Skip to content
އެސްފިޔަ

ގެންދާށެ މިިހިތް ލޯބިން ކަލާ.. 4

އޭރު އެމީހުންގެ ކުރިމަތީގައި ހުރި އެތީގެ ދެލޯ ވަނީ ދިއްލިފައެވެ. މަޑު މަޑު ފެހި އަލީގެ ތެރޭގައި އޭތި ފެންނަލެއް ވަރަށްވެސް ބިރުވެރިއެވެ.

———–

އޮޅުލައިގަނެގެން ދެލޯ މަރާތަގުޅި ކޮއްގެން ތިބިއިރު ދެމީހުންވެސް ބިރުންގޮސް ރޫރޫ އަޅަމުންދިޔައެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވުމާއިއެކު ހުނުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ގުގުމައިގެން ދިޔައެވެ. ދެލޯ ހުޅުވާލުމަށްފަހު ދެމީހުންވެސް ހޭއަޑު އަންނަ ދިމާއަށް ބަލާލިއިރު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެގެން ވަރަށް ބާރަށް އިޔާން ހެމުން ދިޔައެވެ. އެއީ އިޔާން ގެ ކަމެއްކަން އިނގުމުން އެނދުން ފުންމާލައިގެން ގޮސް އިޔާން ކުރިމައްޗަށް ހުއްޓި އައި ހޭޓް ޔޫ އޭ ކިޔަމުން ލިވްޔާ އިޔާން ގެ ގައިގާ ތަޅަން ފެއްޓިއެވެ. އެވަރުނެވެސް އިޔާޏް ގެ ހުނުމުގެ އަޑު ކަނޑައިގެންނެއް ނުދިޔައެވެ. އެންމެ ފަހުން ލިވްޔާ ރޯން ފެށޫމުން އިސާހިތަކު އިޔާން ގެ ހުނުމުގެ އަޑު ކަނޑައިގެންދިޔައެވެ. އޭރު ރޮމުން ރޮމުން ގޮސް ލިވްޔާ އިނީ ޓައިލްސްތަކު މަތީގައި އިށީނދެއެވެ. އޭރު ބިރުން ގޮސް ލިވްޔާ ތުރު ތުރު އަޅަމުން ދިޔައެވެ.
ލިވްޔާ ރޯތަން ފެނުމުން އިޔާން ސީރިއަސް ވެލަމުން ލިވްޔާ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން ކިހިނެއްވީތޯ ސުވާލު ކޮއްލިއެވެ. އޭރު ލަމްހާވެސް ހުރީ އިޔާޏް ކަނތަށް ކުރި ގޮތުން ރުޅި އައިސްފައެވެ. ” ދޮންބޭ .. ކީއްތިކުރީ .. ކިރިޔާ ބިރުން ހަލާކު ނުވީ ..ލިވް ވަރށް ބިރު ގަންނާނެ އެކަހަލަ ކަންތައްދެކެ .. އިނގިއްޖެ ދޯ މި ބުނި އެއްޗެއް.. ” ލަމްހާ ހިތް ހަމަ ނުޖެހިފައި އެހެން ބުނެލުމުން އިޔާން އަށް ކަރުނަ ފުހެމުން ރޮމުން ދިޔަ ލިވްޔާ އާއި ދިމާއަށް ބަލާލެވުނެވެ. އިޔާން އަށް ސަމާސާ ވިހަވެއްޖެ ކަން އިނގުމުން ލިވްޔާގެ އަތުގައި ހިފާލަމުން މައާފަށްއެދުނެވެ. ނަމަވެސް ލިވްޔާ އިޔާން ގެ އަތް ފޮޅުވާލަމުން ނިކުތީ ބެލްކަންޔަށްށެވެ. ” މިހާރު ވާވަރު ވެއްޖެ އެއްނު .. ދޮންބެ ހުންނާނީ މިހާރު ވަރަށް ހިތްހަމަ ޖެހިފާތާ ދޯ .. އަހަންނަށް ރަގަޅީ ދޮންބެ ދެން މި ކޮޓަރިން ދިޔައްޔާ .. ކުރާނެ ކަމެއް ކޮއްފަ ދެން ލިވް ކައިރިއަށް ދާން އުޅޭނެ ކަމެއް ނެތް .. ދޮންބެ ދޭ .. އަހަރެން ލިވް ހަމަޔަކަށް އަޅުވަފާނަން .. ” އިޔާން އެ ކޮޓަރިން ނިކުމެގެން ދިޔައީ ކުރެވުނު ކަންތަކާ ދެރަވެ ހުރެއެވެ. ނަމަވެސް ލިވްޔާ އެހާ ބިރުގަތީ ކީއްވެ ބާއޭ އިޔާޏް ގެ ހިތަށް އަރަމުން ދިޔައެވެ.ލަމްހާ ބެލްކަންޔަށް ނިކުތް އިރު ލިވްޔާ ހުރި ގޮތުން މިހާރު ލިވްޔާ އެހުރީ ހަމަޖެހިފަކަން ލަމްހާއަށް ނަގައިގަނެވުމެވެ. އަދި އެވެސް އެއްޗެކޭ ނުބުނެ އެނބުރި ދިޔައީ މިވަގުތު ލިވްޔާ ބޭނުންވާނީ އެކަނިވެލަން ކަން އިނގޭތީއެވެ.
