Skip to content
އެސްފިޔަ

ކަނޑުފެން (އަށްވަނަ ބައި) KanduFen P-8

“އަސްލު ޑްރޮޕެއް ކޮށްދީފާނަންތޯ އަހާލަންވެގެން މިހެން މި އެހީ.. އެކަމް އޯކޭ… އަހަރެން ހިނގާލާފަ ހިނގައިދާނަން….” އަލީނާ މަޑު ފިޔަވަޅުތަކެއްގައި ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ވީ ފަރާތަށް ހިނގައިގަތެވެ. އަލީނާ އެކަނި ދާތަން ބަލާކަށެއް ކަޔާނަކަށް ނުހުރެވުނެވެ. އެހެން ކަމުން އަލީނާގެ ފަހަތުން ހިނގަމުން މަޑު މަޑުން ދިޔައީ އަލީނާއާ ދައްކާނީ ދެން ކޮން ވާހަކައެއް ބާއޭ ހިތައް އަރުވަމުންނެވެ. އާޓިފިޝަލް ބީޗް ކައިރިން އައިސް މަޖީދީ މަގު ހުރަސް ކުރުމަށް އަލީނާގެ ފިޔަވަޅު ބާރުކޮށްލިއެވެ. ކަޔާން އަވަސް ފިޔަވަޅު ތަކެއްގައި އައިސް އަލީނާއާއި އެއްވަރުކޮށްލިއެވެ.

“ހެއި ކަޔާން ކޮންތާކަށް….” އަލީނާއަށް ލިބުނު ސިހުމާއި އެކީ އަހާލިއެވެ.

“އަލީނާ އެކަނި ދާތީ…. ޑްރޮޕްކޮށްދޭން… ޔޫނޯ ވަރަށް ނުބައި މީހުން އުޅެޔޭ… މޭބީ އަލީނާ ކިޑްނޭޕްވެސް ކޮށްފާނެއްނު…. އެންޑް ނައު ޔޫއާ ފޭމަސް… ސޯ..” ކަޔާންގެ ޖުމްލަތަކުން އަލީނާ ގާތަށް ހިނިއައެވެ.

“އޯކޭ ބޮޑީ ގާޑް…. މި ދަނީ ބްރިޖް ކައިރިއަށް…. އެކަނި އިޓްސް ބޯރިންގް…. އާދޭ… އައި ޑޯންޓް މައިންޑް..” އަލީނާ ގެ މިސްރާބު ހުރި ދިމާ ހާމަކުރިއެވެ.

ދެމީހުންގެ މެދުގައި ދެކެވުނީ މަދު ވާހަކަ ތަކެކެވެ. ކަޔާން ކިތަންމެ އަހަން ބޭނުންވި ކަމުގައިވީ ނަމަވެސް، ހިތުގައި ބަހައްޓައިގެން ހުރި ވާހަކަތައް އަހާކަށް ނުކެރުނެވެ. ތިން އަހަރަށް ފަހު ދިމާވި ފުރަތަމަ ދުވަހު އެހުރިހާ ޝަކުވާއެއް ކުރާނެ ހިތްވަރު ނުލިބުނީއެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރި ހުޅުލެއަށް ދާ ބްރިޖް ކައިރިއަށް ދެވުމުން އެ ބްރިޖްގެ ގޭޓުކައިރީގައި ހުރި ބޮޑު ސްކްރީނަށް އަލީނާ ބަލާލިއެވެ. މާލެ އާއި ހުޅުލެއާއި ދެމެދުގައި ދަތުރުކުރާ ބަހުގެ ތާވަލް އެ ސްކްރީނުން ފެންނަން ހުއްޓެވެ. އެ ގަޑިތަކަށް ބަލަން ހުރި އަލީނާ އޭނާގެ ފޯނުގެ ޑިސްޕްލޭއަށް ބަލާލުމަށްފަހު ޗޮކެއް ކަނޑާލިއެވެ. “އަދި އެބައޮތް ވިހި މިނިޓު… ދެން މިތާ މަޑުކުރާނީ… އޯކޭ ކަޔާނަށް ލަސްވަންޏާ ދިޔަޔަސް…”

“ހޫމް… ހިނގާ މި ޕާކުތެރެއަށް…. ބަސް އަންނަ ތަން ފެންނާނެ އެތާ ތިބޭ އިރު… ސޯ ވީ ކޭން ވެއިޓް…” ބްރިޖް ކުރިމައްޗަށް ވާގޮތަށް ފެންނަން ހުރި ޕާކަށް އިޝާރާތް ކުރަމުން ކަޔާން ވާހަކަ ދެއްކިއެވެ. އެ ޚިޔާލަށް ތާއީދުކުރަމުން ދެމީހުން އެކީގައި އެޕާކަށް ވަދެ ބްރިޖް ގޭޓް ފެންނާނެގޮތަށް ހުރެވޭނެ ބެންޗެއްގައި އިށީނެވެ. ހަވީރުގެ ވަގުތެއް ކަމުން އެ ޕާކު ތެރޭގައި ކުޑަކުދިން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ޕާކުވަށައިގެން ދުވަން އައިސް އުޅޭ މީހުންވެސް މަދެއްނޫނެވެ.

