Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (3)

lai
December 20, 2015
7 Mins Read
40 Views
30 Comments

ނަޖުމާ އެހެން ބުނުމުން ނީޝަމް އައިރީން އާއި ދިމާލަށް ބަލާލުމަށްފަހު ދޫ ނެރެލިއެވެ. ނީޝަމް ދޫ ނެރެލުމުން އައިރީން ވެސް ނީޝަމް އާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ.

*******************************

ކޮޓަރި ތެރެ އެއްކޮށް ވަނީ އަދިރިކޮއްލެވިފައެވެ. ފަންކާ ވެސް ހުރީ ނުޖައްސައެވެ. އެ އަނދިރީގެ ތެރޭގައި އޮތް އީނާލް އޮތީ ހުން އައިސްގެން ގޮސް ރަތްވެފައެވެ. ރަނގަޅަކަށް ލޯ ވެސް ހުޅުވާ ނުލެވެއެވެ. އީނާލް އަށް ބޮލުގަ ރިއްސާވަރުން ބޯ ހިއްލާލަން ވެސް ނުކެރެއެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާލުމައްފަހު އާސިޔާ އެތެރެއަށް ވަދެ ލައިޓް ދިއްލާލުމާއިއެކު އީނާލް އަށް ދެލޯ މަރާ ތަގުޅި ކޮއްލެވުނެވެ. ” އޭތް ތެދުވަން ވި ދެން .. އަހަރެން ބަނޑުހައިވެގެން ހާންތިވަނީ އެކަމަކު މީނާ ރީއްޗަށް އޮށޯވެ .. ބައްޔޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ހަމަ މަސައްކަތް ކުރަން ޖެހިދާނެތީ .. ކަލޭ ތި ޖައްސާ ޑްރާމާ މަށަށް އިނގެޔޭ .. ބައްޔޯ .. ހަމަ މިހާރު ތެދުވަން ވީ .. ” އާސިޔާގެ އެ ރަހުމް ކުޑަ ބަސްތައް އަޑުއިވުމުން އީނާލް ގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ގައިގަ އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވުނަސް އީނާލް ވަރަށް ހިތްވަރު ކޮއްލާފައި ތެދުވިއެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ދެން ފެނުނީ އީނާލް އަރި އަޅާލައިގެން ގޮސް ވެއްޓުނު ތަނެވެ.

ދޮރުން ނިކުމެ ނިކުމެ ހުރި އާސިޔާ އެބުރި ބަލާލީ އެއްޗެއް ވެއްޓުނު އަޑަށްށެވެ. ވެއްޓިފައި އޮތް އީނާލް ފެނުމާއިއެކު އާސިޔާ ގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އީނާލް އަށް ގޮވާލަމުން އަވަސް އަވަހަށް ގޮސް އޭނާގެ އުނގުގައި އީނާލް ގެ ބޯ ބާއްވާލަމުން އީނާލް އަށް ގޮވަން ފެށިއެވެ. އޭރު އީނާލް ގެ މޫނު ވަނީ ހުދުވެފައެވެ. އެ މޫނުމަތިން ގައި އެއްވެސް ދިރުމެއް ނުވާ ކަހަލައެވެ. ފެން ގެނެސް އީނާލްގެ މޫނުގައި އުނގުޅުމުންވެސް އީނާލް ލޯ ހުޅުވާ ނުލުމުން އާސިޔާގެ މޫނުމަތީން ހާސްކަން ފެންނަންފެށިއެވެ. އަވަސް އަވަހަށް ކާރެއްގައި އީނާލް ގޮވައިގެން ހޮސްޕިޓަލަށް ދިޔައިރު އާސިޔާ ގެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. ބިރުން ގޮސް އެ ހިތް ވަރަށް ބާރަށް ތެޅެމުންދިޔައެވެ.

