
އަލްމާޝް 15
ފަތިހު ފަސްގަޑިބައިގާ އަލްމާޝްއަށް ލޯހުޅުވާލެވުނީ ކުޑަކުޑަ މާޝަލްގެ ރޯލުމުގެ އަޑަށެވެ. ދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވާދިނުމަށްފަހު އެނދުގައި ބާއްވާލުމަށްފަހު ނިމާންއަށް ގޮވީ ނަމާދު ވަގުތު ފާއިތުވެދާނެތީއެވެ. ނިމާންވެސް އެވަގުތު މިސްކިތަށް ނުދިޔައީ ތުނިތުނިކޮށް ވާރޭ ވެހޭއަޑު އިވެމުންދާތީއެވެ. ބަދިގެފަރާތަށް ދިޔައިރު އަންޖޫ ހުރީ ރޮށިފިހެ ނިންމާލާފައެވެ. އަލްމާޝްވެސް ތަރުކަރީ ހިކިކޮށް ހެދުުމަށްފަހު އަންޖޫ ކައިރީގައި އެޔންމެ ،ކުރިން ސައިބޯން ބުނީ އަންޖޫ ފުރަންޖެހޭތީއެވެ. ހޫނު ދެކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަންއިރު ނިމާންހުރީ ބެލްކަނީގައެވެ. އަލްމާޝް ކައިރިއަށް ހުއްޓި ނިމާންއަށް ކޮފީތަށި ދިއްކޮށްލުމާއެކު ފުންނަޒަރަކުން އަލްމާޝްއަށް ބަލާލިއެވެ. ރޭގައި ނިމާން އުޅުނުގޮތް އަލްމާޝްގެ ހިތަށް އެރުމާއެކު އަލްމާޝް ލަދުން އިސްޖަހާލިއެވެ.
“މާން…..ރޭގައި ކިހިނެއްތަ އެއުޅުނީ…..” އަލްމާޝް އިސްޖަހާލއިގެން ހުރެ ކޮފީތަށިން މަޑުމަޑުން ބޮމުން ނިމާން ކައިރީގައި އަހާލިއެވެ.
“ކީއްވެ ޝޯނާ އެގޮތަށް ކުރިމައްޗަށް އައީ؟؟؟.. އެނގެއެއްނު އެހެންކަން ވާނީ އެގޮތަށް އައިމަ….” ނިމާން އަލްމާޝްގެ މޫނަށް ބަލަންހުރެ ލާނެއް ގޮތަކަށް ބުނެލިއެވެ.
“އަހަރެން ގޮތަކަށްތަ އައީ… މާން އެންމެ ގިނައިން ބެލީ އަހަރެންގެ ފަޔަށް… ކީއްކުރަން އަހަރެންގެ ފަޔަށް ބެލީ” އެހުރި ގޮތަށްހުރެ އަލްމާޝް އަހާލިގޮތުން ނިމާން ކައިރިއަށް ހިނިއައެވެ.
“ރީތިވީމަ” އަލްމާޝްގެ ދަތްދޮޅި އިނގިލިން އުފުލާލަމުން ނިމާން ބުނެލިއެވެ.
“ދެން ހެވޭ… ބުނީމެއްނު ބަބަކިއުއެކޭ… އެކަން ކުރަނީ ކޮންއިރަކުން” އެއްޗެއް ހަނދާންކޮށްލާ ގޮތަކަށް އަލްމާޝް ބުންޏެވެ.
“ބާބަކިއުއެއް ނޫނޭ ދޫނީ… އެއީ ޑރ.އެޑަމްގެ ފެއަރވެލް ޕާރޓީ… އޯވަރނައިޓެއްވީމަ ދެރަވަނީ ދާން..ކުރިން ނޭނގޭވިއްޔާ އަންޖޫ ކުއްލިއަކަށް ފުރަންޖެހިދާނެކަމެއް…. މައްސަލައަކީ ޕްރޮމިސްވެސް ވެވުނީމަ… ބަޓް ޑޯންޓް ވޮރީ ޝޯނާ މާލް އާއިއެކު އެކަނި ކޮށްފައެއް ނުދާނަން” އަލްމާޝް ނިމާމްއާއި ކައިރިއަށް ގެންނަމުން ބުނެލިއެވެ.
“އެއީއަދި ރަނގަޅުގޮތެއް ނޫނެއްނު… މާން ވާނެ ދާން…މަށާ މާލްއާ ދެމީހުން މާމަމެންގެއަށް އެރޭ ދާނީ… މިހާރު ދެތިން ފަހަރަކު އަފޫވެސް ބުނެފި އެގެއަށް އެއްރެއަކުން މާލް ގޮވައިގެން ޖައްސާލާށޭ” އަލްމާޝް ނިމާންއާއި ދިމާލަށް ބަލަންހުރެ ބުންޏެވެ.
“އޯކޭ… އަހަރެން ނިންމާފަ ދާނަން ބަލާ…އެންމެ ރަނގަޅެއްނު” ނިމާން ހީލާފައި ކޮފީތަށިން ކޯވަރެއް ބޯލިއެވެ.
“ހޫމް… ދެން ކޮންއިރަކުން ތިކަމެއް އޮތީ” އަލްމާޝް އަހާލިއެވެ.
“މާދަމާރޭ” ނިމާންއާއި އަލްމާޝް އެއްކޮށް ކޮޓަރިއަށް ވަނީ މާޝަލް ރޯއަޑު އިވުމުންނެވެ.
މެންދުރުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރުމުގައި އަޒްމާ އުޅުނުއިރު ކައިރީގައި އަތްގާތް ކޮށްދިނުމުގައި ދީމާވެސް އުޅުނެވެ. އެތް އަތުގައި ފޯނު އޮތްއިރު އޭގެ ބޭނުންވެސް ކުރަމުންދޭއެވެ. ކުރަންހުރި ކަންތައް ކޮށް ނިމުމާއެކު ދީމާގޮސް ވެއްޓިގަތީ ސިޓިންގްރޫމުގައި ހުރި ސޯފާ ގޮނޑިއަށެވެ. ދުރުގައި ބަލަންހުރި އަޒްމާ ދެފަރާތަކަށް ބޯހަލުވާލުމަށްފަހު ދީމާގެ ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސާލިއެވެ. އަޒްމާގެ އެއްވެސް ހިލަމެއް ދީމާއަށް ނުވުމުން އަޒްމާ އައިސް ދީމާގެ އަތުން ފޯނު އަތުލިއެވެ.
“ދަރިފުޅާ ދީމާ… ކިހިނެއް ތިއުޅެނީ…. މަންމައަށް ނުފެނޭ މިހާރު ދަރިފުޅު ނަމާދެއްކުރާ ތަނެއްވެސް…” ދީމާގެ ބޮލުގައި ފިރުމާލަމުން އަޒްމާ ބުންޏެވެ.
“އޯ ކަމޯން މަންމާ….. ނަމާދުކުރަމޭ…. އަހަރެން ގޯސް ގޮތަކަށް އެބަ އުޅެންތަ މަންމާ… މިރޭ އޯވަރނައިޓެއް އޮތީމަ އެކަމުގައޭ މިއުޅެނީ” ދީމާ މޫނުމަތިން ވަރަށް ހަމަޖެހިލާފައި އަޒްމާގެ އަތުގައި ހިފާލަމުން ދީމާ ވާހަކަދެއްކިއެވެ.
“ބައްޕަ ހުއްދަ ނުދޭއެއްނު އަދި…. ހުއްދަ ލިބުނީމަ ނޫނިއްޔާ ދަރިފުޅު ދާކަށް މަންމައަށް ނުފެނޭ”
“މަންމާ….ބައްޕަ ބުނެފި ދާށޭ… ޒައުވެސް ހުންނާނެއްނު..ނޫޅޭނަމޭ ގޯސް ގޮތަކަށް… ޕްރޮމިސް މަންމާ” ދީމާގެ އަތުގައި ހިފައިގެންއިން އަޒްމާ ހިނގައިގަތީ މެންދުރު ނަމާދު ފާއިތުވާން ވާއިރަށް ނަމާދު ކޮށްލުމަށެވެ.
ޕާރޓީ ކަންތައް ފެށިގެން ކުރިއަށް ދިޔައީ އެޑަމް މެން އުޅޭގޭ ޓެރަސް މަތީގައެވެ. ކުރިން އޯވަރނައިޓެއް ގޮތަށް ހަމަޖެހިފައި އޮތަސް ދަންވުމުން ނިންމާލާގޮތަށް ހަމަޖެހިފައި އޮތުމުން ނިމާން އަލްމާޝަށް ގުޅާފައި ބުންޏެވެ. އެންމެފަހުން ފޯނު އެއްކޮށް ޗާޖް ހުސްވުމުން ޖީންސުގެ ޖީބަށްލީ ތަންކޮޅެއް އަަވަހަށް ގެއަށް ދިއުމަށް ހިތުލައިގެން ހުރެއެވެ. ނިމާންއަށް ނޭނގުނީ އޭނާގެ ހަރާކާތްތަކަށް ފާރަލައިގެން ދީމާ އުޅޭކަމެވެ. އަލްމާޝްއާއި ނިމާން ވާހަކަދެއްކި އިރު ކައިރީގައި ދީމާ ހުރި ކަމެއްވެސް ނިމާންއަށް ނޭނގުނެވެ. ދީމާގެ ފަރާތުން ނިމާންއަށް އެއްވެސް އުނދަގުލެއް ނުވާތީ އެކަމާވެސް ނިމާން ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ.
“ދޫނީ…ޑެޑީ މިހަދަނީ ކިހިނެއްތަ؟؟؟ އެއްފަހަރު ބުނާނެ އަވަހަށް ގެއަށް އަންނާނަމޭ…މިހާރު އޮފީހުން ގުޅާފައި އެބުނީ މިރޭ ނާދެވޭނޭ…. މަންމިއާ ދެކުދިން ދާނީ އަފޫދައްތަ ގެއަށް ދޯ….މާދަން ޑެޑީ އަންނާނެ ދެކުދިން ބަލާ……. ހިނގާ ދާން އަވަހަށް މިހާރު ޓެކްސީ އަންނާނެ” މާޝަލްއާއި އަލްމާޝްއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ދަބަހަށް އެޅުމަށްފަހު އަލްމާޝް ގެއިން ނިކުމެ ޓެކްސީއަށް އެރީ ސެކިއުރިޓީ ގާރޑް ކައިރީގައި ގެއަށް ރަނގަޅަށް ބެލުމަށް ބުނުމަށްފަހުއެވެ.
