ރަށަށް ދެވުމާއި އެކުހެން އާލިމްގެ ކާރަށް އާނާ އަރުވައިގެން ގެއަށް ގެންދިޔައެވެ. އެންމެންވެސް ބަނދަރުމަތީ ކަންބޮޑުވެފައި ތިއްބެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ އާނާ އެ ނުރައްކަލުން ސަލާމަތް ވޭތޯއެވެ. ޒަޔާލްވެސް ނުގޮސް މަޑުކުރީ ގެއަށް ގޮސް ފެންވަރާ ތާޒާވެގެން އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޝައުނާ ކާރު ގޮސް އޮބާލަންދެން ފެންކަޅިވެފައި އެ ދިމާލަށް ބަލަން ހުއްޓެވެ. އޭނާއަށް ކުޅަދާން ވެގެން ވާނަމަ އެ ނުބައި ޖިންނި އޭނާ މަރާލާނެއެވެ. އޭނާ ގަބޫލު ކުރި ގޮތުގައި […]
ފެންއަރުވާ ވަޑާމުގެ ވަށައިގެން ރާނާފައިވާ ތިރި ފާރުމަތީ އިށީންދެލައިގެން އިން އިޒްކާން ފެނި މިޝްޔާގެ ހިތުގެ ތެޅުން ކުރިއަށް ވުރެ ބޮޑަށް ބާރުވެގެން ދިޔައެވެ. އޭނަ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ވެސް ލަސްކަމެއް އަތުވެއްޖެއެވެ. ލަސްލަހުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެއްޓިއެވެ. މިޝްޔާ ފެނުމުން އިޒްކާން އޭނަ އިން ތަދުން ތެދުވުނެވެ. އަދި ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ މިޝްޔާ ގާތަށް ދިއުމަށް ހިނގައިގަތެވެ. އިޒްކާންގެ ތުންފަތުގައި ވި ހިނިތުންވުން އިތުރަށް ފުން ވެގެން ދިޔައެވެ. […]
ފޯނު ކަނޑާލުމުން ރަނާ އެ ފޯން ޝިފާނަށް ދިއްކޮށްލުމުން ޝިފާން އަދި އިރުކޮޅަކުން ދާން މަޑުކުރުމަށް އެދުނެވެ. ރަނާގެ އިންތިޒާރުގައި މިރޭ ގޭގައި މީހަކު ނުހުންނާނެއެވެ. މިކަހަލަަ ދެވަނަ ފުރުސަތެއް ނުލިބޭނެތީ ރަނާވެސް ގަސްތު ކުރީ ޝިފާނާ އެކީގައި މަޑު ކުރާށެވެ. މަޑުމަޑުން ކޯކު ދަޅުން އެތިފޮދު ބޮމުން އެކިވާހަކަ ދައްކާ ހީ ސަމާސާ ކުރަމުން ދިޔައެވެ. އެހިސާބުގަނޑަށް އިވެނީ މޫދުގެ ރާޅުޖަހާ އަޑެވެ. ރޭގަނޑު 11 ޖެހުމުން ގެމެންދޫ މަގެއްގެ މަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. […]
އައިލީން ގެ ވަކިވެ ދިޔުމުގެ ހިތައިމައިގާ ނަޖުމާ އެތަށް ދުވަހެއް އެ ދަރިފުޅު ގެ ހަނދާނުގައި ކަރުނަ އޮއްސިއެވެ. އަދިވެސް ނަޖުމާ އެކަނި ވުމުން އެދަރިފުޅު މަތިން ހަނދާން ކޮއްކޮއްފައި ރޯތަން ފެނުމުން ފިރިހެނަކަށް ވިޔަސް ހަސަނުގެ ހިތަށްވެސް ފުން އަސަރު ތަކެއް ކުރެއެވެ. ނަޖުމާ އެހެން ރޯތަން ދެކޭކަށް އެއީ އޭނައަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ. އޭނައަށް ވާނަމަ އެ މިހުން ނާ ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ގެނައީ ހެއެވެ.. ނަމަވެސް މިއީ […]
ެ. މިކަންކަމާއި ހެދި ޔައިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެ އެވެ. ކުށެއް ނެތް ތުއްތު ފުރާނަ ތަކަކަށް ކެތްނުވާ ވަރުގެ ބުރަ މަސައްކަތްތައް ޖައްސަމުންދާއިރު އެހަރު ހިލަ ހިތްތަކަކަށް އެކައްޗެއްވެސް ނާރާބާއޭ ޔައިންގެ ހިތަށް އެރި އެވެ. އެއްދުވަހެއްގެ ދަންވަރުގެ ވަޤުތު ޔައިނާއިއެކު އަބަދުހެން އުޅޭ ފިރިހެން ކުއްޖެއް އޭނާއަށް ގޮވަން ފެށުމުން ޔައިނަށް ހޭލެވުނެވެ. އޭރު ގަޑިން އެއްގަޑި ބައިވެދާނެ އެވެ. ތަން ވަނީ ހަމަ ހިމޭންވެފަ އެވެ. ނަމަވެސް ހުރިހާ ކުދިންހެން […]
