Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލިކާ (2)

Reems Level 110 Stories
November 2, 2015 3 Mins Read
22 Comments

ފަތިސް ނަމާދަށް ބަންގިގޮވާ އަޑަށް ޒިފާނަށް ހޭލެވުމުން އަވަސްވެގަތީ ތައްޔާރުވެލައިގެން ފަތިސް ނަމާދަށް ދާންށެވެ. ނަމާދުން އައިއިރު ގޭ ދޮށް ކުނިކަހަން އައިޝާ އޮތެވެ. ޒިފާން ވަރުބަލިވެފައި ހުރުމުން ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ބޯލައިގެން އަނެއްކާވެސް އަރާ ނިދީއެވެ.

ޒިފާނަށް ހޭލެވުނުއިރު ގަޑިޖެހެން ވަރަށް ކައިރިވެފައި ހުރުމުން ފެންވަރާލައިގެން އަވަހަށް ރެޑީ ވެގެން ސައިވެސް ނުބޮއި ރިސޯޓަށް ދާން ނައްޓާލިއެވެ. ޒިފާނަށް ވަޒީފާ ހަމަޖެހުނީ ކައިރީގައި އޮތް ފޯރ ސީސަންސް ރިޒޯޓުގެ ފްރަންޓް އޮފީސް މެނޭޖަރުގެ މަގާމެވެ. ޒިފާނަކީ ރާއްޖޭއިން ބޭރުން ޓްރެވެލް އެންޑް ޓޫރިޒަމް ހަދާ ފޯރ ސީސަންސްގެ ރާއްޖޭން ބޭރު ގައުމުތަކުގައި ހުރި ރިސޯޓްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ހީވާގި ކެރޭ ޒުވާނެކެވެ.

ދުވަހުގެ ބޮޑުބައި ޒިފާން ހޭދަކޮށްލީ ވަޒީފާއަށް އަހުލުވެރިވުމާއި ތަނުގެ ސީނިއަރ މުވައްޒަފުންނާއި ބައްދަލުކުރުމުގައެވެ. ޒިފާން ހައިރާންވީ އެހާ ބިޒީކޮށް އުޅުނުއިރުވެސް އައިޝާގެ ޚިޔާލުތައް ދޭތެރެ ދޭތެރެއިން ބޮލަށް އުނދަގޫކުރާ ވަރުންނެވެ. ރޭގަ އައިޝާ ހުރިގޮތް ހިތައްއެރުމުން ހަށިގަނޑުގައި މަސްތީ އޮއިވަރެއް ދެމިލައެވެ.

އައިޝާއާއި މެދު މިވަރަށް ވިސްނެނީ ކީއްވެބާވައޭ ޒިފާން ވިސްނަންފެށިއެވެ. މީގެ ކުރިން މާރީތި މާ މުއްސަދި ކުދިން ވެސް ޒިފާނާއި ދިމާވެފައި އެބަހުއްޓެވެ. އެކަމަކު މިއޮއް ހުރިހާ ދުވަހު ޒިފާންގެ ހިތާއި ކުޅެލެވޭވަރު ކުއްޖެއް އަދި ޒިފާންގެ ހަޔާތަކަށް ނާދެއެވެ.

ރޭއެއްކޮށް އުޅެންޖެހުނީ ރަނގަޅަށް ނުނިދި އައިޝާގެ ޚިޔާލުގައެވެ. އައިޝާ ގޭގައި އޮންނާނެކަން އެނގޭތީ ވާހަކަ ދައްކާލަން ދާ ހިތްވާވަރުންނެވެ. ޒިފާން ނެތި ރަށުގައި ހިނގި ކަންކަން އަޑުއަހާލަން ބޭނުންވެފައި ހުރީމައެވެ. ވަރަށް ދުވަހު ރަށުން ބޭރުގައި ރައްޓެހިންނާއި ތިމާގެ މީހުންނާއި ދުރުގައިވެސް އުޅެވިއްޖެއެވެ.، ދެން އޮތީ ކެރިގެން ކުރިމަތިލުމެވެ. އެކަޅު މާޒީގެ ސަފްޙާތަކާއި ކުރިމަތިލުމެވެ.

