Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަ ލޯބިންނޭ….

Ryn
December 20, 2015
5 Mins Read
91 Views
52 Comments

މިރެއަކީ ގޯލްޑެން ކޮމްޕެނީގެ ކޮންމެ މުވައްޒިފަކަށް ވެސް ވަރަށް މުހިންމު ރެއެކެވެ. ރެއަކީ އެ ކޮމްޕެނީއަށް 10 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީ އޮތް ރެއެވެ. ކޮންމެ މުވައްޒިފެއްވެސް ޕާޓީ އޮތް ހޯލަށް އައީ ވެވޭނެ އެންމެ ފުރިހަމައަކަށް ވެގެންނެވެ. ކޮންމެ މީހެއްވެސް ލައިގެން ހުރީ އެ ޕާޓީގެ ތީމްކުލަކަމަށް ވާ ނޫކުލަ އަދި ހުދު ކުލައިން ޖަރީކުރެވިފައިވާ ހެދުމެވެ. ނުވަތަ ގަމިހާއި ފަޓްލޫނާއި ކޯޓެވެ. މިރޭ ހާއްސަ ރެއަކަށް ވެގެން ވަނީ މުވައްޒިފުންގެ ބައެއް ހަރަކާތްތަށް ދައްކާތީއެވެ. އެންމެންވެސް އެކި ގުރޫޕް ގުރޫޕަށް ބެހިގެން ގޮސް އެކި މޭޒް ތަކުގެ ވަށައިގެން ހުރި ގޮނޑިތަކުގައި އިށީނެވެ. އެންމެން ހަމަވުމާއި އެކުހެން ހޯލް ތެރެ ނޫކުލައިގެ ފަނޑު އައްޔަކަށް ބަދަލުވެގެން ދިޔައެވެ. އަދި ވަރަށް ހިތްގައިމު ރާގެއް ޖަހާލެވުނެވެ. ގިނަ މީހުން ލޯ މަރާލައިގެން ތިބީ އެރާގައި އެއްވަރަށް ހުމް ހުމް އަޅުވާލަ އަޅުވާލައެވެ. ހަމަ ހިމޭން އެ ހޯލްތެރޭ ހަމައެކަނި އިވޭ އަޑަކީ އެ ރާގުގެ އަޑެވެ. އަދި އެއްބައި މީހުން އެމީހުންގެ އިނގިލިތަކުން މޭޒުގައި ރާގާ ހަމަ ކުރުމަށް ޖަހާލާ ޖެހުމުގެ އަޑެވެ. ހީވާގޮތުން ނަމަ އެންމެންވެސް އެ ރާގަށް މަސްތުވެފައި ތިބީއެވެ.
ހަމަހިމޭކަން ފޫ އަޅުވާލީ ސްޓޭޖަށް އެރި އަކްރަމްއެވެ. އަކްރަމު އަކީ ގޯލްޑެން ކޮމްޕެނީގެ ވެރިއާއެވެ. “އައްސަލާމް އަލައިކުމް.. ހުރިހާ މުވައްޒަފުންނަށްވެސް މި ހަފްލާއަށް މަރުހަބާ ކިޔަން… އަޅުގަނޑު މާ ގިނަ ވާހަކަތަކެއް ދެއްކުމެއް ނެތިން.. ހެހެ.. ބުނެލަން އޮތް ވާހަކައަކީވެސް އަޅުގަނޑު ތިއިން ކޮންމެ މުވައްޒަފަކަށްވެސް ފަށް ފަށުން ޝުކުރު ދަންނަވަމޭ.. މިއަދު އަޅުގަނޑުމެންގެ ކޮމްޕެނީ ރާއްޖޭގެ ނަން ވިދާ އެއް ކޮމްޕެނީއަށް ވި ހަމަ އެކަނި ސަބަބަކީވެސް ތިޔަ ބޭފުޅުން ކުރި މިންނަތް މަސައްކަތުން… ތިޔަބޭފުޅުން ނެތް ނަމަ އަޅުގަނޑެއްވެސް މި ކޮމްޕެނީއެއްވެސް ނުހުންނާނެ… ތިޔަ ކުރައްވާ ބުރަ މަސައްކަތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.. ތިއިން ކޮންމެ ބޭފުޅަކީވެސް މި ކޮމްޕެނީގެ ދިރުން… ކުރި އެރި މަގްސަދު.. ފާއިތުވެ ދިޔަ އަހަރުތަކުގައި ނުވާ ވަރަށް މި އަހަރު އަޅުގަނޑުމެންގެ ކޮމްޕެނީ ކުރިއެރިކަން ފާހަގަ ކޮށްލަން.. އިންޝާﷲ މިއަށްވުރެވެސް ކުރި އަރާނެ ދެން އޮތް އަހަރުތަކުގައި… އަޅުގަނޑުގެ ވާހަކަ ދެން ކުރުކޮށްލަނީ މި ހަފްލާ ތިޔަބޭފުޅުންނަށް ވަރަށް ހިތްގައިމު ވާނެ ކަމައް އުއްމީދު ކުރަމުން.. ޝުކުރިއްޔާ..” އަކްރަމް އަކީ އެ ކޮމްޕެނީގެ ވެރިޔާ ކަމުގައިވިޔަސް ދުވަހަކުވެސް އެކަމާ ބޮޑާވެގެން އެއްވެސް މީހަކަށް އަމުރުކޮށެއް ނުހަދައެވެ. އޭނާ ދެކޭގޮތުގައި މިއަދު އޭނާ އެ މަޤާމުގައި ހުރީވެސް އަދި އޭނާގެ ކޮމްޕެނީ އެހާ މަޝްހޫރުވީވެސް މުވައްޒަފުންގެ ސަބަބުންނެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ ބުނާ އަޑު އޭނާ ވަނީ އަހާފައެވެ. އެހެންކަމުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެންނާއި ވެސް އެކުވެރިކަން ބާއްވާށެވެ. އޭނާއަށްވުރެ ކިތަންމެ ދަށުގައި މަސައްކަތް ކުރާ މީހަކަށްވިޔަސް ހެވެވެ. އޭނާ ދެންމެ ދެއްކި ވާހަކަތަކުންވެސް އެކަން ވަރަށް ރަނގަޅަށް ފާހަގަވެގެން ދިޔައެވެ. އެހެންކަމުން އޭނާ ވަނީ އެންމެންގެ ލޯބި އަދި އިހްތިރާމް ލިބޭ ގަދަރުވެރި ވެރިއަކަށްވެފައެވެ.
