Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ… (9)

Ryn
December 20, 2015
6 Mins Read
63 Views
31 Comments

ނައީމްވެސް އެމީހުންގެ ފަހަތުން ހަލުވި ހިނގުމެއްގައި ދިޔައެވެ. އާނާ އެނދުމަތީ އިނދެ ހަޅޭލަވަމުން ދިޔަ މަންޒަރު އެ ކޮޓަރި ދޮރު ހުޅުވާލި އާލިމް އަށާއި ރައުނާއަށް ފެނުނެވެ. އާނާ ހަޅޭލެވުން ހުއްޓާލީ ރައުނާ ފެނުމުންނެވެ. އޭރު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަަތަށް އާދެއެވެ. ރައުނާ ދުވެފައި އައިސް އާނާގައިގާ ބައްދާލިއެވެ. “މަންމާ..! މަންމާ.. އޭތި ޒަޔާލް. މަންމާ ޒަޔާލް … މަރާލަން.. މަންމާ!!” އާނާ މައި ނޭވާތަކެއް ލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އިތުރަކަށް އެކައްޗެއްވެސް ނުބުނެވުނެވެ. އޭނާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު އޭނާ ވަނީ ދާހިއްލާ ފޯވެފައެވެ. “މަންމާ ޒަޔާލްް..” އާނާ އަނެއްކާވެސް އެހެން ބުނެލިއެވެ. ރައުނާ އާނާ ގައިގަާ ބައްދާލައިގެން ހުރި އިރު އޭނާގެ އަނގައިން އެއްވެސް އެއްޗެއް ބޭރުނުވެއެވެ. އޭނާގެ ދަރިފުޅަށް މިއަދު ޖެހިފައި މިއޮތީ ކޮންފަދަ މުސީބާތެއްހެއްޔެވެ؟

“އާނާ… ދަރިފުޅާ.. ކިހިނެއްވީ..؟” ރައުނާގައިގާ ބައްދާލައިގެން އޮވެ ރޮމުން ދިޔަ އާނާއާއި ކައިރިވެލަމުން އާލިމް އެހެން އެހިއިރު ނައީމް އޭނާގެ ފަހަތުން އަރާ ހަމަ ކުރިއެވެ. “އަހަންނަށް ފެންނަނީ މިކަން ވީ ހާވެސް އަވަހަށް ކުރަން..” ނައީމް އާލިމް ކައިރި އެހެން ބުނެލުމުން އާލިމް އާނާއާއި ދިމާލަށް ބަލައިލީ އެތަކެއް އަސަރުތަކަކުން ފުރިގެންވާ ބެލުމަކުންނެވެ. އާލިމް ބޯ ޖަހާލުމުން ނައީމް ނިކުމެގެން ދިޔައީ ވީހާވެސް އަވަހަށް އެކަންތައް ކޮށް ނިންމާލުމުގެ ގޮތުން ބޭނުންވާ ބައެއް ސާމާނު ލިބޭތޯއެވެ. ޒަޔާލްއަށް އެގެއަށް ވަދެވުނީ ނައީމް ނިކުމެ ނުކުމެ ހުއްޓައެވެ. ނައީމް އާއި ދިމާ ބަލައިލުމަށް ފަހު އަވަސް އަވަހަށް އެގޭތެރެއަށް ޒަޔާލް ވަނެވެ. ނައީމް ހުރީ ހުއްޓުން އަރާފައެވެ. ޒަޔާލް ދިޔަ ދިމާލަށް ބަލަން ހުރެވުނީއެވެ. “އަނެއްކާ އެއީ އޭނަ ބާ……. ހާދަ ވައްތަރޭ… އަނެއްކާ އާލިމްވެސް ބުނި އޭނާއަށޭ މަތަ ކުރެވެނީ… މީ ކަންނޭނގެ ޒަޔާލް އަކީ.. އެކަމު……..” ނައީމް ހިނގައިގަތީ އޭނާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުންނެވެ. އޭނާ މިހާރު މާ ބޮޑަށްވެސް ޒަޔާލްއާއި ބައްދަލުކޮށް ވާހަކަ ދައްކަން ވަނީ ބޭނުންވެފައެވެ.