ގަޑިން ތިނެއް ޖެހީރު މަގުމަތިން އެއްވެސް މީހެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ހަވޭލީގެ ގޭޓް ކައިރީގައި އިން ގާޑަށްވެސް އިނީ ނިދި ޖެހިފައެވެ. މަގުކޮޅުން ދައްކާލި ސައިކަލް އައިސް އެގޭ ކުރިމައްޗަށް މަޑުކޮށްލިއިރުވެސް ގާޑަކަށް ހޭވެރިކަމެއް ނާދޭއެވެ. ސައިކަލުން ފޭބި ދީމާ ސެންޓޭއަށް ހީލުމަށްފަހު ގޭޓުން އެތެރެއަށް ދެމިގަތެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންގޮސް ދީމާ މަޑުޖެހިލީ އަލްމާޝްގެ ނިދާ ކޮޓަރިއަށް ވަނުމަށްފަހުއެވެ. އަލަމާރި ހާވާ އަލްމާޝްގެ ލޭސްފޮތީގެ ނައިޓީ ހިފައިގެން ގޮސް ފާހާނާއަށް ވަދެ ފެންވަރާލުމަށްފަހު އަލްމާޝްގެ ރީތިވާ ސާމާނުތައް ބޭނުންކޮށްގެން މާޝާލްގެ އެނދުވެސް ދުރުން ބަލާ މީހަކަށް ކުޑަކުއްޖަކު ނިދާފައި އޮންނާނެހެން ހީވާގޮތަށް ހަދާލއިެވެ. އެއަށްފަހު ކޮޓަރީގެ އަލ ފަނޑުކޮށްލުމަށްފަހު އެނދަށްއަރާ ގައިމަތީގައި ރަޖާ އަޅާލިއެވެ. އެގޮތުގައި މާގިނައިރު ދީމާ އިންތިޒާރުކުރާކަށް ނުޖެހުނެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިކަން ދީމާއަށް އެނގުނެވެ. ނޭނގޭ ގޮތަށް ދީމާ ލޯ ކުޑަކޮށްލައިގެން ބަލާލިއިރު ނިމާން ހަށިގަނޑުގައިވާ ހުރިހާ އަންނައުނެއް ބޭލުމަށްފަހު ތުވާލި އޮޅާލައިގެން ފާހާނާއަށް ވަންނަނީއެވެ. ކުރެވެން އުޅޭ ކަންތަކުގެ ހިލަމެއްވެސް ނިމާންއަކަށް ނުވެއެވެ. ހުސް ބޮކްސާކޮޅާ ނިމާން އެނދަށް އަރަމުން ދީމާއޮތް ފަރާތުގައި ހުރި ކުޑަ އެނދަށް ބަލާލީ މާޝަލްމަތިން ހަނދާންވުމުންނެވެ. މަޑުމަޑުން ދީމާ ކައިރިއަށް ނިމާން ޖެހިލާ ބުރަކަށިން ފެންނަން އޮތް ހާމަ ހިސާބުގައި ތުންފަތް ޖައްސާލިއެވެ. ދީމާގެ ހިތްހީވީ އަނގައިން ނިކުމެދާނެހެންނެވެ. ކެތްކޮށްލައިގެން އޮތީ ނިމާންގެ ފިރުމުންތައް އިންތިހާއަށް ބޭނުންވާތީއެވެ. ދީމާ ހީކުރިގޮތާ ހިލާފަށް ނިމާން އިތުރަށް އެއްވެސް ކަމެއް ނުކުރެއެވެ. ފަހަތުން ދީމާގެ ބުރަކަށީގައި ޖެހިގެންއޮވެ ނިމާންއަށް ނިދުނީއެވެ. އަލްމާޝް ނިދާފައި އޮންނަ ވަގުތުތަކުގައި އުނދަގޫކުރުމަކީ ނިމާން އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މިރޭވެސް އަރާމު ނިދިން އަލްމާޝް ހޭލައްވާލަން ނިމާން ބޭނުންނުވީއެވެ. މަޑުމަޑުން ނިމާންއާއިވީ ފަރާތަށް އެނބުރިލި ދީމާ ރުޅިވެރިކަމާއެކު ނިމާންއަށް ބަލާލީ އޭނާގެ ޕްލޭން ފެއިލް ވުމުންނެވެ. ނިމާންގެ ބީހުންތަކުން ދީމާ އޮތީ ނުލާހިކު ބޮޑަށް ނިމާންއަށް ބޭނުންވެފައެވެ. ހިތްއަވަސްވެފައި ހުރިވަރުން ސެންޓޭ ދިން ޑްރަގްސް އާދެވުނީ ބަހައްޓާފައެވެ. ދީމާ ހީކުރީ ނިމާންގެ ފަރާތުން މިރޭ ދީމާއަށް ކޮންމެސް ވަރެއް ވާނެކަމަށެވެ. އެވަރުވެސް ވީކަމަށްޓަކައި އުފަލުން ދީމާ ނިމާންގެ މޭދަށަށް ވަދެލާ އެތުންފަތުގައި ކިސްކޮށްލިއެވެ. ދީމާ ހިތްހަމަޖައްސާލީ އަލްމާޝްއަށް ނިމާން އޭނާ ކައިރީގަ މިގޮތަށް އޮށްވާ ފެނުމުން އިންތިހާއަށް ރުޅިއަންނާނެކަން އެނގޭތީއެވެ.
ފަތިހު ފަސްގަޑިބައިވިއިރު އަލްމާޝް ހުރީ މާޝަލް އުނގަށްލައިގެން ބޭރުގޭތެރޭގައެވެ. ކުއްލިއަކަށް ނިދާތަން ބަދަލުވުމުން އަލްމާޝްއަށް ވެސް އަދި މާޝަލްއަށް ވެސް ރަނގަޅަށް ނިދޭ ގޮތެއް ނުވެއެވެ. ނިމާންގެ ފޯނަށް ގުޅުމުން ބުނަނީ ފޯނު ނިއްވާލާފައި ކަމުގައެވެ. އަލްމާޝް އައިސް އުޅޭތީވެ މޫމިނާ އެހެންދުވަސް ދުވަހަށްވުރެ ކުރިން ސައި ހަދާވެސް ނިންމާލިއެވެ. އަލްމާޝް ނިމާންގެ ފޯނަށް ގުޅާލަ ގުޅާލާ އިންއިރު އަފާފް އުޅުނީ މާޝަލް ގޮވައިގެންނެވެ. ނިމާންދެކެ ކުޑަކޮށް ހިތްހަމަނުޖެހުނަސް ފަހުން އެކަން މާބޮޑު ކަމަކަށް ހަދާކަށް އަލްމާޝް ބޭނުންނުވިއެވެ. ނިމާންއަށް ހިތްހެޔޮކޮށްލައިގެން ހުރެ އަލްމާޝް މާޝަލް ގޮަވައިގެން އެގެއިން ނިކުތީ ޓެކްސީ އައުމުންނެވެ. ޝީޓްގެ އެއްފަރާތުގައި އަލްމާޝްގެ ކުޑަ ދަބަހާއި މާޝަލްގެ ކުޑަ ދަބަސް ބަހައްޓާލައިފާވާއިރު އުނގުމަތީގައި އިން މާޝާލްއާއި ސަމާސާ ކުރަމުންދިޔައެވެ. ކުރިމަތިވާން އުޅޭ ބޯކަޅުވިލާގަނޑުގެ ހިލަމެއްވެސް އެދެމައިންނަށް ނުވޭއެވެ.
ހަވޭލީ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު އެއްކޮނޑުގައި ދެ ދަބަސް އަޅުވާލައިގެން އަނެއްއަތުން މާޝަލް އުރާލައިގެން ހުރެ ވަރަށް ހާލުން ޑްރައިވަރަށް ފައިސާ ދެއްކިއިރުވެސް ހުރީ ހިނިތުންވެލައިގެންނެވެ. ކުއްލިއަކަށް އަލްމާޝްގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެންދިޔައީ މަގުގެ އަނެއްފަރާތުގައި އަލްމާޝްއަށް ބަލަހައްޓައިގެން ސައިކަލުމަތީގައި އިން ޒުވާނާ ފެނިފައެވެ. ބަލާބެލުމަށް ވައްތަރީ ޕާޓޭއަކާއެވެ. ޖެހިލުންވެހުރެ މާޝަލްގައިގާ ބާރަށް ބައްދާލައިގެން ގޭޓުން އެތެރެއަށް ވަތް އަލްމާޝްއަށް އިތުރު ސިހުމެއް ލިބުނީ ގޭޓުން އެތެރޭގައިވާ ނިމާންގެ ސައިކަލް ފެނުމުންނެވެ. ނިމާން އެންމެފަހުން އެޑަމްގެ ފެއަރވެލް ޕާރޓީއަށް ދިޔައީ އެސައިކަލުގައި ކަން އަލްމާޝް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ނިމާން ގޭގައި ހުރެ އެމީހުން ބަލާނައީ ކީއްވެބާއޭ އަލްމާޝްގެ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ހިތްހަމަޖައްސާލީ ނިމާން ގެއަށް އައީ ހަމަދާދި ދެންމެގައޭ ހީކޮށްފައެވެ.
ހިޔާލެއް ފިކުރެއްނެތި ސިޑީގެ ހަރުފަތަކަށްފަހު ހަރުުފަތެއް ގިރާކުރަމުންދިޔަ އަލްމާޝް މަޑުޖެހިލީ ކޮޓަރީ ދޮރާހަމައަށް ދެވުނުފަހުންނެވެ. އަދި މާޝަލް އަނެއް އަތްމައްޗަށް ބަދަލުކޮށްލުމަށްފަހު މަޑުމަޑުން ތަޅުގައިހިފާ އަނބުރާލުމުން ދޮރު ހުޅުވިގެންދިޔައެވެ. ކޮޓަރިތެރެއިން ފެނުނު ފަނޑު އައްޔަށް އަލްމާޝްގެ ލޯހޭނެން އިރުކޮޅެއް ނެގިއެވެ. ނިމާންގެ ނަމުން ދެފަހަރަކު ގޮވާލުމަށްފަހު ޖަވާބެއް ނުލިބުމުން ކުރިއަށް ޖެހިލާ ދޮރުފަތުގެ ބިއްދަށުން ޖައްސާލި ސުވިޗަކުން މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔައެވެ. ލޯކުރިމަތިން ފެނުނު މަންޒަރަކުން އަލްމާޝައަށް އަތުގައި އޮތް ދަބަސްތައް ތިރިއަށް ދުކޮށްލެވުނެވެ. މާޝާލް އަތުންދޫވެދާނެތީ ދެއަތުން އެކުޑަ ހަށިގަނޑުގައި ބާރާށް ހިފަހައްޓާލއިެވެ. އަލްމާޝްގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރު ކުރިމަތީގައި އެކަކު އަނެކަކު އަތު ތެރޭގައި ނިދާފައިތިބި ދެމީހުންނަށް ހޭވެރިކަމެއް ނުވެއެވެ. ނިމާންއަށް ބާރަށް އަލްމާޝްއަށް ގޮވާލެވުނީ ވެސް އޭނާއަށް ނޭނގިއެވެ. ކުއްލިއަކަށް ފެނުނީ ނިމާން ތެދުވެ އެނދުމައްޗަށް ކޮޅަށް ޖެހުނު ތަނެވެ. ދެފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ނިމާން ފުންމައިގެން ކޮޅަށް ތެދުވީ ކުރިމަތީގައި ރޮވިފައިހުރި އަލްމާޝް ފެނުމުންނެވެ. އަލްމާޝް ކައިރީގައި ހުރި ދަބަސްތަކާއި ދިމާލަށް ލޯހުއްޓާލައިގެން ހުރި ނިމާން ސިއްސައިގެންދިޔައީ ނިމާންގެ ކުރިމަތިން ހުރަސްކަނޑާލި އަންހެންކުއްޖާ ދުވެފައި ގޮސް ފާހާނާއަށް ވަނުމުންނެވެ. ވެގެން އުޅޭ ގޮތެއް ސާފުވުމުން ނިމާން ކުރިއަށް ޖެހިލާ އަލްމާޝްއާއި ކައިރިވެލަން އުޅުމުން އަލްމާޝް ޖެހިލީ ފަހަތަށެވެ. ހަމަ އެހިނދުގައި އަލްމާޝް ކުރިމަތިން އެ އަންހެންކުއްޖާ ދިޔައިރު އެއީ ކާކުތޯ ބަލެމެއް އަލްމާޝްއަކަށް މުހިއްމެއް ނުވިއެވެ. ނިމާންއަށް ބަލަހައްޓައިގެންހުރި އަލްމާޝް މަޑުމަޑުން ދޮރާ ގާތަށް ޖެހެމުން ދިޔައެވެ.
