Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 16

Ushaali Level 810 Stories100 Comments100 Stories500 Comments
January 12, 2016 5 Mins Read
11 Comments

ނިމާންގެ މޫނުމަތި ފެނުމުން ކަމެއް ގޯސް ވެއްޖެކަން ޖިނާންގެ ސިކުނޑި އޭނާއަށް ވިސްނައިދިނުމުން ބާރަކަށް ހިނގާލާފައި ގޮސް ތަޅުގައި ހިފާ ލުއްކެއް ޖަހާލިއެވެ. އެގެއާއި ޖެހިގެން ހުރިގޭ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި އިން މުސްކުޅިފުރާގެ މީހެއް ކައިރީގައި އަހާލުމުން ލިބުނު ޖަވާބުން ނިމާންގެ ކަރު އެލުވާލިއެވެ. އެގެއަކީ ބޭރު ޓީޗަރުން އުޅޭ ގެއެއް ކަމަށާއި އެމީހުން އީދު ބަންދުގައި ދުވަސްތަކުގައި ދިޔައީ ރިސޯރޓެއް ކަހަލަ ތަނަކަށޭ ބުނުމުން ނިމާންއަށް ބަލާލެވުނީ ޖިނާންގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ޖިނާން އައިސް ނިމާންގެ ކޮނޑަށް އަތް އެއްލާ އަލްމާޝް އަންހެނަކާއެކު އެގެއަށް ވަތްތަން ދެކުނު ކަމަށް ބުނީ ނިމާން ޖިނާންގެ ބަހަށް އިތުބާރު ނުކުރާކަމަށް ހީކޮށްފައެވެ. ނަމަވެސް ނިމާން އެއްތުންފަތުން ހީލާ ޖިނާން އަށް އިތުބާރު ކުރީ އަލްމާޝް އޭނާ އުޅޭ ތަނެއްް އެހާ ފަސޭހައިން ނިމާންއަށް އަންގަން ބޭނުންނުވާތީ ޖިނާންގެ ލޮލަށް އޮޅުވާލީކަން އެނގުމުންނެވެ. ސައިކަލް ފަހަތަށް އަރާ ޖައްސާލުމުން ޖީބުގައި އޮތް ފޯނުނަގާ ޑިސްޕްލޭގައި އަށް ބަލާލުމަށްފަހު ފޯނު މޭގައި ޖައްސާލީ ކައިރީގައި އަލްމާޝް ހުރިނަމަ ޖައްސާލާނެހާ ލޯބިންނެވެ.  އެފޯނުގެ ޑިސްޕްލޭގައި އިން އަލްމާޝްގެ ފޮޓޮއަށް ދެވަނަ ފަހަރަށް ބަލާލީ އަވަސް މުސްތަގްބަލެއްގައި އަލްމާޝް ހޯދާނެ ކަމުގެ ވަރުގަދަ އަޒުމެއް ހިތުގައި ކަނޑައަޅަމުންނެވެ. ހަގީގަތަކީ އެގޭ ކައިރީގައި އިން މުސްކުޅިމީހާ އަށް ވެސް އެގޭ ދިރިއުޅޭ މީހުން ރަނގަޅަށް ނޭނގޭ ކަމެވެ.

 

އަޒްމާގެ އާއިލާއާއެކު އަލްމާޝް ހިންމަފުށްޓަށް ދިޔައީ އަޒްމާގެ ބަހަށް ނޫނެކޭ ބުނަން ނުކެރިގެންނެވެ. ހާލުގައި ޖެހުނު ދުވަހު އަލްމާޝްއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި މީހަކީ އަޒްމާގެ ދެމަފިރިންނެވެ. އުފަން މަންމައަށް ވުރެ މިއަދު އަޒްމާގެ ހެޔޮކަން އަލްމާޝްއަށް ފާހަގަކުރެވުނެވެ. އެރަށުގައި އަލްމާޝްއާއި މާޝަލް ހުންނަން ލިބުނީވެސް ހިތްހަމަޖެހޭ ވަރުގެ ބޮޑު ކޮޓަރިއެކެވެ. ނިމާން ދެކިނުލާ އެގޮތަށް ފުރައިގެން އަންނަން އަލްމާޝްގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

