މަންމަ ހަމައަކަށް އެޅެންދެން މަންމަކައިރީ ހުންނަން މާޔާ ބޭނުންވީއެވެ. އެރޭ މާޔާ ނިދީވެސް ފަޒީލާ ކައިރީއެވެ. އޭގެ އަނެއް ދުވަހެވެ. ކިޔާން މާލެ އައީ މާއިޝާ ކައިރިއަށެވެ. ރައްޓެހި ކުދިންތަކަކާ އެކީ ޝަހާ ހުޅުމާލެއަށް ދާން އައި ވަގުތަކީ ކިޔާންވެސް އައި ވަގުތު ކަމުން ދެމީހުން ޓާރމިނަލް ކައިރިން ދިމާވިއެވެ. ކިޔާނާ ވާހަކަ ދައްކަން ޝަހާ އުޅޭތާ ކޮންދުވަހެއް ހެއްޔެވެ؟ އެހެންނަމަވެސް އެ ވަގުތު ނުލިބެއެވެ. މިއަދު ކިޔާނާ ދިމާވުމުން ޝަހާ ވާހަކަ ދައްކަން ބޭނުންވިއެވެ. ކިޔާން […]
ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ހީން އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ހީންއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. “ކިހާ ދުވަހަކުތަ ތިގޮތައް ފިލައިގެން އުޅޭނީ ” އަކްޝަމްގެ ސުވާލުން ހީން ސިހިފައި އަކްޝަމަށް ބަލާލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހީންގެ މޫނުމައްޗައް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. އަދި އަތުން ދޫކޮށްލުމަށް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. […]
“ތިދެމެދަށް މާއިޒްގެ ޕާސްޓް ނުވަންނާނެ ކަން ޔަގީންތަ؟” ޝިއުނާ އެހިއެވެ. “ޝިއުނާ އަންޑަރސްޓޭންޑް ވާނެ ކަމަށް ހީކުރަން، އަހަރެން ޝިފްޒާ ދެކެ ވަރަށް ލޯބިވީން… މިހާރުވެސް ވޭ، އަހަރެން ހިޔެއް ނުކުރަން އެހެން ކުއްޖަކު ދެކެ ދުވަހަކުވެސް ދެން ލޯބި ވެވިދާނެ ކަމަކަށް… އެކަމަކު ޝާނީ ފެނުނީމަ… ނޭނގެ މި ފީލިންގްސް ބުނެދޭނެ ގޮތެއް… އަހަރެން ދުވަހަކުވެސް ޝިފޫ މަތިން ހަނދާނެއް ނުނެތޭނެ، އެކަމަކު އަހަރެން ދެން ޝާނީއާ ނުލާ އުޅެން ވެއްޖެއްޔާ ހީވާނީ ހިތާ ނުލާ […]
ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު […]
އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މާން! ހައު ކުޑް ޔޫ ޑޫ ދިސް؟” ރީމް އީމަން ފެނުމުން ސުވާލު ކުރިއެވެ. “ކިހިނެއް ވެގެންތަ މިއުޅެނީ؟” އީމަން ސުވާލު ކޮށްލި އެވެ. “މާން އަދިވެސް ނުވޭތަ ހަޤީޤަތާ ކުރިމަތިލާކަށް! އަހަރެންނާ އިނދެގެން ހުރެ މާންއަށް އެހެން ކައިވެންޏެއް ނުކުރެވޭނެ!” ރީމް އަމުރުވެރި ރާގަކަށް ބުނެލިއެވެ. އީމަންއަށް ބަލައިލެވުނީ ޔާނާ އަށެވެ. ޔާނާ ހާސްވެފައިވާވަރު މޫނު މަތިން ހާމަވެއެވެ. އީމަން އަށް ހިން ދިރުވާލެވުނެވެ. ޔާނާއާ ކައިވެނިކޮށްގެން މިތަނަށް ގެނެވުނު […]