“ނޫން ބޭބީ…..އެއީ އަދި ހަގީގަތެއް ނޫން….ޕްލީޒް ބިލީވް މީ” ނިމާން ހުސް ބޮކްސާކޮޅުގައި އަލްމާޝްގެ ކައިރިއަށް ހުއްޓި އެއަތުގައި ހިފާލުމުން އަލްމާޝްގެ ލޯ އަމާޒުވީ ނިމާންގެ ކަންފަތްކައިރީގައި ހުރި ރަތްކުލައިގެ ލިޕްސްޓިކް ނިޝާނަށެވެ.
“ހުއްޓާލާ ނިމާން” އަހަރެން ކުރިންވެސް ބުނީމެއްނު މީހަކު އައިސް އަދި ވާހަކަތަކެއް ދެއްކިއަސް ގަބޫލެއް ނުކުރާނަމޭ… އަހަރެން ލޮލަށް ފެނުނީމަވެސް އަދި ދޮގު ހަދަން އެބައުޅެއެއްނު” އަލްމާޝްގެ ރުޅިވެރިދެލޯ ނިމާންގެ މޫނަށް އަމާޒުވެފައި ހުރިއިރު ކަރުނަތަކާއެކު އެދެލޯ ކުރިއަށްވުރެ ބޮޑުހެން ނިމާންއަށް ހީވިއެވެ.
“ނޫން ދޫނީ… ނުބުނޭ ތިހެން ތި ފެނުނީ ހަގީގަތެއް ނޫން… މާން އެގޮތަށް ނޫޅެން… މީ ކިހިނެއްވި ކަމެއްކަން އެއްގޮތަކަށްވެސް ނޭނގެ… ރޭގައި މާން ގެއަށް އައިރު ދޫނި ވަރަށް ލޯބިކޮށް ނިދާލާފައި އޮތީ.. އެހެންވެ އުނދަގުނުކޮށް މާންވެސް ނިދާލީ” ނިމާން އޭނާގެ ކުށެއް ނެތްކަން އަލްމާޝްއަށް އަންގަދޭން މަސައްކަތްކުރާއިރު މާޝަލް އުރާލައިގެން ހުރެ އަލްމާޝް ވެސް ރޮމުން ދިޔައެވެ. ވެދިޔަ ކަންތައް އެއީ ހުވަފެނެއް ކަމުގައި ހަދަން އަލްމާޝް ވެސް ބޭނުމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ނިމާންގެ އަތު ތެރޭގައި އެހެން އަންހެނަކު އޮށްވާ ފެނުނީ އަލްމާޝްގެ ދެލޮލަށެވެ… ވީއިރު ނިމާން ބުނާ އެއްޗެއް ގަބޫލުކުރަން އަލްމާޝްއަށް ފަސޭހަވާނެ ހެއްޔެވެ؟ އަލްމާޝް ބޭނުންވަނީ ނިމާންގެ ކުރިމަތިން ދުރަށް މާދުރަށް ދާށެވެ. އުމުރު ދުވަހު ހޯދިޔަސް ނުފެންނާނެހާ ދުރަށޭވެ. ނިމާން މިއަދު އަލްމާޝް ވަރަށް ހިތުގައި ޖައްސައިފިއެވެ.
“ހުއްޓާލާ… ކުރިމަތިން މަންޒަރު ފެނުނީމަ ވެސް ހާދަ ދޮގެކޭ ތިހަދަނީ.. އަހަރެން ނިމާން މަތިން ފޫހިވެއްޖެ… މުޅީން ފޫހިވެއްޖެ… ނިމާންއަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއް؟ މައިންބަފައިން އަހަރެން ދޫކޮށްލީވެސް ހަމަ ނިމާންގެ ސަބަބުން… މިތަނުގައި އަހަރެންނާ އަޅާލަން މިހާރު އެއްވެސް މީހެއް ނެތް…. އަހަރެން ހޯދަން ނާންނާތި… ނިމާން ތިއުޅޭ ހަޑި ދިރިއުޅުން ބަލަން މަ މިތާ ނޫޅޭނަން” ތިރިއަށް ވެއްޓިފައި އޮތް މާޝަލްގެ ދަބަސް ހިފައިގެން އަލްމާޝް ވަން ދޮރުން ނިކުންނަން ހިނގައިގަތުމާއެކު ނިމާން އަށް ހީވީ އެހިތުގައި މީހަކު ބާރަށްހިފާ ފިތާލިހެންނެވެ. އަލްމާޝްގެ ފައިގައާއި ، ކޮނޑުމަތީގައި ނިދާލާފައި އޮތް މާޝަލްގެ އެއްފައިގާ ހިފައިގެން ހުރެ އެގެއިން ނުދިއުމަށް އަލްމާޝް ކައިރީގައި ބުނަމުންދިޔައެވެ. ނިމާންގެ ވާހަކަތަކަށް ބީރު ކަންފަތެއްދިނުމަށްފަހު އަލްމާޝް ކޮޓަރިން ނިކުމެ ހިނގައިގަތީ މޭގައި އަތް އަޅާލައިގެން ހުރެއެވެ. ނިމާންއާއި ކުރިމަތިލާނެހާ ހިތްވަރެއް ދެން އޭނައަށް ނެތެވެ. އަލްމާޝް ދެކޭ ގޮތުގައި ނިމާން އޭނައަށް މިދިނީ ބޮޑު ކެއްސެކެވެ.
އިރު އަރައިގެން ދުނިޔެމައްޗަށް އަލިވަމުން ގޮސް ހެނދުނު އަށެއް ޖަހާލީއިރު އަލްމާޝް އިނީ ފިހާރައެއްގެ ކައިރީގައި ހަދާފައިހުރި އަށިގަނޑެއް މަތީގައެވެ. ދުނިޔެމައްޗަށް ކުރަމުންދާ ވިއްސާރައިގާ އަލްމާޝްގެ ގަޔަށް ވާރޭތިކިތައް ރަހުމެއްނެތި ހަމަލާ ދެމުންދާއިރު އުނގުމަތީގައި އޮތް މާޝަލް އޮތީ އަލްމާޝްގެ ކުރިމަތިން އެއްފަރާތަކަށް ވައްޓާލެވިފައި އޮތް ފިނިފެންމާ ކުލައިގެ ޝޯލްގެ ބަޔަކުން ނިވާ ކޮށްލާފައެވެ. މޫނު މައްޗަށް ބުރައިގެންދާ ފެންތިކިތަކާއެކު ލޮލުން ފައިބާ ކަރުނަތައް އެކުވާން ފެށުމުން އެއްވެސް މީހަކަށް އަލްމާޝް ރޯކަމެއް ނޭނގޭނެއެވެ. އަލްމާޝްގެ ހިތުގައި ނިމާންއާއި ދޭތެރެ އޮތް ސާފު ލޯތްބަށް ކުޑަވެސް ލޮޅުމެއް ނާދޭއެވެ. ނިމާން އެގޮތަށް ކަންތައްކުރިއިރުވެސް އަލްމާޝްއަށް ނިމާންދެކެ އަންނާންވީ ރުޅިއެއް ނާދެވުނެވެ. ނިމާންއާއި އެއްތާކު އުޅެން ބޭނުންނުވީ އެމަންޒަރު ނިމާން ފެންނަ ކޮންމެ ވަގުތަކުވެސް ހިތަށް ފެންނާނެތީއެވެ. މިވަގުތު އަލްމާޝް އެންމެ ދެރަވީީ މަންމައާއި ބައްޕަ މަތިން ހަނދާންވެފައެވެ. އެއްވެސް މީހެއްގެ ހިމާޔަތެއް އަލްމާޝް ބޭނުމެއްނޫނެވެ. މަރުނުވަންޏާ ގޮތެއް އޮންނާނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތެއް ވިޔަސް އަލްމާޝްއަށް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ މާޝަލްއަށް ދެރަގޮތެއްވިޔަ ނުދޭނެއެވެ. އެދަރިފުޅުގެ މުސްތަގްބަލަށްޓަކައި އަލްމާޝް ދިރިއުޅޭނެ ކޮންމެސް ގޮތެއް ހޯދަން އެބަޖެހެއެވެ. މާތް ރަސްކަލާނގެއާއި ވަކީލު ކޮށްލުމަށްފަހު އިންތަނުން ތެދުވެލައިގެން ކުރިއަށް ހިނގައިގަތް އަލްމާޝް ބޮލަށް އެނބުރުން އެރުމާއެކު ކޮނޑުމަތީގައި އޮތް މާޝަލް އަތުން ދޫވާން އުޅޭހެން ހީވެގެން އެއަތަށް ބާރުކޮށްލެވުމާއެކު ދެވަނަ ސިކުންތުގައި ގައިގެ ހުރިހާ ބާރެއް ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
“ބިޗް…… މިހާރު އޭނަ މާ މައްޗަށް ދިޔައީ….” ޖިނާން ވާހަކަދައްކަމުން ދިޔައިރު ކައިރީގައި ހުރި ގޮނޑީގައި މޫނުގައި އަތް އަޅާލައިގެން ނިމާން އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެމީހުން ތިބީ ޖިނާންމެންގޭ ބަގީޗާގައެވެ.
“ޖިނާ… މަ ކިހިނެއް ދެން އުޅޭނީ.. މިގަޑީ އެބިޗްގެ ވާހަކަދެއްކުން މުހިއްމެއްނޫން.. އެކަމު ޝޯނާ އާއި މާލް ނުލާ އަހަރެން ކިހިނެއް އުޅޭނީ” މޫނުމަތިން އަތްނަގާ ދެއަތް މޭޒުމަތީގައި އަޅުވާލުމަށްފަހު ދެއަތް މަތީގައި ނިމާން ބޯއަޅާލިއެވެ. ރަހްމަތްތެރިޔާގެ ހާލު ފެނުމުން ޖިނާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މިކަމުގައި ނިމާން އެދޭނެ ވަރަށްވުރެ ވެސް ބޮޑަށް ޖިނާން އެހީވާން ބޭނުމެވެ.
“ނުދޭ އަފޫ މެންގެއަށް ވެސް” ބޮޑު ބަނޑާއެކު ޖިނާން ކައިރިއަށް އައިސް ހުއްޓުނު ޝަހާނާގެ މޫނުމަތިވެސް ވަނީ މިލާފައެވެ. އެންމެ ކަންބޮޑުވީ އަފާފްއަށް ވެސް އަދި އޭނައަށްވެސް އަލްމާޝް ހަބަރެއްވެ ނުލީމައެވެ.
“ދެން މިހެންތިބީމަ ކަމެއްވާނެތަ..ހިނަގާބަލަ މަށާއެކު” ނިމާންގެ ކޮނޑުގައި އަތް އަޅުވާލަމުން ޖިނާން ތެދުވެ ހިނގައިގަތުމާއެކު ނިމާން ހީވީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވިހެންނެވެ. އެހާވެސް ބާރަށް ޖިނާން ފަހަތުން ނިކުތެވެ. އެމަންޒަރު ބަލަން ހުރި ޝަހާނާ ހިތާހިތުން ދުޢާ ކޮށްލީ އެކުވެރިޔާ ހުރި ތަނެއްގައި ސަލާމަތުން ލަހައްޓަވާތޯއެވެ.
މާލޭގެ ބޮޑެތި މަގުތަށް ބަލަމުން ޖިނާންއާއި ނިމާން ސައިކަލުގައި ދުއްވަމުން ދިޔައެވެ. މަގުމަތިންދާ އަންހެންކުދިން މޫނަށް ނިމާން ބަލާވަރުން ބައެއް ކުދިން ތުއި ވެލާފައި ހީލާއިރު އަނެއްބައި ކުދިން ތުން އަނބުރާލައެވެ. ނިމާން ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. މިވަގުތު އޭނާ ބޭނުންވަނީ ލޯބިވާ ޝޯނާގެ މޫނު ދެކިލާށެވެ. އަދި މާޝަލް އުރާލާ ލޯބިކޮށްލާށެވެ.