އަކުރަމްގެ ވާހަކަ ނިމުމާއި އެކު އެންމެންވެސް އަތް ޖަހަން ފެށިއެވެ. އަކުރަމް އައިސް އިށީންނަންދެން އެންމެން ކޮޅަށް ތެދުވެ އަތްޖަހަން ތިބީ އޭނާއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. އަކްރަމް ގޮސް އިށީނުމާއި އެކު އޭނާގެ އަންހެނުން އާޝިޔާ އޭނާގެ އަތުގައި ހިފައި ބާރުކޮށްލީ “ޕްރައުޑް އޮފް ޔޫ” އޭ ބުނަމުންނެވެ.
އަކްރަމް އަކީ 40 އަހަރުތަށް ގުނަމުން ދާ ފިރިހެނެކެވެ. ދިގު އިސްކޮޅެއް ލިބި ފައި އަދި ބާމަތި ފުޅާ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ރީތި މީހެކެވެ. އެ ފަން އިސްތަށިގަނޑުގެ ބޮޑުބައެއް ކަޅުކުލައިގެ އިސްތަށިތަށް ވެރިކަން ކުރަމުން ދިޔަކަމުގައިވިޔަސް ބައެއް ހުދު އިސްތަށިވެސް ހުއްޓެވެ. ނަމަވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. ފަޅާފައި ހުރި ތުނބުޅިންނާއި ބޯ ބުމައިން އޭނާގެ މޫނުމަތިން ޝާހީ ކަމެއް ދައްކައެވެ. އަދި ލައިގެން ހުރި ކޯޓް ފަޓްލޫން ވަނީ އެ ކަސްރަތީ ހަށިގަނޑުގައި ހިފައިފާ ކަމުން ވަރަށް ރީތި ގޮތެއް ހުރެއެވެ.
އާޝިޔާއަކީވެސް ހަޑި މީހެއް ނޫނެވެ. އޭނާގެ ކުރު އަދި ކުޑަކޮށް ފަލަ ހަށިގަނޑުންވެސް އޭނާގެ ރީތިކަން ފާހަގަވެއެވެ. ލާފައި ހުރި ނޫ ދިގުހެދުން އަދި މޭމަތި ފޮރުވޭވަރަށް އަޅާލެވިފައި އިން ބޮޑު ނޫ އަދި ހުދު ބުރުގަލުން އޭނާއަކީ ދީންވެރި އަންހެނެއްކަން ދޭހަވެއެވެ. ދެމީހުން އެއްކޮށް ގޮނޑީގައި ތިބިއިރު ވަރަށްވެސް ގުޅެއެވެ.
ކުރިމަތީ ގައި ހުރި ހުދުކުލައިގެ ބޯޑަކަށް ސްކްރީން އެޅުމުން ކުޑަކޮށް އަލިވެގެން ދިޔައެވެ. ފެންނަމުން ދިޔައީ އެކި އަހަރުތަކުގައި އެކި ދުވަސް ދުވަހު މުވައްޒިފުންނަގާފައި ހުރި ފޮޓޯތަކެވެ. އެކި ދުވަސް ދުވަހުގެ ހަނދާންތަށް ތާޒާވަމުން ދިޔައެވެ. ބައެއްމީހުން ހޭ އަޑު އިވެންފެށުނެވެ. ފޮޓޯ ބަދަލުވާއިރު ނިވި ދިއްލެމުން ދިޔަ ހޯލް ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ.
*************************************************
ބެކް ސްޓޭޖްގައި އެމީހެއްގެ ހަރަކާތަށް ތައްޔާރުވަމުން ދިޔަ ބައެއް މުވައްޒިފުންތަކަށް ބަލާލަމާތޯއެވެ.
އެންމެންގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ކޮންމެމީހެއްވެސް ރިހާސް ކުރީ އެމީހަކަށް ވެވޭނެ އެންމެ ރަނގަޅަކަށެވެ. ވަގުތުތަކެއް ހުސްކޮށްގެންނެވެ. އެހެންކަމުން އެންމެންވެސް ދުޢާ ކުރީ އެމީހެއްގެ ހަރަކާތް ވީހާވެސް ރަނގަޅަށް އެއްވެސް ކުށެއް ނެތި ނިމިގެން ދިޔުމަށެވެ. ބައެއް މީހުން އަނެއްކާވެސް ރިހާސްކުރަންފެށީ އެމީހުންގެ ހިތް ހަމަ ޖައްސާލުމަށް ކަންނޭނގެއެވެ. އެއްބައި މީހުން ނެށުމެއް ދޭއިރު އަނެއްބައި މީހުން ޑްރާމާއެއް ކުޅެން ރެޑީވެގެން ތިއްބެވެ. އެ ކޮމްޕެނީއާއި ގުޅޭ ޑްރާމާއެއްކަން އިނގެނީ އެތާ ރިހާސް ކުރަން ހުރި އެކަކު އަކްރަމް ގޮތަށް ގަމިހެއް ލައި ވާހަކަދައްކަމުން ދިޔުމުންނެވެ. ގައުމީ ރީތި ނެށުމެއްކަން އިނގެނީ ދެތިން އަންހެންކުދިން ލިބާހެއްލައިގެން ބަނޑިޔާ ޖަހަން ތިބުމުންނެވެ. މިއެންމެންގެ ޖޯޝާއި ފޯރި ހުރިގޮތުން މި ޕާޓީ އެކަކުގެވެސް ހަނދާނުން ފިލާ ދާނެ ހެނެއް ހިއެއްނުވެއެވެ.
އެއެންމެންނާއި ދުރުގައި ގޮނޑިއެއްގައި އިށީންދެލައިގެން އިން ނީރާ އިނީ ލޯމަރާލައިގެން ގިޓައެއް ހިފައިގެންނެވެ. އޭނާ ކިޔަން ހަމަ ޖެހިފައި އިން ލަވަ ޕްރެކްޓިސް ކުރަނީއެވެ. ލަވައަކީ ނީރާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަނިވާއިރު ލަވައިން ލިބޭ އެހީތެރިކަމުގެ ސަބަބުން އެކަނިވެރިކަން ފިލައިދެއެވެ. އޭނާ ގެ އިހްސާސްތައް ބައެއްފަހަރު ލަވައިގެ ސިފައިގައިވެސް ބަންޑުންކޮށްލެވެނީ އެހެންވެއެވެ. އޭނާއަކީ ޅެން ލިޔަންވެސް މޮޅު ކުއްޖެކެވެ.

