“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިޞްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިޞްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ. އޭނަ ސީރިއަސް މޫނަކާއެކީ އިރުކޮޅެއް ވަންދެން ހުރިތާ ހުރެފައި ގެއިން ނިކުންނަން ހިނގައިގަތެވެ.
މިޞްބާޙް ދެއްކި ވާހަކަތައް އިވިފައި ވަޙީދުގެ ހީ ޔަޤީނަކަށް ބަދަލުވިއެއްކަމަކު އޭނަ ސިނާނާއި ހަމައަށް ދިޔުމުގެ ކުރިން އަދިވެސް އިތުރަށް ހޯދަން ބޭނުންވިއެވެ. ކަން ހިނގިގޮތް ޒާހިޔާއާއި މިޞްބާޙްގެ ނަޒަރިއްޔާތު ފިޔަވައި އެހެން މީހުންގެ ނަޒަރިއްޔާތުތަކުން ވެސް ދެނެގަންނަން ބޭނުންވިއެވެ. އެހެންކަމުން އޭނަ އެރޭ ޖަލްސާއަށް ގޮސް ވާހަކަ ދެއްކީ ކާކުތޯ ހޯދުމަށްޓަކައި ރަށުގެ އެކި މީހުންނާއި ސުވާލުކުރަމުން ދިޔައެވެ. ލިބުނު ޖަވާބުތަކުން އޭނައަށް އެންމެ ފަހަކަށް ޝަރީފްގެ ފިހާރައަށް ދެވުނެވެ. ކަން ދިމާ ކުރި ގޮތުން ޝަރީފް ހުރީ ފިހާރައަށް އަލަށް ގެނެވޭ އެއްޗެހި ލައި އެއެއްޗެއްސަށް އަގު ހެދުމަށްޓަކައި ހަދާފައި ހުންނަ އޮފީހުގައެވެ. ވަޙީދު އެ އޮފީހަށް ގޮސް މޭޒުދޮށުގައި އިން ޝަރީފަށް އަދަބުވެރިކަމާއެކީ ތަޢާރަފުވެ ސަލާމްކޮށްލިއެވެ. ވަޙީދަކީ މުޅި ޤައުމުން ވެސް ހޮވާލެވޭފަދަ މަޝްހޫރު ވިޔަފާރިވެރިއަކަށްވީތީ ޝަރީފް ވަގުތުން ކޮޅަށް ތެދުވެ ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. އެހެނަސް ދުރުދުރުން ވާހަކަ ދައްކަމުން ގޮސް ވަޙީދު ފެށި ވާހަކައިން ޝަރީފްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. ވަޙީދު އެއީ ޙަޤީޤަތުގަ މިޞްބާޙްގެ ކަމެއްނޫންދޯއޭ ބުނެލި ތަނާހެން ޝަރީފް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަށް އެނގޭ މިޞްބާޙަކީ ތި ބޭފުޅާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަން. އެކަމަކު އޭގެ ސަބަބުން އަޅުގަނޑެއް ނުބުނާނަން އޭނަ ރަނގަޅެކޭ. ކުއްޖަކު ނުބައި ކަމެއް ކުރީމަ އަޅުގަނޑުމެން ނުވާނެދޯ އެ މީހުންނަށް އެގޮތަށް ކަންތައް ކުރުމަށް ހިތްވަރުދޭން؟” ޝަރީފް ސީރިއަސް ނަޒަރެއްގައި ހުރެ މަޑުމައިތިރި އަޑަކުން ބުންޏެވެ.
“އާނ އެކަމަކު އަޅުގަނޑަށް މިއަދު އިވުނު ވާހަކައަކުން ހީވަނީ މިޞްބާޙެއްނޫންހެން ގޯސްކަމެއްކުރަން އުޅުނީ.” ވަޙީދު ދެބުމަ ކައިރިކޮށްގެން ހުރެ ބުނެލިއެވެ.