“ސޯ ކީއްކުރަން ހުޅުލެއަށް ދަނީ….” ކަޔާން ދައްކާނެ ވާހަކައެއް ނޭނގިހުރެ އަހާލިއެވެ.

“އަހަރެން ދަނީ ހުޅުލެއަކަށް ނޫން… ހުޅުމާލެއަށް…. ހުޅުމާލެއަށް ދާ ބަސް އަންނަނީ 20 މިނެޓް ފަހުން….” އަލީނާ ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.

“އޯކޭ… އޯކޭ.. ހުޅުމާލެއަށް ކީއްކުރަން ދަނީ…” ކަޔާން އޭނަ ކުރި ސުވާލު ރަނގަޅު ކޮށްލިއެވެ.

“އައި ލިވް ދެއަރ…. މާލެ އިޒް ބޯރިން… ފުނިޖެހިފަ…. އާދެބަލަ އެއްދުވަހަކުން އެކޮޅަށް…. އެހާ މީހުން އުޅޭ އިރުވެސް ތޮށްޖެހިފަ ހެނެއް ހިޔެއް ނުވޭ…. އަނެއްކޮޅުން ހުރިހާ ޚިދުމަތެއް މިހާރު ލިބެން ހުރޭ…. ސަރުކާރު އޮފީސްތައްވެސް…. ކަޔާންގެ މަންމަމެން ކައިރީވެސް ބުނެބަލަ ތި އުޅޭ ކުޑަ ތަންކޮޅު ދޫކޮށްލާފަ ހުޅުމާލެ ޗޭންޖް ވާށޭ….”

އަލީނާ ވާހަކަ ދައްކަދައްކާ ހުއްޓާ ފެނުނީ ހުޅުމާލެއަށް ދަތުރުކުރާ އެމްޓީ.ސީ.ސީގެ ބަސް ގޭޓް ކައިރިއަށް މަޑުކޮށްލިތަނެވެ. ކަޔާނަށް ޝުކުރު އަދާކުރަމުން އަލީނާ ބްރިޖްގެ ގޭޓް ކައިރިޔަށް ދިޔައެވެ. ބަހަށް އަރަމުން ބަހުގައި ހަރުކޮށްފައި ހުރި ކާޑް މެޝިންގައި އަލީނާގެ ދަބަހުން ނެގި ދަތުރުކާޑު ސްކޭން ކޮށްލިއެވެ. ބަހަށް އަރާ ހަމަޖެހިލަމުން ފަސްއެނބުރި ކަޔާނަށް ބަލާލުމަށްފަހު އަތްހަނާ އަޅާލީ ހިނިތުންވެހުރެއެވެ. ފަސް ވަރަކަށް މިނިޓު ތެރޭގައި ބަސް މުޅިންހެން ފުރިއްޖެއެވެ.

އޭގެ މިސްރާބު ފެއްޓީ ހުޅުމާލެއަށް ދިއުމަށެވެ. ދެކޮޅަށް ދުއްވަން ވަކިވަކި ލޭންތައް ހަދާފައިވާ އެ ބްރިޖްގެ ވާތްފަރާތުން ބަސް ދުއްވާފައި ދިޔައެވެ. ދެފަރާތުން ކާރާއި ބަސް ފަދަ އެއްގަމު އުޅަނދު ފަހަރު ބާރު ސްޕީޑްގައި ދުއްވަމުން ދިޔައެވެ. ހަވީރު ފިންޏަށާއި ކަސްރަތަށް ބައިސްކަލް ދުއްވަން އުޅޭ މީހުންވެސް އެމީހުންނަށް ހާއްސަ ކުރެވިފައިވާ ލޭނުން ދުއްވަމުން ދާލެއް ވަކި މަދެއް ނޫނެވެ. ކަޔާން ފެނި މާޒީގެ މަތިން ހަނދާންވުމުން އަލީނާ އިނީ ހިތަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތި ވާން ފަށާފައެވެ.

ބަސް، އޭގެ ދަތުރު ފެއްޓި އިރުވެސް އަލީނާ ދިޔަ ދިމާލަށް ބަލަން އެހުރި ފިޔަވަޅުމަތީ ގެއްލިފައި ކަޔާނަށް ހުރެވުނީއެވެ. އެވަގުތު ކުއްލިއަކަށް ހަނދާނަށް އައި ކަމަކުން ކަޔާން ދެރަވިއެވެ. އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގައި ހިފާލުމަށްފަހު ދަތްކުނޑި ވިކާލެވުނެވެ. އަލީނާގެ މޯބައިލް ނަންބަރު ހޯދަން އަޒުމް ކަނޑައަޅައިގެން ހުރި ކަޔާނަށް އެކަމުގެ މަތިން ހަނދާންވީ އަލީނާ އެ ބަހަށް އަރާ އޭގެ މަންޒިލަށް ދަތުރު ފެއްޓި ފަހުންނެވެ.

