Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 5

kamana Level 310 Stories500 Comments100 Comments
December 30, 2015 4 Mins Read
15 Comments

“މި ނުލެވޭނެ ޖިއާ އަކަށް.. އޭނަ ލާންޖެހޭ އެއްޗެހި އިތުރު މީހަކަށް ނޭނގޭނެ” މަންމަ ދިޔަގޮތަށް ގޮސް ހެނދުން މެދުން ކޮށާލީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. މަންމައަށް ކުއްލިއަކަށް އެއައި ބަދަލުން އަހަރެން ހުރީ ހަދަން ވީގޮތް ނޭގިފައެވެ. މަންމަ ރުޅި އަންނަ ވަރުގެ ކަމެއް އަހަރެންނަށް ކުރެވިއްޖެ ހެއްޔެވެ. އެކަމަކު ނޫނެކެވެ.. މަންމަ އަދި މާފަށް އެދޭނެއެވެ. މިއީ ވަގުތީ ރުޅިގަނޑެކެވެ.

“ދަރިފުޅާ… ދެން ނުރޮއި ހުއްޓާލާ… މަންމައަށް އެވާގޮތް ބައްޕައަށްވެސް ނޭނގެ.. ދޮންބެ ނިޔާވުމާ ގުޅިގެން އަންނަ ބަދަލުތަކަށް ވާނީ.. ދެން ނުރޮއި.. ތީ މިހާރު ބޮޑުކުއްޖެއްނު” އެނދުމަތީ ބަންޑުންއޮތް އަހަރެންނަށް ގޮވަމުން ބައްޕަ ވިސްނައިދެމުން ދިޔައެވެވެ. މިހުރިހާ ކަމެއްގެވެސް އަސްލު ސަބަބަކީ އަހަންނެވެ. އަހަރެންގެ ސަބަބުން ދޮންބެ ނިޔާ އެވީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ. “ބައްޕާ.. ޖިއާ ކީއްކުރީމަތަ މަންމަ ރުޅި ނާންނާނީ.. މަންމަ ރުޅިއައީމަ ވަރަށް ދެރަވޭ.،” ބައްޕަގައިގައި އޮޅުލައި ގަންނަމުން އަހަރެން ބުނީމެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އެންމެ ލޯބިވާނީ ބައްޕަދެކެއޭ ބުނާ އަޑުއަހަމެވެ. އެކަމަކު އަހަރެން އެކުދިންގެ ތެރޭގައި ނުހިމޭނެކަން ގައިމެވެ. އެއީ އަހަރެންގެ ދުނިޔެއަކީ ހަމަ އެކަނި މަންމަކަމުގައި ވާތީއެވެ.

