Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވީ އަސަރާ މަންޒަރު… 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
November 2, 2015 5 Mins Read
13 Comments

މާއިޒް ލޯ މަރާ ބާރު ކޮށްލިއެވެ. ގިސްލެވެން ފެށިއެވެ. ހަސީނާއާ އާބިދާވެސް ރޯން ފެށިއެވެ. މާއިޒްގެ އަތުތެރޭ އޮވެ ޝިފްޒާ އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ. މުޅި ހަށިގަނޑު އެކީ ހިމޭން ވިއެވެ. އެކަން ޝާހިދަށް އެނގުނެވެ. ޝާހިދު އެނބުރި އެތާ ތިބި މީހުންނަށް ބަލާލާފައި ބޯ ހަލުވާލިއެވެ. އެ އިޝާރާތުގެ މާނަ އެންމެނަށް ވިސްނުނެވެ.

ފަސް މިނެޓްވީ އިރުވެސް މާއިޒް ޝިފްޒާ ގައިން ދޫކޮށްނުލާ އެއިން ގޮތަށް އިނެވެ. ޝާހިދު މާއިޒްގެ އަތުތެރޭން ޝިފްޒާ ނަގާ އެނދުގައި ބާއްވާލިއެވެ. މާއިޒް ތެދުވެގެން ދިޔަ ގޮތަށް ފާހާނާއަށްވަދެ ބާރަކަށް ދޮރު ޖެހިއެވެ. އެތެރޭން މާއިޒްގެ ގިސްލުމުގެ އަޑު އެންމެނަށް އިވެން ފެށިއެވެ.

***

މާއިޒް ޑިޔުޓީ ނިންމާލާފައި ހޮސްޕިޓަލުން ނިކުމެ ގެޔަށް ދާން ސައިކަލަށް އެރިއެވެ. ނަމަވެސް އެވަގުތު ގެޔަށް ދާހިތެއް ނުވިއެވެ. އިރު އޮއްސެން ކައިރި ވެފަ ވުމުން ހިނގާލާފަ ގޮސް ތޮށިގަނޑު މަތީ މޫދާ ކުރިމަތި ލައިގެން އިށީނެވެ. އޭރު އޮއްސެން ދިޔަ އިރުގެ އެންމެ ފަހު ދޯދިތަކުގެ އަލި މޫދަށް އެޅިފަ އޮތް އިރު، އެމަންޒަރު ފެނުމުންވެސް މާއިޒް ހަނދާން ވީ ޝިފްޒާ މަތިންނެވެ. އަހަރެއް ވެފައި ވީ ނަމަވެސް އެފަދަ ކޮންމެ މަންޒަރެއް ފެނުމުން އަދިވެސް އާކޮށްދެނީ ޝިފްޒާގެ ހަނދާނެވެ.

މާއިޒް ފޯން ނަގާ ޝިފްޒާގެ ފޮޓޯތައް ބަލަން ފެށިއެވެ. އަބަދުވެސް ވާހެން ޝިފްޒާގެ ހަނދާން ވުމުން މެއަށް ތަދުވެލިއެވެ. ހަޔާތުގެ ހުސްކަން އިހުސާސް ކުރެވުނެވެ. އެކަނިވެރިކަން ހިތަށް އުނދަގޫ ކުރަން ފެށިއެވެ. މާއިޒް އަށް ލޯމަރާލެވުނެވެ.

ކުއްލިއަކަށް މާއިޒް ތެދުވިއެވެ. އެވަގުތު އެހިސާބުން އެހެން ބަޔަކު އަންނަ ކަމެއް މާއިޒް އަކަށް ނޭނގެއެވެ. މާއިޒް ތެދުވެ އެނބުރިލި އިރަށް އެހެން އައި ތިން އަންހެން ކުދިން ތެރޭން އެންމެ ކުރީގަ ހުރި އަންހެން ކުއްޖާ މާއިޒް ގައިގަ ޖެހިފަ ވެއްޓެން ދިޔައެވެ. އެވަގުތު މާއިޒްގެ ފޯނު އަތުން ދޫވިއެވެ. ނަމަވެސް ފޯނު ނަގަން ނޫޅެ މާއިޒްއަށް ހިފެހެއްޓުނީ ވެއްޓެން ދިޔަ އަންހެން ކުއްޖާ ގައިގައެވެ.