ގެއަށް އާދެވުނު އިރު ގޭގައި އެއްވެސް މީހަކު ނޫޅޭކަން ކަޔާނަށް އެނގުނީ ގެއަށް ވަންނަ ދޮރު ކައިރީ އެއްވެސް ފައިވާނެއް ފެންނަން ނެތުމުންނެވެ. ގެއަށް ވަނުމަށްފަހު ޓީވީ ހުޅުވާލީ ބަލާލަން ރަނގަޅު ޕްރޮގްރާމެއް ދައްކާތޯއެވެ. އެކި ޗެނަލްތަކަށް ބަދަލުކޮށްކޮށްހުރި ކަޔާނަށް ކަމުދާ ޕްރޮގްރާމެއް ނުފެނުމުން އަވަސްވެގަތީ ކޮޓަރިއާއި ދިިމާލަށް ދާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ސީލިންގްގައިވާ ފަންކާއަށް ބަލަން އޮވެވުނީ މިއަދު ހަވީރު ވެދިޔަ ކަންތައްތައް ކަޔާނުގެ ސިކުނޑީގައި އެނބުރެން ފެށުމުންނެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު އަލީނާއާއި ބައްދަލުވުމުން ކަޔާން ވަރަށް އުފާވިއެވެ.

އަލީނާގެ ހިނިތުންވުމާއި، ވާހަކަ ދައްކާއިރު މޫނު މައްޗަށް ޖައްސާ ވައްތަރުތައް ވަރަށް މަޖަލެވެ. އަތުގެ ހަރަކާތްތަކާއި ނިތްކުރި މައްޗަށް ވެއްޓޭ ފަން އިސްތަށިކޮޅު، ދެ ޖުމްލަ ދެމެދުން، ކަންފަތު ބުޑަށް މަހާލާގޮތް އެއީ ކަޔާނަށް ވަރަށް ހިތްގައިމު ކަންތައްތަކެކެވެ. މިޒަމާނުގެ ބައެއް އަންހެން ކުދިންނަކީ ވާހަކަ ދެއްކުމުގައި ފިރިހެން ކުދިން ބޭނުންކޮށް އުޅޭފަދަ ‘ކޫލް’ ބަސްތައް ބޭނުންކުރާ ކުދިންނެވެ. ނަމަވެސް އަލީނާ ވާހަކަ ދެއްކުމުގައި ވަރަށް އާދައިގެ ގޮތްތަކެއްް ގެންގުޅޭތީ އެކަމާ ކަޔާން ވަރަށް ގަޔާވެއެވެ.

އަލީނާގެ ފުރިހަމަ ސިފަތަކަށް ގެއްލިފައި ކަޔާން އޮތުމަށްފަހު ކުއްލިއަކަށް ތެދުވެ އެނދުގެ ހެޑްބޯޑާއި އެނދުމައްޗަށް ނަޒަރު ހިންގާލެވުނީ އަލީނާގެ ވާހަކަ ފޮތް މަތިން ހަނދާން ވެގެންނެވެ. ވާހަކަ ފޮތް ފެންނަން ނެތުމުން ކަންބޮޑުވިއެވެ. މިއަދު ކަޔާންގެ މަންމަ ކޮޓަރި ސާފުކުރީ ކަން ހަނދާންވުމުން ފޮތް ބަހައްޓާ ޝެލްފަށް ބަލާލިއެވެ. ޝެލްފް މަތިން އެ ވާހަކަފޮތް ނެގުމަށްފަހު ކުރިން ކިޔަން ފަށާފައިވާ ޞަފްހާ ހުޅުވާލިއެވެ.

*** *** *** *** *** *** ***

ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ގަސްތަކުގެ ގޮފިތަކާއި ހިކިފައިހުރި ފަތްތައް މުގުރުމުން ގޮވާ އަޑުއިވެމުން ދިޔައެވެ. ބިރުގެންފައިވާ މަޒީންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ.

އެ މަގުން ހުރިގޮތަށް ގޮސް ޖެހިގެން ހުރިމަގަށް ލަނބާލަން ދިޔަވަގުތު ލޮލުގެ ކޮޅުން ގަދަ އަލިގަނޑެއް ފާޅުވާން ފެށިއެވެ. އެ އަލިގަނޑާ ދިމާލަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސްވެ ހުރެއެވެ. މަޒީންގެ ހަޔާތުގައި އަދި މިކަހަލަ ކަމަކާއި ކުރިމަތިލާފައި ނުވާތީ އެ ފިޔަވަޅުމަތީ ގަބުއަރާފައި ބަލަން ހުރެވުނީއެވެ.

