
އަނިޔާ… 23 ވަނަ ބައި
އޭރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. އަހަރެންގެ މަސައްކަތަށް އަނެއްކާވެސް ފަސޭހަވީއެވެ. ކޮންމެ މީހެއްގެވެސް ބަލިފައެއް ވާނެއެވެ. އަހަރެންގެ އާއިލާ އަހަރެންގެ ބަލިފަޔަށް ވީގޮތަށް އަޔާޒްގެ ބަލިފަޔަކީވެސް އޭނަގެ އާއިލާއެވެ. އަހަރެންނަށް މިހާރު ބޭނުންގޮތަކަށް ކުޅިބައި އަތުރާލެވޭނެއެވެ. ބޭނުން ކުޅިއެއް ބޭނުންގޮތަކަށް ޔޫސް ކުރެވޭނެއެވެ. އަޔާޒް ހުންނަން ޖެހޭނީ ބަލާށެވެ. މިފަހަރު އޭނަ ބޭނުން ގޮތަކަށް މިކަންތަށް ނުނިމޭނެއެވެ. މަރުގެ މައްސަލައެއްގައި އޭނަ ހައްޔަރު ނުކުރެވުނަސް މިހާރުވެސް އަހަރެންނަށް އޭނަ ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި އިބަ ހުއްޓެވެ. އެކަމަކު އަހަރެން ބޭނުންވީ އަދިވެސް އޭނަ ތަޅުވާށެވެ. އަހަރެން ހުއްޓެލީ މިޝްކާ ބާއްވާފައިވާ އެނދު ކައިރިއަށެވެ. މިޝްކާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އަހަރެން މަޑުމަޑުން މިޝްކާގެ އަތްމަތީގައި އަތް ބާއްވާލީމެވެ. އެވަގުތު މިޝްކާ ވަރުބަލިކަމާއި އެކު އޭނަގެ ލޯ ހުޅުވާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އަހަރެންނާއި ތަންކޮޅެއް ދުރުގައި އަޔާޒް އަދި މާޒިން ހުއްޓިލައިގެން ތިއްބެވެ. އަދި ގްރޫޕް ދެތިން ކުއްޖެއްވެސް ތިއްބެވެ.
“މޮޔަގަނޑު… ކީއްކުރަން ކުރި ކަމެއްތީ” އަހަރެން ވަރަށް ލޯބިން މިޝްކާގެ ބޮލުގައި ފިރުމާލަމުން ބުނެލީމެވެ. އެވަގުތު މިޝްކާގެ މޫނުމަތީގައި ކުޅެލީ އަހަރެންނަށް އެންމެ ކަމުދާ ހިނިތުންވުމެވެ. “ޝާމް” ބަލި އަޑަކުން މިޝްކާ ވަރަށް މަޑުން އަހަރެންނަށް ގޮވާލިއެވެ. އަދި އަހަރެންގެ އަތުގައި އޭނަގެ ބާރު ދޫވެފައިވާ އަތުން ފިއްތާލިއެވެ. “ޔޭސް… އިޓްސް މީ…. އައި އޭމް ހިޔާރ…” އަހަރެން މަޑުމަޑުން މޫނު މިޝްކާގެ މޫނާއި ކައިރިކޮށްލަމުން ބުނެލީމެވެ. “ތެންކްސް” ދެލޯމެރެމުން ދިޔަ މިޝްކާ ބުނެލިއެވެ. އަހަރެން ތެދުވެލަމުން އަޔާޒްއާއި ދިމާލަށް ބަލާލީމެވެ. އަޔާޒް ހިނިތުންވެލީ ޝުކުރުވެރިވާ ގޮތަށެވެ. އަހަރެންވެސް ހިނިތުންވުމެއް ރައްދުކޮށްލީމެވެ. މިޝްކާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. ހަށިގަނޑުން ލޭ މަދުވުމާއި އެކު މިހާ ވަނީ ކޮންމެވެސް ވަރަކަށް ހުދުވެފައެވެ. އަހަރެން ޑޮކްޓަރާއި މިޝްކާއާއި ބެހޭގޮތުން ވާހަކަ ދެއްކީއެވެ. ނޭނގިނަމަވެސް އަހަރެންގެ ހިތް އެކަމަކީ އަހަރެންގެ ފުށުން ވީކަމެކޭ ބުނަމުން ދިޔައެވެ. އަހަރެން ރޭގައި ފޯނު ނެގިނަމަ އޭނަ އެވަރުގެ ކަމެއް ނުކުރާނެއެވެ. އެގޮތަށް މިޝްކާ އޮންނަތަން ބެލުމަކީ އަހަރެންނަށްވެސް ކުޅަދާނަ ކަމެއް ނޫނެކެވެ. އަހަރެން މިޝްކާއި ކައިރީގައި އިށީނީމެވެ. މާޒިން އެތަނުގައި ހުރެފައި ބޭރަށް ނިކުތީ ގްރޫޕް ކުދިންކޮޅު ގޮވައިގެންނެވެ. އަޔާޒް ތަންކޮޅެއް ދުރު ގޮޑިއެއްގައި އިށީދދެލައިގެން އިނެވެ.
މިޝްކާ ލޯ ހުޅުވާލީ އޭގެ ބައިގަޑިއިރު ފަހުންނެވެ. މިޝްކާ ލޯ ހުޅުވާލުމާއި އެކު ޑޮކްޓަރގެ އެދުމުގެ މަތިން އަހަރެން ކުރުނބާ ފެން މިޝްކާއަށް ދިނީމެވެ. އަހަރެން އަތުން ދިނުމުން ނޫނީ އޭނަ އެއްވެސް އެއްޗެއް ނުކެއެވެ. އަޔާޒްއާއި ވާހަކަ ދެއްކީ އަހަރެން އެތަށް ވާހަކައެއް ދައްކައިގެންނެވެ. އަހަރެން ބޭރަށް ކުޑަވަގުތުކޮޅަކަށް ނިކުތީ މިޝްކާއަށް ނިދުމުންނެވެ. “ތެންކްސް” އަހަރެން ސިހިގެން ދިޔައީ އަޔާޒްގެ އަޑުންނެވެ. އޭރު އަހަރެން ހުރީ އައި.ޖީ.އެމް.އެޗްގައި އިންނަ ފިހާރައިން ފެންފުޅިއެއް ގަނެގެން ބޭރަށް ނިކުމެވެ. “ކޮންކަމަކަށްތަ” އަހަރެން ފެންފުޅިން ކޯވަރެއް ބޯލަމުން އަޔާޒްއާއި ދިމާލަށް ބަލާލަމުން އެހީމެވެ. “ފޮ ޓޭކިން ކެއަރ އޮފް މައި ސިސް” އަޔާޒް ބުނެލިއެވެ. “އަހަރެންނަށް އެނގޭ ޝާމް އަސްލު ކުރަން ޖެހޭނެ ކަމެއް ނޫންކަން ތީ… އެކަމަކު” “ޔާ.. މިއީ އަހަރެން އަސްލު ކުރަން ޖެހޭ ކަމެއް ނޫން… އެކަމަކު އިންސާނިޔަތައްޓަކާ އަހަރެން މިކަން މިކޮންދެނީ… އަހަރެން އަދިވެސް ހަނދާނެއް ނުނެތޭ އަޔާޒް އަހަރެންގެ ކޮއްކޮއަށް ހަދާން އުޅުނުގޮތެއް” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “އައި އޭމް ސޮރީ އެބައުޓް ދެޓް… އެކަމަކު އަހަރެންނަކަށް ހިޔެއްނުވޭ ޝާމް ތިކުރާ ކަމަކީ ހަމައެކަނި އިންސާނިޔަތައްޓަކާ ކުރާ ކަމެއް ހެނެއް” އަޔާޒްގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުކެވެ. އަހަރެންގެ ރުޅި އިތުރުވިއެވެ. އަޔާޒް ހީކުރަނީ ކީއްކޭ ކަމަށް ހެއްޔެވެ. އޭނަ ހެދިގޮތެއް ހަދައިގެން އަހަރެން ހުންނާނެ ކަމަށް ހެއްޔެވެ. ނޫނެކެވެ. އެއީ އޭނައަށް ކުރެވޭ ކުންހީއެކެވެ. “ދެން.. ކަލޭ ކަހަލަ މީހަކަށް އަހަރެން އިތުރު ގޮތަކުން އެހީއެއް ނުވާނަން” އަހަރެން ހަގީގަތުގައިވެސް ވަނީ ރުޅިއައިސްފައެވެ. އެހެންކަމުން އެތަނުން ދިއުމަށް އަހަރެން ހިގައިގަތީމެވެ. “ކަލޭ އެއްބަސް ނުވާނަން ދޯ ދުވަހަކުވެސް… އަހަރެންގެ ކޮއްކޮދެކެ ލޯބިވާކަމަކަށް” އަޔާޒް ބުނެލިއެވެ.
އަހަރެން ކުރިއަށް އަޅާއަޅާ ހުރި ފިޔަވަޅު ހުއްޓުން އެރިއެވެ. މީހާގެ ނޭވާ ތާށިވިކަހަލައެވެ. އަތްމުއްމަޅާލެވުނެވެ. ދަތްފިލަ ފިއްތާ ބާރުކޮއްލީމެވެ. އަހަރެން އެއްވެސް މީހަކަށް އަހަރެންގެ ހިތުގެ އަޑު އިއްވާކަށް ބޭނުމެއް ނުވެއެވެ. އަދި އަމުދުން އަޔާޒް ކަހަލަ ނުލަފާ މީހަކަށް އެއްވެސް އެއްޗެއް އަންގާކަށް ބޭނުމެއް ނޫނެވެ. އަހަރެން ހީގަތީމެވެ. “ކަލޭގެ ކޮއްކޮދެކެ މަ ލޯބި” އަޔާޒްއާއި ދިމާލަށް އެބުރެލަމުން އަހަރެން ބުނެލީމެވެ. “ތިއީ ދުވަހަކުވެސް ވާނެ ކަމެއް ނޫން…. އަހަރެން ކަލޭގެ ކޮއްކޮ ދެކެނީ އެކުވެރިއެއްގޮތަށް… ކަލޭގެ ހިތުން ތި ހިޔާލް ނެރެލާ… ކިތައްމެ ބޭނުންވިޔަސް ތިއީ ވާނެ ކަމެއްނޫން… އަހަރެންގެ މިހިތަކުން ކަލޭގެ ކޮއްކޮއަށް ދުވަހަކުވެސް ޖާގައެއް ނުލިބޭނެ… އެގޭތައެއީ ކީއްވެގެންކަން… އެއީ އޭނަ ހަޑިވީމައެއްނޫން… މިޝްކާއަކީ ނުލާހިކު ރީތި ކުއްޖެއް… އެކަމަކު އެއީ ކަލޭގެ ކޮއްކޮއަށް ވީމަ… ކަލޭގެ ކޮއްކޮދެކެ މަ ދުވަހަކުވެސް ނުވާނަން ލޯތްބެއް” އަޔާޒްއާއި ދިމާލަށް ވަރަށް މަޑުން ނަމަވެސް ރުޅިވެރިކަމާއި އެކު އެހެން ބުނުމަށްފަހު އަހަރެން އެތެރެއަށް ހިގައިގަތީމެވެ. އަޔާޒްގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުކެވެ. އެކަމާއި ހުރެވެސް އަހަރެންގެ އެތެރެހަށި އަންދާލައިފިއެވެ. އަހަރެން އަޔާޒް ކައިރީގައި ބުނީ ދެތެކެވެ. އަހަރެން ދުވަހަކުވެސް މިޝްކާދެކެ ލޯބި ވާކަށް ބޭނުމެއް ނޫކެވެ. އެއީ އަޔާޒްގެ ކޮއްކޮއަށް ވީމައެވެ. ކިތައްމެ ރީއްޗަށް އެއްވެސް އުޅުމެއް ނެތީމައެވެ. އެކަހަލަ މީހެއްދެކެ އަހަރެން ލޯބި ވާނީވެސް ކިހިނެއް ހެއްޔެވެ. އެކަމަކު ދެރައެވެ. އަޔާޒް ކައިރީގައި ކިތައްމެ ބާރަށް އެހެން ބުއްޏެއްކަމަކު އަހަރެންގެ މޮޔަ ހިތް އަޔާޒްއަށް ވުރެއް ނުލަފާ ވެއްޖެއެވެ. ކުރެވޭނެ ކަމެއް ނެތެވެ.
އެދުވަހު ހަތަރުދަމު ކަހަލައިން އަހަރެން އިނީ މިޝްކާ ކައިރީގައެވެ. އަޔާޒް އިންނަން އޭނަ އެއްބަސްވީ އެދުވަހުގެ ހަވީރުގައެވެ. އެއީވެސް އަހަރެން އެތައް ވާހަކައެއް ދައްކައިގެންނެވެ. “މިޝް އަހަރެން ރީތިވެލަންވެސް ދާން ޖެހޭނެއެއްނުން… ދެން ގޮތްދޫކޮއްބަލަ… އަހަރެން އަންނާނަމޭ… އަދި އަހަރެން މިހުރީ އެއްވެސް އެއްޗެއް ނުވެސް ކައި…. މިޝް ތިހެން އަރާމުކޮށް އޮށޯވެގެން އޮތަސް މަވެސް ރެސްޓް ކުރަން ޖެހޭނެއެއްނުން…ޕްލީޒް އަންނާނަމޭ” އަހަރެން ވާހަކަ ދެއްކީ މިޝްކާއަށް ވިސްނާދޭ ގޮތަށެވެ. އެގޮތަށް އެތަށް ވާހަކައެއް ދެއްކިފަހުން އަހަރެން ދިއުމުގެ ހުއްދަ މިޝްކާ ދިނެވެ. އެހެންކަމުން އަހަރެން އަވަހަށް އެތަނުން ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަދި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގެސްޓް ހައުސް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. ކޮޓަރިއަށް ވަދެ އަހަރެން ބޭނުންވީ ރީތިވެލާށެވެ. އެހެންކަމުން އަވަހަށް ފާހާނައަށް ވަދެ ރީތި ވެލައިގެން ނިކުތީމެވެ. އެވަގުތު ދޮރުގައި މީހަކު ޓަކި ޖެހިއަޑު އިވުނެވެ. ދޮރުހުޅުވާލި އިރު ހުރީ މާޒިންއެވެ. މާޒިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުލަފާ ހިނިތުންވުކެވެ. “ހާދަ އިބިލީސް ހިންޏެއް އައިސްފައި… އަނެއްކާ ކިހިނެއްވީ” ދޮރުހުޅުވާލުމަށްފަހު އަހަރެން އަލަމާރިން އެއްޗެހި ނަގަމުން އަހާލީމެވެ. “ތިއައީ ވަލީ ދިނީމަތަ” ކޮޓަރިއަށްވަދެ އެނދުގައި އިށީނަމުން މާޒިން އަހާލިއެވެ. އަހަރެން މާޒިން އާއި ދިމާލަށް ބަލާލީމެވެ. “އެހެނެއްނުން ބުނާނީ… އަޅެ މިހާރު އެމަންޖެ ކައިރީގައި އިންނަތާ ކިހާ އިރެއްވެއްޖެ…. އަނެއްކާ ރަންވެސް ކީތަ” މާޒިން އެގޮތަށް އިނދެ ބުނެލިއެވެ.