ކޮންމެ ދުވަހެކޭ އެއްގޮތަށް އަހަރެން އަވަސް އަވަސް ކޮއްލައިގެން ނިކުތީ ސްކޫލް ގަޑިޖެހޭތީއެވެ. ކާކޮޓަރިއަށް އަހަރެން ވަނީ އަހަރެންގެ ކިރުތަށި ބުއިމަށެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނަށް މަންމަ ކިރުތައްޓެއް ރެޑީ ކޮއްދީފައި ބަހައްޓާތީއެވެ. އެހެންނަމަސް އަހަރެން މާޔޫސްވާގޮތްވީ ކޮންމެ ދުވަހަކު މަންމަ ތައްޔާރު ކުރާ ކިރުތަށި މޭޒުމަތީގައި ނެތީމައެވެ. “ޖިއާ ގަޑި ޖެހެނީ ދޯ.. އަން އަވަސް އަވަހަށް މިބޯލައިގެންދޭ” އަހަރެން ސިހުނީ ފަރީޝައްތަ ގިރަމުންއައި ކިރުތަށި ދިއްކޮއްލުމުންނެވެ. “ކޮބާ މަންމަ.. ” އަހަރެންނަށް ފުރަތަމެވެސް މަންމަ ހޯދާލެވުނެވެ. “ތި ކީއްކުރަން ފަރީޝާ ގިރި އެއްޗެއް.. ބަލަ އޭނައަކީ އަމިއްލައަށް ކިރުތައްޓެއްގެ ހިސާބުވެސް ގިރާނުލެވޭހާ ކުޑަކުއްޖެއްތަ… ބުނަން ފަރީޝާ.. މިއީ ފަރީޝާގެ ގެއަކަސް އަހަރެމެން މިއުޅެނީ މިގޭގަ ލާރިދީގެން.. އެހެންވީމަ ފަރީޝާއަކަށް ނޯންނާނެ އެއްވެސް ހައްގެއް މިގޭގަވާ އެއްވެސް ކަމަކާ ބެހޭކަށް” ކާކޮޓަރިއަށް އައިސް މަންމަ އެއްފައްޗަކަށް ފަރީޝައްތައަށް އަމުނާލި ބަސްތަށް އަޑުއިވި އަހަރެންގެ ހިތުގައި ޖެހުނެވެ. ފަރީޝައްތަ އަހަރެންގެ ކަމެއް ކޮއްދިނުން އެއީ މަންމަ ހަމަ އެހާ ރުޅިއަންނަން ޖެހޭ ވަރުގެ ކަމެއްހެއްޔެވެ. “މަންމާ ތިހާ ރުޅި ނާދެބަލަ.. ދެން ޖިއާ އަމިއްލައަށް ހެނދުނު ސައިހަދައިގެން އިނގޭ ބޯނީ..” މަންމަގައިގައި ބައްދާލަމުން އަހަރެން އެހެން ބުނީމެވެ. އެހެން ނަމަވެސް މަންމަ އަހަރެންގެ އަތް ފޮޅުވާލާފައި އެތަނުން ނިކުތީ ރުޅިއައިސްފައި ހުރެއެވެ. އަހަރެންނަށް ރޮވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. “ޖިއާ ދެން ގަނޑި ނުޖެހި ނުދެވޭނެ ސްކޫލްއަކަށް.. ދައްތަ ކާރަކަށް ގުޅާދެންތަ.. ދެން ނުރޮއިބަލަ.. ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ފަރީޝައްތަ އަހަރެންގެ ކަރުނަތަށް ފޮހެދިނީ ވަރަށް ލޯބިންނެވެ. އެވަގުތުކޮޅުގައިވެސް މަންމަގެ ލޯތްބަށް އެދެވުނީ ކިހާވަރަކަށްކަމެއްވެސް މީހަކަށް އަންދާޒާކޮއްނުލެވޭނެއެވެ. “މަންމާ” އަހަރެންނަށް މަންމައަށް ގޮވުނު އަދަދުވެސް ނޭނގެއެވެ. މަންމައަށް އަހަރެންގެ ހިތުގެ އުދާސްތަށް މިހާރު ނޭނގެނީ ކީއްވެހެއްޔެވެ. އަހަރެން ކަމަކު ބޭނުންވިޔަސް މަންމަ އެކަމެއް އަހަރެން ނުބުނަނީސް ކޮއްދޭނެއެވެ. އެހެންނަމަވެސް މިހާރު މަންމަޔަށް އެދި ގޮވާކަން މަންމައަށް ނޭނގެނީ ކީއްވެހެއްޔެވެ.

