ނިމާންގެ މޫނުމަތި ފެނުމުން ކަމެއް ގޯސް ވެއްޖެކަން ޖިނާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނުމުން ބާރަކަށް ހިނގާލާފައި ގޮސް ތަޅުގައި ހިފާ ލުއްކެއް ޖަހާލިއެވެ. އެގެއާއި ޖެހިގެން ހުރިގޭ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިން މުސްކުޅިފުރާގެ މީހެއް ކައިރީގައި އަހާލުމުން ލިބުނު ޖަވާބުން ނިމާންގެ ކަރު އެލުވާލިއެވެ. އެގެއަކީ ބޭރު ޓީޗަރުން އުޅޭ ގެއެއް ކަމަށާއި އެމީހުން އީދު ބަންދުގައި ދުވަސްތަކުގައި ދިޔައީ ރިސޯރޓެއް ކަހަލަ ތަނަކަށޭ ބުނުމުން ނިމާންއަށް ބަލާލެވުނީ ޖިނާންގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ޖިނާން […]
ރާއިފް އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި އައިސް ނީނާ ކައިރީ އިށީނެވެ. “ދިޔަ ތަނެއް ބުނެލި ނަމަ އަހަރެން ހާސް ވެގެން ނޫޅުނީހެއްނު؟” ރާއިފް ބުންޏެވެ. “ރާއިފްއަށް ނާންގަން ވެގެނެއްނު ނުބުނެ ދިޔައީވެސް؟ އާޒިމްއާ ލަމް އެވަރަށް ނުބުނި ނަމަ ރަށަށް ދާނީވެސް ރާއިފް ކައިރީ ނުބުނެ” ނީނާ ބުންޏެވެ. “ރަށަށް ދާންތަ ތިއުޅެނީ؟” ނީނާއަށް ބަލާލަމުން ރާއިފްއަށް އަހާލެވުނެވެ. “ކީއްކުރަން މިތާ ހުންނަނީ؟ ރާއިފްއަށް ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރެވޭނެ އަހަރެން ނެތިއްޔާ. އަހަރެން […]
ނަމަވެސް ރީޝާ އަށް ވިސްނުނީ ގޯހެކެވެ. އެކުއްޖަކަށް ރީޝާ ނޫން އެހެން މީހެއް ފެނުނު ނަމަ ސިއްސައިގެން ނެއް ނުުދާނެއެވެ. މާސްކު އަޅައިގެން ހުރި ކުއްޖާ އަވަސް އަވަހަށް ގޮސް މައިޝަން ހުރި ދިމާލަށް ދިޔައެވެ. އޭރު ސްލޯ ޑާންސް ނިމިއްޖެއެވެ. ހުރިހާ ކުދިން ތަށް ވެސް އެ ކުއްޖެއް ވެސް ތިބީ އެ ކުއްޖެއްގެ ޕާރޓްނަރ އާ ގާތް ވެގެން ގޮސް ހިންޏަކަށް އެ ދެމެދަށް ނު ވަދެވޭވަރު ކޮށްލާފައެވެ. އެ ވެސް މަދު ކުއްޖަކު […]
” އާރާ ވަރަށް ބޮޑަށް ސޮރީ… މަންމަ ބުނެގެން އެއަރޕޯރޓަށް މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް ރިސީވެކުރާން ދާންޖެހިއްޖެ” ކުށްވެރިއަކު ފަދައިން އިސްޖަހައިގެން އިނދެ ޔުއާން ވާހަކަ ދެއްކިއެވެ. ” ސޯ ވަޓް އަހަރެން ގޮވައިގެން ދެވިދަނެއްނު…އެކަމަކު ޖެހޭނެ ބަރގަރ ކިންގުން އަހަންނަށް ކާންދޭން.. ” އާރާގެ ޖަވާބުން ޔުއާންއަށް ހީލެވުނެވެ. އަދި ހުޅުލޭ ފެރީއަށް ދާން ދުއްވާލިއެވެ. ” ބައިދަ ވޭ.. ރިސީވް ކުރަން މިދާ ކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ” އާރާ އަހާލިއެވެ. ” […]
ކެބިންގެ ދޮރު ހުޅުވާލާފައި ނީނާ އެތެރެއަށް ވަނީ އެވަގުތުއެވެ. ނީނާއަށާ ރާއިފްއަށް އެކަކު އަނެކަކު ފެނުނީ އެއް ފަހަރާއެވެ. ނީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރާއިފް ޝައުނާގެ ކޮނޑުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. ޝައުނާއަށް ނީނާ ފެނުނީ އެވަގުތުއެވެ. “ޓަކި ޖަހާލާކަށްވެސް ނޭނގޭތަ؟” ޝައުނާ ނީނާއާ ދިމާއަށް ބުންޏެވެ. “ނިކުމޭ މިތަނުން…” އައި ރުޅީގައި ނީނާއަށް ބުނެވުނެވެ. “އަހަރެންތަ…؟ ރާއިފް…” ޝައުނާ އެއްޗެއް ބުނަން އުޅެފައިވެސް ރާއިފްއާ ދިމާއަށް ބަލާލީ ޝައުނާގެ ދިފާއުގައި ރާއިފް އެއްޗެއް ބުނާނެ ކަމަށް […]