“އެތެދެއް، މަންމާ! ތިހެން ނުކައި ނުބޮއި އިނަކަސް ވަކި ކޮން ފައިދާއެއް އޮންނާނީ…؟ ތަންކޮޅެއް ބަސް ގަބޫލު ކޮއްލައިގެން އަހަރެމެންނާއެކު ކުޑަކޮށް މަޖާ ކޮށްލިއްޔާވެސް ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނެ… ޝެރީއްކޮ އަންނައިރު މަންމަ ވީރާނާ ކަށިކޮޅަކަށް ވެފައި ހުއްޓާ ފެނުނީމަ އޭނަ ވެސް ދެރަވާނެ އެއްނު.” ނީމް ދިޔާނާއަށް ހިތްވަރު ދިނެވެ. ދެބެން ކިޔާވަރުން އެންމެފަހުން ދިޔާނާ ފަނިތަށިން އެތިފޮދެއް ބޮއިލައިފި އެވެ. އެއަށްފަހު ބަލަމުން ގެންދިޔަ ފޮޓޯ އަލްބަމުގައި އޮތް ފޮޓޮއެއް ދައްކާލި […]
މަޑުމަޑުން ކޮޓަރިން ނިކުމެގެން ހިގާފައި ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ. ” އަޅުގަނޑަށް އެނގޭ ދައްތަ މާޔާއާއި ދޭތެރޭ ވިސްނާކަން.. އެކަމަކު ދައްތަގެ ތި އެދުން ކިހިނެތް..” އެކޮޅުން އިވެމުން ދިޔައީ ފާރިލްގެ އަޑެވެ. ” ދައްތައަށް އެނގޭ ހުރިހާ ކަމެއްވެސް.. ފާރިލް މާޔާ ދެކެ ލޯބިވާކަންވެސް އެނގޭ… ދައްތަ މާޔާގެ ދިރިއުޅުމާއި މެދު ވިސްނައި މިހާރު ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ… ދައްތަ އަށް ކަމެއް […]
ކުރަހާނެތަނަކާމެދު ވިސްނަމުން މަޑު ހިނގުމެއްގައި ގޮސް ކުޑަދޮރުކައިރީގައި މާހީ ހުއްޓިލައިގެންހުރެ ކެންޕަސްގެ ޕާކާދިމާލަށް ނަޒަރުހިންގާލީ ކުރާހާލާނެ މަންޒަރެއްގެ ގޮތުގައި އެތަން ސިފަކުރަމުންނެވެ. ކުއްލިއަކަށް މާހީގެ ނަޒަރު ހުއްޓުނީ ހަމަހިމޭން ކަމުގެ އެ ހިތްގައިމު މާޙައުލަށް އާރޯކަން ގެނެސްދެމުންދިޔަ ދެ އަންހެން ކުދިންގެ ގްރޫޕަށެވެ.މޭޒުމަތީގައި އަތުރާލެވިފައިވާ ފޮތްތަކުން މުހިންމު ފިލާވަޅެއްގެ މަސައްކަތެއް ކުރަމުންދާކަންއެނގެއެވެެ.އެތަނުން އެއްކުއްޖަކީ މާހީގެ ބޮޑުދައިތަމެންގޭ ސާޝާ ކަންއެނގުނެވެ.އެހެންނަމަވެސް މާހީގެ ސަމާލުކަން ދެވުނީ ސާޝާ ގާތުގައި އިށީނދެގެންއިން ހަނދެއް ފަދަ އަންހެންކުއްޖާާާއާ ދިމާލަށެވެ.މީގެ ކުރިން މާހީ […]
މާޔާ ދާން ފެށުމުން މާއިޝާ ހުއްޓުވަން ވެސް ނޫޅުމުން މާޔާ ދެރަވިޔަސް އަޅާނުލާ ދިޔައެވެ. ރޭގަނޑު ވަގުތެވެ. ނިހާން ބަގީޗާގެ ހުރި ބެންޗުގެ އެއް އަތްގަނޑު މަތީ ބޯ އަޅާލައިގެން އަނެއް އަތްގަނޑު މަތީ ފައި ބާއްވަމުން ތިރިއަށް ދޫކޮށްގެން އޮށޯވެލައިގެން އޮތީ ފޯނާ ކުޅޭށެވެ. އިރުކޮޅަކުން މާޔާ ދެކޮފީ ތަށި ހިފައިގެން އައުމުން ނިހާން ފޯނު ތިރިކޮށްލަމުން ބަލާލީ ނިކަން ހިތްގައިމުކޮށެވެ. މާޔާ ކުރިމަތީ ހުރި މޭޒުމަތީ ކޮފީތަށިތައް ބަހައްޓަމުން އެތާ ދެން ވަކިން ހުރި […]