާ އެ ހުރިގޮތަށް ހުރެ ބުނެލިއެވެ.
” ދެން ވަރިހަމަ ދޯ އަހަރެންގެ ހިތް ހަލާކުވެގެންދާތަން ބަލަން ހުންނަން ޖެހުނަސް.. ” ކިޔާން ބުނެލިއެވެ. މާޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ފަހަތަށް އެނބުރި ކިޔާނަށް ބަލާފަވެސް އަނެއްކާވެސް އެނބުރިލީ ހިމޭންކަން ހިޔާރުކުރަމުންނެވެ. ކިޔާން ބަލަން ހުރެލާފައި ބާރަށް އައިސް ފަހަތުން މާޔާގެ ގައިގަ ބައްދާލިއެވެ. އިހްސާސްތައް ކޮންޓުރޯލް ކުރަން އެންމެ ފަހުން އުދަގޫވީއެވެ. ” ކީއްވެތަ އަހަރެންދެކެ ތިހާ ލޯބި ވާއިރުވެސް އަހަންނާ ދުރަށް ތި ދުވަނީ؟ އެންމެ ފަހަރަކުނަމަވެސް އަހަރެން ދެކެ ލޯބިވެޔޭ ބުނެދީ މާޔާ.. ޕްލީސް ” ކިޔާން އަސަރުން ފުރިގެންވީ އަޑަކުން މާޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. މާޔާ އެ ހުރިގޮތަށް ހުރިއިރު ކިޔާން ދުރުކުރާކަށްވެސް ނޫޅުނެވެ. ލޯ މަރާލިއިރު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ކިޔާން މާޔާގެ ކަނދުރާގައި ތުންފަތް ޖައްސާލި ހިނދު ހުރިހާ ނާރުތަކަށް ވެސް އެނގުން ވެގެން ދިޔައެވެ. ދެވަނަ ސުކުންތުގައި މާއިޝާގެ މަތިން ހަނދާންވުމުން މާޔާ ކިޔާން ދުރުކުރަން އުޅުނެވެ. އެހެންނަމަވެސް ކިޔާން މާޔާގެ ގައިގަ ހިފާފަ ހުރީ އެއަށް ވުރެ ބާރަށެވެ. ” ކިޔާން.. ނޫން.. ” މާޔާ މަޑުމަޑުން ބުނެލިތަނާ ކިޔާން މާޔާ އޭނައާ ވީ ފަރާތަށް އަނބުރާލަމުން އެ ތުންފަތުގައި ޝަހާދަތް އިނިގިލި ޖައްސާލަމުން ” ޝޫޝްޝް ” އޭ ބުނެލިއެވެ. މާޔާ ދެންވެސް ދުރަށް ދާން އުޅުމުން ކިޔާން ކުއްލިއަކަށް އެ ތުންފަތުގައި ބޮސްދިނުމުން އެއްވެސް އިހްތިޔާރެއް ނެތި ހުރިހާ ބާރެއްހެން ކިޔާންގެ އަތް މައްޗަށް ދޫކޮށްލެވުނެވެ. މާޔާ ކިޔާންގެ ކަނދުރާގައި ދެއަތުން ވަށާލިއިރު ދުނިޔެމަތިންވެސް ހަނދާން ނެތުނު ފަދައެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެ ވަގުތުކޮޅަށް ފަހު ދުރުވެލިއިރު ދެމީހުންވެސް ތިބެވުނީ މައިނޭވާ ލާށެވެ. އަންހެނަކާ ފިރިހެނަކު އެއްތަން ވެއްޖިޔާ އެންމެ ކައިރީގަ ހުންނަނީ ޝާއިތާނާއޭ ބުނަނީ އެހެންވީމައެވެ. ކިތަންމެ ރަނގަޅުމީހާގެ ވެސް ހިތް އަނބުރާލައެވެ. މިފިނި ވިއްސާރަ ރޭ ދެމީހުންގެ ޖިސްމުގައިވެސް ހުޅުރޯވީ ނުނިވޭނެހާ ބޮޑަށެވެ. ކިޔާން ލުއިފަތެއްހެން މާޔާ އުފުލާލައިގެން ދިޔައިރު މާޔާ ކިޔާންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ކިޔާން ގޮސް މާޔާ އެނދުގަ ބާއްވަމުން މާޔާއާ ދިމާލަށް ބޯގުދުކޮށްލިއެވެ. މާޔާ ލޯ މަރާލީ ހުރިހާ ބާރެއް ކިޔާނަށް ދޭ ފަދައިންނެވެ.
ފަތިސް ނަމާދަށް މާއިޝާ ހޭލިއިރު ކިޔާން އެނދުގައި ނެތުމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ކިޔާން ދާނީ މިސްކިތަށޭ ހިތަށް އެރުމުން ކުޑަކޮށް ހީލަމުން ގޮސް ފާހާނައަށް ވަދެ ފެންވަރާލައިގެން އައިސް ނަމާދު ކޮށްލިއެވެ. އޭރުވެސް ކިޔާން ނާންނާތީ މާއިޝާ ބޭރަށް ނުކުމެލީ ކޮފީއެއް ބޯލާށެވެ.
ކިޔާން ކޮޓަރީގެ ކުޑަދޮރުގެ ދާރާއިގެ އަތް އަޅުވާލައިގެން ހުރިއިރު ހިތުގައި އެތައް އެއްޗެއް އެނބުރެމުން ދިޔައެވެ. މާޔާ މިހާ ދުވަހު ސިއްރު ކުރި ހަގީގަތަކީ އެއީ ހެއްޔެވެ؟ މިއަދު މާޔާ ނުބުނަން އުޅުނަސް އޭނައަށް ހުރިހާ އެއްޗެއް މިއޮތީ ލޯކުރިމަތީ ފެންނާށެވެ. އެކަމަކު އަދިވެސް ގަބޫލުނުކުރެވެނީ މާޔާއަކީ އެކަހަލަ މީހެއް ކަމެވެ. ކިޔާންގެ ހިތުގައި މާޔާ މަލީހާ ކައިރީ ދެއްކި ވާހަކަވެސް އެނބުރިގަތެވެ. އެދުވަހު މާޔާގެ ހަގީގަތް އެނގިގެން އެއްވެސް މީހަކު އޭނައާ ކައިވެނިކުރާނެޔޭ އެބުނީ މިހެން ވީމަތާއެވެ. ނިހާނާ އެކީ މާޔާ ފެނުނު ދުވަސްތަކާ ހުދު ކިޔާނާ އެކީވެސް މާޔާ އުޅުނު ގޮތް ހިތަށް އެރުމުން ހިތުގައި ވީ ޝައްކު ޔަގީނާ ގާތަށް ދިޔައެވެ. ކިޔާން ލޯ މަރާލީ ގަބޫލުނުކުރެވިފައެވެ. މޫނު އަނބުރާލި އިރު އެނދުގައި ނިދިފަ އޮތް މާޔާގެ މޫނު ފެނުމުންވެސް މިއަދު ފުރަތަމަ ފަހަރަށް ފޫހިވިއެވެ. ކިޔާން އަނެއްކާވެސް ބޭރަށް ބަލަން ފެށިއެވެ. މާޔާ ނިދިން ހޭލެވުނު އިރު ފުރަތަމަ ވެސް ފެނުނީ ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރި ކިޔާނެވެ. ގައިމަތީ އަޅާލާފަ އޮތް ރަޖާގަނޑުގެ ކޮޅުގައި ހިފާލަމުން މާޔާ މަޑުމަޑުން ތެދުވެ މެއާ ހިސާބުން ފޮރުވާލަމުން ގޮސް ބިންމަތީގައި ހުރި ހެދުންތައް ނަގައިގެން ކުދިފިޔަވަޅުތައް އަޅަމުން ގޮސް ފާހާނައަށް ދެމިގަތެވެ. ދޮރު ލެއްޕުނު އަޑަށް މާޔާއަށް ހޭލެވުނު ކަން އެނގުމުން ކިޔާން ލޯ މަރާލީ ހިންދިރުވާލަމުންނެވެ.