ޝާނީ ވެއްޓުމުގެ ކުރިން މާއިޒްގެ ފޯން ހިފަން އަތް ދިއްކޮށްލިއެވެ. އެއާއެކު ޝާނީ ފައި ކައްސާލައިގެން ވެއްޓެން ދަނިކޮށް މާއިޒް ޝާނީ ހިފެހެއްޓިއެވެ. ނަމަވެސް ބިންމަތީ ފައި އަޅާލުމާއެކީ ޝާނީ އަނެއްކާވެސް ވެއްޓުނެވެ.

“ކިހިނެއް ވީ؟” ޝާނީއާ އެކީ އައި މީރާ އަހާލިއެވެ.

“ނޭނގެ، ފަޔަށް ވަރަށް ތަދުވޭ އެބަ…” ޝާނީ ބުންޏެވެ. މާއިޒް ތިރި ވެލާފައި ޝާނީގެ ފައި ބަލާލިއެވެ. އޭރު ފައި ވަނީ ދުޅަވާން ފަށާފައެވެ.

“ވަރަށް ދުޅަ ވޭ އެބަ، ޑޮކްޓަރަށް ދައްކާލަން ވާނީ…” މާއިޒް ބުންޏެވެ. “ހިނގާލާފަ ދެވޭނެތަ؟” މާއިޒް އެހިއެވެ. ޝާނީ ޖަވާބެއް ނުދީ ތެދުވަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ކޮޅަކަށް ނުހުރެވުނެވެ.

މާއިޒް އެއްޗެއް ނުބުނެ ޝާނީ އަތްމައްޗަށް ނަގައިގެން ގޮސް ހޮސްޕިޓަލަށް ވަނެވެ. ޝާނީ އިމަޖެންސީ ރޫމަށް ވައްދާފައި އެވަގުތު ކުރަން ޖެހޭ ހުރިހާކަމެއް ކޮށްފައި، ފައިސާގެ ކަންތައްވެސް ނިންމާފައި މާއިޒް ނިކުތެވެ. އަދި ގޮސް ފޯން ވެއްޓުނު ހިސާބު ހޯދަން ފެށިއެވެ. ނަމަވެސް ފޯނެއް ނުފެނުނެވެ. ގާތަކުގެ ތެރޭން ފޯން ވެއްޓުނީ މޫދަށޭ މާއިޒް ހިތަށް އެރިއެވެ. މާއިޒް ދެރަ ވިއެވެ. ފޯންގައި ހުރި ޝިފްޒާގެ ފޮޓޯތައް ގެއްލުމުންނެވެ. އެއާ އެކު އެ އަންހެން ކުއްޖާ ދެކެވެސް ރުޅި އާދެވުނެވެ. ފޯން ވެއްޓުނީ އޭނަގެ ސަބަބުން ކަމަށް ވާތީއެވެ.

 

އޭގެ ތިން ދުވަސް ފަހުން މާއިޒް ހޮސްޕިޓަލްގަ އިން ދުވަހެކެވެ. ޕޭޝަންޓުން ގިނަ ކަމުން އެންމެ ފަހު ޕޭޝަންޓްގެ ނަމްބަރު ޖެހުނު އިރު މާއިޒް އިނީ ވަރުބަލި ވެފައެވެ.

ޝާނީ ދޮރު ހުޅުވާލާފަ އެތެރެއަށް ވަނުމުން މާއިޒް ބަލާލިއެވެ. އެކަކު އަނެކަކު ފެނުމުން ދެމީހުންވެސް ހައިރާން ވިއެވެ. ޝާނީ އެތެރެއަށް ވަދެ ހީލިއެވެ. ފަހަތުން ޝާނީގެ ކޮއްކޮ ނިޝާ ވަދެ ދޮރު ލައްޕާލިއެވެ.

“ތީ ޑޮކްޓަރެއް ދޯ؟” ޝާނީ އަހާލިއެވެ.

“އާނ… އިށީނދޭ” މާއިޒް ވެސް ހީލާފައި ބުންޏެވެ. ޝާނީއަށް ރަނގަޅަށް މާއިޒްގެ މޫނަށް ބަލާލެވުނެވެ. އެއްޗެއް ނުބުނެ އިށީނެވެ.

