”ޑެމިޓް!…” ސައިކަލު ދުއްވަމުން ދިޔަ ނަވްރަސްއަށް އެންމެ ފަހުން ޖެހުނީ އޭނަގެ ހިތުގެ ގޮވުމަށް އިޖާބަ ދޭށެވެ. ހިމަފޮދު ވާރޭގެ ތެރޭން ސައިކަލުގެ ދުވެލި ބާރުކޮށްލަމުން އޭނަ މިސްރާބު ޖެހީ ކޮލެޖާ ދިމާއަށެވެ. ދުވަސްތަކަށް ފަހު ޔަޝްމް ފެނުނު އިރު މިލައިގެން ގޮސްފައިވާ އެރީތި މޫނާއި ރަތްވެފައިވާ ދެލޮލުން އޭނަގެ ހިތް ރޮއްވާލައިފިއެވެ. އޭނަ ޔަޝްމްއާ ދުރުން އުޅެން މަސައްކަތްކޮށްފިއެވެ. ހިތަށް ވިސްނައިދޭން ވެސް މެއެވެ. ނަމަވެސް ހިތް އެއިން އެއްވެސް ކަމަކަށް އިޖާބައެއް ނުދިނެވެ. މިއަދު […]
މާހުތާބް އާއި ފަލަކް ނުވެސް ކުރާ ކުށެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ ކުށުގެ ދަށުންނެވެ. ހެއްކަކަށް ގެންދެވުނީ މާހުތާބްގެ ކޮޓަރިން ފެނުނުކަމަށް ބުނި ރަބަރު ޕެކެޓެވެ. ފައިސާއާއި ބާރު ހުރުމުން ބަލްޤީޝް ބޭނުންވި ގޮތަކަށް އެމައްސަލަ ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޭނައަށް އޮތެވެ. މިހާރު ވެސް ކަންތައް ދިޔައީ އޭނަ ބޭނުންވި ފަދައިންނެވެ. ރަސަލް އެކަމަށް ފާޑު ނުކިޔުމުން ހިތަށް ހަމަޖެހުމެއް ވެސް ލިބުނެވެ. ބަލްޤީޝް […]
އޮއްސެމުން ދާ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރެމުންދިޔައީ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ކަނޑުންއަންނަ ކުދިކުދި ރާޅުތައް އައިސް ވެލިގަނޑު މައްޗަށް ބީއްސާލާ ގޮތުން ހީވަނީ އެއިން ވެލިފުކަކަށް އަނިޔާއެއް ވެދާނެތީ އުޅޭހެންނެވެ. އެހާވެސް މަޑުމަޑުން އައިސް ވެލިގަނޑުގައި ފިރުމާލައިފައިދާ އެރީތި މަންޒަރު ދެކިލުމަށް ކޮންމެ މީހަކުވެސް ދަހިވާނެކަން ޔަގީނެވެ. މަޑުމަޑުން ޖެހެމުންދާ ވައިރޯޅިތަށް އިރެއް އިރަކަށް ފިނިވަމުން ގޮސް މުޅި ޖައްވުގައި ތެތްފިނިކަމެއް އަށަގެންފައިވެއެވެ. އެރީތި މާހައުލުގައިވާ ހަމަހިމޭންކަމުގެ އުފާވެރިކަން ލިބިގަތުމަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް […]
Hey guys am extremely sorry story adhivx update nukuruveythi aslu lilly ge lap halaaku vee n lilly akah neynge phn in dhivehi liyaakaha so lap hedhen dhekah wait lilly bunaany lilly ge laptop hedhunyma dhn story up vaany keep waiting have patience miss you all
