އަނިޔާ… 14 ވަނަ ބައި
ހަމަގައިމުވެސް އަހަރެންގެ އެންމެ މުހިއްމު ސުވާލުގެ ޖަބާވު ލިބިއްޖެއެވެ. އެއި ހުޝާމް އެމީހުން ނުމަރާ ކަމެވެ. ނަމަވެސް ހުޝާމްގެ ފަރާތުން ދެން އެފެނުނީ އަހަރެން އެއްގޮތަކަށްވެސް އެކަމަށް އުއްމީދުކުރި ކަހަލަ ސިފަތަކެއް ނޫނެވެ.
“އެއީ ހަމަ ހުޝާމްތަ” އެތަނުގެ ހަމަހިމޭންކަން ދުއްވާލީ ފާރިޝްގެ އަޑުންނެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު އޭނަ މޮޔަތަ… އެވަރު ކުރަން އޭނަ ވީޑިއޯ ކުރީ” އާދިލްސަރގެ އަޑު އިވިގެންދިޔައެވެ. “ކޮންމެ ގޮތެއްވިޔަސް އޭނަ އެމީހުން ނުމަރާކަން އެގިއްޖެއެއްނުން” އަހަރެންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ހަގީގަތުގައި އަހަރެން ހުރި ހައިރާންވެ ރުޅި އައިސް އަދި ދެރަވެސް ވެފައެވެ. އަހަރެން އެއީ ހުޝާމް ކަމަކަށް ޔަގީންކުރާކަން ބޭނުމެއް ނޫނެވެ. “ތިއީ ތެދެއް… އެކަމަކު އެމީހުންނަށް އޭނަ ކުރި އަނިޔާގެ އަދަބު އޭނައަށް ލިބެންޖެހޭނެ” އާދިލްސަރ ބުނެލިއެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. ހުޝާމްގެ ކަންތަކުގައި އާދިލްސަރގެ ވިސްނުން އަހަރެންނަށް އެއްވެސް ގޮތަކަށް ރަނގަޅެއް ނޫނެވެ. “އަސްލުވެސް އެމީހުންނަށް ހާދަވެރެކޭ އޭނަ އެކުރީ” މިފަހަރު ފާރިޝްވެސް އާދިލްސަރ އާއި އެއްބަސްވިއެވެ. އެއީ އަހަރެންވެސް ގަބޫލު ކުރާގޮތެވެ. އެގޮތަށް ހުޝާމް ކަންތައް ކޮއްގެން ނުވާނެއެވެ. “އެހެންނޫނަސް މިތަނުގައި މިއޮތީ ތިން ވީޑިއޯއެއްނުން… ކޮބާ ހަތަރުވަނަ މީހާގެ ވީޑިއޯ” ހާނިމްސަރ ކަމެއް ހަނދާންވާގޮތަށް ބުނެލިއެވެ. “ނޭނގޭ” އަހަރެންނަށް ބުނެވުނެވެ. އަހަރެން ހުޝާމް ސަލާމަތް ކުރަން ކުރި ހުރިހާ ކަމެއްވެސް ނާކާމިޔާބުވީއޭ އަހަރެންގެ ހިތް ބުނަންފެށިއެވެ. އެހެންކަމުން އަހަރެންނަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
“ޝާމް މިމައްސަލައިގެން ކުރިއަށް ދެވިދާނެ ޝާމް ބޭނުންވާ ކަމަށް ވައްޏާމު… އެކަމަކު މީހެއް މެރުމުގެ ކުށުގެ އަދަބު ނުލިބުނަސް އެގޮތަށް އަނިޔާ ކުރީމަ އެކަމަށް އަދަބު ލިބޭނެ” ފާރިޝްއަށް އަހަރެންނަށް ވެފަ ހުރި ގޮތް ދެނެގަނެވުނެވެ. “އަހަރެން ހުޝާމްއާއި ވާހަކަ ދައްކަން ވަގުތު ކޮޅެއް ބޭނުން…” އަހަރެން ބުނީމެވެ. “ނޫން ތީ ރަނގަޅު ގޮތެއް ނޫން…. ދެން އެހެންނޫނަސް މިހާރު އެއްފަހަރު ބައްދަލު ކޮއްފީމެއްނުން” މިފަހަރު އަހަރެންގެ ހުށައެޅުމަށް އިންކާރުކުރީ ހާނިމްސަރއެވެ. އަހަރެންނަށް ހާނިމްސަރއާއި ދިމާލަށް ބާލާލެވުނެވެ. އަދި އާދިލްސަރ އާއި ދިމާލަށްވެސް ބަލާލެވުނެވެ. ހަގީގަތުގައިވެސް މިހާރު އަހަރެންނަށް ގްރޫޕް މީހުންގެ ވިސްނުމެއް ނޭގެވެ. އަހަރެން ބޭނުންވާ ގޮތަށް އެމީހުން ބޭނުންނުވާ ސަބަބެއް އަހަރެންނަކަށް ނޭގުނެވެ. “ނޫން އަހަރެން ބޭނުން ބައްދަލު ކުރަން… އަހަރެން ކުރަން ބޭނުން ބައިވަރު ސުވާލު އެބަ ހުރި… ޕްލީޒް” އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލީ އާދޭހުގެ ބެލުމަކުންނެވެ. “އޯކޭ އަހަރެން ހަމަޖައްސަދީފާނަން… އެކަމަކު މިފަހަރު ފާރިޝްވެސް މަޑުކުރަން ޖެހޭނެ ތި ދެމީހުން ކައިރީގައި… އެހެންނޫނީ މާގިނަ ސުވާލު އުފެދެން ފަށާފާނެ” ވިސްނަން އިރުކޮޅަކު ހުރުމަށްފަހު އާދިލްސަރ ޖަވާބު ދިނެވެ. އަހަރެންނަސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
އަހަރެން އެތަނުން ނިކުމެގެން ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ. ސައިކަލް ޕާކްކޮއްލުމަށްފަހު އަހަރެން ރިސެޕްޝަން ކައިރީގައި ހުއްޓެލީމެވެ. އަދި އަހަރެންގެ ތަޅުދަނޑިއަށް އެދުނީމެވެ. އަހަރެން އަބަދުވެސް ބޭރަށް ދާއިރުދަނީ ރިސެޕްޝަންގައި ތަޅުދަނޑި ބާއްވާފައެވެ. “ސޮރީ ސަރ… އަ ވުމެން ޓުކް ޔުރަ ކީ… އެންޑް ޝީ އިޒް ވެއިޓިން ފޮ ޔޫ އިން ޔުއަރ ރޫމް” އަބަދުވެސް އެތަނުގައި އިންނަ ޗައިނާގެ ރީތި އަންހެން ކުއްޖާ ދެރަވެލާފައި ބުނެލިއެވެ. “ވަޓް…. އަ ގާލް” އަހަރެން އަހާލީމެވެ. އެކުއްޖާ ބޯޖަހާލިއެވެ. އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް އަނެއް ސުވާލް އުފެދުނެވެ. އަނެއްކާ ކާކު ހެއްޔެވެ. މިހާރު އަހަރެންގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް ކޮންމެވެސް ކަމަކާއި ހުރެ ސިކުނޑި ހީވާނީ ފަޅައިގެން ދާ އުޅޭހެންނެވެ. އަހަރެން މަޑުމަޑުން ކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. ދޮރު ހުޅުވާލުމާއި އެކު އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އަންހެނެއްގެ ހެދުމެވެ. އެހެދުން ފެނުމާއި އެކު އަހަރެންނަށް އެއީ ކާކުގެ ކަމެއްކަން އެގިގެންދިޔައެވެ. ކޮޓަރީގެ ދޮރު ރަނގަޅަށް ނުލެއްޕެނީސް ފާހާނައިގެ ދޮރު ހުޅުވާލާފައި އެމީހާކު ނިކުތެވެ. އަހަރެން ބަލާލީމެވެ.