އަހަރެންނަށް މާޒިން ކިޔާ އެއްޗެއް އެގުނީ އެވަގުތުއެވެ. “ސާބަހޭ… މިޝްކާ އެއްބަސް ނުވެގެންނޭ އަހަރެންނަށް ނާދެވިފައި މިއީ… އޭނަ ދާށޭ ބުނީމަ މިއައީ” އަހަރެން ބޮލަށް ޓީޝާޓް މަހާލަމުން މާޒިންއަށް ރައްދު ދިނީމެވެ. “ހޫމް ހޫމް… ދެން އޭނަ ނުބުނަނީހެއް ކަމެއްވެސް ނުކުރެވޭނެ… އަޅެ ތިހާ ލޯބި ވަންޏާމު އަހަންވީނުން ދެން… ހަމަގައިމުވެސް ނޫނެކޭ ނުބުނާނެ…. އެވަރަށް އެހުންނަނީ މޮޔަ ވެފަވިއްޔަ” މާޒިން ބުނެލިއެވެ. “ކިހާ ދެރަކަމެއް… އަހަރެން މިޝްކާދެކެ ލޯތްބެއްނުވެއޭ… ކިތައްފަހަރުތަ ބުނަންވީ” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. އެވަގުތު މާޒިން ހީގަތެވެ. “އެންމެ ފަހަރަކު ތިހުރި ލޯގަނޑު ކުރި މައްޗަށް އަރާފައި އަމިއްލަ މޫނަށް އަރާ ހުރިހާ ކުލައެއް ބަލަމުން ތިހެން ބުނެބަލަ… ބަލާ ކޮންމެ މީހަކަށްވެސް އެނގޭނެ ޝާމް ހުންނަނީ މިޝްކާއާއި ހެދި މޮޔަވެފަކަން… ހަމައެގޮތަށް މިޝްކާވެސް” މާޒިން ހެމުން ވާހަކަ ދެއްކިއެވެ. “ހެހެހެ… ފަނީ… އަހަރެން ނޫޅެން ކޮންމެހެން އޭނަދެކެ ލޯބި ވާކަން” އަހަރެން އަތުން މޫނު ފޮހެލަމުން ބުނެލީމެވެ. “ލޯބި އެއީ ވެވޭއެއްޗެއް…. ވާ އެއްޗެއް ނޫން” ކުރިއަށްވުރެއް ބާރަށް ހީގަންނަމުން މާޒިން ބުނެލިއެވެ. “މާޒިންއަށް ތިހާ މޮޅަށް ލޯބީގެ ވާހަކަ ދައްކަން ތިއެގެނީ އަނެއްކާ ލޯބިވާ ކުއްޖެއް ހުރީތަ” އަހަރެން ބޭނުންވީ މާޒިން އެމައުލޫ ތެރެއަށް ވައްދާށެވެ. އޭރުން އަހަރެންނަށް އެކަމުން ނިކުންނަށް ފަސޭހަ ވާނެތީއެވެ. “ކޮންމެހެން މަގޭ ބޮލަށް ތިކަން ޖަހާނެކަމެއްނެތް” މާޒިން ބުނެލިއެވެ. އެވަގުތު އަހަރެންގެ ފޯނަށް މެސެޖްއެއް އައެވެ. އަހަރެން ފޯނުބަލާލީމެވެ.
“ކާކު… މިޝްކާތަ” މާޒިން ހީގަންނަމުން އަހާލިއެވެ. “ނޫން… އެކަމަކު މިއަދު ކޮއްކޮ ކައިރިއަށް ނުގޮސް މިއުޅެނީ… އެހެންވެ އެދިމާލަށް ދެން ދާންވީ…” އަހަރެން ފޯނު ޖީބަށްލަމުން ބުނެލީމެވެ. “އަހަރެންވެސް ގެންދަން ވީނުން” މާޒިން ނުލާހިކު ދާހިތުން ބުނެލިއެވެ. އަހަރެން މާޒިންގެ މޫނަށް ބަލާލީމެވެ. އާއެކެވެ. މާޒިންއަކީ މިހާރު އަހަރެން އެކުވެރިއެއްކަމަށް ބަލާ މީހެކެވެ. އެހެންކަމުން އަހަރެންގެ އާއިލާއާއިވެސް އޭނައަށް ބައްދަލުވާން ޖެހޭނެތާއެވެ. “ނޫން މިއަދަކުނޫން… އަހަރެންގެ މަންމަ އަދިވެސް ހުންނަނީ އަހަރެން ދެކެ ރުޅި އައިސްފައި… މިހާރުވެސް ގެއަށް ވައްދަނީ ކޮއްކޮ އެވަރަށް ކިޔާތީ… އަނެއްކާ މާޒިން ގޮސްފިއްޔާ މަގޭ ދުވަސް ދާނެ” މާޒިންއަށް އަހަރެންގެ މަންމަ އަހަރެން ދެކެ އައިސްފައިވާ ރުޅި ކޮންމެވެސް ވަރަކަށް އެނގޭނެތީ އަހަރެން ބުނެލީމެވެ. އަހަރެން މާޒިން ގެންދަން ބޭނުމެވެ. ނަމަވެސް އަދި ގެންދެވޭކަން ނެތެވެ. އިތުރު ވާހަކައެއް ނުދައްކާ މާޒިން ބޭރަށް ނިކުތީ އަހަރެން ގުޅާނަމޭ ބުނުމުންނެވެ. މާޒިން ނިކުތުމުން އަހަރެން މިސްރާބު ޖެހީ އަހަރެންނަށް ލިބިފައިވާ މެސެޖްގައިވާ އެޑްރެސްއާއި ދިމާލަށެއެވެ. .
މިފަހަރުވެސް އިނީ ގެސްޓްހައުސް އެއްގެ ނަމެވެ. އެގެސްޓް ހައުސް ކައިރިއަށް މަޑުކޮއްލުމަށްފަހު އަހަރެން ދަންނަ އެއްވެސް މީހަކު ހުރިތޯ ބަލާލީމެވެ. އެއްވެސް މީހަކު ނެތުމުން އަވަހަށް އެތެރެއަށް ވަނީމެވެ. އަދި މެސެޖްގައި އިން ރޫމް ނަމްބަރ ކޮޓަރި ކައިރީގައި ހުއްޓެލަމުން ޓަކި ޖަހައިފީމެވެ. އެވަގުތު އެތެރެއިން ދޮރުހުޅުވިއެވެ. ފާރިޝް އެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން އެތެރެއަށް ވަނީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ކޮފީ ހަދަން ހުރި އާދިލްސަރ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަދި އެނދުގައި އިށީދެލައިގެން އިން ހުޝާމް ފެނުނެވެ. “ކީއްކުރަނީ މިތަނުގައި” ހުޝާމް އާއި ދިމާލަށް ފިޔަވަޅެއް އަޅާލަމުން އަހަރެން އަހާލީމެވެ. “އޭނައަކީ މިގްރޫޕް މެންބަރެއް ނައު” އާދިލްސަރ ބުނެލިއެވެ. “ނޫން ނޫން… އޭނަ މިކަމުގެ ތެރެއަށް ވަންދަން ނޫޅޭ” އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “މީހަކު އަހަރެން ވައްދާކަށް ނުޖެހޭ… އަހަރެން ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިގްރޫޕް މީހަކަށް ވެފައި” ހުޝާމް އެނދުން ތެދުވަމުން ބުނެލިއެވެ. “އެކަމަކުވެސް… މިއީ ހުޝާމް އުޅޭވަރުގެ ކަމެއް ނޫން… އަހަރެން ބޭނުމެއް ނޫން ހުޝާމް މިކަމުގައި އުޅޭކަން… ޔޫ ހޭވް ޓު ގޯ” އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “ކަމޯން ޝާމް.. ޑޯންޓް ބީ ސަޗް އަ ބޭބީ… ހީ ކޭން ޓޭކް ކެއަރ އޮފް ހިޒް ސެލްފް” ފާރިޝް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “މިއީ މަޖާކަމެއް ނޫނޭ… މިހާރުވެސް އެމީހުން ރެޑީވަނީ މަށަށް އެހެން އަނިޔާއެއް ދޭންވެގެން… އަބަދާއި އަބަދު އެބަލަނީ މަށަށް އަނިޔާއެއް ދޭނެ ގޮތަކާއި ތޭދެރޭގައި… އަހަރެން ބޭނުމެއް ނުވޭ ހުޝާމްއަށް މިހާރު ލިބިފައިވާ އަނިޔާއަށް ވުރެއް ބޮޑު އަނިޔާއެއް ލިބޭކަން… ކަމޯން… ގައިސް… ދިޒް އިން ނޮޓް އަ ގޭމް” އަހަރެން އަޑަށް ބާރު ލަމުން އެމީހުންނާއި ދެކޮޅަށް ވާހަކަ ދެއްކީމެވެ.
“ގޭމްއެއް ނޫންވީމައޭ…. ހުރިހާ ގޮތަކުން ލިބޭ އެހީއެއް މިވަގުތު ޝާމްއަށް މުހިއްމު ވާނެ ނޫންތަ… ޕްލީޒް… މިކަމަކީ އަހަރެން ނުލާހިކު ކުރާހިތުން ކުރާ ކަމެއް… ” ހުޝާމް ބުނެލިއެވެ. “ހުޝާމްއަކަށް އެމީހުންގެ ގޮތެއް ނޭނގޭނެ… އެމީހުން ދެން ބޭނުންކުރާނީ ހުޝާމް ކަންނޭނގެ މަށަށް އަނިޔާ ދޭން” އަހަރެން ބުނެލީމެވެ. “އައި އޭމް ސޮރީ އެބައުޓް ޔުއަރ ސިސްޓަރ” އާދިލްސަރގެ އަޑު އިވިގެން ދިޔައެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. އޭނަ ހުރީ ކޮފީ ބޯށެވެ. “ސޮރީ… ހޫހް… ދެޓްސް ގުޑް… ވިއްކާލާފަ ސޮރީ ބުނީމަ އެނިމުނީދޯ” އަހަރެން ބުނީމެވެ. ފާރިޝް، ހުޝާމް އަދި އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “މިކަމުގައި ހުޝާމް އުޅޭކަމުގައި ވާނަމަ އޭނައަށް ހުރިހާ ގޮތަކުން ސެކިއުރިޓީ ދޭންވާނެ… ހުރިހާ ގޮތަކުން” އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާމުން ބުނެލީމެވެ. “ކަމޯން އަހަރެންނަކީ ޕްރެޒިޑެންޓްއެއް ނޫން” ހުޝާމް ބުނެލިއެވެ. “ކީއްކުރަން ބައްދަލުކުރަން އެދުނީ” އަހަރެން ތިންމީހުންގެ މޫނަށް ބަލާލަމުން ބުނެލީމެވެ. “އަހަރެންނަށް މާގިނައިރަކު ނުހުރެވޭނެ…” އަހަރެން ފަރުވާކުޑަ ރާގެއްގައި ބުނެލީމެވެ. “މިހާރު ކަންތައްތަށް ދަނީ ކިހިނެއްތޯ ބެލުމަށް” އާދިލްސަރ ބުނެލިއެވެ. “އަހަރެންގެ ކަންތައްތަށް ވަރަށް ރަނގަޅު” އަހަރެން އެނދުގައި އިށީނަމުން ބުނެލީމެވެ. “ޝަރީފްގެ މަރުގެ މައްސަލަ އަދިވެސް ޕޮލިހުން ދަނީ ބަލަމުން… އެމީހުންގެ ލިސްޓުގެ އެންމެ މަތީގައި އަދިވެސް ޝާމްގެ ނަން ވޭ… ހާނިމް ވަނީ ރަނގަޅަށް އެމީހުންގެ ބޮލަށް އެރިފައި… އެހެންވީމަ… މިދުވަސްކޮޅު ޝާމް ދާ ހުރިހާތަނަކަށް ޕޮލިހުން ފާރަވެރިވާނެ” އާދިލްސަރ ޑްރެސިން ޑޭބަލް ކައިރީގައި ހުރި ކުޑަ ގޮޑީގައި އިށީދެލަމުން ބުނެލިއެވެ. ފާރިޝް އައިސް އަހަރެންގެ ކައިރީގައި އިށީދެލަމުން އޭނަ އަތުގައި އިން ކޮފީތަށި އަހަރެންނަށް ދިއްކޮށްލިއެވެ. ހުޝާމް ކޮޓަރީގައި ހުރި ކުޑަ މޭޒެއް މަތީގައި އިށީދެލިއެވެ.
“އަހަންނަށް އެކަން އެނގޭ… އަހަރެން ކުރާ ހުރިހާ ކަމެއް ކުރާނީ މިހަރު ވަރަށް ވިސްނައިގެން… މަށާއި ދޭތެރޭގައި ދެން ތިމީހުން ވިސްނާނެ ކަމެއް ނެތް” އާދިލްސަރ އަކީ އެއްއިރެއްގައި އަހަރެން ރެސްޕެކްޓް ކުރި މީހަކަށްވިޔަސް މިހާރު އަހަރެން އެއްވެސް ވަރަކަށް އޭނައަކަށް ރެސްޕެކްޓްއެއް ނުކުރަމެވެ. “އެހެންނޫނަސް އަހަރެން މިހާރު ހާނިމްއާއި ދެތެރޭގައި ހަނދާނެ ގޮތަކާއި މެދު ވިސްނައިފިން” އަހަރެން ކޮފީއިން ކޯވަރެއް ބޯލަމުން ބުނެލީމެވެ. “އެހެންވީމަ ފާރިޝްމެން އެދެއްކީ ރަނގަޅު ވާހަކައެއްތާ ދޯ” އާދިލްސަރ ބުނެލިއެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ކޮފީއިން ކޯވަރެއް ބޯލީމެވެ. “ޝާމް… އަހަރެންނަށް އެނގޭ ޝާމް ތިހުރީ ވަރަށް ރުޅި އައިސްފައިކަން… ޝާމް އާއި ދޭތެރޭގައި ކަންތައް ވީގޮތުން” ” އަހަރެން ރުޅި އައިސްފައިހުރި ވަރެއް ކަލޭމެންނަށް ވަޒަންވެސް ނުކުރެވޭނެ…. އޭނަ އުޅުނީ އަހަރެންގެ އާއިލާއާއި ދިމާކުރާށޭ…. އަހަރެންގެ އާއިލާ… ކަލޭމެންނަށްޓަކައި އަހަރެން މިހުރިހާ ވޭނެއް އުފުލިއިރު އޭނަށް އެއްވެސް ވަރަކަށް ވިސްނާވެސްނުލި… އޭނަ އުޅުނީ އަޔާޒް މެދުވެރިކޮށް އަހަރެންގެ ކޮއްކޮ ބޭރަށް ފޮނުވާލަން… އަދި އެވަރުން ނުފުރިގެން ޝަރީފް މަރާލާފަ އެކަން ވެސް އަހަރެންގެ ބޮލަށް ކަނޑާލީނުން… އަހަރެންގެ ރުޅި މަޑު އަދިވެސް…. އަހަރެންނަށް ވާނަމަ މިހާރު އޭނަގެ ހުރިހާ މަހަކާއި ކައްޓަކާއި ހުންނާއި ވަކިވެފައި” އަހަރެންނަށް ހަޅޭލަވައިގަނެވެ. ހާނިމް ކަންތައް ކުރިގޮތުން އަހަރެންގެ ރުޅި ދުވަހަކުވެސް ނުފިލާނެއެވެ. “ޝާމް އަހަރެންނަށް އެނގޭ އޭނަ ޝާމްއާއި ދޭތެރޭގައި ކަންތައް ކުރި ގޮތަކީ އެއްވެސް ވަރަކަށް ފެއަރ ގޮތެއް ނޫންކަން…. ދެޓް ޑަޒަން މީން ޔޫ ކޭން ހާޓް ހިމް” އާދިލްސަރ އަހަރެންނާއި ކުރިމަތި ލަމުން ވާހަކަ ދެއްކިއެވެ. “ފެއަރ… ޔޫ ނޯ ވަޓް… އިޓްސް ފަނީ ވެން ޔޫ ޓޯކް އެބައުޓް ފެއަރނެސް” އަހަރެން އެނދުން ތެދުވެ އާދިލްސަރ ކުރިމަތީގައި ހުއްޓެލީމެވެ.