“މިޞްބާޙް ފެށުނީއްސުރެ ވެސް އަޅުގަނޑު އެރޭ ސަލާމަތް ކުރި އަންހެން ކުއްޖާއާއި ކައިރިވާން މަސައްކަތް ކުރި. އަޅުގަނޑު އަމިއްލަ ލޮލުން ދުށިން.” ޝަރީފް ހިސާބަކަށް ރުޅި އައިސްފައި ހުރެ ބުންޏެވެ. ޝަރީފްގެ ވާހަކައިން ވަޙީދު އޮޅުން އެރިއެވެ. މިއީ އަދި އެހާ ފަސޭހައިން ދެނެގަނެވޭނެ ކަމެއްނޫންކަން އޭނައަށް އެނގުންވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ޝަރީފަށް އެނގޭތަ އެއީ ކޮން ގެއެއްގެ އަންހެން ކުއްޖެއްކަން؟” ވަޙީދު ސުވާލުކުރިއެވެ. އެއާއެކު ޝަރީފްގެ ހިތް ނުތަނަވަސްވިއެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރުމަށްފަހު އޭނައަށް ވާހަކަ ދެކެވުނެވެ.
“އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ކުއްޖެއްކަމެއް. މި ރަށު ކުއްޖެއްނޫން އެއީ. އެ ކުއްޖާ ބުނެދީގެން އެކުއްޖާ ގެއަށް ގެންދެވުނީވެސް. މިހާރު ހަނދާނެއްނެތް އެގޭގެ އެޑްރެސް.” ޝަރީފް އޭނަގެ މޫނުމަތިން ކަންބޮޑުވުން ފިލުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ދޮގެއް ހެދުނީތީ އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އެހެނަސް އޭނަ ދޮގެއް ހެދީ އަމިއްލަ ދަރިފުޅަށްޓަކައިކަމަށްބުނެ ޝަރީފް އަމިއްލަ ނަފްސަށް ބަހަނާއެއް ދެއްކިއެވެ.
“އެކުއްޖާ ނޭނގެންޏާ ޝަރީފަށް ކިހިނެއް އެނގެނީ މިޞްބާޙް އެކުއްޖާއާއި ކައިރިވާން އުޅުނުކަން؟” ވަޙީދު ދެންވެސް ނިތަށް ރޫއަރުވައިގެން ހުރެ އަހާލިއެވެ.
“އެކުއްޖާ ދަނީ އަޅުގަނޑުގެ ދަރިފުޅުދާ ސްކޫލަށް. ދަރިފުޅު ބަލައި ދާ ކޮންމެ ފަހަރަކު ފެނޭ މިޞްބާޙް އެ އަންހެން ކުއްޖާއާއެކީ ހުންނަތަން.” ޝަރީފް މިފަހަރު އިހުނަށްވުރެ ފަސޭހައިން ޙަޤީޤަތް އޮޅުވިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ނޭނގިފައި ހުރެ މަޑުމަޑުން ބޯޖަހާލިއެވެ. އެއަށްފަހު ގަދަކަމުން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެ ޝުކުރު އަދާކޮށް ޝަރީފާއި ސަލާމް ކޮށްލަމުން އޮފީހުން ނިކުމެގެން ދިޔައެވެ. އެވަގުތު ޝަރީފްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ މިޞްބާޙަށް ޙައްޤުވާ އަދަބު އޭނައަށް ލިބެން އުޅޭހެން ޝަރީފަށް ހީވުމުންނެވެ. އޭނައަށް ނޭނގުނު ކަމަކީ ވަޙީދު އޭނަ ބުނި ވާހަކަތައް ޤަބޫލު ނުކުރާކަމެވެ. އަދިވެސް އިތުރު ހޯދުންތައް ހޯދަންޖެހޭ ކަމުގައި ވަޙީދު ދެކުނެވެ.