މާޔާ ފާހާނަ ތެރޭގަ ހުރި އިރު ހިތްތެޅެމުން ދިޔައެވެ. ވެދިޔަ ކަމަކަށް ފަހު ކިޔާނަށް މިހާރު އޮންނާނީ އޭނަގެ އެންމެ ބޮޑު އެއް ހަގީގަތް އެނގިފައެވެ. އެކަމަކު ބިރުގަންނަނީ ކިޔާން ދެކޭނެ ގޮތް ނޭގޭތީއެވެ. އަނެއްކާ ކިޔާން އޭނައާ މެދު ނުބައި ގޮތަކަށް ވިސްނައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. ކިޔާން އޭނައާ މެދު ނުބައި ގޮތަކަށް ވިސްނާލާނެ ފުރުސަތެއް ވެސް މާޔާ ނުދޭނެއެވެ. ކިޔާނަށް މިހާރުން މިހާރަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭނީއެވެ. މާޔާ ހެދުންތައް ގަޔަށް މަހާލަމުން ނުކުމެލިއެވެ. ކިޔާން ސޯޓުގައި އެކަނި އަދިވެސް ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުއްޓެވެ. މާޔާ ކިޔާންގެ ފަހަތުގައި ދެތިން ފޫޓު ހުންނާނެ ވަރަށް ދުރު މިން ބަހައްޓަމުން ގޮސް ހުއްޓިލަމުން ގޮވާލިއެވެ. ކިޔާން އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. ” ކިޔާން.. ނޭނގެ ކިޔާން މިހާރު އަހަންނާ މެދު ތި ވިސްނަނީ ކިހިނެއް ކަމެއް.. އަހަރެން ބޭނުން ހަގީގިތް ކިޔައިދޭން މިހާރު.. ” މާޔާ އިސްއޮބާލައިގެން ހުރެ ބުނެލިއެވެ. ކިޔާން އެ ހުރިގޮތަށް ހުރެ ބޯ ހޫރާލީ މާޔާ ކޮންމެވެސް ދޮގެއް ހަދަން އުޅޭކަމަށް ހީކޮށެވެ. މިހާރު އޭނައަށް އެކަން އެގުނީމަ އަވަހަށް އޮޅުވާލަން މަސައްކަތް ކުރަނީއެވެ. ” ހަގީގަތަކީ އަހަ… ” މާޔާގެ ބުނަން އުޅުނު ޖުމުލަ މެދުކަނޑާލީ ކުއްލިއަކަށް ކިޔާން އެނބުރިލަމުން ވާހަކަދައްކަން ފެއްޓުމުންނެވެ.
” ހަގީގަތަކީ ތީ ލަދުކުޑަ، އަގެއް ނެތް، އަންހެނެއްކަން.. ސޮރީ ޓު ސޭ ދިސް އެކަމަކު ހަގީގަތަކީ ތީ ނާސިއެއް.. އަހަންނަށް އެކަން ރަނގަޅަށް އެނގި ސާބިތުވެސް ވެއްޖެ.. ހަހީގަތަކީ ތީ ފިރިހެނުންގެ ހިތް އުފާކޮށްލަދޭ މުޑުދާރު އަންހެނެއްކަން.. ހަގީގަތަކީ މާޔާ އެ ދުވަހު އަހަންނަށް ނޫނެކޭ ބުނީވެސް ތި ތެޅޭ ވައްތަރަށް ކައިވެންޏަށް ފަހު ނުތެޅޭނެތީ.. މާޔާގެ މިނިވަންކަން ގެއްލިދާނެތީ.. އަހަންނާ އިދެގެން ހަމައެކަނި އަހަރެންނާ އެއްކޮށް އުޅެން ޖެހިދާނެތީ.. މިއަދު ހުރިހާ އެއްޗެއްވެސް ވިސްނާލުމުން އެބަ ސާފުވޭ.. މާޔާ އަހަންނަށް ހަގީގަތް ކިޔައިދޭނަމޭ ބުނެފަވެސް ދުވަހަކުވެސް އެކަމެއް ނުވީ އަހަރެންގެ ފަރާތުން އޭރު ލިބުނު އެ އުފާކޮޅުވެސް ގެއްލިދާނެތީ.. މިރޭ އަހަންނާ އެއްކޮށް ސްލީޕް ކޮށްފަ ތިއުޅެނީ ކޮންމެވެސް މޮޅު ވާހަކައެއް ހަދާލަން ދޯ؟ ނޫން. ދެން އަހަރެން މާޔާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން.. މިއަދު އަހަންނަށް ހުރިހާ ކަމެއް ފެނި ސާފުވެއްޖެ.. އިތުރަށް ކިޔައިދޭނެ އެއްވެސް އެއްޗެއް ނެތް.. އަހަރެން ލަދު ގަނޭ ތީ އަހަރެންގެ ރަހްމަތްތެރިއެކޭ ބުނަންވެސް… އަހަރެން ލަދުގަނޭ އަހަންނަށް މާޔާދެކެ ލޯބިވެވުނީތީ.. ޔޫ ޑޯންޓް ޑިޒާރްވް ޓު ބީ ލަވްޑް.. ” ކިޔާން ރުޅި އައިސް ރަތްވެފައި ހުރެ ހުރިހާ އެއްޗެއް ކިޔާލިއިރު މާޔާ ހުރީ ގުޑިލަންވެސް ނޭގިފައެވެ. ހުއްޓުން އަރާފަ ކިޔާނަށް ބަލަން ހުރިއިރު ހީވަނީ ބުދެއް ހެނެވެ.
އޭރު ކޮފީ ބޯން ނުކުތް މާއިޝާއަށް މާޔާ އޮތް ކޮޓަރިން މާ ބާރަށް ވާހަކަ ދައްކާ އަޑުއިވިގެން ގޮސް ހުއްޓިލި ވަގުތު ކިޔާންގެ ޖުމުލަތައް އިވިގެން އަޑުއަހަން ހުރީ ދެލޯ ބޮޑުކޮށްގެނެވެ. ކިޔާން މާޔާއާ އެއްކޮށް ” ސްލީޕް ” ކުރީއޭ ބުނި ހިނދު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދައެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރިގެން އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ކިޔާން ކޮޓަރިން ނުކުތުމުގެ ކުރިން މާއިޝާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ކިޔާން ލޯބިވާ މީހަކީ މާޔާއެވެ. ކިޔާން އޭނައާ ކައިވެނި ކުރީ އަނެއްކާ މާޔާ ނޫނެކޭ ބުނުމުން މާޔާއަށް ދައްކަން ހެއްޔެވެ؟ މާޔާ އޭނަ ކައިރީ ކިޔާން ލޯބިވާ ކުއްޖާ ނޭގެއޭ ކިޔާފަ ދޮގު ހެދީ ކިއްވެ ހެއްޔެވެ؟ މާއިޝާ މާޔާދެކެ ރުޅިއައެވެ. މިއަދު އޭނަގެ ދައްތަ އޭނަގެ ފިރިމީހާއެއްކޮށް ނިދަން ފެށީޢެވެ. ކޮއްކޮގެ ދިރިއުޅުން ހަލާކު ކުރި އިރު މާޔާ ލަދެއްވެސް ނުގަނެއެވެ.
ކިޔާން ގަމީސް ލަމުން ދާން ފެށިހިނދު މާޔާ ހޭވެރިކަން ވިއެވެ. ދުވެފައި ގޮސް ކިޔާންގެ އަތުގައި ހިފާލަމުން ޢޭނަ ދައްކާ ވާހަކަ އަޑުއަހާށޭ ބުނެލިއެވެ. ކިޔާން މާޔާގެ އަތް ފޮޅުވާލާފަ ދިޔައިރު މާޔާ ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. ކިޔާން ކޮޓަރިން ނުކުމެގެން ދިޔައިރު ފަހަތުން ދޮރުވެސް ޖެހީ އެހާ ބާރަށެވެ. އަމިއްލަ ކޮޓަރިއަށްވަނުމުގެ ބަދަލުގައި ކިޔާންގެ މިސްރާބު ހުރީ ބޭރު ދޮރާ ދިމާއަށެވެ. މާޔާ ބިންމައްޗަށް ވެއްޓުނު އިރު ރޮވެން ފެށުނެވެ. ކިޔާން އޭނައާ ދޭތެރޭ އެހާ ހަޑިކޮށް ހީކުރީ ކީއްވެ ހެއްޔެވެ؟ ހަގީގަތަކީ އޭނައަކީ ނުލަފާ މީހެއްގެ ވަކިތަކުގެ ޝިކާރައަކަށް ވެފައިވާ މީހެއްކަމެވެ. އަލިވުމުގެ ކުރިން މާޔާ މިތަނުން ދާން ބޭނުންވިއެވެ. ތެދުވެ ކުރިން ލައިގެން ހުރި ހެދުންތަކަށް ބަދަލުކޮށްލަމުން ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުމެގެން ދިޔައިރު ވާރޭވެސް ވެހެއެވެ. ވާރެއަކަށްވެސް ނުބަލާ މާޔާ ހިނގަމުން ދިޔައިރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ގޮއްސަ މާޔާ ބިންމަތީގައި އިށީދެލީ ހިނގާނޭ ވަރެއް ނެތުމުންނެވެ. ބިމުގައި ދެއަތް ވިއްދާލަމުން މައްޗަށް މޫނު އުފުލާލަމުން ކަރު ފަޅައިގެންދާ ވަރަށް ބާރަށް ހަޅޭލައްވައިގަތީ އެ ގޮތުން ވެސް ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ވާރޭގެ އަޑުގެ ތެރެއަށް މާޔާގެ އަޑު ފޭދިގެން ދިޔައިރު މާޔާ ގިސްލަ ގިސްލާފައި ރޮމުން ދިޔައީ ދެންމެ ކިޔާންގެ ޖުމުލަތަކާމެދު ވިސްނަމުންނެވެ.
