ދުރުން ބަލާ މީހަކަށް އޭރު ދެ މީހުން ފެންނާނީ އެއްހިޔަންޏެއްގެ ގޮތުގައެވެ. ދެމީހުން މަސްތީ ދުނިޔެއަކަށް ގެއްލިފައި ތިބިއިރު އެތަނަށް އިތުރު މީހަކު އައިކަން ވެސް ރޭކާ ނުލިއެވެ. “އައިޝަތު މަލިކާ ހަމަމިހާރު ގެއަށް ދޭ!!!” ސިއްސައިގެ ގޮސްފައި ދެމީހުންނަށް ދުރަށްޖެހުލެވުން އިރު ކައިރީގައި އައިޝާގެ ކުޑަބެ މާލިކު ރުޅިއައިސް ރަތްވެފައި ހުއްޓެވެ. “މަންމަމެން ނެތް ވަގުތު ބަލާފައި ރަށަށް އަރާ ބީރައްޓެހިއްނާއިއެކީ މީ ދޯ ގަންނަ ގަނޑަކީ. ހަމަ މިހާރު ގެއަށް ދޭ. މަގޭ ހުއްދަ […]
“އޯކޭ…. އަސްލު މިއައީ މިއަދު އެއްކޮށް އައިޝާގެ ޚިޔާލުތައް އަހަންނަށް އުނދަގޫ ކުރާތީ. އައިޝާ ދެކިލަން ބޭނުން ވެގެން. އައިޝާއާއި ވާހަކަ ދައްކާލަން ބޭނުންވާތީ. އައިޝާ އާއި އެކީ ޑިނާއަކަށް ދާން ބޭނުން ވާތީ. އައިޝާ ގޮވައިގެން ގޮނޑު ދޮށުގައި ހިނގާލަން ދާން ބޭނުންވާތީ” ވަރަށް ސީރިއަސްވެ އިނދެ ޒިފާން ބުނެލިއެވެ. ކާންއިން އައިޝާއަށް ޒިފާން ދެއްކި ވާހަކަ އަޑުއިވުމުން ކޮށިއެރިއެވެ. ބުނާނެ އެއްޗަކާ ދޭތެރޭ އައިޝާ ވިސްނާލިއެވެ. ޒިފާން އެހެން އެބުނީ އައިޝާއާއި ދިމާކުރަން ބާވައެވެ. […]
ފަތިސް ނަމާދަށް ބަންގިގޮވާ އަޑަށް ޒިފާނަށް ހޭލެވުމުން އަވަސްވެގަތީ ތައްޔާރުވެލައިގެން ފަތިސް ނަމާދަށް ދާންށެވެ. ނަމާދުން އައިއިރު ގޭ ދޮށް ކުނިކަހަން އައިޝާ އޮތެވެ. ޒިފާން ވަރުބަލިވެފައި ހުރުމުން ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ބޯލައިގެން އަނެއްކާވެސް އަރާ ނިދީއެވެ. ޒިފާނަށް ހޭލެވުނުއިރު ގަޑިޖެހެން ވަރަށް ކައިރިވެފައި ހުރުމުން ފެންވަރާލައިގެން އަވަހަށް ރެޑީ ވެގެން ސައިވެސް ނުބޮއި ރިސޯޓަށް ދާން ނައްޓާލިއެވެ. ޒިފާނަށް ވަޒީފާ ހަމަޖެހުނީ ކައިރީގައި އޮތް ފޯރ ސީސަންސް ރިޒޯޓުގެ ފްރަންޓް އޮފީސް މެނޭޖަރުގެ […]
ޒިފާން ހުއްޓިލައިގެން ހުރީ ރަށަށް އަރަން އޮންނަ ޖެޓީ މަތީގައެވެ. ރަށަން ނާންނަތާ 10 އަހަރު ފަހުން ރަށަށް އައީ ކައިރީ އޮތް ރިސޯޓުން ވަޒީފާ ހަމަޖެހިގެނެވެ. މީގެ 10 އަހަރު ކުރިން ދިމާވި ހާދިސާއަށްފަހު ރަށަށް އަންނަން ބޭނުންނުވެ ހުރެވެސް އައީ މަންމައާއި ބައްޕަ ވެސް މުސްކުޅި ވެ ޒިފާންގެ އެހީއަށް ބޭނުންވާނެ ވަރު ހިތަށްއަރާފައެވެ. މަޑުމަޑުން ހިނގާލާފައި ރަށުތެރެއަށް އަރައިގެން ދިޔައިރު ރަށުތެރައަށް އައިސްފައި އޮތް ބަދަލުތައް ބަލަމުން ދިޔައެވެ. 10 އަހަރު ތެރޭ […]
އޭނަ ދަމުން ނުހާއަށް މެސެޖް ކުރި “މަށަށް ވެސް ދުވަހެއް އަންނާނެ” އެ ދުވަހަށްފަހު އެނޫސްވެރިޔާގެ އެއްވެސް އުނދަގުލެއް ނުޖެހޭ. ކައުސިންލަރު ވެސް ފަހުން ނުހާ ގާތުން މާފަށްއެދުނު. “ދެން މިކަމެއް މިހިނގީ ކިހިނެއްތަ” ވިޝާމް އެންމެ ފަހުން އަހާލިއެވެ. ނުހާ މާލެ އައީ އޮފީސް ކަމެއްގައި އޮތް ވޯކްޝޮޕެއްގައި ބައިވެރިވާން. ނުހާއާއި އެކު އަދި އިތުރު އަންހެން ކުއްޖެއްވެސް އައި. ނުހާމެން ތިބީ ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އޭނާ ރައްޓެއްސަކާއި ބައްދަލުކޮށްލުމަށް ބޭރަށް ދިޔައީމާ […]