މުޅިދުވަސް އެއްކޮށް އަހަރެން ކޮޓަރިތެރޭގައި ހޭދަކުރީމެވެ. ސްކޫލަށްވެސް ނުގޮސް އަހަރެން މަޑުކުރީ ބޮލުގަ ރިއްސާތީއެވެ. ހެނދުނުއްސުރެން ނުކައި ހުރުމުން މިހާރު ބަނޑުން އަޑުގޮވައެވެ. އަހަރެން ކައިފިތޯ ބަލާލަން ވެސް މަންމަ ނާދެއެވެ. އަނެއްކާވެސް ބާލީހުގައި މޫނުފޮރުވާލެވުނީ ހިތަށް އަރާ ފާޑުފާޑުގެ އެއްޗެހިންނެވެ. “ދަރިފުޅާ… ފަރީޝައްތަ ބުނި ދަރިފުޅު ސްކޫލްއަށް ނުދާވާހަކަ.. ކިހިނެއްވީ.. ބަލީތަ” ބައްޕައައިސް ގޮވުމުންވެސް އަހަރެން އޮތް ގޮތަށް އޮތީ އެއްވެސް އެއްޗެއް ނުބުނެއެވެ. “ދަރިފުޅާ.. ބައްޕަ ވާހަކައެއް ބުނަންތަ” ބައްޕަގެ އަޑު ބަދަލުވުމުން އަހަރެން އަވަހަށް ތެދުވީމެވެ. “ބައްޕާ.. ކިހިނެއްވީ.. މަންމަ އެއްޗެކޭ ބުނީތަ.. ބައްޕަ ރޮނީތަ” ބައްޕަ އިސްޖަހައިގެން ހުރިތަން ފެނި އަހަރެންނަށް އެތަކެއް ސުވާލުތަކެށް ކުރެވުނެވެ. މިއީ ދުވަހަކުވެސް ބައްޕަގެ ފަރާތުން ފެނުނު ސިފައެއް ނޫނުނެވެ. “ނޫނޭ.. ނުވޭ ކަމެއް.. ދަރިފުޅު ކަމެއް ކޮއްދެންޔާ ރަނގަޅަށް ކިޔަވައިގެން މޮޅުމީހާކަށް ވޭ.. ދަރިފުޅު މޮޅު ކުއްޖަކަށް ވީމަ މަންމަވެސް ކިހާ އުފާވާނެ.. ބައްޕައަށް ޔަގީން މަންމަގެ ރުޅިގަނޑުވެސް ފިނިވާނެކަން.. ދަރިފުޅު ސްކޫލަށް ނުގޮސް ނުހުންނަށްޗޭ.. ދަރިފުޅުމެންނަށްޓަކާ ބައްޕަ މިމަސަތްކަތް ކުރަނީ..” ބައްޕަގެ ލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުރުމުން އަހަރެން ދެރަވިއެވެ. މަންމަ އަދިވެސް ހަމައަކަށް ނޭޅެނީއެވެ. މައްސަލައެއް ނެތެވެ. މަންމައަށްޓަކާވެސް ކިޔަވައިގެން މޮޅުމީހަކަށް އަހަރެން ވާނަމެވެ.

*******

ދުވަސްތަށް މާޒީވެވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. މުޅިތަންވަނީ މާތަކުން ޖަރީކުރެވިފައެވެ. އަހަރެންނަށް ވަށާ މުޅިތަނަށް ބަލާލެވުނެވެ. މުޅިހޯލު ވަށައިގެން މާގަސްތަށް އަތުރާލައިފައިވާއިރު ހޯލުގެ އެންމެ ކޮޅުގައި ބޮޑު ސްޑޭޖްއެއް އިނެވެ. ސްޓޭޖް މެދުން ސިޑިއާ ދިމާލަށް ރަތް ދޫލައެއް ފަތުރާލައިފައިވާއިރު ދޫލައިގެ ދެފަރާތުން ގޮނޑިބަރިޖަހާފައިވެއެވެ. ހާދަ ފުރިހަމައެވެ. ދަރުބާރުގެ މިހާ ބޮޑުވާނެކަމަކަށް އަހަރެން ހީނުކުރަމެވެ.

