ގަސްތަކުގެ ތެރެއަށް ވަނުމުން ގަސްތަކުގެ ހިޔަނިން ފެންނަމުން ދިޔައީ އަނދިރިކަމެވެ. ކުރިމަތިން ދެވެން ހުރި މަގުން އެތެރެއަށް ހިނގަމުން ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. ހަނދުވަރުގެ އަލިކަމުން ގަސްތަކުން ބިންމައްޗަށް އެޅިފައިވާ ހިޔަނީގެ ކުރެހުންތައް ވަރަށްވެސް ބިރުވެރިއެވެ. އަނދިރިކަމުގެ ތެރެއިން އިވެމުން ދިޔައީ ގޮނޑުދޮށަށް ރާޅު ބީއްސަމުން ދިޔަ އަޑެވެ. އެ އަޑުގެ އިތުރުން ގަސްތަކުގެ ތެރެއިން އިވެމުން އައި އެކިއެކި ދިރޭ ސޫފާސޫފީގެ ތޫނު އަޑުތަކުން މަޒީންގެ ހިތަށް އިތުރު ބިރުވެރިކަމެއް މެދުވެރިވަމުން އައިކަހަލައެވެ. އަޅާ ކޮންމެ […]
ޒިފާން ހުއްޓިލައިގެން ހުރީ ރަށަށް އަރަން އޮންނަ ޖެޓީ މަތީގައެވެ. ރަށަން ނާންނަތާ 10 އަހަރު ފަހުން ރަށަށް އައީ ކައިރީ އޮތް ރިސޯޓުން ވަޒީފާ ހަމަޖެހިގެނެވެ. މީގެ 10 އަހަރު ކުރިން ދިމާވި ހާދިސާއަށްފަހު ރަށަށް އަންނަން ބޭނުންނުވެ ހުރެވެސް އައީ މަންމައާއި ބައްޕަ ވެސް މުސްކުޅި ވެ ޒިފާންގެ އެހީއަށް ބޭނުންވާނެ ވަރު ހިތަށްއަރާފައެވެ. މަޑުމަޑުން ހިނގާލާފައި ރަށުތެރެއަށް އަރައިގެން ދިޔައިރު ރަށުތެރައަށް އައިސްފައި އޮތް ބަދަލުތައް ބަލަމުން ދިޔައެވެ. 10 އަހަރު ތެރޭ […]
ސައުދިއްޔާ އޭނާއަށް ކުރެވިފައިވާ ކުށަށް މަޢާފަށް އެދުނެވެ. އަދި ޖާހަތުއަށް ދެރައެއް ދިނުމުގެ ނިޔަތުގައި އެއްވެސްކަމެއް ކޮށްފައި ނުވާނެކަމުގައި ބުންޏެވެ. ހޮސްޕިޓަލުގައި ހާމިޒާގެ ކައިރީގައި އިން ޔާނާގެ މޫނުމަތި ވަނީ މިލާފައެވެ. ފޮނި ހުވަފެންތަކަކާ އުންމީދުތަކަކާއެކީ އޭނާ މިޤައުމަށް އައީ ހަޔާތުގެ ކުރިއަށް އޮތް ކޮންމެ ސިކުންތެއްވެސް އުފާވެރި ކަމާއެކީގައި ހޭދަކުރުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ހުރިހާކަމެއް ވިއްސިވިހާލި ވެގެން ދިޔައިރު ހިލަމެއްވެސް ނުވިފަދައެވެ. ފުން ހިޔާލު ތަކުތެރެއިން ބޭރަށް ނިކުމެވުނީ އެކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ. ކުރިމަތީގައި […]
“އެދަނީ އޭނަ. ދޭ ފަހަތުން. އަނ……އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ.” އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިޞްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިޞްބާޙްގެ ބުމަގޮށްޖެހުނެވެ. އޭނަ ލަސްތަކެއްނުކޮށް ކާރަށް އަރައި ދޮރު […]
ކުރިމަތީގައި ދެންމެ އޭނައާ ބެހުނު މީހާގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި މީހާ ފެނުމުން މާޔާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫ ކޮށްލިއިރު ހިނިތުންވެލެވުނެވެ. ކިޔާން ރުޅިއައިސް ރަތްވެފައި އެ މީހާގެ ގަމީހުގެ ގިރުވާނުގަ ހިފަހައްޓައިގެން ހުރި އިރު އެ ދޮ ލޮލުން އެކަނި ވެސް އޭނަ ފިއްސާލާނެހެން ހީވެއެވެ. އެމީހާވެސް ރުޅިއައިސް ހުރެ ކިޔާންގެ އަތް ނައްޓުވާލަމުން ކިޔާން ކޮށްޕާލަމުން ކުރިއަށް ފިޔަވަޅެއް އަޅާފަވެސް ދުރުގައި މަޑުކޮށްގެން އޭނައާ ދިމާލަށް ލޯ އަޅާލައިގެން ހުރި މީހާ ފެނުމުން […]