ޒަޔާލް އާނާގެ ކޮޓަރިއާއި ދިމާލަށް ދިޔައިރު އާލިމް އާއި ރައުނާ އެތަނުން ނިކުންނަނީއެވެ. ޒަޔާލް ފެނުމުން ރައުނާގެ މިލާފައިވާ މޫނަށް ކުޑަ ނަމަވެސް ހިނިތުން ވުމެއް ވެރިވިއެވެ. އާލިމް ގޮސް ކޮޓަރިއަށް ވަނީ ޒަޔާލް ކައިރި ސިޓިންގް ރޫމްގައި އިށީނދެ ޖޫސްތަށްޓެއް ނަމަވެސް ބޯލާށޭ ބުނުމަށްފަހުގައެވެ. އާލިމްގެ ސިކުނޑި މިވަގުތު ހުރީ ހަމަޔަކު ނޫންކަމުން މިވަގުތު އޭނާ ބޭނުމީ އެކަނި ވެލާށެވެ. އެނދުމަތީ އޮށޯވެލާ ނިތްކުރިމަތީ އަތްބާއްވާލިއެވެ. އަދި ސީލިންގް އާއި ދިމާލަށް ބަލަން އޮތީ ހިޔާލަކަށް ގެއްލި އޮވެއެވެ. އާލިމްގެ މޫނުމައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވީ ކުރީގެ ހަނދާންތަކެއް އާލާވުމުންނެވެ.

“ބައްޕީ ބައްޕީ.. އާނާ ބިރުގަނޭ ގޯސްޓް ދެކެ.. ބައްޕި ހުންނަންޗޭ އިނގޭ އާނާ އަށް ހެލްޕް ވެދެން ފައިޓް ކުރަން…” ކުޑަ ކުޑަ އާނާ ބުނި އެބަސް އާލިމްއަށް އަޑުއިވެންފެށުނެވެ. ކަންފަތުގައި ހިފައިފައި ހުރިކަހަލައެވެ. “ބައްޕި ހުއްޓަކާ ނުކެރޭނެ ގޯސްޓް ކީއްކުރަން ޑްރޭގަން އަކަށްވެސް ބައްޕިގެ ޕްރިންސަސް ދެރަ ކޮށް ބިރުގަންނުވާލާކަށް..” “އަސްލުތަ ބައްޕީ..؟ ބައްޕި ހާދަ ސްޓްރޯންގޭ…”

“މިއަދު އެ ދުވަސް އައީމަ ބައްޕައަކަށް ނެތް ކުރެވޭނެ އެއްކަމެއްވެސް.. މާ ބޮޑު އެހީއެއްވެސް ނެތް ކުރެވޭކަށް…. ދަރިފުޅު އެހާލުގައި ތެޅޭތަން ބެލުން ފިޔަވާ.. އައިމް ސޮރީ ބޭބީ… ބައްޕައަށް އެއްކަމެއްވެސް އަދި ނުކުރެވޭތީ… އައި އެމް ނޮޓް ސޯ ސްޓްރޯންގް..” އާލިމް އެހެން ބުނެލިއިރު ލޮލުގެ ކަނުން ކަރުނަ ފޭދިގެން ގޮސް ބާލިހަށް ވެއްޓުނެވެ. “އިޓްސް އޯކޭ ބައްޕީ.. ބައްޕި ޓްރައި ކުރާނެކަން އާނާއަށް އިނގޭ.. ބައްޕިގެ ޕްރިންސަސް ސަލާމަތް ކުރަން އަބަދުވެސް ތައްޔާރު ވާނެކަން… އަބަދުވެސް އެހީވާނެކަން… އަދި ނިމުނީކީ ނޫނެއްނު ބައްޕީ.. އަދި ފެށުނީ.. އާނާއަށް އިނގޭ ބައްޕި އާނާ މި ކަމުން ސަލާމަތް ކުރާނެކަން.. ބައްޕި ތީ ސްޓޮރޯންގް ކުއްޖެއް.. އާނާ އަށް އިނގޭ ބައްޕި ސްޓްރޯންގްކަން.” އާލިމް އަށް އިވެމުން ދިޔައީ އާނާ ގެ އަޑެވެ. އާނާ ކުޑައިރު ވާހަކަ ދެއްކި ގޮތަށް އެ އަޑުންނެވެ. އާނާ ހުރިނަމަ އެހެންނޭ ބުނާނީ އޭނާ ހިތަށް އަރަމުން ދިޔައެވެ.  އާލިމް ވިސްނަން ފެށިއެވެ. އޭނާއަށް ވާނަމަ ހަމަ މިވަގުތުވެސް އެ ޖިންނި މަރާލީހެވެ.