އެރޭގައި ކަންތައް ހިނގިގޮތް ސާބިތުކުރެވޭނެ ގޮތަކާއިމެދު ވިސްނަމުން ދިޔައީ ވަޙީދު އެކަންޏެއްނޫނެވެ. އަފްރީން ވެސް އޭނައަށް ލިބޭ ހުސް ވަގުތުތަކުގައި މިޞްބާޙްގެ މައުސޫމްކަން އެންމެނަށް ޔަޤީންކޮށްދެވޭނެ ފަދަ ގޮތެއް ރޭވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނަ އެދުވަސްތަކުގެ މަތިން ހަނދާންކޮށް އޭނައަށް އެއްވެސް ހެއްކެއް ލިބޭނެ ގޮތެއް އޮތްތޯ އަމިއްލަ ނަފްސާއި ސުވާލުކުރެއެވެ. ނައުފާމެންގާތު ބައްޕަކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދެންވީ ކަމުގައި އަފްރީންގެ ހިތް ބުނެއެވެ. އެހެނަސް ނައުފާމެން އޭނަ ބުނާހާ ގޮތަކަށް ކަންތައް ކުރާނެ ހެއްޔެވެ؟ މިއަދު ވެސް އެމީހުން އޭނައާއި ދެކޮޅަށް ރޭވުމެއް ނުރާވާކަމެއް ނޭނގެއެވެ. މިއަދުވެސް ސިނާނާއި އެމީހުންނާއި މެދުގައި ގުޅުމެއް އޮންނާނެބާވައެވެ. އެ ސުވާލު ހިތަށްވެރިވާ ކޮންމެ ފަހަރަކު އަފްރީންގެ އެ ހިތް ބިރުގަނެއެވެ. އެހެނަސް އޭނަގެ އެހީތެރިއެއް ކަމުގައި ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާން ކުރުމުން އޭނަގެ ހިތް ހަމަޖެހެއެވެ.
އެއްދުވަހު އަފްރީން ފޭސްބުކަށް ވަދެގެން އިންދާ އޭނައަށް ފްރެންޑް ރިކުއެސްޓެއް ލިބުނެވެ. އެއީ ކާކުގެ ރިކުއެސްޓެއްތޯ ބެލިއިރު އޭތި ލިބިފައިވަނީ “ރާޔާ ވަޙީދު” ނަމަކަށް ކުއްޖެއްގެ ފަރާތުންނެވެ. ނަމުގެ ދަށުގައި އެއްވެސް ނަމެއް ނެތުމުން މިއީ އޭނައަށް އެއްގޮތަކަށްވެސް ނޭނގޭނެ ކުއްޖެއްކަން އަފްރީނަށް އެނގުންވިއެވެ. ރާޔާ އިތުރަށް ދެނެގަތުމަށްޓަކައި އޭނަ ރާޔާގެ ޕްރޮފައިލަށް ދިޔައެވެ. ޕްރޮފައިލް ޕިކްޗާރގައި ހުރީ، ރަތް ކުލައިގެ އަތްދިގު ކުރު ހެދުމަކާއި ފަޔާއި ހަމައަށް އޮތް ކަޅުކުލައިގެ ސްކާޓަކާއިއެކީ ރަތްކުލައާއި ކަޅުކުލައިގެ ރޮނގުތައް އެޅިފައިވާ ޝޯލްއެއް އަޅައިގެން ފެންއަރުވާ ވަޑާމެއްގެ ކުރިމަތީގައި ހުއްޓި ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ފުރިހަމަ ހިނިތުންވުން އަފްރީނަށް ކޮންމެވެސް މީހެއްގެ މަތިން ހަނދާން ކޮށްދިނެއްކަމަކު އެއީ ކާކުގެ ހަނދާނެއް ކަމެއް ނޭނގުނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ އަފްރީނަށް މެސެޖެއް ލިބުނެވެ.
“ވީ ނީޑް ޓު ޓޯކް.” ރާޔާ ފޮނުވި މެސެޖުގައި އޮތީ ހަމައެކަނި އެހެންނެވެ. އަފްރީނަށް ޙައިރާންވެފައި އެ މެސެޖަށް ބަލަން އިނދެވުނެވެ.