އޭނާގެ ސިލްވަރ ކުލައިގެ އެ ގިޓާގައި ވަނީ ޑިސްކޯ ފާޑަކަށް ޑިޒައިންކޮށްފައެވެ. ގިޓާގައި ފިޔާތޮށި ކުލައިން ‘ނީ’ ޖަހާފައިވާއިރު އޭގެ ތިރީގައި ނޫ ކުލައިން ‘ޝައިން’ ޖަހާފާއިނެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެ ލިޔުން ފާހަގަވާނެއެވެ. ނީރާގެ ވަނަން ކައިރި ޝައިން ޖަހާފައި އިނުމުން އޭނާގެ ދިރިއުޅުމުގައި ޝައިންގެ ނަން ނިސްބަތްވާ ކުއްޖާގެ މުހިންމު ކަން އިނގެއެވެ.
ނީރާ އިނީ އަތްދިގު ހުދު ކުލައިގެ މެކްސީއެއްލައިގެންނެވެ. ނޫކުލައިގެ މާތަކަކުން ޑިޒައިން ކޮށްފައި އިން އެ މެކްސީ ހީވަނީ ހަމަ ނީރާއަށް ހަދާފައި އިން ހެދުމެއް ހެންނެވެ. އޭނާއާއި އެހާވެސް ގުޅެއެވެ. ލޯމަރައިގެން އިން އިރު ކޮށްފައި އިން ކުލަ މަޑު މޭކަޕް ފާޅުވާން ހުއްޓެވެ. ލޯ ކައިރިއަށް ހިޔަނި އެޅޭހާވަރަށް އެސްފިޔަތަށް ދިގެވެ. އެ ފަން އިސްތަށިގަނޑުވަނީ ރީތިގޮތަކަށް އައްސާލެވިފައެވެ. އަދި ވައްޓާލެވިފައި ހުރި އިސްތަށިތަކުން އެ ރީތި އޮމާން އަދި ކުލަ މަޑުމޭކަޕަކުން ފުރިހަމަކޮށްލާފައިވާ މޫނު އިތުރަށް ފުރިހަމަ ކޮށްލައިދެއެވެ. ހިމަތޮޅި އަދި އެހާވެސް ކުރު އަދި އެހާވެސް ދިގު ނޫން އެ ހަށިގަނޑު ވަރަށް ވެސް ރީއްޗެވެ. ޒުވާނުންގެ ހިތްތަށް ކަތިލާނެކަން ޔަގީނެވެ. އޭނާ އިނީ ހިސާބަކަށް ނުތަނަވަސްވެފައި ކަން އިނގެނީ ލަވަކިޔަމުން ދިޔައިރުގައިވެސް ދެބުމަ ގޮށްޖަހާލެވިފައި އިނީމައެވެ.