އަދުނާންގެ އެއްބަނޑު އަންހެނުން ޝީލާ އާއި މީރާ ވެސް މޫނުމަތިން ހެޔޮފާޑު ޖަހައެވެ. ޝީލާގެ ދެފިރިހެންކުދިން މާލޭގައި ކިޔަވަމުންދާ ކަމަށާއި އެންމެ ކުޑަ އަންހެންކުއްޖާ އިފްހާ އެރަށު ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރާކަމުގައި އަޒްމާ އަލްމާޝްއަށް ކިޔާދިނެވެ. އަދި މީރާގެ އެންމެ ބޮޑު ފިރިހެންދަރި އެއީ ޕޮލިހުގެ ވަރަށް ބޮޑު މީހެއްކަމަށާއި ދެން ހުރި ފިރިހެންކުއްޖާ ތައުލީމު ހާސިލް ކުރަމުންދަނީ ރާއްޖޭންބޭރުން ކަމުގައި ބުންޏެވެ. އަދި ހުރި ހަމައެކަނި އަންހެންދަރިފުޅު ވަރަށް ފަހުން މީހަކާ ކައިވެނިކޮށްގެން އައްޑޫއަށް ދިރިއުޅުން ބަދަލުކުރި ކަމަށާއި މިފަހަރުގެ އީދަށް އެރަށަށް ފިރިމީހާއާއި އެކު އައިސްގެން އުޅޭ ކަމަށް ބުންޏޭވެ. އަދި ދެބެންވެސް ފިރިންނާއެކު އުޅެނީ ހަމަޖެހޭ ދިރިއުޅުމެއްކަމާއި ދެމީހުން އުޅޭ ދެގޯތި ވެސް އެއްގޯތި އަނެއް ގޯއްޗާއި ޖެހިގެން ހުންނައިރު އެއްވެސް މައްސަލައެއް ނުޖެހި އުޅޭ ވާހަކަ ބުނުމުން އަލްމާޝްގެ ދެލޯ ފެންކަޅިވިއެވެ. އެކަހަލަ އުފާވެރި ދިރިއުޅުމެއް އަލްމާޝް ވެސް ބޭނުމެވެ. ދައްތައެއް ބޭބެއެއް ނުވަތަ ކޮއްކޮއެއް އަލްމާޝް ވެސް ބޭނުމެވެ. އަލްމާޝް އެހާ ނަސީބު ދެރައީ ކިއްވެގެންބާއޭ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އަޒްމާވެސް އެމީހުންގެ ދިރިއުޅުން އެހާ ހަމަޖެހޭ ވާހަކަ އަލްމާޝައަށް ކިޔާދިނީ އިތުރަށް އޭނާ ދެރަކުރަންވެގެންބާއޭ ހިތަށް އެރިއެވެ.

 

ހަވީރުގެ ހިތްގައިމު ވަގުތު އަލްމާޝް މާޝަލް ގޮވައިގެން ބީޗަށް ދިޔައީ ދިޔާވެސް ގޮވައިގެންނެވެ. މޫދުކައިރީގައި ދޮންވެލިގަނޑުމަތީ މާޝަލް ބައިންދައިގެން ކުޅެން ދިޔާ އިންއިރު ވަކިން ހުރި ޖޯލިފައްޗެއްގައި އަލްމާޝް އިނީ ކުޑަކުޑަ ދަރިފުޅަށް ބަލަހައްޓައިގެންނެވެ. އަތުގައި އޮތް ފޯނަށް ދޭތެރެއަކުން ބަލާލަނީ ގިނަ ދުވަސްތަކެއް ވަންދެން ނިއްވާލާފައި އޮތް ފޯނު ހުޅުވަންވީއޭ ހިތަށް އަރާ ވަރުންނެވެ. ކުޑައިރުކޮޅަކު ވިސްނާލުމަށްފަހު އަލްމާޝް ނިންމީ ހިތުގައި އޮތް ގޮތަށް ކަންތައްކުރުމަށެވެ. އެހެންކަމުން ޖޯލީގައި ހަމަޖެހިލުމަށްފަހު ފޯނު އޮންކޮށްލިއެވެ. ފުލުފުލުގައި ނިމާންގެ އެތައް މެސެޖްތަކެއް ލިބުނެވެ. މިސްކޯލް މެސެޖްތައް އެހާ ގިނައެވެ. ނިމާންގެ މެސެޖްތަކުން ފަހަރަކު މެސެޖެއް އެއްވެސް ފޫހިކަމެއް ނެތި އަލްމާޝް ކިޔަމުންދޭއެވެ. ދެތުންފަތް ފިއްތާލައިގެން ހުރީ ރޯން ބޭނުންނުވާތީއެވެ. ނަމަވެސް އެންމެފަހު މެސެޖް ކިޔާފައި އަލްމާޝް ކޮންޓްރޯލްކޮށްގެން ހުރި ކަރުނަަތައް އޭގެ މަގާމް ދޫކޮށްފައި ކޯރަކުން ފެން ދޫކޮށްލާ އުސޫލުން ފައިބާގަތެވެ. އެވަގުތު އަލްމާޝްއަށް ބަލަންހުރި މީހަކު ހިތްފަޅައިގެންދާ ވަރުވާނެއެވެ.