**
ނަޞްރާގެ ޚިޔާލާއި އެއްގޮތަށް ޔޫނުސް ރާއްޖެ ޕްރެސްގެ އެހެނިހެން މުވައްޒަފުންނާއެކީ ވެބިނާރއެއް ބޭއްވުމަށްޓަކައި ސިޔާސީ ލީޑަރުންގެ އިޒުނަ ހޯދޭތޯ މަސައްކަތް ކުރިއެވެ. ވައިބާރ މެދުވެރިކޮށް އޭނަގެ ބައިވެރިން އެންމެ ފުރަތަމަ ވެސް ނަވާޒްގެ އިޒުނަ ހޯދުމުގެ ވާހަކަ ދެއްކުމުން ޔޫނުސް ވީ ފޫއްސާއެކީ އެ އިންޓަވިއު ބާއްވާނީ އެންމެ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ ބަދަލުގައި އެވަގުތު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރަކު އިންޓަވިއު ކުރުމުގެ ޚިޔާލު ޔޫނުސް ދިނެވެ. ބައެއް މީހުން އެކަމާ ނުރުހުން ފާޅުކުރިއެއްކަމަކު އެ ބައްދަލުވުން ނިމުނީ ޔޫނުސްގެ ޚިޔާލަށް އެންމެން އެއްބަސްވުމަށްފަހުގައެވެ.
ޔޫނުސް ހީކުރިވަރަށްވުރެ ވެސް ފަސޭހައިން އޭރު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރެއް ކަމަށްވާ ސުހެއިލް ޙަސަން ވެބިނާރއަށް އައުމަށް އެއްބަސްވިއެވެ. އެއްބަސްވީ ވެސް ނުހަނު ކުޑަ އަގަކަށެވެ. ޔޫނުސް ވީ އުފަލާއެކީ އޭނަގެ ބައިވެރިންނަށް އެ ވާހަކަ އެންގިއެވެ. ވެބިނާރއެއް ބާއްވަން ނިންމީއްސުރެ ރާއްޖެ ޕްރެސްގެ މުވައްޒަފުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އެއާއިބެހޭ މަޢުލޫމާތުތައް ޢާއްމުންނާއި ޙިއްޞާކުރަން ފެށިއެވެ. ފުރަތަމަ އިންޓަވިއު ނުވެސް ބޭއްވެނީސް އެ އިންޓަވިއުތައް ބޭއްވުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. މިފަދަ ގޮތަކަށް ސިޔާސީ ލީޑަރުން އިންޓަވިއު ކުރުމަކީ އާ ކަމަކަށްވާތީވެއެވެ. އަދި ބައެއްމީހުން ޔޫނުސް ޕްރެޒެންޓަރެއްގެ ގޮތުގައި ދެކެން ބޭނުންވާކަން ވެސް ކޮމެންޓްތަކުން އެނގެމުން ދިޔައެވެ.
ޔޫނުސް އިންޓަވިއުއެއް ހުށަހަޅަން ނުހަނު މޮޅުވާނެ ކަމަށް ޢާއްމުން ބުނަމުން ދިޔައެއްކަމަކު ޙަޤީޤަތަކީ އެއީއެއްނޫނެވެ. ހުށަހެޅުމުގެ ޚިޔާލުން ވެސް އޭނަ ނުތަނަވަސްވަމުން ދިޔައެވެ. ވެބިނާރ ފަށައިގަންނާނެ ގޮތް އޭނަ ގަނޑެއްގައި ލިޔެ ސިއްރުސިއްރުން އަމިއްލަ ނަފްސަށް ކިޔައިދެމުން ދިޔައެވެ. ނަޞްރާއަށް ވެސް “ފިލައިގެން” އޭނަ ފަރިތަކުރަމުން ދިޔައީ، އޭނަގެ ނަޒަރުން އޭނައަށް އެ ލިޔުން ކިޔެމުން ދިޔައީ އެންމެ ކަމުދާ ގޮތަށް ކަމުގައި ނުވާތީވެއެވެ.