ރައުނާ ޒަޔާލް ގޮވައިގެން ގޮސް ސިޓިންގް ރޫމްގައި ހުރި ސޯފާގައި ޒަޔާލް ބޭންދިއެވެ. “އޭނީ ކިހިނެއްތަ މިހާރު؟؟” ޒަޔާލް އެންމެ ފުރަތަމަވެސް އެހީ އެ ސުވާލެވެ. “ދެންމެ އޭނަ ވަރަށް ގޮވި ޒަޔާލްއަށް.. އޭތި ކަމެއް ކުރާނެ އޯ މަރާލަންށޯ އުޅެނީ ޒަޔާލް.. އެހެން ކިޔައިގެން.. ރައުނައްތަމެން ދިޔައިރު އޭނާ ހުރީ ދާހިއްލާ ފޯވެފަ.. އޭނާގެ ގައިގާ ބައްދާލިއިރު އޭނާގެ ހިތް ތެޅޭވަރު އިހްސާސްކޮށްލެވުނު…” ރައުނާ އިސްޖަހާލިއެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. “ރައުނައްތަ އަހަރެން ހުރި ހާ ދުވަހަކު ނުކެރޭނެ އޭނީއަކަށް ކަމެއް ވާކަށް… ގަބޫލް ކުރޭ.. ދައްތަ ރޮންޏާ އަހަރެންވެސް  އަދި އޭނީވެސް ކިހާ ދެރަވާނެ..” ޒަޔާލް މަސައްކަތް ކުރީ ރައުނާގެ ގެއްލެމުން ދިޔަ ހިތްވަރު ހޯދައި ދިނުމަށެވެ. ރައުނާ ކަރުނަތަށް ފޮހެލާ އިސްއުފުލާލާ ބަލާލިއިރު މޫނުމަތީ ހިނިތުންވުމެއްވެއެވެ. “އެހެންވެ ދައްތަ ބިރު ނުގަންނަނީ… ޒަޔާލް އަބަދުވެސް ހުންނާނެކަން އިނގޭތީ.. އެކަމު ޖިންނިން ނަކީ ވަރަށް ވަރުގަދަ އެއްޗެއް… އަހަރެމެން މީ ނިކަމެތި އިންސާނުން…” “ދެން ރައުނައްތާ… މާތް ﷲ އަށް ދުޢާ ކުރޭ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ރައުނާ ހިނިތުންވެލިއެވެ. އަދި ޒަޔާލްގެ ބޮލުގައި ފިރުމާލިއެވެ. “އަންނާން ޖޫސްތަށްޓެއް ހިފައިގެން އިނގޭ.. ނޫނީ ކޮފީއެއްތަ؟” ރައުނާ ކޮޅަށް ތެދުވަމުން އެހެން އަހާލިއެވެ. “ނޫނޭ.. ދައްތަ އިނދޭ މިތާ.. އަހަރެން އައީ ކައިގެންނޭ..” ޒަޔާލް އެހެން ބުނެލީ ރައުނާގެ އަތުގައި ހިފައި ސޯފާގައި ބައިންދަމުންނެވެ. “ދައްތަ ކައިރި ދޮގު ނުހަދަންޗޭ.. އިނގޭ ނުކާނެކަން… ދައްތަ އަކަށް ދޮގެއް ނުފޮރުވޭނެ….” ރައުނާ އެހެން ބުނުމުން ޒަޔާލް އިސްޖަހާލިއެވެ. އެބުނީ ތެދެކެވެ. ޒަޔާލް އެއް ނުކައެވެ. ކާނީވެސް ކިހިނެއްހެއްޔެވެ؟ ފެންފޮދެއް ބޯލަން އުޅުނަަސް ހަނދާން ވަނީ އާނާއެވެ. އާނާ ކެއީބާއޭ ނުވަތަ އެހެން ކަމެއް ކުރި ބާއޭ ހިތަށް އަރާވަރުން ފެންފޮދެއްވެސް އެ ފަކީރަށް ނުދިރުވެއެވެ. ކެއުން އެއީ އަދި މާދުރުގައި އޮތްކަމެކެވެ.