“ޔޭސް އައި ކާންޓް ހާޓް ހިމް… ބަޓް ހީ ކޭން… ދެޓްސް ފަނީ…. އޭނައަށް އެހެންމީހުން މަރާ ހެދޭ… އެހެންމީހުންގެ އާއިލާއާއި ބެހޭ މައުލޫމާތު ލީކް ކޮށްލެވޭ…. އެކަމަކު އަހަރެންނަށް އޭގެން އެއްވެސް ކަމެއް ނުކުރެވޭ… ދެޓްސް ރިޔަލީ ގުޑް” އަހަރެން އާދިލްސަރ ކައިރިއަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކީމެވެ. “އޭނަ އެގޮތަށް ކަންތައްކުރިޔަސް” “އަހަރެން ހުންނަންވީ ބަލަންދޯ” އާދިލްސަރގެ ޖުމްލަ މެދުކަނޑާލަމުން އަނެއްކާވެސް އަހަރެން ވާހަކަ ދެއްކީމެވެ. “އޭނަ ހެދި ގޮތެއް ހަދަންދެން އަހަރެން ހުންނަންވީ ބަސްއަހާ ކުއްޖެއްހެންދޯ…. އޭނަ ކުރާނެ ކަމެއް ކުރަންދެން…. މީދެން ވަރަށް ހެއްވާ ކަމެއް… އޭނައަށް ކޮންމެ ކަމެއްވެސް ކުރެވޭ… އެކަމަކު އަހަރެން މިހުންނަން ޖެހެނީ…. ބުނަން ރަނގަޅު ވާހަކައެއް… ކަލޭ ކަލޭގެ އެކުވެރިޔާ ސަލާމަތް ކުރަން ބޭނުންނަމަ އަހަރެންގެ ނަން މިކަމުން ނަގާ… އޭރުން އަހަރެން ހުރެދާނަން އެއްވެސް އެއްޗެއް ނުބުނެ .. އެއްވެސް ކަމެއް ނުފެންނަ ކަމަށް ހަދައިގެން… އެކަމަކު މިހާރު އަހަރެންގެ ނަން މިކަމުގައި އޮންނަހާ ހިނދު އަހަރެންނަށް ބަލަހައްޓައިގެން ނުހުރެވޭނެ… ނުވެސް ހުންނާނަން ދެނެއް…” އަހަރެންގެ އަޑު މަޑެއް ނުވެއެވެ. ވާހަކަ ދެއްކީ ރުޅި ވެރިކަމާއި އެކުގައެވެ. “މިދެން ކިހާ ދެރަކަމެއްތަ” އަހަރެންނާއި އާދިލްސަރ ސިހިގެން ދިޔައީ ފާރިޝްގެ އަޑަށެވެ. “މި މީޓިންގެ ބޭނުމަކީ ތިގޮތަށް ޒުވާބު ކުރުންތަ… މިހާރު މިހެއް މީޓް ވެވޭކަންވެސް ނޯވޭ… ޝާމް ހަނދާން ނެތުނީތަ އާދިލްސަރ އަކީ ޝާމްގެ ސަރއެއް ކަމެއް ތި ކަލޭއޭ ތިކިޔަނީ…. ބަލަ އިހްތިރާމް ކުރުމޭ މިކިޔާބައިވެސް މިހާރު ނެތީތަ… ހެޔޮނުވާނެ… އަތުން ފައިން ގޯހެއް ނުހެދެނީސް ތި ރުޅި މަޑުކޮއްފައި މިތާ ތިބި މީހުންނާއި ރީތިކޮށް ވާހަކަ ދައްކަބަލަ…. މިހާރު ކިރިޔާ އެއްޗެކޭ ބުނާއިރަށް މީހާ ހުންނަނީ އެންމެ މަތީގަ ވިއްޔަ..” ފާރިޝް ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް ހަޅޭލައިގަތެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އާއެކެވެ. އަހަރެންނަށް މާއަވަށް ރުޅި އާދެވެނީއެވެ. ކޮންމެ މީހާކު ކޮންމެ ކަމެއް ކުރިޔަސް އަދި އެކަމުގައި ކޮންމެ ބައެއް އުޅުނަސް އަހަރެން އިހްތިރާމް ކުރަން ޖެހޭ މީހުންނަށް އިހްތިރާމް ކުރަން ޖެހޭނެއެވެ.
އަހަރެން މަޑުމަޑުން ފަހަތަށް ޖެހި އެނދުގައި އިށީދެލީމެވެ. އަތުން އިސްތަށިގަނޑު ރީތި ކޮއްލީމެވެ. އަތުގައި ހުރި ކޮފީތަށި ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ބާރުކޮއްލީމެވެ. “ޝާމް އަހަރެންނަށް އެނގޭ ޝާމް ހުރިހާ ކަމެއްވެސް ކުރަނީ ވިސްނާފަކަން… އެކަމަކު ހާނިމްއަށް ގެއްލުމެއް ލިބިއްޖެނަމަ… ރަނގަޅެއް ނުވާނެ… ޝާމްއަކީ ތިކަހަލަ މީހެއް ނޫނެއްނުން” ހުޝާމްގެ އަޑު އިވިގެންދިޔައެވެ. “ހުރިހާ ކަމެއް ވިސްނާފަ ކުރިޔަސް އަހަރެން ނަމަވެސް ރުޅި އަންނާނެ އެވަރު ވީމަ….މީހެއްގެ އާއިލާ އާއި ދިމާކުރުމަކީ ކުޑަކަމެއް ނޫނޭ” ފާރިޝް މިފަހަރު ވާހަކަ ދެއްކީ އަހަރެންނާއި އެއްކޮޅަށެވެ. “އެކަމަކު…. އަހަރެންނަށް އެނގޭ އަހަރެންނަކީ މިގޮތަށް ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މީހާ ނޫންކަން… އެކަމަކު މީހަކަށް ގެއްލުމެއް ދިނުމުގެ ކުރިން” ” އަހަރެން މިގޮތަށް ކަންތައް ނުކޮށް ފިނަމަ އެމީހުން ހާނިމް މަރާލާނެ” އަހަރެން ހުޝާމްގެ ވާހަކަ މެދު ކަނޑާލަމުން ބުނެލީމެވެ. އަހަރެން އެންމެންނާއި ދިމާލަށް ބަލާލީމެވެ. އެންމެންގެ މޫނު ހުރީ އަހަރެންނާއި ދިމާލަށް އަމާޒުވެފައެވެ. “ތިބުނީ” ފާރިޝް ހައިރާން ކަމާއި އެކު ބުނެލިއެވެ. “އާ… އަހަރެން މިކަން މިކުރަނީ އޭނަގެ ފުރާނަ ސަލާމަތް ކުރަން” އަހަރެން ބުނެލީމެވެ. “މާނައަކީ” އާދިލްސަރ އަހާލިއެވެ.
“އަހަރެން އެމީހާ ދެކެ ނުލާހިކު ރުޅިއާދޭ. އެކަމަކު އަހަރެން އޭނަ މަރާލާކަށް އެއްވެސް އިރެއްގައި ބޭނުމެއްނޫން…. އާ އެހެން ދެތިން ފަހަރެއްގައި ހިތަށް އެރި… އެކަމަކު” އަހަރެންގެ ވާހަކަ މެދު ކަނޑާލީމެވެ. “ޝާމް ތިބުނަނީ ގްރޫޕް މީހުން އޭނައަށް ގެއްލުން ދޭން ރާއްވަނީއޭތަ” އާދިލްސަރ އަހާލިއެވެ. އަހަރެން އޭރުވެސް އިނީ އިސްޖަހައިގެންނެއެވެ. “އާ…. މާޒިންމެން ގަބޫލު ކުރާ ގޮތުގައި ނާފިލް ހައްޔަރުވީ ހާނިމްއާއި ހެދި…. އެހެންވެގެން އެމީހުން ބޭނުންވަނީ ބަދަލު ހިފަން” އަހަރެން އިސްއުފުލާލަމުން ބުނެލީމެވެ. “އެކަމަކު … ހާނިމްއަކީ އަޔާޒްގެ ގްރޫޕް މީހެއްނޫންތަ” ހުޝާމް އިންތަނުން ދެތުވަމުން ވާހަކަ ދެއްކިއެވެ. “އަޔާޒް ރުޅިއެއް ނައަންނާނެތަ އޭނަގެ ގްރޫޕް މީހެއް.. އެގޮތަށް ދުއްވާލަނިކޮށް” ހުޝާމް އާދިލްސަރ ކައިރިއަށް ހުއްޓެލަމުން ވާހަކަ ދެއްކިއެވެ. “އައި ޑޯންޓް ނޯ… ރުޅި އަންނާނެ… އެކަމަކު ނޭނގޭ… އެމީހުން އެގޮތަށް ކަންތައް ކުރަން ވިސްނަނީ ކީއްވެ ކަމެއް….” އަހަރެން ބުނެލީމެވެ. “މާނައަކީ ހާނިމް މިފަހަރު ސަލާމަތެއް ނުވާނެއޭތަ” އާދިލްސަރ ވޭނުން ފުރިފައިވާ އަޑަކުން އަހާލިއެވެ. “މާޒިން ބޭނުންވަނީ ހާނިމް މަރާލަން… އެކަމަކު އޭނގެ ކުރިން އަހަރެން އޭނަގެ ކިބައިން ބަދަލު ހިފައިފިނަމަ އޭނަ މަރުނުވެ ސަލާމަތް ވެދާނެ… އަހަރެންނަށް އެނގޭ ހާނިމްއަކީ އާދިލްސަރގެ އެކުވެރިއެއްކަން… އެހެންވެ މިވާހަކަ މިގޮތަށް ބުނީ… އަހަރެން އަދި ނުވިސްނަން ކިހިނެއްކަމެއް އޭނަގެ ކިބައިން ބަދަލު ހިފާނީ… އެކަމަކު އަހަރެން ކޮންމެ ކަމެއް ކުރިޔަސް މާޒިންމެން އަހަރެން ކުރާ ކަންތައް ބަލާނެ…” އަހަރެން އެނދުން ތެދުވަމުން އާދިލްސަރ ކުރިމައްޗަށް ހުއްޓުނީމެވެ. “އަދިވެސް ހާނިމް ސަލާމަތް ކުރެވިދާނެ… އޭނަ އެކުރާކަންތަކަށް އިއުތިރާފް ވެފައި އަމިއްލައަށް ޕޮލިހުންނާއި ހަވާލު ވާންވީ… އެއީ އޮތް ހަމައެކަނި ގޮތަކީ… އޭނައަށް ވިސްނާދެވޭތޯ ބަލާ…. ނޫނީ މާރަނގަޅެއް ނުވާނެ…” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ނިކުންނަށް ހިގައިގަތީމެވެ.
ކޮންމެ ގޮތެއް ވިޔަސް ހާނިމްއަކީ އަދި އަހަރެންގެ މައްޗަށް ހުރި މީހެކެވެ. އޭނަގެ ފުރާނަ ސަލާމަތް ކުރުން އެއީ އަހަރެން ކިތައްމެ ކުރާހިތް ނުވިކަމުގައި ވިޔަސް ކުރަންޖެހޭނެ ކަމެކެވެ. އޭނަ މަރާލާނެ ގޮތަކާއި ދޭތެރޭގައި އަހަރެން ނުވިސްނަމެކޭ އަހަރެން ނުބުނާނަމެވެ. އެކަމަކު އަހަރެން ގްރޫޕްތަކުގައި މިއުޅޭ މީހުންނަށް ވުރެއް ރަނގަޅު ކަމަށް އަމިއްލައަށް ވިސްނެއެވެ. އެހެންކަމުން އެމީހުން ނަގާ ޑިސިޝަންތަކެއް އަހަރެން ނަގާކަށް ނުޖެހެއެވެ. އަހަރެން ހުޝާމް ވެސް ސަލާމަތް ކުރީ ނޫންހެއްޔެވެ. އެހެންކަމުން ހާނިމް ސަލާމަތް ކުރުން އެއީ އުދަގޫ ކަމަކަށް އަހަރެންނަކަށް ނުވާނެއެވެ. އެކަމަކު އަހަރެންގެ ސިކުނޑި އަދި ހިތްވެސް ބައެއްފަހަރު އޭނަ ސަލާމަތް ކުރާކަށް ބޭނުމެއް ނުވެއެވެ. ވާނެ ގޮތެއް ނޭނގެއެވެ.
“ދެން އަންހެން ކުއްޖާއާއި ދޭތެރޭގައި ބުނަނީ ކީއްކޭ” ކޮޓަރިން ބޭރަށް ނިކުތުމަށްޓަކައި ދޮރު ހުޅުވުމަށް ހިއްލާލި އަތަށް ހުއްޓުން އެރީ އާދިލްސަރގެ އަޑަށެވެ. އަހަރެން އެނބުރި ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އޭރު ފާރިޝްގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. “ކޮން އަންހެންކުއްޖެއްތަ” އަހަރެންނަށް އެނގޭކަމަށް ހަދާކަން ބޭނުމެއް ނުވިއެވެ. “ފާރިޝް ކައިރީގައި ބުނީމެއްނުން ރިކޯޑް ބަލާދޭށޭ… ފާރިޝް އޭނައަށް ކިޔަނީ މިޝްކާތަ” އާދިލްސަރގެ މޫނުމަތީގައިވެސް އޭރުވަނީ ދިމާކުރާކަހަލަ ހިނިތުންވުމެކެވެ. އެހެންކަމުން އެކަމުން އަހަރެންނަށް ސަލާމަތްވާން ފަސޭހަނުވާނެކަން އެގުނެވެ. “ވަރަށް ރީތި ކުއްޖެކޯ” ހުޝާމްވެސް އެމީހުންގެ ކުޅިވަރުގައި ބައިވެރިވެލިއެވެ. އަހަރެން ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލީމެވެ. ” އޭނައާއި ޝާމްއާއި އޮންނަނީ ކޮން ގުޅުމެއްތަ” އާދިލްސަރ އަހާލިއެވެ. “ވައި ޔޫ ކެއަރ” އަހަރެން އެހުރިގޮތަށް ހުރެ އަހާލީމެވެ. އެވަގުތު ތިންމީހުންގެ މޫނުމަތިންވެސް ފާޅުވީ ކާމިޔާބީގެ ހިނިތުންވުމެވެ. “ވީ އޯލް ކެއަރ… އެބައުޓް ޔޫ މައި ޑިއަރ… އިފް ޔޫ އާ އިން ލަވް… ޓެލް އަސް ނައު.. ” އާދިލްސަރ ބުނެލިއެވެ. “ލިސެން އައި އޭމް ނޮޓް އިން ލަވް އިނގޭ… ޖަސްޓް ލީވް އިޓް” އަހަރެން ބުނެލީމެވެ. ” ފަސްޓް ސައިން އޮފް ލަވް… ޑެނައިލް” ހުޝާމް ބުނެލިއެވެ. “ބުނަން.. އަހަރެންނަށް ޓައިމް އެއް ނެތް ކަލޭމެންގެ ތި ފޮނި ވާހަކަ އަޑުއެހުމުގެ… އަހަރެން މިބުނީނުން އެކަހަލަ ކަމެއް ނުވެއޭ… އޭނައަކީ އަޔާޒްގެ ކޮއްކޮ… ސޯ އަހަރެން މިއުޅެނީ އޭނަ ތުރޫކޮށް އަޔާޒްއާއި ކައިރިވެވޭތޯ… އަހަރެންގެ މަސައްކަތަށް ފަސޭހަވާނީ އެގޮތަށް ކަންތައް ކުރީމަ… އެހެންވެގެން.. ވައި ކާންޓް ޔޫ ގައިސް އަންޑަސްޓޭންޑް” އަހަރެން ރުޅި އަންނަ ގޮތް ދައްކާލަމުން ބުނީމެވެ.
