އަހަންނަށް ލޯތްބަކީ ކޯއްޗެއްކަން ދަސްކޮއްދިނީ އަލާންއެވެ. ލޯބީގެ ފޮނި ހުވަފެންތައް އަހަރެންނަށް ދެއްކީވެސް ހަމަ އަލާންއެވެ. ނަަަމަވެސް ތަޤުދީރު އަހަރެމެންގެ އެ ލޮއެއްބަކަށް ފުރުސަތެއްނުދިނެވެ. ހުވަފެންތަށް ވިއްސިވިހާލިވެ ދިޔައީ ދެމީހުންގެ ހިތް ރޮއްވަމުންނެވެ. ވަރަށް އަވަހައް ކިޔުންތެރިންނާ ހަަމައަށް ގެނެސްދެނީ ދިވެހި ވާހަކަ “ލޯބިވޭ” “ކިޔުންތެރިންގެ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުން”
މިނާގައި ހިނގި ފިތިބާރުވުމުގެ ހާދިސާގެ ސަބަބުން ބިރުވެރި އަދި ހާސްކަމެއްގައި ތިބި ލޯބިވާ ޝޯނާގެ މައިންބަފައިންގެ ހާލު ކައިރިން ބަލާލުމުގެ ބޭނުމުގައި ނިމާން ސައޫދީއަށް ފުރީ ހަމައެކަނީ އަލްމާޝްއަށްޓަކައެވެ. އަދި މަދީނާގައި ކިޔަވަންހުރި ކޮއްކޮ މޯނާގެ ހާލުވެސް ބަލާލުމާއެކުއެވެ. ނިމާންގެ އުއްމީދަކީ އެނބުރި އަންނައިރު އަލްމާޝްގެ ހިތް އޭނާއަށްޓަކައި ސާފުވެފައި އޮތުމެވެ. އަލްމާޝްގެ އެތައް އާދޭސްތަކާއެކު އީދު ބަންދު ނިމުމާއެކު އެއްދުވަސް ވެސް ލަސްނުކޮށް އަޒްމާގެ އާއިލާ މާލެއައީ އަންނަ ހަމަޖެހިފައި އޮތް ދުވަހުގެ އެއްދުވަސް […]
އަހަރެންވެސް އެހެންމީހުންނެކޭ އެއްފަދައިން ހިޔާލުގެ ދޮރުން ފޮނި ހުވަފެންތަކެތް ދެކުނީމެވެ. އުންމީދުތަކަކާއެކު ހިޔާލީ ދުނިޔެއެއް ކުރަހަމުން ދިޔައީމެވެ. އެހެންނަމަވެސް އެންމެ ސިކުންތެއްގެތެރޭ ހުރިހާ އުންމީދަކާ ހުވަފެންތަކެތް ވިއްސިވިހާލިވެއްޖެއެވެ. އެންމެ ޖުމުލައަކުން އަހަރެންގެ ހިޔާލީ ގަނޑުވަރު ކުދިކުދި ކޮއްލައިފިއެވެ. އަދި މިހިތުގައި އެތަކެތް ޒަހަމެއް ލައްވައިފިއެވެ. ނުވެސް އެނގިހުއްޓައެވެ. އަހަރެން ހީކުރީ އަހަރެންގެ މައިންބަފައިން އެންމެ ކުޑަދުވަހުން ފެށިގެން އަހަރެން ކުރަހަމުންދިޔަ ހިޔާލީ ތަސްވީރުގައި ކުލަޖައްސަދޭނެކަމަށްށެވެ. ދަރިންގެ ހުވަފެންތައް ހަގީގަތަކައް ހެދޭތޯ މައިންބަފައިން މަސައްކަތް ކުރާވާހަކަ އަބަދުވެސް އަޑުއަހަމެވެ. […]
މަޑު ހިނގުމެއްގައި މަގުމަތިން ހިގާފައި ދިޔަ އީނާލް ހުރީ ދެއަތް މެޔާއި ދިމާލުން ހުރަސްކޮއްލައިގެންނެވެ. އެއީ ފަޅު ގެތަކެއް ހުންނަ މަގަކަށްވުމުން އެ މަގުން މީހުން ހިނގާބިނގާވެ އުޅޭތަން ވަރަށް ނުފެނެއެވެ. ރޭގަނޑު ގަޑީގައި ކަމުން އެ މަގުގައި ދިއްލާފައި ހުރި ދެތިން ހޮޅި ބުރީގެ އަލިފިޔަވާ އެ މަގުގައި އެހެން އަލިކަމެއް ނުވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެ މަގުގައި އެއްވެސް ބިރެއް ފިކުރެއްނެތި ހިނގަމުން ދިޔަ އީނާލް ސިހިފައި ފަހަތަށް ބަލައިލީ މީހެއްގެ ހިލަންވިހެން […]
އިސްޖަހައިގެން ހުރެ އަހަރެން ގެއަށް ވަނީ މިއަދު ވީ ކަންތަކާ ދޭތެރެ ވިސްނަމުންނެވެ. އަހަރެންނަށް ދެވުނީ ސިޓިން ރޫމް ހުރަސްކޮއް ދެފިޔަވަޅެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނުން މޫނުގައި އަތްކާތާލެވުނީ ކުރިމަތީ ހުރި މީހައަށް ބަލަމުންނެވެ. “ބައްޕާ” އަހަރެން ހުރީ ދެންމެ ހިނގައި ދިޔަ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ބައްޕައަކީ މިވޭތުވެދިޔަ ވިހި އަހަރު ތެރޭގައިވެސް އަތް އިސްކުރި މީހެއްނޫނެވެ. “ޖިއާ ތެދައް ބުނޭ.. ދެންމެ ތިއައީ ކާކުގެ ކާރެއްގަ..” ރުޅިއައިސް ރަތްވެފައިވާ މީހެއްހެން […]