ނޫކުލައިގެ ދިގު މެކްސީ ހެދުމުގައި ފިޔާތޮށިކުލައިގެ ބޮޑު މާގަނޑެއް އަހަރެންގެ ފައިން ފައްޓައިގެން މެއާ ހިސާބަށް ޖަހާފައި އިނެވެ. އަހަރެންގެ ދިގު އިސްކޮޅަށް ރީތިވާނެވަރުގެ ދިގު ކައްޓަކަށް އަހަރެން އަރައިގެން ހުރީ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިނުމަށެވެ. އަހަރެންގެ ދޮން ވަށްމޫނުގައި މަޑު މޭކަޕެއް ކޮއްފައި ދިގު އިސްތަށި ގަނޑު ރީތިގޮތަކަށް ހުޅިއެއްޖަހާލީ ހެދުމާ ގުޅޭނެހެންނެވެ. ނޫކުލައިގެ ގަމީހެއް ލައިގެން ހުރި އަހަރެންގެ ބައްޕަގެ އަތުގެ މުލައްދަނޑީގައި އަހަރެން ހިފާލީ ކުރިއަށް ދިޔުމަށެވެ. މިރޭމީ އަހަރެންނަށް ވަރަށް ހާއްސަ ރެއެކެވެ. މިރޭމީ ގްރޭޑް 12 ނިމި ރާއްޖޭން އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި އަހަރެންގެ ނަންފެވޭނެ ރެއެވެ. އަހަރެންގެ ނަން ގޮވާލުމުން ފަހުރުވެރިކާއެކު ބައްޕަ އަހަރެންނާއެކު ގޮނޑިން ތެދުވިއެވެ. ލޯބިން އަހަރެންގެ ބުރަކަށީގައި ފިރުމާލީ އުފަލުން ހުރެއެވެ. އަހަރެންނަށް ބައްޕަ އުފާވާނެވަރު އަންދާޒާ ކޮއްލެވެއެވެ. މިހިސާބަށް އައުމަށް އަހަރެން ހާދަ މަސައްކަތެއް ކުރީމެވެ. އެންމެ ދެރަވީ މަންމަ މިއުފަލުގައި ބައިވެރި ނުވުމުންނެވެ. ވޭތުވެދިޔަ ހަތް އަހަރުތެރޭގައިވެސް މަންމަ އަހަރެންނާ ރީޗައް އަގައިން ބުނެނުލައެވެ. އެހެންނަމަވެސް އަހަރެން ކެއްކުރާނަމެވެ. މަންމަ އަދި އަހަރެންނާ ހިތުން ރުހުމުން ވާހަކަ ދައްކާނެއެވެ.

ހަފްލާ ނިމުނީ ބާރަޖަހައި ބޮޑުވިފަހުންނެވެ. އަހަރެންނާ ބައްޕަ މިސްރާބުޖެހީ ގެއާ ދިމާލަށް ދިޔުމަށެވެ. “ޖިއާ.. އޭ.. ހާދަ ފޮންޔޭދޯ މާލެ އާދެވުމުން.. ފެނުނަސް އެނގޭ ކަމަސް ހަދާ ނުލާ” އަހެރެން ފަހަތް ބަލާލީ ދަންނަ އަޑަކުން އަހަރެންނަށް ގޮވާލުމުންނެވެ. “ނިޝް.. ކޮންއިރަކު އައީ.. އައި މިސްޑް ޔޫ.. ” އަހަރެން ދުވެފައިގޮސް އަހަރެންގެ ބެސްޓްފްރެންޑް ނިޝްގައިގައި ބައްދާލީ އަހަރުތަކެއް ފަހުން ބައްދަލުވީމައެވެ. “އަޅޭ މިސް ޔޫ މޯރރރ… ދެން ނުދާނަން.. މިކޮޅުގަ ކޯސްހަދާނީ.. ނިޝްއަށް ސްކޯލާރޝިޕް ލިބުނީ ޔުނިވާރސިޓީއިން ދޯ.. އަހަރެންނަށްވެސް އެތަނުން ޖާގަލިބިއްޖެ.. ” ހެވިފައި ހުރެ ނިޝްދައްކަމުން ދިޔަ ކޮންމެވާހަކައަކީ އަހަރެންނަށް އުފާވެރިކަން ގެނެސްދިން ވާހަކައެކެވެ. “ވާވް ގްރޭޓް.. ހޭ ގުޅާނަން އިނގޭ.. ބައްޕަ ލަސްވެފަ އެހުރީ..” އަހަރެންނަށް ބައްޕަހުރިކަން ހަނދާންވީވެސް ބައްޕަ ގޮވާލުމުންނެވެ.