“ކޮބާ އޭނީ…؟” ޒަޔާލް އެހެން އަހާލިއެވެ. “ފެންވަރަން ވަނީމަ ރައުނައްތަ މެން ނިކުތީ. ހޭލި ފަހުން އެއްވެސް ބަދަލެއް ނާދެ… ހަމައެކަނި ޒަޔާލްއަށް ގޮވާފަ ބިރުން އުޅުނުކަން… ދައްތައަށް ހީވާއެއްޗެއް ބުނެލަންތަ؟” ރައުނާ އެހެން ބުނެލީ އޭނާގެ ދެއަތް މޮޑެލަ މޮޑެލާ އިނދެއެވެ. “ދައްތައަކަށް ހިއެއް ނުވެ އެއީ ނުބައި ޖިންނިއެއް ހެނެއް.. ނޭނގެ އެކަމު ހަމަ ހީވަނީ… އަޑުއަހަން ޖިންނިން ގެ ވަރަށް ބައިވަރު ވާހަކަ.. މިބުނީ މީހުންނަށް ކޮށްފައި ހުރި ކަންތަކާ ގޯނާތަށް.. އެކަމު އާނާއަކަށް އެކަހަލަ މާ ބޮޑު ގޯނާއެއް ނުކުރޭ… އަދި އެއް.. ދެން މީހުން ބުނާ އަޑުއަހަން ޖިންނިން އަވަލާއިފިއްޔާ ވަކި ވަގުތެއް ވެސް ބަލައި ނުލާނޭ އަބަދު އުޅޭނީ ހަށިގަނޑު ތެރޭގައޭ.. އެކަމު މިހާރުވެސް އެ އުޅެނީ އާނާ ހަމަ.. އޭނަ ރީއްޗަށް ބުނަންވެސް ބުނި ނަމާދު ކުރަންވެސް ޖެހޭނޭ… އޭރުން ބިރުފިލާފާނޭ.. އާނާ ވާހަކަ ދެއްކިގޮތުން ހިއެއް ނުވެ އޭނާ މާ ބިރުގަނެގެން އުޅޭހެނެއް.. އޭނާ ހަމައެކަނި ބިރުގަންނަނީ އެ އެތި ޒަޔާލްއަށް ކަމެއް ކޮށްފާނެތީ ހެން ހީވަނީ އެއީ އެވަގުތު ހަޅޭލަވައިި ހެދީމަ.. ދައްތަ އެހިން ވީ ކީއްތޯވެސް  އެކަމުވެސް އޭނާ ނުބުނެ އެއްޗެށް ބުނީ ހަމައެކަނި ޒަޔާލް ގެންނާށޭ. ޒަޔާލްއަށް ކަމެއްކޮށްފާނޭ.. ޒަޔާލް ކީކޭ ބުނަނީ..؟” ރައުނާ އޭނާއަށް ހީވާގޮތް ކިޔައިދިންއިރު ޒަޔާލް ފުން ހިޔާލެއްގައި އިނީ ރައުނާ ދައްކަމުން ދިޔަ ވާހަކަތަށް އަޑު އަހާ އެއިން އެއްޗެއް ދެނެގަނެވޭތޯއެވެ.

“ރައުނައްތަ ބުނިގޮތަށް ވިއްޔާ ރަނގަޅީ… އޭނީ އަކީ ހިތްވަރުގަދަ ކުއްޖެއް…އެކަމު ކަންތައް ދެން ވާނެގޮތް ދެނެވޮޑިގެންވާނީ ހަމަ އެކަނި  މާތްﷲ އަށް އަހަރެމެންނަށް ދުޢާ ކޮށް މަސައްކަތް ކުރެވޭނީ..” ޒަޔާލް އެހެން ބުނެލީ މައްޗަށް ބަލާލަމުންނެވެ. “ދެން ދައްތަ މިދަނީ ކާން ހަނދަން.. އަނެއްކާ އެހެން ވާހަކައެއް ފެށޭނީ..” ރައުނާ ހިނގައިގަތެވެ. “ނޫން ދައްތާ ދެން އޯކޭ ވާނެ..” ޒަޔާލް އެހެން ބުނުމުންވެސް ނޫނޭ އަންނާށޭ ބުނެ ރައުނާ ހިނގައިގަތެވެ. ޒަޔާލްވެސް ފަހަތުން ދިޔައެވެ. “ދައްތާ. ފެންފޮދެއް އެކަނި ބޯލާނީ…” ކާން ތައްޔާރު ކުރަން ހުރި ރައުނާއާއި ދިމާލަށް ޒަޔާލް އެހެން ބުނެލީ މޭޒްކައިރި އިށީނދެލަމުންނެވެ. “ނޫން މިފަހަރު ޖެހޭނީ ހަމަ ކާން.. އާނާވެސް ނިކުމެދާނެ މިހާރު.. ދައްތަ އޭނާއަށް ކާން ގޮވާފަ އެބަ އަންނަން އިނގޭ.. މިތަނުން ނުދާތި…” ރައުނާ ދެ ތަށި މޭޒުމަތީ ބެހެއްޓިއެވެ. އަދި ނިކުމެފައި ވެސް އެތެރެއަށް ވަނީ ޒަޔާލް ދާށޭ ބުނަމުންނެވެ. “އޭރުން އެންމެ ރަނގަޅުވާނީ.. ޒަޔާލް ކައިރި ބުނެވެސް ފާނެ އޭނާ ވީ ގޮތް…” ޒަޔާލް އެންމެ ފަހުން ދިޔައެވެ. ހަޤީޤަތުގައި ރައުނާ ޒަޔާލް ފޮނުވީ އެ ގޮތް ނޭނގޭ ބާރެއް ޒަޔާލް ގެ ގައިގައި ވާ ކަން އޭނާއަށް އިހްސާސް ވީމައެވެ. އެންމެ ފުރަތަމައިން ފެށިގެންވެސް ޒަޔާލްގެ ހަރަކާތްތަކުން އާނާއަށް އަންނަމުން ދިޔަ ބަދަލު އޭނާއަށް ފާހަގަވިއެވެ.

