މާޔާ ވަކިވަކިން ތިންމީހުންގެ މޫނަށް ބަލާލަމުން އެހެން ބުނެލީ ފުޅާ ހިނިތުންވުމަކާއެކީއެވެ. ފާއިޒު ފަޒީލާ ކިބައިން ޒުހޭރުގެ އެ އަމަލުތަކަށް މާފަށް އެދުނެވެ. ފަޒީލާ ހީލަމުން މާފަށް ނޭދުމަށް އެދުނެވެ. މާޔާއާ ފަޒީލާއާ ދެމީހުން އެ ގޭގަ އެތައް އިރެއް ވަންދެން މަޑުކޮށްލައިގެން އާއިލާ މީހުންނާ ވާހަކަ ދައްކަން މަޑުކުރިއެވެ. ނިހާނަށް ގުޅައިގެން އާކިން ގެނައެވެ. ސަމީރާ އާކިން އުރާލަމުން މޫނުގައި ބޮސްދީ ހެދި އިރު ހުރީ ފެންކަޅިވެފައެވެ. ދެން ތިބި މީހުންވެސް އާކިން ނަގައިގެން އުޅުނު […]
އެންމެން ސިޓިންރޫމުގަ އުފާވެރި މާހައުލެއްގަ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް ދޮރުން ވަދެގެން އައި މީހަކު ފެނުމުން މާޔާގެ ތުންފަތްމތީގަވީ ހިނިތުންވުން ފިލައިދިޔައެވެ. އެ މީހަކާ ދިމާލަށް ބަލަން ހުރެލާފައި އިސްއޮބާލީ ކުރާނެ ކަމެއް ނޭގުމުންނެވެ. އަތުގައި އޮތް ދަބަސް ކޮންނަމުން އެތެރެއަށް ވަދެގެން އައި މާއިޝާވެސް އިސްއުފުލާލި ވަގުތު ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެލައިގެން އިން މާޔާ ފެނުމުން ފިޔަވަޅުތައް ގަނޑުވިއެވެ. ދަބަހުން ނެގި ފޯނުވެސް އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނީ ސިހުނު ވަރުންނެވެ. މާޔާ […]
4 އަހަރު ފަސް އަހަރުގެ ބޮޑު ޗުއްޓީއަށް މީހުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަމުން ދިޔައިރު އަނެއް ބައި މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައެވެ. މެލޭޝިޔާއިން އައިސް ހުޅުލޭ ރަންވޭގަ ފްލައިޓް ޖެއްސުމާއެކުހެން ހުރިހާ ޕެސިންޖަރުން ފައިބަން އަވަސްވެގަތެވެ. ފްލައިޓްގެ ފަހަތު ސީޓެއްގަ އިށީދެލައިގެން އިން މާޔާ އިނީ ފްލައިޓްގެ ކުޑަދޮރުން ބޭރު ބަލާށެވެ. ލޯގަނޑުގައި މޫނު ޖައްސާލައިގެން މާޔާ އިން އިރު ކުރީގެ ހިޔާލުތައް ސިކުނޑީގައި އެބުރެމުން ދިޔައެވެ. ” މަންމީ.. މަންމީ.. […]
މަންމަ ހަމައަކަށް އެޅެންދެން މަންމަކައިރީ ހުންނަން މާޔާ ބޭނުންވީއެވެ. އެރޭ މާޔާ ނިދީވެސް ފަޒީލާ ކައިރީއެވެ. އޭގެ އަނެއް ދުވަހެވެ. ކިޔާން މާލެ އައީ މާއިޝާ ކައިރިއަށެވެ. ރައްޓެހި ކުދިންތަކަކާ އެކީ ޝަހާ ހުޅުމާލެއަށް ދާން އައި ވަގުތަކީ ކިޔާންވެސް އައި ވަގުތު ކަމުން ދެމީހުން ޓާރމިނަލް ކައިރިން ދިމާވިއެވެ. ކިޔާނާ ވާހަކަ ދައްކަން ޝަހާ އުޅޭތާ ކޮންދުވަހެއް ހެއްޔެވެ؟ އެހެންނަމަވެސް އެ ވަގުތު ނުލިބެއެވެ. މިއަދު ކިޔާނާ ދިމާވުމުން ޝަހާ ވާހަކަ ދައްކަން ބޭނުންވިއެވެ. ކިޔާން […]