“ތިގޮތައްތަ ހުށަހަޅަން އުޅެނީ؟” އެއްރެއެއްގެ ދަން ގަޑިއެއްގައި ޔޫނުސް އޭނަގެ ގަނޑުތައް ހިފައިގެން ސިޓިންގް ރޫމުގެ ސޯފާގައި ކިޔަން އިންދާ ފުރަގަހުން އިވުނު ނަޞްރާގެ އަޑަށް އޭނަ ސިއްސައިގެން ދިޔައެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު ސޯފާގެ ކައިރީގައި ހުރި ނަޞްރާއަށް ހެވެން ފެށިއެވެ. ޔޫނުސްއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ އިސްޖަހާލަމުން އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައަކުން ލުއި ގޮތަކަށް ހީލިއެވެ. އޭނަ މާޔޫސީ ގޮތަކަށް އަތުގައި އޮތް ގަނޑާއި ދިމާލަށް ނަޒަރު ހުއްޓާލި ގޮތުން ނަޞްރާގެ ހުނުން މަޑުވިއެވެ. މިއީ ސަމާސާކުރަންވީ ވަގުތެއްނޫންކަން ނަޞްރާއަށް އެނގުންވިއެވެ. އޭނަ ޔޫނުސްއަށް ބަލަން ހުރެފައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. އަދި އޭނައަށް އެ ގަނޑު ދެއްކުމަށް އެދުނެވެ. ޔޫނުސް ނަޞްރާއަށް ބަލާފައި ގަނޑު ނަޞްރާގެ އަތަށް ލައިދިނުމުން އޭނަ އޭތި ކިޔަން ފެށިއެވެ. އަދި މިއަށްވުރެ ރީތި ގޮތަކަށް ވެސް ފެށިދާނެއެއްނޫންހެއްޔޭ ނަޞްރާ ބުންޏެވެ. އިސްޖަހައިގެން ހުރި ޔޫނުސްއަށް ކުއްލިއަކަށް ނަޞްރާއާއި ދިމާލަށް ބަލާލެވުނެވެ. ނަޞްރާ ޔޫނުސްއަށް އޭނަގެ ޚިޔާލު ކިޔައިދިނެވެ. ޔޫނުސްއަށް ނަޞްރާ ކިޔައިދިން ތަޢާރަފު މާ ކަމުދިޔައެވެ. އެހެން ކަމުން އޭނަ މޭޒުމަތީގައި އޮތް ގަލަމާއި ކްލިޕް ބޯޑް ނަގައި އާ ތަޢާރަފެއް ލިޔަން ފެށިއެވެ. އޭނަ ލިޔެ ނިމުނުތަނާހެން އޭތި ކިޔުމަށް ނަޞްރާ އެދުނެވެ. ޔޫނުސް ވަގުތުން އިންކާރު ކުރިއެވެ. އެހެނަސް ނަޞްރާ ގޮތްދޫނުކުރުމުން އޭނަ ޖެހުނީ ކިޔާށެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ނަޞްރާ އޭނަ ހުށަހެޅި ގޮތާއިމެދު މަލާމާތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހުށަހެޅުމުގައި ހުރި ނޭދެވޭ ކަންތައް ފާހަގަކޮށްދީ އެކަންތައް ރަނގަޅު ކުރވޭނެ ގޮތްތައް ކިޔައިދިނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަޞްރާއާއެކީ ފަރިތަކުރަން ޔޫނުސްއަށް ފަސޭހަވިއެވެ. މާ ގިނައިރެއްނުވެ ޔޫނުސްއަށް ޚުދު އޭނައަށް ވެސް ކަމުދާފަދަ ގޮތަކަށް ތަޢާރަފު ކިޔެން ފެށިއެވެ. އޭނަ އެންމެ ފަހު ފަހަރަށް ތަޢާރަފު ކިޔައި ނިމުނުތަނާހެން ނަޞްރާ އަތްތިލަ ބަޑިޖެހިއެވެ. ނަޞްރާގެ އެ ޙަރަކާތުން ޔޫނުސްއަށް އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެވުނެވެ. ތަޢާރަފު ފަރިތަކުރުމަށްފަހު ޔޫނުސް ނަޞްރާއާއެކީ ސިޔާސީ ލީޑަރާއި ކުރާނެ ސުވާލުތައް ތައްޔާރު ކުރިއެވެ. އެއަށްފަހު ނަޞްރާއަކީ ސިޔާސީ ލީޑަރެއް ކަމުގައި ދެކިގެން ޔޫނުސް އެ ސުވާލުތައް ނަޞްރާއާއި ކުރިއެވެ. ނަޞްރާ ދެމުން ދިޔަ ސަމާސާވެރި ޖަވާބުތަކަކުން ޔޫނުސްއަށް ހެވެމުން ދިޔައެވެ. ދެމީހުން ހުނުމުގައި ތިއްބާ ޔޫނުސްއަށް ނަޞްރާ ވަރުބަލިވެފައިހުރި މިންވަރު އެނގުންވުމުން އޭނަ ނަޞްރާގާތު ނިދަން ދިޔަޔަސް މައްސަލައެއްނެތް ކަމުގައި ބުންޏެވެ. ނަޞްރާ ޔޫނުސްގާތު ވެސް އަވަހަށް އަންނާށޭ ބުނަމުން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް އަދިވެސް އެއްފަހަރު އޭނަ ތައްޔާރު ކުރި ސުވާލުތައް މުރާޖަޢާކުރުމަށްފަހު ނިދަން ދިޔައެވެ. އޭނަ ނިދަން ތައްޔާރުވެގެން އެނދަށް އެރިއިރު ނަޞްރާ އޮތީ ގަދަ ނިދީގައެވެ. ނަޞްރާއަށް ބަލަން އިނދެ ޔޫނުސްއަށް ހީލެވުނީ ނަޞްރާ ކުރި ސަމާސާތައް ހަނދާންވެފައެވެ. އެ ހަނދާންތައް އާވުމުގެ ތެރެއިން މިހާތަނަށް ނަޞްރާ އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތައްވެސް ސިކުނޑިއަށް ވެރިވުމުން ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އޭނައަށް ބީރައްޓެއްސެއް ކަމުގައިވީ މީހަކު މިއަދު އޭނައަށް އިންތިހާއަށް މުހިއްމު މީހަކަށްވީ ގޮތުން ޔޫނުސްގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. އޭނައަށް ހިތާހިތުން ނަޞްރާއަށްޓަކައި ހުރިހާ ހެވެއް އެދެވުނެވެ. ނަޞްރާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ޝުކުރުކުރެވުނެވެ. ޔޫނުސް ނަޞްރާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޮށޯތެވެ. އެއަށްފަހު ނަޞްރާގެ ކައިރިއަށް ޖެހިލަމުން އޭނަގެ ގައިގައި ބައްދާލިއެވެ.
ވެބިނާރ ބާއްވަން ހަމަޖެހިފައި އޮތް ރޭ ޔޫނުސްއާއި އެ އަތޮޅުގައި އުޅޭ ރާއްޖެ ޕްރެސްގެ އެހެނިހެން 5 މުވައްޒަފުން ސުހެއިލް ކުއްޔަށް އުޅެމުން ދިޔަ ގެއަށް ކާރެއްގައި ދިޔައެވެ. އެގޭގެ ބޮޑު ސިޓިންގް ރޫމުގައި ބޭއްވިގެން ދިޔަ އިންޓަވިއު 20000 އަށްވުރެ ގިނަ މީހުން ސައިޓް މެދުވެރިކޮށް ވަގުތުން ބަލަމުން ދިޔައެވެ. ޔޫނުސް ސުހެއިލާއި ވާހަކަ ދައްކަމުން ދިޔައީ މާތް ބަހުން ކަމަށްވިޔަސް އޭނަގެ ވާހަކައިގައި އެކުވެރި ގޮތެއްވިއެވެ. ގިނަ ޢަދަދެއްގެ ބަޔަކު އިންޓަވިއު ބަލަމުން ދިޔައިރުވެސް އެކަމަށް ތަޢުރީފު ކުރިއެވެ. ޔޫނުސް ކުރަމުން ދިޔަ ސުވާލުތަކަކީ ގިނަ މީހުން ޖަވާބު ބޭނުންވެގެން ތިބި ސުވާލުތަކެއްކަމަށް އެންމެން ވެސް ޤަބޫލުކުރިއެވެ. ކޮންމެ ސިޔާސީ ލީޑަރެއް ފަދައިން ސުހެއިލް ވެސް ހުރިހާ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ އޭނައަކީ އެންމެ ހެޔޮ މީހާހެން އެންމެނަށް ހީވާ ފަދައަކުންނެވެ. ޔޫނުސް އޭގެއިން އެއްވެސް ވާހަކައަކީ ދޮގަކަށް ވެދާނެ ކަމަކަށް ޢިޝާރާތެއް ނުކުރެއެވެ. އޭނަ އިންޓަވިއު ނިންމާލީ ވެސް ސުހެއިލަށް އިންތިޚާބުން ކާމިޔާބީއަކަށް އެދެމުންނެވެ. ވެބިނާރ ނިމުނުތަނާހެން ސައިޓްއިން އެ އިންޓަވިއު ފޮނުވާފައި ހުރި ގޮޅީގެ ދަށަށް އެތައް ބައެއްގެ ކޮމެންޓްތައް އަންނަން ފެށިއެވެ. ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަޞްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.