********************************************************
ސްކްރީންއިން ފެންނަމުން ދިޔަ ފޮޓޯ ތަކާއި ދިމާލަށް ހިނިތުންވުމަކާއި އެކު ބަލަން އިން އަކްރަމް ކުޑަ ސިހުމާއި އެކު ފަހަތް ބަލާލީ މީހަކު އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. ކައިރީގައި އިން އާޝިޔާވެސް ފަހަތް ބަލާލިއެވެ. އެއާއި އެކު އެ މޫނުމަތިން ފުޅާ ހިނިތުން ވުމެއް ފެނުނެވެ.
ހުދު ކުލައިގެ ގަމިހެއްގެ މަތިން ގަދަ ނޫކުލައިގެ ކޯޓެއް ލައި އަދި ތިރިން ހުދު ކުލައިގެ ފަޓްލޫނެއްލައިގެން ހުރި ޝާއިން ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ބްލެކް އެކްސްއެސް ގެ މީރުވަސް އެތާ ހިފާލުމުން ކައިރި މޭޒް ގައި އިށީނދެ ތިބި ދެތިން ޒުވާން އަންހެން ކުދިން ނޭފަތް ދަމާލިއެވެ. އިސްތަށިގަނޑު ވަނީ ކުޑަކޮށް ހިއްލާލައިފައެވެ. އަދި ކުޑަކޮށް ދިގު ނުވެ ހުރި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. ޝާއިން މިހާރު ހީވަނީ ރޯޔަލް އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްހެންނެވެ. ވާނީވެސް އެހެންތާއެވެ. އާޝީޔާއާއި އަކްރަމްއަކީވެސް ހަމަ އެހާ ޝާހީ ގޮތް ގެންގުޅޭ ދެމީހުންނެވެ. އަކްރަމްގެ ދިގު އިސްކޮޅާއި ފަން އިސްތަށިގަނޑާއި ވަރުގަދަ އަދި ބާމަތި ފުޅާ ހަށިގަނޑެއް ލިބިފައި ހުރި ޝާއިން ވައްތަރީވެސް އަކްރަމް އާއި އޭ އެންމެންވެސް ބުނެއެވެ. ކަސްރަތުކޮށް ޖިމްއަށް ދާ ކަން އެ ކަސްރަތީ ހަށިގަނޑުން ރަނގަޅަށްވެސް އިނގެއެވެ. ބޭރު ގައުމުތަކުގައި މޮޑެލިން ކުރާ ފިރިހެނުންވެސް ފަހަތަށް ލާނެކަން ޔަޤީނެވެ. އޭނާއަށް އޮފީހުގެ ބައެއް އެކުވެރިން އެޑީ އޭ ވެސް ކިޔައެވެ. ސަބަބަކީ ޓްވައިލައިޓްގަ އުޅޭ އެޑްވާޑް އާއި އޭނަ އާއި ވައްތަރު ގޮތެއް ހުރުމުންނެވެ.
އަކްރަމް އޭނާގެ ހަމައެކަނި ދަރިފުޅުގެ އަތުގައި ހިފައި ކުރިޔަށް ގެނައެވެ. އަދި ކައިރި އިން ގޮނޑިއަށް އިޝާރާތް ކުރީ އިށީންނާށޭ ބުނުމުގެ ގޮތުންނެވެ. ޝާއިން ލުއި ހިނިތުން ވުމަކާއި އެކު އިށީނެވެ. މިއަދު އަކްރަމް އޭނާގެ އަމިއްލަ ނަފްސާއި މެދު ފަހުރުވެރިވެވުނެވެ. އޭނާ މި ހުރިހާ މަސައްކަތެއް ކުރީވެސް ހަމައެކަނި އެ ދަރިފުޅަށް ޓަކައެވެ. އޭނާއަށް ރަނގަޅު މުސްތަޤުބަލަށްޓަކައެވެ. އޭނާގެ މަސައްކަތް ބޭކާރު ނުވާކަން އިނގެނީ ޝާއިން އެ ދެމީހުންދެކެ ވަމުންދާ ލޯތްބާއި ކުރާ އިހްތިރާމްގެ ބޮޑުކަމުންނެވެ. އަދި ކިތަންމެ ފައިސާ ގިނަވިޔަސް އެއިން އެއްވެސް ނުބައި ކަމެއް ނުކޮށް ހެޔޮ ގޮތުގައި ހަރަދު ކުރަމުން ދާތީއެވެ. ހަމައެއާއި އެކު އޭނާއަށް ތަރުބިއްޔަތު ކުރެވިފައިވާ އޭނާގެ އަމިއްލަ ދަރިފުޅުގެ އަހްލާގް ރަނގަޅުކަމުންނާއި ދީނަށް ކުރާ ލޯބީގެ ބޮޑުކަމުންނެވެ. އެ ދެމީހުން މި ފަސްގަނޑަށް ދޫކޮށްފައި ދާނީ މުޖްތަމައުއަށް ބޭނުންތެރި އަދި އާއިލާގެ ނަން ރޯޝަންކުރާނެ ނިޝާނެކެވެ. ކޮންމެ މަޔަކާއި ބަފައެއްގެ ދުޢާ އަކީވެސް އަދި ދެކޭ ހުވަފެނަކީވެސް އެއީކަމާމެދު ޝައްކެއްވެސްނެތެވެ.