އެ އަލިގަނޑަށް ބަލަން މަޒީނަށް ހުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އެ އަލިގަނޑު މަޒީނާ ދިމާލަށް އަންނަމުން ދިޔަކަން ފާހަގަވުމުން މަޒީން ގަތީ އަމަށަކު ބިރެއްނޫނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާ ފަސް އެނބުރި އައިމަގާ ދިމާލަށް ދުއްވައިގަތެވެ. ގަސްތަކުގެ ގޮފިތަކުން ރެކެމުން ގޮނޑުދޮށަށް ދެވެން އޮތްމަގުން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ހާސްވެ މުޅި މީހާ ހުރީ ދަލުން ތެމި ފޯވެފައެވެ. ގަސްތަކުގެ ތެރެއިން ދުވަމުން ނުކުންނަން މަސައްކަތް ކުރަމުން ދިޔައެވެ. މަޒީންގެ ފަހަތުން އެ އަލިގަނޑު އައީ ވަރަށް ހަލުވި ބާރުމިނެއްގައެވެ. މަންޒިލާ ވަރަށް ގާތްވެއްޖެއެވެ. އޭރު މަޒީނަށް ގަސްތަކުގެ ތެރެއިން ނިކުމެވެނީއެވެ. އަލިގަނޑު ވީ ހިސާބެއް ބެލުމަށް ފަހަތަށް ބަލާލެވުނެވެ. ނަމަވެސް ދެން ކުރިޔަށް އެޅި ފިޔަވަޅު އަޅައިގަތީ ގަހެއްގެ މޫގަނޑުގައެވެ. އަގަވަތަށް ދޮންވެލިގަނޑު މައްޗަށް މަޒީންް ވެއްޓުނެވެ.

ފަސް އެނބުރި ބެލިއިރު އެ އަލިގަނޑު ހުރީ މަޒީނާ ދިހަވަރަކަށް ފޫޓު ދުރުގައެވެ. ވެލިގަނޑުމަތީ އޮވެ ހަތަރު މޮށްގަނޑު ޖަހައިގެން ފިރުކެމުން އެގަސްތަކުގެ ތެރެއިން ގޮނޑުދޮށަށް ނުކުމެވިއްޖެއެވެ. އޭރު ޓެންޓުތަކުގެ ކައިރީގައި ދަތުރުގެ އެހެން ބައިވެރިން އުޅޭތަން މަޒީނަށް ދުރުދުރުން ފެނުނެވެ. މަޒީން ތެދުވަމުން ފަސްއެނބުރި ބަލާލީ އަލިގަނޑު މަތިން ހަނދާންވުމުންނެވެ. އޭރު އެ އަލިގަނޑު މަޑުމަޑުން އަންނަތަން ފެނުނެވެ. ގަސްތަކުން ބޭރަށް އަލިގަނޑު ނުކުތުމުން މަޒީނަށް ލިބުނީ ހައިރާންކަމެކެވެ.

އެއީ އަލިގަނޑެއް ނޫނެވެ. އެއީ ޒީކްއެވެ. އޭނާގެ އަތުގައި އޮތީ މަޒީންގެ ފޯނެވެ. ފޯނުގެ ފްލޭޝް ލައިޓް ދިއްލައިގެން ޒީކް ހުރީ ގަބުއަރާފައި ހުރި ބުދެއް ފަދައިންނެވެ. އޭނާގެ ހަށިގަނޑުގައި ކިލަޔާއި ވެލީގެ އަސަރު ފެންނަން ހުއްޓެވެ. ހާވާލާފައިވާ އިސްތަށިގަނޑުގައި އެއްވެސް ތަރުުތީބެއް ނެތެވެ. މަޒީން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒީކްގެ ގާތަށް ހުއްޓުނެވެ. އަދި ތިހުރީ ކިހިނެއް ވެފައިތޯ ސުވާލުކޮށްލިއެވެ. ޒީކްގެ ދުލުން ބަހެއް ނުބުނެ މަޒީންގެ ލޮލަށް ބަލަންހުރީ އަޖައިބުވެ ހުރެއެވެ. ޒީކްގެ ފަރާތުން ޖާވާބެއް ނުލިބުމުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާ މަޒީން ތަޅުވާލިއެވެ. “ޒީކް…. ވާހަކަ ދައްކަބަލަ… ކިހިނެއްތަވީ… ކީއްވެ އެކަނި ގަސްތަކުގެ ތެރެއަށް ދިޔައީ..”

އަދިވެސް ޒީކްހުރީ ބަަހެއް ނުބުނެވިފައެވެ. ނަމަވެސް ޒީކްގެ ލޮލުން ފެންނަމުން ދިޔައީ ތަފާތުކަމެކެވެ. އެއީ ކުރިން ޒީކްގެ ލޮލުން ފެންނަމުން ދިޔަ ކަހަލަ ކަންތައްތަކެއް ނޫނެވެ. ލޮލުގެ ތެރެއިން ވިދާ ބަބުޅަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައިގަތެވެ. އޭރުވެސް ޒީކްހުރީ މަޒީނާ ހަތަރު ކަޅި ހަމަކޮށްގެންނެވެ. ޒީކްގެ ހާލަތު ފެނި މަޒީންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ޒީކްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަދި ގަޔާލާ ބާރުކޮށްލަމުން މަޒީން ފުންނޭވައެއް ދޫކޮށްލިއެވެ.