ކޮޓަރިއާއި ދިމާއަށް ދިޔަ ލަމްހާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނީ ނާއިކް އޭނާގެ އަތުގަހިފައިގެން ނާއިކް ގެ ކޮޓަރިތެރެއަށް ދެމިގަތުމުންނެވެ. ލަމްހާއަށް ދެލޯ ބޮޑު ކޮއްލެވުނީ ނާއިކް ނާއިކް ދޮރު ތަޅުލުމައްފަހު ލަމްހާ ދޮރާ ތަތްކޮއްލުމުންނެވެ. އޭރު އެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. އިރުކޮޅަކު ލަމްހާގެ މޫނަށް ބަލަހައްޓައިގެން ހުރުމައްފަހު ދެން ނާއިކް ކޮއްލި ކަމަކުން ލަމްހާގެ ހިތްވެސް ހީވީ ހިނދުކޮޅަކަށް ހުއްޓުނު ހެންނެވެ. ބޭއިހްތިޔާރުގައި ދެލޯ މަރާލަމުން ނާއިކް ގެ ކަރުގައި އަތް އަޅުވާލެވުނެވެ.މިނެޓަކަށް ފަހު ނާއިކް ކުޑަކޮށް ދުރަށް ޖެހިލުމައްފަހު ލަމްހާގެ ރީތި މޫނަށް ބަލާލިއެވެ.ނާއިކް ދުރަށް ޖެހިލުމުން ލަމްހާވެސް މަޑު މަޑުން ދެލޯ ހުޅުވާލުމައްފަހު ނާއިކް އާއި ހަތަރު ކަޅި ހަމަކޮއްލިއެވެ. އެވަގުތު އޭނާ ނާއިކް ގެ އެ ފުންކަނޑެއް ފަދަ ދެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވިއެވެ.
އެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރި ލަމްހާ ސިހުނީ ނާއިކް ގެ އަތް ލަމްހާގެ ކޯތާފަތުގައި ބީހިލުމުންނެވެ.ލަމްހާ އަވަސް އަވަހަށް އެސްފިޔަތަށް ތިރިކޮއްލިއިރު އެ ކޯތާފަތަށް ރަތް ކަމެއް ފާއްދާލާފައި ވެއެވެ. ދެވަނަ ފަހަރަށް އިސްއުފުލާ ބަލާލަން ނުކެރިފަ ހުއްޓާ ނާއިކް ކޯތާފަތުގައި ފިރުމާލަމުން ބުނެލި ޖުމްލައިން ލަމްހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން އެތަށް ގުނައެއް އިތުރުވެގެން ދިޔައިރު އެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވަމުން ދިޔައެވެ. ” ކީ.. ކީ .. ކީކޭ ؟؟ ” ލަމްހާ ސުވާލު ކޮއްލީ ދެވަނަ ފަހަރަށް އެއަޑު އަހާލާ ހިތުންނެވެ. ” ޔެސް .. އައި ލަވް ޔޫ ލަމް .. އައި ރިއަލީ ލަވް ޔޫ .. ” ދެނަފަހަރަށް ނާއިކް އެހެން ބުނެލުމުން ލަމްހާ އުފަލުން ގޮސް ނާއިކް ގެ ގައިގާ އޮޅުލައިގަތެވެ. ” އައި ލަވް ޔޫ ޓޫ ނިކް .. ” ލަމްހާ އެހެން ބުނިއިރު އުފާވެރި ހިނިތުންވުމެއް އެ ތުންފަތް މަތީގައި ވިއެވެ.
****************************************
މާޒީގެ ހިޔާލު ތަކުގެ ތެރެއަށް ގެއްލިފައި އޮތް ލިވްޔާ ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުމުންނެވެ. އަވަސް އަވަހަށް މޫނު ރީތި ކޮއްލުމައްފަހު ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ފެނުމުން ލިވްޔާއަށް ގަބޫލުކުރަން ދަތިވިއެވެ. ހުވަފެނެއްކަމަށް ހީކޮށް ދެފަހަރަކު އެސްފިޔަ ޖަހާލިއިރުވެސް މަންޒަރު ބަދަލެއް ނުވިއެވެ. ހައިރާން ކަމާއިއެކު ލިވްޔާ ކުރިމަތީގައި ހުރި މީހާއަށް ބަލަމުން ދިޔައިރު އެތައް ސުވާލެއް އެ ސިކުނޑީގައި ބުރުޖަހަމުން ދިޔައެވެ
( ނުނިމޭ )