…………………………………………………………………………

ދޮރު ހުޅުވާލާފައި ވަތް ރަޔާން ހުއްޓުން އެރީ އެދުގައި އައިވީ ގުޅާފައި ބާއްވާފައި އޮތް ކުއްޖާ ފެނުމުންނެވެ. ” އީނާލް ” ރަޔާން އަށް އީނާލް އެ ހާލުގައި އޮތްތަން ފެނުމުން ހިތްވެސް ހީވީ ހިނދު ކޮޅަކަށް މަޑު ޖެހިލި ހެންނެވެ. އާދަޔާ ހިލާފަށް ހިތް ތެޅިލިއެވެ. ނަމަވެސް އެއީ އޭނާގެ ޕޭޝަންޓެއްކަން ހިތަށް ވިސްނައިދެމުން ރަޔާން ގޮސް އީނާލް އޮތް އެނދުކައިރިއަށް ހުއްޓިލިއެވެ. މީހެއްގެ ހިލަންވެގެން އިސްއުފުލާލި އާސިޔާއަށް ކައިރީގައި ހުރި ޒުވާނާ ފެނުމުން ދެލޯ ބޮޑު ކޮއްލެވުނެވެ.” ޑޮކްޓަރ ރަޔާން ” އާސިޔާ ފާޑަކަށް ބަލަހައްޓައިގެން އިނުމުން ރަޔާން އޭނާ އަމިއްލައަކަށް ތައާރަފު ވެލަމުން ސަލާމަށް އަތް ދިއްކޮއްލިއެވެ. އާސިޔާއަށް އެއީ އެތާނގެ ޑޮކްޓަރެއްކަން އިނގުމުން ފުޅާ ހިނިތުން ވުމަކާއި އެކު ސަލާމް ކޮއްލިއެވެ. ” ދައްތާ .. އީނާލް އަށް ކިހިނެއްވީ؟ ” ރަޔާން ސުވާލު ކޮއްލުމުން އާސިޔާ އޭނާގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިކުރަމުން ދޮގެއް ހަދާލިއެވެ. ” ދައްތަ ހެނދުނު އީނާލް ނުނިކުންނާތީވެ ވީ ކީއްތޯ ބަލާލަން ދިޔައިރު އީނާލް އޮތީ ހުމާ ފިހި ފިހި ..ހެއެއްވެސް ނެތް .. އެހެންވެ އަވަހަށް މި އައީ ހޮސްޕިޓަލަށް ގޮވައިގެން .. އީނާލް ރަނގަޅު ވާނެ ދޯ .. ” ” ލައްބަ ދައްތާ .. އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ .. ” ހަގީގަތް ނޭނގި ހުރެ ރަޔާން އާސިޔާ އަށް ހިތް ވަރު ލައިދިން އިރު އެއީ ކިހާ ނުބައި ނުލަފާ މީހެއްކަމެއް ނޭނގެއެވެ. މީހަކު ކައިރިން ބަދަލު ހިފަން ވެގެން ކުށެއް ނެތް ކުއްޖަކު އާއިލާއިން ވަކިކޮއްލައިގެން ގެނެސް އަނިޔާ ކުރާއިރު އާސިޔާ ގެ ހިތައް ހަމަ އެކައްޗެއްވެސް ނާރައެވެ. ދެރައެއްވެސް ނުވެއެވެ. އާސިޔާގެ ކިބައިގާ އިންސާނިޔަތުގެ ކަންފުޅެއްވެސް ހަމަ ނެތީއެވެ.

***************************

” ނީޝް .. ނީޝް .. އެބަ އުޅެން ތަ .. ؟؟ ” އައިރީން ނީޝަމް ނުފެނިގެން ގޭގެ އެތަން މިތަން ބެލިއިރުވެސް ނީޝަމް ނުފެނުމުން ދެ އުކުޅުގައި އަތް ވިދެލަމުން ފުން ނޭވައެއް ދޫ ކޮއްލިއެވެ . ފޯނު ނަގާ ނަޖުމާ އަށް ގުޅާލީ އޭނާ އުންމީދު ކުރި ގޮތަށް ނީޝަމް ނަޖުމާ އާއި އެއްކޮއް ދިޔަ ތޯ ބަލާށެވެ. ” މަންމާ .. ކޮބާ ނިޝޫ ..؟ މަންމަ އާ އެއްކޮއްތަ ދިޔައީ ؟ .. ” އައިރީން ޖަވާބެއްގެ އިންތިޒާރުގައި ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓާ ނަޖުމާ އެ ކޮޅުން ދިން ޖަވާބުން އުފަލުން ގޮސް ފުންމައިގަނެވުނެވެ. އަވަސް އަވަހަށް ފޯނު ކަނޑާލުމައްފަހު ނަޖުމާގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އައިރީން ގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. ނަޖުމާގެ ކޮޓަރިއަށް ވަދެ އައިރީން ފުރަތަމަވެސް ގޮސް އަލަމާރި ހުޅުވާލިއެވެ. އަލަމާރި އެ ފުއް މިފުށަށްޖެހިއިރުވެސް އެ ފޮޓޯގަނޑު ނުފެނުމުން އައިރީން މާޔޫސް ވާ ގޮތް ވިއެވެ. ބިންމައްޗަށް ވަރާލާފައި ހުރި ހެދުންތައް ބޮނޑި ކޮއްލުމައްފަހު އަލަމާރި ތެރެއަށް އަޅާލުމައްފަހު އަލަމާރީގައި އިން ވަތްގަނޑު ހުޅުވަން ތަޅުގަ ހިފާލުމުންވެސް ހުޅުވުނު ކަމަކަށް ނުވިއެވެ. ” ފަހަރެއްގަ މިތާ އޮވެދާނެ .. މަންމަ ތަޅުލައިފަ ބަހައްޓާނީ ގައިމު ހާއްސަ އެއްޗެއް އޮތީމަ އެއްނު .. އައިމް ސޯ މޮޔަ.. ފުރަތަމަ ވެސް މިތަން ހުޅުވަން އުޅެވުނު ނަމަ .. ” ދެން އައިރީން އަވަސް ވެގަތީ އެ ވަތްގަނޑުގެ ތަޅުދަނޑި ފެނޭތޯއެވެ. ނަސީބު ކަންދިމާ ކުރި ގޮތުން ނަޖުމާ ތަޅުދަނޑި ފަތި އޮތީ ޑޮރެސިން ޓޭބަލް މަތީގައި ބާއްވާފައެވެ.