“އަހަރުމެންނަށްތަ ތި ވިސްނާދެނީ… ނޫނީ އަމިއްލަ ނަފްސަށްތަ” ފާރިޝް ބުނެލިއެވެ. “ސްޓޮޕިޓް ފާރިޝް… ލިސެން ޝާމް… އައި ނޯ ޔޫ… ބެޓަރ ދެން އެނީވަން.. އެހެންވެ މިބުނަނީ… މިކަމުގައި އުޅޭއިރު ލޯބިވެސް ވެވިދާނެ… ދެޓްސް ނޮޓް އަ ޕްރޮބްލޮމް… އެކަމަކު އެކަމުގެ ސަބަބުން ޝާމްއަށް ގެއްލުމެއް ވަންޏާމު އެއީ މައްސަލައެއް… އަހަރެންނަށް އެނގޭ ޝާމް އެކަންތަކާއި ވިސްނާނެކަންވެސް… ހަނދާން ކުރާތި… ސިކުނޑި ދެއްވާފައިވަނީ ވިސްނަން… ގިނަ ކަންތައްތަށް ހިތުން ނުވިސްނާތި… އަދި އަމުދުން ތިކަހަލަ ކަންތައްތައް” އާދިލްސަރ އަހަރެންގެ ކޮނޑު މަތީގައި އަތްބާއްވާލަމުން ވިސްނާދޭގޮތަށް ވާހަކަ ދެއްކިއެވެ. އަހަރެން ބޯޖަހާލީމެވެ. އަދި ބޭރަށް ނިކުތުމަށްޓަކައި ދޮރުހުޅިވާލީމެވެ. “ފޮ ޔުއަރ ކައިންޑް އިންފޮމޭޝަން… އައި އޭމް ނޮޓް އިން ލަވް” އަހަރެން އެހެން ބުނުމަށްފަހު އެތަނުން ނިކުމެގެން ހިގައިގައިތީމެވެ.
ބޭރަށް ނިކުމެ އަހަރެން ސައިކަލަށް އަރާ މިސްރާބު ޖެހީ ކޮއްކޮއާއި ބައްދަލު ކުރަން ގެއާއި ދިމާލަށެވެ. ގެކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. “ދަރިފުޅާ” މަންމަގެ އަޑު އިވުމުން އަހަރެން ބަލާލީމެވެ. އެވަގުތު މަންމަގެ މޫނުމަތީގައިވި ހިނިތުންވުން ފެނިފައި އަހަރެން ލިބިގެންދިޔައީ ބުނެދެން ނޭނގޭ ވަރުގެ އުފަލެކެވެ. އެއީ އަހަރެން އަބަދުވެސް މަންމަގެ މޫނުމަތިން ފެންނަން ބޭނުންވާ އުފާވެރިކަމެވެ. އަހަރެންގެއަށް ވަންނަ ވަގުތު މަންމަގެ އެލޯބިން ފުރިފައިވާ އަޑުން ދަރިފުޅާއޭ ކިޔާފައި ގޮވާއަޑު އަހާލަން ބޭނުންވެފައި ހުންނަތާ މިހާރު ކިހާ ދުވަހެއް ވެއްޖެހެއްޔެވެ. މަންމަ އަހަރެން ކައިރިއަށް އައިސް ހުއްޓެލިއެވެ. “މިއަދު ކީއްވެ ދުވާލު ނައީ… ކޮއްކޮ ވަރަށް ގިނައިން އެހި ދަރިފުޅުގެ ވާހަކަ…” މަންމަ ލޯތްބާއި އެކު ވާހަކަ ދެއްކިއެވެ. “ކުޑަކޮށް ބިޒީވީ ނާދެވުނީ… ކޮއްކޮ ކިހިނެއްތަ މިހާރު” އަހަރެން ހިނިތުންވެލަމުން ބުނެލީމެވެ. ” ދަރިފުޅުގެ އިސްތަށިގަނޑު” މަންމަ އަބަދުވެސް އެންމެ ރުޅި އަންނަނީ އަހަރެންގެ އިސްތަށިގަނޑު އޮންނަ ގޮތުންނެވެ. އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލިގޮތުން އަހަރެންނަށް ހެވުނެވެ.
“މަންމާ އަހަރެންނަކަށްވެސް ރީއްޗެއް ނޫން އިސްތަށިގަނޑު ދިގުވީމައެއް އެކަމަކު އަހަރެންނަށް އަދި ކޮށޭނީ ވަރަށް ދުވަސް ފަހުން” އަހަރެން މަންމަ އަތުގައި ހިފާލަމުން ބުނީމެވެ. “ފުނައެއްވެސް ދަރިފުޅު އަތުގައި ނެތީތަ” މަންމަ އަހާލިއެވެ. އަހަރެން އަނެއްކާވެސް ހީލީމެވެ. “ދަރިފުޅު އަތުގައި ނެތިއްޔާ މަންމަ ފުނާއަޅުވައި ދީފާނަމޭ.. ” މަންމަ ބުނެލިއެވެ. އަހަރެން އަނެއްކާވެސް މަންމައަށް ރައްދު ކޮއްލީ ހިނިތުންވުމެކެވެ. “ދޮންބެ” އަހަރެން ސިހިގެން ދިޔައީ ކޮއްކޮގެ އަޑަށެވެ. ކޮއްކޮ އައި ގޮތަށް އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “މިހާރު ކިހިނެއް” ކޮއްކޮ ދުރުކޮށްލަމުން އަހަރެން އަހާލީމެވެ. “އޯކޭ… ދޮންބެ ފެނުނީމަ … މިހާރު ހުރިހާ ކަމެއްވެސް އޯކޭ…” ކޮއްކޮ ބުނެލިއެވެ. “ފާރިޝް މިއަދު އައިތަ” އަހަރެން ބޭނުންވީ ފާރިޝްވެސް ކޮއްކޮއަށް ބަލާކަން ޔަގީން ކުރާށެވެ. ކޮއްކޮ ބޯޖަހާލިއެވެ. އިރުކޮޅެއް ވަންދެން މަންމައާއި ކޮއްކޮ ކައިރީގައި މަޑުކޮއްލުމަށްފަހު އަހަރެން ނިކުތީ އައި.ޖީ.އެމް.އެޗް.އަށް މިޝްކާ ކައިރިއަށް ދިއުމަށެވެ.
އަހަރެން ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް އަހަރެންގެ ހިތް އަބަދު ކަހަލައިން ގޮވަނީ މިޝްކާއަށެވެ. މިޝްކާގެ ނަން އިވުމުން އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ އުފަލެއް ލިބޭކަން އެއީ ހަގީގަތެވެ. ކިތައްމެ ފަހަރަށް އަހަރެންގެ ހިތަށް ވިސްނާދެވޭތޯ އަހަރެން މަސައްކަތް ކޮއްފީމެވެ. މިޝްކާއަކީ އަހަރެންނާއި އެކަށީގެންވާ ކުއްޖެއް ނޫންކަމާއި އޭނައާއި އެއްވެސް ގުޅުމެއް އަހަރެންނަށް ނުބޭވޭނެކަން އަހަރެން ވިސްނާދެވޭތޯ މަސައްކަތް ކޮށްފީމެވެ. އަހަރެން އަދިވެސް ލޯބިވަނީ މަލިކާ ދެކެ ކަމާއި މިމަސައްކަތް ނިމުމުން މަލިކާ އަދި އަހަރެން ކައިރިއަށް އަންނާނެ ކަމަށް އަހަރެންގެ ސިކުނޑި ކިތައްމެ ފަހަރެއްގައި އަހަރެންގެ ހިތް ކައިރީގައި ބުނެފިއެވެ. އެކަމަކު ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތުން މަލިކާގެ ނަން ފޮހެވިގެން ދާ ކަމުގެ ބިރު ބޮޑުވަމުން ދިޔައެވެ.
އަހަރެން ދިޔައިރުގައި މިޝްކާ ދޫކޮއްލުމުން އެމީހުން ބޭރަށް ނިކުންނަނީއެވެ. އޭރުވެސް މިޝްކާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަން ހުއްޓެވެ. “ކީއްވެތަ ލަސްވީ” އަހަރެން އެމީހުން ކައިރިއަށް ހުއްޓެލުމާއި އެކު މިޝްކާ ޝަކުވާ ކުރިއެވެ. “ސޮރީ ކުޑަކަމެއްކުރަން ވެގެން ލަސްވީ” އަހަރެން ހިނިތުންވެލަމުން މާފަށް އެދުނީމެވެ. “ކޮންއިރަކު ދޫކޮއްލީ” އަހަރެން އަހާލީ މިޝްކާ ކައިރީގައި ހުރި އަޔާޒް ކައިރީގައެވެ. “އެއްގަޑިއިރު ކުރިން… ލިޔުންތަށް ރެޑީނުވެގެން މިހާ ލަސްވީ” އަޔާޒް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. އެމީހުން ބޭރަށް ނިކުމެ ކާރެއް ހުއްޓުވުމަށްފަހު އެރިއެވެ. އަހަރެން ސައިކަލުގައި އެމީހުންގެ ފަހަތުން ދާނެކަމަށް ބުނެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ.
މިޝްކާ އުޅޭ އެޕާޓްމެންޓް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އެމީހުންގެ ފަހަތުން އަހަރެން އެރީމެވެ. މިޝްކާ ދިޔަގޮތަށް ސޯފާގައި އޮށޯވެލިއެވެ. އަޔާޒް އިރުކޮޅަކު މިޝްކާ ކައިރީގައި މަޑުކޮއްލުމަށްފަހު ނިކުތީ ބޭރަށެވެ. އަހަރެން މިޝްކާ ކައިރީގައި ސޯފާގައި އިށީދެލީމެވެ. “ކީއްވެ ކުރިކަމެއް އެއީ” އެހުރިހާ އިރުގައި އަހަރެންގެ ހިތުގައި އުދަގޫ ކުރަމުންދިޔަ ސުވާލެއް އަހަރެން މިޝްކާއާއި ކުރީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލީއެވެ. ކޮންކަމެއްހޭ އަހާފަދަ ގޮތަކަށެވެ. “ނޭނގޭ ކަމަށް ހަދާނެކަމެއް ނެތް” އަހަރެން މިޝްކާގެ އަތްދައްކާލަމުން ބުނެލީމެވެ. “އަހަރެން ބޭނުންނުވީ ޝާމްއާއި ވާހަކަ ނުދެއްކޭ ދުނިޔެއެއްގައި ހުންނަން… ދޮންބެ ދެން ޝާމް ނުގުޅާނެއޭ ބުނީމަ އަހަރެން ވަރަށް ދެރަވި… އެންމެ ދެރަވީ އެވަރަށް ގުޅި އިރުވެސް ފޯނު ނުނަގާފަ އެހެން ފޯނެއްގައި އިނީމަ…. އަހަރެންނަށް ޝާމް ވަރަށް މުހިއްމު… ތިއީ އަހަރެންނަށް މިހުރިހާ ދުވަހު އުޅެގެން ލިބުނު ހަމައެކަނި އެކުވެރިޔަކީ… އަހަރެން ބޭނުން ނުވީ އެކުވެރިޔެއްނެތް ދުނިޔެއެއްގައި އުޅެން” މިޝްކާ ބުނެލިއެވެ. “ޑޯންޓް ޑޫ ދެޓް އެގެއިން އިނގޭ” އަހަރެން މިޝްކާގެ އަތަށް ފިއްތާލަމުން ބުނެލީމެވެ. “އެހެންވިއްޔާ ދުވަހަކުވެސް އަހަރެންނާއި ވާހަކަ ދެއްކުން ހުއްޓާނުލާތި… ޝާމް އަހަރެންނާއި ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުންނަ ދުވަހަކީ އަހަރެން މޮޔަވާނެ ދުވަސް” މިޝްކާ ބުނެލިއެވެ. އަހަރެން މިޝްކާގެ މޫނަށް ބަލާލީމެވެ. އަހަރެންގެ އަތުން އެމޫނުގައި ފިރުމާލަން ބޭނުންވިއެވެ. އެދޮން މޫނުގައި ބޮސްދޭން ބޭނުންވިއެވެ. “އަހަރެން އެބަ އަންނަން އިނގޭ ފާހާނައަށް ގޮސްލާފައި” އަހަރެންގެ ހިއްސުތަށް ހަމައިން ނައްޓަފާނެ ކަމުގެ ބިރު ބޮޑުވުމުން އަހަރެން ބޭނުންވީ އެތަނުން އެހެން ދިމާލަކަށް ދާށެވެ. މިޝްކާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.
އަހަރެން ދެތުވެ ހިގައިގަތީ މިޝްކާގެ ރޫމްއާއި ދިމާލަށެވެ. ނަމަވެސް ވަކި ހިސާބަކުން އަހަރެންގެ މިސްރާބު ބަދަލުކޮއްލީ އަޔާޒްގެ ރޫމްއާއި ދިމާލަށެވެ. މަޑުމަޑުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެވަގުތު އަހަރެންނަށް ނޭފަތުގައި އަތް އަޅާލެވުނެވެ. ކޮޓަރި ތެރެއިން ދުވަނީ ސިގިރެޓް ކުނިވަހެވެ. އަދި އޭގެ އިތުރަށް ރަލުގެ ވަސްވެސް ހިފާފައި ހުއްޓެވެ. އަހަރެން ދޮރު ހުޅުވާލައިގެން އިރު ކޮޅަކު ހުރުމަށްފަހު އެތެރެއަށް ވަދެ ދޮރު މަޑުމަޑުން ލައްޕާލީމެވެ. އެކޮޓަރިއަށް ބަލާލާފައި އެއީ ފިރިހެނެއް އުޅޭ ކޮޓަރިކަން ރަނގަޅަށް އެގިގެން ދެއެވެ. ހުރިހާ އެއްޗެއް ހުރީ އުކާލެވިފައެވެ. ތެއްތުވާލި ވަނީ އެނދުމަތީގައެވެ. އެނދުމަތީގައި އަޅާފައި އޮންނަން ޖެހޭ ބެޑުޝީޓު ވަނީ ގުޅަކޮށްލާފައި ކޮޓަރިތެރޭގައެވެ. ބާލީސްތަށް އެތަން މިތަނުގައެވެ. ލާން ގެންގުޅޭ ހުރިހާ އެއްޗެއްވަނީ އެތަން މިތަނަށް އުކާލެވިފައެވެ. އަހަރެންނަށް ކޮޓަރިތެރެއަށް ނޭވާލެވުނީ ފަސްވަރަކަށް މިނެޓް ފަހުންނެވެ. އަވަހަށް ގޮސް ކަބަޑުތަށް ހާއްވަން ފަށައިފީމެއެވެ. ހުޝާމް އާއި ފާރިޝް ކައިރީގައި ބުނެފައިވާ ގޮތަށް އަޔާޒްއާއި ދެކޮޅަށް ދައްކާނެ ހެއްކެއް ފެނޭތޯއެވެ. ހުޝާމް މަރާލާފައިވާކަމަށް ބުނާ ހަތަރުވަނަ މީހާ މަރާލި ވީޑީއޯ އަޔާޒް އަތުގައިކަމަށް ހުޝާމް ބުނެފައި ވެއެވެ. އެހެންކަމުން ފަހަރަކު އެއްޗެއް ފުށުން ޖެހޭތޯ އަހަރެން މަސައްކަތް ފެށީމެވެ. ޑްރެސިން ޑޭބަލް ރަނގަޅަށް ބެލުމަށްފަހު އަލަމާރި ތެރެ ބެލީމެވެ. އަދި އެނދުގެ ހެޑްބޯޑުގައި ހުރި ކަބަޑުތަށް ބެލީމެވެ. އިތުރަށް އެއްޗެއް ފޮރުވަން ލާނެހެން ހިވާ ހުރިހާ ތަނެއްވެސް ބެލީމެވެ. ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ.