ޝާނީ ވެއްޓުނު ދުވަހު މާއިޒްގެ ފޯން އޮތި ޝާނީ އަތުގައެވެ. އެވަގުތު ފަޔަށް ތަދުވި ވަރުން ފޯން މަތިން ހަނދާން ނެތުނީއެވެ. ޝާނީ ހީކުރި އެދުވަހު ޝާނީއަށް ގެޔަށް ދެވެންދެން މާއިޒް މަޑު ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން މާއިޒް ނައުމުން ފޯން ނުދެވުނީއެވެ. ޝާނީ ފޯނުގެ ވާހަކަ ބުނަން އުޅުނެވެ. ނަމަވެސް މާއިޒް ސުވާލު ކުރަން ފެށިއެވެ.

“އަދިވެސް ފައި ރަނގަޅެއް ނުވޭދޯ؟” މާއިޒް އެހިއެވެ.

“މިހާރު އެވަރަކަށް ތަދެއް ނުވޭ، އެކަމަކު ބާރަށް ފައި އަޅާލީމަ، ހިނގާލީމަ ތަދުވޭ” ޝާނީ ޖަވާބު ދިނެވެ. މާއިޒް ޝާނީގެ ފައި ބަލާލިއެވެ. އަދި ބޭސް ސިޓީގައި ލިޔެލާފައި ސިޓީ ޝާނީ އަތަށް ދިނެވެ. އަދި ރަނގަޅު ނުވާނަމަ ދެދުވަސް ފަހުން އަންނަން ބުންޏެވެ.

“ތޭންކް ޔޫ!…” ޝާނީ ބުންޏެވެ. “ޑޮކްޓަރގެ އެއްޗެއް އެބައޮތް…” ޝާނީ ދަބަސް ތެރޭން މާއިޒްގެ ފޯން ނަގާފައި މޭޒުމަތީ ބޭއްވިއެވެ. “ހީކުރީ އެދުވަހު ފަހުން އަންނާނެ ކަމަށް، އެކަމަކު ނައިމަ… ޗާޖް ހުސްވެގެން ނިވިފަ އޮތީ… އެހެން ނޫން ނަމަ ކޮންމެސް ނަމްބަރަކަށް ގުޅާލެވުނީސް”

މާއިޒް ފޯން ނަގާ ހުޅުވާލިއެވެ.

“ގޭން ޗާޖް ކޮށްފަ ތިއޮތީ… ޕިން ޖަހަން ޖެހޭތީ ނުހުޅުވުނީ…” ޝާނީ ބުންޏެވެ.

މާއިޒް ޝާނީއަށް ބަލާލިއެވެ. އަދި ބަލަން އިނދެވުނެވެ. ޝާނީ ކުރަން އިން ހަރަކާތެއްގެ ސަބަބުންނެވެ. ޝިފްޒާވެސް ކަމަކާ ކަން ބޮޑުވެ ހާސްވާ ވަގުތު ކަންފަތުލައްވާ އެއްޗާ އެއްއަތުން ކުޅޭނެއެވެ. އެވަގުތު ޝާނީވެސް އިނީ ހަމަ އެގޮތަށް ޝާނީގެ ކަންފަތުލާ އެއްޗާ ކުޅޭށެވެ.

ޝާނީއަށްވެސް މާއިޒްއާ ދިމާއަށް ބަލަން އިނދެވުނެވެ. ކުރީދުވަހު ފާހަގަ ނުކުރެވުނު އެތައް ކަމެއް މިއަދު ޝާނީއަށް ފާހަގަ ކުރެވުނެވެ. މާއިޒްގެ މުޅިން ފަން ނޫން އިސްތަށިގަނޑެވެ. މާދޮން ނޫން މޫނެވެ. ކޮންމެވެސް ވަރަކަށް ދިގު ތުނބުޅިއެވެ. އިސްތަށިގަނޑު ކުރިމަތިން ދިގުވުމުން މާއިޒްގެ ނިތްކުރި މައްޗަށް ވެއްޓިފަ އޮތް އިސްތަށިކޮޅު ދުރު ކޮށްލަން ޝާނީ ހިތަށް އެރިއެވެ. އެ މޫނުގަ، ބޮލުގަ، ލޮލުގަ އަދި ތުންފަތުގަ އަތް ހާކާލަން ޝާނީގެ ހިތް އެދުނެވެ. އެއާއެކު ހިތަށް ސިފަވެގެން ދިޔަ ހިޔާލުތަކަކުން ޝާނީގެ މޫނު ރަތް ވެގެން ދިޔައެވެ.