ފެރީގައި މާޔާ އިން އިރު އެތައް ބައެއްގެ ލޯތައް އޭނައަށް އަމާޒުވެފައި ހުއްޓެވެ. ތެމިފައިވާ ހެދުންތަކާ އެކީ އިސްތަށިގަނޑު އެއްވެސް ތަރުތީބެއް ނެތި ކޮނޑުމަތީ ފެތުރިފައި އޮތް އިރު ރޮއެރޮއެ މޫނުވަނީ އެއްކޮއް ރަތްވެފައެވެ. މާޔާ އަށް އެއްވެސް ކަމެއް ވާ ހެނެއް ވެސް ހީނުވެއެވެ. މަރުވެފައިވާ މީހެއްހެން ފެރީގެ ފަހަތުގެ ގޮނޑިއެއްގައި ޖައްސާލައިގެން އިނީއެވެ. މާލެ ދެވުމުން ފެރީއިން ފައިބައިގެން ޓެކްސީއަކަށް އަރައިގެން ގެއަށް ދިޔައެވެ. ގޭތެރެއަށް ވަދެގެން އައި މާޔާ ފެނުމުން މަލީހާ ލޯ ބޮޑުކޮށްލިއެވެ. މާޔާއާ ސުވާލުކުރަމުން އެއްހަމައެއްގައި ހިނގަމުން ދިޔައިރު މާޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކޮޓަރިއަށް ވަންނަމުން މަންމަގެ މޫނު މައްޗަށް ދޮރު ޖަހާލަމުން ގޮސް ވަނީ ފާހާނައަށެވެ. މަލީހާ ހާސްވެފައި މާއިޝާއަށް ގުޅާލިއެވެ. މާއިޝާ ފޯނު ނެގުމާއެކު މާޔާއަށް ކިހިނެއްވީހޭ އަހާލީ މާއިޝާއަށް އެނގޭނެ ކަމުގަ ހީކޮށްފައެވެ. މާއިޝާއަށް މާޔާގެ ނަން އިވުމުންވެސް ވީ ފާޑެއްގެ ފޫއްސެކެވެ. މި ކޮޅުން އެއްވެސް ކަމެއް ނުވެޔޭ ބުނެފަ އަވަހަށް ފޯނު ބޭއްވިއެވެ.
ހެނދުނު ދިހައެއް ޖެހިހާއިރު ކިޔާން އައިސް ގެއަށް ވަން އިރު މޫނު މަތި ހުރީ އެއްކޮށް މިލާވެފައެވެ. މާއިޝާއަށް ކިޔާން ފެނުމުން ފެންނަ ކަމަށްވެސް ހަދާނުލައެވެ. ކިޔާންވެސް އަޅާނުލައެވެ. މުޅި ދުވަހު ކޮޓަރީގަ އުޅެފަ މާޔާ އިރުއޮއްސެން އުޅެނިކޮށް ބޭރަށް ނުކުތެވެ. ހެނދުނު ގަޑީ އެވަރަށް ރޮއެފަ ހުރި ކުއްޖާ ނުކުތް އިރު މޫނުމަތިން މިހާރު އެކަހަލަ ކަމެއްވެސް ނުދައްކައެވެ. ހިނިތުންވެ ހުރެ އައިސް މަލީހާ ކައިރީ ވަރަށް ބަނޑުހައިވެއްޖެއޭ ބުނެލިއެވެ. މަލީހާ ހައިރާންވެފައި ބަލަން ހުންނަން ފެށުމުން މާޔާ ކުރިއަށްވުރެވެސް ބޮޑަށް ހީލަމުން ގޮސް ބަދިގެއަށް ވަނެވެ. ފުންނޭވައެއް ދޫކޮށްލީ ހަމަޖެހިލަންވެގެނެވެ. ދެން އެއްވެސް ކަމަކަށް ދެރަވެ ނުރޯން މާޔާ އަމިއްލަ ނަފްސަށް ވައުދުވިއެވެ. މީ އޭނަގެ ތަގުދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާނަމަ މާޔާއަށް މިގޮތް ގަބޫލެވެ. ވޭތުވެދިޔަ ނުވަ އަހަރުތެރޭ އޭނައަށް ހިތާމަ ނޫން އެހެން އެއްޗެއް ލިބިފައި ނެތެވެ. ފަހަރެއްގަ ކުރިއަށް ވެސް އޮތީ އެ ގޮތް ކަމުގައި ވެދާނެއެވެ.
އޭގެ ތިން ދުވަހެއް ފަހުން މާއިޝާ ކިޔާން ކައިރީ ކިޔައިގެން މާލެ ދިޔައެވެ. މަލީހާ ކައިރީ ގޮސް ކިޔައިގެން ކިޔާންގެ އާއިލާ އެންމެނަށް މިގެއަށް ކާން އަންނަށް ދައުވަތު ދޭށޭ ބުނެލިއެވެ. މަލީހާ ސުވާލުއުފެދިފައި އެއީ ކީޢްކުރަންހެއްޔޭ އެހުމުން މާއިޝާ އާއިލާގެ ގުޅުން ބަދަހިކުރާށޭ ބުނެލިއެވެ. މާއިޝާ މާޔާ ފެނުމުން ފެންނަ ކަމަށްވެސް ހަދާނުލާ އުޅޭގޮތުން ސުވާލުއުފެދުނެވެ. އެހެންނަމަވެސް ހުދު މާޔާވެސް ހުރީ ވެދިޔަ ކަމަކަށް ފަހު މާއިޝާގެ ކުރިމައްޗަށް ދާނެ ހިތްވަރެއް ނެތިފައި ކަމުން އަޅާނުލައެވެ. ދެތިންފަހަރަކު މާޔާ ކިޔާންގެ ކުރިމައްޗަށް ޖެހުނެވެ. ކޮންމެފަހަރަކުވެސް މާޔާ ފުރަތަމަ އަޅާވެސް ނުލާ ކުރިމަތިން ދުރަށް ދެއެވެ. ދެމީހުންގެ ދެމެދުގައި އެޅިފައިވާ ފާރު އެހާވެސް ބޮޑެވެ.