ޒަޔާލް ގެ ހިތް ހުރީ އަވަސްވެފައެވެ. އާނާގެ ކޮޓަރީގައި ގޮސް ޓަކި ޖަހާލިއެވެ. ނަމަވެސް އާނާގެ ހަބަރެއް ނުވިއެވެ. ދެތިން ފަހަރު ގޮވައިވެސްލިއެވެ. އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އެހެން ކަމުން ދޮރު މަޑު މަޑުން ހުޅުވާލިއެވެ. ދޮރު ތަޅުނުލާ ހުރިކަން ނަސީބެވެ. ޒަޔާލް އަށް ފެނުނީ ނަމާދު ދޮޅި އަޅައިގެން ޤިބްލައަށް ކުރިމަތި ލައިގެން އިން އާނާއެވެ. ފެންނަނީ އެއްފަޅިއެވެ. އޭނާގެ އަތް ވަނީ ހިއްލާލެވިފައެވެ. ލޯ މަރާލައިގެން އިން އިރު ވަރަށްވެސް މައުސޫމް ގޮތެއް ޖަހައެވެ. ނަމާދު ކޮށް ނިންމައިގެން ދުޢާ ކުރަން އިން އާނާއަށް އެއިން އެއްވެސް ކަމެއް ރޭކައި ނުލައެވެ. ގޮވާއަޑުވެސް ނުވަތަ ޓަކި ޖެހި އަޑުވެސް ނީވުނެވެ. އާނާގެ ފަހަތުގައި ހުރި އެނދާއި ދިމާލަށް މިޝްރާބު ޖެހި ޒަޔާލް އިރު އިރުކޮޅާ އާނާއާއި ދިމާލަށް ބަލައެވެ. އާނާއަށް މީހަކު އުޅޭހެންވެސް އިހްސާސް ނުވާ ކަހަލައެވެ. އޭނާ އެވަގުތު ވަނީ މާ ބޮޑަށް އޭނާ ކުރަމުން ދިޔަ ދުޢާއަށް ހުސްވެފައެވެ. ޒަޔާލް އާނާއަށް ނުގޮވާ ގޮސް އެނދުމަތީ އިށީނީ އެހެންވެއެވެ. ފައި މަަތީ އަތްބޭންދުމަށްފަހު ޒަޔާލް އޭނާގެ މޫނު ފޮރުވާލިއެވެ. ނިތް ކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަށްވެސް އޭނާގެ އިނގިލިތަކުދެ ދޭތެރެއަށް ލިއެވެ.

“ޒަޔާލް  އައި ލަވް ޔޫ.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަތުން ޒަޔާލް ދޫވެގެން ދާކަށް… ވަރަށް ބޮޑަށް ލޯބިވެ..” އާނާ މުސައްލަ މަތީ އިންގޮތަށް އިނދެ އެހެން ބުނެލިއިރު އޭނާގެ ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. އޭނާ ކުރަމުން ދިޔަ ދުޢާ ނިމުނީކަން އިނގުނީ ދެއަތް މޫނުމަތީ އަޅާ ލުމަށްފަހު ތިރި ކޮށްލުމުންނެވެ. ޒަޔާލް އޭނާގެ އަތް މޫނުމަތިން ނެގިއެވެ. އަދި އާނައާއި ދިމާލަށް ބަލާލިއެެވެ. ދެބުމަ ގޮށްޖަހާލަމުންނެވެ. ޒަޔާލް އާނާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އާނާ ތެދުވަންވެސް ނޫޅުނެވެ. މުސައްލަ މަތީ އިންގޮތަށް އިނެވެ. އާނާއަށް ރައްކާތެރިކަން އިހްސާސް ވަނީ އެއިންގޮތަށް އިނުމުން ކަންނޭނގެއެވެ. ތެދުވާ ހިތްވެސް ނުވަނީ ކަންނޭނގެއެވެ.