ދޮރުފަތުގައި އަތް އަޅުވާލައިގެން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ކޮންމެ މީހެއްގެ ހިތައްވެސް އަސަރު ކުރާނެއެވެ. އަހަރެން ކޮޓަރީގެ ދޮރު ލައްޕާލަމުން މިޝްކާ އާއި ދިމާލަށް ބަލާލީމެވެ. “ކީއްކުރަނީ މިތަނުގައި” އަހަރެން އަހާލީމެވެ. މިޝްކާ ލައިގެން ހުރީ ހަމަގައިމުވެސް އަހަރެންގެ ޓީޝާޓްއެކެވެ. ދޮރުގައި އަތް އަޅުވާލައިގެން އަނެއް އަތުން އުނަގަނޑުގައި ހިފަހައްޓާއިލައިގެން ހުރި ގޮތުން ހީވަނީ މޮޑެލްއެން ހެންނެވެ. “ކީއްކުރަނީ މިތާ” އަހަރެން އަނެއްކާވެސް ސުވާލު ކޮއްލީމެވެ. “ހަމަ ޝާމް ދެކިލާހިތުން” މިޝްކާގެ އަޑު އިވިގެންދިޔައެވެ. ރީތި ސާފު އަޑެކެވެ. އެކަހަލަ ރީތި ކުއްޖަކު އެގޮތަށް އުޅޭތީ އަހަރެން ހައިރާންވެއެވެ. އެއީވެސް ކޮންމެވެސް މީހެއްގެ ދަރިއެއްތާއެވެ. މައިންބަފައިންވެސް އެހާވެސް އަޅާލުން ކުޑައީހެއްޔެވެ. “މިޝް… ޔޫ ނޯ އިޓް ވޯންޓް ވޯކް” އަހަރެން ފޯނު މޭޒުމަތީގައި ބާއްވަމުން ފަރުވާ ކުޑަގޮތަކަށް ޖަބާވު ދިނީމެވެ. އަހަރެން ބޭނުންވީ އަހަރެން ހިތުގައި މިޝްކާއާއި ދޭތެރޭގައި އެއްވެސް އެއްޗެއް ނެތްކަން އޭނައަށް އަންގާށެވެ. “އައި ނޯ” އެހެންބުނުމަށްފަހު ފަރި ހުގުމެއްގައި ގޮސް މިޝްކާ ދޮރުހުޅުވާލީ ކޮޓަރީގައި ހުރި ފްރިޖްގެއެވެ. “ތިއީ ކޮންކަމެއް” އަހަރެން ފްރިޖްއާއި ދިމާލަށް ޖެހިގަންނަމުން ދޮރު ލައްޕާލީމެވެ. “ކީއްކުރަން ތިއުޅެނީ….. ކާކު މިތަނަށް މިޝްކާ ފޮނުވީ… އަހަރެންނަށް ފާރަ ލަނީތަ…. ކާކު ބުނީ އަހަރެންނަށް ފާރަލާށޭ…. އެހެންނޫނަސް ކާކު މިޝްކާ ކައިރީގައި އަހަރެން އުޅެނީ މިތަނުގައޭ…” އަހަރެންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ކުއްލިއަކަށް އަހަރެން އެދޮރު ޖެހުމުން މިޝްކާ ހުރީ ހައިރާންވެފައެވެ. އަހަރެން ބިރުގަތީ އަހަރެންގެ ހަގީގަތް އެއްވެސް މީހަކަށް އެގިދާނެތީއެވެ. “ޝާމް އަހަރެން” “ހޫމް ބުނެބަލަ ކީއްކުރަން ތިއައީ… ކާކު ބުނެގެން… އަހަރެންގެ އަލަމާރި ހާވާފަ ފްރިޖްވެސް ޗެކް ކުރަން ތިއުޅެނީ… މިޝްކާގެ މަސައްކަތް ނުނިމެނީސް ދޯ އަހަރެންނަށް އާދެވުނީ…” އަހަރެން ރުޅިއައެވެ. އެއްވެސް މީހަކު އަހަރެންނަށް ފާރަލުން އެއީ އަހަރެންނަށް ތަހައްމަލް ކުރެވޭނެ ކަމެއްނޫނެވެ. އަހަރެންނަށް ނޭގުނީ އަހަރެން ރުޅިއައި ވަރުން މިޝްކާ އާއި ކައިރިއަށް ޖެހެވެމުން ދިޔަކަމެވެ. މިޝްކާ އަހަރެން އޭނަ އާއި ކައިރިއަށް ޖެހެމުންދިޔަ ވަރަކަށް ފަހަތަށް ޖެހެމުންދިޔައެވެ. “ސޮރީ އަހަރެން ގަސްދުގައެއްނޫން” މިޝްކާ އެހެންބުނީ ފަހަތަށް ޖެހެމުންގޮސް މޭޒުގައި މިޝްކާ ޖެހެމުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ މިޝްކާ އާއި ނުލާހިކު ކައިރީގައެވެ. އެވަގުތު މިޝްކާ ގަނެފައިވާ ބިރު އަހަރެންނަށް އިހްސާސް ކުރެވުނެވެ. އަހަރެންނަށް ވަގުތުން ފަހަތަށް ޖެހިލެވުނެވެ. އަދި މިޝްކާ އާއި ދިމާލަށް ބަލާލީމެވެ.