”ހުއް… ތިހާ ވަރަށް މިޝްޔާ ދެކެ ކޮންސާރން ވާ މީހެއްނަމަ ދެވަނަ ކައިވެންޏެއް ނުކުރީހެއްނު!، އެވެސް އެކުއްޖާއަށް އޮޅުވާލައިގެން، އެވަރުން ވެސް މަންމަމެން އިތުބާރު ކުރަނީ މީނައަށް… އެކަމަކު ދަންނާތި، ހަޤީޤަތް ދާއިމަށް ނުފޮރުވޭނެކަން! ދެން ރަގަޅުވާނީ މިތަނުން ދިއައްޔާ…. ކަލޭގެ ފަހަތުގައި ފޮރުވިފައިވާ ޝައިތާނާ އެ ޔަޝްމްއަށް ފެންނާނެ ދުވަހަކަށް އަހަރެން ދުޢާ ކުރާނަން، ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެ ހެން….” ”ދީމް!” ކުއްލިޔަކަށް ޖުވޭރިޔާގެ އަތުގެ ހޫނު އެތިފަހަރެއް ދީމްގެ ކޯތާފަތަށް އެރިއެވެ. އެފަދަ […]
ބައްޕައާއި މަންމަ އަހަރެން ބަލަމުން އައީ ވަރަށް ލޯބިންނެއެވެ. ބައްޕައަށް ވުރެށް ބޮޑަށް މަންމަ ދެކެ ލޯބިވާކަމަށް ބުނެ އަބަދުވެސް ބައްޕަ ވަރަށް ޝަކުވާ ކުރާނެއެވެ. ހަނދާންވާ ގޮތުގައި އޭރު އަހަރެންނަށް ވާނީ އެންމެ ދިހަ އަހަރެވެ. މަންމަ އަހަންނާ ވާހަކަ ދެއްކުން މަދުވެ އަހަރެންނާ ދުރުން އުޅެން ފެއްޓިއެވެ. އޭރު މަންމަ އެގޮތަށް ކަންތައް ކުރުމުން މަންމަ ގައިގައި އޮޅުލަމުން މަންމަ ލޯބި ނުވަނީހޭ އަހައި ޝަކުވާ ކުރެވުނެވެ. އެއީވެސް އޭގެން ދުވަހެކެވެ. މަންމަ ގައިގައި […]
އަހަރެން އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު އެކޮޓަރިއަށް ވަނީމެވެ. އެތަނުގައި ހުރީ އެންމެ ހަތަރު ގޮޑިއެވެ. އިތުރު އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. އަހަރެން އެތަނުން ގޮޑިއެއްގައި އިށީދެލީމެވެ. ނަމަވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އެކޮޓަރިތެރޭގައި ހިގަންފެށީމެވެ. އިރުއިރުކޮޅާ އަހަރެންނަށް ގަޑިބަލާލެވެއެވެ. އަހަރެން އެހެން ކޮޓަރިތެރޭގައި ހިގާތާ ފަނަރަމިނެޓް ފަހުން ދޮރުހުޅުވާލާފައި އާދިލްސަރ ވަދެގެން އައެވެ. އާދިލްސަރގެ ފަހަތުން ހާނިމްސަރ އަދި ފާރިޝްވެސް އެތެރެއަށް ވަނެވެ. އަހަރެންގެ މޫނަށް ތިން މީހުން ބަލަހައްޓައިގެން ތިއްބެވެ. ފާރިޝްއަށް ވާން އުޅެނީ […]
ފުރަތަމަ ވާހަކަވީމަ ހުންނާނެ މިސްޓޭކްތަށް ބައިވަރު.. ޕްލީސް ކިއުންތެރިންގެ ހިޔާލު ވަރަށް ބޭނުން ******** އެކަނި މާއެކަނި އިން ނިޝާއަށް ވިސްނެމުން ދިޔައީ އޭނާގެ އެއްމެގާތް އެކުވެރިއާ ކަމުގައިވާ ނަޒްލާއާ ދޭތެރޭގައެވެ. ނަޒްލާ އަކީ ކޮލެޖް އިން ނިޝާއާއި ރަހުމަތްތެރިވި ކުއްޖެކެވެ. ނިޝާ އަށް ނަޒްލާއާއި ދިމާވީއްސުރެ ދެކެމުން އަންނަނީ އެއްބަނޑު އެއްބަފާދައްތައެއްގެ ގޮތުގައެވެ. ދެމީހުން ވެސް ކިޔަވަނީ ނާރސިން އެވެ. ނަޒްލާ އަކީ ބަސްމަދު މަޑުމައިރި ކަމަށްލޯބިކުރާ ކުއްޖެކެވެ. ނަމަވެސް ނިޝާ އަކީ މީގެ އިދިކޮޅެވެ. […]