“ޝޯނާ… މާންގެ ހިތާމަތަކަށް ލުޔެއް ދެވޭނެ ހަމައެކަނި ފަރާތަކީ ތިދެމައިން.. ތިގޮތަށް މާން ދޫކޮށްލާފައި ނުދޭ…މި ހިތް ދުވާލަކު އެތައް ސަތޭކަ މަރަކުން މަރުވޭ… ތިހުންނަނީ މަރުވާ ދުވަހުން މޫނު ބަލާލަން އަންނަންވެގެންތަ؟؟؟ އެހެންކަމަށް ވާނަމަ ބުނާނީ އެދުވަސް ވަރަށް ކައިރިވެއްޖޭ… ޝޯނާ ޔޫ ޑޯންޓް ލަވްމީ ދޯ… ލޯބިވާނަމަ ކީއްވެ ދޫކޮށްފަ އެހާ ފަސޭހައިން ދިޔައީ… ކީއްވެ ފިލައިގެން ތިއުޅެނީ… ޝޯނާއަށް އެނގޭތަ މިހަށީގައި ފުރާނަހުރިކަން އެކަނި… ދިރިއުޅޭނެހާ ބާރެއް މިހާރަކު ނެތް…. ކާހިތެއް ނުވޭ.. ފެންވަރާހިތެއްނުވޭ…ޝޯނާ ޕްލީޒް ކަމްބެކް…އައި ލަވް ޔޫ ބޭބީ ގާރލް….މާލް ޑެޑީ މަތިން މިސްވާނެވަރު ޝޯނާއަށް އެނގެއެއްނު… ޕްލީޒް އެންމެ ފަހަރަކު ތިދެމައިންގެ މޫނު ދައްކާލަބަލަ.. އޭރުންވެސް މި މަރުވެފައިވާ ހިތަށް ކޮންމެެސް ވަރެއްގެ ޝިފާއެއް ލިބޭނެ….އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ޝޯނާ މިދުނިޔޭގައި ހުއްޓާ އެހެން އަންހެނެއް މިދުނިޔޭން ހަރާން… ހާއްސަކޮށް އެކަހަލަ އަންހެނުން… އެނގެއެއްނު…. ތިހާ ދުރުގައި ހުއްޓާ އަހަރެން މަރުވި ހަބަރު އަޑުއަހަންތަ ބޭނުމީ.. އޭރުންވެސް މާފް ކުރާނަން ޝޯނާއަށް… ކަށްވަޅުގައި ވާނީވެސް ތި ދެމައިންނާއިއެކު… އައިލަވްޔޫ ވެރީ ވެރީ މަޗް ޝޯނާ… ކާންޓް ވެއިޓް ޓު ސީޔޫ”…………. ނިމާންގެ މި ވޭނުން ފުރިގެންވާ މެސެޖް އަލްމާޝްއަށް ކިޔާލެވުނު އަދަދެއް ބުނަންވެސް ނޭނގެއެވެ. އަޑު ބޭރު ނުއްވަސް އަލްމާޝްގެ ހިތް ރޯވަރުން ހީވަނީ އެތެރެހަށި ރޫޅާލަފާނެހެންނެވެ. ދެލޮލުން ފައިބާ ކަރުނަތަކުން ބައެއް ކަރުނަތައް ދެތުންފަތް ދޭތެރެއަށް ހިނދެމުންދާއިރު ނޭފަތްތެރޭގައި ހުރި ފެންތައް ދިޔާވެގެން ފައިބަން ތައްޔާރުވިއެވެ. ކުއްލިއަކަށް އަލްމާޝް ސިހުނީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ނިމާންގެ ފޮޓޯއާއެކު ނަން ފެނުމުން އަލްމާޝްއަށް މާބާރަށް ރޮވެން އުޅޭހެން ހީވިއެވެ. އަނގަމަތީގައި އަތް އަޅާލީ އަޑު ބޭރުވެދާނެތީއެވެ. ފޯނަށް ބަލަހައްޓައިގެން އެއްއަތުން އަނގަމަތީގައި އަތް އަޅައިގެން އިންދާ ކޯލް މިސްވެ ދެވަނަ ފަހަރަށް ވައިބްރޭޓްވާން ފެށިއެވެ. އެގޮތުން ދިހަވަނަ ފަހަރަށް ކޯލް އަންނަން ފެށުމުން އަލްމާޝްގެ ހިތުގައި ނިމާންއާއި ދޭތެރެ ހަމްދަރުދީ އުފެދި އެހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. އަވަސްއަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލުމާއެކު ނިމާން އެ އަންހެންކުއްޖާއާއެކު ނިދާފައި އޮތް މަންޒަރު އަލްމާޝްގެ ލޮލުގެ ކުރިމަތީގައި ދާދި ދެންމެއަކު ވި ކަމެއްގެ ގޮތުގައި މަންޒަރު ފެންނަން ފެށިއެވެ. ނިމާން ވާހަކަދައްކަން ފެށުމާއެކު އަލްމާޝްގެ ރުޅިގަނޑު އެހިތް މައްޗަށް ގަދަވެގަތެވެ. ” ކިހިނެއްވީ؟؟؟ ކޮބާތަ މަށަށް ނިމާން ގުޅުމުގެ ބޭނުމަކީ؟؟ ކީއްވެ މާ އެކްޓް ކުރަން އެނގޭ މީހަކަށް ވެގެން ތިއުޅެނީ؟؟؟ ނިމާންގެ ފަރާތުން މަށަށް ލިބުނު ދެރަ ކުޑައީތަ؟؟ މީގެ ފަހުން މަށަށް ގުޅައިގެން ނުވާނެ… އަޑު އިވިއްޖެތަ؟؟؟ ދޭބަލަ އެ އަންހެންކުއްޖާ ކައިރިއަށް… އަލްމާޝް ކިޔާ މީހަކު ނިމާންގެ ހަޔާތަށް އައިކަން ވެސް ހަނދާނުން ފޮހެލާ….”…. ފޯނުގައި ހުރެ އިނގިރޭސި ބަހުން އަލްމާޝްއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށްކަން އެނގުނީ ދިޔާ އަލްމާޝްއަށް ބަލަހައްޓައިގެން ހުރުމުންނެވެ. ކަރުނަތަކާއެކު ދިޔާއަށް ހިނިތުންވުމެއް ރައްދު ކުރުމަށްފަހު ފޯނަށް އަލްމާޝް ބަލާލީ އަނެއްކާވެސް ނިމާން ގުޅަންފެށުމުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟؟ ނިމާން އާއި ދޭތެރެ ހިތް މަޑުކަފަކޮޅަކަށްވެފަ އެންމެ ފަހުވަގުތު މިވީ ކީއްހެއްޔެވެ؟؟؟ އެއީ އެމީހަކާ ނުލާ މިދުނިޔޭގައި ނޫޅެވޭނެ ހަމައެކަނި އިންސާނާއެވެ. ހަޔާތުގެ ބައިވެރިޔާއެވެ. ދަރިފުޅުގެ ބައްޕައެވެ. ކުށްކުރެވޭނީ އިންސާނުންނަށޭވެ. މާފަށް އެދޭ މީހާއަށް ވުރެ މާފްކުރާ މީހާގެ މާތްކަން ބޮޑު ވާހަކަ އަޑުއަހަމެވެ. ދުނިޔެ އުމުރު މިހެން އުޅޭނީ ކިހިނެއް ހެއްޔެވެ؟؟؟ ނިމާންގެ ކުށެއް މިކަމުގައި ވާނަމަ އެވަރަށް އޭނަ އެގުޅަނީ ކީއްވެހެއްޔެވެ؟؟؟ ހަގީގަތުގަވެސް ކުށްވެރިޔަކީ ނިމާން ހެއްޔެވެ؟؟؟ އަހަރެންގެ ލޮލަށް ފެނުނީ ހަގީގަތެއް ކަމަށް ނުވާ ނަމަ ދެން ހަގީގަތަކީ ކޮބާ ހެއްޔެވެ؟؟؟ ނިމާންގެ އަތުގެ ހިމާޔަތް ހޯދައިގެން އަލްމާޝްގެ މަގާމް ފޭރިގަތް އަންހެނާއަކީ ކާކުހެއްޔެވެ؟؟؟ އެއީ ހަގީގަތަކަށް ނުވެއްޖިއްޔާ ކިހާ ރަނގަޅު… އެއީ ހަގީގަތަކަށް ނުވާ ނަމަ އެ އަންހެނާވާނީ އަލްމާޝްގެ ދެދުނިޔޭގެ ބޮޑު އަދާވާތްތެރިއަކަށެވެ. ދުލުން ބޭރު ނުވިޔަސް އަޑު އައީ އަލްމާޝްގެ ހިތުންނެވެ. ވިސްނަން ފެށުމުން ބޮލުގެ އެއްފަރާތުގައި ރިއްސަން ފެށުފުމުން ބޮލުގެ ދެފަރާތުން އަތް އަޅާ ޖޯލީގައި ބުރަކަށި ދަމާލީ ހިތަށް ހަމަޖެހުމެއް ހޯދާ ދިނުމުގެ ބޭނުމުގައެވެ. އޭރުވެސް ފޫހިކަމެއް ނެތި އަލްމާޝްގެ ފޯނު ވައިބްރޭޓްވަމުން ދިޔައެވެ.