ރޭގަނޑުގެ ކެއުމަށް ކިޔާންގެ އާއިލާގެ އެންމެން ހާޒިރުވިއެވެ. އެންމެން އެއްތަނެއްގައި ތިބެ ކަމުން ދިޔައީ އުފާވެރި މާހައުލެއްގައެވެ. މާޔާ ނާންނަން ކޮޓަރީގަ އޮއްވާ މަލީހާ އައިސް އަންނާށޭ ބުނުމުން އައީއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިސްއޮބާލައިގެން އިނދެ މަޑުމަޑުން ކަމުން ދިޔައެވެ. ކުއްލިއަކަށް މާއިޝާ ތެދުވެލަމުން ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބޭނުމޭ ބުނުމުން އެންމެންގެ ސަމާލުކަން މާއިޝާއަށް ހުއްޓުނެވެ. ” އެންމެންގެ ހިތުގައި ވެސް އެބަވޭ ދޯ ކުއްލިގޮތަކަށް މި ގޮތަށް ދެ އާއިލާ މީހުންނަށް ކާން ދައުވަތު މިދިނީ ކީއްވެހޭ؟ ވަރަށް ބޮޑު ވާހަކެއެއް ބުނަން އަސްލު މިހެން ހެދީ.. އެންމެނަށް އެއްފަހަރާ އަންގަން މިހެން މިހެދީ.. ” މާއިޝާ ފުންނޭވައެއް ދޫކޮށްލަމުން ބުނެލިއެވެ. ” އަހަރެން ބަނޑު ބޮޑު ” ފުޅާ ހިނިތުންވުމަކާ އެކީ މާއިޝާ ބުނެލިއެވެ. އޭރު ޖޫސް ތަށި ނަގައިގެން އޭގެއިން ކޯވަރެއް ބޯލަމުން ލޮލުގެ ހިމަކޮޅުން މާއީޝާއަށް ބަލަން އިން ކިޔާނަށް ލިބުނު ސިހުމުގައި ޖޫސްތަށި އަތުން ދޫވިއިރު އަނގަތެރޭ ހުރި ޖޫސްވެސް ބުރައިގެން ދިޔައެވެ. މާޔާ ވެސް ކާއެތިކޮޅު އަނގައަށް ލައިގެން ދިރުވާލަން ނޭގިފައި އިންދާ އަދި ކިޔާންގެ ފަރާތުން އެ ފެނުނު ހަރަކާތުން ލޯ ބޮޑުކޮށްލެވުނެވެ. ދެ އާއިލާގެ މެންބަރުންވެސް ލިބުނު ހަބަރުން އުފާވިހިނދު ކިޔާންގެ ފަރާތުން އެ ފެނުނު ސިފައިން ހައިރާންކަމާއެކީ ބަލާލެވުނެވެ. މާއިޝާއަށް ކުރިންވެސް މީ ކިޔާނަށް އެހާ އުފާވެރި ހަބަރަކަށް ނުވާނެކަން އެނގޭ އިރުވެސް މިގޮތަށް އެންމެންގެ ކުރިމަތީ ކަންތައް ކޮށްފާނެޔޭ ހީނުކުރެއެވެ.
ކިޔާން އެއްވެސް މީހަކަށްވެސް ބަލާނުލާ އައިސް މާއިޝާގެ އަތުގަ ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދިޔައިރު އެންމެންވެސް އެ ދިމާލަށް ބަލަން ތިބީ ލޯ ބޮޑުކޮށްލައިންނެވެ. ކަރީމްއަށް ކިޔާންގެ ފަރާތުން އެ ފެނުނު އަމަލުން ލަދުގެންފައި އިން ވަރުން އެއްޗެކޭ ބުނެލާކަށްވެސް ނުކެރުނެވެ. ކިޔާން ގޮސް މާއިޝާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން މާއިޝާގެ އަތުން ދޫކޮށްލަމުން ސީދާ ކުރިމަތީ ހުއްޓިލިއެވެ. މާއިޝާ ފެންކަޅިވެފައިވާ ދެލޮލުން ކިޔާނަށް ބަލަން ހުރިއެވެ. ” ދެންމެ ކީކޭ ތި ބުނީ؟ ބަނޑުބޮޑޭ؟ ހައު؟ އެންމެ ފަހަރަކުން މީހަކު ބަނޑުބޮޑުވޭތަ؟ ޔޫ އާރ ލައިންގ ރައިޓް؟ ” ކިޔާން އަވަސް އަރުވާލާފައި ވާހަކަ ދެއްކިއިރު މާއިޝާގެ ދެކޮނޑުގައި ހިފާ ތަޅުވާލިއެވެ. މާއިޝާ ގަބޫލުނުކުރެވިފައ ކިޔާނަށް ބަލަން ހުރެ އޭނަގެ ކޮނޑުގައިވީ ކިޔާންގެ ދެއަތް ނައްޓުވާލަމުން ފަހަތަށް ޖެހިލިއެވެ. ” ކީއްވެ ނުވާންވީ؟ މި އޮތީ ވެފަ އެއްނު.. ކިޔާނަށް ޔަގީން ނުވަންޏާ އަދިވެސް އެއްފަހަރު ޓެސްޓް ހަދަން ދާންވީތަ؟ ކިޔާން ދެން ނުބުނައްޗޭ އަހަރެންގެ ބަނޑުގަ މިއޮތް ދަރިފުޅު އެކްސެޕްޓް ކުރަން ކިޔާން ރެޑީޢެއް ނޫނޭ.. ކިޔާން ބޭނުންނުވިޔަސް އަހަރެން މި ދަރިފުޅު މި ދުނިޔެއަށް ގެންނާނަން.. ” މާއިޝާ ވާހަކަ ދައްކަމުން ދިޔައިރު ރޮވެމުން ދިޔައެވެ. މާއިޝާގެ ފަހު ޖުމުލައިން ކިޔާން ބޯ ހޫޜާލަމުން ނޫނެކޭ ބުނެލިއެވެ. ކިޔާން މާއިޝާ ކައިރިއަށް ޖެހިލަމުން ދެއަތުން އެ މޫނުގައި ހިފާލަމުން އިނގިލިތަކުން ކަރުނަ ފޮހެލަދިނެވެ. ” އައި ވޯންޓް.. ސޮރީ އެ ގޮތަށް ރިއެކްޓް ކުރެވުނީތީ.. އެހާ ކުއްލިއަކަށް އެކަހަލަ އެއްޗެއް ބުނީމަ މާ ބޮޑަށްވެސް ސިހުނީ.. ފުރަތަމަ އެކަނިނަމަވެސް ބުނެލިނަމަ.. ސޮރީ.. ބަޓް.. އޯހް ގޯޑް… އައި އެމް ގޮންނާ ބީ އެ ޑޭޑް..” ކިޔާން ފުރަތަމަ ޖުމުލަތައް ދެރަވެފައިހުރެ ކިޔާލިއިރު ފަހު ޖުމުލަ ބުނެލީ ހީލަމުންނެވެ. މާއިޝާ ގެނެސް އެ އަތުތެރޭގައި ބޮނޑިކޮށްލިއެވެ. މާއިޝާ ހީލަމުން ” އައި އެމް ގޮންނާ ބީ އެ މޯމް ” އޭ ބުނެލިއެވެ. ކިޔާން ހޫމް ކިޔާލަމުން ދުރުވެ މާއިޝާގެ ނިތްކުރީގައި ބޮސްދިނެވެ.
އެއްބައިމީހުން ކޮޅަށް ތބި އިރު އަނެއްބައި މީހުން ސިޓިން ރޫމުގެ ސޯފައި އިށީދެލައިގެން ތިބި އިރު އިރުއިރުކޮޅާ މައްޗަށް ބަލާލައެވެ. މާޔާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރިއިރު ހިތްތެޅެމުން ދިޔައެވެ. އިރުކޮޅެއް ފަހުން މާއިޝާއާ ކިޔާނާ ދެމީހުން ސިޑިން ފައިބައިގެން އައި އިރު ދެމީހުންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެންނަމުން ދިޔައެވެ. ކިޔާން ތިރިއަށް ފައިބާ ކުރިން މާއިޝާ އޭނަ ކައިރީ ނުބުނާތީ ކުޑަކޮށް ސިހުނީ ކަމުގައި ބުނެ އެ ގޮތަށް އަމަލުކުރެވުނީތީ މާފަށް އެދުނެވެ. ކޮންމެމީހެއްގެ ވެސް މޫނުމަތިން އުފާވެރިކަން ފެނިގެންދިޔައިރު އައިސް ދެމީހުންނަށް މަރުހަބާ ކިޔެވެ. މަލީހާ މާއިޝާ ކައިރީ ދެން ހުޅުމާލެއަށް ދަތުރު ކޮށްގެން ނުވާނެޔޭ ބުނެފަ މި ގޭގަ މަޑުކުރާށޭ ބުނެލިއެވެ. ކިޔާނަށްވެސް ކަމުދިޔައީ އެ ގޮތެވެ. ބަނޑުބޮޑު އިރު ދަތުރުކުރާނެ ކަމެއް ނެތެވެ. މިކަހަލަ ވަގުތުގައި ބޭނުންވާނީ މަންމަގެ ލޯބިއޭ ކިޔާ އަޑު ކިޔާންވެސް އަހައެވެ. ކިޔާންގެ އާއިލާ މީހުން ގެއަށް ދިޔުމުން މަލީހާ މާއިޝާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. އެނދުގައި ބާއްވަމުން އެއްވެސް ކަމަކަށް ބޭނުންވެއްޖެޔާ ގޮވާލާށޭ ބުނެލިއެވެ. ކިޔާން މާއިޝާ ކައިރީ އެބަ އަންނަމޭ ކިޔާފަ ބޭރަށް ދާން ނުކުންނަނިކޮށް ސިޑިމަތިން މާޔާއާ ދިމާވިއެވެ. މާޔާ އަޅާވެސްނުލާ ހަރުފަތްތައް ގިރާކުރަމުން މައްޗަށް އަރަން އުޅެނިކޮށް ކިޔާން ހުއްޓިލަމުން ބުނެލި ޖުމުލައިން މަޑުކޮށްލިއެވެ. ” މަރުހަބާއޭ ވެސް ނުކިޔާނަންތަ؟ ” މާޔާ އެއްޗެކޭ ނުބުނެ ދާން އުޅެނިކޮށް މަންމަ އަންނަތަން ފެނިގެން ކުޑަކޮށް ހީލަމުން މަރުހަބާ ކިޔާލިއެވެ.