މާއިޒްއަށް ޝާނީގެ މޫނު ރަތްވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ. އަދި މާއިޒްއަށް އިނދެވުނީ ޝާނީއާ ދިމާއަށް ބަލަހައްޓައިގެން ކަން އިހުސާސް ކުރެވުމުން އިސް ޖަހާލިއެވެ.

“ވަރަށް ބޮޑަށް ތޭންކްސް…” މާއިޒް ބުންޏެވެ.

 

އެދުވަހު މާއިޒްއަށް އެހެން ދުވަސް ދުވަހަށްވުރެން ބޮޑަށް ޝިފްޒާގެ ހަނދާން ވިއެވެ. ދޭތެރެ ދޭތެރެއިން ޝާނީގެ މޫނުވެސް ޚިޔާލަށް އަންނަމުން ދިޔައެވެ.

ގެޔަށް ދިޔަ ގޮތަށް މާއިޒް އެނދުގައި އޮށޯތެވެ. ސައިޑް ޓޭބަލް މަތީހުރި ޝިފްޒާއާ މާއިޒް އެކުގައި ނަގާފައިވާ ފޮޓޯ ނަގައިގެން އެއަށް ބަލަން އޮތެވެ.

“ޝިފޫ… ހާދަ މިސް ވެޔޭ…!” މަޑުމަޑުން މާއިޒް ބުނެލިއެވެ. އަދި ފޮޓޯ މޭމަތީ ބާއްވާލިއެވެ.

ދިހައެއް ޖެހި އިރުވެސް މާއިޒް ކާން ނުނިކުންނާތީ ހަސީނާ މާއިޒްގެ ކޮޓަރިއަށް ވަދެ ބަލާލި އިރު މާއިޒް އޮތީ ފޮޓޯ ފްރޭމް މޭމަތީ ބާއްވައިގެން ނިދާފައެވެ. ހަސީނާ މާއިޒްގެ އަތުން ފްރޭމް ނަގާ ސައިޑް ޓޭބަލްމަތީ ބަހައްޓާފައި މާއިޒްއަށް ގޮވާލިއެވެ.

“މާއިޒް… ކާން ތެދުވެބަލަ، ދިހައެއް ޖަހާ ބޮޑުވެއްޖެ”

މާއިޒް ލޯ ހުޅުވާ ބަލާލިއެވެ.

“ނުކާނަން މިރެއަކު، ބަނޑުހައެއް ނުވޭ…” މާއިޒް ބުންޏެވެ. ހަސީނާ އިތުރު އެއްޗެއް ނުބުނެ ނިކުތެވެ.

މާއިޒް އަނެއްކާވެސް ޝާނީ މަތިން ހަނދާން ވިއެވެ. ކަންފަތުލާ އެއްޗާ ކުޅެލަ ކުޅެލާ ޝާނީ އިން މަންޒަރު ޚިޔާލަށް ސިފަ ކުރެވުނެވެ. އެއާއެކު ޝާނީއާ ޝިފްޒާގެ ވަރަށް އެއްގޮތް ކަންތައް ހުރިކަން މާއިޒްއަށް ފާހަގަ ކުރެވުނެވެ. ހަމަ އެއް އިސްކޮޅެކެވެ. ދެމީހުންގެވެސް އޮންނަނީ އުނަގަނޑާ ހަމައަށް އަރާ ބުޅިބުޅި އިސްތަށިގަނޑެކެވެ. ދޮން ކަންވެސް އެއްވަރެވެ. ޝާނީ ހެދުން އަޅަނީވެސް ޝިފްޒާއާ އެއްގޮތަށެވެ.

އެހާވަރަށް ޝާނީއާމެދު ޚިޔާލު ކުރެވެނީ ޝާނީއާ ޝިފްޒާ އެއްގޮތް ކަމުންނޭ މާއިޒް ހިތަށް އެރިއެވެ.

އެދެ މީހުންގެ ތަފާތުކަމަކަށް މާއިޒްއަށް ފާހަގަ ކުރެވުނީ އެންމެ ކަމެކެވެ. ދެ މީހުންގެ މިޒާޖެވެ. ޝާނީއާ ދިމާވީ އެންމެ ދެފަހަރު ނަމަވެސް ޝާނީއަކީ ޝިފްޒާ ކަހަލަ މަޑުމައިތިރި ބަސްމަދު ކުއްޖެއް ނޫންކަން މާއިޒްއަށް އެނގުނެވެ.