Assalam’alaikum 🙂 varah bodah sorry mihaa lahun genesdhevunythy. dhen oiy bai thursday ga dhigukoh genesdheveytho balaanan In Sha Allah
v sahi.. kyp it up ingey… whn next part???
BTW im first dw!!!
yes you are first dear reader. hehe….Alhamdhulillah (All praise and thanks belongs to Allah) 😀
???????
🙂 😀 😛 <3 <3 <3
Haada kuray.varah kiyaahithun huhtaa thi ninmaaly
varah avahah vaahaka ehkoh ves nimeyne ingey yaan? 😀 nimey irah kiyaa hiy filuveytho balaanan 😛 hehe……Alhamdhulillah! 😀
Yunus vs rolleyes. Mibaivs varah reethi. Masha allah. Dhen kuriah vaane goi kiyan curìusly waiting. Hope to see next part soon. ????Again ana uhhibbu this story very much.???
Curiously* and even i agree with sim?☺? this story is filled with morals and it may help many to go in right path. But i dont like politics bai.???
hehe…..eyes roll kureveyne ehnu dhen ekahala vaahaka thah ivunyma 😀 Alhamdhulillah! jana ah neyngey arabi ehaa varakah. enoon nama arabin javaabu dhineemus…..
Luvna ahves kamaku nudhey dho politics? jana ahves kamaku nudhey. 😛 jana ge nazarun haqeeqathuga mi vaahakaiga ehaa varakah politics eh neiy. mi bai kuruvyma kanneynge ethankolhu maa bodah highlight vy. 😀
Janaa mivaahaka fotheige sifaagai neren nuvisnanthoa? Fotheige sifaagai nerefinama online kon kiyumuge furusathu nulibey faraathakahves vaahaka kiyaalumuge furusathu libeyne adi egothah kiyaa konmeves faraahthakakah Allah hidaayah deivumuge furusathakahves mi vaahaka vun ekasheegenvey Insha Allah. Allah janaage masakkathugaa barakaai lahvaa ufaaveri hayaathei minvaru kurahvaashi. Aaameeen.
Ameen! Allah sim ah ves e niumaiy dhevvaashi. Ameen! 🙂
sim jana eba visnan thikama. janage ekuverinves thi kamah eba hiyvaru dhey. aslu hama jana bodah publish kuran beynunvany ves mi vaahakaige sababun meehunge hiythakugai Quranattakai kudaminun curiosity eh hedhun. aharumenge therein gina meehun Quranaai varah dhuru. dhiriulhumuge kureekolhu jana ves Quran kiyeviyas ein bunaa ehcheh neyngeythy madu madun Quranaa dhuruvamun dhiyaee. aslu Quranuge furihamakan aharumennah engenya aharumen eyaai dhuruvaakah beynumeh nuvaane In Sha Allah. mi vaahaka kiyaafa Quranaai medhu kiyuntherin ithurah dhenegannan beynunvaane fadha gothakah jana genesdhiny ehenvyma.