އޮފީހުގައި ކުރިއަށްދިޔަ މީޓިންގައި އިން އިރުވެސް ޒިފާންގެ ޚިޔާލުތައް ދޭތެރެއަކުން އައިޝާއާއި ހަމައަށް ވާސިލްވެއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ޒިފާންގެ އުމުރުން މިހާރު 26 އަހަރު ވީ އިރު އެކަނިވެރިކަން އިހުސާސްވާން ފަށައިފިއެވެ. އެކަނި މިހެން އުޅެ އުޅެ ވަރުބަލިވެއްޖެއެވެ. މީޓިން ނިމުމާއިއެކު ޒިފާން މިސްރާބުޖެހީ ރިޒޯޓުގެ ރީތި ރީތި ހުދު ހުދު ދޮންވެލިގަނޑާއި ދިމާލަށެވެ. ދޮންވެލިގަނޑުގައި ބޮސް ދެމުންދިޔަ ރާޅުތައް އެހާމެ ނަލައެވެ. ވަށައިގެންވީ މޫދު އޮތީ ސާފު ބިއްލޫރި ސާލެއް ފަތުރާލާފައި އޮތްހެން އޮމާންކޮށެވެ.

ޒިފާން ގޮސް ބީޗް ޗެއަރއެއްގައި ޖައްސާލާ ކުޑަކޮށް ޚިޔާލުތައް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. އާނއެކެވެ. ޒިފާން މިހާރު ބޭނުންވަނީ ކައިވެންޏެއްކޮށް އާއިލާއެއްގެ ފޮނި މީރުކަން ލިބިގަންނާށެވެ. މަންމައާއި ބައްޕަވެސް ހިތްހަމަޖެހޭނީ އޭރުންކަން ޒިފާންގެ ހިތް ބުނަމުންދެއެވެ. ޒިފާން ދެކޭ ގޮތުގައި ނަސީބުގަދަ ފިރިހެނުންނަކީ ލޯބިވާ އަންބެއްހުރެ ދެތިން ކުދިން ތިބެ އޮފީހުންގޮސް އަރާމުކޮށް ކާލާ މަޖާކޮށްލާނެ އާއިލާއެއް ތިބި މީހުންނެވެ.

“އައިޝަތު މަލިކާ” “އައިޝަތު މަލިކާ” ޒިފާން މަޑު މަޑުން އެނަން ކިޔާލިއެވެ.

އައިޝާއަކީ ޒިފާންގެ ހިތުގެ މަލިކާ ބާވައެވެ. ޒިފާން ބޭނުންވާ ސިފަތައް މަލިކާ ގައިގާ ހުންނާނެބާވައެވެ. ދެމީހުން އެހާ އާދަޔާޚިލާފު ގޮތަކަށް ބައްދަލުއެވީ ތަގްދީރުގައި ފޮރުވިފައިވާ ސިއްރުތަކެއް އޮތީމާބާވައެވެ. މިކަހަހަލަ ޚިޔާލުތައް ޒިފާނާއި އުނދަގު ކުރަން ފެށުމުން ޒިފާން ނިންމީ މެންދުރު ކާން ގެއަށް ދިއުމަށެވެ. އޭރުން އައިޝާއާއި ދިމާވެ ހިތައް ފިނިކަމެއް ލިބިދާނޭކަމަށް ޒިފާން ނިންމިއެވެ.

 

ޒިފާން ގެއަށް ގޮސް ގޭގެ ދޮރު ހުޅުވާލުމާއިއެކު ގޭތެރެއިން ދުވި މީރު ވަހުން ކުޅުދިޔާވާވަރުވިއެވެ. ބަދިގެއަށް ވަންނަމުން އައިޝާ ރުޅިއަރުވާލާނަމޭ ހިތާ ގޮވާލިއެވެ.

“ލޯބީ، އަހަރެން މިއައީއޭ. ކާންހަދާބަލަ”

ކާންހަދަން ހުރި އައިޝާއަށް ޒިފާން ބުނި އެއްޗެއް އަޑު އިވުމުން ދެ ބުމަ ގޮށް ޖަހާލެވުނެވެ. ޒިފާން މިތާ ކީއްކުރަނީ ބާއޭ ހިތައްއެރިއެވެ.

“ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭނަމޭ ބުނި މީހާ ގޭގައި ކީއްކުރަނީ ބާ؟ އަދި ބުނެފިއެއްނު ލޯބީއޭ. ފަރަންޖީ ވިއަސް ބޮޑުވަރު. ” އައިޝާ ހިތާ ހިތާ ކުދި ކިޔާލިއެވެ.

ޒިފާން ދެކެ ރުޅި އަންނަ ކަމުގައި ހެދުނަސް ހިތުގެ އަޑިން އައިޝާއަށް ހުރި ހެވިފައެވެ. ޒިފާން އެހެން އެބުނީ ހަމަ ލޯބިވާތީ ބާއޭ އައިޝާ ހިތައްއެރިއެވެ. ޒިފާން އައިސް މޭޒު ކައިރީ އިށީންނުމުން އައިޝާގެ ހިތުގެ ވިއްދު އަވަސް ވިހެން ހީވިއެވެ. ޒިފާނާއި ދިމާލަށް ކިޔާލަން ހިތުތެރޭ އަމުނާލި ބަސްތައް ކަރުތެރޭ ތާށިވިއެވެ.