މާޔާ މާއިޝާއަށް މަރުހަބާ ކިޔަން ގޮސް އެ ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލައިގެން އޮތް މާއިޝާއަށް މާޔާ ފެނުމުން ތެދުވެލިއެވެ. ” ކޮންގުރަޓުލޭޝަން ” މާޔާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. މާއިޝާ އިރުކޮޅަކަށް އެއްވެސް އެއްޗެކޭ ނުބުނެ ބަލަން އިނދެލާފައި ކޮޅަށް ތެދުވެ ހިނަދެމިލަމުން ގޮސް މާޔާގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” ހިތުން ރުހުމުންތަ ތިހެން ތި ބުނީ؟ މިހެން ބުނީ އަހަންނަށް ހިނުވާތީ މާޔާ އަހަންނަށް އުފަލެއް ލިބުމަށް އެދިފާނެތީ.. ” މާއިޝާ މެއާ ހިސާބުން ދެއަތް ހުރަސްކޮށްލަމުން ބުނެލި ޖުމުލައިން މާޔާ ހައިރާންވިއެވެ. ބޮޑަށް ހައިރާންވީ މާއިޝާ ފުރަތަމަ ފަހަރަށް އޭނަގެ ނަމުން މުހާތަބު ކުރުމުންނެވެ. ” ކީއްވެ އަހަރެން މާއިޝާއަށް އުފާވެރިކަން ނޭދެންވީ؟ އޮފްކޯޒް އައި އެމް ހެޕީ ފޯރ ޔޫ.. ” މާޔާ މާއިޝާގެ ކޮނޑުގައި ހިފާލުމުން މާއިޝާ ދުރަށް ޖެހިލިއެވެ. ” އެހެންވެދޯ އަހަރެންގެ ފިރިމީހާއާ އެއްކޮށް ސްލީޕް ކުރީ.. އޭރުވެސް އަހަރެންގެ އުފަލަށްތަ އެދުނީ.. ހައު ކުޑް ޔޫ؟ މާޔާ ލަދެއްވެސް ނުގަނޭތަ އަމިއްލަ ކޮއްކޮގެ ފިރިމީހާއެއްކޮށް ސްލީޕް ކުރިއިރު؟ އަހަރެން އެންމެ ފުރަތަމަވެސް އެހިންދޯ ކިޔާންދެކެ ލޯބިވޭހޭ؟ އެދުވަހު މާޔާ ބުނީ ލޮތްބެއް ނުވެޔޭ.. އެހެންވެއޭ އަހަރެން ކިޔާން އިންނަން އެހުމުންވެސް އާއެކޭ ބުނީ.. ދެން ކީއްކުރަން މިއަދު އަހަރެންގެ ދިރިއުޅުމަށް ވަންނަން ތި މަސައްކަތް ކުރަނީ؟ މާޔާ ހަނދާން ނުލައްޗޭ ކިޔާން މިހާރު އެއީ އަހަރެންގެ ފިރިމީހާ.. އަހަރެންގެ ވާން އުޅޭ ދަރިފުޅުގެ ބައްޕަ.. އަހަރެން ބޭނުމެއް ނޫން މާޔާ އަހަރަމެން ދޭތެރެއަށް ވަދެ މި ކައިވެނި ރޫޅޭކަށް.. ” މާއިޝާ އެއްނޭވައިން ހުރިހާ އެއްޗެއް ކިޔާލަމުން އަނެއް ފަރާތަށް އެނުބުރުނު އިރު މާޔާ އިސްއޮބާލައިގެން ހުރީ ކުއްވެރިއަކު ފަދައިންނެވެ. ކިޔާނެ އެއްޗެއް ނޭގުމުން ނުކުންނަށް އުޅެނިކޮށް މާއިޝާ ދެން ބުނެލި ޖުމުލަތަކުން ފިޔަވަޅުތައް ހުއްޓުނު އިރު ލޮލުގައި ކަރުނަވެސް ވިދާލިއެވެ. ” މިއަދު މާޔާ ސާބިތުކޮށްދީފި ތީ ހަގީގަތުގައިވެސް އަހަރެންގެ އަސްލު ދައްތައެއް ނޫންކަން.. އަހަރެން ދެން ބޭނުމެއް ނޫން މާޔާ އަހަރެންގެ ދައްތައެއްގެ ގޮތުގައި ބަލާކަށް.. ވެވެންނާ އަހަރެންގެ ކުރިމައްޗަށް ނާރާ ވޭތޯ ބަލާތި.. އަހަރެން ބޭނުމެއް ނޫން މާޔާގެ މޫނުވެސް ދެކޭކަށް.. ” މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެގެން ގޮސް އަމިއްލަ ކޮޓަރިއަށް ވަންއިރު ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ.
އެރޭ ދެން މާޔާ ކޮޓަރިން ނުނުކުމެއެވެ. އޭގެ އަނެއް ދުވަހު މާއިޝާ ހޭލުމުގެ ކުރިން މާޔާ ތައްޔާރުވެގެން ގޮއްސިއެވެ. އެކަމަކު މި ގޮތަށް މާއިޝާގެ ކުރިމައްޗަށް ނާރާ ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އެއް ގެ އެއްގައި އުޅޭ އިރު ކޮންމެވެސް ގޮތަކަށް ކުރިމައްޗަށް ދެވޭނެއެވެ. އޮފީސް ނިންމާލާފަ ގެއަށްދާ ހިތެއް ނުވިއެވެ. ދާނެ ތަނަކާ މެދު މާޔާ ވިސްނާލުމުން އެ ވަގުތުވެސް ހިތަށް އެރީ އެންމެ ނަމެކެވެ. ނިހާނެވެ. މާޔާ ނިހާންމެންގެއަށް ގޮސް ކަމަކުއޭ ބުނުމުން ނިހާން ބުނާށޭ ބުނެލިއެވެ. ” އޯކޭތަ އަހަރެން މިގޭ މަޑުކުރިޔަސް.. މިރޭވެސް..؟ ” މާޔާ ލަދުން ހުރެ ބުނެލިއެވެ. ނިހާން ސުވާލުކުރަން އުޅެފަވެސް އަޅާނުލާ ބޭނުންދުވަހަކަށް ހުންނާށޭ ބުނެލިއެވެ. މާޔާ ކުޑަކޮށް ހީލަމުން ތޭންކްސް އޭ ބުނެލި ވަގުތު ސިޑިން ފައިބައިގެން އައި ޒުވާން އަންހެންކުއްޖާ ފެނުމުން ހައިރާންވެފައި ބަލާލިއެވެ. ނިހާންވެސް އެ ދިމާލަށް ބަލާލަމުން މާޔާއަށް ބަލާލި ވަގުތު މާޔާ ބުމަ އަރުވާލީ ކާކުހޭ އަހާފަދަ ގޮތަކަށެވެ. ނިހާން ނުލަފާ ފާޑަކަށް ހީލަމުން ގޮސް އެ ކުއްޖާގެ އަތުގަ ހިފާލަމުން މީ ތިމަންނަ އިންނަން އުޅޭ ކުއްޖާއޭ ބުނެލިއެވެ. އެ ކުއްޖާ ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލާލި ގޮތުން މާޔާ ހިނިއައެވެ.