“ޒީކް…. ކިރިޔާއެއްނުން އަހަރެން މޮޔަ ނުވީ… ކޮންތާކަށް ތި ދިޔައީ…” މަޒީންގެ ދުލުން ބޭރުވަމުން ދިޔަ ޖުމްލަ މެދުކަނޑާލީ ޒީކްގެ ހަށިގަނޑުން ވަރު ދޫވާހެން ހީވުމުންނެވެ. ޒީކްގެ ހެޔެއް ނެތެވެ. މަޒީން ހުޝިޔާރުކާމާއި އެކު ޒީކް އަތްދަޑި މައްޗަށް ލާ އުރާލިއެވެ. އަދި ޒީކް ގޮވައިގެން ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ހޭނެތިފައިވާ ޒީކް އުރާލައިގެން ޓެންޓުތަކާއި ދިމާލަށް އަވަސް ފިޔަވަޅުތެކެއްގައި އައި މަޒީން ފެނުމުން ތޫބާމެންނަށް ލިބުނީ ހައިރާންކަމެކެވެ. މަޒީންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިޔަސް ކަމުން އަވަސް އަވަހަށް މަޒީނާ ދިމާލަށް އެންމެން ދުއްވައިގަތީ ކަމެއް ގޯސްވެއްޖެކަން ލަފާ ކުރެވުމުންނެވެ. އަލިފާންގަނޑާ އަރާ ހަމަވުމުން ކަކޫޖަހާ ބިންމައްޗަށް ތިރިވެ ވެލިގަނޑު މަތީގައި ޒީކް ބޭއްވިއެވެ. އެންމެން އެއް ފަހަރާ ސުވާލުކުރަމުން ދިޔައީ ޒީކަށް ވީގޮތެއް ބެލުމުގެ ބޭނުމުގައެވެ. އެންމެންގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ.

ވެފައި ހުރި ވަރުބަލިން މަޒީން ބުނެލީ އޭނާ ހޭނެތުނީ ކަމަށެވެ. މިންނާ އެމީހުންގެ ތެރެއަށް ވަދެގެން އައީ ފެންފުޅިއެއް ހިފައިގެންނެވެ. ނަރުސްކަން ކިޔަވަމުން ދާ މިންނާ، ޒީކާއި ކައިރިވެ އަވަސް ފަރުވާ ދިނުމުގައި އަވަސްވެގަތެވެ. ނޭވާލާާތޯ ބަލާލުމަށްފަހު އަތުގެ ކުޑަހުޅާ ދިމާލުގައި ހިފާލުމަށްފަހު ވިންދު ބަލާލިއެވެ. މިންނާ ހިފައިގެން އައި ފެންފުޅިން ފެންފޮދެއް ނަގާ މޫނަށް ބުރުވާލިއެވެ. އަދި މޫނުގެ ދެފަރާތުގައި މަޑުމަޑުން ތަޅަމުން ޒީކަށް ގޮވަމުން ދިޔައެވެ. ޒީކްގެ އަތުގައި ހިފަމުން ތޫބާ ގާތްވެލުމުން މިންނާ ފުންނަޒަރަކުން ތޫބާއަށް ބަލާލިއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.

“ވިޝާލް، ގެނެސްދީބަލަ ރަޖާގަނޑު… ޒީކް ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެން….” ވިޝާލާ ދިމާލާ އަތުން ހަނާ އަޅަމުން ރަޖާ ގެނެސް ދިނުމަށް ތޫބާ އެދުނެވެ.

މިމަންޒަރު ބަލަން މަޒީނަށް ހުރެވުނީ ވެދިޔަ ކަންތައްގަނޑު މަތިން ހިތަށްއަރާފައި އެކަމާ އިންތިހާއަށް ބިރުގެންފައެވެ. ޒީކަށް މި ވީ ކިހިނެއްބާވައޭ ހިތަށް އަރަމުން ދިޔައެވެ. މެދުކެނޑުމެއްނެތި މިންނާ އަދިވެސް ޒީކަށް ގޮވަމުން ދިޔައެވެ. ޒީކް މަޑުމަޑުން އޭނާގެ ލޯ ހުޅުވާލިއެވެ. ވަށައިގެން ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އަދި އެންމެންގެ ތެރެއިން ލީވާން ފެނުމުން އޭނާއަށް ބަލަން ހުރީ ބުޅާ މަސްގަނޑާ ދިމާލަށް ބަލަން ހުންނަ ފަދައަކުންނެވެ. ވެލިގަނޑު މަތިން ތެދުވަން މަސައްކަތް ކުރަން ފެށުމުން މަޒީން ހަލުވިކަމާއި އެކީ ޒީކަށް އެހީތެރި ވެދިނުމުގެ ގޮތުން އަތުގައި ހިފާލިއެވެ.