މާޔާ ދާން ފެށުމުން މާއިޝާ ހުއްޓުވަން ވެސް ނޫޅުމުން މާޔާ ދެރަވިޔަސް އަޅާނުލާ ދިޔައެވެ. ރޭގަނޑު ވަގުތެވެ. ނިހާން ބަގީޗާގެ ހުރި ބެންޗުގެ އެއް އަތްގަނޑު މަތީ ބޯ އަޅާލައިގެން އަނެއް އަތްގަނޑު މަތީ ފައި ބާއްވަމުން ތިރިއަށް ދޫކޮށްގެން އޮށޯވެލައިގެން އޮތީ ފޯނާ ކުޅޭށެވެ. އިރުކޮޅަކުން މާޔާ ދެކޮފީ ތަށި ހިފައިގެން އައުމުން ނިހާން ފޯނު ތިރިކޮށްލަމުން ބަލާލީ ނިކަން ހިތްގައިމުކޮށެވެ. މާޔާ ކުރިމަތީ ހުރި މޭޒުމަތީ ކޮފީތަށިތައް ބަހައްޓަމުން އެތާ ދެން ވަކިން ހުރި […]
އިފާޝާ އަވަސް އަރުވާލާފައި އެހެން ބުނެފަ ނުކުމެގެން ދިޔައީ ނިހާން ކިޔާނެ އެއްޗެއް އަޑުވެސް ނައަހައެވެ. ނިހާން އިފާޝާ ދިޔަތަން ބަލަން ހުރެލާފައި އަނގައަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. އެދުވަހު ނަސީބަކުން ޒީނަތު މާއިޝާ ބަލާ އައެވެ. މާއިޝާ ޒީނަތުއާ އެކު ދިޔުމުން މާޔާ ހިތްހަމަޖެހުނެވެ. މަލީހާގެ ފަރާތުން ދުވަސްކޮޅަކަށް ދެން މާއިޝާ ހުންނާނީ އެ ގޭގައޭ ބުނުމުން އުފާވިއެވެ. މާއިޝާ މި ގޭގަ ހުންނަހާ ހިނދަކު ކިޔާން ވެސް މި ގެއަށް އަންނާނެއެވެ. މާޔާ ކިޔާންގެ […]
މާއިޝާއާ ކިޔާން ކޮޓަރިއަށް ވަނުމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ދޮރު ލައްޕާލަމުން ގޮސް އެނދަށް ވެއްޓިގަތީ ހަނދާން ނެތިގެން ދޮރު ތަޅުނުލައެވެ. ވަރުބަލިވެފައި ހުރުމުން ނިކަން އަވަހަށް ނިދިއްޖެއެވެ. މާއިޝާ ފެންވަރަން ވަނުމުން ކިޔާން ގޮސް އެނދުގައި އެއް އަރިއަކަށް އޮށޯވެލަމުން ނިދީކަމަށް ހެދުނެވެ. މާއިޝާ ފެންވަރައިގެން އައުމުން އޭނަ ނިދާފަ އޮތިއްޔާ ނިކަން އަވަހަށް ނިދާނެއެވެ. ވީވެސް އެހެނެވެ. މާއިޝާ ފެންވަރައިގެން އައިސް ކިޔާން ނިދާފަ އޮތްތަން ފެނުމުން ބޮކި ނިއްވާލަމުން ގޮސް އޮށޯވެލިއެވެ. މާއިޝާ […]
މާއިޝާ ކިޔާންގެ އަތް ފޮޅުވާލަމުން އެނބުރި ކިޔާންގެ މޫނަށް ބެލިއިރު އެދެލޯ ފެންކަޅިވެފައި ވީނަމަވެސް މޫނުމަތީގައި ވީ ނުރުހުމެވެ. ” އަހަރެން މީ ކިޔާން ކުޅެން ބަހައްޓާފަ ހުރި ބުދެއްތަ؟ ބޭނުން ގޮތެއް ހަދަން.. ފުރަތަމަ ކިޔާން އަމިއްލައަށް ބޭނުންވެގެނޭ ކައިވެނި ވެސް ކުރީ. އެކަމަކު ކައިވެންޏަށް ފަހު އެނގުނީ ކިޔާން މި ކައިވެނި ވެސް ކުރީ ކޮންމެހެން އަހަރެންދެކެ ލޯބިވާތީކީ ނޫންކަން.. ކިޔާން އެދުނީ ވަގުތު ދޭން. ކިތަންމެ ހިތަށް ތަދުވިޔަސް އަހަރެން ކިޔާނަށް އެ […]
ކުރިމަތީގައި ދެންމެ އޭނައާ ބެހުނު މީހާގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި މީހާ ފެނުމުން މާޔާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫ ކޮށްލިއިރު ހިނިތުންވެލެވުނެވެ. ކިޔާން ރުޅިއައިސް ރަތްވެފައި އެ މީހާގެ ގަމީހުގެ ގިރުވާނުގަ ހިފަހައްޓައިގެން ހުރި އިރު އެ ދޮ ލޮލުން އެކަނި ވެސް އޭނަ ފިއްސާލާނެހެން ހީވެއެވެ. އެމީހާވެސް ރުޅިއައިސް ހުރެ ކިޔާންގެ އަތް ނައްޓުވާލަމުން ކިޔާން ކޮށްޕާލަމުން ކުރިއަށް ފިޔަވަޅެއް އަޅާފަވެސް ދުރުގައި މަޑުކޮށްގެން އޭނައާ ދިމާލަށް ލޯ އަޅާލައިގެން ހުރި މީހާ ފެނުމުން […]