ޔެސް އޭ ކިޔާލަމުން އައިރީން ތަޅުދަނޑި ފަތިން ފަހަރަކު ތަޅު ދަނޑި އެއް ކޮއްޕައިގެން އަނބުރާ އަނބުރާ ވެސް ހުޅުވޭ ގޮތް ނުވުމުން ރުޅި ގަދަވާންފެށިއެވެ. ކުދި ކިޔަމުން ތަޅުދަނޑި ފަތި މޭޒު މަތީގައި ބާއްވާފައި ޕިނާއި އެކި އެއްޗެހި ކޮއްޕައިގެން ހާވަނިކޮށް ކުއްލިއަކަށް އެ ވަތްގަނޑު ހުޅުވުމުން އައިރީންގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. އަވަސް އަވަހަށް ވަތް ގަނޑު ހުޅުވާލިއިރު އެންމެ މަތީގައި އޮތް ފޮޓޯ ގަނޑު ފެނުމުން އެ ނަގާ ބަލާލުމާއި އެކު އައިރީން ގެ މޫނުމައްޗަށް ހައިރާން ކަމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. އެ ފޮޓޯ ގައި ނަޖުމާ އާއި ހަސަނު ތިބި އިރު ނަޖުމާ އަތުގަޔާއި ހަސަނު އަތުގައި ލޯބި ލޯބި ކޮށް ނިދާލާފައި ތިބި ކުޑަ ކުޑަ ދެކުދިން ތިއްބެވެ. އެ ފޮޓޯ ގަނޑަށް ބަލަހައްޓައިގެން ހުރި އައިރީން މަޑު މަޑުން އެ ފޮޓޯ ގަނޑުގައި ފިރުމާލި އިރު ގޮތް ނޭނގޭ އިހްސާސެއް ކުރެވިގެން ދިޔައެވެ. އެ ފޮޓޯ ގަނޑުގައިވާ ތުއްތު ތުއްތު ދެ ކުދިންނަށް ބަލަހައްޓައިގެން ހުރި އައިރީން ސިހިގެން ދިޔައީ ގޭގެ މައި ދޮރު ހުޅުވުނު އަޑާއިއެކު މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމުންނެވެ.