“މާއިޒް…” “ކީކޭ؟” ޝިފްޒާ މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މާއިޒް ޝިފްޒާގެ އަތުގަ ހިފާލިއެވެ. “ކިހިނެއްވީ؟” މާއިޒް އެހިއެވެ. “ކަމެއް ނުވޭ…” ޝިފްޒާ ބުންޏެވެ. “ދޭބަލަ ގެއަށް ގޮސް ފެންވަރާލައިގެން ރަނގަޅަށް ނިދާލާފަ އަންނަން…” މާއިޒް އެއްޗެއް ނުބުނެ ޝިފްޒާއާ ދިމާއަށް ބަލަން އިނެވެ. “މާއިޒް…ޕްލީޒް…” ޝިފްޒާ ބުންޏެވެ. މާއިޒް ބޯހަލުވާލިއެވެ. ޝިފްޒާއަށް ރޮވުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. މާއިޒް އެއްވެސް އެއްޗެއް ނުބުނެ ޝިފްޒާގެ މޫނު ފޮހެލާފައި، އެނދުގައި އޮށޯވެ ޝިފްޒާ ގައިގަ ބައްދާލިއެވެ. […]
“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަޞްރާއަށް އެދިމާލަށް ބަލާލެވުނެވެ. އަފްރާޒް ވެސް ވާނުވާއެއް ނޭނގިފައި ހުއްޓާ ޝަރީފް ބާރު ހިނގުމެއްގައި އައިސް ލެޕްޓޮޕް ސްކްރީން ކުރިމައްޗަށް އަރައިފިއެވެ. “އަދި މަށަށް ވެސް ނާންގާ އެ މިޞްބާޙަކު އަފްރީނާއި ދެވަންތަ ތިއުޅެނީ؟” ޝަރީފް ކޮޅަށްހުރެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. “ނޫން ބައްޕާ އަޅުގަނޑު ނުއުޅެން. އަދި އަފްރީން ކައިވެންޏަކަށް ތައްޔާރުހެނެއްވެސް އަޅުގަނޑަކަށް ހިއެއްނުވޭ. އެކަމަކު މިޞްބާޙްގެ އިންޓަވިއު ކިޔާފަ ހިތަށްއެރީ […]
“މަޒް މަޒީން” ނަމުގައި ޖަހާފައި އިން މީހާގެ ޕްރޮފައިލް ހުޅުވާލުމުން އެއީ ދަތުރުއައިސް އުޅޭ މަޒީންކަން އެނގުނެވެ. އަވަހަށް އެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. ފޭސްބުކްއަށް މަޒީން ލާފަ ހުރި ފޮޓޯތައް ބަލާލުމަށް ޝައުގުވެރިވެ އެބައި ހުޅުވާލިއެވެ. އެވަގުތު ޒީކަށް ފޭސްބުކްއިން މެސެޖެއް އަތުވެއްޖެއެވެ. އަވަހަށް ޗެޓްލޮގް ހުޅުވާލިއެވެ. މަޒީންކަން އެނގުމުން އަވަހަށް އޭނައާ ޗެޓްކޮށް ވާހަކަ ދައްކަން ފެށިއެވެ. މަޒީން: {ތޭންކްސް ފޯ… އެކްސެޕްޓިންގް… 🙂 } ޒީކް: {ވެލްކަމް…. 🙂 } މަޒީން: {ހެއި…. 🙁 […]
މާއިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިގޭ މީހަކު ކައިރީ އަހަން ހިތަށް އަރާފަ ވެސް މިހާރު އެމީހުން ތިބޭނީ ނިދަން ކަމުގައި ހިތަށް އެރުމުން އެ ހިޔާލު ދޫކޮށްލަމުން އަނެއްކާވެސް ގޮނޑީގައި ޖައްސާލީ މޫނުގައި ދެއަތް އަޅާލަމުންނެވެ. ކިޔާން ސުނާމީ ބިނާގެ ފާރުމަތީ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނީ ފެންކަޅިވެފައެވެ. ހަނދުވަރުގެ ރިހި އަލި މޫދަށް އެޅިފައި އޮތް އިރު ރީއްޗެވެ. މާއިޝާ ގުޅާތަން ފެނުމުންވެސް ކިޔާން އިނީ ފާޑަކަށް ފޫހިވެފައެވެ. ރިންގް […]