ޝާއިން އަކީވެސް އެ އޮފީހުގެ މުވައްޒިފެކެވެ. އޮފީހުގެ ވެރިޔާގެ ދަރިއަކަށް ވީތީއޭ ކިޔާ އޭނާ އަމިއްލަ އިމުން ބޭރެއް ނުވެއެވެ. އޭނާއަކީ ވެސް އޭނާގެ ބައްޕަ ފަދައިން އެހެންމީހުންގެ ނިންމުމަށް ޤަދަރު ކުރާ އެހެންމީހުންނާއި މެދުވެސް ވިސްނާ ޒުވާނެކެވެ.
“ދަރިފުޅާ! ކީއްވެ ލަސްވީ؟” އާޝިޔާ ޝާއިންގެ ގައިގާ ފިރުމާލީ ވަރަށްވެސް ލޯބިންނެވެ. އޭނާއާއި ދެބެންގެދެދަރި ކޮއްކޮމެންގެ ތެރޭ “މަމާސް ބޯއީ”ގެ ނަމުން އޭނާ މަސްހޫރުވެފައި ސަބަބެއްނެތިއެއް ނޫނެވެ. އެހާވެސް އޭނާގެ މަންމައާއި އޭނާ ގާތެވެ. “ކުޑަކަމެއް ކޮށްލަން ޖެހުނީމަ..!” ރީތި ހިނިތުން ވުމަކާއި އެކު އޭނާ އެހެން ބުނެލިއެވެ. އެއަށްފަހު އޭނާވެސް ނަޒަރު ހުއްޓާލީ ފެންނަމުން ދިޔަ ފޮޓޯތަކަށެވެ. ކުއްލިއަކަށް އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީ ނީރާއާއި އޭނާގެ ފޮޓޯގަނޑެއް ފެނިފައެވެ. އެޅުވިފައި ހުރި ސްކްރީން ނިމުމުން އެންމެންވެސް ހަމަޖެހިފައިވާކަން ދެއްކުމުގެ ގޮތުން އަތްޖަހާލިއެވެ.
ސްޓޭޖަށް އެރި ރާހިލް ފެނި އެންމެން ވެސް އިންތިޒާރުގެ ނިމުމަކަށް އައިކަން އިނގުނެވެ. ރާހިލް އައިސް އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ބަނޑިޔާ ޖެހުމުގެ ހަރަކާތް އިއުލާން ކޮށްލިއެވެ. އެއާއި އެކު އަންހެން ކުދިން ކޮޅެއް އަރާ ރީތި ގައުމީ ލަވައަކާއި އެކު ބަނޑިޔާ ޖަހާލަން ފެށިއެވެ. ހަރަކާތަކަށް ފަހު ހަރަކާތެއް ނިމެމުން ދިޔައެވެ.
“ދެން އިން ހަރަކާތަކީ އަޅުގަނޑުމެންގެ ވަން އެން އޮންލީ ސިންގަރ ނީރާ  އަޅުގަނޑުމެންގެ ނަމުން ނަމަ ބެލީ ގެ ވަރަށް ރީތި ސޯންގްއެއް..” މައިކް ހިފަހައްޓައިގެން ހުރި ރާހިލް އެހެން ބުނެލުމަށްފަހު ކުރިމަތީ އިށީނދެ އިން ޒުވާނާއާއި ދިމާލަށް އެއްލޯމަރާލިއެވެ. އެއާއި އެކު ރާހިލް ފައިބައިގެން ދިޔައެވެ. އެންމެންވެސް އަތްޖަހަން ފެށިއެވެ. ހީވާގޮތުންނަމަ އެންމެންވެސް މި ހަރަކާތް ބަލަން ވަރަށް އިންތިޒާރު ކުރިއެވެ. ބެކް ސްޓޭޖަށް ރާހިލް އެޅި ފިޔަވަޅު ހުއްޓުނީ ދެލޯ ބޮޑުކޮށްލައިގެން ހުރި ނީރާ ފެނިފައެވެ. ގިޓާ ތިރީގައި ބަހައްޓާފައި ހުރިއިރު އޭގެ މަތީގައި އެއްއަތް އަޅާލައިގެން ނީރާ ހުއްޓެވެ. އެ ބޮޑު ދެލޮލުގައި ކަރުނައިގެ ފަށަލައެއްވެސް އެޅިފައިވެއެވެ. “ވަޓް ޑިޑް ޔޫ ޖަސް ސެއިޑް.. ނީރާގެ ސޯންގެއް؟؟.. އަހަރެންގެ؟؟؟؟؟” ނީރާ އެހެން ބުނެލުމުން ރާހިލް ކުޑަކޮށް ހިނިއައެވެ. ނަމަވެސް ހިނިގަނޑު އޮއްބާލިއެވެ. “ކޮބާ ޝައިން….ނާދޭތަ؟؟؟؟” ނީރާ އަހާލީ ކުރިއަށް ވުރެވެސް ބޮޑަށް ލޯ ބޮޑުކޮށްލައިގެންނެވެ. ރާހިލް އިސްޖަހާލިއެވެ. “ނެތް.. ހިއެއް ނުވެ އަންނާނެ ހެނެއް.. އެހެންވެ ޑުއެޓް އެކޭ ނުބުނީ.” ރާހިލް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެއަށްފަހު ނީރާއާއި ދިމާލަށް ބަލާލިއެވެ.