 

ޝާނީ އެނދުގައި އޮށޯވެލައިގެން އޮތެވެ. މާއިޒްއާ މެދު ވިސްނާށެވެ. ޝާނީއަށް މާއިޒް ވަރަށް ކަމުދިޔައެވެ. މާއިޒްގެ ސިފަތަކާ ވަރަށް ގަޔާ ވެވުނެވެ. މާއިޒް ޝާނީއާ ދިމާއަށް ބަލަން އިންކަން ޝާނީއަށް އެނގެއެވެ. ނަމަވެސް އެ ބެލުމުގައި ޝާނީ އެދޭ ކަހަލަ އިހްސާސެއް ނެތެވެ. މާއިޒް ފުރަތަމަ ފެނުނު ފަހަރުވެސް އަދި ހޮސްޕިޓަލުން ދިމާވި ފަހަރުވެސް މާއިޒްގެ ލޮލުގައި ފުން ހިތާމައެއްގެ އަސަރު ވާކަން ޝާނީއަށް ފާހަގަ ކުރެވުނެވެ.

ޚިޔާލުތަކަށް ގެއްލިފަ އޮތް ވަރުން ޝިއުނާ އައި ކަމެއްވެސް ޝާނީއަކަށް ނޭނގުނެވެ. ޝިއުނާ ގޮވާލުމުން ޝާނީއަށް އަޑު ނީވުމުން ޝިއުނާ އައިސް އެނދުގައި އިށީނދެ ޝާނީގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

“އައްދޯއި!” ސިއްސައިގެންގޮސްފައި ތެދުވަމުން ޝާނީ ބުންޏެވެ.

“އައްދޯއިޔޯ… އަހަރެން ހީކުރީ އަތް އުފުރާލިޔަސް ނޭނގޭނެ ކަމަށް، ތިހާވަރަށް ގެއްލިފަ ތިއޮތީ ކޮން ހިޔާލަކަށްތަ؟” ޝިއުނާ އެހިއެވެ.

“މިއުޅެނީ ވަރަށް ސަޅި ޑޮކްޓަރެއް ފެނިގެން…” އަނެއްކާވެސް އޮށޯންނަމުން ޝާނީ ބުނެލިއެވެ.

“އަނެއްކާ ކޮންތާކު މީހެއް؟” ޝިއުނާ އެހިއެވެ.

“ދިވެއްސެއް” ޝާނީ ބުންޏެވެ.

“ކޮން ޑޮކްޓަރެއްތަ؟ ކޮން ތާކުންތަ ދިމާވީ؟” ޝިއުނާ އެހިއެވެ.

“ބުނީމެއްނު ކުރިން ދުވަހު ތޮށިގަނޑު މަތިން ވެއްޓުނު ވާހަކަ… އެދުވަހު އަހަރެން ހޮސްޕިޓަލަށް ގެންގޮސް ދިނީ ޑޮކްޓަރެކޭ…! އިއްޔެ ދައްކަން ދިޔައިމަ އެނގުނީ، އަޅެ ދޮންތާ! އޭނަ ހާދަ ސަޅިއޭ…” ޝިއުނާގެ އަތުގަ ހިފާލަމުން ޝާނީ ބުންޏެވެ.

“އަސްލުތަ؟ ކިހިނެއް ހުންނަނީ؟” ޝިއުނާ އެހިއެވެ.

“ވޭވީ ހެއާރ، ޑާކް ބްރައުން އައިސް، ދެން ނޭނގެ، އޭނަގެ ކޮންމެ ސިފައެއްވެސް ހަމަ ބެސްޓް” ލޯ މަރާލަމުން ޝާނީ ބުންޏެވެ.

“އަހަރެންވެސް ތާކުން ވެއްޓިގެން ދާންވީ ދޯ ތި ޑޮކްޓަރަށް ދައްކާލަން؟” ޝިއުނާ ބުންޏެވެ.