ޒަޔާލް ފަހަތުން ގޮސް އައިސް އިށީނދެލާ އާނާ ގެ ގައިގާ ބައްދާލިއެވެ. އާނާއަށް ތެޅިގަނެވުނެވެ. ފަހަތްވެސް ބަލާނުލެވުނީ ޒަޔާލް ހިފަހައްޓާފައި ހުރިލެއް ބާރުކަމުންނެވެ. އާނާއަށް މާ ބޮޑު ހަރަކާތެއްވެސް ނުކުރެވުނެވެ. އާނާއަށް އޭނާގެ ބަނޑުމަތީ އަޅާލެވިފައި އޮތް ދެއަތް ފެނި ދެލޯ ބޮޑުވިއެވެ. އެއީ ޒަޔާލްގެ އަތެވެ. އަނެއްކާ އޭނާ އަށް ދެންމެ އާނާ ބުނި އެތި އަޑު އިވުނީ ބާއެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނަކަށް ތެޅިލިއެވެ. “އައި ލަވް  ޔޫ… ވަރަށް ބޮޑަށް ލޯބިވެ..” ޒަޔާލް އާނާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

“ތީ އަހަރެންގެ ހުރިހާވެސް އެއްޗަކީ ބޭނުމެއް ނޫން ގެެއްލޭކަށް… އަހަރެން ހުރިހާ ކަމެއް ކުރާނަން އޭނީ ސަލާމަތް ކުރަން… ވަރަށް ލޯބިވޭ އޭނީ ދެކެ.. އެހެން މީހެއް ދެކެވެސް ނުވާ ވަރަށް ލޯބިވަން..” ޒަޔާލް އެ އޮތްގޮތަށް އޮވެ ބުނެލިއެވެ ކަރުނަތަށް އަންނަން ފެށީ ވަކި ބާރު މިނެއް ބަލައިފައެއް ނޫނެވެ. އާނާ އަށް ކުރެވުނު ކަމަކީވެސް އާނާގެ ބަނޑުގައި އަޅާލެވިފައި އޮތް ޒަޔާލްގެ އަތުގައި ހިފާލާ ބާރުކޮށްލުމެވެ. އަނގައިން ބަހެއް ނުބުނެވި އުޅެނިކޮށް ޒަޔާލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އޭނީ…. އޭނީ ވެސް ބުނެބަލަ އެންމެ ފަހަރަކު ލޯބިވެއޭ…” އާނާއަކަށް ވާހަކައެއް ނުދެއްކުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އާނާ ބޯ ޖަހާލިއެވެ. އެއާއި އެކު ޒަޔާލް އާނާ ގެ މޫނާއި ވީ ފަރާތަށް އެނބުރިލާ އާނާގެ ކޮލަށް ދޮނެއް ދިނެވެ. ބޭރު ދޮރު ކައިރީ އެ ހުރިހާ އެއްޗެއް  ބަލަން ހުރި ރައުނާ ހުރީ ފެން ކަޅިވެފައެވެ. މާތް ﷲ އަށް ދުޢާ ކުރީ އެ ދެމީހުންގެ ގުޅުން ވަރުގަދަވެ ދުވަހަކުވެސް ވަކި ނުވާނެ ކަމަށެވެ. އޭނާ އެތަނުން އަވަހަށް ބަދިގެއާއި ދިމާލަށް ދިޔައީ އާނާ މެން ނިކުމެދާނެއަތީއެވެ. ޒަޔާލް އިރުކޮޅަކު އެހެން އިނދެލުމަށް ފަހު ތެދުވެލިއެވެ. އާނާވެސް ކޮޅަށް ތެދުވެ އަޅައިގެން ހުރި ދޮޅި ބާލައި ފަތް ޖަހާލިއެވެ. އެތަން ބަލަން ޒަޔާލްއަށް ހުރެވުނެވެ.

ރައުނާ ބުނީ ތެދެކެވެ. އާނާއަށް ބަދަލެއް ނާދެއެވެ. އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. ގޯނާއެއްވެސް ކޮށްފައެއް ނެތެވެ. އެއީ ކީއްވެހެއްޔެވެ؟ މި ޖިންނި ބޭނުންވެގެން މިއުޅެނީ ކޮންކަމެއް ބާއެވެ. ޒަޔާލް ގެ ހިތުގައި ސުވާލުތަށް އުފެދިގެން ދިޔައެވެ. އޭނާވެސް ބެލީ  ވީހާވެސް އާދައިގެ ގޮތަކަށް އޭނާގެ ހަރަކާތްތަށް ބަހައްޓާށެވެ. ނަމަވެސް ސިއްރު ސިއްރުން އާނާގެ ހަރަކާތްތަކަށްވެސް ބަލަމުން ދިޔައީ އާނާގެ ސިފައިގައި ނުވަތަ އާނާގެ ގައި ތެރޭ އެ އެތި އޮވެދާނެ ކަމަށެވެ. އާނާ މުސައްލަ ބޭއްވުމަށްފަހު ޒަޔާލް ކައިރިއަށް އައިސް ހުއްޓުނެވެ. ޒަޔާލް އާނާގެ ލޮލަށް ބަލާލިއެވެ. ކުރިން ހުރިކަހަލަ ދަމާ ބާރެއް ނެތެވެ. އެހެން ކަމުން އޭނާވެސް ނިންމީ ޖިންނި މިވަގުތު އާނާގެ ހަށިގަނޑުގައި ނެތްކަމެވެ. ނަމަވެސް އެ ދެމީހުންނަށްވެސް ނޭނގޭ ކަމަކީ އެދެމީހުން ކައިރީގައި ހުރިހާ އެއްޗެއް އަޑުއަހަން އެ މަހްލޫގު ހުރިކަމެވެ. އެ މަހްލޫޤް ގެ މޫނުމަތިން ފެންނަނީ ދެރަވެފައި ހުރި މިންވަރެވެ. ފެންކަޅިވެފައި ހުރިހާލު އެ މަހްލޫޤް އާނާ އާއި ޒަޔާލް ނިކުމެގެން ދާތަން ބަލަން ހުރުމަށް ފަހު ގެއްލުނެވެ. އިންސާނުން ނޫނަކަސް ޖިންނިންގެ ވެސް އިހްސާސް ތަކެއް ހުންނާނެތާއެވެ.