މަލީހާއަށް ގުޅާފަ މާޔާ މިރޭ ނިދާނީ ރައްޓެހިކުއްޖެއްގެ ގޭގައޭ ބުނުމުން އޯކޭ ދިނެވެ. މާޔާ ކޮޓަރީގަ އުޅެފަ ފެންފުޅިއެއް ބަލާ ތިރިއަށް ދިޔަ އިރު ނިހާން ކޮފީއެއް ބޯން ކުޑަދޮރު ކައިރީ ހުއްޓިލައިގެން ހުރިތަން ފެނުމުން ގޮސް ގޮވާލިއެވެ. ނިހާން އެނބުރިލަމުން އެއްޗެއް ބޭނުންވިހޭ އެހުމުން މާޔާ އަތުގަ އޮތް ފެންފުޅި ދައްކާލިއެވެ. ” ކީއްވެ ނުނިދާ ތިއުޅެނީ؟ ” މާޔާ ސުވާލުކޮށްލިއެވެ. ” އަދި ނިދި ނާދޭ.. މާޔާވެސް ތި އުޅެނީ އެއްނު ނުނިދާ.. ” ނިހާން މާޔާއަށް ބަލާލަމުން ބުނެލިއެވެ. ” އަދިވެސް ގިނައިން ކޮފީ ބޮންޏާ އަވަހަށް ނިދޭނެ.. ” މާޔާ ކުޑަކޮށް ހީލަމުން ބުނެލިއެވެ. ނިހާންވެސް ހީލަމުން ބޯ ޖަހާލިއެވެ. މާޔާ ” ގުޑް ނައިޓް ” ބުނެލަމުން ދަނިކޮށް ނިހާން ގޮވާލިއެވެ. ” އިފާޝާ.. އޭރު ފެނުނު އަންހެންކުއްޖާ.. އެއީ އިފާޝާ.. މިގޭ އުޅޭ ދައްތަގެ ދަރިފުޅު.. އެ ދައްތައަކީ މަންމަގެ ވަރަށް ގާތް ރަހްމަތްތެރިއެއް.. މަންމަ އުޅުނު އިރުއްސުރެން އަހަރުމެންނާ އެއްކޮށް އުޅެމުން އައިސް މަންމަ މަރުވި ދުވަހުން ފެށިގެން އަހަރެންގެ އަމިއްލަ ދައްތައެއް ހެން މި ގޭގަ އެ އުޅެނީ.. ވަރަށް ރަނގަޅު މީހެއް އެއީ.. އިފާޝާ ކިޔެވުން ނިންމާލާފަ އެ އައީ.. އެންޑް އެއީ އަހަރެން އިންނަން އުޅޭ ކުއްޖެއް ނޫން.. ” ނިހާން އޮޅުންފިލުވައިދިނެވެ. މާޔާ ކުޑަކޮށް ހީލަމުން އޭރުވެސް އެއީ ނިހާން އިންނަން އުޅޭ ކުއްޖެއް ނޫންކަން އެނގެއޭ ބުނެލިއެވެ. ނިހާން ހީލަމުން ” ގުޑް ނައިޓް ” އޭ ބުނެލުމުން މާޔާ ދާން އެނބުރިލިއެވެ.
ފަތިސް ގަޑީ ހޭލައިގެން މާޔާ ގެއަށް ދާން ނިކުތީ މިއަދުވެސް މާއިޝާއަށް ނުފެނި ތައްޔާރުވެލައިގެން އޮފީހަށް ދާން ވެގެނެވެ. ސިޑިން ފައިބައިގެން ގޮސް ދޮރު ހުޅުވަން އުޅެނިކޮށް ފަހަތުން ނިހާން ގޮވާލި އަޑަށް ހުއްޓިލަމުން އެނބުރިލިއެވެ. ” މިހާ ފަތިހު ހޭލައިގެން ކޮންތާކަށް ތި ދަނީ؟ ” ނިހާން އައިސް ކައިރިއަށް ހުއްޓިލަމުން ސުވާލުކޮށްލިއެވެ. ” ގެއަށް ” މާޔާ ބުނެލިއެވެ. ” މާޔާ ސީރިއަސްލީ ވަޓްސް ގޮއިން އޮން.. އަހަންނަށް ރަނގަޅަށް އެނގޭ މާޔާ ހަމަ ހުރެލާފައި މި ގެއަށް ނާންނާނެކަން.. އެވެސް ނިދަން.. އަނެއްކޮޅުން ފަތިހާ ނުކުމެގެން ތި ދަނީ ގެއަށޭ ކިޔާފަ.. ތިހެން މާޔާ އުޅުނީ މީގެ އަހަރުތަކެއް ކުރިންވެސް.. ގޭގަ ކަމެއް ވީތަ؟ ޓެލް މީ؟ ” ނިހާން ސުވާލުކޮށްލިއެވެ. މާޔާ ނިހާނަށް ބަލާލަމުން ކުޑަކޮށް ހިނިތުންވެލަމުން އެއްވެސް ކަމެއް ނުވެޔޭ ބުނެލިއެވެ. ނިހާން ބޯ ހޫރާލަމުން ދޮގު ނަހަދާށޭ ބުނެލިއެވެ. ” މާއިޝާއަށް އަހަންނާ ކިޔާންގެ ހަގީގަތް އެނގިއްޖެ.. މާއިޝާ ބޭނުމެއްނުވޭ އަހަރެން އޭނަ ކުރިމަތިން ފެންނާކަށްވެސް.. ” މާޔާ އިސްއޮބާލަމުންބުނެލިއެވެ. ކިޔާން ” އޯހްހހ ” އޭ ބުނެލިއެވެ. ” މާއިޝާ އުޅެނީ ހުޅުމާލޭގަ އެއްނު.. ދެން ކިހިނެއް މާޔާ މާއިޝާ ކުރިމައްޗަށް ދާނީ.. ކީއްކުރަން ގޭގަ ނުހުންނަން ތި އުޅެނީ؟ ” ދެން ހިތަށް އެރި އެއްޗަކުން އަނެއްކާވެސް ނިހާން ސުވާލުކޮށްލިއެވެ. ” މާއިޝާ ބަނޑުބޮޑު… އެހެންވެ މަންމަ ބުނީ މާއިޝާ ކައިރީގަ ގޭގަ ހުންނަން. ” މާޔާގެ ޖުމުލައިން ނިހާން ދެލޯ ބޮޑުކޮށްލިއެވެ. ” އަހަރެން ބޭނުމެއް ނޫން އިތުރަށް މި ވާހަކަ ދައްކަން ” ނިހާން އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން މާޔާ ބުނެލިއެވެ.
ދަނީއޭ ބުނެފަ އެނބުރިލަމުން އަނެއްކާވެސް ހުއްޓިލަމުން ނިހާނާ ކުރިމަތިލިއެވެ. ” އަހަރެން ސުވާލެއް ކޮށްފިއްޔާ ރަނގަޅަށް ޖަވާބު ދީފާނަންތަ؟ ” މާޔާ ސުވާލުކޮށްލިއެވެ. ” ތި ކުރާ ސުވާލެއްގެ ގޮތުން އެނގޭނީ.. ” ނިހާން ބުމަ ހިއްލާލަމުން ބުނެލިއެވެ. ” އަހަރެން ނިހާންމެން ގޭގަ އުޅުނު އިރު އަސްލުވެސް އެ.. އެރޭ އަހަރަމެން ދެމީހުން ދޭތެރޭ ކަމެއް ވިތަ؟ ” މާޔާ ލޯ ހަނިކޮށްލަމުން ސުވާލުކޮށްލިއެވެ. ނިހާން އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން ބަލަން ހުރީއެވެ. ” ދޭ ގެއަށް ” ނިހާން އެނބުރިލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. މާޔާ ހައިރާންވެފަ ބަލަން ހުރިއިރު ކުޑަކޮށް ބުމަ ގޮށްޖަހާލެވުނެވެ. ނިހާން ކޮޓަރީގެ އެނދުގެ ކޮޅުގައި އިށީދެލައިގެން އިނީ މޫނުގައި ދެ އަތް އަޅާލައިގެންނެވެ. މާޔާގެ ސުވާލުން އެ ހާދިސާ މަތިން ހަނދާންވީއެވެ.