އަހަރެން އިސްޖަހާލީމެވެ. އަހަރެންނަށް މާ އަވަހަށް ރުޅި އާދެވުނީއެވެ. މިޝްކާ އަދި ރުޅި އަންނަ ކަހަލަ ކަމެއްވެސް ނުކުރެއެވެ. އަހަރެންނަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. “ސޮރީ” އަހަރެން މަޑުމަޑުން ބުނެލީމެވެ. އަދި މިޝްކާގެ މޫނަށް ބަލާލީމެވެ. އޭރު މިޝްކާގެ ލޮލުން ކަރުނަގެ އަސަރު ފެންނަން ހުއްޓެވެ. މިޝްކާ އިރުކޮޅަކު އެހެން ހުރުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިން ނިކުންނަށް ހިގައިގަތެވެ. “ސޮރީ މިޝް… ރިއަލީ… އައި ޑިޑިން މީން ޓު އާޓް ޔޫ” އަހަރެންނަށް މިޝްކާގެ އަތުގައި ހިފެހެއްޓުނެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލީއެވެ. “ޕްލީޒް ވެއިޓް” އަހަރެން އެދުނީމެވެ. މިޝްކާ ދެރަވެފައި ހުރުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ. ނޭނގި ނަމަވެސް އަހަރެންގެ ހިތް ހަމްދަރުދީއިން ފުރުނެވެ. މިޝްކާ ދަބަސް ބެހެއްޓުމަށްފަހު އެނދުގައި އިށީދެލިއެވެ. އަދި އަތުގެ ނުފުށުން ލޯ ފުހެލިއެވެ. އަހަރެން މިޝްކާ އާއި ދިމާލަށް ބަލާލަމުން ގޮސް ފްރިޖް ހުޅުވާލީމެވެ. ފްރިޖް ތެރޭގައި ދެ ސައިޑްއަށް ވާގޮތަށް ބަހައްޓާފައި ބިއަރު ތަޅުތަކުން އަހަރެން ކަނާތް ފަރާތުގައި ހުރި ދަޅުތަކުން ދަޅެއް ނެގީމެވެ. ވާތްފަރާތުންވެސް ދަޅެއް ނެގީމެވެ. ވާތްފަރާތުގައި ހުރީ އަސްލު ބިޔަރެވެ. ކަނާތްފަރާތުގައި ހުރީ އަހަރެންނަށް އަހަރެންގެ ޓީމްގެ ފަރާތުން ލިބިފައިވާ ‘ފޭކް’ ބިއަރު ދަޅުތަކެވެ. އަހަރެން ބިރުގަތީ މިޝްކާ އޭގެން ދަޅެއް ނަގައިފާނެތީއެވެ. އަހަރެން މިޝްކާ އަތަށް އަސްލު ދަޅު އެއްލުމަށްފަހު އަހަރެންގެ ހާއްސަ ދަޅު ކަނޑާލީމެވެ. “ކިހިނެއްވީ… ކީކުރަން ތިއައީ… ކާކު ބުނެދިނީ އަހަރެން މިތަނުގަ އުޅޭ ވާހަކަ” އަހަރެން ކޯވަރެއް ބޯލަމުން މިޝްކާ ކައިރީގައި އިށީދެލީމެވެ. މިޝްކާވެސް އޭނަގެ ދަޅު ކަނޑާލަމުން އެތިކޮޅެއް ބޯލިއެވެ. “މާއްޓެ ބުނީ… އަހަރެން އަސްލު އައީ ވާހަކަ ދައްކާލަންވެހެން… އެކަމަކު” މިޝްކާ މަޑުކޮއްލިއެވެ. އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއްވީ… ބުނެބަލަ” އަހަރެން އިސްޖަހައިގެން އިން މިޝްކާގެ އަތުގައި އަނެއްކާވެސް ހިފާލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލީއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއި އެކު އަހަރެންނަށް ބުނަން ނޭގޭ ގޮތްތަކެއްވެގެން ދިޔައެވެ. “މިއީ އަހަރެން އެއްއިރެއްގަވެސް އުޅެން ބޭނުންވި ގޮތެއްނޫން” މިޝްކާ ވާހަކަ ދެއްކިއެވެ. އަހަރެން ހައިރާންވިއެވެ. މިޝްކާއާއި ދިމާލަށް ސުވާލުން ފުރިގެންވާ ނަޒަރަކުން އަހަރެން ބަލާލީމެވެ.
“އަހަރެންނަކީވެސް ކުޑައިރުގައި ވަރަށް ލޯބިން އުޅުނު ކުއްޖެއް… އަހަރެންގެ މަންމަ އާއި ބައްޕަ ކައިރީގައި… އެންޑް ދޮންބެވެސް އަހަރެންނަށް ވަރަށް ރަނގަޅު ވާނެ” މިޝްކާ އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “ޝާމް ބުނީމެއްނުން އަހަރެން މިމަސައްކަތް ކުރަނީ ކީއްކުރަންހޭ” އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބޯހޫރާލެވުނެވެ. “މިޝް އެއީ އަހަރެން އެހެން އެހި ވާހަކަ އެއް ނޫން… ރިޔަލީ.. ލީވް ދެޓް” އަހަރެން ބުނީމެވެ. “ޝާމް ޕްލީޒް ލިސިން…. އަހަރެން އޭރުގަ ކުޑަވީމަ ނޭނގޭ މަންމަ އާއި ބައްޕަ ކިތައްމެ ވަރަކަށް އަރާރުންވިޔަސް… އެކަމަކު ބައެއްފަހަރު ބައްޕަ މަންމަ ގައިގައި ތަޅާތަން ވަރަށް ގިނައިން ފެނޭ… ބައްޕަ އަކީ އޭރުގަ މަސްތުވާތަކެތި ބޭނުންކުރި މީހެއް… ބޭނުންކޮށްގެން ގެއަށް އަންނަ ގޮތަށް މަންމައަށް އަނިޔާ ކުރާނެ… އެކަމަކު އޭރު ކުޑަކަމަކުން ނޭނގޭ އެއީ ކީއްވެ ކުރާކަމެއް ކަމެއް…އެހެން އުޅެމުން ދަނިކޮށް މަންމަ އަހަރެން ދޫކޮއްފަ ދިޔައީ” މިޝްކާ އޭނަގެ ވާހަކަ އެހާ ހިސާބަށް ގެންގޮސްފަ ހުއްޓާލިއެވެ. އަހަރެން އޭރު އިނީ ވަރަށް ޝައުގުވެރިކަމާއި އެކު ވާހަކަ އަޑު އަހަށެވެ.