 

-ނުނިމޭ (:-

96
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިން އެކީގަ ވާނަމޭ.. (3)

Next

އަނިޔާ… 14 ވަނަ ބައި

Next
December 21, 2015

އަނިޔާ… 14 ވަނަ ބައި

Previews
December 20, 2015

ލޯބިން އެކީގަ ވާނަމޭ.. (3)

52 Comments

  1. Ryn says:
    December 20, 2015 at 11:56 pm

    hey guys hre is the frst prt of my fav stry by me hehehe.. hope u al wil lyk it.. tel me the mistakes too.. 😉 thnks fr readin.. enjoy 😉

  2. Luvna❤ says:
    December 21, 2015 at 12:08 am

    Haha. It’s already my fav story. So both of us ge.???. Ummm i think i can somehow predict this story.??. By one and only ninny and mimmy ge detective look. Aslu vs. So it’s a love story of nee and shain. Waiting to know what’s next. ?. My fav wruter ge fav story ga dhm what’s gonna happen? Eager to know it. So please next part avahah inge. And keep it up. Its really good. And boootiphull. Hope it would become the best story of your. Good luck. Love you and your story too.????❤?

    1. Ryn says:
      December 21, 2015 at 7:42 am

      hahaha saabas dhn… hehehe yrh kind a…. :p hehe lts see dhw whts goin to happn…. awww thnks…. hope so n wil try my bst…. thnkss n yrh luv u mre hehehe <3 🙂 😉 😉 😉

  3. aanaa says:
    December 21, 2015 at 12:14 am

    Nice

    1. Ryn says:
      December 21, 2015 at 7:43 am

      thnks…. enjoy 😉

  4. neha says:
    December 21, 2015 at 12:16 am

    Reethi

    1. Ryn says:
      December 21, 2015 at 7:44 am

      thnks enjoy 😉

  5. Inaa says:
    December 21, 2015 at 12:18 am

    V salhi. next part avahah up koh dheh chey pls. adhi mi vaahaka dail koh up kuraane kamah unmeedhu kuran. And, FABULOUS work ingey….