ދެލޯ މަރާލައިގެން އޮތް އަލްމާޝް ސިހުނީ މީހަކު އޭނާގެ އަތުގައި ހިފާލުމުންނެވެ. ޖެހިގެން އިން ޖޯލީގައި އިން އަޒްމާ ފެނުމުން އަލްމާޝްގެ ހިތަށް މާބޮޑަށް އަސަރުކޮށް އިސްދަށަށް ޖަހާލެވުނެވެ. އަލްމާޝްގެ އުނގުތެރޭގައި އޮތް ފޯނަށް އަރާއިން ފޮޓޯ ފެނުމުން އަޒްމާއަށް އެއީ ކާކުކަން އިތުރު ވިސްނުމަކަށް ނުގޮސް އެނގުނެވެ.

“ކުރިން ހުރީ އެއްވެސް ވަރަކަށް ނާހަން ކަމަށް.. ދުރުގަ މަންޒަރު ބަލަން ހުންނަތާ އިރުގަނޑެއް ވެއްޖެ… ދަރިފުޅާ…ކޮބާތަ މައްސަލައަކީ… ހިތަށް ހަމަޖެހުން ބޭނުންވާނަމަ އެންމެ ރަނގަޅުވާނީ އިތުބާރު ކުރެވޭ ފަރާތަކާއި އެކަމެއް ހިއްސާ ކޮށްލުން… ދަރިފުޅަށް ގަބޫލުނުކުރެވުނަސް ދައްތައަށް ސަތޭކަ ޕަސެންޓް ޔަގީންކަން ދޭން ކެރިދާނެ ތިން ވަނަ ފަރާތަކަށް ދައްތަގެ ފުށުން ދަރިފުޅުގެ އެއްވެސް ހަގީގަތެއް ނޭނގޭނެ ކަމުގެ” އަލްމާޝްގެ މޫނަށް ބަލަން އިނދެ އަޒްމާ ވާހަކަދެއްކިއެވެ.

“ދައްތާ… ވެގެން އުޅޭ ގޮތަކީ…………….” ހުރިހާ ހަގީގަތެއް އަލްމާޝް އަޒްމާއަށް ކިޔާދިން އިރު ކުރި ނުބައްދާ އަޒްމާ އަޑުއަހަން އިނެވެ. އަލްމާޝް ސިހުނީ އަޒްމާ ދިން ޖަވާބަކުންނެވެ.

“އެނގޭތަ ބައެއްފަހަރު ތިމާގެ ލޯ ތިމާއަށް ކެހިދޭކަން…” އަޒްމާ ބުނި އެއްޗަކުން އަލްމާޝްއަށް ދެލޯ ވަށްކޮށްލާ އަޒްމާއަށް ބަލާލިއެވެ.