ޒިފާން ހާދަ ފިރިހެން ވަންތައެވެ. ޔުނީފޯމްގައި ހުރިއިރު ވަރަށް ސްމާޓެވެ. ޖަހާފައި ހުރި ސެންޓްގެ ވަހުން ހިތުގައި މިއުޒިކެއް ކުޅެލިއެވެ. ޒިފާންގެ ލޯބިވެރިއެއް ހުރޭބާއޭ އެވަގުތު ހިތައްއެރުމުން ލަދު ގަތެވެ. އައިޝާއާއި ދިމާލަށް ކަޅިޖަހާނުލާއިން ޒިފާނަށް އައިޝާގެ މޫނު މައްޗަށް އެރި ކުލަވަރު ފެނިފައި އަހާލެވުނެވެ.

“ޕްރިންސަސް ހޭލާ ހުރެ ހުވަފެން ބަލަނީތޯ. ބޯއީ ފްރެންޑް މަތިން ހަދާން ވީދޯ؟

“ހުއް.. އައިޝާގެ ނުހުރޭ ބޯއީފްރެންޑެއް” އައިޝާ ރުޅިއައިސް ލޯއަޅާލާފައި އެހެން ބުނުމުން ޒިފާން ވަރަށް ހިނިއައެވެ.

“އައިޝާ ހީކުރީ ޒެފް ޑައިޓްކުރަނީކަމަށް، ސައިވެސް ނުބޮއި ވިއްޔަ ދިޔައީ. ” ރުޅިގަނޑު ކޮންޓްރޯލް ކުރަމުން އައިޝާ ބުނެލިއެވެ.

“ނޫނޭ ވަރުބަލި ވެފައިހުރީމާ މާގަދައަށް ނިދުނީ އެހެންވެ ވަރަށް ލަހުން ހޭލެވުނީ. ވަރަށް ބަނޑުހައި. ހާދަ މީރުވަސް ދުވައޭ. ހާދަ ސާމަނެކޭ ހަދާފަ މިހިރީ. ބަޔަކު ކާން އަންނަނީތަ؟” ޒިފާން އަހާލިއެވެ.

“އުހުނ. ހަމަ ކައްކާ ހިތުން ކައްކާލީ. ދެން ޒެފް ޑީއުޓީ ނިންމާފައި އަންނަ އިރު ބަނޑުހައި ވެފައި ހުރެދާނެތީ މަންމަ އަލަ ކޮޅެއް ދިނީމާ ހިތައްއެރީ ދިވެހި ކެއުމެއް ކައްކާނީއޭ. ޒެފް ކުޑައިރު ވަރަށް ފޯރި ހުރެއެއްނު މީއްޗިހި ކާން، ބޭރުގައި އުޅުނީމަ މި ކެވޭނެތަ މިހާރު” އައިޝާ ތަށިތަކުގެ މަތިތައް ނަގަމުން އަހާލިއެވެ.

“ވޯއު ލުކްސް ޔަމީ. އަދިވެސް މައި ފޭވަރިޓް. ވަރަށް ދުވަސް ވެއްޖެ ނުކާތާ. ލޯބި ލޯބި އައިޝާ ބެސްޓް. ހުރިހާ އެއްޗެއް ހަމަކޮށްލާފައެއްނު މިހިރީ. ލޮނު މިރުސް ހެދީ އައިޝާތަ. ކުޅިވާނެދޯ. ހެހެހެ. އަނެއްކާ މި އެއްޗެހީގައި ރަހައަކުން ލާ ރަހައެއް ލާނެބާ” ޒިފާން ބެލީ ކާންފަށަމުން ވެސް އައިޝާއާއި ދިމާ ކޮށްލެވޭތޯއެވެ.

“ފުރަތަމަ ދުވަސް ވީމަ ވަރަށް ގިނަ އިރު މަސައްކަތުގައި އުޅެން ޖެހޭނޭ ފަތިހު ބުނީމެންނު. ކީއްވެ ތިއައީ މާ އަވަހަށް. އަދިވެސް މާ ވަރުބަލީތަ. ނިދިހަމަ ނުވަނީތަ؟” ޒިފާން ދެއްކި ވާހަކައާއި އަޅާނުލާ އައިޝާ ފައްޗަކަށް އަމުނާލިއެވެ.

“ނިންޖަށް ވަރުބަލިވެފައި ހުރީމާ ނިދާލަން އައީއޭ ބުނަންވީތާ. ނޫނީ އަސްލުވީ ގޮތް ކިޔާ ދޭންވީތަ” އައިޝާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ޒިފާން ބުނެލިއެވެ.

