Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ރާނީ

Jai Level 1
December 31, 2015 10 Mins Read
38 Comments

އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އެ ހުރީ އަހަރެންގެ ހިތުގެ ރާނީއެވެ. ހަށިގަނޑުގެ ފުރާނައެވެ. އަހަރެންގެ ލޯބީގެ ބަގީޗާގައި ފޮޅުވަން ބޭނުންވާ ހަމައެކަނި މަލެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ޤުދުރަތުގެ ހިތްގައިމު މަންޒަރުން ލައިޝާ އުފަލާއި ހިތްހަމަޖެހުން ހޯދަމުންދާއިރު އެ އަޖައިބެއްފަދަ ރީތި ހިނިތުންވުމުން އަހަރެން އުފަލާއި ހިތްހަމަޖެހުން ހޯދަމެވެ. އެހެނަސް ސިއްރުންނެވެ. ލައިޝާއަށާއި މުޅިދުނިޔެއަށްވެސް ސިއްރުންނެވެ. ހިތިފަތު ބުމައަކާއި، ބޮޑު ދެލޮލާއި، އެންމެ އެކަށޭނަ ވަރުގެ ނޭފަތާއި ފިޔާތޮށި ކުލައިގެ ތުންފަތުގެ ވެރިޔާ ލައިޝާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ދެވިފައިވާ ނަމެވެ. ނަމަވެސް އަހަރެންގެ ބަސްނާހާ ހިތަށް ބާރުފޯރުވުމުގައި އަހަރެންވީ ނާކާމިޔާބެވެ. އެކުވެރިކަމަށް ވުރެ ގާތް އިޙުސާސްތަކެއް ލައިޝާއާމެދު މިހިތުގައި އުފެދުނެވެ. ކިތަންމެ ބަދަލުކުރަން ބޭނުންވިޔަސް އެއީ އަހަރެންގެ މިހަޔާތުގައިވާ އެންމެ ހިތި ޙަޤީޤަތެވެ. ލައިޝާގެ ކޮންމެ ދުވަހެއްގެ ތާވަލް އަހަންނަށް އިނގެއެވެ. ލައިޝާއާ ބެހޭގޮތުން އަހަންނަށް ޖަވާބު ނުދެވޭ ވަރުގެ ސުވާލެއް އެހެން މީހަކަށް ނުކުރެވޭނެއެވެ. ހަމައެގޮތަށް އިރުއޮއްސޭ މަންޒަރު ބަލަން ލައިޝާ ބޭނުންވަނީ އެއްވެސް މީހެއްގެ ހިލަމެއްނުވާ ހިސާބެއްގައި އެކަނިހުރެކަން ވެސް އަހަންނަށް އިނގެއެވެ. މިގޮތަށް ކޮންމެ ދުވަހަކު ލައިޝާއަށް ބަލަން މީހަކު ހުންނަކަން އިނގޭނަމަ މިހާރު އެކަން އޭނަ ހުއްޓާލައިފީހެވެ. އެހެނަސް މިހިތްވަނީ އަހަރެންގެ އިޚުތިޔާރުން ބޭރުވެފައެވެ.

“ޕޮއް”

“މަންމާ……. ޝާންގަނޑާ….. ބިރުން ގޮސް ހިތްނުހުއްޓުނުކަން ނަސީބެއްނު” ކުނިކަހަން އޮތް ލައިޝާ އަށް އިލޮށިފަތިވެސް ހޫރާލެވުނެވެ.

“ލައިގެ އެއް ހިތްހުއްޓުނަސް މި ހަށިގަނޑުގައި އެބައޮތޭ ދެވަނަހިތް” މާނައިން ފުރިގެންވި ޖުމްލައެއް ބުނަމުން އަހަރެން މިސްރާބުޖެހީ ބަނބުކެޔޮ ގަހުގައި އެލުވާފައި އިން ޖޯއްޔާއި ދިމާއަށެވެ. އާދައިގެ މަތީން ލައިޝާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެންގެ ފަރާތުން މިކަހަލަ އެތައް ޖުމްލައެއް އޭނައަށް ވާނީ އަޑުއިވިފައެވެ. ނަމަވެސް އޭގެއިން ނަގަންވީ މާނައެއް ލައިޝާއަކަށް ނުވިސްނެއެވެ. އަހަރެން ކައިރީ އެހުމަކީ ބޭކާރުކަމެއްކަން އޭނާއަށް އިނގޭނެއެވެ.

“އާދޭ ވަޅިއެއް ހިފައިގެން އަހަރެންގެ ބަނޑުފަޅަން. އޭރުން މާނަ އެނގިދާނެ” ލައިޝާއާއި ދިމާއަށް އެއްލޯ މަރާލަމުން ބުނެލީމެވެ. ވަގުތުން ލައިޝާ އޭނަ ކުރަންހުރި މަސައްކަތަށް ރުޖޫޢަވިއެވެ.

“އަހަންނެއް ނާހަމެއްނު މާނައެއް؟ އެހެންނޫނަސް ބޭނުމެއްވެސް ނޫން މާނަ ހޯދާކަށްވެސް” ކުނިކަހަން އޮވެފައި ތުން އަނބުރާލަމުން ލައިޝާ ރައްދުދިނެވެ.

“އެހެންވިއްޔާ ގެއަށް އަންނަ މެހެމާނުންނަށް ކަމޭހިތަން މަންމަ ދަސްކޮށްދިންތަ؟” ލައިޝާގެ ރުޅިގަނޑު ހިލުވާލާހިތުން ބުނެލީމެވެ.

“ތީ މެހެމާނެއްނޫން މެހެމާބުރެއް” އަހަރެންގެ މަޤްސަދު ހާސިލްވާން ފެށިއެވެ.

“މެހެމާބުރެއްނޫން އެކަމު ތިމަލުގެ ފޮނިކަމަށް ފެންބޮވައިގެންފައިވާ މާބުރެއް” އަނެއްކާވެސް އަހަރެންގެ ޖުމްލައިން ލައިޝާގެ މަސައްކަތް ހުއްޓުނެވެ.

“ކީކޭ..؟؟؟؟” އެބޮޑު ދެލޯ އިތުރަށް ބޮޑުކޮށްލަމުން ލައިޝާ އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.

“މިބުނީ މާބުރު އުޅޭނީ މާބަގީޗާގައި އެކަންޏޭ…….” އަހަރެން ބޯކަހާލަމުން ބުނެލީމެވެ. އަދި އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން ލައިޝާގެ މަންމައަށް ގޮވަމުން ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ.