އަހަރެން ހީކުރިގޮތާ ހިލާފަ މުޅިގެއަށްވަނީ ހަމަހިމޭންކަން ފެތުރިފައެވެ. އަހަރެންގެ އުފަލުގައި މަންމަ ބައިވެރިވާނެކަމަށް އުންމީދުކުރެވުނީ ކީއްވެކަމެއް ނޭގެއެވެ. މުޅިގެ ވަނީ ނިދާ މަރުވެފައެވެ. “ޖިއާ.. ކޮންގްރާ.. ބަނޑުހައިތަ.. ހިނގާ ކާން” ފަރީޝައްތަ ހޭލާ ހުރިތަން ފެނި އަހަރެންވީ ފޫއްސެވެ. މަންމަގެ ރޯލް ފަރީޝައްތަ އަދާކުރަމުން އަންނަކަމުގެ އިހްސާސްވީ މީ ފުރަތަމަ ފަހަރެވެ. “ނުކާނަން..” އަހަރެންގެ ޖަވާބު އިއްވައި އަހަރެން ބާރަށް ދިޔައީ މަންމަ ކޮބާތޯ ބެލުމަށެވެ. “މަންމާ…. މަންމަ ނިދާފަތަ.. އަޅުގަނޑު ދޮރުހުޅުވަންތަ” މަންމަގެ ހަބަރެއް ނުވުމުން އަހަރެން ދޮރުހުޅުވާ އެތެރެއަށް ވަނީމެވެ. އެނދުގައި ނިދާފައި އޮތް މަންމަ ފެނި ލޮލުން ފެން އައެވެ. “މަންމާ.. ކީއްވެ މިހާ އަވަހަށް ތިނިދީ.. މަންމާ.. މަންމަ ބޭނުންވާ ކަހަލަ ނަތީޖާއެއް މިއޮތީ ހޯދަފައި.. ދޮންބެވެސް ކިހާ އުފާވާނެ” އަހަރެން މަންމަގެ މަގަތުގައި އިށީދެގެން އިނދެ ކިޔަމުން ދިޔައީ މަޑުމަޑުންނެވެ. އަހަރެން ކޮޓަރިން ނިކުތީ މަންމަގެ އަތުގައި ހިފައިގެން އެތައްއިރެއްވަންދެން ހުރެއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައިވެސް އަހަރެންގެ އާދައެވެ. އަހަރެންނަށް ދިރުމެއް ގެނެސްދިނީ މަންމަގެ އަތުގެ ހޫނުކަމެވެ. އެ އަތުގެ މަޑުކަމެވެ.

“ޖިއާ…” އަހަރެންނަށް ކޮޅަށް ތެދުވެވުނީ ޗާބީދީފައިވާ ބުދެއްހެންނެވެ. ގަޑިއަށް އަވަހަށް ބަލާލީ ވީއިރެއް ނޭނގުމުންނެވެ. އަސްތާއެވެ. ރޭ އެހާ ލަހުން ނިދުމުން ހޭނުލެވުނީއެވެ. މިހާރު އެއޮތް ހަތެއް ޖަހަނީއެވެ. އަވަސް އަރުވާލައިފައި އަހަރެން ދިޔައީ ބަދިގެއަށެވެ. ” ޖިއާ ލަދެއް ނުގަނޭތަ ތިމާގެ މުސްކުޅިވެފައިތިބި މައިބަފައިން ލައްވާ ކައްކުވައިގެން ކާކަށް.. ތީ އަންހެނެއްތަ މެންދުރުވަންދެން ތިނިދަނީ..” އަހަރެންނަށް ބަލާލެވުނީ މަންމަގެ މޫނަށެވެ. މަންމާއެވެ. އަހަރެން މަންމަ ލައްވާ މަސަކަތް ކުރުވީ ކޮންއިރަކު ހެއްޔެވެ. ގޭ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ކިޔެވި އިރުވެސް ރީތި ނަމެއް ނުދެމެއްނޫން ހެއްޔެވެ. މިއަދު ހޭނުލެވުނީ އެވެ. ގަސްތަކު ނޫނެވެ. އަހަރެން ހިތުގައިވީ އެއްވެސް އެއްޗެއް ދުލަކާ ހަމައަކަށް ނަޔެވެ. “މާފުކުރޭ މަންމާ.. އަޅުގަނޑަށް ނިދުނީ.. ދެން ނުވާނެ އެހެނެށް” އަހަރެން މަންމަ ކިބައިން މާފަށް އެދުމުންވެސް ހެޔޮ ހިތުން ބަލާނުލިއެވެ. “މާފޭ.. މައްސަލައެއްނެތް.. މެންދުރު އަމިއްލައަށް ކައްކައިގެން ކާން މަޑުކުރޭ.. މަކެއްކީމަ ކާނެކަމެއް ނެތް.. މަގޭ ދަރި 8 ޖާހާއިރު އޮފީހަށް ދާންޖެހޭނެ.. އޭނަ ނިކުތުމުގެ ކުރިން ސައިތައްޔާރު ކުރަން ޖެހޭ.. ދެން ދޭ މިތަނުން” މަންމަ އެހެން ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. ދެރަވަނީ ކައިގެން ނުވާނޭ ބުނުމުންނެއްނޫނެވެ. މިގޮތަށް ނުކައި އަހަރެން ހުރީ ކިތައް ދުވަހުއެވެ. އެގާރަ އަހަރުން ފައްޓައިގެން މިކަނީ އަމިއްލައަށް ކައްކައިގެންނެވެ. އެކަމަކު މަންމަގެ ހުންނަނީ އެންމެ ކުއްޖެއް ހެއްޔެވެ. އަހަރެންނަކީ މަންމަގެ ދަރިއެއް ނޫންހެއްޔެވެ.