ފުރިހަމަ ދެގަޑީރު މުޅި މާލޭގައި ދުއްވުމަށްފަހު ސައިކަލް މަޑުކޮށްލީ ޖިނާންމެންގޭ ކައިރިއަށެވެ. ކުރި މަސައްކަތުން ކާމިޔާބެއް ނުލިބުނީތީ ނިމާން އިނީ އިންތިހާއަށް ދެރަވެފައެވެ. އަތުގައި އޮތް ފޯނުން އަލްމާޝްއަށް ގުޅުނު އަދަދު ބުނަންވެސް ނޭނގެއެވެ. ދެނީ ހަމަ އެއް ޖަވާބެކެވެ. ފޯނު ނިއްވާލާފައި އޮންނާތީ ނިމާން ވަކިން ބޮޑަށް ދެރަވެއެވެ. އެފޯނު ރިންގްވާ އަޑު އިވުނަސް ނިމާން ހިތަށް ހަމަޖެހުން ލިބުނީހެވެ. ޖިނާންގެ އެތައް އާދެހަކަށްފަހުވެސް ނިމާން އެނބުރި ހަވޭލީއަށްދާ ހިޔާލެއް ނުކުރިއެވެ. އަލްމާޝް ގޮވައިގެން ނޫންގޮތަކަށް އެގޭ ދޮރުން އެތެރެއަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނިމާން ބޭނުމެއްނޫނެވެ. ޝަހާނާ ހެނދުނު ސައި ހެދުމަށްފަހު ޖިނާންއާއި ނިމާންއަށް ގޮވުމުން ނިމާން އެތެރެއަށް ނުވަދެ ސައިކަލުގައި ދުއްވާލީ ދާނެ ވަކި މިސްރާބެއް ނެތިއެވެ. އިރު އޮށްސެންދެންވެސް އޭނާ މާލޭ މަގުތަކުގައި ދުއްވާނެއެވެ. އިސާހިތަކު ދުއްވަމުންދިޔަ ސައިކަލުގެ ބުރަކި ޖައްސާލީ ނުލަފާ ދީމާ މަތިން ހަނދާންވެފައެވެ. ދީމާގެ ވައުދު ކިތަންމެހާވެސް ފުރިހަމައަށް އަދާކޮށްފިއެވެ. އަލްމާޝްއާއި ނިމާން ދުރުކޮށްފިއެވެ. ދަތްކުނޑި ވިކާލާ ނިމާންގެ ދެއަތް މުށްކަވާލެވުނީ ދީމާއާއި ދޭތެރެ އެހިތުގައި ރޯވެފައިވާ އަލްފާންގަނޑު ހައްތަހާ ބޮޑަށް ރޯވުމުންނެވެ. އަލްމާޝް އަނބުރާ އެހަޔާތަށް ގެނެއްސަ ނޫނީ ދީމާ އާއި ކުރިމަތިލާކަށް ނިމާން ބޭނުމެއްނޫނެވެ. އެތައް އިރަކު މަގުމަތީގައި ދުއްވުމަށްފަހު ސައިކަލް ގެއެއް ކައިރިއަށް މަޑުކޮށްލުމަށްފަހު ނިމާން އަތުގައި އޮތް ތަޅުދަނޑިފަތިން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ތަޅުލިއެވެ. ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ނިމާންއަށް ހުއްޓުމެއް އައީ ކުރިމަތިން ފެންނަން ހުރި އަލްމާޝްގެ ތަސްވީރު ފެނުމުންނެވެ. އެއީ މަނިކުއާއި ފަޒްނާ ނިމާންއަށް ދައްކާލުމަށް ޓީވީ ރެކްމަތީގައި ބަހައްޓާފައި ހުރި ފޮޓޯ ފްރޭމެވެ. އެދެމަފިރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ސައޫދީއަށް ފުރީ އެޕާރްޓްމަންޓް ނިމާން އާއި ހަވާލުކޮށްފައެވެ. ނިމާން ދެކޭ ގޮތުގައި އެގެއަކީ ނިމާންގެވެސް މަންމައާއި ބައްޕަ އުޅޭ ތަނެވެ. އެތަނަށް ވަނުމުގެ ހައްގު ނިމާންއަށް ލިބިގެންވެއެވެ. ފަޒްނާއާއި މަނިކު ނިދާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަދެ އެނދުގައި ނިމާން އިށީނދެލާ ދެއަތް ކަކޫ މަތީގައި ޖައްސާލުމަށްފަހު ދެއަތްތިލަ މޫނުމަތީގައި އަޅާލީ ކެތްތެރިކަން ކޮޅުންލީމައެވެ. ކޮޓަރިތެރޭން ނިމާންގެ ނޭވާގެ އަޑު ނޫން އެއްވެސް އަޑެއްގެ ހިލަމެއްނުވާ އިރު ކުއްލިއަކަށް އިވެންފެށީ މީހެއްގެ ވޭނީ ގިސްލުމުގެ އަޑެވެ. ފަހަރަކަށް ވުރެ ފަހަރެއް ބާރު ވަމުންގޮސް އެއަޑު ގަދާވާން ފެށިއެވެ. އާއެނކެވެ. އެއީ ނިމާންގެ ގިސްލުމުގެ އަޑެވެ. މޫނުމަތީގައި އަތް އަޅާލައިގެން އިނދެ ނިމާން ރޮމުން ދިޔައިރު މަންޒަރު ފެނުނު ކޮންމެ މީހަކު ހިތަށް އަސަރު ކުރާނެއެވެ.
“ކީއްވެ މިގަޑީގަ މިތަނަށް އަންނަން ބުނީ” ރާނބާ ރެސްޓޯރަންޓްއަށް ވަދެގެން ދިޔަ ޒައުމާއަށް ކަނެއްގައި އިން ދީމާ ފެނިގެން ކައިރިއަށް ހުއްޓިލާ ދެލޯ ވަށްކޮށްލިއެވެ.
“އަޅެ ޒައު… މިއދު ވަރަށް އުފާވެފައި މިހުރީ.. ހިސާބު ބަރާބަރުވެއްޖެ.. ހުންނާނީ މިހާރު ރޯފިލާފަ….” ގޮނޑިން ތެދުވެގެން އައިސް ޒައުމާގެ ގައިގާ ދެއަތުން ވަށާލާ ބައްދާލަމުން ދީމާ ވާހަކަދެއްކިއެވެ. ހުރި ގޮތަށް ހުރި ޒައުމާ އަތް ހިއްލާވެސް ނުލައެވެ.
“ކާކުގެ ދިރިއުޅުމާ މިފަހަރު ކުޅެލާފައި ތިއައީ” ޒައުމާ މިހެން އަހާލީ ތަންކޮޅެއް ބާރަށެވެ. ވަގުތުގެ ގޮތުން ގިނަ މީހުންނެއްވެސް އެތަނުގައި ނެތެވެ.
“އަޅޭ ޒައޫ…. އާދެބަލަ މިތާ އިށިންނަން… މިއައީ ނިމާންއަށް ވަރުގަދަ ދެރައެއްދީފަ… އޭނަ އަންހެނުން މިހާރު ނޭނގެ ގެދޫކޮށްފަ ނުދާކަމެއްވެސް” ދީމާ ކަންތައްކުރި ގޮތް ޒައުމާއަށް ކިޔާދެމުން ދާއިރު ޒައުމާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާގެ އެކުވެރިޔާއަކީ ރަނގަޅު މީހެއްނޫންކަން ޒައުމާއަށް އެނގެއެވެ. އެހެނަސް މީހެއްގެ ދިރިއުޅުމާއި މިގޮތަށް ކުޅެލަފާނެކަމަށް ޒައުމާއަށް ހީކުރެވިފައެއް ނެތެވެ. ޒައުމާ ދީމާ ދެކެ އިންތިހާއަށް ރުޅި އައިސް އެންމެފަހުން ކޮށްލި ކަމަކުން ދީމާގެ އަނގަ ހުޅުވިފައި ހުރީ ވެދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ.
“އާނ… ތީ ވިހަގަދަ ހަރުފައެއް… ދީމާވެސް ތީ އަންހެނެއް.. ނިކަން އެއަންހެނާ އާއި ދޭތެރެވެސް ވިސްނާލަބަލަ… ތިކުރެވުނު ކަންތަކަށް އަދި ދީމާ ރޯނެ ދުވަހެއް އަންނާނެ” ޒައުމާ ހުރީ އިންތިހާއަށް ރުޅި އައިއްސައެވެ.
“ޒައޫ” ދީމާެއަށް ގޮވާލެވުނީ އަދިވެސް ގަބޫލުނުކުރެވިގެންނެވެ.
“ކިހިނެއްވީ އަހަރެންވެސް މިޖެހީ.. އާދެބަލަ ބަދަލުހިފާލަން…އަހަރެންގެ ކައިވެންޏަށް އަދި ހަފްތާއެއް މިވީ… އާދޭ ކައިވެނި ރޫޅާލާން.. އެއީއެއްނު ދީމާ އެންމެ ކުރާހިއްވާ ކަންތަކަކީ” ޒައުމާއަށް ބަލަން ދީމާ ހުރީ ޒައުމާ ޖެހިތަނުގައި އަތްއަޅާލައިގެންނެވެ.
” ޒައު މިއަދު ކީކޭ ކިޔާ ދުވަހެއް… އެން… ކީއްވެ ދީމާއޭ ތިކިޔަނީ.. ސަމާސާ ކުރަނީދޯ” ދީމާ ހީލާފައި ކައިރިއަށް އައިސް ޒައުމާގެ އަތުގައި ހިފާލިއެވެ.
“މީހުންގެ ދިރިއުޅުމާއި ސަމާސަ ތިކުރަނީ ދީމާ… އަހަރެން މިތަނަށް މިއައީ ވެސް ދީމާ ކައިރީގައި ވަރަށް ރީތިކޮށް ބުނަން ވެގެން މީގެ ފަހުން ތީ މަދަންނަ މީހެއް ނޫނޭ… އަހަރެން ހިއެއް ނުކުރަން ދީމާ އެންމެންގެ ފަހަތުން ދުވާއިރުވެސް މަގޭ ފިރިމިހާއަށް އުނދަގުކޮށްފާނެއެކޭ… އޮފީސް އެންމެން އެކިޔަނީ ތެދެއް.. ތީ އަމިއްލަ އެދުމުންފޯވެފައިވާ ވަރަށް ހަޔާތްކުޑަ އަންހެނެއް.. މީގެ ފަހުން މަށަށް ނުގުޅާތި.. ނިމާން ހުރި ގޮތަށް އަލާނުލާ މަށެއް ނުހުންނާނަން… އެންމެ ފަހަރަކު މަގޭ ފިރިމީހާއަށް ގުޅިޔަސް ފުލުހުންނަށް އަންގާނަން..ހަނދާންކުރާތި….” ޒައުމާގެ އިންޒާރުން ދީމާ ބިރުގަންނަ ގޮތްވެ އެސިއްރު ޒައުމާއަށް އެނގިފައިވާކަން އެނގުމުން ލަދުގަނެ އިސްޖަހާލިއެވެ. ޒައުމާ ރުޅި އައިސްގެން ނިކުމެގެން ދިޔަ މަންޒަރު ބަލަން ދީމާއަށް ހުރެވުނީ ގަބުވެފައެވެ.