“ކީއްކުރަނީ މިތަނުގައި” ދޮރުހުޅުވާލަމުން އަޔާޒް އެތެރެއަށް ވަނެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެވަގުތު އަހަރެންނަށް ހުރެވުނީ ފާހާނައާއި ތަންކޮޅެއް ކައިރީގައި ކަމުން ވަގުތުން ފާހާނައިގެ ބޮކި ނިވާލާކަމަށް ހަދާފައި އެބުރެލީމެވެ. “ފާހާނައަށް ވަދެލީ” އަޔާޒް ފެނުމުން ހިތް ކިތައްމެ ބާރަށް ތެޅެމުން ދިޔަ ކަމުގައިވިޔަސް ވީހާވެސް މައިތިރި އަޑަކުން އަޔާޒްއަށް ޖަވާބު ދިނީމެވެ. އަޔާޒް އަހަރެންނާއި ދިމާލަށް ޝައްކުގެ ނަޒަރުން ބަލަމުން ދިޔައެވެ. “ކީއްވެ މިކޮޓަރިއަށް ތިއައީ.. މިޝްކާގެ ކޮޓަރިވެސް އެހުރީނުން” އަޔާޒް އެތެރެއަށް ވަދެ ދޮރު ލައްޕަމުން ސުވާލު ކޮއްލިއެވެ. “އިޓްސް ގާލް ރޫމް” އަހަރެން ޖީބަށް އަތްޖަހާލަމުން ބުމަ އަރުވާލަމުން ބުނެލީމެވެ. “ގާލްސް ރޫމް…. ދެޓްސް ފަނީ… ޔޫ ނޯ އައި ޑޯންޓް ޓްރަސްޓް ޔޫ” އަޔާޒް އަހަރެން ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. “މިހާރު އަހަރެންގެ ކުރިމަތީގައި ކަލޭ ދިރި ތިހުރީ އަހަރެންގެ ކޮއްކޮއާއި ހެދި ކަން ކަލެއަށް އެނގޭތަ…. ކޮއްކޮ އެވަރަށް ކަލެއަށް ބޭނުން ނުވާނަމަ މިހާރު ކަލޭގެ އެކި އެތިކޮޅު ހުންނާނީ އެކިތަނުގައި…. އައި ވިލް ކަޓް ޔޫ އިންޓު ޕީސް ޓު ޕީސް” އަޔާޒް އަނެއްކާވެސް ފިޔަވަޅެއް އަހަރެންނާއި ކައިރިއަށް އަޅަމުން ބަރުއަޑަކުން ވާހަކަ ދެއްކިއެވެ. “ދެޓްސް ނޮޓް ފަނީ އެޓް އޯލް…. ކޮޒް އައި ޑޯންޓް ޓްރަސްޓް ޔޫ އެއިދާ…. އަދި އެނގޭތަ… ކަލޭގެ ކޮއްކޮ އަހަރެންނާއި ހެދި ނޫޅުނަސް ކަލެއަށް އަހަރެން މަރާލާކަށް ނުކެރޭނެ… ކޮޒް ޔޫ ކާންޓް… އިފް ޔޫ ޑިޑް… މައި އޯލް ޕީސެސް ވިލް ހަންޓް ޔޫ ލައިކް ޔޫ އާ ހޯންޓެޑް…. އެންޑް އިޓް ވިލް މޭކް ޔުއަރ ލައިފް ލައިކް އަ ހެލް… އަދި އަހަރެންނަށް އެނގޭ ގޮތުގައި ކަލޭ އަމިއްލައަށް ކަލޭގެ ދިރިއުޅުން ހެލްއަކަށް ބަދަލުވިޔަކަ ނުދޭނެ..” އަޔާޒް ކައިރިއަށް ފިޔަވަޅެއް އަޅަމުން އަހަރެން އެހެން ބުނުމަށްފަހު އެތަނުން ނިކުންނަން ހިގައިގަތީމެވެ. އަޔާޒް ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އެކޮޓަރިން ނިކުމެ ފުންނޭވާއެއް ބޭރުކޮއްލީމެވެ.
ސިޓިން ރޫމްއަށް ނިކުމެ ބަލާލި އިރުގައި މިޝްކާއަށް އޮތީ ނިދިފައެވެ. ދެލޯމަރާލައިގެން އޮތް އިރު އެމޫނުމަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. އަހަރެން މަޑުމަޑުން މިޝްކާއާއި ކައިރިވެލީމެވެ. އަދި މިޝްކާގެ ބޮލުގައި ފިރުމާލީމެވެ. މިޝްކާ ކުޑަކޮށް ގުޑިލުމަށްފަހު އެއްފަރާތަށް އެބުރުނެވެ. އަހަރެން ސިހިގެން ގޮސްފައި އަތްނެގީމެވެ. އަދި މިޝްކާއާއި ދިމާލަށް ކުޑަވަގުތު ކޮޅަކު ބަލަން ހުރެފައި އަހަރެން އެތަނުން ނިކުތީމެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. ވަކި ދިމާލެއް ނެތި ދެތިން ބުރު މާލެތެރެގައި ޖެހީމެވެ. އޭރު ރޭގަނޑު އެގާރަޖަހަނީއެވެ. އަހަރެން ބޭނުންވީ ބަރުވަމުންދިޔަ އަހަރެންގެ ސިކުނޑިއަށް ކޮންމެވެސް ލުއިކަމެއް ގެނުވާށެވެ. ކިތައްމެ ވަރަކަށް ނުވިސްނަން ހުއްޓަސް ވިސްނެމުން ދިޔައެވެ. އަހަރެން ކުރަން ހުރި ކަންތަކާއި މެދުގައެވެ. އެންމެ ފަހުން ސައިކަލް ޕާކްކޮށްލީ ސުނާމީ ބިނާ ކައިރީގައެވެ. އެތަނުގައި ޕާކްކޮށްލުމަށްފަހު ރަނގަޅަށް ސައިކަލް މަތީގައި ހަމަޖެހިލީމެވެ. އެތަނުގައި ހުރި ގާޑިޔާތަށް ކައިރީގައި އޭރުވެސް ބައިވަރު މީހުން ތިއްބެވެ. މަގުމަތީގައިވެސް މީހުން މަދެއް ނުވެއެވެ. އަހަރެން އަތުން ބޮލުގައި ހިފާލީމެވެ. އަހަރެންނަށް ހަނދާނެ ގޮތެއް ނޭނގުނެވެ. އެންމެ ބޮޑައަށް އަހަރެންނަށް ވިސްނެމުން ދިޔައީ ހާނިމްއަށް ހަނދާނެ ގޮތަކާއި ދޭތެރޭގައެވެ. އޭނައަށް އެހީވަން އަހަރެންގެ ބޭނުމެވެ. އެކަމަކު އެކަމަކަށް އަހަރެންގެ ހިތް އެއްބަހެއް ނުވއެވެ. އޭނަ މާޒިންމެން އަތުން ސަލާމަތް ކޮށްފިނަމަ އަނެއްކާވެސް އަހަރެންނާއި ދިމާލަށް އަތުވެދާނެތީއެވެ. އެކަމަކު އޭނަ ސަލާމަތް ނުކޮށްފިނަމަ ދުވަހަކުވެސް އަހަރެންގެ އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެއެވެ. އަހަރެން މީހަކު މެރުމެކޭ އޭރުން އެއްވަރު ވާނެއެވެ. މީހަކު މަރާކަށް އެނގިހުރެ އެކަމަށް އެއްވެސް ކަމެއް ނުކޮށްފިނަމަ އަހަރެންވެސް ނިހާދުމެންހާ ނުބައިމީހަކަށް ވާނެއެވެ. އެގޮތެއްވެސް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރެއެވެ.
އެތަނުގައި ގާތްގަނޑަކަށް ބައިގަޑިއިރު އިނުމަށްފަހު އަނެއްކާވެސް ސައިކަލު ސްޓާޓް ކޮއްލީ އެހެންދިމާލަކަށް ދިއުމުގެ ބޭނުމުގައެވެ. އަހަރެން ބޭނުންވީ އެކުވެރިކައަކާއި ވާހަކަ ދައްކާލާށެވެ. އަހަރެންނަކީ މާގިނަ އެކުވެރިން ތިބި މީހެއްވެސް ނޫނެކެވެ. އެހެންކަމުން އަހަރެން ސައިކަލް މަޑުކޮއްލީ ހުޝާމްގެ ގެ ކައިރިއަށެވެ. ސައިކަލް ޕާކްކޮށްލުމަށްފަހު މަގުގެ ދެކޮޅު ބަލާލީ އަހަރެން ދަންނަ މީހަކު ދުރުންވިޔަސް ފެނޭތޯއެވެ. ދެކޮޅު ހޯދާ ބަލަމުން ގޮސް އެގޭ ދޮރުގައި ޓަކި ޖަހައިފީމެވެ. ދެތިން ފަހަރު ޓަކި ޖެހުމަށްފަހު ބެލް އަޅައިފީމެވެ. އެވަގތު ހުޝާމް ދޮރު ހުޅުވާލިއެވެ. “ޝާމް ” އަހަރެން ފެނުމާއި އެކު ހައިރާން ކަމާއި އެކު ހުޝާމް ގޮވާލިއެވެ. “އެހެން މީހަކަށްތަ ތި އިންޒާރު ކުރަނީ” އަހަރެން އެތެރެއަށް ވަންނަމުން ބުނެލީމެވެ. “ނޫނޭ… އެކަމަކު މިގަޑީގައި ޝާމް ފެނުނީމަ ކުޑަކޮށް ހައިރާން ވީ….. އަނެއްކާ ކިހިނެއްވީ” ހުޝާމް ދޮރުލެއްޕުމަށްފަހު އެތެރެއަށް ހިގައިގަންނަމުން ވާހަކަ ދެއްކިއެވެ. އަހަރެން ދިޔަގޮތަށް ގޮސް ސޯފާ ގޮނޑިމައްޗަށް ވެއްޓެގަތީމެވެ. “އަހަރެން އަންނަން ޖެހެނީ ކަމެއްވީމަތަ… އަހަރެންނަށް ހަމަ ހުޝާމްގެ ހާލު ބަލާލާކަށް ނާދެވޭނެތަ” އަހަރެން އެގޮތަށް އޮވެ ބުނެލީމެވެ. “ނޫނޭ އާދެވޭނެ… އެކަމަކު ޝާމްއަކީ މިވީ ތިން އަހަރު ތެރޭގައި އަހަރެންގެ ހާލު ބަލަން ތިގޮތަށް އަންނަ މީހެއް ނޫނެއްނުން..” ހުޝާމްވެސް ސޯފާގައި އިށީނަމުން ބުނެލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “ސޯ ޓެލް މީ ވަޓްސް ގޮއިން އޯން އިން ޔުއަރ ހެޑް” ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.
“ހުޝާމް އަނިޔާ ކުރި މީހުންނަށް އަނިޔާ ކުރި އިރު އެއްވެސް ވަރަކަށް ބިރެއް ނުގަނޭތަ” އަހަރެން ހުޝާމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކީމެވެ. އަހަރެން އެސުވާލު ކުރުމާއި އެކު ހުޝާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “ތިހެން އަހަންތަ ތިއައީ” ހުޝާމް ފަރުވާ ކުޑަ ރާގެއްގައި އަހާލިއެވެ. “އައި އޭމް ނޮޓް ޖަޖިން ޔޫ.. އައި ޖަސްޓް ވޯންޓް އެން އާންސަރ” އަހަރެން ބުނެލީމެވެ. “ނޫން… ވަރަށް ބިރުގަތް…. ފުރަތަމަ ހަފްތާގައި ނުވެސް ނިދަން…. ލޯމަރާލާއިރަށް ފެންނަނީ ފައިޒަންގެ މޫނު… އެމީހުންގެ މޫނުމަތީގައިވާ ހުރިހާ ކުލައެއް…. މިހާރުވެސް އެހުރިހާ މަންޒަރެއް ފެނޭ… އަދިވެސް އަހަރެން ބިރުގަނޭ… މިކަމަކީ ފިލާނެ ކަމެއްނޫން… އަހަރެންނަށް ނުވިސްނާ ކުރެވުނު ކަމަކުން އަދިވެސް…” ހުޝާމް އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. ހުޝާމް އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. “އެނގޭތަ… ކޮންމެވަގުތަކު އަހަރެން ނަމާދު ކޮއްފައި އަހަރެން ދުއާ ކުރަން އަހަރެންގެ ފާފަތަށް ފުއްސަވާތޯ… އަހަރެންނަށް އެފެންނަ ފެނުންތަށް ހުއްޓޭތޯ އެތަށް ދުއާއެއް ކުރަން… އެކަމަކުވެސް ހީވަނީ އަދިވެސް އެކަންތަށް ނުނިމެޔޭ… ދުވަހަކުވެސް ނުނިމޭނެއޭ” ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭރު އޭނަގެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. “އަހަރެން ހިތަށް އަރާ އަހަރެންނަށް އެކަންތައް ބަދަލު ކުރެވޭނެ ނަމައޭ…” ހުޝާމް ދެލޯ ފުހެލަމުން ބުނެލިއެވެ. “އައި އޭމް ސޮރީ މޭން” އަހަރެން ބުނެލީމެވެ. އަހަރެން ބޭނުމަކީ ހުޝާމް ދެރަކުރުމެއް ނޫނެކެވެ.
“އަހަރެންނަށްވެސް މިހާރު ރަނގަޅަށް ނުނިދޭ… ރާއްޖެއިން ބޭރުން އެވީކަންތަކުން…. އަހަރެން ހިތަށް އަރާ އަހަރެންނަށް އެމީހާއަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެވުނު ނަމައޭ…” އަހަރެންގެ ބޮލުގައި ހިފަހައްޓާލަމުން އަހަރެން ވާހަކަ ދެއްކީމެވެ. “ދެޓް ނޮޓް ޔުއަރ ފޯލްޓް ޝާމް” ހުޝާމް ބުނެލިއެވެ. އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. “ޔާ ފާރިޝް ޓޯލްޑް މީ އެބައުޓް ދެޓް” ހުޝާމްއަށް އަހަރެންގެ ބަލާލުމުގެ މާނައެގުނެވެ. “ނޫން… އެއީ އަހަރެންގެ މިސްޓޭކް.. އެމީހާ އަތް މޮހެލި އިރު އަހަރެންގެ ހިތަށް އެރި އެމީހާ އެގޮތަށް ކަންތައް ކުރާނެ ނަމައޭ… އޭރުން އަހަރެން މީހަކު މަރާކަށް ނުޖެހޭނެޔޭ… މޮހެލުމާއި އެކު އެމީހާ އެގޮތަށް ކަންތައް ކުރީ… ހީވީ އަހަރެންގެ ހިތުގެ އަޑު އިވިގެން އެގޮތަށް ކަންތައް ކުރިހެން” އަހަރެން ވާހަކަ ދެއްކީމެވެ. “ޝާމް” “އެނގޭތަ މިހާރުވެސް އަހަރެންނަށް އެމީހާ ފެނޭ… ނިދޭއިރަށް… ލޭތަކާއި އެކު… ހީވަނީ އަހަރެންނަށް މީހަކު މެރުނުހެން..” ހުޝާމް ވާހަކަ ދައްކަން އުޅެނިކޮށް އަހަރެން ވާހަކަ ދެއްކީމެވެ. “އަހަރެން ކިހިނެއް އޭނަ ސަލާމަތް ކުރާނީ… އަހަރެންގެ ހިތް އެގޮތަށް އެއްބަހެއް ނުވޭ… އެކަމަކު އަހަރެންނަށް އޭނަ ސަލާމަތް ނުކުރެވިއްޖެނަމަ އަނެއްކާވެސް އަހަރެންނަށް އަނެއް ނައިޓްމެއަރ…” އަހަރެން ދެއަތުން ބޮލުގައި ހިފަހައްޓަމުން ވާހަކަ ދެއްކީމެވެ.