ޒީކް ގޮވައިގެން ޓެންޓުތެރެއަށް ދިޔުމަށް ހިނގައި ގަންނަމުން ޒީކްގެ ކޮނޑުގައި ހިފާ މަޒީންގެ ހަށިގަނޑާ ޒީކް ގާތްކޮށްލިއެވެ. އެ ވަގުތު މަޒީނާ ދިމާލަށް ޒީކް ބަލާލީ ވަރަށް ހާސްވެހުރެއެވެ. ޓެންޓުތެރެއަށް ވަނުމަށްފަހު ޒީކް އޭނާގެ ތަންމަތީގައި އިށީންދެ ފޯނު ނަގާ ފޯނާ ކުޅެންފެށިއެވެ. މަޒީން ހުރީ ޖެހިލުން ވެފައެވެ. ނަމަވެސް ޒީކާ ދާދި ގާތުގައި އިށީނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

“ޒީކް… ކީއްކުރަން ގަސްތަކުގެ ތެރެއަށް ދިޔައީ…. އަހަރެން ހާދަވަރަކަށް ޒީކް ހޯދީމޭ…. މަންމައާ ފޯނުން ވާހަކަ ދައްކާ ނިންމާފަ ބެލި އިރު ޒީކް ފެންނަ ހިސާބުގައެއް ނެތް…” މަޒީން ބޭނުންވީ ޒީކް ގަސްތަކުގެ ތެރެއަށް ދިޔަ ސަބަބު އޮޅުން ފިލުވާށެވެ.

“ކަމެއް ނުވޭ…. ލަވަ އަޑުއަހަން ހުރެ ހިނގަމުން ހިނގަމުން ދެވުނީ…. މަޒީން ފޯނުގައި އެބަހުރި ވަރަށް ހިތްގައިމު ދިވެހިލަވަ…. އަހަރެން ވަރަށް ގިނައިން އަޑުއަހާފަ ހުރި ލަވަތައް އެބަހުރި….. މަގޭ ފޯނަށް އެ ލަވަތައް އަޅައި ދީފާނަންތަ؟”

ޒީކްގެ އެދުމަށް އެއްބަސްވެ ބޯ ޖަހާލަމުން މަޒީން ޒީކްގެ ފޯނުގައި ހިފިއެވެ. އަދި އެބަ އަންނަމޭ ބުނެ ޓެންޓުން ބޭރަށް ނުކުމެގެން ގޮސް މަޒީންގެ ޓެންޓަށް ވަދެ އެ ފޯނު މަޒީންގެ ލެޕްޓޮޕަށް ގުޅާލިއެވެ. މަޒީންގެ ލެޕްޓޮޕްގައިވާ ހުރިހާ މުސްކުޅި ދިވެހި ލަވަތައް އެ ފޯނަށް އަޅައިދިނެވެ. އެ ވަގުތު ކޮޅުގައި މަޒީންގެ ހަނދާނަށް އައީ ދޮންވެލިގަނޑު މަތީގައި ހުރެ ދިވެހި ލަވަ ޖަހަން ފެށުމުން ޒީކް ބުނެލި ބަހެވެ.

{“ކޮން މުސްކުޅި ލަވައެއް ތި ޖަހަނީ… އައި ހޭޓް ދިވެހި ސޯންގްސް… ނިކަން ރޮމޭންޓިކް އިނގިރޭސި ލަވައެއް ޖަހާލަބަލަ….”}

ކުއްލިއަކަށް ޒީކް ދިވެހި ލަވަ އަޑުއަހާ ވާހަކަ ބުނުމުން މަޒީންގެ ހިތުގައި އުފެދެންފެށި ސުވާލުތަކުން ބޮލުގައި ރިހުމެއް އުފެދިގެން ދިޔައެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި މަޒީން ކުރަން ބޭނުންވެފައިހުރި އެތައް ސުވާލުތަކެއް ހުރުމުން އޭނާ އަވަހަށް ޒީކްގެ ފޯނު ޔޫއެސްބީ ވާގަނޑުން ވަކިކޮށްލުމަށްފަހު ފޯނު ހިފައިގެން ޒީކްގެ ޓެންޓުދޮށަށް ހިނގައިގަތެވެ. އޭރު ދަތުރުގެ އެހެން ބައިވެރިން ދޮންވެލިގަނޑު މަތީގައި މަސްކަނޑާ މަހުގައި ލޮނުމިރުސް ހޭކުމުގައި އަވަދިނެތި އުޅުނެވެ.