ނަޖުމާ އައީކަން އިނގުމުން އައިރީން ގެ މޫނުމަތީން ކުރިން ހުރި ހައިރާންކަން ފިލާ ހާސް ކަން ފެންނަން ފެށިއެވެ. ނަޖުމާ އުޅޭތީ ކޮޓަރީން ބޭރަށް ނިކުމެވޭކަށްވެސް ނެތެވެ. އެ ކޮޓަރިން ނިކުތް ތަން ފެނިއްޖެއްޔާ ސުވާލު ކުރާނެއެވެ. ހަދާނެ ގޮތެއް ނޭނގުމުން އައިރީން އިނގިލީގައި ދައިގަނެގެން ހުރެ ވިސް ނަން ފެށިއެވެ. ހަދާނެ ގޮތެއް ނޭނގިފައި ކޮޓަރީގެ އެކި ދިމަ ދިމާއަށް ބަލަމުން ދިޔަ އައިރީން އަށް ކުޑަ ދޮރު ފެނުމުން ކުޑަދޮރުން ބޭރަށް ފުންމާލިއެވެ. ފޮޓޯ ގަނޑު އަތުގައި އޮތް ކަން ވެސް އައިރީން އަށް އިނގުނީ ކުޑަ ދޮރުން ބޭރަށް ފުއްމާލި ފަހުންނެވެ. ” ޝިޓް .. އޯހް މައި ގޯޑް .. އަލަމާރިވެސް ނުލައްޕާ މި އާދެވުނީ .. ” ނުތަނަވަސް ވެފާ ވާ މޫނަކާއި އެކު ގޭ ތެރެއަށް ބޯ ދިއްކޮއްލިއިރު ސޯފާގައި ޓީވީ އަށް ގޮސް ގެއްލިފައި އިން ނީޝަމް ފެނުމުން އައިރީން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ” ހޫމް އަދި މީނަޔަށްވެސް މަގަޑީ މިއަދު އިނގުނީ ޓީވީ ބަލަން އިންނަން .. ވަރަށް ފޫހިވޭ .. ”
އައިރީން ސިއްރު ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެ ކޮޓަރިއަށް ނުވަދެވެނީސް އިވުނީ ނީޝަމް އައިރީން އަށް ގޮވާލި އަޑެވެ. ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮއްލުމައްފަހު އައިރީން އޭނާގެ މޫނުމަތީގައިވާ ހާސްކަން ފޮރުވަމުން އެނބުރި ނީޝަމް އާއި ދިމާއަށް ބަލާލިއެވެ. ” މިސް ޑިޑެކްޓިވް .. ކޮންތާކަށް ގޮއްސަ ތިޔައީ .. ނީޝް މަންމަ ކައިރީގަ ބުނެފިން .. މަންމަ ވަރަށް ހޯދި .. މިއަދަކު ދޮންތިއަކަށް ސަލާމަތެއް ނުވެވޭނެ .. އެހެންނު ވާނީ .. މަންމަ ކޮޓަރީގެ ހުރިހާ އެއްޗެއް ހާވާލާފަ .. ” ނުލަފާ ފާޑަކަށް ހިނިއައިސްފައި ނީޝަމް އެހެން ބުނުމުން އައިރީން ގެ މޫނުމަތީން އަނެއްކާވެސް ހާސްކަން ފެންނަން ފެށިއެވެ. ” ނު .. ނޫން .. ރީން އެއް ނުދަން މަންމަ މެން ކޮޓަރިއަކަށް .. މިއައީ އައިޝާ މެން ގެއަށް ގޮއްސަ.. ކިހިނެތް ވީތަ ނިޝް .. ؟؟ ” ފާޑަކަށް ހުރެގެން ވާހަކަ ދައްކާ ނިއްމާލިއިރު ކޮޓަރިން ނިކުމެގެން އަންނަ ނަޖުމާ ފެނުމުން އައިރީން އަށް ހިން ދިރުވާލެވުނެވެ. ” ރީން ކޯއްޗެއް ހޯދަން ވެގެން ހެދުންތަށް ހާވާލާފަ އެހެރީ .. އަދި ހާވާލާފަވެސް ފަތް ނުޖަހާ ބޮނޑި ކަރުވާފަ އަލަމާރިއަށް އެ ހުރިހާ ހެނދުންތަކެއް ގަންނަވާފަ .. ރީން ތި އުޅުން ބަދަލު ކުރާނީ ކޮންދުވަހަކުން ބާއޭ މަންމަ ހިތަށް އަރާ” ނަޖުމާ ވާހަކަ ދެއްކިއިރު އައިރީން ހުރީ ދެއަތް ފުރަގަހައްލައިގެން ނޭވާ ހިފަހައްޓާލައިގެންނެވެ. އެކަމަކު ހައިރާން ވީ ނަޖުމާ އަށް އެ ވަތްގަނޑު ހުޅުވާފަ ހުރިކަން ނޭނގުމުންނެވެ. ނަމަވެސް އުފާ ވެސް ވިއެވެ. ހަމަ ޖެހުމުގެ ނޭވައެއް ލަމުން އައިރީން ކޮޓަރިއަށް ދާންވެގެން ނެގި ފިޔަވަޅު ހުއްޓުމެއް އައީ ނަޖުމާ ކޮއްލި ސުވާލުންނެވެ. ” އަލަމާރީގަ އިން ވަތް ގަނޑު ވެސް ހުޅުވާފަ އިނީ .. ރީން ކީއްކުރަން އެ ވަތްގަނޑު ހުޅުވީ؟ .. ކޮންތާކުން ތަޅުދަނޑި ހޯދީ؟.. ” އައިރީން ދުލުގައި ދަތްއަޅާލަމުން ފުން ނޭވައެއް ދޫކޮއްލިއިރު ދެން ކަނތަކާ ޖެހުނީއޭ ހިތަށް އެރިއެވެ. ” އަނެއް .. އަޅުގަނޑު .. އަޅުގަނޑު އެއްޗެއް ގެއްލިގެން މަންމަ ކޮޓަރި ހާވަމުން ގޮސް ހުޅުވާލެވުނީ .. ސޮރީ މަންމާ ” މި ބުނެވުނީ ކިހާ ހަމަ ނުޖެހޭ އެއްޗެއްކަން އައިރީން އަށް ރެއަކާލީ ބުނެވުނު ފަހުންނެވެ. ތުންފަތުގައި ދަތްއަޅާލަމުން މޫނަށް ވައްތަރެއް ޖައްސާލަމުން އައިރީން ސޯފާއިގާ ފާޑަކަށް ހެވިފައި އިން ނީޝަމް އަށް ބަލާލިއެވެ. އަދި ނަޖުމާއަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ” ޕިސް ޕިސް .. އެވަނީނު .. ވަރެއްގެ ކުއްޖެއް ސަހާދެއް .. ”

