“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ. އީމަން އަދި ޔާނާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ރީމް ހީގަތެވެ. “ހާދަ ސީރިއަސްވީ؟” ރީމް ވާހަކަ ދައްކަމުން ދިއްކޮށްލީ ކާޑެކެވެ. އީމަން އޭގައި ހިފަމުން ބަލައިލިއެވެ. ޔާނާވެސް އީމަންއާ ކައިރިވެލުމަށްފަހު ކާޑަށް ނަޒަރު ހިންގާލިއެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ތިއީ ރެސްޓޯރެންޓްގެ ފަރާތުން ދިން ހާއްސަ އޮފަރ އެއް. […]
“އުނހޫ އުނހޫ އުނޙޫ… ދެން ކައޭ އޮޅުވާލަން ނޫޅޭ!! މަ ދޯ ފުރަތަމަ އެ ސުވާލު ކުރީ… އެހެންވީމަ މަށަށް ޖެހޭނީ ފުރަތަމަ އެ ސުވާލު ގެ ޖަވާބު ވެސް ލިބެންވެސް….” އަހުސަން ހީލަމުން ބުނެލިއެވެ. “އާނ…. ހެހެ.. އޯކޭ އޯކޭ… މަގޭ ދޯ… ހްމްމް… މަގޭ ޑޭޓް އަކީ…” މައިޝަން ވަރަށް ހެވިފައި ބުންޏެވެެ. “ހްމްމް ހްމްމް… ތިޔުޅެނީ ޝޯވް އެއްގަ ސެލެބްރިޓީ އެއް ބުނަންތަ؟؟ އަމިއްލަ ޑޭޓް ބުނަން ވެސް ހަމަ ތިިހާ ވަރު […]
“އަހަރެންގެ ޓައިޕްއެއް ނޫން… އެކަމަކުވެސް އޭނަޔާ އިންނަން މިއުޅެނީ” ރާއިފް ބުންޏެވެ. “ކީކޭ؟” ނަސްރުއަށް ގަބޫލު ނުކުރެވިގެން އަހާލެވުނެވެ. “ރިވެންޖް…” ރާއިފް ބުނެލިއެވެ. އަދި ރާއިފްގެ ޕްލޭން ނަސްރުއަށް ކިޔާދިނެވެ. “ތީ ކަމުދާ ޕްލޭންއެއް ނޫން… އެންމެ ފަހުން ރާއިފް އޭނަ ދެކެ ލޯބި ކަންނޭނގެ ވާނީ…” ރާއިފްގެ ވާހަކަ އަޑު އަހާފައި ނަސްރު ބުނެލިއެވެ. “ތީ ނަސްރުއަށް ހީވާ ގޮތް، އަހަރެން އޭނަ ދެކެ ލޯބި ވުން އެއީ ނުވާނެ ކަމެއް. ލޯބި ވާނެ ކުދިން […]
މިއީ އަޅުގަނޑުގެ ދެވަނަ ވާހަކަ….. މިއީ ލޯބީގެ ވާހަކައެކެވެ. މިވާހަކަ ވަރަށް އަވަހަށް ކިޔުންތެރިންނާހަމައަށް ގެެނެސްދެވޭތޯ މަސައްކަތް ކުރާނަން… ކިޔުންތެރިން އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން…
އޮއްސެމުން ދިޔަ އިރާ އެކު ފުރައިގެން އެ ދިޔަ ލޯންޗަކީ ރަށުން މާލެ ދާން ފުރި ލޯންޗެކެވެ. އާދިލް އެ އައީ އާދިލްގެ މަންމަ ކަމަށްވާ ދީނާ އާއި ބައްޕަ މޫސާ އާއި ކޮއްކޮ ޝާހިދާ މާލެ ދާން ފުރުވާލާފައެވެ. ވެފަ ހުރި ވަރުބަލިން ބަންގި ގޮވި ކަން ވެސް ނޭންގި ކޮޓަރި އެނދުގައި ޖައްސާލި ގޮތަށް ނިދުނެވެ. “އާދިލް…. އާދިލް….” އާދިލް އަށް ހޭލެވުނީ މީހަކު އޭނަގެ ނަމުން ގޮވާ އަޑަށެވެ. ވަރަށް ނިދި ބަރު […]