“ސާބަސް! މީހަކާ އިނދެގެން ބަލިވެ އިނދެ ވިހަން ކައިރިވެފަ އިން އިރުވެސް އުޅޭ ގޮތް ބަލާބަލަ! ތާކުން ވެއްޓިގެން ދޮންތަ ދާން ޖެހޭނީ ސީދާ ލޭބަރ ރޫމަކަށްނު؟” ހެމުން ޝާނީ ބުންޏެވެ.

“ދެން ސާބަސް! ވިހަން ކައިރިވިޔަސް މަށަށްވެސް ބަލާލެވިދާނެއެއް ނޫންތަ؟” ޝިއުނާ ތުން ދަމާލާފައި ބުންޏެވެ.

“މިހާ އަވަހަށް ދޮންތަބޭ މަތިން ފޫހިވީތަ؟” ޝިއުނާގެ އަތުގަ ވިކާލަމުން ޝާނީ އެހިއެވެ.

“ނޫނޭ… އޭނަދެކެ އެހާ އަވަހަށް ފޫހިވާކަށް ޕްލޭން އެއް ނުކުރަން. ދެން ބުނެބަލަ، ތި ޑޮކްޓަރަކަށް ކިޔަނީ ކޮން ނަމެއްތަ؟” ޝިއުނާ އެހިއެވެ.

“މާއިޒް” ލޯ މަރާލާފައި ޝާނީ ބުންޏެވެ.

“ދެން ދިމަލެއް ނުވާނެ ދޯ؟” ޝިއުނާ އަހާލިއެވެ.

“ނޭނގެ، ރަނގަޅު ނުވަންޏާ ދެދުވަސް ފަހުން ދައްކަން ބުނި” ދެރަވެލާފައި ޝާނީ ބުންޏެވެ.

“ރަނގަޅު ނުވިޔަސް ދައްކާނީ، ބުނާނީ ތަދުވެޔޭ” ޝިއުނާ ހިޔާލެއް ދިނެވެ.

“ދެން… އޭރުންނޯ؟ އޭނަ ހިތަށް އަރާނީ ކީކޭ؟” ޝާނީ ފާޑަކަށް ބުނެލިއެވެ.

“ޝާނީ ހާދަ ފިނޑިއޭ ދޯ؟” ޝިއުނާ ބުންޏެވެ.

“އާނ! އޭނަ ހިތަށް އަރާނެ ކިރިޔާ ތަދުވެލާ އިރަށް ކެތް ނުވެގެން އައިއްޔޭ” ޝާނީ ބުންޏެވެ.

“އަހަރެން ބުނީ ތިހެނެއް ނޫނޭ މޮޔަޔާ! އޭނަ ހިތަށް އަރާނެ އެއްޗެއް ނޫނޭ، މަމިބުނީ ޝާނީއަށް ނުކެރޭ ވާހަކަ، ގޮތެއް ވޭތޯ ބަލަން ކޮންމެސް ކަމެއް ކުރަން ޖެހޭނެއެއްނު؟” ޝިއުނާ ބުންޏެވެ.

“އެކަމަކު ދޮންތާ، އޭނަގެ އާދައިގެ ޕޭޝަންޓަކަށް އޭނަ ކޮން އިންޓްރެސްޓެއް ހުންނާނީ؟” މާޔޫސް ވެފަ އިނދެ ޝާނީ ބުންޏެވެ.

“ތި އާދައިގެ ޕޭޝަންޓެއްތަ؟ އެހެންނެއް ނުވާނެ! ތީ އޭނަ އަތްމައްޗަށް ނަގައިގެން ގެންދިޔަ ކުއްޖެއްނު؟ އެހެން މީހުންނާ ޝާނީއާ ތަފާތުވާނެ!” ވަރަށް ޔަގީން ކަމާއެކީ ޝިއުނާ ބުނެލިއެވެ.

“ކިހިނެއް އެނގެނީ؟” ޝާނީ އެހިއެވެ.

“ދެން ކޮންމެސް ގޮތަކުން އެނގޭނެ. ހޮސްޕިޓަލުން އެކަނި ދިމާވަންޏާ ޖެހޭނީ ހޮސްޕިޓަލަށް ދާން” ޝިއުނާ ބުނެލިއެވެ.

ޝާނީ އެއްޗެއް ނުބުނެ ވިސްނަން އިނެވެ.