In Sha Allah ehdhuvahu mi vaahaka fothegge sifaiga fennaane 🙂
Alhdulillah. Varah ifaaveije fotheige sifaaga nerumuge visnun hureema. In Sha Allah janaage masakkathugaa Allah barakaai lavvaa fotheige sifaagai kiyun theringe hamayah movaahaka genesdinumuge enmehaa maguthah thanavas kohdeivaandeyve. Adi janaage ithuru vaahaka thakeives kiyun therin naa hamayah genes deveyne goi minvaru kurahvaashi. Aameen. In Sha Allah aharen mivaahaka kithame agu bodas gannaanah
What will happen next? I m soooo soooo curious?
ekkala kitty 😛 vaahaka aa medhu nuvisneyne gothah up vandhen ehen hobby eh hoadhanvy ehnu? thankolheh productive hobby eh? 🙂
Siyaasee bai maa bodah genessa hunnaathy foohi..plx ebai madhu kohlaba
mi vaahaka siyaasy vaane dho maigandu shakhsiyyathakah noosveriaku hurefa eynage bappa aky siyaasy leaderakah veema 😛 aslu jana dhekey gothuga siyaasy bai maa ginaeh noon. gina nama jana e hurihaa siyaasy jalsaa thakaa hurihaa campaign akaai hurihaa muzaaharaa egge vaahaka genaimus. aslu e vaahaka thahves gennan kurin nimmaigen hury 😛
veehaves beykaaru baeh nulai shauquverikoh genesdheveytho balaanan ingey ammuty? vaahaka nimen mihaa kairi vefa oiyvva kulliakah vaahakain vaane ehcheh jana akah badhaleh nukureveyne 🙂
Janaa sim ebuni hen fothehge sifaaga mivaahaka genesdheyn khiyaaleh nukurantho? Aharennah heevaa gothun mi vaahaka ah varah bodu thaaeedheh libeyne.. Mee meehunnaa varah gulhey hageegathaa ehgoi vaahaka eh v ma aharennah ves mivaahaka varah kamudhey. Online koh nukiyey meehunnah fothun kiyaalan libumaky ves kihaa bodu faseyha eh? Mi part ves varah reethi. Maashaa alllah. Jana ah adhah vure fehi maadhamaa akah edhen. Insha Allah.
hmm jana khiyaalu eba kuran abhy. thaaeedheh libunas nulibunas mi vaahakaige sababun emme meehakah ves faidha kuriyya ey varah bodu kaamiyaabee eh kamugai dhekeynan In Sha Allah. 🙂
abhy ahves Allah adhah vure fehi maadhamaa eh minvaru kuravvaashi. Ameen! 🙂
Ehaa siyaasee nukurahchei mi story..i dnt like siyaasee kanthah
hmm balaany Saamee In Sha Allah 🙂
I agree with sim please try janaa
i will In Sha Allah 😀
dhen afreen ge bai genesdhy… mihaaru hus misbaahaa yunus ge bai hunnany.
mi baigaves Afreen ge bai huttennu Anonymous? 😀 aslu mihaaru bodu massalathah hury Misbaahaa Yunusge baiga ehnu dho? ehenve ebaithah maa ginain annany 🙂
Reethi. Ekamu siyaasee bai ginaveema kamakunudhey.
siyaasy baithahves vaki varegga bahattaigen shauquverikoh genesdheveytho balaanan In Sha Allah. Alhamdhulillah! 😀
Vvvvvv reethi mivaahaka
Alhamdhulillah! 😀
Vvvvvv reethi mivaahaka
Alhamdhulillah! 😀
FB Post:
My dear brothers and sisters, i remember telling you that i couldnt find the story night on suratul Qasas. But i found it again Alhamdhulillah! Its only the audio. So what i would recommend you to do is to look at the translation from tanzil.net so that you could follow along and concentrate In Sha Allah. Here you go and enjoy! 😀
https://www.youtube.com/watch?v=pCBheDHW2-s
Jazaajallah khair jana..v.ufaavey thikaha fb post genesdheythy..ethuru hivvareh libeny.
Wa iyyaaki! 😀
kn irakun tha up kohdhenyyy