ފިރާޝް ފެނުމާއިއެކު ރުނާ ފުންމައިގެން ތެދުވެ ފިރާޝްގެ ގައިގައި އޮޅުލައިގަތެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭރު ރުނާހުރީ ބިރުން ހަލާކު ވާވަރު ވެފައެވެ. “ފިރާޝް…ބި..ބިރުވެރި… ” ރުނާއަށް ރޮވެންފެށުމުން އޭނާއަށް އިތުރު އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ. އޭރުވެސް ރުނާ ހުރީ ފިރާޝްގެ ގައިގައި ބާރަށް ބައްދައިގެންނެވެ. “ކީއްވެ ތިރޮނީ؟.. ކިހިނެއްތަވީ؟ ބިރުވެރި ކޯއްޗެއްތަ؟؟” ފިރާޝް ހާސްވެފައި ހުރެ ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނައިލިއެވެ. “ބިރުވެރި ހުވަފެނެއް ފެނުނީ… ފިރާޝް އަހަރެންގެ… ބޮލުގަ ވަރަށް ބާރަށް …. […]
އަވަހަށް މީހާ ހަމަޔަކަށް އަޅުވާ އެއަތުން އަނެއް އަތުގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދެފައިގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދުވެފައި އައިސް ފާރިޝް ކައިރިއަށް ހުއްޓެލީމެވެ. “ފާރިޝް” ވަރަށް މަޑުން ފާރިޝްއަށް ގޮވާލީމެވެ. އަހަރެން ފާރިޝްގެ އަތުގައި އައްސާފައިވާ ރޯނުތަށް ނައްޓާލީމެވެ. އަދި ފާރިޝްގެ ކަރުގައި އަތްޖައްސާލީމެވެ. ދެފަހަރަކު ކޮލުގައި އަތުން ޖަހާލީމެވެ. ވިންދު އެބަ ހުއްޓެވެ. ނަމަވެސް ވަރަށް ކުޑަކޮށްނެވެ. އަހަރެން ފާރިޝް ގޮވައިގެން މާޒިން ބުނި ދިމާލަށް ދިޔައީމެވެ. މާޒިން އެގޮތަށް […]
“އެހެން ކަމެއް އެބަ އޮތްތަ؟” ނީނާ އަހާލިއެވެ. ރާއިފް ނީނާއަށް ބަލާލިއެވެ. އަދި ބޯ ހަލުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ނީނާ އިތުރު އެއްޗެއް ނުބުނެ ނީނާގެ ގޮނޑީގައި އަޅުވާލާފައި އޮތް ދަބަސް ހިފައިގެން ދާން ހިނގައިގަތެވެ. “ނީނާ…” އެވަގުތު ރާއިފް ގޮވާލިއެވެ. ނީނާ އެނބުރިފައި ބަލާލިއެވެ. ނަމަވެސް ރާއިފް އިތުރު އެއްޗެއް ނުބުންޏެވެ. “ކިހިނެއްވީ؟ ކަމެއް އޮތީތަ؟” ނީނާ އަހާލިއެވެ. “ކަމެއް އޮތީކީ ނޫން… އެއްޗެއް އަހާލަން ވެގެން… ނީނާ އަދިވެސް ތިހިރީ އަހަރެން ދެކެ […]
“ޖިއާ… މިބުނީނު ދުރުގަ ހުންނާށޭ.. މީހަކު އަޖައިބެއް ނުވާނެތަ” މަންމަ ފޮޅުވާލީ ދޭފަތް އޮތް އަތެވެ. ބާރަށް މާންމާ އޭ ކިޔާ ގޮވާލެވުނީ މޫނުމަތީގައި އަތްއަޅަމުންނެވެ. ނަގަން ފެށި ދިލައިން އަހަރެންނަށް ކެއްވާވަރެއްނޫނެވެ. އަހަރެންގެ ނަސީބު ނޫނީ ބަދުނަސީބެވެ. ބުރައިގެން ދިޔަ ތެޔޮ ތިކިތައް އައިސް ޖެހުނީ އަހަރެންގެ އަތްތިލައިގައެވެ. ކަނދުރާއަށްވެސް ދެތިން ތިކި ބުރިއެވެ. “މަގޭ ދަރި… ޒުބޭދާ މިހާރު ޖިއާއަށް އަނިޔާކުރަންވެސް ފެށީތަ” އަހަރެން މޫނުމަތީގައިވާ އަތް ނެގީ ބައްޕަގެ އަޑު އިވުމުންނެވެ. ދުވެފައި […]