“އަހަރެން އޭރު ވަރަށް ކުޑަ… އެކަމަކު…. އަހަރެންގެ ބައްޕަ އަކީ ވަރަށް ގިނައިން މަސްތުވާތަކެތި ބޭނުންކުރާ މީހެއް… ހަކުރާއި އަލްކަހޯލް އެއީ ބައްޕަ އެންމެ ގިނައިން ބޭނުން ކުރި އެއްޗަކީ… މަންމަ މަރުވި އިރުގައި އަހަރެންނަކީ އުމުރުން 12 އަހަރު ކުއްޖެއް… މަންމަ މަރުވުމާއި އެކު ދޮންބެ އަހަރެންގެ ބެލުމުގެ ޒިންމާ ނެގި… އަހަރެންނަށް ހުރިހާ ކަމެއްވެސް ދޮންބެ ކޮށްދެނީ ނުލާހިކު ލޯބިން… ދޮންބެ އަހަރެންނަށްވުރެއް ދެއަހަރު ބޮޑުވާނެ” މިޝްކާ މަޑުމަޑުން އެނދުން ތެދުވިއެވެ. ފަހަރެއްގައި އޭނަގެ ދެރަވެފައިވާ މޫނު އަހަރެންނަށް ދައްކަން ބޭނުންނުވީ ކަންނޭގެއެވެ. މިޝްކާ އޭނަގެ އިނގިލި ތަކާއި ކުޅެމުން މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. “އެއްރޭ އަހަރެންނަށް ހޭލެވުނީ އަހަރެންނަށް މީހެއްގެ ބީހުން އިހްސާސްވެގެން… އަހަރެން ހޭލެވުނު އިރު އަހަރެން އަހަރެންގެ ކައިރީގައި އަހަރެންނާއި ދިމާލަށް ގުދުވެގެން އޮތީ އަހަރެންގެ ބައްޕަ… އަހަރެންގެ އުފަން ބައްޕަ… ބައްޕަ އޭރުވެސް ހުރީ މަސްތީ ހާލުގައި…. އެރޭ ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި އައި އެންމެ ބިރުވެރި ރެއަށް…. އުމުރުން 12 އަހަރުގެ އަންހެންކުއްޖާއަށް އެއްވެސް ކަމެއްނުކުރެވުނެ… އަހަރެންގެ ބައްޕަ އަހަރެންގެ އިއްފަތްތެރިކަން….” މިޝްކާއަށް ރޮވެންފެށުނެވެ. އަހަރެން އެނދުން ތެދުވެ މިޝްކާގެ ކޮނޑުމަތީގައި އަތްބާވާލީމެވެ. އެވަގުތު މިޝްކާ އޭނަގެ ލޯ ފުހެލިއެވެ. ” އަހަރެންނަށް އެރޭ ވެގެން ދިޔައީ އެހާ ވޭން ހުރި ރެއަކަށް… އަހަރެން ރޮއިރޮއި ވަރުބަލިވި އިރުވެސް އެ ބައްޕަގެ ހިތަކަށް އަސަރެއް ނުކުރި… އަހަރެން ރޯ އަޑު އިވިގެން ދޮންބެ އައިސް ކޮޓަރީގެ ދޮރުގައި ތަޅަމުންދިޔަ… ދޮރު ތަޅު ލާފައި ހުރުމުން ދޮންބެ އަކަށް ނުވަދެވުނު… އެންމެ ފަހުން ބައްޕަގެ ބޮލަށް އުދަގޫވެގެން ގޮސް ދޮރު ހުޅުވާފައި ދޮންބެ އެތެރެއަށްވެއްދި…. އޭރު އަހަރެން އޮތީ ވަރަށް ވަރުބަލިވެފަ… މުޅިގައިގަ ރިއްސަމުން ދިޔަ… އަހަރެންގެ ގައިގައި އެއްވެސް އެއްޗެއް ނެތް.. ނަމަވެސް އެނުލަފާ މީހާ އެވަރުވެސް ނުވިސްނާ… ދޮންބެ އެތެރެއަށް ވެއްދުމަށްފަހު ބުނި އެއްޗެއް އެގޭތަ… ބުނީ ބޭރުގައި މަޑުން ނުހުރެވެއްޏާ އަހަރެންނާއި ބައިވެރިވަން އަންނާށޭ… ކޮންކަހަލަ ނުލަފާ މީހަކައްތަ އެހެން ބުނަން ކެރޭނީ… ދޮންބެ ބަލަން ހުއްޓަ އަނެއްކާވެސް އަހަރެންގެ ގަޔަށް….” އެހާ ހިސާބަށް ވާހަކަ ބުނުމަށްފަހު އަނެއްކާވެސް މިޝްކާއަށް އުދަގޫވެގެން ވާހަކަ ހުއްޓާލިއެވެ.
އަހަރެންނަށް ކުރާނެ ކަމެއް ނޭގުނެވެ. މީގެ ކުރިން އަހަރެންނަކީ މިކަހަލަ ވާހަކައެއް އަޑުއަހާފައިވާ މީހެއްނޫނެވެ. އަދި ކުއްޖަކު މިގޮތަށް ރުއީމަ ހަނދާނެ ގޮތެއްވެސް ނޭގުއެވެ. އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް މިޝްކާ އޭނަގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ. “އޭގެ ފަހުން ހުރިހާ ކަމެއް ބަދަލުވީ… އަހަރެންގެ ދިރިއުޅުން… އަހަރެންގެ ހުރިހާ ކަމެއް… ދޮންބެވެސް އަހަރެންނާއި ދުރަށް ދިޔައީ… އަދި އެނުލަފާ މީހާގެ ކޮންމެ ރެއެއްގެ ކެއުމަކަށް އަހަރެން ވެގެން ދިޔައީ…. ދޮންބެ އަކަށްވެސް ކުރެވޭނެ އެއްވެސް ކަމެއްނެތް… ކޮންމެ ރެއަކު އަހަރެން ރޮއިރޮއިފައި އާދޭސްކުރަން… އެކަމަކުވެސް…. އަހަރެން އަބަދުވެސް އެންމެ ކުރާ ހިތުން ކުރާކަމަކީ އޭރުގައި ކިޔެވުން… ނަމަވެސް އެގޮތަށް ކަންތައް ވާންފެށުމުން އަހަރެންނަށް ކިޔަވަން ސަމާލުކަން ދެވުން ކުޑަވަން ފެށި… ނަމަވެސް ކޮންމެ ދުވަހެއްގައިވެސް ސްކޫލަށް ދެވޭތޯ ވަރަށް ބަލަން… އެގޮތަށްގޮސް އެއް އަހަރު ނިމުންގޮތެއްވެސް އަހަރެންނަކަށް ނޭނގެ… އެނުލަފާ މީހާ ކޮންމެ ރެއަކު އަހަރެންނަށް ދޭ އަނިޔާއަށް ކެތްކުރަމުން ކިޔެވޭތޯ ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން ޖެހުނީ ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނާނެ ލާރި ގޭގައި ނެތުމުން…. އެންމެ ފަހުން ދޮންބެ ސްކޫލަށް ދިއުން ހުއްޓާލީ އަހަރެންނަށް ކިޔަވައިދޭންވެގެން މަސައްކަތެއް ކުރުމަށް،…. ދޮންބެ ބުރަ މަސައްކަތުން ހޯދާ ހުރިހާ ރުފިޔާއެއް ދޭން ޖެހެނީ އެނުލަފާ މީހާއަށް… ހުރިހާ ލާރިއެއް ހުސްވަނީ މަސްތުވާތަކެއްޗަށްގޮސް…. އަހަރެންނަށް ސްކޫލަށް އެއްވެސް