ޓެންޓުގެ ތެރެއަށް ބޯ ދިއްކޮށްލި މަޒީނަށް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވުނީ ކުރިޔަށް ދާން އޭނާގެ ހިތް ދެކޮޅު ހެދުމުންނެވެ. އެހެންކަމުން ޓެންޓުގެ ބޭރުގައި މަޑުކޮށްލައިގެން ހުރީއެވެ. މަޒީންހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. ފެނުނު މަންޒަރުން ލަދުވެސް ގަނެފައެވެ. ޒީކްގެ ދޮން ހަށިގަނޑުގައި ނިވާ ކަމެއް ނެތެވެ. ނަމަވެސް ޒީކް އެ ވަގުތު ހުރީ ޓެންޓަށް ވަންނަން ހުރި ދޮރަށް ފުރަގަސް ދީގެންނެވެ. ޒީކްގެ ރާޅުބާނި ދިގު އިސްތަށިގަނޑު ވަނީ ކޮނޑުމަތިން އެކީގައި ގެނެސް ކުރިމައްޗަށް ވައްޓާލާފައެވެ. ދޮން ބުރަކަށި ފެންނަން ހުރި އިރު ބުރަކަށީގެ ތިރިން އަރިމަތީގައި ގަދަ މުށި ކުލައިގެ ލަފެއް ފާޑުގެ ތަންގަނޑެއް ފާޅުވާން ހުއްޓެވެ.

ޓެންޓުގެ ބޭރުގައި ހުރި މަޒީނުގެ ލޯމައްޗަށް އަދިވެސް އެ މަންޒަރު ސިފަވަމުން ދިޔަހެން ހީވިއެވެ. ދެއަތަށް ބޯ ހޫރާލުމަށްފަހު ނިތްކުރީގައި އަތުގެ އިނގިލިތަކުން ފިރުމާލެވުނީ ސަލާމް ގޮވާނުލައި އެ ޓެންޓު ތެރެއަށް ވަދެވުނު މޮޔަ ހިތަށް އެރުމުންނެވެ. ސަލާމް ގޮވާލަން އަނގަ ހުޅުވާލީ ދޮންވެލިގަނޑަށް ބަލަން ހުރެއެވެ. އަނގައިިން ބަހެއް ބޭރު ނުވަނީސް އެތެރެއިން އިވުނީ ޒީކް މަޒީނަށް ގޮވާލި އަޑެވެ. ތެޅިތެޅި އޮތް ހިތަކާއި އެކީ މަޒީން ޓެންޓުތެރެއަށް ވަނީ އިސް އޮބައިގެން ހުރެއެވެ. ޒީކާ ދިމާލަށް ބަލަން ޖެހިލުންވެހުރެ އެހެން ހިނދުކޮޅަކު މަޒީނަށް ހުރެވުނީއެވެ. އެ ހިމޭންކަމުގެ ވަގުތަށް ނިމުމެއް ގެނައީ ޒީކް ވާހަކަ ދައްކަން ފެށުމުންނެވެ.

“މަޒީން…. އާދެބަލަ މި ވާގަނޑު އައްސާލަ ދޭން… ޕްލީޒް…” ޒީކްގެ ޖުމްލަ ފުރިހަމަ ކޮށްލުމުން މަޒީން އިސް އުފުލާލީ އެ ބުނާ ވާގަނޑެއް ބަލާލުމަށެވެ.

ޒީކް އެވަގުތު ހުރީ ކޮޅަށެވެ. ފަސް އެނބުރިގެންނެވެ. ކަޅުކުލައިގެ ކުރު ހެދުމެއްގައެވެ. ބުރަކަށީގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ހެދުމުގެ ފަހަތުން ބުރަކައްޓާ ދިމާލުގައި ހަންގަނޑު ފެންނާނެހެން ބޮޑުބައެއް ހާމައަށް ފެންނަން ހުރި އިރު، ނާޑުވާ ފަށެއް ކަހަލަ ފޮތިކޮޅެއް ފެންނަން ހުއްޓެވެ. ޒީކް އެބުނާ ވާކޮޅަކީ އެއީކަން މަޒީނަށް ކަށަވަރު ވުމުން ޒީކް ގާތަށް ޖެހިލައި ދެފަރާތުގައިވާ ދެ ވާކޮޅުގައި ހިފާލުމަށްފަހު އައްސަން ފެށިއެވެ. އެ ވާކޮޅު އައްސަމުން ދިޔައިރު ޒީކް އެ ވާ އިތުރަށް ބާރުކޮށްލުމަށް އެދެމުން ދިޔައެވެ.