ގަޑިން މެންދުރު ދެގަޑި ބައިވީރު އަފާފްމެންގޭ ސިޓިންގްރޫމް ހީވަނީ ބޮޑު ސައްލާއެއް ކުރަން މީހުން ޖަމާވެފަ އޮތް ތަނެއް ހެންނެވެ. ޖެހިޖެހިގެން ހުރި ސޯފާ ގޮނޑީގައި އަފާފް އާއި ޝަހާނާ ތިބިއިރު ވަކިން ހުރި ސޯފާ ގޮނޑިއެއްގައި ދިފްރާން އިނީ އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އެއް އަތުން ފައިތިލައިގާ ހިފަހައްޓާލައިގެންނެވެ. އެގޮނޑީގެ ފަޑިމަތީގައި ނާފް އިށީނދެލައިގެން އިންއިރު ބޮޑެތި މީހުން ދައްކާ ވާހަކައަށް އަނގަ ނުލިޔަސް ކަންތައް ގޮސް އޮތް ހިސާބުން އޭނަވެސް އިނީ ނުލާހިކު ދެރަވެފައެވެ. ފާރުގައި ލެގިލައިގެން ޖިނާން ހުރިއިރު އިރުއިރުކޮޅުން ފޯނު ކަންފަތުގައި ޖައްސާލައެވެ. ވަކިން ހުރި ސަރަންފީ ގޮނޑީގައިން މޫމިނާ ވެސް އިނީ ކަންތައްބޮޑުވެފައެވެ.
“އަޅެ ދެން ކީކޭ ބުނާނީ… ހަޔާތްކުޑަ މީހުންވެސް އުޅޭ ދުނިޔޭގަ… ތީ ވަރަށް ކުޅަދާނަ އަންހެނެއް އެހެންވީމަ” ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލީ އަފާފްގެ އަޑުންނެވެ.
“އާނ… އެކަމު މާޝް ދާނީ ކޮންތާކަށް… މާލް ގޮވައިގެން އެފަކީރު އުޅޭނީ ކޮންހާލެއްގަ” ޝަހާނާވެސް އިނީ ކަންބޮޑުވެފައެވެ.
“ނުނަގާތަ” ދިފްރާންގެ ސުވާލު އަމާޒުކޮށްލީ ޖިނާން އަށެވެ. ނިމާންގެ ފޯނަށް ޖިނާންއަށް ގުޅުނު އަދަދެއް ބުނަންވެސް ނޭނގެއެވެ. ހެނދުނު ދިޔަ ގޮތަށް ނިމާންގެ ހަބަރެއް ނުވާތީ އެކުވެރިޔާއަށް ވީނުވީއެއް ނޭނގެތީ ޖިނާންގެ ފައި އެއްތަނެއްގައި ހަރުނުލައެވެ.
“މާތް ރަސްކާލާނގެއާއި ވަކީލު.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް… އެކަކަށް ދެރައެއްދީފަ އަނެއް މީހާއަށް ވަކި އުފަލުން ނޫޅެވޭނެ” މޫމިނާވެސް ކުދިންގެ ވާހަކާއާއި ބައިވެރިވެލިއެވެ.
ދެފަހަރަކު އެސްފިޔަ ތަޅުވާލުމަށްފަހު އަލްމާޝް ދެލޯ ހުޅުވާލިއެވެ. ލޯ ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ދެކޮޅު ހޯދާލެވުނީ މާޝަލް ކޮބާތޯއެވެ. އެހިތަށް ލިބުނު ހަމަޖެހުމާއެކު ދެލޯ މަރާލެވުނީ ކައިރީގައި އަރާމުގައި ނިދާލާފައި އޮތް މާޝަލް ފެނުމުންނެވެ. ހަމަ އެހިނދުކޮޅުގައި ދެލޯ ހުޅުވާލެވުނީ ވޭތުވެދިޔަ ގަޑީރުތަކުގައި ހިނގާފައިވާ ބައެއް ކަންތައްތައް އަވަސްއަވަހަށް ލޯމަތިން ސިފަ ވުމުންނެވެ. އަވަސް އަވަހަސް އެނދުން ތެދުވެ ދިމަދިމާ ހޯދާލެވުނީ އޮވެވުނީ ކޮންތަނެއްގަކަން ނޭނގޭތީއެވެ. ބަލާބެލުމަށް ވަރަށް ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކުޑަދޮރުގައި ދަމާލެވިފައިވާ ދޮރުފޮތިތަށް ވަޔާ ހެލިލާ ވަގުތު ބޭރު ފެނުމުން އަދިވެސް ތުނިކޮށް ވާރޭ ވެހެމުންދާކަން އަލްމާޝްއަށް އެނގުނެވެ. ކޮޓަރީގެ ހަތަރުފާރުގައި މަޑުމަޑު ފިޔާތޮށިކުލައަކާއެކު ގަދަނޫން ފެހި ކުލައެއް ހުރިއިރު ކޮޓަރީގައި ހިފާލާފައިވަނީ ހިތްގައިމު މީރު ވަހެކެވެ. ކުއްލިއަކަށް އަލްމާޝް ސިއްސައިގެންދިޔައީ ކޮޓަރީ ދޮރުހުޅުވާލާފައި އެތެރެއަށް ވަން އަންހެންމީހާ ފެނުމުންނެވެ. މޫނުމަތީގައި ހިތްހެޔޮ ހިނިތުންވުމެއްވީ އިރު އަތުގައި ހުރި ޖަގެއްގައި ފެން ހުރިކަން އެނގުނީ އެއީ ބިއްލޫރި ޖަގެއް ވީމައެވެ. ކަޅިޖަހާނުލާ އަލްމާޝްއަށް އެމީހާގެ މޫނަށް ބެލެނީ އެއީ ދަންނަ މީހެއް ނޫނަސް އެތުންފަތްމަތީގައިވާ ހިނިތުންވުން ފެނުނީމައެވެ.
“މީ…. ދައްތައަށް ރަނގަޅީ މީ ދައްތައަކަށް ވުރެ ބޮޑަށް މަންމައެއް ގޮތަށް ދެކުނިއްޔާ…. ދަރިފުޅަށް މިގޭ އެއްވެސް ކަމެއް އުންޏެއް ނުވާނެ… މިބުނީ މިކުޑަދަރިފުޅަށްވެސް” އަޒްމާގެ ހިތްހެޔޮކަން ފެނި އަލްމާޝްގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް ފިލައިގެން ދިޔަ ކަހަލައެވެ.
“އަހަ….އަހަރެން…މިތަނަށް ކިހިނެއް”
“ދައްތައާއި ދައްތަގެ ފިރިމީހާ ރައްޓެއްސަކު ފުރުވަން އެއަރޕޯޓަށް ގޮށްސަ އައި މަގުމަތީގައި ދަރިފުޅު ފެނުނީ އަށިގަނޑެއްމަތީ އިންދާ… ވާރޭއާއިއެކު ކުޑަކުއްޖެއް އުނގަށް ލައިގެން އިނީމަ ދައްތަގެ ހިތް ކިރިޔާ ފަޅައިގެން ނުދިޔައީ… އަނެއްކާ ގޯޅި ކަންމައްޗަށް ކާރު މަޑުކޮށްލާފައި އެނބުރި ދަރިފުޅު ހުރި ހިސާބަށް އައިއިރު ދަރިފުޅު އަރިއަޅާލާނީ… ދައްތައަކީ އެހާ ހިތްހަރު މީހެއް ނޫން…ދައްތަގެ ލޮލަށް ސިފަވީ ދައްތަގެ ދަރިފުޅު… ތިވަރުގެ އަންހެންދަރިއެއް ހުންނާނެ ދައްތަގެ…މިތަނުގަ ބާއްވާފައި ދަރިފުޅުގެ ހެދުން ބަދަލުކުރީ ދައްތަ… ބޭއްވިފަހުން ލޯމަރާލައިގެން އޮވެ ދަރިފުޅު ރުއީ.. އެގެއަށް ނުދާނަމޭވެސް ކިއި… މާން އަކަށްވެސް ގޮވި… އެންމެ ގިނައިން ގޮވީ މަންމައަށް… ދައްތައަށް އެނގޭ ކޮންމެސް ކަމެއްވެއްޖެކަން.. ދައްތަ ނާހާނަން…އެއީ ދަރިފުޅުގެ އަމިއްލަ ކަމެއް.. އެކަމު ދަރިފުޅު އަނބުރާ އަމިއްލަ ގެއަށް ދެވެންދެން ހުންނަންވާނީ މިގޭގައި..ތީ ދައްތަގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭނަން.. އަދި މިކުޑަ ބޭބީވެސް” މާޝަލް ކުޑަ ފައިތިލައިގާ އަޒްމާގެ ނޭފަތް ޖައްސާލަމުން ވާހަކަދެއްކީ ހިނިތުންވެއިނދެއެވެ. އަޒްމާގެ ވާހަކަތައް ނިމުމާއެކު އަލްމާޝް ރޯންފެށިއެވެ.
“ނެތް އެކަކުވެސް… އަހަރެންގެ އެކަކުވެސް ނެތް…. މިދުނިޔެއަށް އަހަރެން ދަރިފުޅާއެކު ގިނަވެއްޖެ” އަލްމާޝްގެ ވާހަކަތަކުން އަޒްމާގެ ދެލޯވެސް ފެންކަޅިވިއެވެ. ކުރިއަށް ޖެހިލާ އަލްމާޝްގެ ދެލޯ ފޮހެލަމުން އިސްތަށިގަނޑު ރަނގަޅުކޮށްލަދިނެވެ.
“ނޫން… ތިހެން ބުނާކަށް ނުވާނެ… މިގޭ ނޫޅޭނެ ދުރުބައެއް… އެންމެ ހަތަރުމީހުން ދެދަރިންނާ އެކު އަހަރެމެން މިއުޅެނީ އުފަލުގަ… މިގޭގައި ދަރިފުޅަށް އެއްޗެއް ބުނާނެ މީހެއް ނުހުންނާނެ” އަލްމާޝްގެ ދެއަތުގައި ހިފަހައްޓާލައިގެން އިނދެ އަޒްމާ ބުންޏެވެ. އަދި އަޒްމާ ކޮށްދިން ކަންތަކަށް ޝުކުރު އަދާކުރުމަށްފަހު ހީލާ ދެލޯ ފޮހެލިއެވެ. މެންދުރުކާން އަންނަން އަޒްމާ އެދުމުން އަލްމާޝް ތެދުވެގެން ފާހާނާއަށް ވަނެވެ.