    1. Ryn says:
      December 21, 2015 at 7:54 am

      hi. aww thnks…. yrh in sha allah vrh avahah up kh dheynan.. 😉 ummm i cnt uplwd it daily bt i cn lyk one in thry days.. hope so hehehe… thnks alt 😉 😉

  6. princess sajix says:
    December 21, 2015 at 12:37 am

    Hmm interesting..waiting for the next part..

    1. Ryn says:
      December 21, 2015 at 7:55 am

      hi… thnks…. 😉 thnks fr readin… enjoy 😉

  7. nukko says:
    December 21, 2015 at 1:25 am

    Heyyyyyyyyyyyy 🙂 🙂
    Omg omg omg omg.. 😮 😮 😮 😮 😮 😮 jus wowwwwwwwwwwww…nukko akah neynge bunaane ehcheh vs… jus amazing
    Fabulous
    Mynd blowin
    Dhn ithuru word eh.?? Handhaan nethijje lol… 😛 😛 😉 😉 😉
    Varaaaaaaah rythi….. alheyy im luvin it….. ur de bst mayn…. luv ya nd miss ya…. tc bye bye

    1. Ryn says:
      December 21, 2015 at 7:57 am

      hey… hahaha.. awwwww thnks… suprb vx :p hahaha saabas.. thnkssss heheh… aww…. 😉 luv u mre n miss u too tc… byee.

  8. ravupinky says:
    December 21, 2015 at 5:20 am

    wwwwwwwwwooooooooooooooooowwwwwwwwwwwwwwwww ryyn its really beautiful….ryyn goodluck on the next part i am wating………….

    1. Ryn says:
      December 21, 2015 at 8:32 am

      awww thnk u so much pinky…. hehe.. 😉 thnks.. 😉 enjoy 😉

  9. maluudxxx says:
    December 21, 2015 at 8:02 am

    Omg..wowwowwwwwwwwww….mi story v reethi vaane hen hyvany.?keep it up ingey…..I’m loving this story very nd very much….

    1. Ryn says:
      December 21, 2015 at 8:33 am

      awwww thnks.. in sha allah rythi kureveythw i wil try my bst… hehehe.. thnks 😉 enjoy 😉 myns alt 😉

  10. Kiyuntheriyaa says:
    December 21, 2015 at 8:28 am

    Wow. Its sooo great. No wonder this is your favourite story. Heheee.. upload next part soon ingey.
    🙂 🙂 🙂

    1. Ryn says:
      December 21, 2015 at 8:34 am

      heheh thnks alt k 😉 yrh in sha allah vrh avahah up khla dheynan.. once again thnkyou so much 😉 enjoy

  11. Munko says:
    December 21, 2015 at 8:44 am

    Ryn stry varah awesome…..Waiting for the next part :*

    1. Ryn says:
      December 21, 2015 at 9:30 am

      awww thnks munko…. thnks fr readin.. enjoy 😉 😉

  12. ina says:
    December 21, 2015 at 8:57 am

    wowwwwww ryynnnn.hyvey mi stry v v v v rythi vaanehen….mi part v v v interesting…..haadha rythi kudhin ulhey stry ekey dhwww.hehehe……waiting 4 nxt part……………all the best……..

    1. Ryn says:
      December 21, 2015 at 9:32 am

      awww thts so swyt of u ina.. hehehe.. thnks alt.. hahah dhw.. 😛 rythi kudhin ulhunyma o stry vx rythi 😛 😛 heheh.. thnks fr readin.. enjoy 😉

  13. aathi says:
    December 21, 2015 at 9:02 am

    Wohoo..its realy nice ingey.. i luv ur stories ryn darlx.. mwah..hehe.. :-* 😉

    1. Ryn says:
      December 21, 2015 at 9:37 am

      awww thnks aathi.. myns alt.. hehehe 😉 darls o… heehhe.. 😉 thnks alt ingey…. <3 enjoy 😉

  14. ZZ says:
    December 21, 2015 at 9:24 am

    Interesting.. Waiting 4 next part

    1. Ryn says:
      December 21, 2015 at 9:45 am

      thnks fr readin.. enjoy 😉

  15. mice says:
    December 21, 2015 at 9:29 am

    very very nice! waiting impatiently fo the nxt part

    1. Ryn says:
      December 21, 2015 at 9:51 am

      aww thnks mice… 😉 thnks fr readin.. enjoy 😉

  16. Loo says:
    December 21, 2015 at 10:53 am

    Then backstage ah balaalamaathoa? What! This ain’t a speech
    . huge mistake. Anehhen okai. You can do better :3

    1. Ryn says:
      December 21, 2015 at 11:14 am

      oops sry.. hehe thnks alt fr tellin… 😉 enjoy 😉 i wil do btr thn this in sha allah 😉

  17. Maalu says:
    December 21, 2015 at 10:59 am

    Wowwwwwwww vrh vrh vrh reethi….and good luck…….when is the next part?????????……..ryyn ur story’s are awesome… Love ur story’s…….