ވަސީމް އާއި ޝާމް ޒައިންމެންގެ ގެ ކައިރިއަށް ދިޔައިރު އެގޭކައިރީގައި ޕާކްކޮށްފައިހުރި ޒައިންގެ ސައިކަލުމަތީގައި އޭނާ އިށީނދެލައިގެން ސިނގެރޭޓެއްބޯން އިނެވެ. ވަސީމް ފެނުމާއިއެކު ޒައިން ތެޅިގަނެފައި ބޯންއިން ސިނގެރޭޓު އެއްލައިލި ނަމަވެސް ވަސީމްއާއި ޝާމްއަށް އެމަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. “ޒައިން.. ބައްޕަ ބޭނުމެއް ނުވޭ އަފާއާ ޒައިންއާ ގުޅޭކަށް.. އެކަމަކު މަ ވަރަށް މަސައްކަތްކުރާނަން ބައްޕައަށް ވިސްނައިދޭން.” ވަސީމް އޭނާގެ ސައިކަލުން ފައިބަމުން ވާހަކަދެއްކިއެވެ. “މަށެއް ބޭނުމެއްނެތް އަފާގެ މައިންބަފައިންގެ ނުރުހުމުގަ ކައިވެނިކޮށްގެން ބޮޑެތި މައްސަލަތަކެއް […]
ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ. […]
މާޔާ ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ދެންމެ އަޑުއިވުނީ ދޮގެއްކަން ނަކީލް ބުނޭތޯއެވެ. މާޔާ ބަލަން ހުރި ގޮތުން ނަކީލްއަށް އުދަނގޫވިއެވެ. އިސްޖަހާލީ މާޔާގެ ކުށްވެރިޔަކުފަދައިންނެވެ. ” ނަކީލް ޤަބޫލުކުރިޔަސް ނުކުރިޔަސް ޖެނީއަކީ ނަތީޤްގެ މަންމަ ފަަދަ މީހެއް… އެހެން ވީމަ މާޔާ ކަހަލަ އަންހެނަކަށް ވުރެ ރަގަޅުވާނެ ކަންނޭނގެ… މިއީ ބައްޕަ ބޭނުންވާ ގޮތް… ” ނަކީލްގެ ހިޔާލު ބަދަލުކޮށްލެވޭތޯ ނިހާލް މަސައްކަތްކުރަމުން ދިޔައެވެ. އިސްޖަހައިގެން ހުރި ނަކީލް ހިތްހަމަ ނުޖެހޭގޮތްވެ އަތް މުއްކަވާލެވުނެވެ. […]
”ހޫމްމްމް، އެމަންޖެ އައި މީގެ ތިން ހަފްތާ ކުރިން ޓެބްސް ގަންނަން…” ޒުވާނާގެ ޖުމްލައިން ބަލްޤީޝްގެ ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ. ހިތުގައި ސުވާލުތަކެއް ވެސް އުފެދިގެން ދިޔަ އެވެ. ފަލަކް ޑްރަގްސް ބޭނުން ކުރަނީ ހެއްޔެވެ؟ އެކަން ކުރާތާ ކިހާ ދުވަސް ވެއްޖެ ހެއްޔެވެ؟ ވިސްނާލަމުން ދަނިކޮށް ބަލްޤީޝްގެ ސިކުނޑީގައި ހަނދާނެއް ޓަކި ދިން ފަދައެވެ. އޭނަ ދެން އަވަސް ވެގަތީ މައުލޫމާތު ސާފު ކުރުމަށެވެ. ހިތުގެ ތެޅުން ވެސް ކުއްލިޔަކަށް ބާރު ވެއްޖެއެވެ. […]
ނީނާގެ މޫނު ރަތްވެގެން ދިޔައެވެ. އެއްޗެއް ނުބުނެވެނީސް ފޮޓޯގައި އެވާ މީހާގެ އަސްލު އައިސް ނީނާމެންގެ ކުރިމައްޗަށް ހުއްޓުނެވެ. ރާއިފް ނީނާމެންގެ ކުރިމައްޗަށް ހުއްޓިފައި އެމީހުންނަށް ބަލާލިއެވެ. ނީނާގެ މޫނަށް ބަލާލުމާއެކު ރާއިފްގެ ހަރަކާތް އިރުކޮޅަކަށް ހުއްޓުނެވެ. ނީނާގެ ރީތިކަން އެވަގުތު ރާއިފްއަށް ފާހަގަ ކުރެވުނެވެ. ނީނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ރާއިފްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ފެނުނު ކޮންމެ ސިފައަކާމެދު ރާއިފް ހިތްހަމަ ޖެހުނެވެ. ނީނާގެ ދިގު އިސްތަށިގަނޑެވެ. އެންމެ ދޮން ނޫން މޫނާ […]