ކޮޓަރިއަށް ވަތް ގޮތަށް އައިރީން ގޮދަޑި މައްޗަށް ވެއްޓިގަތެވެ. އަދި އަތުގައި އޮތް ފޮޓޮއަށް ބަލަހައްޓައިގެން އެ އޮތް ގޮތަށް އޮތް އިރު އައިރީން އަށް ކަމެއް ފާހަގަ ވިއެވެ. އެއީ އެ ދެކުދިންގެ ކަރުގައިވެސް ފަށެއް އޮތް ކަމެވެ. ނަޖުމާ އަތުގަ އޮތް ކުއްޖާގެ ފަށު ފުލު ވަނީ ‘ އެލް ‘ އަކުރެވެ. ހަސަނު އަތުގައި އޮތް ކުއްޖާގެ ފަށު ފުލުގައި ވަނީ ‘ އާރް ‘ އަކުރެވެ. އައިރީން އަށް ބޭއިހްތިޔާރުގައި އޭނާގެ ކަރުގައި އޮތް ފަށުގައި ހިފަހައްޓާލެވުނު އިރު ހައިރާން ކަން އިތުރު ވެގެން ދިޔައެވެ. ހަސަނުގެ އަތުގައި އޮތް ތުއްތު ކުއްޖާއަކީ އޭނަކަން އިނގުނެވެ.ނަމަވެސް ނަޖުމާ އަތުގައި އެ އޮތީ ކޮން ކުއްޖެއް ބާއޭ އައިރީން ގެ ހިތައްއަރަމުން ދިޔައެވެ. ” އެލް ” މަޑު މަޑުން އެ އަކުރު ކިޔާ ލެވުނު އިރު އައިރީން އަށް ގޮތް ނޭނގޭ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. ” ޕޮއް ” އެ ފޮޓޯ ގަނޑަށް ބަލަން އޮއްވާ އައިރީން ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތްފައި އެނބުރުނު އިރު ހަށަން ބަނދެލައިގެން ހުރި ނީޝަމް ފެނުމުން ހިތަށް ބިރުވެރިކަން ވަނެވެ. ކޮޓަރި ތަޅުލާފަ ހުއްޓާ ނީޝަމް ކޮޓަރިތެރެއަށް ވަތް ގޮތެއް ނޭނގުމުން އެއީ އަނެއްކާ ޖިންނި އެއް ބާއޭ އައިރީން ގެ ހިތަށް އަރަމުން ދިޔައެވެ. ބަލާކަށް ނުހުރެ އައިރީން ދުވެފައި ކޮޓަރިން ނިކުމެގެން ދިޔައިރު ނީޝަމް ހުރީ އައިރީން އަށް އެވީ ގޮތުން ހައިރާންވެފައެވެ. ދޮންތަ އަށް ކިހިނެއް ވީ ބާއޭ ނީޝަމް ގެ ހިތަށް އަރަމުން ދިޔައެވެ.