***********************

ގަޑިން ރޭގަނޑުގެ ނުވައެއް ޖެހުމާއެކު ސްޓޭޖްމަތި އެކި ކުލަކުލައިގެ ބޮކިތަކުން ދިއްލިގެން ދިޔައެވެ. އަތޮޅު ވޮލީ މުބާރާތުން ރަށަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަށުގެ އުތުރު ސްޓޭޖްގައި އޮތް ހަރަކާތްތައް ބެލުމަށް ގޮސް އަހަންނާއި ލައިޝާ ތިބީ މީހުންނާއި ތަންކޮޅެއް ދުރުގައެވެ. އެއީ އަހަރެންވެސް އަދި ލައިޝާވެސް ބޭނުންވާ ގޮތެވެ. އަހަރެމެން ދެމީހުންގެ މިގާތް ދިގުމުއްދަތުގެ ގުޅުމުގެ ސިއްރަކީ މިޒާޖުގައި ހުންނަ މިފަދަ އެއްގޮތް ކަންތައްތަކެވެ. ރަށުގެ ޒުވާން ގްރޫޕްގެ ސަގާފީ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ވަރަށް ފޯރިއާއެކުއެވެ. ބޮޑުބެރުގެ ހަރަކާތްތަކަށް ބަލަން ހުއްޓާ އަހަރެންގެ ސަމާލުކަން އަތުލައިގަތީ އެއްދިމާއަކަށް ހުއްޓި ހުރި ލައިޝާގެ ނަޒަރެވެ. ކިތަންމެ ބަލާހިތުން އެއްޗެސް ބަލަން ހުއްޓަސް އިރުއިރުކޮޅުން އެކި ދިމަދިމާއަށް ބެލުމަކީ ލައިޝާގެ އާދައެކެވެ. އެކަމާހެދި އެތައް ދުވަހަކު ލައިޝާ ގޮވައިގެން އަހަރެން ގެއަށްވެސް އަންނަމެވެ. އަހަރެންގެ ހިތުގައި ރިހެން ފެށީ ލައިޝާގެ ނަޒަރު ހުއްޓިފައި ހުރި ދިމާލަށް ބަލާލުމުންނެވެ. ބޮޑުބެރު ގްރޫޕްގައި ބައިވެރިވުމަށް ކައިރި ރަށަކުން ގެނެވުނު އެޒުވާނާ އަކީ ބޮޑުބެރުގެ ތެރެއިން އަހަންނަށް ލިބުނު އެކުވެރިއެކެވެ. މީގެ ދެއަހަރު ކުރިން އަހަރެން ބޮޑުބެރު ޖެހުން ހުއްޓާލީ ރަށުގެ އެތައް ބަޔަކާއި އާއިލާގެ އާދޭހަށް ބީރުކަންފަތެއް ދެމުންނެވެ.

“ކަނބުލޯ………………. މަރުމަވަންތަ……… މޮޔަމަވަންތަ…..”

އިވެމުންދިޔަ ލަވައާއެކު އަހަރެންގެ ހިތަށް ވެރިވެގެން ދިޔައީ ކުރީގެ ހަނދާނެކެވެ. އެއީ ރަށުގެ އެންމެންގެ ހިތްތަކާއި ކުޅެލާ ދެލަވައިގެ ތެރެއިން އެއްލަވައެވެ. އެލަވައިގައި ކަނބުލޮ ކިޔާ ކޮންމެ ތަނަކަށް އަހަރެން ކިޔަނީ ލައިޝާގެ ނަން ލައިގެންނެވެ. އޭގެ ސަބަބުން ރަށުގެ މުސްކުޅި ފުރައިގެ މީހުންވެސް ލައިޝާ ފެންނައިރަށް އެލަވަ ކިޔައި އޭނައާ ދިމާކުރެއެވެ. އެކަމުގެ ހުރިހާ ރޯޅިއެއް އަހަންނަށް ބޭލިނަމަވެސް ދުވަހަކުވެސް އެގޮތަށް އެލަވަ ނުކިއުމަށް އަހަރެންގާތު ލައިޝާ އެދިފައެއް ނުވެއެވެ.

“ލައިޝާ…………………….. މޮޔަމަވަންތަ…… މަރުމަވަންތަ…………

ޝާއްބަކަން ހާމަވާ ތިޔަފަދަ ނަލަ ސޫރައެއް…..

ވާހިތުން ޤުރުބާންވެސް ތިޔަ ލޯތްބަށް ވާނަމޭ…….

އަޅެ…ދޭހިތުން ދީފިއްޔާ ރަނަކަށް މަ ހަދާނަމޭ……..

ރަންރިއްސާ ޖަވާހިރުން ގުނަވަންތައް ފުރާނަމޭ……

ހޭ… ޝާއްބަކަން ހާމަވާ ތިޔަފަދަ ނަލަ ސޫރައެއް……

ވާހިތުން ޤުރުބާންވެސް ތިޔަ ލޯތްބަށް ވާނަމޭ…….

ހެ… ދޭހިތުން ދީފިއްޔާ ރަނަކަށް މަ ހަދާނަމޭ……

ރަންރިއްސާ ޖަވާހިރުން ގުނަވަންތައް ފުރާނަމޭ……

އޭ…ލައިޝާ ލައިޝާ މިކަމަ ނުރުހި ކިއެވެގެންތަ……

ދޮން ލައިޝާ މިކަމަ ފިކުރު ނުކުރި ކިއެވެގެންތަ….

އޭ…ލައިޝާ ލައިޝާ މިކަމަ ނުރުހި ކިއެވެގެންތަ……

ދޮން ލައިޝާ މިކަމަ ފިކުރު ނުކުރި ކިއެވެގެންތަ…..

މޮޔަމަވަންތަ……. މަރުމަވަންތަ…… މޮޔަމަވަންތަ……. މަރުމަވަންތަ…….”

އަހަންނަށް ހޭވެރިކަންވީ ރައްޓެއްސަކު ކައިރިން ދަމުން ކޮނޑުގައި ޖަހާލުމުންނެވެ. އެކުވެރިޔާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި ބަލާލިއިރު އަދިވެސް ލައިޝާ ހުރީ އެޒުވާނާއަށް ބަލާށެވެ. އުދަނގުލުން ނަމަވެސް ހިންދިރުވާލީމެވެ. އަދި ލައިޝާގެ ކަންފަތް ކައިރިއަށް ގުދުވެލާފައި “ސެޓް ކޮށްދެންވީހޭ” އަހާލީމެވެ. ސިއްސައިގެން ދިޔަ ލައިޝާ އޭނަގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލިއެވެ. ބާކީ އޮތް ވަގުތުތައް އަހަރެން ދުއްވާލީ ލައިޝާއާއި ދިމާކުރުމުގައެވެ.

*********************

ރަށުގެ ބޯޅަދަނޑުގެ ފާރުމަތީގައި އަހަރެން އިނީ ރުހާމްއާ އެކުއެވެ. މެންދުރުގެ އެގަދަ ހޫނުން ހަށިގަނޑަށް ފިނިކަމެއް ހޯދުމަށް ރެޑްބުލް ދެދަޅު ހުސްކުރަމުން ވާހަކައިގެން ކުރިއަށްދިޔައީމެވެ.

“ސޯ މިކަމާ ކީކޭ ބުނަނީ…؟” ދުރަށް ނަޒަރު ހުއްޓާލަމުން ރުހާމް ކައިރީ އަހާލީމެވެ،

“ބްރޯ ހަމަ ޔަޤީންތަ ތީ އެންމެ ފަހުގެ ނިންމުންކަން….؟” ރުހާމްވެސް ކުރީ ސުވާލެކެވެ.

ޖަވާބުގައި އަހަރެން މަތިން ތިރިއަށް ބޯހަރަކާތް ކޮށްލީމެވެ. އެހެނަސް އެއީ އަހަރެންގެ ހަޔާތުގައިވެސް އެލުއިލުއި ހަރަކާތް ކޮށްލަން އެންމެ އުދަނގޫވި ފަހަރެވެ. ރުހާމްއާ ހަތަރުކަޅި ހަމަނުކުރަން އަހަރެން މަސައްކަތް ކުރާކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. ދެން އިވުނީ އަހަރެންގެ ހިތަށް އެއްފަހަރާ އެތައް ސަތޭކަ ތީރު ހެރުނަސް ތަދުނުވާނެ މިންވަރަށް ތަދުކުރުވި ޖުމްލައެކެވެ.

“އޯކޭ…އަހަރެން މިރޭ… ލައި އާ ބައްދަލުކޮށް…. ލޯބިވާ… ވާހަކަ ބުނާނަން………” ލަފްޒްތައް ވަކިވަކިން ބޭރުވި އެޖުމްލަ ބުނަން ރުހާމްއަށްވެސް ފަސޭހައެއް ނޫންކަން އަހަންނަށް އިޙުސާސްކުރެވުނެވެ.