“ސޯ ދިސް އިޒް އެބައުޓް ހާނިމް… ރައިޓް” ހުޝާމް ބުނެލިއެވެ. އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. “އައި ކާންޓް ޓެލް ޔޫ ވަޓް ޓު ޑޫ މޭން…. އެކަމަކު ޝާމް ކޮންމެ ގޮތަކަށް ނިންމިއަސް އެކަމަކީ ބަދަލު ކުރެވޭނެ ކަމެއް ނޫން… އެކަން ހަނދާން ކުރާތި…” ހުޝާމް ބުނެލިއެވެ. އަހަރެން އަނެއްކާވެސް އަތުން ބޮލުގައި ހިފަހައްޓާލީމެވެ. “ޝާމް… ޝާމް އޭނައަށް އެހީވަން ބޭނުންނުވަނީ އޭނަ ޝާމްއާއި ދޭތެރޭގައި ކަންތައް ކުރާ ގޮތުންތަ” ހުޝާމް އަހާލިއެވެ. އަހަރެން އިސްޖަހައިގެން ކޮނޑު އަރުވާލީމެވެ. ނޭނގެއޭ ބުނާކަހަލަ ގޮތަކަށެވެ. “އެއީކަމަށް ވާނަމަ އޭނައަށް ޝާމް އެހީވާންވީ އޭނައަކީ ހާނިމްއަށް ވީމައެއް ނޫން… އިންސާނަކަށް ވީމަ… އިންސާނިޔަތައްޓަކައި… ޝާމްއަށްޓަކައި…” ހުޝާމް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. “ނީޑް ކޮފީ” ފުންކޮށް ނޭވައެއް ލަމުން ހުޝާމް ބުނެލިއެވެ. “ނޫން އައި ނީޑް ޓު ގޯ ނައު… ތެންކްސް މޭން” އަހަރެން ތެދުވަމުން ބުނެލީމެވެ. “އެނީ ޓައިމް” ހުޝާމް ބުނެލިއެވެ. އަހަރެން ދެތުވެ އޭނައާއި ސަލާމް ކޮށްލުމަށްފަހު އެގެއިން ނިކުތީމެވެ. އަހަރެން ބޭނުންވީ އަހަރެންގެ ކޮޓަރިއަށް ދާށެވެ. އެހެންކަމުން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ.
ގެސްޓް ހައުސް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. އަހަރެން ރޫމްއަށް ގޮސް ދޮރު ލެއްޕުމަށްފަހު އެނދުމައްޗަށް ވެއްޓެގަތީމެވެ. ދެލޯމަރާ ބާރުކޮއްލީމެވެ. އެނދުގައި ހަށިގަނޑު ޖެހުމާއި އެކު ވެފައިވާ ވަރުބަލި އެގުނެވެ. މާގިނައިރަކު އެގޮތަށް އޮންނާނަކށް ނުޖެހުނެވެ. ވީނުވީއެއް ނޭނގި އަހަރެންނަށް ނިދުނެވެ.
ނިދިފައި އަހަރެންނަށް އޮވެވުނީ ކިހާ އިރެއްގައި ކަމެއް ބުނެދޭކަށް ނޭނގެއެވެ. އަހަރެންނަށް ފާޑެއްގެ ހުވަފެނެއް ފެނިގެން ތެޅިގެންފައި ހޭލެވުނެވެ. އެހެން ރޭ ރޭ ފެންނަ ހުވަފެނަށް ވުރެއް މާބޮޑަށްވެސް ބިރުވެރިކޮށް ފެނުނު ހުވަފެނުގެ ސަބަބުން އަހަރެންނަށް ފުރތަމަ ތެދުވެވުނު އިރު ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. އަހަރެންނަށް ފުރތަމަ ޖެހުނީ އެނދުގައި ރަނގަޅަށް އިށީދެގެން އިދެ ރިލެކްސްޒޭޝަންއެއް ހަދާށެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މުޅިގައިގައި ރިއްސަމުން ދިޔައެވެ. ހުވަފެނުގެ ސަބަބުން ބޮލަށް ވަނީ ބަރުވެފައެވެ. އެނދުގައި އިރުކޮޅަކު އިނުމަށްފަހު ތެދުވެ ކޮފީތައްޓެއް ހަދާލީމެވެ. އަދި ކޮފީތަށި ހިފައިގެން އައިސް އެނދުގައި ޖައްސާލީއެވެ. ފޯނު ނަގާ ބަލާލީމެއެވެ. މިޝްކާ ގުޅާފައި އިނެވެ. އިތުރު މީހަކު ގުޅާފައެއް ނެތެވެ. އެހެންކަމުން ފޯނު ދުރުގައި ބޭއްވުމަށްފަހު އަނެއްކާވެސް އަހަރެންނަށް ވިސްނެން ފެށުނެވެ. އަހަރެން ދެން އިތުރަށް ހަދާނެ ގޮތަކާއި ދޭތެރޭގައެވެ. ހާނިމްއާއި މެދުގައި ހަދާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ގޮތެއްވިޔަސް ހާނިމް އަދި ހުރީ އަހަރެންނަށް ވުރެއް އެން ސްޓެޕް މަތީގައެވެ. އެހެންކަމުން އޭނަ އެހާ ހިސާބުން ތިރިކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނއެވެ. އޭނައާއި ވާހަކަ ދެއްކުން ކިހިނެއް ވާނެ ހެއްޔެވެ. ނޫނެކެވެ. އެއީ ރަނގަޅު ގޮތެއް ނޫނެކެވެ. މާޒިންގެ ޕްލޭގައި އަހަރެންވެސް ބައިވެރިވާނީއެވެ. އޭރުން އެމީހުންނާއި އެކު އެކަންތަކުގައި އުޅެމުން އެކަންތައް ނުކުރަނީސް ހާނިމް ސަލާމަތް ކުރެވޭނެއެވެ. އެކަމަކު އޭނަ ސަލާމަތް ކުރަން ޖެހޭހެއްޔެވެ. އޭނަ ސަލާމަތް ނުވެއްޖެނަމަ އަހަރެން ކުށެއް ވާނެ ހެއްޔެވެ.
” މިކަމުގައި އެތަށް ދުވަހެއް ވެދާނެ” އަހަރެންގެ ސިކުނޑި އުދުހިގެން ދިޔައީ މީގެ ތިންއަހަރު ކުރިއަށެވެ. އަހަރެންގެ ޓްރެނިންގެ ތެރެއިން އާދިލްސަރ އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އެއީ ފިޒިކަލް ޓްރެނިން ކަމުން އެތަނުގައި ހާނިމް އަދި ފާރިޝްވެސް ތިއްބެވެ. “ސޯ” އަހަރެން ފަރުވާ ކުޑަ ރާގެއްގައި ބުނެލީމެވެ. އަހަރެން ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. ” މިއީ ތިހާ ފަރުވާ ކުޑަކޮށްގެން ކުރެވޭނެ ކަމެއް ނޫން ޝާމް… މިކަމަށް އިންޓްރެސްޓްއެއް ޝޯކޮށްގެން ވާނީ” ހާނިމްސަރ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “ޝާމް އައި ނޯ ދިސް އިޒް ޑިފިކަލް ފޮ ޔޫ” އާދިލްސަރ ބުނެލިއެވެ. “ހޫހް ޑިފިކަލްޓް… އާ ޔޫ ސީރިއަސް… މިހާރު މިމަސައްކަތެއް ފެއްޓިފަހުން އަހަރެންނަށް ރަނގަޅަކަށް ނިދެނީއެއްނޫން… ކެވެނީއެއް ނޫން.. އަނެއްކޮޅުން އަހަރެންގެ ފެމެލީ މީހުން އެތިބީ ރުޅިއައިސް ރަތްވެފައި…. އަހަރެންގެ ގައިގައި ނުރިއްސާ އެންމެ ކަށިކޮޅެއްވެސް ނެތް… ސްޓިލް ޔޫ ތިންކް އިޑްސް ޑިފިކަލްޓް” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “ދެން އަޅެ ރުޅި މަޑުކުރަން ވެއްޖެއެއްނުން… މިހާރު ތިހެން ރުޅި އައިސްފައި ހުންނަތާވެސް ކިހާ ދުވަހެއް ވެއްޖެ” ފާރިޝް ވާހަކަ ދެއްކިއެވެ.
“ނޫން… އެރުޅި އެއީ އަހަރުމެންނަށް ބޭނުން ކުރެވޭނެ އެއްޗެއް،.. އަސްލު ގްރޫޕްތަކުގައިވެސް އުޅޭނީ އެގޮތަށް ރުޅިގަދަ މީހުން” އާދިލްސަރ ހީލަމުން ބުނެލިއެވެ. “އެގޭތަ މިއީ މިގޮތަށް ރާއްޖޭގައި ކުރެވޭނެ އެންމެ ބޮޑު މަސައްކަތްކަން” ހުޝާމް ފޯރީގައި ބުނެލިއެވެ. “ޔާ އެކަމަކު މީގެ ތެރޭގައި އުޅޭ އެންމެން ހިފެއްޖެ ނަމަތާ” ހާނިމްސަރ ފާޑަކަށް ބުނެލިއެވެ. “އަހަރެން މިކަމުގެ ތެރެއަށް މިވަންނަނީ އެންމެން ހިފަހައްޓަން… އެމީހުން އަހަރެން މަރާލަންދެން، ނޫނީ އޭގެން ހުރިހާ އެންމެން މަރުވަންދެން އަހަރެން މަސައްކަތް ކުރާނަން” އަހަރެން ބުނެލީމެވެ. “ތީއީ ވިސްނުން ހުންނަން ޖެހޭނެ ގޮތަކީ… މިހާރު އެބަ ރަނގަޅުވޭ” އާދިލްސަރ ބުނެލިއެވެ. “އޭގެން މީހަކު މަރަން ޖެހުނަސް އެކަންވެސް ކުރާނަން ތަ” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. އަދި އާދިލްސަރ، ފާރިޝްއާއި ދިމާލަށް ބަލާލެވުނެވެ. “ކަމޯން… މިކަމުގައި އުޅޭއިރު އެކަހަލަ ކަމަކާއިވެސް ކުރިމަތި ލާންޖެހިދާނެ އެއްނުން…. އެހެންވެ އަހާލީ” ހާނިމްސަރ ބުނެލިއެވެ. “އަހަރެން އެންމެ ފުރަތަމަވެސް ބުނިން އަހަރެން އެއްވެސް މީހެއް ނުމަރާނަމޭ…. އެއްވެސް ކަހަލަ މާރާމާރިއެއްގައި ބައިވެރިއެއް ނުވާނަމޭ” އަހަރެން އަޑަށް ބާރު ލަމުން ބުނެލީމެވެ. “އޮފް ކޯޒް… އައި ރިމެންބަރ… އެކަމަކު އެދުވަހުން ޝާމް ތިބަސްތައް ހަނދާން ހުންނާނެތަ” ހާނިމްސަރ ބުނެލިއެވެ.
އަހަރެން ސިހިގެން ދިޔައީ ދޮރުގައި ޓަކި ޖެހިއަޑަށެވެ. އަހަރެން ފާރުގައި ހުރި ގަޑިއަށް ބަލާލީމެވެ. އޭރު ހެނދުނު ހަތެއް ޖަހަނީއެވެ. އަހަރެންނަށް މިހުރިހާ ވަގުތެއްގައި މިއުޅެވުނީ ހޭލައެވެ. އަހަރެން ބޮލުގައި ހިފަހައްޓާލަމުން ގޮސް ދޮރުހުޅުވީމެވެ. ދޮރުމަތީ ހުރީ މާޒިންއެވެ. “ހޭލާތަ” އަހަރެން ފެނުމާއި އެކު މާޒިން އަހާލިއެވެ. އަހަރެން ނިން އަރުވާލަމުން އެނދުގައި އިށީނީމެވެ. މާޒިން ދޮރުލެއްޕުމަށްފަހު އަހަރެންގެ ކުރިމަތީގައި ހުއްޓެލިއެވެ. “ސޯ ވަޓް އަޕް” އަހަރެން މާޒިންއާއި ދިމާލަށް ބަލާލަމުން އަހާލީމެވެ. “ކަމެއްނުވޭ… ޝާމްގެ ހާލު ބަލާލަން ވެގެން މިއައީ…” މާޒިން ބުނެލިއެވެ. “މިހާ ހެދުނު” އަހަރެން ގަޑިއަށް ބަލާލަމުން ބުނެލީމެވެ. “ރޭގަ ކިތަކެތި ޖެއްސިންތަ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތިބުނީ” އަހަރެން އަހާލީމެވެ. ” މިހާ ތިހުރި ސިފަ ބަލާބަލަ… ހީވަނީ ނުނިދާ އެތަށް ދުވަހެއް ވެފަ އިންހެން… ރޭގަ ކިތައްޕީސްތަ ބޭނުންކުރީ” މާޒިން ބުނެލިއެވެ. “ނޭނގެ” އަހަރެން އެހެން ބުނެލަމުން އެނދު މައްޗަށް ވެއްޓެގަތީމެވެ. “ޝާމް ކައިރީގައި އަހަރެން ނުބުނަންތަ އެހާ ގިނައިން ބެނުން ނުކުރާށެކޭ….” މާޒިން އެނދު ކައިރީގައި ހުރި ގޮނޑިއެއް ދަމާލަމުން އިށީނެވެ. “ވައި ޔޫ ކެއަރ” އަހަރެން ބޮލުގައި ހިފަހައްޓާލމުން ބުނެލީމެވެ. “ބިކޯޒް… ޔޫއަރ އިން މައި ގްރޫޕް” މާޒިން ބުނެލިއެވެ.