 

ދެދުވަސް ވީއިރު ޝާނީގެ ފައި މުޅިން ރަނގަޅު ވިއެވެ. އެކަމާ އުފާ ވުމުގެ ބަދަލުގައި ޝާނީ ވީ ދެރައެވެ. މާއިޒް ދެކެލަން ދާން އޮތް ބަހަނާ ގެއްލުމުންނެވެ. ނަމަވެސް އެރޭ ކަންތައް ދިމާވީ މުޅިން އެހެން ގޮތަކަށެވެ.

ޝާނީ ސިޑިން މައްޗަށް އަރަނިކޮށް މަތިން ފޭބި ޝާނީގެ ކޮއްކޮ ނިޝާ ކައްސާލައިގެން ވެއްޓެން ދިޔަ ވަގުތު އެއްލި އަތުން ހިފުނީ ޝާނީ ލައިގެން ހުރި ހެދުމުގައެވެ. އެއާއެކު ޝާނީ އަރިއަޅާލިއެވެ. ނިޝާގެ ނަސީބު ރަނގަޅު ކަމުން ނިޝާއަށް ދަގަނޑުގައި ހިފެހެއްޓުނެވެ. ނަމަވެސް ޝާނީ އަށް ނުހިފެހެއްޓިގެން ވެއްޓުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަގޭ ދަރިފުޅާ… 2

Next

ހިޖުރަ (ފަންސަޔާޅީސްވަނަ ބައި)

Next
November 2, 2015

ހިޖުރަ (ފަންސަޔާޅީސްވަނަ ބައި)

Previews
November 2, 2015

މަގޭ ދަރިފުޅާ… 2

13 Comments!

  1. nym says:
    November 2, 2015 at 6:44 pm

    Mee kurin fotheh gothah nerunu vaahaka eh dho??
    Btw itx really nice ?

  2. nukko says:
    November 2, 2015 at 6:47 pm

    Habeyxx…nd dhn oii bai vs avahah up kohbba.. bunymehnu kurin up kuri vaahaka ekey ehn syt ehga so u can up it daily dww… pleeeex up kohbba kiya kiya foohi nuvaa vaahaka eh miee.. nukko lap in evarah kiyan adhi Mihaaru mi syt in vs.. hehe.. v nyc ingey… 🙂 🙂 🙂

    1. Luvna says:
      November 2, 2015 at 7:28 pm

      Nukko kn site ehgga tha mi story iny plz tell

    2. me says:
      November 2, 2015 at 7:55 pm

      v salhi. kon sitehga tha kurin neruny?
      bunedhybala. v salhi mivaahaka

    3. MarSha says:
      November 2, 2015 at 9:52 pm

      Kurin hury muraasil, araamagu adhi marsha ge blog ga.. ekamu mihaaru nuhunnaane.. marshage blog ves close kohfin… maadhan up nukurevidhaane, but iraadha kurevviyya wednesday ga kohdheynan dhigu koh… thnx

  3. nunnu says:
    November 2, 2015 at 7:13 pm

    V reethi marsh!
    Eagerly waiting for next part
    Avahah up koh dheeba

  4. Luvna says:
    November 2, 2015 at 7:56 pm

    Wow. Very nice. Hope to see next part soon. ????????

  5. MarSha says:
    November 2, 2015 at 10:04 pm

    Kurin vaahaka genesdhiny muraasil n araamagu dhen marsha ge blog ga. But mihaaru e site thakun nufeney n marshage blog close kohfin…. sorry!! ? maadhan vaahaka genesnudhevidhaane ekamu iraadha kurevviyya budha dhuvahu dhigu koh genesdheynan.. thnx hurihaa kudhin.. ☺

  6. Sahnyx says:
    November 4, 2015 at 10:38 pm

    Ma athuga iben thi vaahaka muraasil in negi gotha

    1. xaanaa says:
      November 5, 2015 at 8:37 am

      mashah mail kola dheyn v nu thi vaahaka, mihaa lahun up kuraathy cant wait… alhe mikan kohdheynan tha

  7. raain says:
    November 5, 2015 at 6:34 pm

    Updated haadha slowey

  8. Sahnyx says:
    November 5, 2015 at 6:57 pm

    Mail fonuvaa….mail koh dheynan

  9. liyanneynge says:
    November 25, 2019 at 9:00 pm

    can you please write properly its very difficult to read tho

Comments are closed.

Next Episodeވަކިވީ އަސަރާ މަންޒަރު…3←


All Right Reserved!