ބުރުހަމަ ސާފު ހަނދަށް ބަލަން އަހަންނާއި ލައިޝާ ތިބީ އަތިރިމަތީ ދޮންވެލިގަނޑު މަތީގައެވެ. އެހަނދަށް ކަޅުވިލާ ވެރިވެގެން ދިޔަ ވަގުތު އަހަންނަށް ލޯމަރާލެވުނެވެ. އެމަންޒަރު ބަލަން ކެތްނުވީއެވެ. އެކަމަކު އެއީ ދުނިޔޭގެ އާދައެވެ. އިންސާނުންގެ އުފާވެރިކަމަށް އެފަދައިން ކަޅުކަން ވެރިވެގެންދަނީ ނުވެސް އެނގި ތިއްބާއެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުން ލައިޝާގެ ފަން އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. އެރީތި ސޫރައަށް ކިތަންމެ ވަރަކަށް ބެލިއަސް އަހަންނެއް ފޫއްސެއް ނުވާނެއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއެވެ! ހިތްތައް ކަތިލާނެ ފަދަ ފަރިކަމެކެވެ. ލޯބިންގޮސް ދީވާނާ ކޮށްލާފަދަ ރީތިކަމެކެވެ. މާޝަﷲ! އެންމެހައި އެސްފީނައިން ސަލާމަތް ކުރައްވާށިއެވެ! ގެނބެމުން ދިޔަ ލޯބީގެ ކަނޑުން އެރުނީ މީހަކު ކަރުކެހިލި އަޑުންނެވެ. ދެމީހުންނަށް އެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނެވެ. އޭރު ރުހާމް ހުރީ ފަހަތުގައި ހުއްޓިލައިގެން ފަޓްލޫނުގެ ޖީބަށް އަތްޖަހާލައިގެންނެވެ. އަހަންނާއި ލައިޝާ އެކުއެކީހެން ތެދުވީމެވެ. އަދި ރުހާމްއަށް ނިތްއަރުވާލަމުން އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ނަމަވެސް ނެގި ފުރަތަމަ ފިޔަވަޅާއެކު އަހަންނަށް ހުއްޓެން މަޖުބޫރުވީ ލައިޝާގެ ދެއަތުން އަހަރެންގެ ކަނާތުގައި ހިފެހެއްޓުމުންނެވެ.

“ކޮންމެ ވާހަކައެއް ދެއްކިއަސް ޝާން މިތާ ހުންނަން އަހަރެން ބޭނުން. ޝާން އަށް ސިއްރުކުރާ ވަރުގެ ވާހަކައެއް އަހަރެންގެ ކައިރީގައި އެކަކަށްވެސް ނުދެއްކޭނެ.” ލައިޝާގެ އަޑުގައި ވަނީ ޔަޤީންކަމާއި ސާބިތުކަމެވެ. ކިތަންމެ ބޭނުންވިއަސް އެ ނިންމުމާއި ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން ދެކޮނޑު އަރުވާލާފައި މަޑުކުރީއެވެ. ކުޑަ ހިނިތުންވުމަކާއެކު ރުހާމް އޭނަގެ ވާހަކަ ފެށިއެވެ.

“ފަހަރެއްގަ ވެދާނެ ލައިއަށް އަހަރެން ފެނުނީ ރޭގަކަމަށް. އެކަމަކު އަހަންނަށް ލައި ފެނުނުތާ ހަތަރު މަސް ވެދާނެ. ފުރަތަމަ ނަޒަރުންވެސް ތި އަންހެންކުއްޖާ އަހަންނަށް ޚާއްޞަވި. އެހެންޏާ ނުކުރެވޭކަހަލަ ކިތަންމެ އިޙުޞާސެއް ލައި ފެނުމުން އަހަންނަށް ކުރެވޭ. އަހަރެންގެ ނަޒަރުގައި އެއިޙުޞާސްތަކުގެ އަސްލަކީ ލޯބި. އަހަންނަށް ލައި ދެކެ ލޯބިވެވިއްޖެ. އަހަރެން ބޭނުން ލައިއާ އެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެން. އެކަމު އެއީ ލައި އެ ފުރުޞަތު އަހަންނަށް ދީފިއްޔާ. ސޯ ވިލް ޔޫ ބީ މައިން ޕްލީޒް….؟” ރުހާމްގެ އެލަފްޒުތަކުން އަހަރެންގެ ހިތުގައި ވިކަމުން ދިޔަ ނަމަވެސް ކެތްކުރެވޭނެ އެންމެ މައްޗަކަށް އަހަރެން ކެތްކުރީމެވެ. އޭރު ލައިޝާގެ ނަޒަރު ހުރީ އަހަންނަށް އަމާޒުވެފައެވެ. އެމޫނު މަތީން ފެންނަމުންދާ ކުލަވަރުތައް ދެނެގަނެވޭ ވަރަށް ވުރެ އަހަރެންގެ ހިތުގެ ހާލު މާބޮޑެވެ. ދެމީހުން ސިހުނީ ރުހާމްގެ އަޑުންނެވެ.

“އަދި އެއްވާހަކަ ނުބުނެވޭ ދޯ. އަހަންނަށް ލައި އެންމެ ފުރަތަމަ ފެނުނީ އަހަރެމެން ރަށުގައި އޮތް އެކުވެރިކަމުގެ ވޮލީމެޗެއް ބަލަން ޝާންއާއެކު ލައި ދިޔަދުވަހެއްގައި. އެދުވަހުން ފެށިގެން މިހިތުގެ ހާލު ޝާން އަށް އިނގޭނެ. އެކަމު އަހަރެން މިކަން ކުރަން ބޭނުންވި ގޮތަށް ކުރުމަށް އޭނަ ދޫކޮށްލީ….” ރުހާމްގެ ވާހަކަ ނިމުމާއެކު އަނެއްކާވެސް ލައިޝާ ބަލާލީ އަހަންނާއި ދިމާއަށެވެ. އެހެނަސް މިފަހަރު އޭނައާއި ހަތަރުކަޅި ހަމަކުރަން އަހަރެންގެ ޟަމީރު ދެކޮޅު ހެދިއެވެ. ބިންމައްޗަށް ނަޒަރު ހުއްޓާލަމުން ލައިޝާގެ ހިތުގައި އުފެދޭނެ ސުވާލުތަކަށް ޖަވާބުދިނީމެވެ.

“އަހަރެން އަބަދުވެސް ބުނަން އަހަރެމެން ދެމީހުން ކިތަންމެ ގާތްވިޔަސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތައް ނިންމާނީ އެމީހަކު އަމިއްލައަށޭ. އަނެއް މީހާ ދޭނީ ލަފައޭ. ކިތަންމެ ގާތްކޮށް މިއަދު އުޅުނަސް އަހަރެމެން ދެމީހުންވެސް ވަކިވާނެ ދުވަހެއް އަންނާނެއޭ….” އަހަރެން ހީކުރިގޮތަށް އަހަރެންގެ ފަހު ޖުމްލަ އިވިފައި ލައިޝާ އަހަރެންގެ އަތުން ދޫކޮށްލީ ވިހަގަދަ ސުއިއްޕެއްގައި އަތްލެވުމުން ދޫކޮށްލާނެ ފަދަ ގޮތަކަށެވެ. ވަގުތުގެ ބޭނުން ހިފައި އަހަރެން ދުރަށް ހިނގައިގަތީމެވެ. އަދި އަހަރެންގެ ރޭވުމުގެ ދެވަނަ ސިލްސިލާ ފެށީމެވެ. އެމީހުންގެ ވާހަކަ އަޑުނީވޭ ވަރަށް ދުރަށްޖެހިލާފައި ހުއްޓި ފަޓްލޫނުގެ ޖީބުން ސިނގެރެޓް ފޮށްޓާއި ލައިޓަރ ނެގީމެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ގުގުމައިގެން ދިޔައީ މީގެ އެތައް ދުވަހެއްގެ ކުރިން ލައިޝާ ބުނެފައިވާ ވާހަކައެކެވެ.