” މަންމާ .. މަންމާ .. ޖިންނި އެއް ޖިންނި އެއް .. ” ދުވަމުން ތެޅެމުން ފޮޅެމުން ބަދިގެއަށް ވަދެގެން އައި އައިރީން ގެ ފައި ވެސް ރަނގަޅަށް ބިމުގަ ޖެހޭހެނެއް ހިޔެއް ނުވެއެވެ. ” މާތް ކަލާކޯ .. ޖިންނި އެކޭ .. ކޮންތާކު؟ ” ހަމަ އެވަގުތު ބަދިގެއަށް ވަދެގެން އައި ނީޝަމް ފެނުމުން އައިރީން ހަޅޭއްލަވައިގެންފާ ނަޖުމާގެ ފަހަތަށް ވަދެ ހުރެ ނީޝަމް އާއި ދިމާއަށް އިނގިލި ދިއްކުރަމުން ދިޔައެވެ. ” އެއީ ނީޝަމް އެއްނު ދަރިފުޅާ” އޭރު އައިރީން އެ އުޅޭ ގޮތުން ނީޝަމް ވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އޭރުވެސް ތަކުރާރުކޮށް ނީޝަމް އަށް އިނގިލި ދިއްކުރަމުން އައިރީން ޖިންނި އޭ ކިޔަމުންދިޔައެވެ. ” ސާބަސް ދަރިފުޅާ .. ނީޝަމް އައްތަ ޖިންނި އޭތިކިޔަނީ؟ .. ” ” މަންމާ އެއީ ޖިންނި އެކޭ .. ރީން ކޮޓަރި ތަޅުލާފަ ހުއްޓާ ފެނުނީ ކޮޓަރިއަށް ވަދެ ހުރިތަން ” އައިރީން ވީ ގޮތް ކިޔައި ދިނުމުން ނީޝަމް ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ނުހޭން ހުރި ނަޖުމާއަށްވެސް ހެވުނެވެ. ” ހެ ހެ ހެ ކީއްވެ ދެމީހުން ތި ހެނީ ؟” މޫނަށް ނުތަނަވަސް ކަމުގެ ކުލަވަރު ވެރި ކުރަމުން އައިރީން އަހާލިއެވެ. ” ސާބަސް ދަރިފުޅާ .. މަންމަ ނީޝަމް އަތަށް ދަރިފުޅު ކޮޓަރީގެ ތަޅުދަނޑި ދިނީ .. ދަރިފުޅު ދުވެފައި ނިކުތް އިރު ތަޅު ހުޅުވާފަ ހުރިކަމެއް ހަމަ ނޭނގޭތަ؟ .. ” ނަޖުމާ ހެމުން ހެމުން އެހެން ބުނެލުމުން އައިރީން ވިސްނާލިއެވެ. ތެދެކެވެ. އޭނާ ނުކުތް އިރު ދޮރު ތަޅު ހުރީ ހުޅުވާފައެވެ. ދޮރު ތަޅުލާފަ ހުރި ނަމަ އެ ގޮތަކަށް ނުއެއް ނިކުމެވޭނެތާއެވެ. ވީގޮތް ރެއަކާލުމުން އައިރީން އަށް ވެސް ހެވެން ފެށިއެވެ. ” ތިން މައިން ކޮން ކަމެއް؟ ހާދަ ވަރަކަށް ތި ހެނީ؟ .. ” ބަދިގެއަށް ވަދެގެން އައި ހަސަނު އެހެން އަހާލުމުން އައިރީން ނީޝަމް އަށްށާއި ނަޖުމާއަށް ބޮލުގެ އިޝާރާތުން ހަސަނު ކައިރީގަ އެ ވާހަކަ ނުބުނުމަށް ބުނެލިއެވެ. ” ބައްޕާ .. ބައްޕަ އަށް އިނގޭތަ .. ދޮންތަ އަށް ޖިންނި އެއް ފެނުނީ އޯ ” ނީޝަމް އައިރީން އަށް ޖެއްސުމަށް އެހެން ބުނެލުމުން އައިރީން އަކުރުތަކަށް ދަމާލަމުން ނީޝަމް އަށް ގޮވާލިއެވެ. ނަޖުމާ ވެސް ދެން ނީޝަމް ކައިރީގާ އެ ވާހަކަ އިތުރަށް ނުދެއްކުމަށް ބުނެލީ އައިރީން މެނދުރު ނުވެސް ކައި ގޮސްދާނެތީއެވެ.