*****
ހިތަށް ތަދުވަމުން ދިޔަވަރުން އެވަގުތުވެސް މާޔާއަށް ވިސްނާލެވުނީ ޑްރަގްސްއާ ދޭތެރޭއެވެ. އިރުކޮޅަކުން ނިހާން އައިސް ދޮރުގަ ޓަކި ޖެހުމުން މާޔާ ގޮސް ދޮރު ހުޅުވާލިއިރު މާޔާ ހުރި ހާލު ފެނުމުން ލޯ ބޮޑުކޮށްލާފައި އަނެއްކާވެސް ހޭ އަހާލީ ހިތްހަމަނުޖެހިފައެވެ. ދެކޮޅަށް އެއްލެމުން މާޔާ ގޮސް އެނދުކައިރީ ބިންމަތީގަ އިށީދެލީ އެނދުގައި ބުރަކަށި ޖައްސާލަމުންނެވެ. ނިހާން ކޮޅަށް ހުރިތަން ފެނުމުން ގޮވާލާފަ އައިސް އިށީންނާށޭ ބުނެލިއެވެ. ނިހާން ބޯ ހޫރާލަމުން ގޮސް ކައިރީގަ އިށީދެލިއެވެ. މާޔާ ދައްކަން ފެއްޓި ވާހަކައަކުން ނިހާން ޝައުގުވެރިކަމާއެކީ އަޑުއަހަން އިން އިރު ދެރަވެސް ވިއެވެ. ” ކީއްވެތަ އަހަރެންގެ އަސްލު މަންމަމެން އަހަރެން ދޫކޮށްލީ؟ އެމީހުން އަހަރެން ބޭނުން ނުވި އިރު ކީއްކުރަން ހޯދީވެސް.. އަހަރެން މި ދުނިޔެއަށް ނައިނަމަ މި ހުރިހާ ކަމެއް ނުވެސް ވީހެއްނު.. އަހަރެން ބޭނުމެއް ނޫން މި ގޮތަށް އުޅޭކަށް.. އަހަރެން ހިތަށް އަރާ އެއްދުވަހަކުން އަހަރެން މިކަންތައް ދޫކޮށްލިޔަސް އަހަންނަށް ދެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެހޭ.. ކިޔާން އަހަރެން މި ގޮތުގައި ގަބޫލު ކުރާނެ ހޭ ހިތަށް އަރާ.. ކިޔާންވެސް އެހެން މީހުންގޮތަށް އަހަރެން ދޫކޮށްފިއްޔާ ކީއްކުރާނީ.. ޝަހާވެސް ޝާނިމްބެ ވެސް އަހަރެންދެކެ ނަފްރަތު ކުރޭ.. އަހަރެން ކިހިނެއް އެންމެނަށް ހަގީގަތް ކިޔައިދޭނީ؟ އެއްވެސް މީހަކު އަހަރެން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރޭ.. މާމަ ހަގީގަތް އެނގުނު މީހާ ވެސް މިހާރު މި ދުނިޔޭގަ ނެތް.. މި ގޮތަށް ދަންޏާ އެއް ދުވަހަކުން އަހަރެން މޮޔަވެދާނެ.. ” މާޔާ ވާހަކަ ދައްކަމުން ގޮސް ހުއްޓާލި އިރު އިނީ ފެންކަޅިވެފައެވެ. ނިހާން މާޔާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ތިކަންތަކާ ނުވިސްނާށޭ ބުނެލިއެވެ. މާޔާ އިރުކޮޅަކު އެހެން އިދެފަ ކުއްލިއަކަށް އޯކާ ދަމަން ފެށިއެވެ. ނިހާން ގަޔަށާ އެކީ ހޮޑު ބުރައިގެން ދިޔައިރު މާޔާ ލައިގެން ހުރި ހެދުންވެސް އެއްކޮށް ހަޑިވިއެވެ. މާޔާ މާ ގަދަޔަށް މަސްތުވެގެން ހުރުމުން ހޮޑުލެވުނީއެވެ. މާޔާ ސޮރީ އޭ ބުނެލިތަނާ ލޯ މެރިގެން ނިހާންގެ އަތްމައްޗަށް ދެމުނެވެ. ނިހާން މާޔާ އުފުއްލާލައިގެން ގޮސް އެނދުގަ ބާއްވަމުން ބޭރަށް ނުކުތީ މަންމައަށް ގޮވާށެވެ. ފަރީޝާ ކައިރީ މާޔާގެ ހެދުން ބަދަލުކޮށްލާށޭ ބުނެފަ ނިހާން ގޮސް އަމިއްލަ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލިއެވެ. ބޭރަށް ނުކުތް އިރު މަންމަ ސޯފާގަ އިނދެފަ ބަދަލުކޮށްލައިފީމޭ ބުނެލުމުން ނިހާން ހިތްހަމަޖެހިލައިގެން އަމިއްލަ ކޮޓަރިއަށް ވަނީ ނިދާށެވެ. ޓީޝާރޓް ބާލަމުން ގޮސް އެނދުގައި އޮށޯވެލައިގެން އެތައް އިރެއްވީ އިރުވެސް ނުނިދުމުން ނިހާން ގޮސް މާޔާ އޮތް ކޮޓަރިއަށް ވަނެވެ. އަރާމުކޮށް މާޔަ ނިދާލާފަ އޮތް ތަން ފެނުމުން ނިހާން ގޮސް ކައިރިއަށް ހުއްޓި ހިތް ފުރެންދެން ބެލިއެވެ. ދެން ގުދުވެލަމުން މާޔާގެ ނިތްކުރީގައި ބޮސްދީފަ ހިންދެމިލިއެވެ. ދާން އުޅެފަ ވެސް ގޮސް އެނދުގެ އަނެއްކޮޅުގައި ބޯލާކޮޅުގައި ބުރަކަށި ޖައްސާލައިގެން އިށީނީ މާޔާއަށް ބަލަންށެވެ. އެހެން އިންދާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭގެއެވެ. ހެނދުނު ހޭލެވުނު އިރު މާޔާއަށް ވެފަ ހުރި ހާލު ފެނުމުން ތަޅުވާލާ ހިތްވީއެވެ. ހަގީގަތަކީ އެރޭ އެ ދެމީހުން ދެމެދު އެއްވެސް ކަމެއް ނުވާކަމެވެ. ފަހުން ނިހާން ހަގީގަތް ކިޔައިދޭން ބޭނުންވިޔަސް އަޅާނުލީ އަދި ފަހުން ކިޔައިދޭންވެގެނެވެ.
******
ހިޔާލުތަކުގެ ދުނިޔެއިން ނިހާން ބޭރުވިއިރު ކުޑަކޮށް ހިނިތުންވެލެވުނެވެ. ކޮންމެވެސް ދުވަހަކުން ނިހާން މާޔާއަށް އެ ހަގީގަތް ކިޔައިދޭނެއެވެ. ނިހާން ކޮޅަށް ތެދުވެ ގޮސް ފާހަނައަށް ވަން އިރު އިރުކޮޅެއް ކުރިން މާޔާ ދެއްކި ވާހަކަ ބޮލުތެރޭ އެނބުރެމުން ދިޔައެވެ. މާއިޝާ ބަނޑުބޮޑު ވެއްޖިޔާ ދެން މާޔާއާ ކިޔާނާ ދެމީހުން ކޮންމެވެސް ދުވަހަކުން ގުޅޭނެ ކަމަށް އޮތް އުއްމީދުވެސް ފުނޑުފުނޑުވީއެވެ. ނިހާން އަމިއްލަ ނަފްސް ކުއްވެރިކުރިއެވެ. މާޔާގެ ހިތަށް ހާދަ އަސަރެއް ކުރާނެ ހެއްޔެވެ؟ އެކަމަކު މީހުންގެ ކުރިމަތީ އުޅޭއިރު އުޅެނީ ނުލާހިކު ގަދަކޮށްލައިގެންނެވެ. ފެންވަރާލައިގެން ނިހާން ތުވާލި އަނދެލައިގެން ބޭރަށް ނުކުތް އިރު އިފާޝާ ކޮފީއެއް ހިފައިގެން އައިސް މޭޒުމަތީ ބަހައްޓަމުން އެނބުރިލަނީއެވެ. ނިހާން ހުރި ގޮތް ފެނުމުން ލޯ ބޮޑުކޮށްލިއެވެ. ” ސޮރީ.. މަންމަ ބުނެގެން ކޮފީތަށި ބަހައްޓަން އައީ.. ” އިފާޝާ އަވަސް އަރުވާލާފައި އެހެން ބުނެފަ ނުކުމެގެން ދިޔައީ ނިހާން ކިޔާނެ އެއްޗެއް އަޑުވެސް ނައަހައެވެ. ނިހާން އިފާޝާ ދިޔަތަން ބަލަން ހުރެލާފައި އަނގައަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.