 

-ނުނިމޭ- 🙂

52
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަނިޔާ.. 13 ވަނަ ބައި

Next

ޝޭކެން ބޭބީ ސިންޑްރޯމް

Next
December 20, 2015

ޝޭކެން ބޭބީ ސިންޑްރޯމް

Previews
December 20, 2015

އަނިޔާ.. 13 ވަނަ ބައި

31 Comments

  1. Ryn says:
    December 20, 2015 at 1:20 pm

    hey guys hre is the nxt prt.. hope u al wil lyk it.. tel me the mistakes i hve dne spcly hama nujehey prts hehehe.. thnks fr readin.. enjoy 😉 n yrh nxt prt in sha allah wed ga 😉 😉

  2. maalu says:
    December 20, 2015 at 1:33 pm

    Wowwwwwwwwweww….vrh vrh reethi….love this storyyyyyyyyyy

    1. Ryn says:
      December 20, 2015 at 1:49 pm

      awwww thnks mal… thts so swyt of u.. myns alt.. hehehe.. thnks fr readin. enjoy 😉 miss u mal 😉

  3. Shyhaa says:
    December 20, 2015 at 1:36 pm

    Salhi….wating for nxt part…

    1. Ryn says:
      December 20, 2015 at 1:50 pm

      thnks shyhaa.. enjoy 😉

  4. Luvna❤ says:
    December 20, 2015 at 1:52 pm

    OMG!!!??… Ninny it’s really booootiphull… Aawwnnnn???… Chow cute… Love you xayaal… Dont let any obstacle come in between xayal and me??… Hehe… Aslu aana..??… Just cant stop loving this story ninnt… It’s getting more and more intresting…??… What if it’s a jinn even it has feelings right…???… Eagerly waiting for the next part… Hope you will upload it soon… But thankolheh short hen hyvi… It’s maybe cos maa bodah kiyaa hyvyma dw… Aslu kuda koh short… Not bodukoh… Kudakoh bodukoh short…????… Lurv you… Keep going like this… And please next part thankolheh avaha..??????

    1. Ryn says:
      December 20, 2015 at 2:01 pm

      hehehehe thnks mimmy ??… hahaha lolxx if so hve to kil aanaa ?? awwww thnk u…. yrh evn we hve to respct it.. it wont hrm anyone unles we do… ?? bt if it strts to lyk sumone omg hehe dhn neynge.. ?? yrh nxt wed in sha allah…. owhh bt this prt is lng ehn prts ah vure… 1400+ hehehe so dhn huri prts mi ah vure lng kurn v dhw lyk 1500+… hahha saabas dhn… luv u mre ???? okay mimmy.. hehehe miss u ? tc

  5. aathi says:
    December 20, 2015 at 2:01 pm

    Aww ryn…mi part vx vrh salhi.. luv ur story.. mwah.. hehe.. best of luck 😉

    1. Ryn says:
      December 20, 2015 at 2:03 pm

      owhhh thnks aathy…. hehehe thnks again.. enjoy ??? myns alt ??☺

  6. maleficnt says:
    December 20, 2015 at 2:11 pm

    dhen mi luvna akaa lai akaa shaby, nukko mish emeehun theenage frndz innah vaathy maa vefa dhigu koh hus haasaru dhamaafa foni kanda kandaafa love you miss you tc. dhen thee boduvaru. theenage vaahaka ah support vs libeny theenage ‘frndz’ ge sababun. mashah reecheh noon mivaahaka eh. mee hagee gathakee plz digest ryn. mulhi vaahaka bina kohffa miothy baby hiyaalakah kuda kuda kujjeh ge.