“ކިތަންމެ ލޯބިވިޔަސް ކިތަންމެ ބޭނުންވިޔަސް އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ވުމުގެ ފުރުޞަތެއް ސިނގެރެޓް ބޯ މީހަކަށް ނުދޭނަން. އަހަންނާއި އަހަރެންގެ ދަރީންގެ މުސްތަޤުބަލް އެ ސިނގެރެޓްގެ ދުމުން ކަޅުވާނެކަން އެނގިހުރެ އެކަން ކުރާނީ އަހަރެން ދެކެ ޙަޤީޤީ ލޯބި ނުވާތީ….”

ސިނގެރެޓް ރޯކޮށްލާފައި ބަލާލިއިރު ލައިޝާ ހުރީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން ފެންނަނީ ރުޅިވެރިކަމެވެ. ދެވަނަ ސިކުންތުގައި އޭނާ ކުރިމަތީގައި ހުރި ރުހާމްއަށް ނަޒަރެއް ދީފައި ހިނިތުންވެލިއެވެ. ކުރިމަތިވާން އުޅޭ ޠޫފާނުގެ ރަތް ސިގުނަލް އަހަރެންގެ ހިތަށް ލިބުނީކަންނޭނގެއެވެ. ކުއްލިއަކަށް ވަރަށް ގަދައަށް ހިތުގައި ރިއްސާލިއެވެ. ސިނގެރެޓް އޮތް އަތް ނޫން އަނެއް އަތުން މޭގައި ފިރުމާލީ އެއްވެސް ލުޔެއް ނުލިބޭނެކަން އެނގި ހުރެއެވެ. ދެން ފެނުނީ ރުހާމް އޭނާގެ އަތުތެރެއަށް ލައިޝާ ލީ މަންޒަރެވެ. ހިތަށް ކުޅަދާނަ ނުވެގެން ލޯމަރާލެވުނީ ބޭއިޚުތިޔާރުގައެވެ. ހިތުން އޮހޮރެން ފެށި ލޭކަރުނައިގެ އަސަރު ލޮލުން ފާޅުވާން ފެށިއެވެ. ލައިޝާ މެންނަށް ފަސްދެމުން ހިނގައިގަތީ ހިތް ރޮއެރޮއެ އޮއްވައެވެ.

“ކޮންކަހަލަ ލޮޅުމެއްހެ މިއައީ މުޅި ހަޔާތަށް އަދު މަގޭ……..

ކެތްނުވާފަދަ ޒަލްޒަލާއެއް ހިތު ތެރެއަށް އަތުވެއްޖެއޭ…….

ލޯބިދުށް ހުވަފެންތަކާއި އެކު ހިތުގެ ފޮނި އުއްމީދުތައް…….

ހިނދުކޮޅެއްގެ ތެރޭ ފެނަށްވެވި އިންދިރާސްވެ ހިނގައްޖޭ……

***************

ދުވަސްތައް މާޒީއާއެކު ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ލައިޝާ އަދި ރުހާމްގެ ގުޅުން ކުރިއަށް ގެންދިޔައީ ފޯނުންނެވެ. މަދުމަދުން އެމީހުންގެ މަޖަލުގައި އަހަރެންވެސް ބައިވެރިވަމެވެ. ލައިޝާގެ މޫނުމަތީން ފެންނަ ހިނިތުންވުމަކީ އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ކޮންމެ ސަބަބެއް ވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު އެ ހިނިތުންވުން ވާންވާނީ ޙަޤީޤީ ހިނިތުންވުމަކަށެވެ. އަހަންނާއި ލައިޝާ ތިބީ އަތިރިމަތީގައި ރުހާމްގެ އިންތިޒާރުގައެވެ. އެމީހުންގެ ގުޅުމަށް އެއްމަސް ވާ ދުވަހަށް ރުހާމް ބޭނުންވީ ލައިޝާ ގާތު ހުންނާށެވެ. ލައިޝާ އުފަލުގައި ބަހައްޓަން ރުހާމް ވަރަށް މަސައްކަތް ކުރެއެވެ. އަހަރެން އޭނައާއި ލައިޝާ ހަވާލުކުރި އިރު ކުރި ހަމައެކަނި ޝަރުތަކީވެސް އެއީއެވެ. އަބަދުވެސް ލައިޝާ އުފަލުގައި ބެހެއްޓުމެވެ. އެތުންފަތުގައި ރަސްކަން ކުރަން ޖެހޭނީ ޙަޤީޤީ ހިނިތުންވުމެކެވެ. ރުހާމްގެ އެދުމުގެ މަތިން ކޭކު އަޅައި ތަން ޒީނަތްތެރި ކުރީ އަހަންނެވެ. ލައިޝާއަށް ސިއްރުން އެކަން ކުރެވުނީ ވަރަށް އުނދަގުލުންނެވެ. ރޭގަނޑުގެ އެ ހަމަހިމޭންކަމުގައި ތިންމީހުން އެކުގައި މިސްރާބުޖެހީ ތުނޑިއާއި ދިމާލުގައި އިންނަ ކުޑަކުޑަ ހޮޅާއްޓާއި ދިމާއަށެވެ. ދެމީހުންގެ އެ އުފާވެރި ރޭވެސް އެމީހުން ބޭނުންވީ އަހަރެން އެމީހުންނާއެކު ވާށެވެ. ރުހާމް ޤަބޫލުކުރަނީ އޭނައަށް ލައިޝާ ލިބުނީ އަހަރެންގެ ސަބަބުން ކަމަށެވެ. އެކަމަކު އެޚާއްޞަ ރޭ އަހަރެން އެތާ ބަހައްޓަން ލައިޝާ ބޭނުންވާ ސަބަބެއް އަހަންނަކަށް ނޭނގެއެވެ.

މަންޒިލާއި ހަމައަށް ދެވުމާއެކު ލައިޝާއަށް ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮށްލުމާއެކު އަނގަމަތީގައި އަތްއެޅިއެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ދެން ބަލާލީ ރުހާމްގެ މޫނަށެވެ. ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް ލައިޝާގެ އެ އަމަލުން އަހަރެންގެ ހިތުގައި ކޫރުން އެޅުނެވެ. ފުރަތަމަ ފަހަރަށް އަހަންނަށްވުރެ އެހެން މީހަކު ލައިޝާއަށް މުހިއްމު ވެއްޖެކަމުގެ އިހުޞާސް ކުރެވުނެވެ.

“ނޭނގޭ އިހުޞާސެއް މިހިތުގައި އުފެދިއްޖެއޭ……

މީހަކު ތިހިތާއި އަދު ގާތްވުމުން ބިރު ހީވެއްޖެއޭ……

އަދިވެސް ތިއައީ މަގޭ ޙައްޤެއްހެން ހަމަ ހީވެޔޭ…..

އަދިވެސް ތިޔަނަލަ ތަސްވީރު ކުރެހިފައިވޭ މިހިތުގާ……..

ތިޔަ ލޯބީގާ އަދިވެސް ވިރެމުން އެބަ ހިތްދެޔޭ…….”