Comments (9)

  1. Mishya

    hi guys … i knw its v v v vv v v v short .. but hama liyevunu varakah liyelaafa up kohly mi .. i’m very srry .. really very srry .. aslu family kuhjeh hithaanu kohgen ulheythy i’m v bxy .. n plus i’m going away frm male for a few days .. so i dont knw when i will be able to upload next prt .. i’m srry evryone .. i knw varahh kurukan n i’m srry for that .. dhn hama upload kohly .. i knw hih hama nujehey kudhin vess thibeyne kan .. i’m srry .. 🙁 ..

  2. Ryn

    aww vrh nyc mi prt.. alheyyy ehnthr mish.. its k 🙁 bt wil miss u n mi stry alt… kurakas its nyc n intrstin hisaabakah aslu nimuny.. dnt b sry mish 😉 n tc 😉 miss u 😉 waitin fr the nxt prt ingey 😉 gd lck..

  3. Kiyuntheriyaa

    Thanks for uploading in spite of being so buzy. Thanks a lot. This part is also nice. 🙂 🙂 🙂

  4. Maree

    It’s really interesting. Other than shaz”s story, I’m reading yours . And the sentences and descriptions are flawless !! Very nicely alloborated.

  5. naax

    Thnkx ehaa bixy koh ulhemun vx up kohlythy.. v reethi vaahaka masha allah.. inthixaaru kutaanan next part ah vx

  6. zee

    Its ok, take your time, v reethi mi bai ves:-)

  7. yyyy

    haadha laheyyyyyyyyyy…. still waiting. … 🙁 🙁 🙁

  8. Petite

    Alhey kobaa mi story ge next part… mishya plx upload the next episode soooon

  9. Eeko

    Kobaa mi story he next part haadha dhuvaheh vehjeyey mihaar

Comments are closed.