ކާން އިން އިރުވެސް އައިރީން ވިސްނަމުން ދިޔައީ އެ ފޮޓޯގަނޑާއި މެދުގައެވެ. ނަޖުމާ ކައިރިން ސުވާލު ކޮއްލަން ހިތަށްއަރާފަ ވެސް ފަސްޖެހެނީ ނަޖުމާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ” ދަރިފުޅު ހާދަ ހިވޭ އެއްޗެއް ބުނަން ބޭނުންވެފަ އިންހެން..” ނަޖުމާ ގައިގަ ކޮއްޓާލަމުން ހަސަނު އައިރީން އާއި ސުވާލު ކޮއްލުމުން ނީޝަމް އާއި ނަޖުމާގެ ނަޒަރު އައިރީން އަށް ހުއްޓުނެވެ. ” ނޫން ހެހެ ތީ ބައްޕަ އަށް ހީވި އެއްޗެއް ކަމަށް ވާނީ ” އައިރީން ކިތަންމެ އާދައިގެ ގޮތަކަށް ވާހަކަ ބަހައްޓަން އުޅުނަސް އެ މޫނުމަތީން ނުތަނަވަސް ކަން ފާޅުވާން ހުއްޓެވެ. ” އެހެންތަ .. ހޫމް ބައްޕަ އަށް ހީވި އެއްޗެއް ކަމަށް ވާނީ .. ނަޖުމާ ކޮބާތަ މިފްޒާލް ؟.. އެ ސޮރު ކޮންތާކަށް ދިޔައީ؟ ” ” ތެދެއް މަންމާ ކޮބާތަ ދޮންބެ؟ ” ” އޭނަ ދިޔައީ ކުޑަ ކަމަކު މާލެ އަށް .. ދެ ދުވަހެއް ތެރޭ އަންނާނަމޭ ބުނީ .. އަދި ބުނި މާލެ އިން އަންނަ އިރު މަންމަ އަށް ސަޕްރައިޒް އެއްވެސް ގެނެސް ދޭނަމޭ ” ހެވިދިލިފަ ނަޖުމާ އެހެން ބުނުމުން ކާން އިން އައިރީން ވާހަކަ ދައްކަން ފެއްޓިއެވެ. ދެން އެދައްކަން ފެށި ވާހަކަ ނިމުމަކަށް ނަމުން ނަޖުމާ އައިރީން އަށް ގޮވާލިއެވެ. ” ދެން ތިހާ އަނގަ ގަދަ ކުރާކަށްނުވާނެ ދަރިފުޅާ .. ކާ އިރަށް ނުވާނެ އެހާ ގިނައިން ވާހަކަ ދައްކާކަށް .. ” ” ހަހް .. ދެން އެ އިޒްޔަންގަނޑު ގޮތަށް މަންމަ ވެސް ތިބުނަނީ ރީން މީ އަނގަގަދަ މިތުރެކޭ ތަ؟ ” އަނގަ ފުރާ އަނގަޔަށް ބަތް އަޅައިގެން އިދެ އައިރީން އެހެން ބުނެލުމުން ނަޖުމާ ބޯ ހޫރާލިއެވެ. އެކި އެކި ވާހަކައިގަ ތިބެ ކެއުން ނިންމާލުމައްފަހު އައިރީން އޭނާގެ ކޮޓަރިއަށް ގޮސް ފެންވަރައިލައިގެން ތައްޔާރުވެގެން ނިކުތް އިރު ހުރީ ތިންގަޑި ބައި ވެފައެވެ. ފޯނު ނަގާ ލިއުޝާއަށް ގުޅާލީ ހިނގާލަން ދާން ރެޑީ ވެވިއްޖެ ތޯ ބަލާލަން ވެގެންނެވެ. އަދިވެސް ލިއުޝާއަށް ތައްޔާރު ނުވެވޭ ކަން އިނގުމުން އައިރީން ތުންކޮޅު އޫ ކޮއްލަމުން ކުދި ކިޔާލިއެވެ. ތަތްދައިތަ އަވަހަށް ތައްޔާރު ވާށޭ ކިޔާފާ ފޯނު ކަނޑާލުމާއިއެކު އެނބުރި ބަލާލެވުނީ ނީޝަމް ވާހަކަ ދެއްކި އަޑަށްށެވެ.