އަހަރެން ސިހުނީ ރުހާމްގެ އަތް އަހަރެންގެ ކޮނޑުމަތީގައި ބޭއްވުމުންނެވެ. އޭރު ލައިޝާ ހުރީ ހޮޅުއަށި ދޮރުމަތީގައެވެ. އަހަރެމެންވެސް މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ. ހޮޅުއަށީގައި އަތުރާފައިވާ އޮޅުތަކުގައި މަތީގައި ކުޑަފިލާގަނޑެއްގެ މަތީގައި ބައިންދާފައި އިން ކޭކު ފެނިފައި ލައިޝާގެ ހިނިތުން ފުޅާވިއެވެ. އަނެއްކާވެސް އޭނަ ބަލައިލީ ރުހާމްއަށެވެ. އޭރު އަހަރެމެން ދެމީހުން ތިބީ ލައިޝާގެ ފަހަތުގައެވެ. ލައިޝާ އެނބުރި އައިސް ރުހާމްގެ ގައިގައި ބައްދާލިއެވެ. ލޯބިވެރިޔާގެ ހަށިގަނޑުގައި ބައްދާލެވުމުން ލޯ މަރާލުމުގެ ބަދަލުގައި ލައިޝާ ބަލާލީ އަހަންނަށެވެ. ހީވީ ލައިޝާގެ އެ ޢަމަލަކީ އަހަންނަށް ދައްކަން ކުރި ކަމެއްހެނެވެ. އާދައިގެ ގޮތެއް ދައްކަމުން އަހަރެން އަނެއް ފަރާތަށް އެނބުރުނީ މިހިތުގެ އަޑު އެއްފަހަރުވެސް ލައިޝާއަށް އިވޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ.

“އަބަދުމެ ތިޔަ ލޯތްބޭ މިހިތުގާ ހިނގަމުންދަނީ…….

ހިތް ލޯބި މިވާކަން ފަހެ ޤަބޫލު ކުރާނުހޭ……..

އަހަރެންގެ ހިތާއި މެއަށް އޭރުން ލުއިވާނެޔޭ…….

ޔާރާއެ ތެދޭ އެވަރުން އަހަރެންނަށް ފުދިދާނެޔޭ……..

ތި ހަނދާންތަކުގާ އަހަރެންނަށް ދިރިއުޅެވޭނެޔޭ…….”

އަހަރެން ފަސްއެނބުރި ބަލާލިއިރުވެސް ލައިޝާގެ ނަޒަރު ހުއްޓިފައިހުރީ އަހަންނަށެވެ. ލައިޝާއަށް ނީވުނަސް މި ލޮލުން އެތައް އެއްޗެއް އޭނައަށް ބުނެދިނީމެވެ.

“ތީ މަގޭ ލޮލުގައިވި ނޫރޭ ވިންދަކީ މިހިތުގެ ތިއީޔޭ…….

ތީ މަގޭ މިޙަޔާތުގައިވާ ހަމައެކަނި އުއްމީދަކީ…….

ނަމަވިޔަސް ލިބިފައިވި އެ އުފާ ފޭރިގަނެފިޔެ އަދު ދެކޭށޭ…….

ދުނިޔެ މިހިތަށް ކެހިދިނީމާ ގައިގެ ވަރު ދެރަވެއްޖެޔޭ…..

މިލްކެއް މަގޭ ދޫވެ ދިޔައީ…….. ކިހިނެއްހޭ ދެން ދިރިއުޅޭނީ…….

ނޭވާ މަގޭ ހާސްވަނީ އޭ…… ކަރުނުން ދެލޯ ފުރިދަނީޔޭ……..”

އެއް އަތުން މޭގާ ޖައްސާލެވުނީ ރިއްސަމުންދާ ހިތަށް ކުޑަ ނަމަވެސް ޝިފާއެއް ލިބޭތޯއެވެ. އެހެނަސް އާހް! ހިތްވަރުކޮށްފައި އަމިއްލަ ހިތްމަތީގައި ފައިން އަޅަމުން ކުރިއަށް ހިނގައިގަތީ މިހިތުގެ ރާނީއަށް ފުރަގަސްދެމުންނެވެ. ޟަމީރު ބުނަމުން ދިޔައީ ދެން ދުވަހަކުވެސް ފަސް އެނބުރި ނުބެލުމަށެވެ.

*********************

ލައިޝާއާއި ރުހާމްގެ ގުޅުމަށް އެއް އަހަރު ވެގެން ދިޔައިރު އަހަންނާއި ލައިޝާގެ ދެމެދުގައި ދިޔައީ އުސްފާރެއް ބިނާކުރެވެމުންނެވެ. އެގޮތް ކިތަންމެ ބޭނުން ނުވިޔަސް އަހަންނަކަށް ކުރެވޭނެ ކަމެއް ނެތެވެ. ލައިޝާގެ އުފަލަށްޓަކައި އެގޮތާއިވެސް އަހަރެން ރުހުނީމެވެ. ދުވަހަކަށްވުރެ ދުވަހެއް ދެމީހުންގެ ގުޅުން ހީނަރުވަމުން ދިޔަ ނަމަވެސް އަހަރެން އަބަދުވެސް ލައިޝާ އުޅޭނޫޅޭ ބަލަމެވެ. ލައިޝާގެ ހަޔާތުން އަހަންނަށް ފެންނަމުން ދިޔައީ އާރޯކަމެވެ. ރުހާމް އަތުކުރި އޮޅައިލައިގެން ހުރީ އޭނަގެ ވަޢުދާއި އެއްގޮތަށް ލައިޝާ އަބަދުވެސް އުފަލުގައި ބެހެއްޓުމަށެވެ. އަހަރެންގެ އެދުމަކީ ލައިޝާގެ ކައިވެނި ކުރެވި އޭނާގެ އަމިއްލަ އާއިލާއެއް ބިނާކޮށް އުފަލުގައި އުޅޭތަން އަހަންނަށް ފެނުމެވެ. އެހެނަސް ތަޤްދީރުގައި ލިޔެވިފައި ވާގޮތް އިނގެނީ ކާކަށް ހެއްޔެވެ؟

ފަތިސް ނަމާދު ކޮށްލައިގެން އައިސް ޖައްސާލިގޮތަށް އަހަންނަށް ހޭލެވުނީ ތޫނު ތަދެއް ބޮލަށް އިހުޞާސް ކުރެވިގެންނެވެ. ބޮލުގައި ވިންދު ޖަހަމުން ދިޔައިރު ރިހުން ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުން ގޮސް މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. އަތުވެދާނެ ކަމަށް ބިރުން އުޅުނު ދުވަސް އައިސްފި ކަމުގައި ހިތްބުނަމުން ދިޔަ ނަމަވެސް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެހެން މީހަކަށް ނުގޮވައި އަމިއްލައަށް ތެދުވެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. އެހެނަސް އެކަން ކާމިޔާބު ނުވާނެކަން އިނގުނީ އޮތް ތަނުން ބޯހިއްލާލާނެ ވަރުވެސް ނެތުމުންނެވެ. އަހަންނަށް ކެތް ކުރެވުނީ ދިހަ ވަރަކަށް މިނެޓް ވަންދެންނެވެ. އަހަރެންގެ އަޑަށް އެވަގުތު ގޭގައި ހޭލާތިބި އެންމެން އައިކަން އިނގުނެވެ.

ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި ތިބި އެންމެންގެ މޫނުމަތީން ފެންނަނީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ހިތި ގޮތަކަށް އަހަރެން ހިނިތުންވެލީމެވެ. އެންމެންވެސް އެތިބީ ނެތް ހިތްވަރުލައިގެން ކަން އަހަންނަށް އިނގެއެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު އަހަރެން އުޅުނީ ބޮޑުދައިތަ ކައިރީގައެވެ. އެހެންކަމުން އަހަރެންގެ އާއިލާ އަކީ ބޮޑުދައިތައާއި އޭނަގެ ދެދަރީންނާއި އެމީހުންގެ ފިރިންނެވެ. ބޮޑުދައިތަގެ ފިރިމީހާވެސް ވަނީ ނިޔާވެފައެވެ. މަންމަ ނޫން ކަމުގައި ވިޔަސް ބޮޑުދައިތަ ހިތަށް ކުރާނެ އަސަރު އަހަންނަށް އިޙުޞާސްވެއެވެ. އަހަރެންގެ ބޮލުގައި ޓިއުމަރ އެއް އިންކަމުގެ ބިރުވެރި ޚަބަރު ޑޮކްޓަރ ދިނީއްސުރެ އަހަރެން އައީ މިދުވަހަށް އަހަރެންގެ އާއިލާ ތައްޔާރު ކުރަމުންނެވެ. އެހެނަސް…….. އެހެނަސް ލައިޝާ ގާތު މިވާހަކަ ބުނާނެ ހިތްވަރެއް މިއަދާއި ހަމައަށްވެސް އަހަންނަކަށް ނުލިބުނެވެ. ކިތަންމެ ލޯބިވިޔަސް އޭނައާއި ދުރުން އުޅުމަށް އަހަންނަށް މަޖުބޫރުވީއެވެ. ހިތަށް އެރިއެވެ. މިދުވަސް އައުމުގެ ކުރިން ލައިޝާ ރުހާމްއާއި ކައިވެނި ކޮށްގެން އެރަށަށް ދިރުއުޅުން ބަދަލު ކުރިނަމައެވެ. އެހެންނަމަ މިކަން ސިއްރު ކުރެވުނީހެވެ. އަހަރެންގެ އެންމެ ފަހު ވަގުތުކޮޅުގައި ލައިޝާގެ ހިތާމަވެރި މޫނު ދެކޭކަށް މިހިތަކަށް ކެތެއް ނުވާނެއެވެ. ލައިޝާގެ ޚިޔާލުތަކުން އަހަރެން ބޭރުވީ ކުރިމައްޗަށް އައިސް ހުއްޓުނު އޭނަގެ އަސްލު ސޫރަ ފެނުމުންނެވެ. އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. ދެން އިވުނީ ދޮރުހުޅުވާފައި ލެއްޕި އަޑެވެ.

“ކީއްވެ…؟؟ ކީއްވެ ޝާން…؟ ކޮންއިރަކު އަހަރެން އެހާ ދުރުވީ….؟؟” އޭރުވެސް ލައިޝާގެ އަޑުވަނީ ކުރެހިފައެވެ.

“ޝާން…އަދިވެސް އަހަންނަށް ކިޔައިދޭންވީ ވަގުތު އައިސް ނުޖެހެނީތަ…؟ ނޫނީ އަހަންނަށް އެޙައްޤު އޮތް ކަމަށް ޝާން ޤަބޫލު ނުކުރަނީތަ….؟”

ކިތަންމެ ބާރަށް ލޯމަރައިގެން އޮތަސް އެއަޑަށް ކަންފަތެއް ނުލެއްޕުނެވެ. ދެން އިވުނީ އަހަރެންގެ ކެތްތެރިކަން ކޮޅުންލި އަޑެވެ.

“ޝާން…..ނުދާތި! އަހަރެން ދޫކޮށްފަ ދުވަހަކުވެސް ނުދާތި… މިހިތަކަށް ކެތެއް ނުވާނެ….. ބުނޭ ޝާން… ބުނޭ ނުދާނަމޭ….ބުނޭ ނުދާނަމޭ….” ލައިޝާ ގިސްލަމުން އައިސް އަހަރެންގެ މޭމަތީގައި ބޯއަޅާލިއެވެ. އެއްއަތުން ލައިޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ތުންފަތުގައި ދަތް އެޅީމެވެ. މީ އަހަރެން ހިތަވަރު ކުރަންވީ ވަގުތުތައް އަހަންނަށް އިނގެއެވެ. ދެރައީ މިވަގުތު އައިސް ޖެހުނު އިރުވެސް މިވަގުތަށް އަހަންނަށް ތައްޔާރު ނުވެވުނީތީއެވެ. މިދުވަހުން ލައިޝާއާއި ކުރިމަތިލާނެ ހިތްވަރު ހޯދަން އަހަރެން ކުރި މަސައްކަތް ﷲ ދެނެވޮޑިގެންވާނެއެވެ.

“ޝާން އައި ލަވް ޔޫ…..” އަހަރެންގެ މެއަށް ހީވީ މީހަކު ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އިވުނު އަޑު ޔަޤީން ނުވެގެން އަހަރެންގެ މޭމަތީގައި އޮތް ލައިޝާގެ ބޯ ނެގީމެވެ.

“އައި ލަވް ޔޫ ޝާން….އަހަރެން ވަރަށް ލޯބިވޭ…. ރުހާމްއާއި ރައްޓެހިވީ އަހަރެން އެހެން މީހަކާއި ރަށްޓެހިވުމުން ޝާން އަށް ކެތްނުވާނެ ކަމަށް ހީކޮށް…. ބޭނުންވީ ޝާންވެސް އަހަރެން ދެކެ ލޯބިވާން….. ހެހެ..އެކަމު ގަދަކަމުން ލޯތްބެއް ނުވެވޭނެކަން އެނގިއްޖެ… މިހާރު ހިތަށް އަރާ އަމިއްލަ އަށް އިސްނަގައިގެން ޝާންގެ ހަޔާތުން ޖާގައެއް ހޯދުން ނަމައޭ…އޭރުން ފަހަރެއްގަ ލޯބި ދީގެން ލޯބި ހޯދުނީސް ކަންނޭނގެ….”

އަހަންނަށް ޔަޤީންވީ އަހަންނަށް ވުރެ ބޮޑު މޮޔައެއް މި ދުނިޔޭގައި ނުހުންނާނެކަމެވެ. އެންމެ ގާތް އެކުވެރިޔާގެ ނަން ދީގެން ހުރިހާ އެއްޗެއް އިނގޭކަމަށް ދަޢުވާ ކުރިއިރު އެކުވެރިޔާގެ ހިތުގެ ހާލުވެސް ނޭނގުނެވެ. ލައިޝާ މެންގެ ގުޅުމަށް އެއްމަސްވީ ރޭ ރުހާމްގެ ގައިގައި ބައްދާލުމަށްފަހު ލައިޝާ އަހަންނަށް ބަލާލީ އެހެންވެގެން ހެއްޔެވެ؟ ރުހާމްއަށް އާނބަސް ބުނީ އޭނަ ލައިޝާއަށް ޕްރޮޕޯސް ކުރިރޭ އަހަރެން ކަންތައް ކުރިގޮތުން ހެއްޔެވެ؟ އާހް! ކުއްލިއަކަށް ލައިޝާގެ މޫނަށް ބަލާލެވުނީ ކަމެއް ހަނދާންވެގެންނެވެ. ލަސްނުކޮށް ހިތުގައި އުފެދުނު ސުވާލު ދުލާއި ހަމައަށް ގެނައީމެވެ.

“ސްޓޭޖް…ސްޓޭޖް ޝޯ އޮތްރޭ ރުހާމްއަށް ގެއްލިފައި ހުރީ…..” އަހަރެންގެ ސުވާލު ފުރިހަމަ ނުކުރެވުނީ ލައިޝާގެ މޫނަށް ވެރިވި ހައިރާންކަން ފެނިފައެވެ. ދެފަރާތަށް ބޯހޫރާލައިފައި އޭނަ އިސްޖެހިއެވެ.

“އަހަރެން ގެއްލުނީ ރުހާމްއަކަށް ނޫން…. އޭނަގެ އަޑުން އިވެމުން ދިޔަ ލަވައަށް… އެއީ އެ ލަވައެއް އަޑު އިވުމުން އަހަރެން މި ބިންމަތީން އެމީހަކު ދެކެ އެންމެ ލޯބިވާ މީހާ މަތިން ހަނދާންކޮށްދޭ ލަވައެއް…. އެލަވައިން އަހަންނަށް އޭނަގެ ހިތުގެ އަޑު އިވޭފަދަ…..”