“އާނ މިބުނީ.. ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެ.. ދަރިފުޅު ތިލޯތްބަށް ފުރިހަމައަށް އިތުބާރު ނުކުރެވުނީ…..” ދެވަނަ ފަހަރަށް ވެސް އަޒްމާ ވާހަކަދެއްކިއިރު އަލްމާޝް އިނީ އަޒްމާއަށް ބަލަހައްޓައިގެންނެވެ.

“އެކަމަކު ކިހިނެެއް….” އަލްމާޝް ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ މީގެ ދެތިން ދުވަހެއް ކުރިން ޝަހާނާއާއި ދިމާވެގެން ބުނި އެއްޗެއް ހަނދާންވުމުންނެވެ.

“ނިމާން ދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އެހެންނޫންނަމަ އޭނާގެ ހަޔާތުން ދަރިފުޅު ދުރަށް ދިޔާމަވެސް ކީއްވެ އެވަރަށް ގުޅަންވީ… އޭނައަށް މިހާރު ފުރުސަތު އެބައޮތް ދޯ ތިބުނާ އަންހެންކުއްޖަކު ހަޔާތަށް ގެނައުމުގެ.. އެކަމަކު ދަރިފުޅުގެ ހިތް ބުނޭތަ ނިމާން ދަރިފުޅު ވަރިކޮށްފާނޭ..ނޫނީ ތިބުނާ މަންޖެ ގޮވައިގެން ރާއްޖެ ދޫކޮށްފަ ހިނގާދާނޭ” އަޒްމާގެ ވާހަކަތަކުން އަލްމާޝްއަށް އެއްޗެއް ވިސްނެމުން ދިޔައެވެ. ނިމާންގެ ކުށެއް ނެތްކަން އެދުވަހުވެސް އޭނާ ބުނަމުން ދިޔައެވެ. އަލްމާޝްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނިމާންގެ ދެގޮތެއްނުވާ ވަފާތެރި ލޯތްބަށް ޝައްކު ކުރީ އަލްމާޝްއެވެ. ހަގީގަތުގައި އަލްމާޝް ނިމާންދެކެ ވާވަރަށް ވުރެ ބޮޑަށް ނިމާން އަލްމާޝް ދެކެ ލޯބިވާ ކަމުގެ އިހުސާސް މިވީ ކުޑަ ވަގުތުކޮޅުގައި އަލްމާޝްއަށް ކުރެވުނެވެ. ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު އަލްމާޝް ފޯނު ނަގާ ނިމާންގެ ނަންބަރަށް ގުޅާލއިެވެ، ފޯނު ނިއްވާލާފައި ކަމަށް ބުނުމުން އަލްމާޝް އިންތިހާއަށް ދެރަވިއެވެ. އެގޮތަށް ގުޅުނީ ކިތައްފަހަރަކު ކަމެއް ވެސް ނޭނގުނެވެ. އެންމެ ފަހަށް ބެޓްރި ފްލެޓްވެގެން ފޯނު ނިވުނު އިރުވެސް އަލްމާޝްއަށް ނޭނގުނެވެ. އަޒްމާގެ މޫނަށް ބަލާލާފައި އަލްމާޝް ހީލުމުން އިނީ ހިތްހަމަޖެހިފައި ކަމުގައި އަޒްމާ ޔަގީންކުރިއެވެ. ކުއްލިއަކަށް ދިޔާ ކައިރިއަށް ހުއްޓި މާޝަލް އަލްމާޝްގެ އުނގަށް ލުމުން މަޖާ ވެގެން ހީލިތަން ފެނުމުން މާޝަލްގެ ޗަބީ ކޮލަށް އަލްމާޝް ދޮނެއްދިނެވެ. އަދި އަޒްމާއާއި ދިޔާ އާއެކު ގެއާއި ދިމާލަށް ހިނގައިގަތީ އެހިތުގައި ނިމާންއަށް ބައްދަލުކުރުމަށް ވީ އެންމެ އަވަހަށް މާލެދާން އަޒުމް ވަރުގަދަކުރަމުންނެވެ.