އެނދުގައި ހުރަހަށް ނިދިފައި އޮތް ނިމާންއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ބަނޑުހައިވެގެން ގޮސް ބަނޑަށް ހޫނުއަރަނީއެވެ. އަލްމާޝްއާއި މާޝަލް މަތިން ހަނދާންވުމާއެކު އެދެލޯ ފުރިގެން އައެވެ. އަލްމާޝް ނިމާންއަށް ގެއްލުނީ ހެއްޔެވެ؟ އަލްމާޝްގެ މާފު ނިމާންއަށް ނުލިބޭނެ ހެއްޔެވެ؟ ނިމާންގެ ހާލު ބަލާލަން އެންމެ ފަހަރަކުވެސް އަލްމާޝް ގުޅާ ނުލާނެހެއްޔެވެ؟ އަލްމާޝް ކުޑަކޮށްވެސް ނިމާންއަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟ މިކަމުގައި ލޯބިވާ މާންގެ އެއްވެސް ކުށެއްނެތޭ ބުނަން އަލްމާޝް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ އެ ލޯބިލޯބި މޫނު ފެންނާނީ ކޮން އިރަކުން ހެއްޔެވެ؟ ކުށްކުރީ ނިމާންއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަލްމާޝްއަށް ދީމާގެ ވާހަކަތައް ކިޔާދެވުނުނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. އެފަދަ ގޮތަކަށް މަންޒަރު ފެނުނީމަ ގަބޫލު ނުކުރެވޭނީވެސް ވަކި ކާކަށް ހެއްޔެވެ؟ ދީމާއަކީ ހާދަ ނުބައި އަންހެނެކެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިހުސާސްތައް ނޭނގޭ ނުބައި ޑައިނެކެވެ. ނޫނެކެވެ. ދީމާ ހިފީ ބަދަލެކެވެ. އެވެސް ބުނެފައިވެއެވެ. އެބަދަލު ދީމާ ހިފާނީ ކޮންގޮތަކަށް ކަމާމެދު ނިމާންއަށް ވިސްނާނުލެވުނީއެވެ. ހިތާމައިގާ ނިމާންގެ ފުރާނަ ހަށިގަނޑާ ވަކިވާއިރު ކޮންމެސްތަނެއްގައި ދީމާ އުފާ ކުރުމުގައި އުޅޭނެއެވެ. ނިމާން ހިތްވަރު ދެރަ ނުކުރާނެއެވެ. އެންމެފަހު ވިންދާ ޖެހެންދެން އަލްމާޝް ހޯދުމަށް މަސައްކަތްކުރާނެއެވެ. ނިމާންގެ ހަޔާތަށް އަލްމާޝްއައީ ވެސް ހުއްޓާނުލާ ކުރި މިންނެތް މަސައްކަތުންނެވެ. އެހާ ފަސޭހައިން ހަޔާތަށް އައިއްސަ ދިޔަކަ ނުދޭނެއެވެ. އަލްމާޝްއަކީ ނިމާންގެ މޭގެ އެތިކޮޅެވެ. އޭތިކޮޅުގައި ވިންދުޖަހާ ބާރެއްކަމުގައި މިހާރު މާޝަލް ވަނީ ވެފައެވެ. އެދެމީހުންނާއި ނުލާ މިދުނިޔޭގައި ފަޅި ސިކުންތެއްވެސް ހޭދަކުރުމަކީ ނުވާނެކަމެކެވެ. ބަނޑުހައި ވެގެންގޮސް މޭނުބައިކުރާ ގޮތް ވުމުން ކައިރީގައި ހުރި ފެންފުޅީގައި އަނގަޖަހާ ދަމާލިއެވެ. އަދި ކޮޅަށްތެދުވެލާ މީހާ އިސްކޮޅަށް ދެމިލީ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމަށްޓަކައެވެ. އެއަށްފަހު ފާހާނާއަށް ވަދެ ފެންވަރާލާ ނަމާދުކޮށްލުމުން ހިތަށް ހަމަޖެހުންލިބި އިތުރު ހިތްވަރެއް ލިބުނެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ނިމާންއަށް އަލްމާޝްގެ އެއްވެސް ހަބަރެއް ނުވޭއެވެ. ކުރިއެކޭ އެއްގޮތަށް ފޯނު އޮންނަނީ ނިއްވާލާފައެވެ. ނިމާން ހިތްވަރުދެރަ ނުކުރެއެވެ. ކޮންމެސް ތަނެއްގައި އަލްމާޝް ހެޔޮ ހާލުގައި ހުރިކަން ނިމާންއަށް އެނގުނީ އޮފީހަށް ދިޔުމަށްޓަކައި ބައެއް ހެދުންތައް ބަލާ ހަވޭލީއަށް ދިޔައިރު އަލަމާރީގައި އަލްމާޝްގެ ބައެއް ހެދުންތައް މަދުވީމައެވެ. އަދި މާޝަލްގެ އަލަމާރިންވެސް ބައެއް ސާމާނު މަދުވީމައެވެ. ނިމާންވެސް ސާމާނުތައް ހިފައިގެން ބަދަލުވީ ފަޒްނާއާއި މަނިކު އުޅޭ އެޕާރޓްމަންޓްއަށެވެ. އަލްމާޝްއާއި ނުލާ އެގޭގައި ދިރުމެއް ނުވާތީއެވެ.
ބޯ މައްޗަށް އެއް އަތް އެއްލައިގެން ވިސްނުމެއްގެ ތެރޭގައި އަލްމާޝް އޮތެވެ. ކައިރީގައި މާޝަލް ހޭލާ އޮތެވެ. އިރުކޮޅަކާ އަޑެއް ލައްވާލާ އަނގައިން ކުޅު ނެރެލައިގެން ދެފައި ތަޅުވާލާނެއެވެ. ދަރިފުޅުގެ މިހަރަކާތުންވެސް އަލްމާޝްއަށް ހިނިތުންވެލެވެއެވެ. އަލްމާޝްގެ ވިސްނުމާއި ގުޅިފައިވަނީ ނިމާންއާއެވެ. އެންމެ ފަހަރަކު ނިމާންއަށް ކުރެވުނު ކުށަކަށް މިވަރުގެ ސަޒާއެއް ދޭންވާނެބާއެވެ. އޭނާގެ ފޯނަށް ނިމާން ގުޅާނެބާއެވެ. އަލްމާޝް ރެއާއި ދުވާލު ނިމާންއަށްޓަކައި ކަރުނަ އަޅާ ގޮތަށް ނިމާންވެސް ކަރުނަ އަޅާނެބާއެވެ. ނިމާންގެ ހާލު ރަނގަޅުބާއެވެ. ހަގީގަތުގަވެސް ނިމާން އެ އަންހެންކުއްޖާއާއި އެކު މޫވް އޮންކުރީކީ ނޫންބާއެވެ. ކުއްލިއަކަށް އަލްމާޝް ލޯ ކުރިމަތީގައި އެރޭގެ މަންޒަރު ސިފަވެގެން ދިޔައެވެ. އެރޭ އެ އަންހެންކުއްޖާއާއެކު ނިމާން އުޅޭނެ ގޮތް އަލްމާޝްއަށް އެއްވެސް ހުރަހެއް ނެތި ފެންނަ ކަހަލައެވެ… ނިމާން އެ އަންހެންކުއްޖާއާއި ދައްކާނެ ލޯބިވެތި ވާހަކަތައް ހިތަށް އެރުމާއެކު އަލްމާޝްއަށް ދެކަންފަތުގައި އަތް އަޅާލެވުނެވެ. ކަންފަތްމަތީގައި އަތް އަޅާލައިގެން އިނަސް ހިތަށް އަރަމުންދާ އެއްޗިހި އަލްމާޝް ހިފަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ލޯބިނުވާއިރު ނިމާން އިނީ ކީއްކުރަން ހެއްޔެވެ؟ ދޮގުހަދާ އެވަރުގެ ބޮޑު ކެއްސެއްދިނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ނިމާން އަހަރެން ވަރިކުރީކީ ނޫންބާއެވެ؟ އަލްމާޝްގެ ހިތަށް މިހެން އެރުމާއެކު ފުންމައިގެން އެނދުން ތެދުވެވުނެވެ. ކުޑަކުޑަ މާޝަލްއަށް ހީވީ މަންމަ އޭނާއާއި އެކު މަޖާކޮށްލީހެންނެވެ. އަލްމާޝް ތެދުވި ގޮތުން މާޝަލް އަނގަ ފުޅާކޮށްލާ ހީގަތީ ހަތަރެސްފައި ތަޅުވާލަފައެވެ. މި މަންޒަރު ފެނުމުން އަލްމާޝްގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރި އަރައިގަތްކަހަލައެވެ. އަލުން އެނދުގައި އޮށޯވެ މާޝަލްގަޔާލާ ބޮނޑިކޮށްލިއެވެ.
މެންދުރު ކެއުމުގެ ވަގުތުގައި އަޒްމާ އާއި އަދުނާން އަދި ދިޔާ އިންއިރު އަލްމާޝްއަށް އަދި ކޮޓަރިން ނުނިކުމެވެއެވެ. މާޝަލްއަށް ބުށްފުޅި ދިނުމަށްފަހު އަލްމާޝްއަށް ކޮޓަރިން ނިކުމެވުނީ އަދުނާން ކައިގެން އަވަދިވި ފަހުންނެވެ. އެހެނަސް އަލްމާޝް އެކަނި ކާން ނުބައިންދަން ވެގެން އަޒްމާ މަޑުކުރުމަށްފަހު ދިޔާ ފޮނުވާލީ މާޝަލް ކައިރިއަށެވެ. އެގޭ އުޅޭތާ ދެހަފްތާވެ ދިޔައިރުވެސް އަލްމާޝް މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. އެހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެނީ އަޒްމާގެ ލައްކަ މަސައްކަތުންނެވެ.
“ދީމާ ނުގުޅާތަ؟” އަލްމާޝް އިށީނދެ ކާން ފެށުމުން އަދުނާންގެ ސުވާލު އަމާޒުވީ އަޒްމާއަށެވެ. އަލްމާޝް އެގެއަށް އައިތާ ދެވަނައަށްވި ދުވަހު ދީމާ ފުރައިގެން ލަންކާއަށް ދިޔައީ ޝޮޕިންގްކޮށްލަން ކަމަށް ބުނެފައެވެ. އަޒްމާ ދީމާ ކައިރީ އަލްމާޝްއާއި ބައްދަލްކުރަން ބުނުމުން ދީމާ އެކަމަށް ފާޅުގައި އިންކާރުކުރި ސަބަބެއް އަދިވެސް އަޒްމާއަކަށް ނޭނގޭއެވެ. އެދުވަހު ދީމާ އަމަލުކުރި ގޮތުން އަޒްމާ ހުރީ ހިތްހަމަނުޖެހިފައެވެ. އަދުނާން ކައިރީ އެވާހަކަ ނުދެއްކީ މާބޮޑަށް ދީމާދެކެ ރުޅިއަތުވެދާނެތީއެވެ.
“ދެދުވަހެއްވަރު ވެއްޖެ ގުޅާނުލާތާ…. ބުނިން އަވަހަށް އަންނަން… ވަރަށް ޝަކުވާކުރި ބައްޕަގެ ހަބަރެއް ނުވެޔޭ ކިޔާފަ” އަލްމާޝްއާއި ޖެހިގެން އިން ގޮނޑީގައި އިން އަޒްމާ ލަސްލަހުން ޖޫސްތަށި ބޮމުން ވާހަކަދެއްކިއެވެ.
“ދީމާ އެނބުރި ގައުމަށް ނާންނަނިސް އަހަރެން އޭނައަށް ނުގުޅާނަން… އަޒްމާ އޭނައަށް ވިސްނާދީބަލަ… އަންހެން ކުދިން އުޅެންވާ ގޮތަކަށް ނޫން އަދި ދީމާ އަށް އެއުޅެވެނީ… ދެން ގުޅައިފިއްޔާ ބުނާތި މަ ހުރީ ވަރަށް ބޮޑަށް ރުޅި އައިއްސައޭ” އަދުނާން ތެދުވެގެން ހިނގައިގަތީ އަލްމާޝްގެ ބޮލުގައި ފިރުމާލާފައެވެ. އަލްމާޝް ކަމުން ދިޔައިރު އަޒްމާ ވިސްނަމުންދިޔައީ ދީމާގެ ބަދަލުވެފައިވާ ދިރިއުޅުމާއި ދޭތެރޭއެވެ. މީގެ ދެދުވަސް ކުރިން އަޒްމާއަށް ގުޅާ އަލްމާޝްއާއި މާޝަލް އެގެއިން ނެރުމަށް ދީމާ ބުނިއިރު އެއްވެސް އެއްޗެއް ހިތަށް ނާރައެވެ. ދީމާއަކީ ލޮލުގެ ކޮއިފަދަ ލޯބިވާ ދަރިފުޅު ވިޔަސް އަލްމާޝް ކުޑަ ދަރިފުޅާއެކު އެގެއިން ނެރެ އެއްލާލުން އެއީ ދުވަހަކުވެސް އަޒްމާ ކުރާނެކަމެއް ނޫނެވެ. އަޒްމާގެ އޮންނަނީ ހިތަކަށް ގާބުރިއެއް ނޫނެވެ. އަދި އަމުދުން އަލްމާޝް އެގެއިން ދާކަށް އަޒްމާ ބޭނުމެއްނޫނެވެ. އަލްމާޝް ފެނުމާއެކު އަޒްމާއަށް ވީގޮތް ބުނަންވެސް ނޭނގޭއެވެ. އެމޫނުމަތިން މީހަކަށް ނޭނގުނަސް އަޒްމާއަށް ސިފަވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ސޫރައެވެ. އަލްމާޝްއާއި އަޒްމާއާއި ގުޅުމެއްވެޔޭ އަޒްމާގެ ހިތްބުނަނީ ކީއްވެކަމެއް ނޭނގޭއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ދައްތައަކަށް ވުރެ ބޮޑަށްެ މައެއްގެ ގޮތުގައި ދެކޭށޭ ބުނީ މި ސަބަބަށްޓަކައެވެ.