ކުއްލިއަކަށް އަހަންނަށް ލައިޝާގެ ދެކޮނޑުގައި ހިފާލެވުނީ “އެއީ ހަމަ އަސްލުވެސް އަހަރެންގެ ހިތުގެ އަޑޭ” ބުނަން ބޭނުންވާތީއެވެ. ނަމަވެސް އަހަންނަށް އެއްޗެއް ބުނެވުމުގެ ކުރީން ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. އޭރު ރުހާމް އަހަރެމެންނާއި ދިމާއަށް އާދެއެވެ. އެވަގުތަށް ރުހާމް އައުން އެއި އަހަންނަށް ލެއްވި ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނަމަ ޖަޒުބާތުގައި ޖެހިގެން ގޮސް އަހަރެންގެ ހިތް ލައިޝާގެ ކުރިމައްޗަށް ބަންޑުން ކޮށްލެވުނީހެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެހުރެ އެކަން ފާޅުނުކުރެވުމުން މިހިތުގައި މިއަޅާ ވޭން ލައިޝާގެ ހިތުގައި އަޅާކަށް ބޭނުމެއްނޫނެވެ. މިހާރު ލައިޝާ އެކުރަނީ އޭނައަށް ލޯބިވާ ވާހަކަ ނުބުނެވުނު ކަމުގެ ހިތާމައެވެ. އެކަމަކު އަހަރެންވެސް ލޯބިވާކަން އިނގިއްޖެނަމަ އެހިތާމަ ދެގުނަވާނެއެވެ. އެގޮތާއި އަހަންނަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔެއިން ވަކިވަމުން އެންމެ ފަހު ވަގުތު އެންމެ ލޯބިވާ މީހާއަށް އެވަރުގެ ވޭނެއް ޖައްސަން ބޭނުންވާނީ ކޮން އާޝިޤެއް ހެއްޔެވެ؟ ކުރާނެ ކަމެއް ނެތެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވިޔަސް ތަޤުދީރު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟

“އިންތިހާއަށް ލޯބިވިޔަކަސް އެކަކު އަނެކަކު ދެކެ ބުނަންހޭ……

އަހަރެމެންނަށް ދެން އެލޯތްބެއް މިދުނިޔެއިން ލިބުމެއްނެތޭ…….

ހިތް މަގޭ އެދުނަސް ތި އޯގާތެރި އަތުގެ ފިރުމުންތަކަށް……..

ދެން އެފަދަ އުފަލާ އަރާމެއް މިހިތަކަށް ލިބުމެއްނެތޭ…….

ނެތިދާނެ އެންމެ ބީހިލުމަކުން ހުރިހާ ވޭންތައް ލޯބިވާއޭ……

އެހެނަސް ހިތަށް ދެން އެކަންތައް ކުރެވެން ޤަބޫލު އަދު ނެތީއޭ…..”

ހިންދިރުވާލަމުން ހިނިތުންވެވޭތޯ މަސައްކަތް ކުރީމެވެ. އޭރު ލައިޝާވެސް ތެދުވެ އެނދު ކައިރީގައި ހުއްޓެވެ. އޭނަގެ ކައިރީގައި ހުރި ރުހާމްގެ ނަޒަރުވެސް ހުރީ އަހަންނަށް އަމާޒުވެފައެވެ. އަހަންނަށް ވިސްނުނެވެ. ރުހާމްގެ ހިތުގައިވެސް އޮންނާނީ ޝަކުވާއެވެ. އަހަރެންގެ މިބަލީގެ ވާހަކަ އޭނާއަށްވެސް ސިއްރުކުރީއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. މިކަންވެސް މިވީ ރަނގަޅަށެވެ. އަހަރެމެން އިންސާނުންނަށް ނޭނގުނަސް މިކަމުގައިވެސް ފޮރުވިފައިވާ ޙިކުމަތެއް ވާނެއެވެ. އަހަރެންގެ އެއްއަތް މަޑުމަޑުން ހިއްލާލައި ލައިޝާގެ އަތުގައި ހިފީމެވެ. އަނެއް އަތުން ރުހާމްއަށް އަތް ދިއްކޮށްލުމާއެކު އަހަރެންގެ އަތުތެރެއަށް އޭނާގެ އަތްލިއެވެ. ކުރަން މިއުޅޭ ކަމަކުން މިވަގުތަށް އަހަރެންގެ ހިތަށް ކިތަންމެ ތަދުވިޔަސް މިކަމުން ދާއިމީ ހަމަޖެހުމެއް އަހަރެންގެ ފުރާނައަށް ލިބޭނެއެވެ. ރުހާމްއަކީ އަހަރެން އިތުބާރު ކުރާ މީހެކެވެ. އޭނަ އަހަރެންގެ ލައި އުފަލުގައި ގެންގުޅޭނެއެވެ. އަހަރެންގެ ހިތުގެ ހަމަޖެހުމާއި ގުޅިފައިވާ އެ ހިނިތުންވުން އަބަދަށް ލައިޝާގެ މޫނުމަތީން ދައްކައިދޭނެއެވެ. އަހަރެންގެ ލޯބީގެ މާބަގީޗާގައި ނޫނަސް އެމާ އިންނާނީ އަބަދަށްވެސް ފަރިވެ ފޮޅިފައެވެ. އެއީ އަހަރެން މި ދުނިޔެއިން އެންމެ ލޯބިވި އަހަރެންގެ “ބޭބީ ޕްރިންސެސް” އެވެ. މިހިތުގެ ރާނީއެވެ.

ރުހާމްގެ އަތުގެ ތެރެއަށްލައިޝާގެ އަތް ލައިދެމުން އަހަރެން ލޯމަރާލީމެވެ. އަބަދުގެ އަބަދަށެވެ.

Share Article

Follow Me Written By

Jai

Level 1

Other Articles

Previous

ކީއްވެ ހެއްޔެވެ؟

Next

އިތުބާރު ގެއްލުވާ ނުލާ…2

Next
December 31, 2015

އިތުބާރު ގެއްލުވާ ނުލާ…2

Previews
December 31, 2015

ކީއްވެ ހެއްޔެވެ؟

38 Comments!

  1. Jai says:
    December 31, 2015 at 12:41 pm

    lai remember anything??? This is 4 you girl… 😉

  2. Maalu says:
    December 31, 2015 at 1:00 pm

    wowwwwww vrh vrh reethi… 😀

    1. Jai says:
      January 1, 2016 at 6:57 pm

      asluves tha alko?? vrh vrh thanku 🙂

  3. nanna says:
    December 31, 2015 at 1:03 pm

    bandu falhaafa hiyy nagaa vaahaka ehh nooney bunee.. bandu falhaafa shaan buni ehcheh ge maaana balaa vaahaka eyy bunee.. story hama v salhi..

    1. Jai says:
      January 1, 2016 at 7:01 pm

      woww nanna… i must say u r so intellgnt… 😉 nd thanku 4 ur lovely cmmnt

  4. lai says:
    December 31, 2015 at 1:06 pm

    oh thank you jai.

    1. Jai says:
      January 2, 2016 at 1:12 am

      oh welcum lai.