“ސްޓިލް އިޒް ދެއަރ ދެޓް އޮފާ” އަހަރެން އެގޮތަށް އޮވެ އަހާލީމެވެ. “ވަޓް އޮފާ” މާޒިން ސުވާލު ކުރިއެވެ. “އަހަރެންނަށް މީގެ ދުވަސްކޮޅެއް ކުރިން ކުރިން ކުރީމެންނުން އޮފާއެއް… ޔޫ ވޯންޓް ހެލްޕް ފްރޮމް މީ” އަހަރެން ތެދުވެ މާޒިންއާއި ކުރިމަތި ލަމުން އަހާލީމެވެ. “ކޮންކަމެއްތަ” މާޒިން އަހާލިއެވެ. “ހާނިމްގެ ކަންތަކާ” އަހަރެން ބުނެލީމެވެ. “ވައި… ޔޫ ވޯންޓް ހެލްޕް އަސް” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އަހަރެން ބޭނުން ތިމީހުންނަށް އެހީވަން” އަހަރެންވެސް މާޒިން އާއި ދިމާލަށް ބަލަން އިނދެ ބުނީމެވެ. އެވަގުތު މާޒިންގެ މޫނުމަތީގައި ކުޅެލީ ޝައްކުގެ އަސަރުތަކެވެ. “ކީއްވެ” މާޒިންގެ އަޑަށް ބަރުކަމެއް ގެންނަމުން މާޒިން އަހާލިއެވެ. “އޭނައާއި ހެދި އަހަރެންގެ ކޮއްކޮއަށް އެމީހުން އަނިޔާ ދިނީ… ސޯ އަހަރެން ބޭނުންވަނީ ބަދަލު ހިފަން” އަހަރެން ބުނެލީމެވެ. “ޝާމްގެ ކޮއްކޮއަށް ގެއްލުން ދިނީ އަޔާޒް… ހާނިމްއެއް ނޫން” މާޒިން އެއަޑުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އަހަރެންނަށް އެނގޭ… އެކަމަކު އަހަރެން ޕޮލިހުގައި އުޅުނު އިރު އަހަރެންގެ މާއުލޫމާތު ހާނިމްއަށް އޮންނާނީ ލިބިފައި…. އޭނަ ނޫން އެހެން މީހަކު އަހަރެންގެ އާއިލާއާއި ބެހޭގޮތުން އެގޮތަށް މައުލޫމާތެއް ނުދެނޭ….. އެހެންނޫނަސް އަހަރެންނަށް އަޔާޒްއަށް ހަމަލާ ދެވިދާނެ…. އެކަމަކު މާދަން ހާނިމް ދާނެ އެހެން މީހަކަށް މައުލޫމާތު ދީގެން އަހަރެންގެ އާއިލާ ދުއްވާލަން” އަހަރެން ރުޅި ވެރިކަމާއި އެކު ބުނެލީމެވެ. ހާނިމްގެ ވާހަކަ ދެއްކިޔަސް އަހަރެން މިހާރު ރުޅިއާދެއެވެ. “ޝާމް ބޭނުންވަނީ ޝާމްގެ އެކްސް ބޮސް މަރާލުމުގައި އަހަރުމެންނަށް އެހީވަންތަ” މާޒިން ޔަގީން ނުވާކަހަލަ އަޑަކުން އަނެއްކާވެސް އެހެން އަހާލީއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމއެވެ. މާޒިން އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެނާއި ދިމާލަށް ކުޑައިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެންނަށް މީގެ ކުރިން ނޭނގޭ ވިއްޔަ ޝާމްއަކީ ތިގޮތަށް މީހަކު ދުއްވާލަން ބޭނުން ވެދާނެ މީހެއްކަމެއް” އެހެން އިރުކޮޅަކު ހުރުމަށްފަހު އަދިވެސް ޔަގީން ނުވާގޮތަށް ޝައްކުގެ ނަޒަރުން އަހަރެންނާއި ދިމާލަށް ބަލަމުން މާޒިން ބުނެލިއެވެ. އަހަރެން އެނދުން ތެދުވީމެވެ. “މާޒިންއަށް ތިހީވީ ރަނގަޅަށް…. އެއްވެސް އިރެއްގައި އަހަރެންނަނީ މީހަކު ދުއްވާލަން ބޭނުން ވާ މީހެއްނޫން.. އެކަމަކު ހާނިމްއަކީ މީހަކަށް ކިޔާވަރުގެ މީހެއްނޫން… އިންސާނެއްގެ އެއްވެސް ސިފައެއް އޭނަގެ ނެތް” އަހަރން ބުނެލީމެވެ. “އަހަރެންގެ އެހީ ބޭނުން ނޫނިއްޔާ ބުނޭ…. އޭރުން އަހަރެން ނުދާނަން މާޒިންމެންނަށް އުދަގޫ ކުރާކަށް” އަހަރެން މާޒިންއާއި ކުރިމަތިލަމުން ބުނެލީމެވެ. “ނޫން އޮފް ކޯޒް ވީ ނީޑް ޔުއަރ ހެލްޕް މޭން…. ކުރިން ދުވަހު ދިޔަ ތަނަށް އާދޭ… އަހަރެންވެސް މިދަނީ އެދިމާލަށް ދާން…. އެކަމަކު އޭގެ ކުރިން އަހަރެން ކުޑަ ކަމެއް ކުރަން އެބަޖެހޭ… ޝާމް ދޭ އެއްކަހަލަ ގެއަށް” މާޒިން ބޭރަށް ނިކުންނަމުން ބުނެލިއެވެ. އަހަރން ބޯޖަހާލުމާއި އެކު މާޒިން ދިޔައީއެވެ. ދޮރުލައްޕާފައި އައިސް އަހަރެން އަނެއްކާވެސް އެނދު މައްޗަށް ވެއްޓެގަތިމެވެ.
“ޝާމް އަބަދުވެސް ހަނދާން ކުރާތި ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެ އެމީހުންގެ ލޯބިވާ ބަޔަކު ސަލާމަތް ކުރެވޭތޯ” އަހަރެންގެ ސިކުނޑި އުދުހިގެން ދިޔައީ މީގެ ތިންއަހަރކު ކުރިއަށެވެ. އަހަރެންގެ ޓްރެނިންގެ ތެރެއަށެވެ. އެއީ އަހަރެންނާއި ދިމާލަށް ހާނިމް ބުނި ވާހަކައެވެ. “ޝާމް ލޯބިވާ މީހުން ތިބޭ ގޮތަށް ކޮންމެ މީހަކުވެސް ލޯބިވާ މީހުންތިބޭނެ ކަން ހަނދާން ކުރާތި” ހާނިމްސަރ އަހަރެންނާއި ވާހަކަ ދެއްކި ވަގުތަކީ އެތަނުގައި އެކަކުވެސް ހުރި ގަޑިއެއްނޫނެވެ. އެއީ ޓްރެނިންނަށް އަހަރެންނަށް ތަންކޮޅެއް ކުރިއަށް ދެވުނު ދުވަހެކެވެ. ފާރިޝްވަނީ ތަންކޮޅެއް ލަސްވާނެ ކަމަށް ބުނެފައެވެ. އާދިލްސަރވަނީ މީޓިންއެއްގައި ކަމުން އެކަމުން ސަލާމަތް ވީހާއަވަހަށް އަންނާނެކަމަށް ބުނެފައިއެވެ. އަހަރުމެން ޓްރެނިން ވަނީ ބޮޑު ހުސް ބިލްޑިންއެއްގައެވެ. އެތަނުގައި މީހަކު ޓްރެނިން ކުރާ ހުރިހާ ސާމާނު ހުރެއެވެ. އަހަރެން އިނީ ގޮޑިއެއްގައި ރެޑީވާން ވެގެންނެވެ. ހާނިމްސަރގެ ޖުމްލައާއި އެކު އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. އޭނައަކީ އެގޮތަށް މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި މީހެއް ނޫނެވެ. ހާނިމްސަރ ހުރީ އޭރު އަހަރެންގެ ކުރިމަތީގައި ހުއްޓި ހަށަން ބަދެލައިގެންނެވެ. “އަހަރެން މިބުނަނީ މިކަންތައްތަކުގައި އުޅޭ އެއްބައި މީހުންނަކީ އިތުރު ގޮތެއް ނެތީގެން މިކަމުގައި އުޅޭމީހުން” ހާނިމްސަރ ތަންކޮޅެއް ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. “ހީވަނީ އަމިއްލަ އެކްސްޕީރިއަންސް އާއި އެކު ބުނާހެން” އަހަރެން ބުނެލީ އެއްވެސް މާނައެއްނެތް ގޮތަށެވެ. މަޖަލަކަށެވެ. ނަމަވެސް އެވަގުތު ހާނިމްސަރ ހާސްވެގެން ތެޅެގަތްވަރަކީ އަހަރެން ހަނދާން ނެތޭނެ ވަރެއްނޫނެވެ. “އަމިއްލަ އެކްސްޕީރިއަންސް ނޫނަސް އަހަރެންނަށްވެސް ޝާމްއަށް މުހިއްމު ވާހަކައެއް ބުނެލަދެވިދާނެ ދޯ” ހާނިމްސަރ ހަމައަކަށް އަޅަމުން ބުނެލިއެވެ. “އަހަރެންނަށް އެނގޭ ޝާމްއަކީ ސިކުނޑި ރަނގަޅު ކުއްޖެއްކަން… ވީމާ ކޮންމެ ކަމެއް ކުރިޔަސް ވިސްނާތި…. ތިން ހަތަރުފަހަރަށް… ސަބަބަކީ އަހަރުމެންނަށް ކުރެވިފައި ހުރި ކަންތަކީ ދެން ބަދަލު ކުރެވޭނެ ކަންތަކެއްނޫން” ހާނިމްސަރގެ އަޑުގައި އެކުލެވިފައިވަނީ މާޔޫސްކަމެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލަމުން ތެދުވީމެވެ. “އަހަރެންނަނީ ހަގީގަތް ނުބަލާ އެއްވެސް މީހެއް ގަޔަށް އަތްލާނެ މީހެއްނޫން…. ނުވެސް ލާނަން… އަދި އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ އަހަރެން ދެކޭގޮތުގައި ރަނގަޅު ހައްލެއްނޫން” ހިނިތުންވުމެއް ހާނިމްސަރއަށް ރައްދު ކޮށްލަމުން އަހަރެން ބުނީމެވެ. އެވަގުތު ހާނިމްސަރވެސް އަހަރެންނަށް ރައްދު ކޮށްލީ ހިނިތުންވުމެކެވެ.
އަހަރެން ސިހިގެން ދިޔައީ އަހަރެންގެ ފޯނު ރިންގުވާ އަޑަށެވެ. “ހަލޯ” ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އަހަރެން ބުނެލީމެވެ. “ހޭ ޝާމް ހޭލެވިއްޖެތަ… އަހަރެންނަށް ވަރަށް ބޮޑު ކަމެއް ކޮށްދެން ވެއްޖެ” އެކޮޅުން ވާހަކަ ދެއްކީ ފާރިޝްއެވެ. “ކީކޭ” އަހަރެން އަހާލިމެވެ. “ޝާމާ ދެންމެ އޮފީހަށް ދާންވެގެން އަހަރެންނަށް ގުޅައިފި… މިވަގުތު އަހަރެން ކުޑަކޮށް ބިޒީވީމަ އޭނަ ގެންދެވޭނެތޯ އަހަންވެގެން” ފާރިޝް ބުނެލިއެވެ. އަހަރެން އެނދުމަތިން ތެދުވީމެވެ. “ހާދަ އަވަހަކަށް އޭނަ އޮފީހަށް ދާން އެއުޅެނީ…” އަހަރެން ހިތްހަމަނުޖެހުމާއި އެކު ބުނެލީމެވެ. “އަހަރެންވެސް ތިހެން ބުނެފިން… އެކަމަކު ގޮތެއް ދުލެއް ނުކުރި…. ކީއްކުރާނީ ދޯ… ބޭބެ ގޮތަށްތާ ކޮއްކޮވެސް ބޮޑުވާނީ.. އޭ މިވަގުތު ނެތޭ ހުރެވޭކަން… ދެވޭނެތަ… ނޫނީ މިކޮޅުން އަހަރެން ގޮތެއް ހަމަޖައްސަން ވީތަ” ފާރިޝް އަވަސްކަމާއި އެކު ބުނެލިއެވެ. އަހަރެންނަށް ދެވޭނެކަމަށް ބުނެ ފާހަނައަށް ވަދެ އަހަރެން ރެޑީވެލީމެވެ. އަދި އަވަހަށް ސައިކަލަށް އަރާ ސްޓާޓް ކޮށްލީމެވެ. ސައިކަލުގައި އިންއިރުވެސް އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައީ ހާނިމް އެދުވަހު އަހަރެން ކައިރީގައި ދެއްކި ވާހަކައެވެ. އޭނަ އެގޮތަށް ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އޭނަ އެބުނީ އޭނަގެ ވާހަކަ ހެއްޔެވެ.. އެހެންވެއްޖެނަމަ އޭނަ އެކަންތައް އެކުރަނީ މަޖުބޫރު ވެގެން ހެއްޔެވެ… އެމީހުން އޭނައަށް ބިރު ދައްކަނީ ހެއްޔެވެ.. އެކަމަކު ކީއްވެ ހެއްޔެވެ. ކޮންކަމެއް ވެގެން ހެއްޔެވެ. ހާނިމްއަކީ މީހެއް ދައްކާ ބިރަކަށް ހެއްލޭނެ މީހެއް ހެއްޔެވެ. އެހުރިހާ ސުވާލެއް އަހަރެންގެ ސިކުނޑި ކަމުންދިޔައެވެ. ބޮލަށް ކޮންމެވެސް ވަރަކަށް ތަދުވަމުން ދިޔައެވެ.
ސައިކަލް ގޭކައިރިއަށް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. އޭރު މަންމަ ބަދިގޭގައި ހެނދުނުގެ ސައި ހެދުމުގައި އުޅެމުންދިޔައެވެ. އަހަރެން މަންމަގެ ފަހަތުގައި ހުއްޓެލީމެވެ. “މަންމާ” އަހަރެން ގޮވާލީމެވެ. ސިހިގެން ގޮސްފައި މަންމަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދަރިފުޅާ… ހާދަ ހެނދުނަކާ… މަންމަ ހީކުރަނީ މިއީ ދަރިފުޅުމެން ކަހަލަ ކުދިން ނިދާ ގަޑިކަމަށް” މަންމަ މަސައްކަތަށް އެބުރިލަމުން ބުނެލިއެވެ. “އަހަރެން ކަހަލަ ކުއްޖެއް މިދުނިޔޭގައި އިތުރަކަށް ނުހުންނާނެ….މަންމަ ޓްވިންސް ނުވިހާ ކަމަށް ވަންޏާމު” އަހަރެން ބަދިގޭ ކަބަޑުގައި ލެގިލަމުން ބުނެލީމެވެ. އެވަގުތު މަންމަ ހީލިއަޑު އިވުނެވެ. މަންމަ ހުރީ ރޮށިފިހަން ކަމުން މަންމަ ހުރީ އަހަރެންނަށް ފުރަގަސްވާ ގޮތަށެވެ. “މާހެދުނަކާ އަނެއްކާ ކަމެއްވީތަ” ރޮށިފިހުން ކުޑަކޮށް މަޑުޖައްސާލުމަށްފަހު މަންމަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އެމޫނު މަތީގައި ވީ ހާސްކަން އަހަރެންނަށް ފެނިގެންދިޔައެވެ. “ނޫން ނޫން… ކަމެއް ނުވޭ… ފާރިޝް ގުޅާފައި ކޮއްކޮ އޮފީހަށް ގެންގޮސްދެވޭނެހޭ އެހީމަ އަހަރެން މިއައީ” އަހަރެން ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނީމެވެ. “ރިޔަލީ..” ކޮއްކޮގެ އަޑަށް އަހަރެން ސިހިފައި ބަލާލީމެވެ. އޭރު ކޮއްކޮ ހުރީ ތައްޔާރުވެގެން އައިސްއެވެ. “މަންމަ ބަރަށް ބިރުގަނޭ… ބުނެފީމޭ ޝާމާ ކައިރީގައި އަދި ނުގޮސް މަޑުކުރާށޭ…. އެކަމަކު އަޑެއް ނޭހި” މަންމަ ބުނެލިއެވެ. “ދެރަނުވޭ މަންމާ… ދެން ކޮއްކޮއަށް އެއްވެސް މީހަކު އަނިޔާއެއް ނުކުރާނެ… އައި ޕްރޮމިސް” އަހަރެން މަންމަގެ ހާސްކަން ފިލުވާލުގެ ގޮތުން ބުނީމެވެ. “ޔާ ކާކު މަށަށް އަނިޔާ ކުރަން ކެރޭނީ… އަހަރެން ބުނާނަން އަހަރެންނާއި ދިމާކުރާ މީހެއް ކައިރީގައި އަހަރެންގެ ބޭބެއަކީ ގޭންގް މެންބަރެކޭ” ކޮއްކޮ ފަހުރު ވެރިވާގޮތަށް ބުނެލިއެވެ. “ނޫން ތިކަހަލަ އެއްވެސް ވާހަކައެއް ކޮއްކޮ އެއްވެސް މީހެއް ކައިރީގައި ބުނެގެން ނުވާނެ… އެހެންނޫނީ އެހެންމީހުން ކޮއްކޮއާއި ދޭތެރޭގައި ދެކޭގޮތް ބަދަލުވާނެ… އެކަމަކު އަހަރެން ޔަގީންކަންދެން ދެން އެއްވެސް މީހަކު ކޮއްކޮއާއި ދިމައެއް ނުކުރާނެ” އަހަރެން ބުނެލީމެވެ. މަންމަ ހީލިއެވެ. އަހަރެން މަންމައަށް ހީލުމަށްފަހު ކޮއްކޮ ގޮވައިގެން ބޭރަށް ނިކުތީމެވެ.
