އޭރު އެމީހުންގެ ކުރިމަތީގައި ހުރި އެތީގެ ދެލޯ ވަނީ ދިއްލިފައެވެ. މަޑު މަޑު ފެހި އަލީގެ ތެރޭގައި އޭތި ފެންނަލެއް ވަރަށްވެސް ބިރުވެރިއެވެ. ———– އޮޅުލައިގަނެގެން ދެލޯ މަރާތަގުޅި ކޮއްގެން ތިބިއިރު ދެމީހުންވެސް ބިރުންގޮސް ރޫރޫ އަޅަމުންދިޔައެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވުމާއިއެކު ހުނުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ގުގުމައިގެން ދިޔައެވެ. ދެލޯ ހުޅުވާލުމަށްފަހު ދެމީހުންވެސް ހޭއަޑު އަންނަ ދިމާއަށް ބަލާލިއިރު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެގެން ވަރަށް ބާރަށް އިޔާން ހެމުން ދިޔައެވެ. […]
އެ ގުރޫޕު އެ މައުލޫއަށް ވަހަކަ ދައްކަމުން ހީ ސަކަރާތް ޖަހަމުން ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު މަގްރިބް ނަމާދުގެ ބަންގީގެ އަޑު މުޅި ރަށުތެރޭ ގުގުމަމުން ދިޔައެވެ. ———— ވުޟޫ ކޮއްލައިގެން އައިސް ނަމާދު ކޮށްނިންމާލުމަށްފަހު ލިވްޔާ އައިސް އެނދަށް ވެއްޓިގަތެވެ. އެ ލޮލުގެ ތެރޭގައި ބޮނޑިވެފައި ހުރި ކަރުނަތަކުގެ ތެރެއިން ވެއްޓުނު ކަރުނަ ތިއްކެއް ގޮސް ބާލިސް ތެރެއަށް ހިނދިގެން ދިޔައެވެ. މާޒީ ލޯ ކުރިމަށްޗަށް ސިފަވެގެން ދިޔުމުން އެ ރީތި މޫނުމަތިން ހިނިތުން […]
ފެންވަރާލައިގެން ތެތްއެއްޗެހި ބަދަލު ކޮއްލައިގެން ދެމީހުންވެސް ހިޔާ ކޮއްފައިވާ ޓެރެސްއަށް އަރާ އެތާ ބަހައްޓާފައިވާ ސޯފައިގައި އިށީންދެލިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ލިވްޔާ ރޭގަ ކަންތަށް ކުރެވުނު ގޮތުން މައާފަށްވެސް އެދުނެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނީ ލިވްޔާގެ ފޯނު ރިންވާ އަޑަށްށެވެ. ފޯނު ނަގާ ހަލޯ އޭ ބުނުމުން އެ ކޮޅުން ބުނި އެއްޗެއް އަޑު އިވިފައި ލިވްޔާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. […]
ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތް ލިވްޔާ ސިއްސައިގެން ދިޔައީ ކައިރީގައި ބާއްވާފާ އޮތް ފޯނު ރިންގުވާންފެށުމުންނެވެ. ދެލޯ އުނގުޅާލުމަށްފަހު ކައިރީގައި އޮތް ފޯނުނަގައި ހަލޯ އޭ ބުނެލުމާއެކު އެކޮޅުން އިވުނު އަޑަކުން ލިވްޔާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ފުޅާ ހިނިތުންވުމަކާއިއެކު ފޯނު ކަނޑާލުމަށްފަހު ލިވްޔާ އޭނާގެ ހޭވިފާވައި ދިގު ދިގު އިސްތަށިގަނޑު އަތުން ރީތި ކޮއްލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ މައިދޮރު ހުޅުވާލިއެވެ. ފޯނާ ކުޅެންހުރި ނާއިކް ދޮރުހުޅުވިގެން ދިޔަ […]