ވާކޮޅު އައްސާ ނިމިއްޖެއެވެ. އެވަގުތު މަޒީންގެ ކަޅި އަމާޒުވެގެން ދިޔައީ ޒީކްގެ ދޮން ކަނދުރާއަށެވެ. ހިތަށް ކުރަމުން ދިޔަ އަސަރުތައް ވަރަށްވެސް ގިނައެވެ. ނަމަވެސް މަޒީން އޭނާގެ ނަފްސު ކޮންޓްރޯލް ކުރިއެވެ. ޒީކްގެ ކުރި މައްޗަށް ގެނެސްފައިވާ އިސްތަށިގަނޑު ފަހަތަށް އެއްލާލަމުން އޭނާ މަޒީނާ ކުރިމަތިލާން އެނބުރިލިއެވެ. ޒީކްގެ އިސްތަށިގަނޑު މަޒީންގެ މޫނުމަތީގައި ޖެހިލާފަ ދިޔައިރު ހީވީ މަޑުކަމުން ދޫނި ފިޔަ ކޮޅެއްހެންނެވެ. ޒީކް މަޒީނާ ހަތަރުކަޅި ހަމަކޮށްލަމުން އޭނާގެ އަތް ދިއްކޮށްލިއެވެ. “ހުރިހާ ލަވައެއް އެޅީތަ؟؟…”

ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ޒީކަށް ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑާލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކުރިހެންނެވެ. މަޒީންގެ ކޯތާފަތާއި ޒީކް ކައިރިވެ ކޮލުގައި ބޮސްދިނެވެ. އަދި ކަންފަތް ދޮށުގައި ‘ތޭންކްސް’ އޭ ވައި އަޑުން ބުނުމަށްފަހު ޓެންޓުން ބޭރަށް ހިނގައިގަތެވެ. އެއްމިޔަކަނުން ހިނިތުންވެހުރެއެވެ.

މަޒީންގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ޖަޒުބާތުން ގައިގައި ހުރި ހުރިހާ ލޯލިތަކެއް އެއްފަހަރާ ކޮޅަށް ޖެހުނެވެ. ކައިރިން ދިޔަ ޒީކްގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މަޒީން ހިތް ފުރެންދެން ފުންނޭވާއެއް އެތެރެއަށް ދަމާލިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. aathu

    Shax.. mibai haadha kuruhen heeveyey..bt its nice..i lyk this story alot..eagerly waitin for nxt part..

    1. Shax Lyn
      aathu

      Hi Aathu…. 🙂 happy to hear u liked this story…..
      Ekamu kureege baithakah vureh mibaigai one page ithurah genes dhinin….
      Kuruhen heevaneee…. Anyways thanks for reading 🙂 <3

  2. Nae

    Interesting! You’ve got talent girl. Masha Allah. 🙂

    1. Shax Lyn
      Nae

      Thanks Naena <3

  3. aleena

    Story ga maa bodah kuree part ge bai genesdheykan faahaga kurevey….bodah heevany story dhigukuran kuri kameh hen..bt hageegathaky story ehaa dhigeh noon…
    Anyways story salhi kuriah dhaa goe…

    1. han'du
      aleena

      Aslu e ee kuree part ge baeh nooney.. kuree part ga e ee huvafeneh.. fahu part ga e ee aleena ge vaahakaige baeh..

    2. Mary
      aleena

      Hehehe

  4. Aleem

    vvv nice. maa lahee up kuraaleh. plx next part thankolhe avaha up kohlache..keep it up

  5. saffa

    v v reethi.

  6. Aby

    Salhi varah…. (Y)

  7. Inaa

    I guess zeekge hashi gandu therey e ulheny ehn ehcheh. It is taking its revenge 4 something using zeeks body dho! Anyway like the story v much. Waitin 4 next part. Pls upload it soon…:-P

    1. Shax Lyn
      Inaa

      kuriyah huri bai thakah inthizaaru kollaa 🙂 🙂 thank u for reading….

  8. gurey

    I also think shes possessed…

  9. Anonymous

    Varah furihama mi bai liyuntheriya genesdhyfa in goiy. Varah kiyaa hithun huttaa nimuneeves. Kuriyah huri baithahves mihaa furihama vaane kamah u.meedh kuran. Bunaa dhuvahun dhuvahah upload kurathy varah ufaa ve. 🙂

    1. Shax Lyn
      Anonymous

      thanks Anonymous 🙂

  10. Sahnyx

    Ma keen kurinn ves mi vaahaka. …copy kurany dhw abadhu ves?

    1. Shax Lyn
      Sahnyx

      OMG….. adhi vaahaka liyeves nunimey…. kihineh adhi kiyeyneee…. im uploading liyamun dhaavarakah……. mi vaahaka kurin kiyaafaeh nuvaane… adhi mee alhu ganduge hiyaalee amilla vaahaka eh….

  11. naja

    Sahnyx thi kiyaigen ulhey vaahak kobaatha

  12. Yoon

    Varah kuhbas gina……

  13. Mary

    Varah salhi story
    Mazeen fakyru moya nuviyyaa dhera
    Waiting

  14. mik

    Varah salhi thankolheh avahah genesdheebala plx please

  15. thoo

    Nice story..

  16. aish aleena

    shaaz this is great u writing a story inside a story is awesome u’ve got great talent i cant wait for the next part it gives me goosebumps reading this heheh falhu rah dheke biruganah varah :p

Comments are closed.