މަގު މައްޗަށް ނުކުތުމާއިއެކު ކުއްލިއަކަށް އެކި ދިމަދިމާލުން މޫނަށް އަލި އެޅެންފެށުމުން ބޭއިޚްތިޔާރުގައި މޫނު ފޮރުވާލެވުނެވެ. ކައިރީގައި އޮތް ވެހިކަލްއަށް އަރުވަންދެން ނޫސްވެރިންގެން ކެމެރާތައް ހުރީ ނުހާއަށް އަމާޒުވެފައެވެ. ނުހާ ލަދުން ހަލާކުވާވަރުވިއެވެ . އެތާތިބި އެންމެން ޗުކުޗުކު ތަޅުވާއަޑު އިވި އިވި ހުއްޓެވެ. “ހަށި ވިއްކާ އަންހެނެއް” “ހަށި ވިއްކަންތިއްބާ ފަޅާ އެރީ” ރެޑްކޮށް އަތުލައިގަތީ” “ލަދުކުޑަ” ………………………………………………………………………………………………………………………………………… ޓީ.ވީ.އެމް އިން ދައްކަމުން ދިޔަ ރޭގަނޑު 8 ގެ ޚަބަރު ބަލަން އިން ވިޝާމްއަށް ސިހުމެއް […]
އަނޫޝްގެ މޭމަތީ ފައިހާ ބޯއަޅާލައިގެން އޮވެ ރީތި ރޭގަނޑުގެ މަސްތީ މާއަހުލަށް ގެއްލި މާފޮޅުވާ ދެމީހުން އެކަކު އަނެކަކަށް ކުދިކުދި ގޯނާކުރަމުން ގޮސް ލޯބީގެ ދާނެއްގައި ދެމީހުން ގެނބެމުންގޮސް ނިދުން އިރު ފަތިސް ވަނީއެވެ. ދެމީހުން ގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ދިމާވެފައިވާ ހާލު ހަދާނުގައި ނެތްފަދައެވެ. ……………………………………………………………………………………………………………………. އާ ދުވަހަކަށް އިރުއަރައިގެން އައިސް ގަދައަށް އަވި ދޭން ފެށިއިރުވެސް ފައިހާއާއި އަނޫޝް ތިބީ ނިދާފައެވެ. އަނޫޝްއަށް ހޭލެވުނީ ފެންބޮވައިގަނެވެ. އަވަސް އަވަހަށް ތެދުވެ ބަލާލިއިރު […]
“އައި. ލަވް.ޔޫ ސޯ މަޗް އަނޫޝް.. ބަލާބަ އެއޮތީ ރަށެއް” ތެދެކެވެ. ލޮލުކަޅަށް ފެންނަ ހިސާބުން ރަށެއްގެ މަލަމަތި ފެންނަންހުއްޓެވެ. ނަސީބު ރަނގަޅުކަމުން އޮއި ހުރިގޮތުން މާ ގިނަ އިރު ނުވެ އެރަށާއި ހަމައަށް ދެވިއްޖެއެވެ. ހިކިފަސްތާކު ފައި ޖެހުމުން ﷲ އަށް ހަމްދުކޮށް ގޮނޑުދޮށުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އެހެން ތިއްބާ ދެމީހުނަށްވެސް ނިދިޖެހނީ ކޮން އިރަކު ކަމެއް ނޭނގުނެވެ. އަނޫޝްއަށް ހޭލެވުނީ ކަރު ހިތްކައިގަނެގެނެވެ. ދެއަތަކަށް ފުރޮޅިލިތަނުން ގައިދަށުގައި ކަށި އެއްޗެއްހުރިކަމުގެ އިހްސާސްވުމުން އޮވެވުނުތަން […]
“ފައިހާ ޓްރައި ކުރަން ހިނގާ.. އޮންލީ ޗޮއިސް ވީ ހޭވް” ޖެހެމުންދިޔަ ގަދަ ވައިގާ ދައްކާ ވާހަކަ އަޑު ނީވިދާނެތީ އަނޫޝް ވަރަށް ބާރަށް ފައިހާއަށް ގޮވާލައިފާ ބުންޏެވެ. އަނެއްކާ ވެސް ފައިހާ ބޯ ޖަހާލިއެވެ. އަޑު ބޭރުނުވި ނަމަވެސް ފައިހާ ތުންތަޅުވާލައިފާ “އައި.ނޯ ” އޭ ބުނެލިއެވެ. ފައިހާ އާއި އަނޫޝް މަސައްކަތްކުރަމުން ދިޔައީ ޔޮޓުއޮތް ހިސާބަށް ފަތާފައި ދެވޭތޯއެވެ. މިހާރު ކަނޑުވެސް ތަންކޮޅެއް މަޑުހެން ހީވެއެވެ. ފަހަރެއްގައި އެއީ ހީވިގޮތްކަމުގައި ވެސް ވެދާނެއޭ އަނޫޝްގެ […]