އެއްޗެއް ގަންނާނެ ލަރިއެއް ނުލިބޭ…. ދެން އެއްދުވަހު އަހަރެން ބޭރުން އައިރުގައި ދޮންބެ ހުރީ ސްކޫލު ހުރިހާ އެއްޗެއް ގަނެފައި…. އަހަރެން އެހީ ކިހިނެއްހޭ ހޯދީ… ބުނީމަ ބުނީ ބައްޕަ ދިނިއްޔޭ… ނަމަވެސް އަހަރެން ގަބޫލެއް ނުކުރަން… އެކަމަކު އަހަރެންނަށް ސްކޫލް ސާމަނު ލިބުމުން އުފާވި… ސްކޫލަށް ދިއުމުގެ ފޮނި އުއްމީދުގައި އަހަރެން އެރޭ ނިދާފައި އޮއްވާ އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި އަތްލާހެން ހީވެގެން… ހޭލެވުނު އިރުގައި ކައިރީގައި ތިބީ ޖާނުންވަރުގަދަ ދެފިރިހެނުން… އަހަރެންނަށް ރޮއިގަނެވުނު… ވީގޮތް އެގުނީ އޭގެން މީހަކު ބުނީމަ… އެރެއަށް އަހަރެންގެ ބައްޕަ އަހަރެން އެމީހުންނަށް ވިއްކާލީ… އެވަގުތަށް…. އެމީހުން ބޭނުން ކަމެއް ކުރަން….” މިޝްކާ އަނެއްކާވެސް އޭނަގެ ވާހަކަ ހުއްޓާލިއެވެ. އޭރު މަޑުމަޑުން މިޝްކާ ދިޔައީ ގިސްލަމުންނެވެ.
“އޭގެ ފަހުން ކޮންމެ ރެއަކު ކޮންމެވެސް ކަހަލަ މީހެއް އަހަރެންގެ ކައިރިއަށް އާދޭ… އެންމެ ފަހުން އަހަރެން ވެގެންދިޔައީ ބައްޕަ މަސްތުވާތަކެތި ގަންނަން ލާރި ހޯދާނެ ފަސޭހަގޮތަކަށް… ކޮންމެރެއަކު ލިބޭވޭނުގެ ސަބަބުން ހެނދުނު ވާއިރުވެސް އަހަރެންނަށް ރަނގަޅަށް ހިނގާނުލެވޭ… އެހެންކަމުން ސްކޫލަށްނުދާ ދުވަސްތަށް ގިނަވަންފެށި… މާގިނަދުވަހެއްނުވެ އަހަރެން ސްކޫލުންވެސް ކަނޑާލި…އަހަރެންނަށް ރަނގަޅު ނަތީޖާ ނުލިބޭތީ އާއި އަދި ސްކޫލަށް ނުދެވޭތީ އެތަށް ނަސޭހަތެއް ދިނުމަށްފަހު…. އޭގެ ފަހުން އަހަރެން އަބަދުވެސް އޮންނަނީ ކޮޓަރީގައި… އަހަރެންގެ މަސައްކަތަކީ އެމީހުން އަންނަން ވާއިރަށް އަލަށް ކައިވެންޏަށް ތައްޔާރުވާ ކުއްޖެއް ފަދައިން ރީތި ވެލައިގެން އިނުން… އެމީހުން ހަނދާނެ ގޮތެއް ހަދާފަ ދަންދެން… އެމީހުންނަށް ނާދެވޭ ރޭތަކުގައި ބައްޕަ އަހަރެން ކައިރިއަށް އާދޭ… އެންމެ ފަހުން ކެތްނުކުރެވިގެން އަހަރެންނަށް އެއްރޭގައި ބައްޕަ އާއި ދިމާލަށް ވަރަށް އެއްޗެހި ކިޔުނު… އެރޭ ބައްޕަ އަހަރެންނަށް ގަދަމަކުން ރާ ބޯންދިނީ…. އަހަރެން ބައްޕައާއި ދިމާލަށް އެއްޗެހިކީމަ އެކަމުގެ ބަދަލެއްގެ ގޮތުން… އެއީ އަހަރެން އަލަށް މަސްތުވާތަކެތި ބޭނުންކުރި ދުވަހަކީ… އެރޭގަ ލިބުނު އަނިޔާ އެއީ ދުވަހެއްގައިވެސް އަހަރެންގެ ހިތުން ފިލާނެ އަނިޔާއެއް ނޫން..” މިޝްކާ އަނެއްކާވެސް ވާހަކަ މެދު ކަނޑާލިއެވެ.
އަހަރެން މިޝްކާއަށް އެހީތެރިކަމެއް ފޯރުކޮށްދެން ބޭނުންވިއެވެ… ނަމަވެސް އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ…. “އޭގެ ފަހުން ކޮންމެ ދުވަހަކު އަހަރެން ރާ ބޮން… ބައްޕަ އަންނަ އިރުގައި އަހަރެން ހުންނަނީ މަސްތުގެ ހާލުގައި… އެންމެ ފަހުން އަހަރެންނަށް ރަނގަޅަށްވެސް އެކަމުގެ ތެރެއަށް ވަދެވުނީ…. ދޮންބެ އުޅޭ ނުޅޭގޮތެއްވެސް އޭރު އަހަރެންނަށް ނޭނގޭ… އެއްރޭގައި އަހަރެންނަށް ހޭލެވުނީ ދޮންބެ އަހަރެންނަށް ގޮވަން ފެށީމަ… ރީތި ވެލައިގެން ގެއިން ނިކުމެގެން ދޮންބެ އާއި އެކު އަހަރެން ދިޔައީ ހޮސްޕިޓަލަށް… ވެގެން އުޅޭގޮތެއް އަހަރެންނަށް އޭރަކު ނޭނގޭ… ނަމަވެސް ދޮންބެ ހުރީ ވަރަށް ހާސްވެފައި… ހޮސްޕިޓަލަށް ދިއުމުން އެގުނީ ބައްޕަގެ ގައިގައި ބަޔަކު ތަޅައިގަތީކަން… ކޮންބައެއްކަމެއް ނޭނގޭ… ދެދުވަސް ވަންދެން އައި.ސީ.ޔޫގައި އޮވެފައި ބައްޕަ މަރުވީ… އަހަރެންގެ ދިރުއުޅުމުން އެއްކޮށް ދިޔައީ… އަހަރެން ހަޔާތުގައި އެންމެ އުފާވި ދުވަހަކީ އެއީ… ނަމަވެސް… އަހަރެންނަށް ނޭނގުނީ ދޮންބެ ބައްޕައަށް ބަދަލުވެފައި ހުރިކަން…. އޭރު ދޮންބެ ވެސް ހުރީ އެކަމުން ސަލާމަތް ނުވެވޭ ވަރުކޮއްފަ…. އަހަރުމެން އުޅުނީ ކުއްޏަށް… ކުލި ދައްކަން ދޮންބެއަށް ބޭނުންވާ ވަރަށް ލާރިއެއް ނުލިބޭ… އަހަރެންވެސް އޭރު ސްކޫލުން ކަނޑާލާފައި ހުރުމުން މަސައްކަތެއް ކުރަން އަހަރެންވެސް ފެއްޓީ… އަހަރެންނަށް އެނގޭ މަސައްކަތް… އެއީ މި މަސައްކަތް” މިޝްކާ އޭނަގެ ވާހަކަ ހުއްޓާލިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން މިމަސައްކަތް ފެށީ އަމިއްލައަކަށް ނޫން… މީހެއްގެ މަޖްބޫރުން…. ނަމަވެސް މިހާރު އަހަރެންނަށް މިކަމުން ސަލާމަތް ވެވޭކަން ނެތް…” މިޝްކާ އޭނަގެ ލޯ ފުހެލިއެވެ. “އައި އޭމް ސޯ ސޮރީ މިޝް… އައި ޑިޑިންޓް ނޯ އެނީ ތިން އެބައުޓް ދެޓް” އަހަރެނަށްވެސް ވަރަށް އަސަރު ކުރިއެވެ..
