”ޝާއީ އަވަސްކޮށްބަލަ..މިހާރު ކިހާ އިރެއް ތައްޔާރުވާން ދިޔަތާ. މި އަންހެންވެރިން ގޮވައިގެން ތާކަށް ދާކަށް އުޅޭކަށްނުވާނެ.” އެއިވުނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ އަޑެވެ. އެއީ އާދައެވެ. ބޭރަށް ދެ މީހުން އެއްކޮށް ދާނަމަ އެއީ ޝާހިދުގެ އަބަދުގެވެސް ޝަކަުވާއެވެ. އަހަރެން ތަތް ވާ ވާހަކަ އެވެ. ލަސްވާހަކައެވެ. އެހެންނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް އަހަރެން ނުދެމެވެ. އެއީ ޝާހިދު ރުޅިއައިސްގެން ބުނާ އެއްޗެއް ނޫންކަން އަހަރެންނަށް އެނގޭތީއެވެ. ”މި ނިމުނީ..ހަމަ އެންމެ މިނެޓެއް. ކުޑަކޮށް ސެންޓްކޮޅެއް ބުރުވާލައިގެން […]
ކުރިމަތީ ބަހައްޓާފައި ހުރި ހޫނު ކޮފީތަށީން އަރަމުންދިޔަ އާވި މަޑުވަމުންގޮސް ކޮފީތަށީގެ ހޫނުކަން ކެނޑިގެން ދިޔައިރުވެސް އަހަރެންނަށް ރޭކާނުލާކަހަލައެވެ. ފަތިހުގެ ހިތްގައިމު ވަގުތު ދުނިޔެމަތިން ފެންނަން އޮތް ހިތްގައިމު މަންޒަރަށް ގެއްލިފައި އަހަރެން އިނީމެވެ. މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ފަތިސްނަމާދު ކުރުމަށްފަހު ކޮފީތަށި ހިފައިގެން ބޭރަށް ނުކުންނަނީ މި ހިތްގައިމު މަންޒަރު ބަލާލުމަށެވެ. މިއީ އަހަރެންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. މިފަދަ ކޮންމެ ވަގުތަކު އެކަނި އިނދެ […]
ފޭސްބުކުން ފެންނަން އިން އަަހަރެންގެ ފޮޓޯއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއީ އަހަރެންގެ ދޮންތަގެ ކައިވެނި ޕާރޓީގައި ދޮންތައާއި އެކު އަހަރެން ނަގާފައިވާ ފޮޓެއެކެވެ. އެކަނި ހުންނަ ފޮޓޯ ފޭސްބުކަށްލުމަކީ މިހާރު އަހަރެން ކުރާކަމެއްނޫނެވެ. ރަށްޓެހިންގެ ވަރަށް ގިނަ ކޮމެންޓްސްތަކާއި ލައިކްތައް އެ ފޮޓޯއަށް ލިބުނެވެ. . ހުސް އެ ފޮޓޯގެ ރީތި ވާހަކައެވެ. ހެދުން އަޅާފައިހުރި ގޮތް ރީތި ވާހަކައާއި އަހަރެންނާއި ވަރަށް ގުޅޭ ވާހަކައެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ހިތަށްއެރިއެވެ. އަސްލުވެސް ޖިލްބާބު ލާފައި ތިބޭ […]
މަރުހަބާ އަދުހަމް! އެއަޑަށް އަހަަރެންނަށް ސިހިފައި ބަލާލެވުނު އިރު ކުރިމަތީ އިން ގޮނޑީގައި ހުސެން އިށީންނަނީއެވެ. އަހަރުމެން ތިބީ އޮފީހުގެ ކެންޓީނުގައެވެ. ހެނދުނު ސަޔަށް އިންސާފުކުރުމަށްޓަކައެވެ. ހުސެންއަކީ އަހަރެން އެ އޮފީހުގައި މަސައްކަތް ކުރަންފެށިއްސުރެ މިއަދާ ހަމައަށްވެސް އަހަރެންނާއި އެންމެ ގާތް ގުޅުމެއް އޮންނަ އެކުވެރިޔާއެވެ. ”ކިހިނެއްވެފަ، ހާދަ މޫޑީވެފައި އިންހެން ހީވޭ، ކޯސް ލިބުނީމަ އުފަލެއް ނޫންތަ ވާންވީ.” ހުސެން އަހަރެންނާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. ”ހުސެން. ކޯސް ލިބުނީމަ އަހަރެންވެސް އުފާވޭ. އެކަމަކު އަންހެނުންނާއި ދަރިފުޅާ […]
އައިޝަތު ޝައިނާ ޝަފީޤް، ސްޓޭޖްމަތިން އިވިގެން ދިޔަ ނަމާއެކު އަހަރެންނަށް ހިނިތުންވެލެވުނެެވެ. މަޑުމަޑުން ހިނގާލާފައިގޮސް ސްޓޭޖްމަތިން ދަރިފުޅު ކުރިމަސައްކަތުގެ ހައްގު އިނާމު ލިބިގަންނަ މަންޒަރު ވެގެން ދިޔައީ އަހަރެންގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރި އިހްސާސްތަކެއް ކުރެވިގެން ދިޔަ މަންޒަރަކަށެވެ. އެއީ މީގެ 16 އަހަރުން ކުރިން ފެށިގެން އެ ދުވަހަކަށްޓަކައި އަހަރެން އެތަކެއް ބުރަތަކާއި، އުނދަގޫތަކެއް ތަހައްމަލުކުރި ކުރުމުގެ ފޮނި ނަތީޖާއެެވެ. މިއަދަކީ އޭލެވެލްއިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ހޯދި 9 ދަރިވަރުންގެ ތެރޭގައި އަހަރެންގެ […]
މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުމުރުން މިހާރު 40ގެ އަހަރުތައް ގުނަމުންދާ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުފަލާއި ހިތާމަ އެކުލެވިގެންވީ އަހަރެންގެ މާޒީއެވެ. އަހަރެންނަކީ މާގިނަ ކުދިންނާއި ލޯބީގެ ގުޅުންތަކެއް ބޭއްވި މީހެެއްނޫނެވެ. މުޅި ހަޔާތުގައިވެސް ލޯބިވީ އެންމެ މީހެއް ދެކެއެވެ. ރައްޓެހިވީވެސް ހަމައެކަނި އެކުއްޖާއާއި އެވެ. އެ ދުވަސްތައް މިއަދު ވީ ކަމެއްހެން އަހަރެން ހަނދާނުގައި ތާޒާކަމާއި އެކު ހަރުލާފައި އަދިވެސް އެބަހުއްޓެވެ. އެއީ ގްރޭޑް 11 ގެ ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީއަށް އަހަރެން ރަށަށް […]