 

“ދެދުވަހެއް ވަރުވާނީ…” ނިމާން ހުޅުލޭގައި ހުރެ ޖިނާންއާއި ވާހަކަދެއްކީ ފޯނުންނެވެ. މިވަގުތު މިކަމަކީވެސް ނިމާންއަށް މުހިއްމު ކަމެކެވެ. އަލްމާޝްގެ މައިންބަފައިންނަކީ ނިމާންގެ ދިރިއުޅުމުގެ އެއްބައެވެ. އެމީހުންނަށް ދެރަގޮތެއް ވުމަކީ ފަހަރެއްގައި ވެސް ނިމާން އެދޭގޮތެއް ނޫނެވެ. “ދެން މާޝްގެ ކަންތަކޯ.. ” ޖިނާންގެ ސުވާލަށް ނިމާން ޖަވާބުދިނީ ވަރަށް ވިސްނައިގެންނެވެ. “މިސާލަކަށް މަގޭ ފޯނު ނިއްވާލާފައި އޮތިއްޔާ ޖިނާއަށް އޭނަ ގުޅާފާނެ މަ ހޯދަން.. ބުނޭ އެކްސިޑެންޓްވެގެން ހޮސްޕިޓަލުގައޭ އޮތީ… އެނގިދާނެތާ ހުރިވަރެއް މިފަހަރު” ނިމާން ބުނި އެއްޗަކުން ޖިނާން ކައިރިއަށްވެސް ހިނިއައެވެ.

 

މިނާގައި ހިނގި ފިތިބާރުވުމުގެ ހާދިސާގެ ސަބަބުން ބިރުވެރި އަދި ހާސްކަމެއްގައި ތިބި ލޯބިވާ ޝޯނާގެ މައިންބަފައިންގެ ހާލު ކައިރިން ބަލާލުމުގެ ބޭނުމުގައި ނިމާން ސައޫދީއަށް ފުރީ ހަމައެކަނީ އަލްމާޝްއަށްޓަކައެވެ. އަދި މަދީނާގައި ކިޔަވަންހުރި ކޮއްކޮ މޯނާގެ ހާލުވެސް ބަލާލުމާއެކުއެވެ. ނިމާންގެ އުއްމީދަކީ އެނބުރި އަންނައިރު އަލްމާޝްގެ ހިތް އޭނާއަށްޓަކައި ސާފުވެފައި އޮތުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…14 (ފަހުބައި)

Next

ދުރުގައިވިޔަސް.. (10 ވަނަ ބައި..)

Next
January 12, 2016

ދުރުގައިވިޔަސް.. (10 ވަނަ ބައި..)

Previews
January 11, 2016

އިތުބާރު ގެއްލުވާ ނުލާ…14 (ފަހުބައި)

11 Comments!

  1. Ushaali says:
    January 12, 2016 at 12:40 am

    hope all the readers are happy. i am trying my best to upload a new part daily. Enjoy. And thanks for all the comment.

  2. inma.... says:
    January 12, 2016 at 12:56 am

    good work

  3. Aroona says:
    January 12, 2016 at 1:14 am

    V reethi… BT haadha kurey mi part.

  4. Zin says:
    January 12, 2016 at 6:13 am

    10th January. 12th January. M sure
    You can’t upload daily.

  5. Sama says:
    January 12, 2016 at 7:11 am

    V v reethi mi part vx…thnks ushaali..next part avahah up kohdhehchey ingey..☺

  6. ninth says:
    January 12, 2016 at 7:37 am

    mikon vaahakaehtha? reethivaanehen hyvey. ma misite ge vaahaka thah kiyan feshifahun mivaahaka adhi e genaee dhefaharu… haadha dhuvahehkohffathaa upekury vx…

  7. shine says:
    January 12, 2016 at 8:07 am

    Nice mi partvx.. Bt up kuraaleh haadha lahey.. Thankolheh avahah up kohdhehchey…. good luck..,

  8. ?????????? says:
    January 12, 2016 at 8:24 am

    Wowwwwwwww this part ves vrh reethi?????????. Plx plx next part ves up koudhecheyyy??? love this story????…….??????❤❤???????

    1. ?????????? says:
      January 12, 2016 at 8:25 am

      Kohdhecheyyy**

  9. Yooha says:
    January 12, 2016 at 1:17 pm

    nice maasha allah

  10. Niz says:
    January 12, 2016 at 2:51 pm

    Oh mi part varah reethi…mivaakaige asaru gadha kamun kiyamun dhaairu hama rovey…waiting for nxt prt

Comments are closed.

Next Episodeއަލްމާޝް 17←


All Right Reserved!