“މާދަމާ ނޫން އަނެއްދުވަހު މިއުޅެނީ ހިންމަފުށްޓަށް ދާން… އީދު ނިންމާފައި މިކޮޅަށް އަންނާނީ… ދަރިފުޅުވެސް ވާނެ ދާން.. މިގޭގައި ތިދެމައިން އެކަނި ބަހައްޓާފައިދާކަށް ބޭބެވެސް ހިތްހަމައެއްނުޖެހޭނެ…. ތައްޔާރުވައްޗެ” އަޒްމާ ތަށިތައް ނަގަމުން ވާހަކަދެއްކީ ޒިންކު ކައިރީގައި އަތް ދޮންނަން ހުރި އަލްމާޝްއާއި އެވެ.
“ދައްތަމެން ތިމާގެ މީހުން ތީބީތަ އެރަށުގައިތަ؟” އަޒްމާއައި ބައިވެރިވެގެން ބައެއް ތަށިތައް ދޮންނަމުން އަލްމާޝް އަހާލިއެވެ.
“އާނ… ދައްތަގެއެއް ނޫން… ބޭބެގެ އެއްބަނޑު ކުދިން އުޅޭނެ އެރަށު މީހުންނާއި އިނދެގެން.. ދައްތަގެ ހުންނަނީ ދެބޭބެ. އެކަކު ވަނީ ވަރަށް ކުރިން ނިޔާވެފައި. އަނެއް ބޭބެ އުޅެނީ ރާއްޖޭން ބޭރުގަ.. އެކަމު ވަރަށް އަވަހަށް އަންނާނެ” އަޒްމާ އޭނާގެ ދިރިއުޅުން އަލްމާޝްއަށް ކިޔާދެމުން ދިޔައެވެ. ފޫހިކަމެއްނެތި އަލްމާޝް ވެސް އަޑު އަހަމުން ދިޔައެވެ.
ރޭގަނޑުގެ ބޮޑުބައެއް ވޭތުވެގެން ދިޔައިރު ނިމާން އާއި ޖިނާންތިބީ ރިވަރސައިޑްގެ މަތީބައިގާ ގައި ކޮފީ ބޯށެވެ. ޖިނާން ސިގިރެޓް ހުލިކުރަމުން ދާއިރު ނިމާން އިނީ ކޮފީތަށީގައި އިނގިލިން ފިރުމާލަ ފިރުމާލައެވެ. އިރުކޮޅަކަށްފަހު ނިމާންވެސް ޖިނާންއާއި ބައިވެރިވެގެން ސިގިރޭޓް ބޯން ފެށިއެވެ. ޖިނާން ހައިރާންވީ މިނޫނީ އަދި ނިމާން ސިގިރެޓް ބުއިތަން ފެނިފައިނުވާތީއެވެ. އަލްމާޝްގެ އެގެއިން ދިޔަފަހުން ނިމާންގެ މޫނުމަތި ވަނީ އެއްކޮށް މިލާފައެވެ. ތުނބުޅިވެސް ވަނީ ދިގުވެފައެވެ. ގަޔަށްހިފާލާފައި ހުރި ފެހިކުލައިގެ ޓީޝާޓް އާއި ކަކުލާ ހަމައަށް ހުރި ސޯޓްބުރީގައި ނިމާންގެ އިސްތަށިގަނޑު ބޯވެފައި ހުރުމުން ހީވަނީ މުޅިން އެހެން މީހެއްހެންނެވެ.
މޭން… ދެން ހުއްޓާލަން ވީނުން… މިހާރު މަށަށްވުރެ ގިނައިން ތިބޮނީ” ޖިނާން ވާހަކަދެއްކީ ނިމާން ސިގިރޭޓަކަށްފަހު ސިގިރޭޓެއް ހުލި ކުރަމުން ދާތީއެވެ.
“ނުވޭތަ އަލްމާޝްގެ މަންމަމެންގެ ހަބަރެއް…. އެމީހުން ނުގުޅިއަސް ކައެ ވާނެ ދޯ ގުޅާލަން” ޖިނާން މުޅިން އެހެން ވާހަކައެއް ފެށީ ނިމާންގެ ވިސްނުން އެހެން ދިމާލަކަށް ގެންދަންވެގެންނެވެ.
“މިއަދު ގުޅިން… އެވެސް ޝޯނާ މަތިން މާބޮޑަށް މިސްވާން ފެށުމުން… ބުނީ މަންމައަށް ކެރޭނު ވެއްޓުނު ހާދިސާގައި ނިޔާވެފައިވާ މީހުން ފެނުމުން މާބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްގެންނޯ..ނުވެސް ނިދަޔޯ” ނިމާން އަޅިކެނޑިތެރެއަށް ފިލިޓަރުބުރި ކޮށްޕާލަމުން ބުންޏެވެ.
“އަދި އެނގޭތަ ރޭގައި ހުވަފެނުގައި ފެންނަނީ ޝޯނާ މާޝަލް ގޮވައިގެން ގެއަށް އައިސް ވަރަށް ރޯތަން… ހީވޭ ވަރަށް އަވަހަށް އަތުވެދާނެހެން” ޖިނާންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނިމާން ބުންޏެވެ.
“އިންޝާﷲ” ޖިނާން އެކުވެރިޔާއަށް އެއްބައިވެލުމުގެ ގޮތުން ބުނެލިއެވެ.
ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން އަޒްމާ އުޅުނީ އަލްމާޝް ގޮވައިގެން ޝޮޕިންގް ކުރުމުގައެވެ. މާލޭގެ މަގުތަކުގައި ކާރުގައި އުޅުނަސް އަލްމާޝް ކަންތައްބޮޑުވެފައި ހުރީ މަގުމަތިން ނިމާންފެނި ނޫނީ އަފާފް އަދި ޝަހާނާމެންގެ މީޙަކު ފެނުމުން އަލްމާޝްގެ ވިސްނުން ބަދަލުވެދާނެތީއެވެ. ޔަގީންވާ ކަމަކީ ނިމާން ފެނިޖިއްޔާ އަލްމާޝްއަށް ވާނެ ގޮތެއް ނޭނގެއެވެ. ދެވަނަ ފަހަރަށް ނިމާންއަށް ނޫނެކޭ ބުނާކަށް އަލްމާޝް ބޭނުމެއްނޫނެވެ. މާވެޔޮމަގުގައި ހުރި ކުޑަކުދިން އެއްޗިހި ވިއްކާ ފިހާރައަކަށް އަޒްމާ ވަދެލީ މާޝަލްއަށް ހަދިޔާއެއް ދޭހިތުން އެއްޗެއް ގަނެލުމަށެވެ. އަޒްމާ ދިއްކޮށްލި ބައެއް ކޮތަޅުތައް އަނެއް އަތަށް ބަދަލިކޮށްލަމުން އަލްމާޝް ވެސް އެއްޗިހިތައް ބަލަންފެށިއެވެ. ކުއްލިއަކަށް އަލްމާޝްގެ ލޮލުގައި އަޅައިގަތީ މާދުރުނޫން ހިސާބަކުން ޖިނާންގެ އަތުގައި ހިފާލައިގެން ޓީޝާޓްކޮޅު ތަކެއް ހިފާލައިގެން ހުރި ޝަހާނާއެވެ. ވަގުތުން އަލްމާޝްގެ ދެލޯ ފުރިގެން އައީ އެކުވެރިޔާ ގައިގާ ބައްދާލާ ރޯލާހިއްވުމުންނެވެ. ޝަކުވާކޮށްލާ ހިއްވުމުންނެވެ. އަލްމާޝް ހީކުރިގޮތާ ހިލާފަށް އިހްތިޔާރަކާނުލާ އަލްމާޝްއަށް ޝަހާނާއާއި ކައިރިއަށް ހިނގައިގަނެވުނެވެ. ކައިރިއަށް ހުއްޓި އަލްމާޝް ޝަހާނާގެ އަތިުގައި ހިފާލީ ޖިނާން ތަންކޮޅެއް ދުރުުގައި ފޯނެއްގައި ހުރިތަން ފެނުމުންނެވެ. ޝަހާނާއަށް އަލްމާޝް ފެނުމާއެކު އަތުގައި ހުރި ހެދުންތައް ތިރިއަށް ފައިބާގަތެވެ. މާޝްއޭ ކިޔާ އަލްމާޝްގެ ހަށިގަނޑުގައި ބައްދާގަނެވުނީ ޝަހާނާގެ ވިހަން ތައްޔާރުވެފައިވާ ބަނޑަށް ބަލާވެސް ނުލައެވެ.
“ޝަހާ… މާން… މާން ވަރަށް ގޯސް… އޭނަ ގާރލްއަކާއެކު ސްލީޕް ކުރީ.. އަހަރެން ދެކުނިން” ޝަހާނާއަށް ބަލާލަމުން އަލްމާޝްއަށް ޝަކުވާ ކޮށްލެވުނެވެ.
“ނޫން.. މާޝް އަދި ތިވިސްނަނީ ރަނގަޅަކަށް ނޫން…. ހިނގާބާ އެކޮޅަށް ވާހަކަދައްކާލަން… ކޮން ގެއެއްގައި ތިހުންނަނީ”
“ކޮބާ މިނިމުނީއޭ… ދިޔާ ގުޅައިފި.. ބޭބީ ހޭލިޔޯ.. ހިނގާ ދަމާ އަވަހަށް” ޝަހާނާއާއެކު ފިހާރައިން ނިކުންނަން ހިނގައިގަތް އަލްމާޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަޒްމާގެ އަޑުންނެވެ. އެހެންކަމުން ޝަހާނާއަށް ބަލާލަމުން ދަނީއޭ ބުނުމަށްފަހު އަލްމާޝް އަޒްމާއާއިއެކު ގޮސް ތަންކޮޅެއް ދުރުގައި ޕާރކްކޮށްފައި އޮތް ކާރަށް އެރިއެވެ. ޝަހާނާ ކައިރީގައި އުޅޭ ތަނެއް ނުބުނެވުނުކަން އެއީ ނަސީބެކޭ އަލްމާޝް ހިތަށް އެރިއެވެ. ކާރަށް އެރި ވަގުތު ކާރުގެ ނިވަލުގައި އަލްމާޝްއަށް ބަލަހައްޓައިގެން ފޯނެއްގައި ހުރި ޖިނާން ފެނުމުން އަލްމާޝް ދެލޯ ބޮޑުވީ އަލްމާޝް މާލޭގައި އުޅޭކަން ދެން ލަހެއް ނުވެ ނިމާންއަށް އެނގިދާނޭ ހިތަށް އެރުމުންނެވެ. އުނދަގުލުން ޖިނާން ހުރި ދިމާލަށް އައުމުން އަވަސްއަވަހަށް ޝަހާނާ ގޮވައިގެން ކާރު ފަހަތުން ސައިކަލް ދުއްވާލިއެވެ.