( ނުނިމޭ )

14
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lai

Other Articles

Previous

ޝެރިން (28 ވަނަ ބައި)

Next

ހާދަ ލޯބިންނޭ….

Next
December 20, 2015

ހާދަ ލޯބިންނޭ….

Previews
December 20, 2015

ޝެރިން (28 ވަނަ ބައި)

30 Comments

  1. lai says:
    December 20, 2015 at 11:37 pm

    hi all .. here’s the next part .. i knw there will be mistakes so mistake eh fenihjehyaa let me knw ingey .. enjoy reading 🙂

  2. Inaa says:
    December 21, 2015 at 12:56 am

    Awesome. Avahah next par up koh dheh chey. Keep up the good work….

    1. Inaa says:
      December 21, 2015 at 12:57 am

      Yayy.. Me first… Yayy….

    2. lai says:
      December 24, 2015 at 8:15 pm

      thanks Inaa .. 🙂 .. hehehe n congratss

  3. ravupinky says:
    December 21, 2015 at 5:54 am

    lai v v vvv reethi story aslu vx when is next part……avahah up koh dhehchey….happy

    1. ravupinky says:
      December 21, 2015 at 5:55 am

      happy;)-*

    2. lai says:
      December 24, 2015 at 8:16 pm

      thanks alot ravu .. 🙂 🙂 😉 🙂

  4. maluudxxx says:
    December 21, 2015 at 7:25 am

    Wow…lai this part ves hama v v v v habeys..
    ♡♡♡♡when next part ?? Avahah up koh dhehchey …waiting…waiting….keep it up lai

    1. lai says:
      December 24, 2015 at 8:16 pm

      thank u soo much maluu… 🙂 😉

  5. maluudxxx says:
    December 21, 2015 at 7:27 am

    Yayyyy…me third

    1. lai says:
      December 24, 2015 at 8:17 pm

      hehehe

  6. Ryn says:
    December 21, 2015 at 7:47 am

    wowwwww laii mi prt haadha salhi ey… jxt wowww….. waitin fr the nxt prt ingey… vrh vrhh salhi gd lck tc 😉 😉

    1. lai says:
      December 24, 2015 at 8:17 pm

      thank u so much ryn .. 🙂 .. u too tc 😉

  7. Munko says:
    December 21, 2015 at 8:30 am

    Lai your stry hama habeyss……..Waiting for the next part….:D

    1. lai says:
      December 24, 2015 at 8:19 pm

      thanks munko 🙂 😉 😀

  8. ina says:
    December 21, 2015 at 8:38 am

    wowwwwwwwww laiiii…..mi part v v v v v nice…kyp it up…………….waiting 4 next part……..when is next part????…..all the best………

    1. lai says:
      December 24, 2015 at 8:19 pm

      thanks alott ina ;D 🙂

  9. ina says:
    December 21, 2015 at 8:40 am

    me sixth…….:( ;(

    1. lai says:
      December 24, 2015 at 8:22 pm

      alheyyy 🙁 .. better luck next time ina 🙂

  10. mice says:
    December 21, 2015 at 9:19 am

    woww very nice

    1. lai says:
      December 24, 2015 at 8:22 pm

      thanks mice 🙂

  11. Maalu says:
    December 21, 2015 at 10:44 am

    This story is awesome laitukuri oops sorry lai..hehehehe. Vrh vrh vrh vrh vrh reethi mivaahaka ..love this story….. When is the next part????…….WAITING…..

    1. lai says:
      December 24, 2015 at 8:23 pm

      thank u so much malyathoo oops mal hehe .. 😉 😀 🙂

  12. Luvna❤ says:
    December 21, 2015 at 1:55 pm

    Beautiful.
    Waiting.
    ???
    ❤❤❤?

    1. lai says:
      December 24, 2015 at 8:24 pm

      thanks alott luv 🙂 😀

  13. Ira ;) says:
    December 21, 2015 at 4:24 pm

    It’s fabulous
    😉 😉 😉 😉 🙂

    1. lai says:
      December 24, 2015 at 8:24 pm

      thanks alot ira 🙂 😀

  14. ifa says:
    December 22, 2015 at 7:16 pm

    woww never read such a beautiful and mindblowing dhivehi story the best story in the hole world

    1. lai says:
      December 24, 2015 at 8:25 pm

      owhhh thanks alot ifa 😀 😉 🙂

  15. neem says:
    March 10, 2016 at 5:14 pm

    pls try not to write sahaadha.

Comments are closed.

All Right Reserved!