“އަސްލުވެސް އަދި މާ އަވަސް ކޮއްކޮ ވަޒީފާއަށް ނިކުންނަން… އަދި ދުވަސްކޮޅަކު ގޭގައި މަޑުކޮށްލިނަމަ” އަހަރެން ސައިކަލް ނައްޓާލަމުން ބުނީމެވެ. “ދޮންބެވެސް ދެން ތިހެން ނުކިޔަބަލަ… ފާރިޝްއާއި މަންމަގެ ކޮޅަށްތަ އަބަދު ދޮންބެ ހުންނަން ޖެހެނީ” ކޮއްކޮ ބުނެލިއެވެ. “މަންމައާއި ފާރިޝް އެދައްކަނީ ރަނގަޅު ވާހަކައޭ ކޮއްކޯ” އަހަރެން ކޮއްކޮއަށް ވިސްނާދިނުމުގެ ގޮތުން ބުނެލީމެވެ. “އަހަރެން ބޭނުމެއްނޫން ބިރުން ގޭގައި އިންނަ މީހަކަށް ވާކަށެއް… ބިރުން ގޭގައި ވަޒީފާއަށް ނުގޮސް އިންނަ ނަމަ އެމީހުންނަށް ލިބިގެންދާނީ މާ އެދެވޭ މެސެޖްއެއް ނޫން… އެހެންނޫނަސް އަހަރެން އެމީހުންދެކެ ބިރެއް ނުގަނޭ… ދޮންބެ ތިހުރީނުން… އަހަރެން ސަލާމަތް ކޮށްދެން” އަހަރެންގެ ކޮނޑުގައި ހިފަހައްޓާލަމުން ކޮއްކޮ ބުނެލިއެވެ. “ދޮންބެ ހުއްޓޭ ކިޔާފަ ކޮއްކޮވީ އަލިފާނަން ވެސް ފުއްމާލަންތަ… ކޮއްކޮއަށް އެނގޭނެ އޭރުން ހަމަރަނގަޅަށްވެސް ފިހޭނެކަން” އަހަރެން ބުނީމެވެ. “ޕްލީޒް… ތިގޮތަށް މިސާލު ޖެހިޔަސް އަހަރެންނަކަށް ނޭނގޭނެ ތިބުނަން އުޅޭ ވާހަކައެއް…” ކޮއްކޮ ހިނިތުންވެލަމުން ބުނެލިއެވެ. “ދޮންބެ މިބުނަނީ ކޮއްކޮ ކޮންމެ ކަމެއް ކުރިޔަސް އަމިއްލައަށް ނަފްސަށް ބަލަން ޖެހޭނެ ނޫންހޭ… ދޮންބެ ހުއްޓޭ ކިޔާފަ ތިގޮތަށް ކަންތައް ކޮށްގެން ކޮއްކޮއަށް ގެއްލުމެއް ލިބޭ ދުވަހަކުން ދޮންބެ ނުލާހިކު ދެރަވާނޭ” ވާހަކަ އެހާ ހިސާބަށް ދިޔައިރު ކޮއްކޮގެ އޮފީސް ކައިރިއަށް އާދެވިއްޖެއެވެ. “އަހަރެންނަށް އެއްވެސް ކަމެއް ނުވާނެ.. ޑޯންޓް ވޮރީ.. ލަވް ޔޫ” ކޮއްކޮ އެހެން ބުނެލަމުން އޮފީސް އެތެރެއަށް ވަދެގެން ދިޔައެވެ. ކޮއްކޮ އަހަރެންގެ ލޯ ކުރިމަތިން ގެއްލުމުން އަހަރެން ސައިކަލް ސްޓާޓް ކޮއްލީމެވެ.
ކޮއްކޮ އޮފީހަށް ލުމަށްފަހު އަހަރެން އައީ އަހަރެންގެ ރޫމްއަށެވެ. އެތަނުގައި އަހަރެން ދެން ކުރަން ހުރި ކަންތައް ކުރުމުގެ ގޮތުން ރެޑީވެލީމެވެ. އަދި އަވަހަށް ބޭރަށް ނިކުމެ ސައިކަލުގައި ނައްޓާލީމެވެ. އަހަރެން މަޑުކޮށްލީ ނިހާދު އާއި ބައްދަލު ކުރުމަށް އަހަރެން ދިޔަ ގެ ގައިރިއަށެވެ. ތަންކޮޅެއް ދުރުގައި ސައިކަލް ޕާކްކޮށްލުމަށްފަހު އަވަހަށް ގޮސް އެގޭ ދޮރުގައި ޓަކި ޖަހައިފީމެވެ. އެވަގުތު އެތެރެއިން ހޮޅުވީ މާޒިންއެވެ. “ޝާމް” އަހަރެން ފެނުމާއި އެކު މާޒިން ގޮވާލިއެވެ. “ބުނީމެންނުން އަންނާށޭ” އަހަރެން އެތެރެއަށް ވަންނަމުން ބުނީމެވެ. “ޔާ އާދޭ… އެތެރެއަށް ހިނގާ… ނިހާދު އެބައުޅޭ އެތެރޭގައި… “މާޒިން އެހެން ބުނެލަމުން އެތެރެއަށް ހިގައިގަތެވެ. ކުރިން ދުވަހު އަހަރެން ވަތް ކޮޓަރިއަށް ވަނީމެވެ. ނިހާދު ކައިރީގައި އޭރު ގްރޫޕް ކުއްޖެއް މަޑުކޮށްލައިގެން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. މެދުގައި ހުރި މޭޒުމަތީގައި ބޮޑު ޗާޓެއް ފަތުރާލާފައި އޮތް އިރު އެމީހުން ކޮންމެވެސް އެއްޗެހި ތަކެއް ފާހަގަ ކުރަމުން ގެންދިޔައެވެ. ނަމަވެސް އަހަރެން ވަނުމާއި އެކު ދެމީހުންވެސް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. “ޝާމް އަހަރުމެންނަށް މިކަމުގައި އެހީވަން ބޭނުމޯ” މާޒިން އެތެރެއަށް ވަދެ ގޮޑިއެއް ދަމާލަމުން އިށީނަމުން ނިހާދުއަށް ބުނެލިއެވެ. ނިހާދު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އޭނަގެ ފަހަތުގައި ހުރި ގޮޑީގައި އިށީދެލިއެވެ. އެތަނުގައި ހުރި އަނެއް ކުއްޖާ މޭޒުގައި ދެއަތް އަޅުވާލިއެވެ.
އެމީހުންގެ ބެލުންތަކުން އަހަރެންނަށް އުދަގޫވާން ފެށިއެވެ. އެހެންކަމުން އެތަނުގައި ނުހުރެ އަހަރެން ކައިރިވެލީ ހާނިމްގެ ފޮޓޯތަކުން ފުރިފައިހުރި ފާރު ކައިރިއަށެވެ. އަދި އެތަނުން ފޮޓޮ އެއް ނައްޓާލަމުން މާޒިން އާއި ދިމާލަށް ބަލާލިމެވެ. “އަހަރެން މާޒިންމެންނަށް އެހީވާނީ ގޮތެއްގެ މަތިން” މޭމަތީގައި އަތް ޖައްސާލަމުން އަހަރެން ވާހަކަ ދެއްކީމެވެ. “ކޮބާ ބޭނުމަކީ… އަހަރުމެންނަށް އެހީވުމުގެ” ނިހާދުގެ ބަރު އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. އަހަރެން ނިހާދު އާއި ދިމާލަށް ބަލާލީމެވެ. “އޭނައާއި ހެދި އަހަރެންގެ ކޮއްކޮއަށް އަނިޔާ ލިބުނީ.. އެކަމުގެ ބަދަލު ހިފަން އަހަރެން ބޭނުންވަނީ” އަހަރެން ބުނީމެވެ. “އެކަމަކު އޭނައެއް ނޫން އަނިޔާ ދިނީ.. އަޔާޒް” ނިހާދު ބުނެލިއެވެ. “އަހަރެންވެސް ބުނީ ތިހެން… އެކަމަކު އޭނަ ބުނީ މައުލޫމާތު ދިނީ ހާނިމްއޯ” މާޒިން ބުނެލިއެވެ. “ކިހިނެއްތަ އެކަން އެނގެނީ” ނިހާދު ބުނެލިއެވެ. “އަހަރެންނަށް ޔަގީން.. އެއީ ޕޮލިހުންގެ އިންފޮމޭޝަން ދޭ ކެރުނު މީހަކަށް އެތަނުގައި ކުރިން އުޅުނު މީހެއްގެ އިންފޮމޭޝަން ދޭން ނުކެރެންވީ ކީއްވެ” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. “އެކަމަކު” “އެކަމަކު ކިޔާނެ ކަމެއްނެތް… އަހަރެން ހީކުރީ ކަލޭމެން އަހަރެންގެ އެހީ ބޭނުންވާ ކަމަށް… ބޭނުން ނޫން ކަމަށް ވަންޏާމު އަހަރެން ދަނީ… އަހަރެން ނެތިން އެހެން ނޫނަސް މިތަނުގައި ހުންނާކަށް” އެހެން ބުނެލުމަށްފަހު އަތުގައި އޮތް ފޮޓޯ އެއްލާލަމުން އެތަނުން ނިކުތުމަށް ހިގައިގަތީމެވެ. “މަޑުކުރޭ ޝާމް” އަހަރެން ދޮރުން ބޭރަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓުން އެރީ މާޒިންގެ އަޑަށެވެ. އަހަރެން އެބުރި ބަލާލީމެވެ. “ކަމޯން މޭން… މިއީ އަހަރުމެންނަށް ލިބުނު ރަނުގެ ފުރުސަތެއް… ޝާމް އެހީވެއްޖެ ނަމަ އަހަރުމެންނަށް މިކަން މިހަފްތާ ތެރޭގައި ނިންމާލެވޭނެ” މާޒިން ނިހާދު އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ނިހާދު އަހަރެންނާއި ދިމާލަށް ބަލާލީމއެވެ. އަދި ބޯޖަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ.
“ކުރިންވެސް ބުނިހެން އހަރެން ކަލޭމެންނަށް އެހީވާނީ ގޮތެއްގެ މަތިން” އަހަރެން އެމީހުންނާއި ކައިރިއަށް އަންނަމުން ބުނެލީމެވެ. “ކޮން ގޮތެއް” މާޒިން ކައިރީގައި ހުއްޓިލައިގެން ހުރި ކުއްޖާ އަހާލިއެވެ. “އަހަރެންގެ ދެތިން ޝަރުތެއް އެބައުޅޭ… އެކަމަށް އެއްބަސް ނުވާކަމަށް ވަންޏާމު އަހަރެންނަށް ތިމީހުންނަށް އެހީވެވޭކަން ނުއޮންނާނެ” އަހަރެން ބުނީމެވެ. “ފައިން… ކޮބާ ޝަރުތަކީ” މާޒިން ބުނެލިއެވެ. އަހަރެން ހާނިމްގެ ފޮޓޯތަށް ހުރި ފާރާއި ދިމާލަށް ހިގައިގަތީމެވެ. “އޭނައަށް ހަމަލާދިނުމަށްފަހު އޭނަގެ އާއިލާއަށް އެއްވެސް ގޮތަކުން ގެއްލުމެއް ދީގެން ނުވާނެ” އެތަނުގައި އިން އޭނަގެ ފެމެލީގެ ފޮޓޮއެއް ނަގަމުން އެދައްކާލަމުން އަހަރެން ބުނީމެވެ. “އޭނަގެ އާއިލާއަށް އެއްވެސް ކަހަލަ ގެއްލުމެއް ދޭން ނިންމިޔަސް… އަހަރެން ކަލޭމެންނަށް އެހީއެއް ނުވާނަން” އެފޮޓޯ ވީދާލަމުން އަހަރެން ބުނީމެވެ. “ދެވަނަ ޝަރުތަކީ” ނިހާދު ހަށަން ބަދެލަމުން އަހާލިއެވެ. “ހާނިމްއާއި ބެހޭގޮތުން ކަލޭމެންނަށް އެނގޭ ހުރިހާ އެއްޗެއް.. އަހަރެންނަށް ކިޔައިދޭންވާނެ.. އެއީ ޕްލޭންއެއް ހެދުމަށް ދެފަރާތުގެ މައުލޫމާތު މުހިއްމު ވާނެތީ” އަހަރެން ބުނީމެވެ. “ދެން” މާޒިން ބުނެލިއެވެ. “އެންމެ ފުރަތަމަ އޭނަ ގަޔަށް ވަޅި ހަރާ މީހަކީ އަހަރެން ކަމުގައި ވާން އަހަރެން ބޭނުންވަނީ… ސަބަބަކީ އަހަރެން ބޭނުން އެވަގުތު އޭނަގެ މޫނަށް އަރާ ހުރިހާ ކުލައެއް ބަލަން” އަހަރެން މޭޒުކައިރީގައި ހުއްޓިލަމުން ތިންމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ބުނެލީމެވެ.
ނުނިމޭ…
19 Comments!
Comments are closed.
hurihaa kudin nah mi baives kamudhaane kamah heekuran… 🙂 hurihaa kudinge hiyaalu thakah maruhabaa 🙂
Wow
thnks Aisha 🙂
Woooooow..so nice…waiting for next part….keep it up dear…
thnks niz v bodah 🙂
so nice. asluves mi vaahaka kiyamun dhaairu heevany filmeh beleyhen, hurihaa mn ves sifa vey. v v v v v nice. keep it up.
thnks faath v bodah 🙂
wowwww…… keep it up …. 🙂 v happy vey mihaa dhigu koh up kohdheythy
thnks mee bodu koh 🙂
mihaa dhigu veema kiyaa nimey iru boluga rissa.make it lil short.
thnks umm.. thi point ah visnaalaanan igey dear 🙂
Reethi. ekamaku ryn ge vaahaka thahhaa reehche noon. ryn is the best . Fantacy akah eyna aa eh fen varakah nuliyevey
thnks anonymous 🙂 heheh.. ya masha allah ryn aky v reechah vaahaka liyaa kujjeh dhoo.. 🙂 fantasy eh ves kujjakh vureh molhah liyaakah nuvisnan igey dear.. ekam eh faharah vureh aneh faaharu liyaa iru fantasy ge vaahaka ragalhah husha alhaa dheyveytho balan 🙂
Noon. Dhigu koh beynumee
🙂 anonymous.. lolss 🙂
Wow… vvvv nice…
nxt part vx avahah up kohdhehchey:)
thnks emi 🙂
wow!! this part is amazing too! 😀 and Hanim sir maraalan tha e u;heny? o.O oh.. ekam maraakulaa vx adhabu dheveyne ehnu Fantasyyyyyyy. hehe 😉 just kidding.
when is the next part?? miadhu up nukuramehnu 24th vana bayeh Fantasyyyyyy 😉
thnks faxoo dear.. faxoo ge lobi comment eh feneytho v beley 😉 v happy vejje thihaa lobi comment eh koh leema 🙂 ya iyye vaahaka up nukurevuny.. ekam nw koh fin igey dear 🙂