    1. Ryn says:
      December 21, 2015 at 11:15 am

      hey mal,,, awwww thnks dear… in sha allah 3 days fahun hehehe.. awww so swyt of u thnks ingey.. 😉 myns alt.. so happy 😉 😉 enjoy

  18. sadhaaa says:
    December 21, 2015 at 11:13 am

    Amazing. …….superb. …..nice. ..beatiful ??????

    1. Ryn says:
      December 21, 2015 at 11:16 am

      awww thnks sadhaa.. hehe 😉 😉 myns alt.. enjoy 😉

  19. lai says:
    December 21, 2015 at 12:13 pm

    wowww .. v reethi .. aneh stry ah vure vess rythi mi stry hehe .. i love it .. when next part? cant wait.. keep it up n gud luck run.. n tc .. 🙂

    1. Ryn says:
      December 21, 2015 at 12:25 pm

      awwww… thnks lai.. hehehe in sha allah 3 days fahun… hehe…thnks.. whttt 😮 😮 😮 😮 run eyy???? heheh *ryn* 😛 😛 anyways thnks fr readin… n tc.. enjoy 😉 <3

  20. miloo says:
    December 21, 2015 at 12:34 pm

    Mi story ves varah reethi.. Keep it up

    1. Ryn says:
      December 21, 2015 at 4:18 pm

      thnks milu 😉 thnks fr readin.. enjoy 😉

  21. mARYY says:
    December 21, 2015 at 1:25 pm

    nic story wel done

    1. Ryn says:
      December 21, 2015 at 4:21 pm

      thnks mary.. enjoy 😉

  22. Ira ;) says:
    December 21, 2015 at 4:13 pm

    Oh the story is awesome 😉 best of luck neeraage character it’s kinda like my life heheh 😉 😉

    1. Ryn says:
      December 21, 2015 at 4:24 pm

      owh thnks ira… 😉 owh ehnthr hehehhe 😉 thnks fr readin.. enjoy 😉

  23. afyyyy says:
    December 21, 2015 at 9:03 pm

    Mashaa allah v v v reethi. Waiting for next part.and all the best ryn

    1. Ryn says:
      December 21, 2015 at 9:20 pm

      aww thnks afy.. so swyt of u hehe.. thnks fr readin… enjoy 😉

  24. Faxoo says:
    December 21, 2015 at 10:04 pm

    woww Ryyn!! Its a new story again! 😀 really, i cant wait for the next part!

    1. Ryn says:
      December 22, 2015 at 7:57 pm

      awww thnks faxu… yrh hehehe.. thnks alt 😉 😉 enjoy 😉

  25. MarSha says:
    December 22, 2015 at 1:11 pm

    Nice start… vvv interesting. I thought shaain was neera’s shine???? But will wait to know more… n myhunge sifa bunedhey iru “hadi” ge badhaluga “huthuru” use kollany… waiting for next part

    1. Ryn says:
      December 22, 2015 at 7:58 pm

      heheh thnks.. owhh yrh hve to wait dhw hehe 😉 owh thnks alt fr tellin me i wil kyp it in mind.. 😉 thnks again.. enjoy 😉 😉 😉

  26. Immy says:
    December 25, 2015 at 12:07 am

    vrh vrh vrh salhiiiii…..
    n miss u altttttt…… 🙁
    n tgc of ur self 😉 😀 😀 :P:P:P

    1. Ryn says:
      December 25, 2015 at 7:47 am

      hey.. thnks immu. awww i miss u mre 😉 😉 n tc 😉

  27. rahaaf says:
    May 7, 2016 at 11:42 pm

    wow… ryn mivaahaka nimunee tha… hurihaa prt eh vs vrh reethi…ryn liyaa vaahaka thah vrh reethi…. 🙂 🙂 🙂 🙂 ryn ge aslu namaky nishreen dhw…. 🙂 🙂 🙂 🙂 🙂 🙂 🙂 🙂 good and kind story writer reeeen…. 🙂 🙂 🙂

Comments are closed.

All Right Reserved!