 

ނުނިމޭ..

 

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…1

Next

ލޯބިން އެކީގަ ވާނަމޭ.. (5)

Next
December 30, 2015

ލޯބިން އެކީގަ ވާނަމޭ.. (5)

Previews
December 30, 2015

އިތުބާރު ގެއްލުވާ ނުލާ…1

15 Comments!

  1. misty says:
    December 30, 2015 at 7:46 pm

    Awesome… When next part??

  2. misty says:
    December 30, 2015 at 7:47 pm

    Yay… me first ?

    1. kamana says:
      December 30, 2015 at 11:36 pm

      Yeyy heheh thnkxx alot misty for ur spprt ?

  3. Zeek says:
    December 30, 2015 at 7:50 pm

    Nice. V touching

    1. kamana says:
      December 30, 2015 at 11:37 pm

      Thnk u xeek ?

  4. Immy says:
    December 30, 2015 at 8:31 pm

    yayy me THIRD????? ohh i ws hopin tht i wud be frst…. bt nver mind….. 😉 😉 vaahaka hama habeyss….. hehehe….. dhn kihineh baa vaanee???? 😮 😮 😮 curious to knw…… wen nxt prt….. vrhh salhi mi vaahaka… i think i knw wat will hpn nxt….
    i mean its only a guess…. axlu jiaa ge manma akee donmanma hn heevanee….. dhnnn fareesha akee aslu jia ge mamma…. i think tht is wat is hppnin here….. n yageeneh noon dhww….. hama curious to knww…. vrhhh avahah nxt prt up kohdhencheyyy plxxxxxx…….. anywayxx bxt of lukk kamana…. 🙂 🙂

    1. kamana says:
      December 30, 2015 at 11:38 pm

      Thnk u immiiii lov ?? hehe dhn vaagoi dhw. Dhn balamaa dhw. Thnkx alot immiii for spprtinnn. ??

  5. Eyesh says:
    December 31, 2015 at 12:26 am

    V v v v v reethi mi part ves… ? eagerly waiting for the next part… and kamana mi vaahaka genesdheygoi v reethi.. best of luck dear ??? i luv this story

    1. kamana says:
      December 31, 2015 at 7:08 am

      Thnkx alot eyshooo. Thnkx alot for ur supprt. ??

  6. mice says:
    December 31, 2015 at 6:41 am

    mibaivex varah reethi… luv it..:-*

  7. kamana says:
    December 31, 2015 at 7:08 am

    Thnk u micy. ??

  8. Lol ? says:
    January 1, 2016 at 7:58 pm

    Kn iraku next part

  9. kamana says:
    January 2, 2016 at 1:02 am

    Madhama insha allah ?

  10. Faxoo says:
    January 7, 2016 at 8:19 pm

    varah reethi mashaAllah 🙂

    1. kamana says:
      January 8, 2016 at 1:38 pm

      Thank u faxoo ?

Comments are closed.


All Right Reserved!