“އެކީއްވެ؟” ކަމަކާ ދޭތެރޭ ވިސްނަން އިނދެފައި ފަޒާލް ފުރަތަމަވެސް ކުރީ ސުވާލެކެވެ. “ކޮންކަމަކާ؟ ކޮން އެއްޗެއްތަ މައި ލަވް؟” ފަޒާލް ކުރި ސުވާލަށް ނިފޫއަށް ޖަވާބެއްދޭކަށެއް ނޭނގުނެވެ. “މިބުނީ ކީއްވެހޭ؟ ކީއްވެހޭ އަހަރެންނަށް… މިހެން… މިވީގޮތް ނިފޫ ބަލަން ބޭނުން ނުވަނީ؟” “ކޮން ހެނެއްތަ؟” ނިފޫ ހެދީ ނޭނގޭކަމަށެވެ. ނިފޫ ފަޒާލްގެ ފަލަމަސްގަނޑުގައި ބުރަކަށި ވިއްދައިލާ ހަމަޖެހިލިއެވެ. އޭނާ ފަޒާލްގެ މޫނާ ދިމާއަށް ބަލައިލިއެވެ. ނިފޫ ފަޒާލްގެ ކަރުގައި އޮޅައިލާފައި އޮތް ގަދަ ނޫކުލައިގެ ސުކާރފްގައި ހިފައި […]
ޝާމިންގެ ކަންފަތަށް އިވުނު އަޑާއި އެކު އަތުގައި ހުރި ކޯކްތަށި ބިންމަށްޗަށް ވެއްޓުނެވެ. އަދި ޝާމިންއަށް ބޭއިހްތިޔާރުގައި ވަށައިގެން ހޯދައިލެވުނީ ލަމްޔާ، ޝާމިންއަށް ފެންނަހިސާބުގައި ހުރިތޯއެވެ. *** *** *** ޝާމިން އިތުރު ވާހަކައެއް ނުދައްކާ ފޯނުކަނޑައިލުމަށްފަހު ތުރުތުރު ލާފައިވާހާލު ބާރު ހިނގުމުގައި ގޮސް ޝާމިންއުޅޭ ކޮޓަރިއަށްވަނެވެ. އަދި ފާހާނައަށްވަދެ ދޮރު ޖެހުމަށްފަހު ދެއަތާއި މޫނު ދޮވެލައި ލޯގަނޑުން ޝާމިންގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. “އަހަރެންނަށް މިކުރެވުނީ ކީއް؟، ނަސީބޭނުން ލަމްޔާ ގުޅިކަން، އެހެން ނޫންނަމަ އަހަރެންނަށް […]
ރީމް އަށް އެތަނަށް ދެވުނު އިރު ފަތިސް ވަނީއެވެ. ހައިރާންކަން ވެރިވީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުންނެވެ. ކާރު އޮތް ހާލަތު ފެނި ރީމްގެ ހިތަށް ބިރުވެރި އަސަރުތަކެއް ކުރުވިއެވެ. ވަކި ހިސާބަކުން އެތެރެއަށް ނުވަދެވޭގޮތަށް ސީން ވަނީ ބަންދުކުރެވިފައެވެ. ރީމް ވިސްނާލުމަށްފަހު ގޮސް އެތަނުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރަކާ ވާހަކަ ދެއްކިއެވެ. “ފެނިފައިވާ ފިރިހިނެއްގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ފޮނުވާލައިފިން. އިތުރު މީހެއް ފެނޭތޯ ހޯދަމުން މިދަނީ!” ރީމްއަކީ އެކްސިޑެންޓްވީ މީހާއާ ގުޅުމެއްހުރި މީހެއްކަމުގައި […]
ނަކީލް ފިޔަވަޅުތަށް ފަހަތަށް އަޅަމުންގޮސް ކުރިން އިށީންދެގެން އިން ގޮނޑިއަށް ވެއްޓިގަތެވެ. މާޔާއާއި އެކު ފެނުނު ޒުވާނާގެ ސަބަބުން ނަކީލްގެ ތަބީއަތު ގޯސްވިކަހަަލައެވެ. އެއީ އަނެއްކާ މާޔާގެ ކާކު ހެއްޔެވެ.؟ ނަކީލް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ފޮރުވުމަށްޓަކައި ލޮލުގެ އެސްފިޔަތަށް ތަޅުވައިލިއެވެ. މައްޗަށް ބަލާލައި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައީ ނަކީލްގެ ހިތަށް ވިސްނައިދެމުންނެވެ. ނަކީލް އިންތަނުން ތެދުވެގެން ޕާޓީ ހޯލްގެ މީހުންގެ ތެރެއަށް ވަދެގެން ދިޔައީ މާޔާ ހުންނާނެހެން ހީވާ ދިމާއެއް ބަލަމުންނެވެ. އެހާ […]