އާދިލް ވެސް މީޝާ އަށް ގުޑް ނައިޓް އޭ ބުނެލުމަށް ފަހު ކޮޓަރި އަށް ވަނެވެ. ހެނދުނު އިރު އެރުމާ އެކު މީޝާ ތެދުވެ އުޅުނީ ރޮށި ފިހެ މަސް ހުނި މޮޑޭށެވެ. ގޭގައި ތިބެނީ މީޝާ އާއި އާދިލް އެކަނި ކަމުން ކައްކަން ޖެހޭ އެއްޗެހި ވެސްް މަދު ވާނެތާއެވެ. މީޝާ މިއަދު އެ ވަރަކުން އެ އުޅެނީ މިއަދު އަށެއް ޖަހާއިރު ކޮލެޖަށް ފެންވަރު ބަލާ ޓެސްޓެއް ހަދަންށެވެ. އެހެންކަމުން މީޝާ އުޅުނީ ވަރަށް […]
އަހަރެން އަތުލުމަށް ދުވަމުން ދިޔަ ދޮންބެގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވެއެވެ. އަހަރެންނަށް ވެސް ހިނިތުންވެނުނީ ދޮންބެގެ ހިނިތުންވުން ފެނިއެވެ. ދުވަހަކު ނުނިދޭހާ އަރާމުކޮއް އަހަރެންނަށް ނިދިފަ އޮވެވުނީ ކިހާއިރަކު ކަމެއްނޭގެއެވެ. ފެންނަމުން ދިޔަ ހުވަފެނުން ހޭލަން ބޭނުންނުވާކަހަލައެވެ. ނުހުޅުވަން އޮތް ދެލޯ ހުޅުވަން މަޖުބޫރުވީ އަޑުގަދަކަމުންނެވެ. އަހަރެން މަޑުމަޑުން އެސްފިޔަތައް ތަޅުވާލީ ލޯހުޅުވަން އުދަގޫވުމުންނެވެ. “ދަރިފުޅާ” އަހަރެންނަށް ބައްޕަގެ އަޑުއިވުނީ ވަރަށް މަޑުންނެވެ. ހަމަހޭއަށް އަންނަން އިރުކޮޅެއް ނެގިއެވެ. “ބައްޕާ” ވަރަށް މަސައްކަތުން އަހަރެން ބައްޕައަށް […]
“ފަހުންވެސް ދެވިދާނެ، އިހަށް ލަމްމެން ކައިރީ ބުނާނީ އެމީހުން ދާށޭ… އަހަރުމެން ތަންކޮޅެއް ފަހުން ދާނީ” ރާއިފްއަށް ނުބަލާ އިނދެ ނީނާ ބުންޏެވެ. ރާއިފްގެ މޫނު ނުފެނުނު ނަމަވެސް އެވަގުތު ރާއިފްއަށް ވާނެ ގޮތް ނީނާއަށް ވިސްނުނެވެ. “ތެދެއްތަ ދޮންބޭ؟” ރިފާޝާ ރާއިފްއަށް ބަލާލާފައި އެހިއެވެ. “އާނ… މި ވަގުތަށް މުހިންމީ ގޭގަ މީހަކު ހުރުމެއްނު؟ އަހަރެންގެ މައްސަލައެއް ނެތް” ރާއިފް ބުންޏެވެ. ނީނާ އެނބުރިފައި ރާއިފްއަށް ބަލާލިއެވެ. ރާއިފްވެސް ނީނާއަށް ބަލާލާފައި ކޮޓަރިއަށް ވަނެވެ. އެދުވަހުގެ […]
ފަތިހު ފަސްގަޑިބައިގާ އަލްމާޝްއަށް ލޯހުޅުވާލެވުނީ ކުޑަކުޑަ މާޝަލްގެ ރޯލުމުގެ އަޑަށެވެ. ދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވާދިނުމަށްފަހު އެނދުގައި ބާއްވާލުމަށްފަހު ނިމާންއަށް ގޮވީ ނަމާދު ވަގުތު ފާއިތުވެދާނެތީއެވެ. ނިމާންވެސް އެވަގުތު މިސްކިތަށް ނުދިޔައީ ތުނިތުނިކޮށް ވާރޭ ވެހޭއަޑު އިވެމުންދާތީއެވެ. ބަދިގެފަރާތަށް ދިޔައިރު އަންޖޫ ހުރީ ރޮށިފިހެ ނިންމާލާފައެވެ. އަލްމާޝްވެސް ތަރުކަރީ ހިކިކޮށް ހެދުުމަށްފަހު އަންޖޫ ކައިރީގައި އެޔންމެ ،ކުރިން ސައިބޯން ބުނީ އަންޖޫ ފުރަންޖެހޭތީއެވެ. ހޫނު ދެކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަންއިރު ނިމާންހުރީ ބެލްކަނީގައެވެ. އަލްމާޝް ކައިރިއަށް ހުއްޓި ނިމާންއަށް […]