  5. nukko says:
    December 31, 2015 at 1:30 pm

    Hey jaix tha mee… omg omg… woww v v v rythi…. wat a nyc surprise…!! J boat tha thee???
    N j boat viyya happy b day 😀
    N v lwbi ingey vaahaka… lava thah vs… mikahala ehn vaahaka eh genes dhechey… v salaam miss u… 🙂 🙂

    1. Jai says:
      January 2, 2016 at 1:16 am

      yes cndrella omg omg… hehe 😉 thankx 4 da wish. nd loabi loabi readers ah genesdheyn vaany ves loabi vaahaka eh thaa dhw? ekam mikahala ehn vaahaka eh genesdhinumaa medhu jeheyny visnaalan. so v salaam nd miss u too lil princess 🙂 tgc

  6. lai says:
    December 31, 2015 at 1:56 pm

    omg .. owhhh ..yah i remember hehe ..gabooleh vess nukurevey .. hehe its really u dhw? .. thanks jai .. thanks alot .. n i thought chllnge except kury ky konmehen vaahaka liyaakah noon kanm bt u wrote hehe cant believe it .. hehehe ..v salhi .. hama v rythi .. i missed u alot .. love u .. tc .. n wish u a very happy birth day jai 😉 🙂 🙂 😀 😀 <3

    1. Jai says:
      January 2, 2016 at 1:21 am

      hehe….yea its really me. so believe it dis time ingey lailaaaaa??? i said dhw challnge accepted ey ryt? ehn vyma i have to complete it dhw? so here it is. thanku 4 da wish nd miss u too lailathuuuuu 😉 tgc

  7. Ryn says:
    December 31, 2015 at 2:10 pm

    omg omg omg omg omg omg omg omg omg 😮 😮 😮 ;o … vrh vrh vrh vrhh saalhi…n happy b day jai vihya hehe.. vrh vrh rythi m lyk….. i dnt knw wht to say its the bst bst stry….n ths sngs too.. gud lck jai.. mis u alt <3

    1. Jai says:
      January 2, 2016 at 1:23 am

      hehe…. crazy girl 😉 dnt say anythng if u dnt knw wat to say. simple! bdw thanku 4 da wish nd ur lovely commnt pretty. miss u too n tgc 🙂

  8. lai says:
    December 31, 2015 at 2:12 pm

    hama rovihje … jai kyhvetha shaan maraaly? 🙁 🙁 🙁 🙁

    1. Jai says:
      January 2, 2016 at 1:26 am

      hehe….ei lai thihen ahaatho.. 😉 ekam dhn story liyanves biruganejje lailaa ah rovenya…. dhen ekahala challnge accept kuranves nukereyne mivy gothun…. 😉

  9. ina says:
    December 31, 2015 at 11:21 pm

    First of all wish u a very happy birthday jai…wowwww this stry is v v v nice

    1. Jai says:
      January 2, 2016 at 1:27 am

      frst of all thanku very much 4 da wish. wowww m glad to knw dat its nice 4 u 😉 tgc girl…

  10. ravupinky says:
    January 2, 2016 at 12:53 pm

    v v reethi jai …hehe..adhi ehen story eh liyeba..plzz

    1. ravupinky says:
      January 2, 2016 at 6:24 pm

      i mean story reethi vaahaka …hehe

    2. ravupinky says:
      January 3, 2016 at 5:35 am

      and jai song hadhan v v v molhu..hehehe

    3. Jai says:
      January 6, 2016 at 12:34 am

      hama ehaa rythi tha jai??? 😉 bt j ge hithuge raany maa reethi ingey? 😉 thihaa loabin bunyma ehn story eh liyan beynun vejje…. so i’ll think abt dat ingey dear? 🙂 bdw girl story ga use kohfa ehury existing songx. j mee lhenveri eh noon adhi. 🙂 🙂 nd yea thanku 4 da swyt cmmnt 😉

    4. ravupinky says:
      January 6, 2016 at 6:18 am

      huh..ravu bunin dhaw story ey reethi…and ravu akah neygey jai reethi kameh noon kameh…and i know jai ge hithuge raany reethi kan vx huh whatever…

  11. Immy says:
    January 3, 2016 at 2:35 am

    vrhh dhra vey mi atry kiyaafa…. dhn ekm vxx vrh reethi mi stry…
    ummeedhu kurn jai gr stry eh immy ah anekkaavxx vrhh avahah kiyeyne kmhh….
    gud lukk…

    1. Jai says:
      January 6, 2016 at 12:37 am

      really??? immy dheravyma j ves dheravejje 🙁 ithuru story eh liyumaa medhu adhi jeheyny visnaalan. bdw thanku 4 da cmmnt.

  12. Immy says:
    January 3, 2016 at 2:37 am

    i gt sumthn wrng in my cmnt… hehe….
    stry* ge*

    1. Jai says:
      January 6, 2016 at 12:39 am

      hehe…. mistakeeeee girl i m missing u… 🙂 hope to c u soon pretty. 🙂 😉

  13. Niikko says:
    January 6, 2016 at 1:47 pm

    varah salhi

    1. Jai says:
      January 19, 2016 at 12:01 pm

      Thankyou niiiiikkko 🙂

  14. kennukbee says:
    January 10, 2016 at 2:56 pm

    Oh beybey kokky ah miadhy mi fenuny story ves. Btw stry very nuce hama awesome bt rovihje sad ending eh v ma?n i forgt ur b day. So happy belated bday. J beybe ah ??

    1. kennukbee says:
      January 10, 2016 at 4:43 pm

      Nice***
      Nuce o huh

    2. Jai says:
      January 19, 2016 at 12:03 pm

      ehntha kokky? nasybehnu miadhuves fenunukan dhw? 😉 hehe…kokky nurohchey…not every love story has a happy ending…. nd yes a belated thanku to kenn kokky ah 🙂

  15. elsa says:
    January 10, 2016 at 3:46 pm

    o god , jai haaadha molhey , hama rovihjje , heven ves hevun , dhen varah rythi . avahah story lioyan fashan v eh nun , really , i cant beleive this .

    1. Jai says:
      January 19, 2016 at 12:08 pm

      dats so swyt of u elsa….. m happy dat roefa viyas u got smile too dhw? hehe… keep smiling always 🙂

  16. maluudxxx says:
    January 21, 2016 at 5:35 pm

    Jai first stry dhww meee…j asluvexx stry lian v gadha…mi stry v v v n v habeys….i ♡ this story v v v n v much…….♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

  17. Pretty says:
    December 31, 2017 at 10:10 am

    Happy birthday j. Miss you. ❤?

  18. kennukbee says:
    December 31, 2018 at 10:45 pm

    Its been almst three years…. And I hv been waiting for in this day in this year…. Coz its the day whn u were born…. ???…. Happy birthday day j beybeyyyyy…. ?? ?…. Welll…. Are u becoming old???? Coz m still ur kokky…. And will always b…. But u r growing sooo fast…. ???? Hahahahaaa…. Just kidding…. Ur vl always b my handsome brother…. We really miss u…. ???… Bcoz of u I got a such an grt brother and amazing frnd in just one person…. And thats none other than u…. ??? I hav a brother but u are also like him for me…. Love u j beybeyyyyy…. ❤️❤️❤️…. Thanks for being there whn I needed the most…. U r such a great human being, loving brother and a caring frnd…. All the things in one person…. I am sooooo lucky to hav u in my life…. ??? Though we both are not in touch…. Some are still in my touch…. Ur pretty grl and nukks…. ???. … And whnever we talk something related to u crosses my mind…. Eventhough u arent with us physically…. But u vl b there mentally forever in our hearts…. ???…. Hope one day we will meet…. Inshaa Allah…. So I am waiting for that ONE DAY whn I vl meet my long distance beybe and whom I hav never met nor seen…. ???Once again happy birthday…. Enjoy the few hours of ur birthday with with hours of this year…. Hav a blast…. And happy new year…. Hope u hav a grt year ahead…. ???

  19. kennukbee says:
    December 31, 2018 at 11:34 pm

    Haapy birthday j beybey

  20. SHShs says:
    January 2, 2019 at 4:07 pm

    Miss you j.. happy belated birthday ?

Comments are closed.


All Right Reserved!