މިޝްކާގެ މޫނު މަތިން އެވަގުތު ފެނިގެންދިޔައީ ހިތި ހިނިތުންވުމެކެވެ. “ނޯވަން ނޯ” މިޝްކާ ބުނެލިއެވެ. ” އައި ކޭން ހެޕް ޔޫ އިފް ޔޫ ވޯންޓް…. ސްޓޮޕް ވަޓް ޔޫ ޑުއިން… އައި އޭން ހެލްޕް ޔޫ” އަހަރެން ބޭނުންވީ މިޝްކާއަށް ހުރިހާ ގޮތަކުންވެސް އެހީވާށެވެ… “ޝާމްއަށް ތިހެން ބުނެލަން ވަރަށް ފަސޭހަ ދޯ… އެކަމަކު ކާކަށް ފަސެހަވާނީ އެވަރަށް ހަރަދު ކުރަން… އަހަރެން މިމަސައްކަތް ކުރަނީ ލާރި ހޯދަން” މިޝްކާ އައިސް އެނދުގައި އިށީދެލިއެވެ. “އަހަރެން ފައިސާގެ ގޮތުންވެސް އެހީވެދީފާނަން މިޝްއަށް… އެހެންމަސައްކަތެއް ދަސްކުރަންދެންވިޔަސް… އޭރުން އެހެންގޮތަކުން މިޝް އަށް ލާރި ހޯދޭނެއެއް ނުން….” އަހަރެން ބޭނުންވީ މިޝްކާ ކުރަމުން ގެންދިޔަ ނުބައި ކަންތައް ހުއްޓުވާށެވެ… އަހަރެން އެހެން ބުނުމާއި އެކު މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ… އަދި ތެދުވެގެން ބޭރަށް ދިއުމަށް ހިގައިގަތެވެ. “މިޝް” އަހަރެން ގޮވާލީމެވެ. “ތެންކްސް ޝާމް… އަހަރެންގެ ވާހަކަތަށް އަޑުއެހީތީ… އެކަމަކު ތިކަމަކީ އަހަރެންނަށް ކުރެވޭނެ ކަމެއް ނޫން…. އަހަރެންނަށް ވަރަށް އުދަގޫވާނެ މިކަންތައް ހުއްޓަން” އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ އެހެން ބުނުމުށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. އަހަރެންނަށް ހައިރާންވެފައި އިރުކޮޅަކު ހުރެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެންނަށް އެނދުމަތީގައި އޮށޯވެލެވުނެވެ… މިޝްކާ އެކީ ވާހަކަ އަކީ ތެދުބާއެވެ… ނޫނީ އޭނަ އަހަރެން ހައްދާލީ ހެއްޔެވެ… އާއްމު ގޮތެއްގައި އަންހެން ކުދިންނަކީ އެގޮތަށް މޮޅެތި ދޮގު ހަދާބައެކެވެ… އެކަމަކު މިޝްކާ އެގޮތަށް ދޮގު ހަދަންވީ ކީއްވެ ބާއެވެ… އަހަރެންނަށް އެވާހަކަތަށް ކިޔައިދިނީ ކީއްވެ ބާއެވެ… އަހަރެންގެ ސިކުނޑީގައި އެކިކަހަލަ ސުވާލުތަށް އެބުރެމުން ދިޔައެވެ… އަނެއްކާ އަހަރެންނަށް މިޝްކާއާއި ދޭތެރޭގައި މިވަރަކަށް މި ވިސްނެނީ އޭނަ ދެކެ ލޯބި ވެވެނީ ބާއެވެ… އެހެން ހިތަށް އެރުމާއި އެކު އަހަރެންނަށް ހިތުގައި އަތް އަޅާލެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ… އެހެން ހިތަށް އެރުމާއި އެކު މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ…
އަހަރެންނަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖަހަން ފެށީމައެވެ. އަތުގައި އޮތް ގަޑި އަހަރެންނަށް ބަލާލެވުނެވެ. އެގަޑީގައި ވިސްނަން އޮއްވައި އަހަރެންނަށް ނިދުނީއެވެ. ނަސީބެކެވެ.. އެހެންނޫންނަމަ އަހަރެންގެ ސިކުނޑި ގޮވީސްކަން ޔަގީނެވެ… ދެވަނަ ފަހަރަށް ޓަކި ދިނުމުން އަހަރެން އެނދުން ތެދުވެ ދޮރު ހުޅުވާލީމެވެ. ދޮރު ހުޅުވާލުމާއި އެކު މާޒިން އެތެރެއަށް ދެމިގަތެވެ.. މާޒިންގެ މޫނު ފެނުމާއި އެކު އޭނަ ހާސްވެފައިވާ ވަރު އަހަރެންނަށް އިހްސާސް ކުރެވުނެވެ… “ވަރަށް ކަޑަ… ވަރަށް ބޮޑަށް ނާއްޕެ އޮތީ ބެދިފަ… އެހުރިހާ އެއްޗަކާއި އެކު ހައްޔަރު ކުރީމަ… ހަނދާނެ ގޮތެއް މަށަކަށް ނޭނގޭ… މިފަހަރު ރަނގަޅު ގޮތަކަށް ދާނެއޭ މަގޭ ހިތެއް ނުބުނޭ” މާޒިން ވަތްގޮތަށް އެއްނޭވާ މަތިން ބުނެލިއެވެ. “އޯހް އައި އޭމް ސޮރީ… ” އަހަރެން ބުނެލީމެވެ. “ޔާ މީ ޓޫ” މާޒިންވެސް ބުނެލިއެވެ. “ސޯ ވަޓްސް ދަ ޕްލޭން ދެން” އަހަރެން ފްރިޖްއިން ބިއަރ ދަޅެއް މާޒިންއަށް ދެމުން އަހާލީމެވެ. “އައި ޑޯން ނޯ މޭން… އޭނަގެ ފެމެލީ މީހުން ވަރަށް އެފް.. ވާނެ…. މީއީ އަހަރެންގެ މައްސަލަ… އަހަރެން