    1. Ryn says:
      December 20, 2015 at 2:22 pm

      owh if so thnks fr readin it til this prt.. hope rynge ehn stry eh rythi vaane kamah.. n baby dhw., hehe .. anyways no wrrys thr r ppl with diffrnt views.. ;).. n plus thr is nthin bad u said which i cnt digst 😉 n aslu vx thnks ingey ryn ah bunedhinythy eyrun i cn atlyst try to filuvan tht baby things upcumin strys ga… 😉 thnks fr the cmmnt seriously man.. myns alt 😉

  7. milooo says:
    December 20, 2015 at 2:18 pm

    Haadha reethi ey mi part ves.. dhn vaane gotheh visnaa visnaa bo halaaku vejje.. nxt part dhigu kohleveytho balaathi.. plxplx

    1. Ryn says:
      December 20, 2015 at 2:57 pm

      aww thnks milu.. hehehe ehaa vrh nuvisnanchey 😉 dhn in prt kiyan vaairah boa halaak vedhaane hehehe.. mi prt kuru thr..? bt mi prt dhigu kurin ehn huriha prts thakah vure. bt dhn in prt miah vure vx dhigu kh dheynan in sha allah.. thnks 😉 enjoy 😉

  8. youuuu says:
    December 20, 2015 at 2:37 pm

    Hadi

    1. Ryn says:
      December 20, 2015 at 3:00 pm

      owh thnks fr readin.. n sry too.. ryn ge ehn stry eh rythi vaane kamah hykurn 😉

  9. Me says:
    December 20, 2015 at 2:38 pm

    Alhaigen hurii mussala eh noon dhw baalaany… Namaadhu kuraany dholhii alhaigen viyya…

    1. Ryn says:
      December 20, 2015 at 3:04 pm

      oh my gudnes thnks fr tellin me.. i wil chng it.. thnku so much.. n thnks fr readin.. enjoy 😉 😉

  10. ina says:
    December 20, 2015 at 3:01 pm

    Wowwwwww rynnnnnn.this is v v v v v v nice<3<3<3xayaal n aana ge couple v gulhey.that nubai jinni edhemyhun ge life in kn irakun baa dhaany poorrr anaaa….hehehe..waiting 4 next part………

    1. Ryn says:
      December 20, 2015 at 3:18 pm

      awww thnks ina… hehehe ehnthr.. heheh dhw…? 🙂 heheh thnks. 😉 enjoyy 😉

  11. lai says:
    December 20, 2015 at 3:11 pm

    v rythi mibaivess..i just love this part .. keep it up ryn .. gud luck 🙂

    1. Ryn says:
      December 20, 2015 at 3:23 pm

      thnks lai… 😉 thnku so much enjoy 😉 tc.. 😉 n inge ehnu dhw nubunyas 😉

  12. maayaa says:
    December 20, 2015 at 5:24 pm

    reecheh nun

    1. Ryn says:
      December 20, 2015 at 5:51 pm

      owh if so sry…. thnks fr readin 😉

  13. Mish says:
    December 20, 2015 at 9:43 pm

    hi ryn .. v v v reethi ingey mibaivess.. owh poor aanu ..anyways hama v reethi ..all the best ryn .. miss u alt ryb .. tc 🙂

    1. Ryn says:
      December 20, 2015 at 9:51 pm

      hi mish.. heheh thnks.. yrh dhw.. aww once again thnks.. miss u mre mosh 😉 tc 😉

  14. nukko says:
    December 21, 2015 at 1:38 am

    Hey ryyn…. woww mi part vs habeys… 😀 alhey poor poor aanoo… 🙁 🙁 cant wait aneh part kiyan…. 😛 avahah dhigukoh up kodhechey. Tc miss u bye

    1. Ryn says:
      December 21, 2015 at 7:51 am

      hey.. aww thnks 😉 hehhe dhw.. yrh in sha allah 😉 hehehe miss u mre tc 😉

  15. nabaa says:
    December 21, 2015 at 7:49 pm

    wow.. love it.. keep it up ingey. <3

    1. Ryn says:
      December 22, 2015 at 7:56 pm

      thnks nabaa 🙂

  16. Immy says:
    December 22, 2015 at 3:12 pm

    vrh salhiiiiii………. rynnnnn……. wen nxt prttttttttt waitin fr nxxttt prrrtttttttttttttttttttttt………… :P:P:P:P:P:P:P:P miss u alt…… n luv yaaa……… 😉 😉 😉 🙁 🙁 🙁 n miss me toooooooooooooo……….. <3 <3 <3

    1. Ryn says:
      December 22, 2015 at 7:57 pm

      hey immy… aww thnks.. nxt prt tmrw in sha allah 😉 n miss u mre n mre.. luv u too. 😉 heheh hw cn i stp missin u.. nw vx miss vaan fashaifi 😉 tc

Comments are closed.

All Right Reserved!