Wow vvv reethi.
Nice
V v reethi
Avahah genas dheythi varah obi
Wow v nice
Wow! This story is just amazing cant wait to read next part. Please upload it soon.???????
Maaisha asluvx preg veetha?:o
kiyaan ee ee haadha fake myhekey .. maaya ah e libeny eyna ah hangu nuvaa adhabu .. maaya deserves to be happy .. enmen kyhvetha maaya ah ehn ahdhny?? ..:( ..maishaa vess dhw .. mi bai kiyaafa mihaaru maisha dheke nafrathu kureven fashafi … hehe .. i hate maisha vaahaka dhehki goiy maaya aa .. e gothah vaahaka dhahkaigen nuvaane dhw … aslu maisha ah hahgeh nuvey kiyaan eh .. maaya ah kiyaan hahguvany .. mi story maisha ah kiyaan libigen nimihjehyaa hadi vaane … adhi hama aslh vess maisha bandu bodu vytha? .. noony is she acting?? .. anyways reethi mibai vess ..
hmm dhn nihaan n ifaasha dhw gulheyny .. e dhemyhun v gulhey … hehe ..
now it’s finally confirmed. kiyaan akah maya eh deserve eh nuvey. nihaan ah maya deserve vany. i’m backing nihan and maya. kiyan dheke fuhi vejje mihaaru. he’s not a gentleman. ehenvethaa enme furathama ves wife ge sis aaeku sleep kurany. adhi kohffa maya bolah huriha kameh. meega nihaan ge character genes dheefa in goiy varah nice. :’)
Like 😉
so true
Maisha fake jessy kamah vaany
yah ur right aisha n nishy .. i agree with both of u
Varah reethi
Well i officially hate Kiyaan now. I dont blame Maaisha cause konme anhen kujjeh ves hurt vaane eyna husband aa ekkon sleep kurikan engijje ya. E heyo dhahtha viyas kokko viyas. Well Kiyaan aa hate kurany coz konme faharaku ves thaneh dhereh balaa nula Maaya ah hurt kuraathy. Dhuvahaku ves eyna hageegaiy hoadhaakah noolhe. Ifaasha aa Nihaan aa nugulhuvahche pls pls. I would never want Maaya aa Kiyaan aa gulhen. Maaya deserves better and Nihaan is the one for her. Maaya eyna aa hate kuraa goiy hadhaigen viyas he is there always for her. Kiyaan ge ladhu hayaaiy kudakan Maaya ulhey room ah vadhefa gadha kamun evahtharah ulhun. Maaya eh nudhey Kiyaan ulhey room ah Kiyaan bala eh :/
#NihaanAndMaayaGroup 😉
vvv reethi thanks avaha up kolla dhineema n next part a ves maadhigu inthizaarey kuran nujeheyne kama unmeedhu kuran
Kiyaan dont deserve maaya…nihaan does….abadhu vs maaya ah dhera goiy dho..
Kiyaan will regret everything he said and did to maaya..
V dhera
v v v reethi mi prt vs 🙂
Maayaa ah dhera gotheh nahadhahchey….maayaa n kiyaan gulhuva bala….eyrun mi vaahaka maa reethi edhemeehun gulhuvaaly ma…..n ey run mi vaahaka ah kiyaa namaa mi vaahaka r gulhey ny vs….maayaa n kiyaan gulhuny ma
Aslu vs maaishaa preg veebaa??!!
Maaishaa dheke foohi vehje mihaaru….eyna maayaa r kanthah kuri gothun
nice
awesome……
waiting for the next part…
Vvvvvv nice, ? cant wait to read next part plx upload it fast.
Dhemeeun hithun rihumun Allah haraam kurehvi bodu faafayakah Araafa maayaa ekani do kuhveri mivee… Kiyaan akee fake meeheh. .kiyaan ah konmeves gothakun maayaage hurihaa hageegatheh Angaafa nihaan aa maayaa gulhuvaaleema Salhi vaane… Kiyaan dheke mulhin foohi vehjje. Eyna maayaa dheke loehbeh noon evanee… Maayaa kiyaan aa egothah kairi vumuge kurin kiyaan ah hurihaa truth eh kiyaan dhin nama dho???
Maisha dosent deserve kiyaan
I lov this story. By still maisha n kiyann itxc a no no.
Alhey..nihan deserve maya..he is soo loyal!! Real life ga ves ekahala meehun ulhey nama..eha protective adhi..and nihan ge life ah v goi ves balaa hiy vey varah..
fooohi vaahaka eh
Maaya ge kusehnehkan kiyan ah eygeyne I think mayaa eykura hiythaama kiyan kuranjeyheyne adhi mayaa kairy maafah eydhen jeyheyne eyru onnani time wast vefa
Dhn v foohi mihaaru..
Yageen maishaa preg eh noon kan. Fake e jahsanee maayaa kiyaan dheke lwbivaakan nguneema.. plxx maayaa ah dherayeh nudheebr.. kiyaan n maayaa gulhu v ma aslu enme salhi vaanee.. inthixaarah nimumeh vx gennan vaaneh nu..
Btw hope yew will upload next part soon..
Cant wait to read next part.. ☺
Maayaa ah keehve tha abadhu dhera goih vanee… don’t she deserves to be happy… dhn mivaahaka reethi vaanee kiyaan ah hurihaa hageegatheh ingigen maayaa aa dhemeehun gulhuneema… but kiyaan ehchehi kiyaa iru thaneh dhoreh balaanulaa… later he will regret for that…
Asluves
dhn thiulhenee maisha maraalan dhw. hero nd heroine ekani dhw happily ever after deserve vanee? ehen meehunnah komme gotheh viyas. dhn nihaan ves mulhi life maaya attaka sacrifice kohfa mihaaru ehen kujjaka gulhuvaneetha? someone who came out of the blue? mihaaru twist gina kuran hadhain vaahaka hadi nukuracchey
When next part??? Story vvvv nice
Kiyaan haadha hevva ey dho. Maayaa dheke thihaa loabi vanyaa dhuruga ehen meehakaa eky noolhevenyaa keeh kuran tha Maisha yaa marry kury. Nikan Maishaa ehen meehakaa sleep koh bala. Vari fashah araane. Thy hama firihenun ge vattharu. Abadhu ves anhen kujjaa nikamethi ve baakee vaany. Firihenun hurihaa kameh koffa thibeyny eh kairyga abadhu ves.
Nihaan and Maayaa gulheny. And kiyaan ah vure Nihan maa firihen vantha. Nihaan ge style genes dheefa in goih varah salhi mi story ga. Aslu ves hama mi kahala firihenun ulheyne nama dho. Mihaaru my heart twisted. Mihaaru mi vaa gothun Nihaan and Maayaa gulhen rangalhu vaany.
Komme anheneh keeh kuran komme dhema firi aku ves rulhi annaane thimaage spouse ehen meehunaa sleep kuryma. loabi nuviyas. thats nature. Ekam firihenun adhi maa kanthah bodu vaane. Heevaany bingandu gos uduga jehey hen. Anhenun aslu varah keh gadha vaane.
BTW Nice Story. I like the twists genessa huri goih. Unexpected. Mulhin thafaathu vaahaka eh 6_6 ^_^
e
-)
e
Please next part avas kohdhenee
Plz plz avahah up kohdhyba???
Kbaaaaaa????????
Vaahaka upload kolla dhybala pls pls pls. Mihaaru refresh koh koh. Pls pls pls
when next part? can’t wait?
Waiting for the next part
Alhe dhn nxt part avahah up khdhyba ????????
kon irakun tha up kohdhenee
maaya ge aslu mamma aki sameera hen heevany…… am i right????
plz plz avaha up kolladhee bala
nxt part avahah up khdhyba
Avahah up kohdheebala
Koanirakun tha next part geaneas dheanee avahah geaneas dheeba plx plx
mee haadha haa dhigu inyhizaarekey dho
28 vana bayah mi kura inthizarah nimumeh annany konirakun baa
Inthizaar inthizaar haadha dhigu inthizaarekey Saarah kobaa tha
;(;(
Dear Saarah. Vaahaka pls pls pls. Atleast if you are busy ehen ves buneladhy. We’ve been waiting for the story for past 3 days. Please dear.
Hey guys. Really sorry. I am actually really busy. But will upload the story tonight around 10pm. Insha allah.
Thank you ?