އޭނަ ފޮނުވަން ވެއްޖެ ވިއްޔަ” މާޒިން ދަޅު ކަޑާލަމުން ކޯވަރެއް ބޯލިއެވެ… “އަސްލުވެސް މާޒިން މިފަހަރު ތަންކޮޅެއް ފަރުވާ ކުޑަކޮއްލީ އިނގޭ… އޭނަ ހުރީ ކަޓާފަ އަހަރެން ބަލާ އައި އިރުވެސް….” އަހަރެންވެސް ދަޅެއް ނަގާ ކަޑާލަމުން ބުނެލީމެވެ. “ދެން ކީއްވެ ޝާމް އޭނަ ނުހިފެހެއްޓީ” މާޒިން ބުނެލިއެވެ.. ” ކަމޯން މާޒިން… މާޒިން ތީ އެންމެ ބޮޑު މީހާ… އެންމެ ބޮޑު މީހާ ބުނީމަ މަށަށް ނޫނެކެ ބުނަން ކެރެނެތަ” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. މާޒިންވެސް އެކަމަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ރައްދު ކޮއްލީ ހިނިތުންވުމެކެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވިއެވެ. އަހަރެން ފޯނަށް ބަލާލީމެވެ. އަންނޯން އަރާފައި އިނުމުން މާޒިންއަށް ބަލާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ. “އާ ކީކޭ” އަހަރެން ބުނީމެވެ. އެއީ އަހަރެންގެ ކޯޑެވެ. އަހަރެންގެ ކައިރީގައި މީހުން ތިބިކަން ފާރިޝްއަށް އަންގާލީއެވެ. “ކުރިއަށް ގެންދަންވީތަ” ފާރިޝްވެސް ކޮއްލީ ސުވާލެކެވެ. “ކުރިންވެސް ބުނި ގޮތަށް ކުރިއަށް ގެންދޭ” އަހަރެން ކައިރީގައި ހުރި މާޒިންއަށް ޝައްކެއް ނުވާނެ ގޮތަށް އަހަރެން ވާހަކަ ދެއްކޭތޯ ބަލަމުން ގެންދިޔައީމެވެ. “ޓައިމް އެއް ހަމަޖެހިއްޖެ… މާދަމާ ރޭގަ… 8ގަ… އަހަރެން ގަޑިއަށް ދާނަން…” ފާރިޝް ބުނެލިއެވެ. “ތިގޮތް އޯކޭ ވާނެ… ނުވަންޏާ އަންގާލާ.. މަވެސް އޭރުން ދާނަން ވާހަކަ ދައްކަން” އަހަރެން ބުނެލީމެވެ… އޯކޭ އޭ ބުނަލަމުން ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެން ހަމަޖެހިލަމުން ދަޅުން ކޯވަރެއް ބޯލީމެވެ.
“ކާކު ގުޅީ” މާޒިން އަހާލިއެވެ. “ރައްޓެހި ކުއްޖެއް… އޭނަ މީހަކާއި ވާހަކަ ދައްކަން ދާން ޖެހިގެން… އަހަރުމެން ވާހަކަ ދައްކާގޮތަށް ބިރު ދައްކަންވެގެން… ކުރިން ދުވަހަކުވެސް އޭނަ އެކަމާއި ވާހަކަ ދައްކާފަ އޮތީމަ މިއަދުވެސް އެގުޅީ” އަހަރެން ހުރީ މާޒިން އެސުވާލު ނުކޮށްގެންނެވެ… އެހެންކަމުން އިތުރު ސުވާލެއް ނުކުރާނެހާ ތަފްސީލްކޮށް އަހަރެން ޖަވާބު ދިނީމެވެ. “ތިޔެއް ނޫނޭ… އަހަރުމެން ގްރޫޕް އެންމެންނާއި އަދިވެސް ޝާމް ބައްދަލެއް ނުކުރެއެއްނުން… ފުއާދު ކުރިން ދުވަހުވެސް ބުނި ޝާމް އަހަރުމެން ކުރާ ހުރިހާ ކަމެއްގައި ބައިވެރި ކުރައްޗޭ… މިހާރު އަނެއްކާ ކަމެއް ރާވަން އެބަ…” މާޒިން ބުނެލިއެވެ. އޭރު އޭނަ އެއްދަޅު ހުސްކުރުމުން އަނެއްދަޅު އަހަރެން މާޒިންއަށް ދީފީމެވެ. “އެހެންތަ އަނެއްކާ ކޮންކަމެއް” އަހަރެން ޝައުކުވެރިކަމާއި އެކު އަހާލީމެވެ. “ދެން މިގަޑީގައެއްނޫން… މާދަން ބައްދަލު ކުރަމާ… މިގަޑީގަ އަހަރެން މިދަނީ ކުޑަކަމެއް ހަމަޖައްސައް… ޝާމްވެސް ރެސްޓް ކޮއްލާ” އެހެންބުނުމަށްފަހު މާޒިން ނިކުމެގެން ދިޔައެވެ. އަހަރެން ގެންގުޅު ދަޅު ޑަސްޕިނަށް ލުމަށްފަހު އަނެއްކާވެސް އެނދުގައި ޖައްސާލީމެވެ. އަނެއްކާ ކޮންކަމެއް ކުރަން އެމީހުން ރާވަނީ ބާއްވާއެވެ… އެމީހުން ކަންތައްތަކުގައި އަހަރެންނަށް ބައިވެރި ނުވެއެއްވެސް ނުވާނެ ތާއެވެ… މިހާރު އަހަރެން އެންމެ ބޭނުންވަނީ މިކަމުގައި އުޅޭ އެންމެން ހައްޔަރު ކުރާށެވެ. ނަމަވެސް އަދިވެސް އެންމެ އަޑީގައި އުޅެނީ ކާކުކަމެއް އަހަރެންނަކަށް ނޭގެއެވެ.. އަދި ބައްޕަގެ މަރުގެ ބަދަލުވެސް ހިފަން ބޭނުންވެއެވެ.. ނަމަވެސް ކާކުގެ ކިބައިން ކަމެއް އަހަރެންނަކަށް ނޭނގެއެވެ… ބޮލުގައި ތެދުން ހިފަހައްޓާލުމަށްފަހު ލޯ މަރާލީމެވެ.