ކާރު ތެރޭގައި އަޒްމާ މާޝަލްއަށް ގަތް ހެދުންކޮޅު ދައްކަމުން ހެވިފައި ވާހަކަދައްކަން އިންއިރު އަލްމާޝް އިނީ ކާރުގެ ލޯގަނޑުން އެކާރު ފަހަތުން ދުއްވާފައި އަންނަ ސައިކަލާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހިތާހިތުން ދުޢާ ކޮށްލީ ހިންމަފުށްޓަށް ދާން ރޭވި ދަތުރު ތަންކޮޅެއް އަވަސްވޭތޯއެވެ. އަލްމާޝް ހިތްހަމަޖެހުނީ އަޒްމާގެ ރަހްމަތްތެރި މުނާގެ ގޭ ކައިރިއަށް ކާރު މަޑުކޮށްލުމުންނެވެ. އަދި ބަލާކަށް ނުހުރެ އަޒްމާ އަލްމާޝްގެ އަތުގައި ހިފައިގެން އެގޭ ދޮރާށިން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ހަމަ އެހާ އަވަހަށް އެކާރު ކޮށިވަށާލާފައި އައިސް އެގޭ ކައިރިއަށް މަޑުކޮށްލުމާއެކު އަޒްމާ އަލްމާޝްގެ އަތުގައި ހިފައިގެން ކާރަށް އެރުމާއެކު އެކާރު ދުއްވާލިއެވެ. ވާނުވާ ނޭނގި އިނދެ އަލްމާޝްއަށް ބެލެނީ އަޒްމާގެ މޫނަށެވެ. އަޒްމާ އެކުރި ކަމެއް ވިސްނާ ވިސްނާވެސް އަލްމާޝްއަށް ނޭނގުނެވެ.
“އެނގޭ ދަރިފުޅަށް ފިހާރަކައިރިން އެފެނުނު އަންހެންކުއްޖާއާއި ކާރު ކައިރީގައި ހުރި ފިރިހެންކުއްޖާ ފެނުމުން ބަދަލުތަކެއް އައިކަން.. އަދި އެމީހުން ސައިކަލުގައި ކާރުގެ ފަހަތުން އަންނަކަން އެނގިގެން ގެ އޮޅުވާލުމުގެ ބޭނުމުގައި ކުރި ކަމެއް މީ… އެމީހުން ފަހުން މިގެއަށް އަޔަސް ވާނެ ފައިދާއެއް ނޯންނާނެ. މުނާ މިރޭ ދަންވަރު ފްލައިޓުން ފުރާނެ ސިންގަޕޫރަށްދާން” އަލްމާޝްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއެއު އަޒްމާގެ ކޮނޑުގައި ބޯއަޅާލުމާއެކު ބޯ އަޅާއިގެން އޮތް ކޮނޑާއި ވީ ދިމާލުން އަލްމާޝްގެ މޫނުގެ އެއްފަރާތުގައި އަޒްމާ ހިފަހައްޓާލީ އަޒްމާ ހުރީ އަލްމާޝްއާއި އެއްކޮޅަށޭ ބުނުމުގެ ގޮތުންނެވެ.
ޝަހާނާގޭ ކައިރިއަށް ބޭލިއިރު ނިމާން އިނީ އެގޭ ކައިރީގައި ސައިކަލުގައި މަޑުކޮށްލައިގެންނެވެ. ޖިނާން ގުޅާފައި ތައްޔާރުވެލައިގެން އެގޭ ކައިރިއަށް އައުމަށް އެދުމުން ވީ ކީއްތޯ އެހުމުން ޖިނާން އެކަނި ބުނެލީ އަލްމާޝް ފެނުނު ކަމަށާއި އެގެ ވެސް އެނގޭ ކަމަށެވެ. ނިމާން ކެތްތެރިކަމެއްނެތި އިންތިޒާރުކުރީ ޖިނާން އެގެއާއި ހިސާބަށް އަންނާނެ އިރަކަށެވެ. އެހެންކަމުން ޖިނާން ގެއާއި ހަމައަށް ނެގި ދިހަ މިނެޓް ނިމާންއަށް ވީ ދިހަ ގަރުނަށެވެ. ނިމާންގެ ސައިކަލް އެގޭ ކައިރީގައި ޕާރކް ކުރުމަށްފަހު ޖިނާންގެ ފަހަތަށް އަރާ ދެމީހުން ކުރިއަށް ނައްޓާލިއިރު ގޭ ދޮރުމަތީގައި ހުރި ޝަހާނާ ދެއަތް ޖޯޑުކޮށްލައިގެން މެއާއި ހަމައިގާ ޖައްސާލައިގެން ހުރީ އަލްމާޝްއާއި ނިމާން ދިމާވޭތޯ ދުއާކުރާ ހާލުގައެވެ. އަދި ހަމަ އެދަނޑިވަޅުގައި އަފާފްއަށް ފޯންކޮށްފައި އަލްމާޝްއާއި ދިމާވިކަމުގެ ހަބަރުދިނެވެ.
މ.ފުންވިލްގޭ ކައިރިއަށް ސައިކަލް ރަނގަޅަށް މަޑުނުކޮށްލަނިސް ނިމާން ފުންމާލައިގެން ދުވެފައި ގޮސް އެގޭ ދޮރާއްޓަށް ވަނެވެ. މާޔޫސް ވެފައިވާ މޫނަކާއިގެން އަނބުރާ ސައިކަލް ހުރި ދިމާލަށް އައީ އެގޭ ތަޅުގައި އަޅުވާލާފައި އިން ބޮޑު ތަޅު ފެނުމުންނެވެ. ނިމާންގެ މޫނުމަތި ފެނުމުން ކަމެއް ގޯސް ވެއްޖެކަން ޖިނާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނުމުން ބާރަކަށް ހިނގާލާފައި ގޮސް ތަޅުގައި ހިފާ ލުއްކެއް ޖަހާލިއެވެ. އެގެއާއި ޖެހިގެން ހުރިގޭ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިން މުސްކުޅިފުރާގެ މީހެއް ކައިރީގައި އަހާލުމުން ލިބުނު ޖަވާބުން ނިމާންގެ ކަރު އެލުވާލިއެވެ. އެގެއަކީ ބޭރު ޓީޗަރުން އުޅޭ ގެއެއް ކަމަށާއި އެމީހުން އީދު ބަންދުގައި ދުވަސްތަކުގައި ދިޔައީ ރިސޯރޓެއް ކަހަލަ ތަނަކަށޭ ބުނުމުން ނިމާންއަށް ބަލާލެވުނީ ޖިނާންގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ޖިނާން އައިސް ނިމާންގެ ކޮނޑަށް އަތް އެއްލާ އަލްމާޝް އަންހެނަކާއެކު އެގެއަށް ވަތްތަން ދެކުނު ކަމަށް ބުނީ ނިމާން ޖިނާންގެ ބަހަށް އިތުބާރު ނުކުރާކަމަށް ހީކޮށްފައެވެ. ނަމަވެސް ނިމާން އެއްތުންފަތުން ހީލާ ޖިނާން އަށް އިތުބާރު ކުރީ އަލްމާޝް އޭނާ އުޅޭ ތަނެއްް އެހާ ފަސޭހައިން ނިމާންއަށް އަންގަން ބޭނުންނުވާތީ ޖިނާންގެ ލޮލަށް އޮޅުވާލީކަން އެނގުމުންނެވެ. ސައިކަލް ފަހަތަށް އަރާ ޖައްސާލުމުން ޖީބުގައި އޮތް ފޯނުނަގާ ޑިސްޕްލޭގައި އަށް ބަލާލުމަށްފަހު ފޯނު މޭގައި ޖައްސާލީ ކައިރީގައި އަލްމާޝް ހުރިނަމަ ޖައްސާލާނެހާ ލޯބިންނެވެ. އެފޯނުގެ ޑިސްޕްލޭގައި އިން އަލްމާޝްގެ ފޮޓޮއަށް ދެވަނަ ފަހަރަށް ބަލާލީ އަވަސް މުސްތަގްބަލެއްގައި އަލްމާޝް ހޯދާނެ ކަމުގެ ވަރުގަދަ އަޒުމެއް ހިތުގައި ކަނޑައަޅަމުންނެވެ. ހަގީގަތަކީ އެގޭ ކައިރީގައި އިން މުސްކުޅިމީހާ އަށް ވެސް އެގޭ ދިރިއުޅޭ މީހުން ރަނގަޅަށް ނޭނގޭ ކަމެވެ.
ނުނިމޭ
ހުރިހާ ކިޔުންތެރިންނަށް….. ވަރަށް ގިނަ ދުވަސްތަކަށްފަހު ވާހަކަ ލިޔެލަން ލިބުނިތީ ﷲ ށް ޝުކުރު ކުރަން. ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ޑެއިލީ ކޮށް ވާހަކަ ނިމެންދެން އަޕްލޯޑް ކޮށްދޭނަން …. ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން… ވާހަކަ ހަނދާންނެތުނު ކުދިން އުޝާލީގެ ވާހަކަތައް މަތިމަތިން އަލުން ކިޔާލީމަ ވަރަށް އުފާވާނެ…. ޝުކުރިއްޔާ…
19 Comments!
Comments are closed.
Ehaa dhuvas kohffa vaahaka up nukuriyas ok.. aharun mi vaahaka mathin hadhaan nahthaalithaa kon dhuvaheh..
asluves mihaaru neyge vaanuvaaves
Adi nuvey vaahaka up kuraakah.2017 madu kohlhaa
Firoo mi vaahaka 2017 ga kiyan madu kurey…:-p
Reethi, thanks alot. Hoping to read a new part daily.
Wow
V v v nice
Thanks for uploading
Wow mi vaahaka yah varah wait kurin.. heekuree dhn up nukuraanekamah.. btw am sooo happy up kohdhineema… waitin..luv u ushaa
Woww.. waiting for the next part..
Wowwwwwwwwwww ????????…. Thank u sooooo much for continuing the story…….?????? plx next part vrh avaha up kohdhechey…..wow wow wow this story is awsome….????? u r the best….??
Thankx ☺
Adhimaa avahy
Hadhaan nethunu meehun nukeema nimuniii ehnu… Ma balan week aku effaharu vaahaka up vey thorrr… Kaleymen nukiyas aharun kiyaanan… Thankxxx ushaali….
Masha yageen jeen mi vahaka up veythoa week aku eh faharu nubalaane kan. Kn dhuvaheh up nukuranee.. maves kuree kolhu belin, dhen up nukuraathee alhainulee. Maves handhaan nethufa mi huree mivahaka mathin. Dhrn up kurrrma kiyaanan ekam. Heheh lols
Yayyy Ushaali is bakkk…. im so so happy…. haadha inthixaareh kurymey…. inthixaaruge nimun v foni 😛 😛 😉 🙂 hehe varah rythi mi part vs…. aneh part avahah up kohdhechey… thnks u so so much… 🙂 😉
Avahah next part up kohdhybela vvv nice
Where is next Part??
Waiting… Waiting…
Next part 2017 gai genesdheyne vaahaka dhannavan.
kobaaa nxt part… daily up kuraanamey buni… esfiya mihaaru v kada… 20 v vaahaka ulhey thoache fashaafa huri… bt wkly vs up nukuraa vaahakatha ginaee…
Koba daily up kuranbunefa