“އަސްލު ވީ ގޮތްދޯ އެނގެން ބޭނުންވާނީ. އައިޝާ ބޭނުންވާނީ ހަގީގަތްއެނގެން. ތެދު ބުނަން ވާނެ ދޯ” އައިޝާ ހުރީ ސުވާލު މާކެއް ޖެހިފައެވެ.

“އޯކޭ…. އަސްލު މިއައީ މިއަދު އެއްކޮށް އައިޝާގެ ޚިޔާލުތައް އަހަންނަށް އުނދަގޫ ކުރާތީ. އައިޝާ ދެކިލަން ބޭނުން ވެގެން. އައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވާތީ. އައިޝާ އާއި އެކީ ޑިނާއަކަށް ދާން ބޭނުން ވާތީ. އައިޝާ ގޮވައިގެން ގޮނޑު ދޮށުގައި ހިނގާލަން ދާން ބޭނުންވާތީ” ވަރަށް ސީރިއަސްވެ އިނދެ ޒިފާން ބުނެލިއެވެ.

ކާންއިން އައިޝާއަށް ޒިފާން ދެއްކި ވާހަކަ އަޑުއިވުމުން ކޮށިއެރިއެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

ކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)

Next

މަގޭ ދަރިފުޅާ… 2

Next
November 2, 2015

މަގޭ ދަރިފުޅާ… 2

Previews
November 1, 2015

ކަނޑުފެން (ހަތްވަނަ ބައި) KanduFen (P-7)

22 Comments!

  1. Aimmm says:
    November 2, 2015 at 2:17 pm

    Vv.reethi feshun.dheraeee maa ginain “dho” baynu kuraathee.konmevaahaka eyves furathama kolhu vara avaha genesdheyne.ekamaku fahun khabarey nuvaane.

  2. Aimmm says:
    November 2, 2015 at 2:17 pm

    Vv.reethi feshun.dheraeee maa ginain “dho” baynu kuraathee.konmevaahaka eyves furathama kolhu vara avaha genesdheyne.ekamaku fahun khabarey nuvaane.

    1. Reems says:
      November 2, 2015 at 2:19 pm

      thanks for ur comment ..insha allah i will try to upload episodes 2 times weekly

  3. Inaa says:
    November 2, 2015 at 2:19 pm

    Me first…! ITS AWESOME. Keep up the gud work. Kn irakun next part up kuraany?..

    1. Inaa says:
      November 2, 2015 at 2:22 pm

      Oopx.. wrong me sorry…

    2. Inaa says:
      November 2, 2015 at 2:24 pm

      I mean im not first. Any way the story is awesome.. twice…

    3. Inaa says:
      November 2, 2015 at 2:24 pm

      I mean im not first. Any way the story is awesome.. twice…

    4. Reems says:
      November 2, 2015 at 2:31 pm

      thank u .. v soon insha allah

  4. Shiba says:
    November 2, 2015 at 2:27 pm

    Vvvvvvv reethi

    1. Reems says:
      November 2, 2015 at 2:32 pm

      thank u

  5. aathu says:
    November 2, 2015 at 3:30 pm

    Mi part maa kuruhen heevani.. kiyaa hithun inyma kanneygw dhw..hehe.. story is vry nice inge 😉

    1. Reems says:
      November 2, 2015 at 5:38 pm

      Thanks

  6. Crazi says:
    November 2, 2015 at 4:12 pm

    Shalhi

  7. sim says:
    November 2, 2015 at 4:15 pm

    Story v reethi. Ekam thankolheh kury genesdhyfa inleh. Nxt part dhigu kohlaathi.pls…

  8. dark princess says:
    November 2, 2015 at 4:25 pm

    Story is awsome.. but maa bodah kury genesdheyleh.. please upload soon

    1. naahy says:
      November 2, 2015 at 5:32 pm

      Varah kuru DW BT nic kome dhuvahaku up koh dhechy..:’)

    2. naahy says:
      November 2, 2015 at 5:32 pm

      Varah kuru DW BT nic kome dhuvahaku up koh dhechy..:’)

    3. Reems says:
      November 2, 2015 at 5:38 pm

      Next on thursday insha allah

  9. sara says:
    November 2, 2015 at 6:22 pm

    V v salhi ..dhn oiy bai avahah up kohddhehcchey.. v kiyaahithun mihury.. keep up the gud wrk..

  10. mik says:
    November 2, 2015 at 9:11 pm

    Reems ves ehaa keth madhuvaanetha

  11. Mary says:
    November 2, 2015 at 10:27 pm

    Nice kiyaahithun meeneee.. Waiting

  12. xaaxaa says:
    November 3, 2015 at 11:06 pm

    Reems wen is next part of the story. Awax kohlahcheyy can’t wait to read…… :

Comments are closed.

Next Episodeމަލިކާ (3)←


All Right Reserved!