“ސްޓޮޕް” ވަރަށް ބާރަށް އެމީހާގެ މޫނުމަތީގައި އަހަރެން ޖެހީމެވެ. އެވަގުތު އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެމީހާ އެހުރިހާ ވަގުތެއްގައި ހިފަހައްޓައިގެން ހުރި ކަރުނަތަށް އެވަގުތު އޮހިގަތެވެ. މޫނުގައި އަތްއަޅައިގެން ދެކަކޫމައްޗަށް އެމީހާ ތިރިވިއެވެ. އެއަތުން ކަނޑި ހިފައިގެން އަނެއް އަތުން ބަނޑި ހިފައިގެން މޫނުގައި އަތްޖައްސާލައިގެން އިދެ ރޯންފަށައިފިއެވެ. ވަރަށް ބާރަށެވެ. އަނެއްކާވެސް އަހަރެންނަށް ޖެހުނީ އެމީހާގެ އަޑު ކޮޓަރިން ބޭރުނުވަނީސް އެމީހާ ހަމައަކަށް އަޅުވާށެވެ. “އައި އޭމް ސޮރީ އެބައުޓް ޔުއަރ ސަން މޭން… ބަޓް ޔޫ ހޭވްޓް ޕުލް ޔުއަރ ސެލްފް އަޕް ނައު… އޯ ވީ ބޯތް ވިލް ޑައި” އަހަރެން އެމީހާ ކައިރީގައި އިށީދެލަމުން ބުނެލީމެވެ. އެމީހާ އަތުން ބަނޑިއާއި ކަނޑި އަހަރެން އަތުލީމެވެ. އަދި ހަދަންވީ ގޮތް އެމީހާއަށް ބުނެދިނީމެވެ. އެމީހާ މަސައްކަތް ކުރީ އަހަރެން ބުނި ގޮތަށެވެ. މަރުވެފައިވާ މީހާގެ ލޭތަށް ދެމީހުންވެގެން މުޅި ގައިގައި އުގުޅީމެވެ. އެމީހާގެ މޫނުގައި ކާކުކަން ވަކި ނުވާވަރަށް ލޭތަށް އުގުޅީމެވެ. އަހަރެންގެ އަތުގައިވެސް އުގުޅީމެވެ. އަދި ކަނޑިއާއި ބަނޑި ހިފައިގެން ބޭރަށް ނިކުތުމަށް ހިގައިގަތީމެވެ…
ސިހިގެން ގޮސްފައި އަހަރެންނަށް ހޭލެވުނެވެ. އަނެއްކާވެސް ހަމައެހުވަފެނެވެ… މިއީދެން ކިހާ ބޮޑު ވެއްޖެ ކަމެއް ހެއްޔެވެ…. ތެދުވެ އެނދުގައި އިށީދެލީމެވެ. އަހަރެންނަށް ކުރެވުނީ ކީއްހެއްޔެވެ… އެއީ އަހަރެންގެ މައްސަލަ ހެއްޔެވެ… އެމީހާ މަރުވުން އެއީ އަހަރެންގެ ފަރާތުންވީ ކަމެއް ހެއްޔެވެ… ނަމަވެސް އެކަހަލަ ވަގުތެއްގައި ކޮންމެ އަހަރެންނަށްވީ ކޮންމެ މީހަކަށްވެސް ވެދާނެ ގޮތެކެވެ…. އަހަރެންނަށް ލިބުނު ހައިރާން ކަމުގައި ނުވަތަ ސިހުމުގައި ހުއްޓުން އަރާފައި ހުރެވުނީއެވެ… އެހެންވީމާ އެއީ އަހަރެންގެ މައްސަލައަކަށް ވާނެ ހެއްޔެވެ… އަހަރެން ބޮލުގައި ހިފަހައްޓާލީމެވެ. އެވަގުތު އަހަރެންގެ ދެއަތުގައި ހުރި ލޭތަށް ފެނުމާއި އެކު އަހަރެން ސިހިގެންދިޔައެވެ.. މުޅިގައިގައި ހުރީ ލެޔެވެ… ތެޅެމުން ފޮޅެމުން އަހަރެން އެނދުން ތެދުވެއްޖައީމެވެ… ދުވެފައި ދިޔަގޮތަށް ފާހަނައަށް ވަދެ އަތް ދޮންނަން ފެށީމެވެ. އެވަގުތު އަހަރެންގެ ލޮލުން ކަރުނަތަށް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހިގަތެވެ… އަހަރެންނަށް ކުރެވުނީ ބޮޑުވެގެންވާ ނުބައި ކަމެއްކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ… އަހަރެން ދެއަތް ދޮވެ ވުޞޫ ކޮއްލީމެވެ. ނަމާދު ކޮށްގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަން އަހަރެންނަށް އެނގެއެވެ… މިކަމުގެ ތެރޭގައި އުޅެމުން އަހަރެންނަށް އަބަދުވެސް ހިތްހަމަޖެހުމެއް ލިބެނީ ނަމާދެއް ކޮށްލައިގެންނެވެ… ނަމަވެސް އަހަރެން ނަމާދު ކުރަނީ ގްރޫޕް ކުދިންނަށް ނޭނގޭ ގޮތަށެވެ. އެއީ އެމީހުންނަށް އެގިއްޖެނަމަ އަހަރެންނާއި މެދު ޝައްކެއް އުފައްދާފާނެ ތީއެވެ.
ނުނިމޭ….
16 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran… hurihaa kudinge comment thakah maruhabaa 🙂
Its superb.. very interestin igey..kyp it up fantasy 😉
N me frst dhw..yayy!..hehe 😀
thnks aathi v bodah 🙂 .. ya mifaahru aathi ah first 😉
v v v v vnice.keep it up..
thnks ninee 🙂
Vvvvv nice ……waiting……..4……next part… u r the best fantasy
thnks v bodah ifaa 🙂
V v v nice ingey
thnks faathun 🙂
alhey shaam ah dhera eh nudhehchey…nice mi part ves
sharm ah dhera eh nudhen fantasy try kurany reen.. v bodah thnks dear 🙂
Omg… 😮 😮 😮 kihine evy ????? Alheyyy…. up kodhy pulyyyx.. 😛 😛 😛 hehe cant wait… 😉 😉 🙂 🙂 🙂 😀 😀 😀
thnks nukko bodu koh igey 🙂
kihineh e hedhy?? waiting for the next part!
thnks faxoo 🙂